Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

އެހެނަސް 5

samra Level 210 Stories100 Login100 Comments
November 25, 2019 4 Mins Read
6 Comments

މިހައިރަކަށް އައިސް ނިކްހާއަށް އަބަދު ވިސްނެނީ ފެންނަމުންދާ ގޮތްނޭނގޭ ހުވަފެންތަކާއި ދޭތެރޭގައެވެ. މި ހުވަފެން ތަކެއްގެ ސަބަބުން ނިކްހާގެ މިޒާޖަށްވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ. ބަސް މަދުވުމާއި އަބަދު ނެގިމަޑުވެފައި އިނުމާ ނިދަން އުނދަގޫވުން ފަދަ ކަންކަމެވެ. ނިދާލެވޭ ވަގުތަކު ނަމަ ފެންނަނީ ފާޑެއެއްގެ ހުވަފެނެކެވެ. މިއިން ކޮންމެ ހުވަފެނަކުން ވެސް އޭނާއަށް ދެނީ އިންޒާރެއް ފަދައެވެ. ތަފާތު ގޮތްގޮތައް ފެނުނު ނަމަވެސް ދޭހަވަނީ އެއްމާނައެކެވެ. އޭނާއަށް މިހާވަރަކުން މި ފެންނަ ހުވަފެން ތަކުގައި އަސްލެއް ވޭބާވައެވެ؟؟؟

*** ** ***

ފަރީޝާމެންގެ އާއިލާ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. އެހެން ރޭރެ އެކޭވެސް އެއްފަދައިން ޔަނާލްމެން އެކިވާހަކަތައް ދައްކަމުން ދިޔައެވެ. އެހެނަސް ނިކްހާ އިނީ ނެގިމަޑުވެފައެވެ. މިކަން ފާހަގަ ކުރެވިގެން އެންމެފުރަތަމަ ސުވާލު ކުރީ ޔަމާންއެވެ. “ނިކާ ހާދަ މަޑުން ތިއިންނަނީ… އަނެއްކާ ބަލީތަ؟؟” ޔަމާންގެ ސުވާލާއި އެކު ނިކްހާ މޫނަށް ހިނިތުންވުމެއް ވެރިކުރުވަމުން ބޮލުގައި ރިއްސާކަމަށް ބުނެލިއެވެ. “އާނ ބައްޕަވެސް ހިތައްއަރައިފި ނިކާ ހާދަ ބަސްމަދުވެއްޖޭ… ދަރިފުޅު ކޮލެޖުގައި މާ ބުރައީތަ…” ކައިރިގައި ހުރި ޖޫސްތަށިން އެތިފޮދެއް ބޯލަމުން އިލްހާމް ބުނެލިއެވެ. މި ފަހަރުވެސް ނިކްހާ ހަމައެކަނި ބޯޖަހާލުމަކުން ފުއްދާލިއެވެ. ޔަނާލް އެއްޗެކޭ ނުބުނެ އިނީ ފަހުން ނިކްހާއާއި ވާހަކަ ދައްކަން ގަސްދުކޮށްގެންނެވެ.

ކައިނިންމާލުމަށް ފަހު އެންމެން ސިޓިންގރޫމަށް ނުމެލީ ވާހަކަ ދައްކާލުމަށެވެ. އާއިލާގެ އެންމެން އެއްތަންވަނީ ވަރަށް މަދުފަހަރަކުއެވެ. އިލްހާމް އަކީ ވިޔަފާރި ވެރިއަކައް ވުމުން ގޭގައި ހޭދަކުރެވެނީ ވަރައް މަދުވަގުތެއްގައެވެ. “ޔަނާ މިގަޑީގައި ދެވިދާނެތަ ދޮންބެއާއި އެކު ތަނަކަށް… އެއްކަލަ ދުވަހު ހަދަން ދިނީމެއްނު މާތަކެއް… އޭއްޗެހި ބަލައި…” ޔަމާންގެ ވާހަކަ އަށް އާނއެކޭބުނަމުން ޔަނާލް ބަލައިލީ ނިކްހާ އަށެވެ. “ނިކާވެސް އާދޭ ދާން…” ޔަމާން އޭނާ ގާތުވެސް އަންނާށޭ ބުނުމުން ނިދިއަންނަކަމަށް ބުނެ އަވަހަށް ކޮޓަރިއަށް ވަނީ އިތުރަށް ބޭރުގައި ކެތްނުވުމުންނެވެ.

