Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

އެހެނަސް 1

samra Level 210 Stories100 Login100 Comments
November 14, 2019 2 Mins Read
22 Comments

“އޯމައިގޯޑް… އަޅޭ… އަލްޙަމްދުލިﷲ….”
އޭލެވެލް ޓެސްޓު ތަކުގެ މާކްސް ޝީޓު ފެނުމުން ނިކްހާ އަށް އުޅެފައި ނޫޅެވުނު ގޮތެއްވެސް ނޭނގުނެވެ. ކުޑަކުއްޖެއްހެން ހަޅޭއްލަވައި ގަނެފައި ފުންމައި ގަތެވެ. ކައިރީގައި ހުރި ޔަނާލް އުޅަނބޯށިން ޖަހާލުމާ އެކު ވަށައިގެން ނަޒަރު ހިންގާލާފައި ރަކިވެގެން އިސްދަށަށް ޖެހީ އެތާތިބި އެންމެންގެ ނަޒަރު އޭނާ އަށް އަމާޒު ވެފައިހުރިކަން އެނގުމުންނެވެ. ތިން މާއްދާއިން އޭ ސްޓާރ ލިބިފައި ވާއިރު ދެން ހުރި މާއްދާ ތަކުން ނިކްހާ އަށް އޭލިބިފައި ވެއެވެ. ޔަނާލް އަށް ވެސް ނިކްހާއެކޭ އެއްފަދައިން ރަނގަޅު ނަތީޖާ އެއް ލިބިފައި ވެއެވެ. ޔަނާލް ހޭންފެށުމުން ނިކްހާ ދުވެފައި އެތަނުން ނިކުތެވެ. ހެނދުނުގެ ވަގުތު ކަމުން މަގުތަކުގައި މީހުން ފުދޭވަރަކަށް މަދެވެ.
ގެހުންނަ މަގަށް އެޅުމުން ނިކްހާ ދުއްވައިގަތީ އަވަހަށް ދައްތައަށް މާކްސް ޝީޓު ދައްކަން ވެގެންނެވެ. ޔަނާލް ވެސް ނިކްހާ އުޅޭގޮތުން ކުދިކިޔަމުން އާދެއެވެ. ގޭގެ ދޮރާހަމައަށް ގޮސްފައި ނިކްހާ ހުއްޓިލީ ކަމަކަށް ތައްޔާރުވާ ފަދައަކުންނެވެ. ނިކްހާ އަކީ ހިމަ ތޮޅިކޮށް ހުންނަ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. އޭނާގެ އުނަގަނޑާ ހަމައަށް އަންނަ ދިހުންކުލަ އަރާ ފަން އިސްތަށިގަނޑާއި އަޅިކުލައިގެ ދެލޮލަކީ ނިކްހާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދޭކަމެކެވެ. އެބޮޑު ދެލޮލުގެ ވަށައިގެން ހުރި ދިގު އެސްފިޔަތަކުން އެދެލޮލަށް ހިޔާ އަޅާލާފައި ވާއިރު ފިޔާތޮށިކުލައިގެ ތުނި ތުންފަތުގައި ވަނީ ލުއިހިނިތުން ވުމެކެވެ. ހަންގަނޑުގެ ދޮންކަމާއި ހެދުން އެޅުމުގެ ސްޓައިލުން ނިކްހާ ބޮޑަށް ވައްތަރީ ބޭރުގެ މޮޑެލް އަކާއެވެ.
“އެކަމަކުވާ ދޯ!… ނިކާ… ދެންވެސް ދާންވީ…” ނިކްހާ ގެއަށް ނުވަދެ ހުރުމުން ޔަނާލް ބުނެލިއެވެ.
“ނިޝްތާ… ނިކާ މިއޮށްއައީ…. އެކަށްޗަކުންވެސް ފާހެއް ނުވޭ… ޔަނާލް އަޑުގެ ނެތްތަނަށް ގޮވާލުމާއެކު ނިކްހާ ޔަނާލްގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ. އެއާއެކު ޔަނާލް ނިކްހާއާ ދިމާއަށް ދޫނެރެލާފައި ދުއްވައިގަތެވެ. ގޭތެރެއިން ނިޝާފެންނަން ނެތުމުން ނިކްހާ ދިއައީ ނިޝާގެ ކޮޓަރިއާ ދިމައަށެވެ.
“ދޮންތާ.. ބަލްލްލލ….”
ދޮރުހުޅުވާލުމާއެކު ފެނުނު މަންޒަރުން ނިކްހާގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ފަދައެވެ.
އަތުގައި އޮތް ފޯމު އަތުން ދޫވެގެން ދިޔައިރު ދެލޮލަށް ތާޒާ ކަރުނަތައް ޖަމާވާން ފެށިއެވެ. އޭގެ ކުޑަ ހިނދުކޮޅެއް ކުރިން މޫނުމަތީގައި ވީ ހިނިތުންވުން ފޭދި އެމޫނަށް ބިރާ ސިހުމުގެ އެތައް ކުލަވަރެއް ވެރިވެގެންފިއެވެ. ހުރިތަނަށް ނިކްހާ ގަނޑުވެފައި ހުރިއިރު ލޮލަށް ފެނުނު މަންޒަރު ގަބޫލުނުކުރެވިގެން އުޅޭފަދައަކުން ދެއަތަށް ބޯހޫރަމުން ގެންދިޔައެވެ. ދުވަހަކުވެސް ހަމަލޮލަށް އެފަދަ މަންޒަރެއް ފެނިފައި ނުވާ ނިކްހާއަށް ތަންތަން އަނދިރިވަމުން ދިޔަފަދަ އިހްސާސެއް ކުރެވެމުން ދިޔައެވެ.
ބޮލަށް އެނބުރުންއަރާ ނިކްހާ އަރިއަޅާލިއިރު ޔަނާލްއަށް ނިކްހާ ހިފަހައްޓައެއް ނުލެވުނެވެ. ދޮރުކައިރީ ހުރި ގުޅީގައި ނިކްހާގެ ބޯ ބާރަކަށް ގޮސް ޖެހިފައި ވެއްޓުނެވެ. ޔަނާލް ދެލޯމަރާލުމަށްފަހު ނިޝާގެ ކޮޓަރި ދޮރު ލައްޕާލިއިރު އޭނާވެސް ހުރީ ޝޮކެއްގެ ތެރޭގައެވެ. ނަމަވެސް އެންމެ ގާތް އެކުވެރިޔާގެ ހާލު ފެނިފައި ހިތްވަރުކޮށް ނިކްހާއަށް އެހީތެރިވާން އަވަސްވެގަތެވެ. ޔަނާލް އޭނާގެ ފޯނުނަގާ ނަންބަރަކަށް ގުޅާލުމަށްފަހު ވާހަކަދެއްކި އިރު އޭނާގެ އަތުގައި މަޑު ތުރުތުރެއް އުފެދިފައި ވިއެވެ. ނިކްހާއަށް ބަލަންހުރެ ފޯނުބޭއްވުމަށް ފަހު ގޮސް އޭނާގެ ގާތުގައި އިށީނެވެ. އެއިރު ނިކްހާގެ ބޮލުން ފައިބަމުން ދިޔަލެއިން ސިޓިންރޫމްގެ ހުދު މާބްލްސްތައް ރަތްވަމުން ދިޔައެވެ. ޔަނާލް ނިކްހާގެ އަތްތިލައިގައި ހިފާ ބާރުކޮށްލިއިރު އަޑުންއަޑުނަގައި ރޯންފެށުނެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

