Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އިރު އޮއްސުމާއެކު 2 (އެޕިސޯޑް 04)

Kuduu dhon Level 1
December 16, 2019 4 Mins Read
3 Comments

(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..)

 

ހާޒިމް އެގެއިން ނުކުމެގެން ދިޔައީ އޭނާގެ ދިރުން އެގެޔަށް ދޫކޮށްލާފައެވެ. އޭނާގެ ސިކުނޑިއަށް ދެންމެ ނީލަމްއާ ދެއްކި ވާހަކަތަށް ނޫން އެއްވެސް އެއްޗެއް ނާދެއެވެ. ނީލަމް އެ ހަދަނީ ތެދެއް ނޫންކަން ހާޒިމްއަށް ހަމަ ޔަގީނެވެ. އެރޭ ހާޒިމްއާއި އެކު ތުނޑިމައްޗަށް ނުކުތީ ނީލަމް ނޫން އިތުރު ކުއްޖެއްނަމަ ހަމަޔަގީނުންވެސް ހާޒިމްއަށް އިނގޭނެއެވެ. ހާޒިމް މަދުމަދުން ނީލަމް ބުނާ ކަންތަށް ހަނދާން ނެތުނެއް ކަމަކު އެވަރު ކަމެއް ހަނދާން ނެތޭ ވަރަށްވުރެ ހާޒިމްގެ ހަނދާން ގަނދައެވެ. ވީއިރު ނީލަމް ހާޒިމްއާއި ރުޅިވާން ބަހަނާއެއް ދައްކަނީ ބާއެވެ؟

ގެޔަށް ދާނެ ހިތެއް ނެތެވެ. ހާޒިމް ބޭނުންވަނީ ބޯ ހަމަޖައްސާލާށެވެ. އެއްވެސް މީހެއްގެ އަޑެއް ބަޑެއް ނީވޭ ފަށަށްގޮސް ދިރިއުޅުމާއި ދޭތެރޭ ވިސްނާލާށެވެ. އެގޮތުން ހާޒިމް ނުކުރީ ތުނޑިމައްޗަށެވެ. ބޯހަމަ ޖައްސާލާށެވެ.

ދުވަސްތަށް ފާއިތުވެގެން ދިޔައީ ހިތަށްވެސް ނާރާހާ އަވަހަށެވެ. މިއަދަކީ ހޯމަ ދުވަހެވެ. ނީލަމްގެ ހަބަރެއް ނުވެއެވެ. ނީލަމް ހޯދާކަށް ހާޒިމްއެއް ނޫޅެއެވެ. ލޯބި ނުވާތީއެއް ނޫނެވެ. ނީލަމް ހިތްއެދޭގޮތަކީ އެއީ ކަމުގައިވާތީވެ އެގޮތަށް ހަދައިދިނުމުގެ މަގުސަދުގައެވެ. ހާޒިމް ތައްޔާރު ވަމުން ދިޔައީ މެންދުރުފަހު 2 ޖަހާއިރު ފުރަން ހަމަޖެހިފައި އޮތް ފެރީ ދޯންޔަށް ދެވޭތޯއެވެ. ހާޒިމް ގަޔާވެގެން ދާން އުޅޭތީ މަންމަ ހުރީ ވަރަށް އުފަލުންނެވެ.

ދޭއް ޖެހީރު ފުރި ފެރީގައި ކުރެވުނީ ވަރަށް ހިތްގައިމު ކުރު ދަތުރެކެވެ. ދޯނި ގޮސް އުނގޫފާރުގެ ބަނދަރު ކުރުމާއެކު ހާޒިމް އާއި ޒައިނާ އެރަށަށް ފޭބިއެވެ. އެދެކުދިން ބާލަން އެރަށުގެ އޮފީހުން މީހަކު އައިސް ހުއްޓެވެ. އެދެކުދިން ބެހެއްޓުނީ އެރަށުގެ ވަރަށް ހިތްގައިމު ގެއެއްގައެވެ. އެކުދިންގެ އިތުރުން އެގޭގައި ދެންވެސް އުޅެނީ ހަމަ އެކުދިންނާއެކު ކިޔަވަން އެރަށަށް އެހެން ރަށަކުން އައިސްތިބި ދެކުދިންނެވެ.