ޔަމާންގެ ކައިވެންޏައް އެ އާއިލާ މަޑުމަޑުން ތައްޔާރީތައް ވަމުން އަންނައިރު ނިކްހާއަށް އެއިން ކަމަކާވެސް އުޅެލެވޭވަރު ނުވެއެވެ. އަބަދު ވިސްނާ ވިސްނާ ނިކްހާގެ ބޯ ފަޅައިގެން ދާވަރުވެއެވެ. އެ ހުވަފެންތަކާއި ދޭތެރޭ ނުވިސްނަން އުޅުނު ވަރަކަށް ވިސްނޭލެއް ގިނަވަނީ އެވެ. އެވިސްނުން ތަކާއި ދުރައްދާން މަސަތްކަތް ކުރަމުން ލެޕްޓޮޕް ނަގާ ހުޅުވާލިއެވެ. ނަމަވެސް އޭނާ ބޮލުގައި ރިއްސާތީ އުޅޭ ދުވަސް ދުވަހު ދޮންތަ ބޯމޮޑެދޭ ހަނދާން ވުމުން ލޮލަށް ކަރުނަ ޖަމާވާން ނެގީ މަދު ސިކުންތު ކޮޅެކެވެ. ދޮންތަ އޭނާގެ ކަންތައްތަކައް ދޭ ސަމާލުކަމާއި އޭނާ އަށް ދިމާވާ ކޮންމެކަމެއްގައި އެހީތެރިވެ އަޅާލާ ގޮތް ސިފަވުމުން ނިކްހާއަށް ދެލޯމަރާލެވުނެވެ. އޭނާ އެއްރޭ ސުކޫލުގެ އިތުރު ގަޑި ނިންމާފައި ގެއަށް އައިއިރު ދޮންތަ އޭނާގެ އިންތިޒާރުގައި ނުކައި އިނެވެ. އެވަގުތަކީ ރޭގަނޑުގެ ލަސް ގަޑިއަކަށް ވެފައި ދޮންތަ ނުކައި އިނުމުން ނިކްހާ ދެރަވިއެވެ.

” އަޅެ ދޮންތަ ކައިގެން ނިދިނަމަ… ހެނދުނު ފިހާރައަށް ވެސް ދާންޖެހެއެންނު…” ކައިރީގައި ހުރި މޭޒުމަތީ ދަބަސް ބަހައްޓަމުން ނިކްހާ ބުނެލީ ފާރުގައި ހުރި ގަޑިއަށް ނަޒަރެއް ދެމުންނެވެ.

“ނިކާ ދައްކާ ވާހަކަދޯ… ދޮންތަގެ ޕްރިންސެސް ނާންނަނީސް ދޮންތައަށް ކައިގެން ނިދޭނެތަ؟” ނިކްހާގެ ނޭފަތުގައި ހިފާލަމުން ނިޝާ ބުނެލީ ސަމާސާ ރާގަކަށެވެ.

“އަޅެ ދޮންތަ ހާދަ ރަނގަޅޭ… އަބަދުވެސް ތިހެން އަހަރެން ގާތު ހުންނަށްޗޭ… ދޮންތަ އަކީ އަހަރެންގެ ހުރިހާވެސް މީހަކީ… ދޮންތަ ނެތް ދުނިޔެއެއްގައި އަހަރެންނަކަށް ނުވެސް އުޅެވޭނެ…” ނިޝާ ގައިގާ ބައްދާލަމުން ނިކްހާ ބުނި އިރު އޭނާ އަށް ރޮވެން އުޅުނެވެ.

“އައްދޭ… ހާދަ އެމޯޝަނަލް ތިވީ… ދޮންތަ ޔަޤީން ކަން މިދެނީ އަބަދުވެސް ނިކާއަށް ދިމާވާ ކޮންމެކަމެއްގައި ވެސް މިގޮތަށް ހެލްޕް ވާނެ ކަމުގެ…” ނިކްހާގެ ލޯފުހެލައި ދެމުން ނިޝާ ބުނީ ހިނިތުން ވެލާފައެވެ.