samra

Level 210 Stories100 Login100 Comments

Other Articles

Previous

ނާކާ…

Next

މޫނޭ ތިއީ ހިތް އެދޭ (ޓްރެއިލަރ)

Next
November 14, 2019

މޫނޭ ތިއީ ހިތް އެދޭ (ޓްރެއިލަރ)

Previews
November 14, 2019

ނާކާ…

22 Comments!

  1. §HåĂĶĶÓ says:
    November 14, 2019 at 6:46 pm

    Vv reethi

    1. samra says:
      November 18, 2019 at 10:16 am

      Thank you shaakko

  2. ރާނީ says:
    November 14, 2019 at 7:15 pm

    Hama.habeys……. kn irakun next part….

    1. samra says:
      November 15, 2019 at 11:43 am

      Thanks ranee.. insha Allah v avahah

  3. Yan says:
    November 14, 2019 at 7:47 pm

    Varah reethi ? first story tha

    1. samra says:
      November 15, 2019 at 11:45 am

      Thanks Yan.. mi 2nd story,?

  4. Kuthoo says:
    November 14, 2019 at 8:04 pm

    Vaahaka Vvvvvv reethi. Waiting for the next episode. Good luck. ??????

    1. samra says:
      November 15, 2019 at 11:46 am

      Thanks kuthoo..

  5. Aysh says:
    November 14, 2019 at 8:38 pm

    Ma sha allah. Ve ve reethi vaanehen heevanee.. keep it up dear?❤ waiting eagerly for the next part. Pls ehaa lass nukoh up kurahche inge. Take ur time… tgc??

    1. samra says:
      November 18, 2019 at 10:19 am

      Thanks Aysh??

  6. Kylie says:
    November 15, 2019 at 8:29 am

    V reethi mi part vx….. Waiting fr nxt part…

    1. samra says:
      November 15, 2019 at 11:48 am

      Thanks Kylie. V avahah next kiyaalan libeyne??

  7. Yanaa says:
    November 15, 2019 at 12:46 pm

    Varah varah reethi???maa sha allah???curiously waiting for the next part❤❤❤

    1. samra says:
      November 15, 2019 at 2:55 pm

      Thanks yanaa?♥️

  8. hawwi says:
    November 15, 2019 at 12:52 pm

    heevany vv reethi vaanehen…. nxt prtge inthiraaruga ☺️☺️☺️

    1. samra says:
      November 15, 2019 at 2:56 pm

      Thanks hawwi??

  9. samra says:
    November 15, 2019 at 2:56 pm

    Thanks hawwi??

  10. ?Nishaa? says:
    January 21, 2020 at 10:50 am

    Wow I love the story.. ???

  11. Anoo says:
    January 21, 2020 at 3:35 pm

    Hehe

  12. Anoo says:
    January 21, 2020 at 3:36 pm

    Vrh salhi Masham allah ♥️♥️♥️

  13. N_U_X_U says:
    March 23, 2020 at 8:51 am

    VVV REETHI MI PART ☺️☺️☺️☺️☺️

  14. Najaa says:
    June 21, 2020 at 4:16 pm

    Mi story ah drama eh kulhunas ok tha????
    Varah salhi part eh mee…. I love it

Comments are closed.

Next Episodeއެހެނަސް 2←


All Right Reserved!