އިރު އޮއްސުނުއިރު ހާޒިމް ހުރީ އެހެން ކުދިންނެކޭވެސް އެއްފަދައިން ހަމަޖެހިލާފައެވެ. ކްލާސްތަށް ފަށަނީ މާދަމާ ކަމުގައި ވާތީ މިރޭ ކުރާނެ އެއްވެސް ކަމެއް ނެތެވެ. އިވެމުންދިޔަ މަޤްރިބް ނަމާދުގެ ބަންގީގެ އަޑާއެކު ހާޒިމް އޭނާއަށް ހާއްސަ ކުރެވިފައިވާ ކޮޓަރިން ނުކުތީ ރަށުތެރެ ބަލައިލަންދާން ވެއްޖެޔޭ ހިތަށް އެރީމައެވެ.

ޒައިނާ އުޅޭ ކޮޓަރި ހުންނަނީ ހާޒިމް އުޅޭ ކޮޓަރީގެ ދޮރުމަތީގައެވެ. ހާޒިމްގެ ކޮޓަރިއެކޭ އެއްފަދައިން އެކޮޓަރީގައިވެސް ޒައިނާގެ އިތުރުން އެއްކުއްޖަކު ހުރެއެވެ. އެހެންކަމުން ޒައިނާއަށް ގޮވާލަން ހާޒިމް ކުޑަކޮށް ފަސްޖެހުނެވެ. ނަމަވެސް އެކަނި ނުކުންނަން ބޭނުން ނުވާތީވެ އެކޮޓަރީގެ ދޮރުގައި ހާޒިމް ޓަކި ޖަހާލިއެވެ. މާލަސްތަކެއްނުވެ އެ ދޮރު ހުޅުވައިފިއެވެ. ޒައިނާއެވެ. “ހިނގާބަލަ ތިހެން ނޯވެ ހިނގާލަން މިތަނަށް ނުކުންނަން.!” ހާޒިމް ބުނެލީ ހިނިތުން ވެލާފައެވެ. “އާނ.. މަޑުކޮށްލާ.. މިއަންނަނީ ކުޑަކޮށް ޓަޗްއަޕް ކޮށްލާގެން..” ޒައިނާ މިހެން ބުނެފައި ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ.

ހާޒިމް ނުކުތީ ބޭރަށްށެވެ. ދޮރުމައްޗަށް ނުކުތުމާއިއެކު އޭނާގެ ލޮލުގައި އަޅައިގަތީ ދޮރުމަތީގައި ހުރި ރީތި ހުވަނދުމާގަހެވެ. މަލަކީ ކުޑައިރުއްސުރެ ހާޒިމް ވަރަށް ގަޔާވާ އެއްޗެކެވެ. ނީލަމްއަށް އެންމެ ގިނައިން ހަދިޔާއަށް ގެންގޮސްދެވިފައިވެސް ހުންނާނީ މަލެވެ. ހާޒިމް އެގަހާއި ގާތްވެލިއެވެ. އެގަހުން މަލެއް ޒައިނާއަށް ދޭނަމޭ ހިތާ އޭނާ ރީތި މަލެއް ބިނދެލިއެވެ. އެވަގުތު ކުއްލިއަކަށް އޭނާއަށް އިވުނީ އަންހެނަކު ހަޅޭއްލަވައިގަތް އަޑެވެ. ހާޒިމް ސިއްސައިގެންގޮސް އެނބުރިލިއެވެ. ފުރަގަހުގައި ހުރީ ޒައިނާއެވެ. “ކުރާ ކަންތަށް..” ހާޒިމް ބުނެލީ ޒައިނާއާއި ދިމާލަށް ދެލޯ އަޅާ ލާފައެވެ. ޒައިނާ އެއްވެސް އެއްޗެއް ނުބުނެއެވެ. ހިނިތުން ވެލާގެން ހުރީއެވެ.

ދެކުދިން ހިނގަމުންގޮސް ނުކުތީ ރަށުގެ ބަނދަރާއި ދިމާލަށެވެ. ހާޒިމް ވަރަށް ގިނަ ވާހަގަ ހިނގަމުންދިޔަ މަގުމަތީގައި ދެއްކިއެވެ. ނަމަވެސް ޒައިނާ މިރޭ ހުރީ ވަރަށް ބަސްމަދުވެފައެވެ. ހާޒިމް ބުނެލާ ކޮންމެ އެއްޗަކަށް ރައްދު ދިނުމުގެ ބަދަލުގައި ޒައިނާ ވެލަނީ ހިނިތުމެވެ.