އެހެނަސް މިއަދު އެދޮންތަ ކޮބައިބާވައެވެ. އެއްވެސް މީހަކަށް އެމީހެއްގެ މަރެއް ނުހިފެއްޓޭނެއެވެ. ކިތަންމެ ބޭނުންނުވިނަމަވެސް އަހަރެމެންގެ ވެރި އިލާހުގެ ހަޟްރަތުން އަހަރެމެންގެ ފުރާނަ ގެންދެވޭނެއެވެ. އެދުވަހަކުން ދެއްކޭނެ އިތުރު ބާރެއް ނޯންނާނެއެވެ. ދުނިޔޭގައި އުޅެން ލިބިފައި މިވާ މަދު ވަގުތުކޮޅުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން އެބަޖެހެއެވެ. ނަމަވެސް ދޮންތަ އެވަރުގެ ފިޔަވަޅެއް އެޅި އިރު އެންމެ ކުޑަމިނުން ނިކްހާ ކައިރީ ވެގެން އުޅޭ ގޮތެއް ބުނެލިނަމައެވެ. އަމިއްލަ އަށް މަރުވުމަކީ ކިހާ އަޒާބެއް ހުރި ކަމެއްކަން ދޮންތައަށް ހަމަ ނޭނގެނީ ބާއެވެ. ދޮންތައަކީ އެހާފިނޑި މީހެއްނޫނެވެ. އެހެންކަމަށް ވަނީނަމަ ދޮންތަ އަމިއްލައަށް މަރުވީ ކީއްވެގެން ބާވައެވެ. މިސުވާލުގެ ޖަވާބު ހޯދަން ނިކްހާ ކިތަންމެ ބޭނުންވި ނަމަވެސް ކުރާނީ ވަކި ކީތްހެއްޔެވެ؟

ނިޝާގެ މަރަށްފަހު ޔަނާލްގެ އާއިލާއިން އޭނާއަށް އެވަރުގެ ހިތްވަރެއް ނުލިބުނުނަމަ އޭނާ މިހައިރު ދުނިޔޭގައި ނުވެސް ހުރީސް ކަންނޭނގެއެވެ. އޭނާއަށް ޓަކައި ޔަނާލްގެ މުޅި އާއިލާ އޮސްޓްރޭލިއާއަށް ބަދަލުވިއެވެ. ނިޝާގެ މަރަށް ފަހު ނިކްހާ ބަލިވެ އޭނާގެ ހާލަތު ވަރަށް ގޯސްވިއެވެ. އޭނާގެ ބޭސްފަރުވާއާއި ހުރިހާ ހަރަދު ތަކަކާއި ޔަނާލްގެ އާއިލާއިން ހަވާލުވިއެވެ. ނުވިތާކަށް އެމީހުންގެ ދަރިއެއްގެ ގޮތުގައި ނިކްހާ ބަލައިގަތެވެ. ނިކްހާއަށް އަބަދުވެސް އޭނާގެ ހިތުގެ އެންމެ ފުންމިން ޔަނާލްގެ އާއިލާއަށް ޝުކުރު އަދާކުރެވެއެވެ.

*** ** ***

ދުވަހަކަށްފަހު ދުވަހެއް ވޭތުވަމުން ދެއެވެ. ޔަމާންގެ ކައިވެންޏައް ރާއްޖެދާން ހަފުތާއަކައް ވަނީއެވެ. ނިކްހާގެ ހިތުގައި ނުތަނަވަސްކަމެއް ވީނަމަވެސް އޭނާގެ އުންމީދެއް އެބައޮތެވެ. ދޮންތަގެ ޑައިރީ ހޯދުމެވެ. ކޮންމެ ގޮތަކައް ވިޔަސް އެޑައިރީ ނުހޯދާ އެނބުރި އޮސްޓުރޭލިއާއަކައް އޭނާއެއް ނުދާނެއެވެ. ދޮންތަ މަރުވާން ދިމާވި ސަބަބު އެނގޭނީ ހަމައެކަނި އެޑައިރީގެ އެހީގައިކަން ނިކްހާއަށް އެނގުނެވެ. ޔަމާން ކުޅުދުއްފުށީ ކުއްޖަކާ ކައިވެނިކުރަން އުޅޭކަން އެއީ ނިކްހާގެ ނަސީބެވެ. އެކަމާއި ޔަމާން އަށް ނިކްހާ ހިތާއި ހިތުން ޝުކުރު ވެރިވެއެވެ.

*** ** ***

އަތުން ނަގަމުން ދިޔަ ދިލައަކަށް ނުބަލައި ފިޔާކޮށަން ހުރި ނަޔާނީ އަށް ސިހުންވީ ރައިޝާ ވާހަކަ ދެއްކުމުންނެވެ. “ނަޔާ… ފިޔާތަ ތިކޮށަނީ ދީ އަހަރެން ކޮށާ ލާނަން… އަދި އަތް ރަނގަޅުވެސް ނުވެއެންނު…” ނަޔާނީގެ އަތުގައި ހުރި ޒަހަމްތަކަށް ބަލައިލަމުން ރައިޝާ ބުނެލިއެވެ. “ނޫނޭ އަހަރެން އޯކޭއޭ… އެހެންނޫނަސް އެއިރަކު ހުރި ގޮތަކަށް ކެއްކުރުން ނޫން ކޮންގޮތެއް އޮތީ… އަހަރެންގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން މި އަނިޔާވެރިކަމުން އަހަރެމެން ސަލާމަތް ވުން…” ރައިޝާ ގާތު ނަޔާނީ ބުނީ އޭނާ އަބަދުވެސް ބުނާވާހަކައެވެ. އޭނާގެ ހިތުގެ އަޑެވެ.