ރަށަކީ ވަރަށް ބޮޑު ރަށެއް ކަމުން ބަނދަރުގެ ކޮންމެ ދިމާލަކަށް ބަލާލިކަމުގައި ވިއަސް މީހަކު ނުފެންނަ ދިމާލެއް ނެތެވެ. ހިނގާފައި އުޅޭމީހުންވެސް އެހާ ބައިވަރެވެ. ދުއްވާ އެއްޗެހި ދުއްވާ މީހުން ދެފަރާތުން ހުރަސްކޮށް ދުއްވަމުން ދެއެވެ.

މަޑުމަޑު ހިނގުމެއްގައި ހިނގާފައިގޮސް ހާޒިމާއި ޒައިނާއަށް ހުއްޓެވުނީ ޖެޓީގެ ކޮޅުގައި އެހެލާފައި އޮތް ދޯނި ތަކެއް ކައިރީގައެވެ. އެއިރު ޖައްވު ވަނީ އަނދިރިވާން ފަށާފައެވެ. ބަނދަރު މަތީގައި ކިތަންމެ ގިނަ ހޮޅިބުރިއެއް ދިއްލާފައި ހުއްޓެއް ކަމަކު އެސަރަހައްދަށް އެއިން އަލިކަން ލިއްބައިދެނީ ވަރަށް ކުޑަކޮށެވެ. “ކީއްވެތަ ވާހަކަވެސް ނުދައްކާ ތި ހުންނަނީ؟” ހާޒިމް އަހާލީ ޒައިނާގެ މޫނަށް ބަލާލާފައެވެ. “ކޮން ވާހަކައެއްތަ ދައްކަންވީ؟ އާހިލްގެ ވާހަކަތަ؟” ޒައިނާ ބުނެލީ ވައިއަޑުންނެވެ. ހާޒިމްގެ ދެލޮލަށް ބަލާލާފައެވެ. އެއިރު ޒައިނާގެ މޫނުމަތީގައި ހުރި ހިނިތުންވުން ޖައްވުން އޮއްސެމުންދާ އިރުގެ ދޯދިތަކުގެ އަލިން ކޮންމެސް ވަރަކަށް ހާޒިމްއަށް ފެނުނެވެ. އެ ހިނިތުންވުން ބުނެދެނީ ހިތާމައެއް ނޫނެވެ. އުފާވެރިކަމެވެ. ހާޒިމްއަށް އުނދަގޫވީ އެހެންވެގެންނެވެ.

ހާޒިމް ލެނގިލައިގެންހުރި ދޯނިން އޭނާގެ ބުރަކަށި ކުރިއަށް ގައްސާލީ ދެތިންފިޔަވަޅު ކުރިޔަށް އަޅަމުންނެވެ. ޒައިނާގެ މޫނުން އެ ފެނުނު ހިނިތުންވުމުގެ މާނަ ނުބައިހެން ހާޒިމްއަށް ހީވުމުންނެވެ. އަދި އާހިލްއާއި ބެހޭގޮތުން އެހެންމީހެއްގެ ދުލުން ހާޒިމް ކައިރީގައި ވާހަކައެއް ދައްކަން އޭނާ ބޭނުން ނުވާހެން އޭނާއަށް އިހުސާސް ކުރެވުމުންނެވެ.

އެވަގުތު ޒައިނާ އައިސް ހާޒިމްގެ ފުރަގަހުން ބައްދާލިއެވެ. “އެއީ އަހަރެން ސަމާސާއަށް ބުނެލި އެއްޗެއް. މިކަހަލަ ހަމަހިމޭން ވަގުތެއްގައި ކޮން ބޭކާރު ވާހަކައެއް ދައްކާނީ ދޯ؟” ހާޒިމްގެ ފުރަގަހުން ބައްދާލާގެންހުރެ ހާޒިމްގެ މޭމަތީގައި ޒައިނާ ދިޔައީ ފިރުމަމުންނެވެ. ހާޒިމްއަށް އެކުމުން އުނދަގޫވިއެވެ. ދުރަށްޖެހިލަން އުޅެ އުޅު ޒައިނާ އޭނާގެ ހަށިގަނޑަކުން ދުލެއް ނުކުރިއެވެ.