“ހޫމް ނަޔާ އަހަރެން މިހިރީ އަދި ހަނދާންނެތިފައޭ… ޝާޔާ ބުނި ވާހަކައެއް އެބައޮތޯ… ދިމާކޮށްލަން ބޭނުމޯ… ދެން އަހަރެން ބުނީ ފުރުސަތެއްލިބޭތޯ ބަލާނަމޭ…” ނަޔާނީ އަތުން ފިޔާ އަތުލަމުން ރައިޝާ ބުންޏެވެ.

“އެހެންތަ ޒާހިރާ އެއުޅެނީ މާދަމާ ރިސޯޓަކަށް ދާށޯ. އެހެންވީމައި ދެވޭނެންނު ދޯ…” ހިނިތުން ވުމަކާއި އެކު ނަޔާނީ ބުނެލި އެވެ.

“އަސްލުވެސްތަ ތިވީ މާރަނގަޅަކަށްނު…” ދެކުދިން ވަރަށް ސިއްރުން ތިބެ މާދަމާ ކަންތައް ކުރާނެ ގޮތަކާއި ދޭތެރޭ ވާހަކަ ދެއްކިއެވެ. އެކުދިންގެ ނަސީބާއި މެދު ހިތާމަކޮށް އެވާހަކަ ދައްކަމުން ދިޔައިރު ތަޤުދީރުގެ ފަހަތުގައި ރޭވެމުންދާ ކަންތަކުގެ ހިލަމެއްވެސް ނުވާފަދައެވެ.

އެވަގުތު ގެއަށް ވަން ޒާހިރާގެ އަޑަށް ދެކުދިން ހިމޭންވި އިރު އަތްމަތިއަވަސް ކޮށްލީ ޒާހިރާގެ އެކުވެރިންތައް އަންނަން ވާއިރަށް ކައްކާ ނިންމާލެވޭތޯއެވެ. ޒާހިރާ އަކީ އަބަދުވެސް މީހުންގެ ވާހަކަ ދައްކަމުން މުޅި ރަށުގައި ދުވާ މީހެކެވެ. އެހާމެ ހުތުރު ބަސްތަކުން މީހުންނާއި ވާހަކަދައްކާ އެހާމެ އަނިޔާވެރި މީހެކެވެ. އެވަރުގެ އަންހެނެއް މުޅި ކާށިދޫގައިވެސް އުޅޭކަމެއް ނޭނގެއެވެ. ޒާހިރާގެ ހުންނަނީ އެންމެ ކުއްޖެކެވެ. ފިރިމީހާވެސް މަރުވެފައިވީއިރު އޭނާގެ ދަރިފުޅުވެސް މީހަކާއި އިނދެގެން އުޅެނީ އެހެން ރަށަކުއެވެ. އެހެންކަމުން ޒާހިރާ ބޭނުން ގޮތަކަށް އުޅުމުގެ ފުރުސަތު އޮވެއެވެ. ޒާހިރާގެ ބޮލުގެ އިސްތަށިގަނޑުގައި ހުންނަނީ މުށިކުލަ ޖައްސާފައެވެ. މޫނުމަތީ އެކި ކަހަލަ އެއްޗެހި އުނގުޅާ ތުންފަތުގައިވެސް އަބަދު ހުންނާނީ ކުލަ އުނގުޅާފައެވެ. ލާ ހެދުންތައް ގަޔަށް ބާރުވެފައި ކުރުކަމުން އައިބު ގޮތެއްހުރެއެވެ. އޭނާ ފެންނަ މީހަކަށް ފުރަތަމަވެސް އާދެވޭނީ ހިނި ކަންނޭގެއެވެ.

*** ** ***

“ވާއު…” ޔަމާންގެ ޕާޓީގައި ލާން ގަތްހެދުން ލައިގެން ޔަނާލް ނިކްހާގެ ކޮޓަރިއަށް އައެވެ. “އޭ އަސްލުވެސް ވަރަށް ލޯބި އިނގޭ…” ލެޕްޓޮޕު ލައްޕާލަމުން ނިކްހާ ތެދުވިއެވެ. “ނިކާ އަދި ނުވެސް ލަންތަ މި ހެދުމެއް…” ދެ އުކުޅުގައި އަތްވިދެލަމުން ޔަނާލް ބުނެލިއެވެ. “ހޫމް އަދިނުލަން… ނުވެސް ލާނަން…” ކައިރީގައި ހުރި ކޮތަޅުން އޭނާގެ ހެދުންނަގާ ގައިގައި ޖައްސާލަމުން ނިކްހާ ބުނެލިއެވެ.

“ދެން ހުންނަގަ ނުލައި… ރަށައްގޮސް ލާއިރު ހެދުން ހެޔޮވަރު ނުވީމައި ކިހާ މަޖާވާނެ…” ލޯގަނޑު ކުރިމަތީ ހުރެ ޔަނާލް ބުނެލިއެވެ.

“ދެން އަހަރެން ނުލާނެދޯ މީހެއްގެ ހެދުމެއް… ތިހެދުމެއް ނުލަން… އެކަމް މިހެދުން މިހައިރު ލެވިއްޖެ ކަންނޭގެ ހައެއްކަ ފަހަރު…” ހިނިގަނޑެއް ޖަހާލަމުން ނިކްހާ ބުނެލިއެވެ. “ޕާޓީގައި ތިހެދުން ލާންވާއިރު ޔަނާއަށް ކިންނޭނގެ ތި ކުޑަވާނީ… ހެހެހެ އެހެންނު ވާނީ ޔަނާވިއްޔަ އަބަދު ކައިކައި ހުންނަނީ…” ރުޅިއައިސްސާ ހުރިކަމަށް ހެދެމުން ޔަނާލް އެކޮޓަރިން ދިއުމުން ނިކްހާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ޔަނާލްގެ ސަބަބުން ނިކްހާ އަށް ހިނިތުންވާން މަޖުބޫރު ކުރެއެވެ. އެހެނަސް އޭނާ އެކަނި ވެއްޖެނަމަ ނުތަނަވަސްކަން އައިސް ވަށާލަނީ ހިނދުފުކެއްގެ ތެރޭގައެވެ. ނިކްހާ ކޮޓަރިން ނިކުތީ ޔަނާލް މެންނާއެކު ވާހަކަ ދައްކާލާ ހަދާލުމަށެވެ. އެ ވިސްނުންތަކާއި ދުރުވާނީ އެއިރުން ކަމަށްވާތީއެވެ.

***ނުނިމޭ***

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

samra

Level 210 Stories100 Login100 Comments

Other Articles

Previous

ނާކާ (އެޕިސޯޑް 07)

Next

ފުން އިހުސާސެކޭ 20

Next
November 25, 2019

ފުން އިހުސާސެކޭ 20

Previews
November 25, 2019

ނާކާ (އެޕިސޯޑް 07)

6 Comments!

  1. Kylie says:
    November 25, 2019 at 11:22 pm

    Me first dhw……. Hama habeys Mi part vx….. Speechless…… Waiting fr nxt…..

    1. samra says:
      November 26, 2019 at 8:26 am

      ThnkU Kylie…. Yes ur first?Next tomorrow ga genes dheveytho try kuraanan??

  2. friend says:
    November 26, 2019 at 8:50 am

    Vvvvvv reethi mi part ves masha allah

    1. samra says:
      November 26, 2019 at 10:34 am

      Thanku friend

  3. heyo edhey says:
    November 26, 2019 at 5:30 pm

    aslu mivaahaka feshuneehaure ma mi vaahaka kiyan…..vaahaka anehhen hama obi…sifakurumaa vaahaka raavamun thithaa goiy mashah varah kamudhey…..thikujjaage liyumuge hunaru eba huri….adhi rangalhu kohlan jehey dhe kameh ma bunela dheynan…..misaalakah biruveri vaahaka eh viyya aslu eyga biruveri kanthah gina vaan jeheyne…readers curious vaane eyrun bodah…..plan kohfa oiy gothah gendhaany ekm egothah biruveri kankan himanaalan jeheyne aslu…mihaaru aslu varah madhu dho biruveri baithah….ekan rangalhu kohlanikoh mi stry ithurah adhi salhi vaane…horror stories kiyaa hiyy vaa kudhinnah mihaarah vure bodah kamudhaane….dhen aneh kamakee vaahakaiga sifakurun ithuru kurun…..vaahakaiga sifakurumaky varah muhimmu ehcheh….sifakurun mihaarah vure gina kohlaathi adhi…..thikujja ah kaamiyaabah edhen……adhi iraadhakurehviyya molhu liyuntheri akah veveyne…..keep going??????

    1. samra says:
      November 26, 2019 at 5:59 pm

      Thnku so much heyo edhey??

Comments are closed.

Next Episodeއެހެނަސް 6←


All Right Reserved!