“ޒައިނާ… ކިހިނެއް ތި އުޅެނީ؟” ހާޒިމް ޒައިނާގެ އަތު ތެރެއިން ދެމިގަތުނެވެ. “މީހަމަ ކަލޭމެން އުޅޭ ގޮތެއް ނޫންތަ؟” ޒައިނާ ހުރީ އަދިވެސް ވަރަށް ހަމަޖެހިފައެވެ. މޫނު މަތީގައިވަނީ ގޮތްނޭނގޭ ހިނިތުންވުމެކެވެ.

ހާޒިމް މަސައްކަތް ކުރީ ޒައިނާދެކެ ރުޅި ނައިސް ކެތް ކުރެވޭތޯއެވެ. ނަމަވެސް ޒައިނާ އަނެއްކާވެސް ހާޒިމްއާއި ގާތްވެ އޭނާގެ މޭމަތީގައި ބޯއަޅަން މަސައްކަތް ކުރިއެވެ. ހާޒިމް ޒައިނާ ފޮޅާލާފައި ހިނގައިގަތުނެވެ. ގެޔާ ދިމާލަށް ދާށެވެ. ޒައިނާ ހުރިތާނގައި ހުއްޓިގެން ހުއްޓެވެ. ހާޒިމް ހިނގާފައި ދިޔައީ ފަސްއެނބުރި ބަލާވެސް ނުލައެވެ. އައިސްފައިވާ ރުޅިއެއްގެ ސަބަބުންނެވެ.

“ޕިސް ޕިސް ޕިސް… ދޯކާ ދިނަސް ތީ ބޮޑު ވަރު. އެންމެ ދެ މިނެޓަށްވެސް މަޑު ނުކުރެވުނީތަ؟” ހާޒިމް އައިސް ގެޔަށް ވަތް އިރު ޒައިނާ އިނީ ގޭގެ ސިޓިންރޫމުގައެވެ. އެގޭގައި ދެން އުޅޭ ދެކުދިންވެސް އެތަނުގައި ތިއްބެވެ. ހާޒިމްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދެންމެ ހާޒިމް އެއައީ ޒައިނާއާއިއެކު ބަނދަރު މަތީގައި ހުރެފައެވެ. ނަމަވެސް މިހާރު ޒައިނާ އެއިނީ ގޭގައެވެ. ހަމަގައިމުވެސް ހާޒިމް ހިނގާފައި އައިމަގުން ނޫން މަގަކުން ޒައިނާއަކަށް ގެޔަށް އަންނާކަށް ނޭނގޭނެއެވެ. ޒައިނާ ދެއްކި ވާހަކައަށް އެއްވެސް ރައްދެން ނުދީ ހާޒިމް ދިޔަގޮތަށް ގޮސް ކޮޓަރިއަށްވަދެ ވަރަށް ބާރަށް ދޮރު ލައްޕާލިއެވެ.

ޒައިނާވެސް އަދި އެތާތިބި އަނެއް ދެކުދިންވެސް އިނީ ހައިރާން ވެފައެވެ. ހާޒިމްގެ އަމަލުތަށް ހުރި ގޮތުންނެވެ. “ކިހިނެއް ވެގެން މިއުޅެނީ..؟” އެތަނުގައި އިނދެފައި އިބާ އަހާލިއެވެ. “ނޭނގެ. އޭނަ މަ ކައިރީގައި ހިނގާލަން ދާން ހިނގާށޯ ކިޔާފައި މަ ރެޑީވެލައިގެން ނުކުތް އިރު އޭނައެއް ނެތް.. ކަމަކާ ކެޓީ ކަންނޭގެ. ނޭނގޭގެ ބުނާކަށް. ފާޑެއްގެ ސޮރެއް އެއީ..” ޒައިނާ ބުނެލިއެވެ. “ހެހެހެ. ދޭބަލަ އަހަން ކިހިނެއްހޭ ވީ؟” އުޝައިރު ބުނެލީ ހިނިގަނޑެއް ޖަހާލާފައެވެ. އެއީ ހާޒިމްއާ އެކީ ކޮޓަރި ހިއްސާ ކުރާ ކުއްޖާއެވެ.

އެވަގުތު ޒައިނާ ތެދުވެ ހިނގައިގަތުނެވެ. ހާޒިމް އުޅޭ ކޮޓަރިއަށް ވަދުމަށްށެވެ.

ހާޒިމް އިނީ ވަރަށް ފުން ވިސްނުމެއްގައެވެ. ހާޒިމްއަށް ވިސްނެނީ ދެންމެ މި ހިނގި ކަންތަކާއެވެ. ޒައިނާ އޭނާއަށް ވުރެން ކުރިން ގެޔަށް އައި ގޮތަކާއިމެދުގައެވެ. މިހާރު ހާޒިމްއަށް ޝައްކުވާން ފަށައިފިއެވެ. އާހިލްއަށް ދިމާވި ކަހަލަ ކަންތަށްތަކެއް އަނެއްކާ ހާޒިމްއަށް ދިމާވަނީ ބާއެވެ؟

“ކޮން ކަމަކާ ފުސްމޫނު ހަދައިގެންތަ ތިއިނީ..” ޒައިނާ އެ ކޮޓަރިއަށް ވަދެފައި ސަމާސާ ރާގަކަށް ބުނެލިއެވެ. އެވަގުތު ހާޒިމް އިށީނދެގެން އިން އެނދުން ތެދުވެގެން ގޮސް ޒައިނާގެ އަތުގައި ހިފައި ޒައިނާ ކޮޓަރިއަށް ވެއްދުމަށްފަހު ދޮރު ލެއްޕިއެވެ. “މަ ކުރާ ސުވާލަކަށް ތެދަށް ޖަވާބު ދީފާނަންތަ؟” ހާޒިމް ހުރީ ހާސްޗެފައިކަން ޒައިނާއަށް އިނގެއެވެ. “އާނ.. ކިހިނެއްތަ ތި ވަނީ ހާޒިމްއަށް..” ޒައިނާ އަހާލިއެވެ. “ދެންމެ މަށާއެކީ ދިޔައިންތަ ބޭރަށް..؟” ހާޒިމް ކޮށްލީ ވަރަށް މޮޔަ ސުވާލެކެވެ. “ހެހެހެ.. ހާޒިމް މޮޔަވީތަ؟ ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ..؟” ހާޒިމް ކޮށްލި ސުވާލު ޒައިނާއަށްވީ މަޖަލަކަށްށެވެ.

“އަޅެ ބުނެބަލަ..” ހާޒިމްގެ އަޑު ބާރުވާންފެށިއެވެ. “ޕިސް ޕިސް ޕިސް ހާޒިމޫ… އަހަންނެއް ނުދަމެއްނުންތަ؟ އަހަރެން ނުކުތްއިރު ހާޒިމެއް ނެތް!” ޒައިނާ ބުނެލިއެވެ.

ހާޒިމްގެ މޫނުމަތި އެއްކޮށް މޯޅި ވެގެން ދިޔައެވެ. މިކަމުގައި ރޫހާނީ ކަމެއް އުޅޭ ކަމުގެ ނިށާނެއް ލިބުނީމައެވެ. ބަންލާފައި ކައިރީގައިހުރި އެނދު މައްޗަށް ޖެހިގަނެވުނީ މޫނުގައި ދެއަތް އަޅާފައެވެ. މާޔޫސް ވެވުނުލެއް ބޮޑޫކަމުންނެވެ. ބިރުވެސް ގަތީ އިންތިހާއަށެވެ. ހާޒިމްއަށް ހަދާނެގޮތް ހުސްވިއެވެ. މިދަނޑިވަޅު މަންމައަށް ގުޅާފަ މިވާހަކަ ބުނެފިނަމަ މަންމަގެ ހިތަކަށް ކެތެއް ނުވާނެއެވެ. މަންމަ ބޭނުންވާނީ ހާޒިމް ވަގުތުން ރަށަށް ދާށެވެ.  ނަމަވެސް މި ކޯސް ފުރިހަމަ ކުރަންވެސް ހާޒިމް ބޭނުންވެއެވެ.

 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kuduu dhon

Level 1

Other Articles

Previous

ވަޢުދު (ސަތުތިރީސްވަނަ ބައި)

Next

ޝައިމް 6

Next
December 16, 2019

ޝައިމް 6

Previews
December 15, 2019

ވަޢުދު (ސަތުތިރީސްވަނަ ބައި)

3 Comments!

  1. Yan says:
    December 16, 2019 at 10:14 am

    Mi part vx varah reethi Masha Allah ?

  2. Umny ??? says:
    December 16, 2019 at 1:11 pm

    Wow it’s amazing when is the next part?

  3. Xoona says:
    January 18, 2020 at 10:20 am

    Wow ITS AMAZING

Comments are closed.

Next Episodeއިރު އޮއްސުމާއެކު 2 (އެޕިސޯޑް 05)←


All Right Reserved!