733 (އަށްވަނަބައި)
އަލަމާރި މަޑުމަޑުން ހުޅުވިގެން ދިޔަ އަޑު އިވުނެވެ. އިސްއުފުލާލައި އަލަމަރިއަށް އަހަރެން ބަލާލީމެވެ. އަނދިރި ގަނޑުގެ ތެރެއިން ހުދުދިގުކުލައިގެ މޫނެއް ފެންނަހެން ހީވެގެން އަހަރެން އެ ދިމާއަށް ހިނގައިގަތީމެވެ. ހަމަ އެގަތުތު ރާނިޔާ އައިސް އަހަރެން އަތުގައި ހިފާ ތަޅުވައިގަތެވެ.
” ހިނގާ މިތަނުން ދާން ” ރާނިޔާ އަހަރެންގެ އަތުގައި ހިފާ ދަމަން ފެށިއެވެ.
މުޅި ކޮލެޖް އޮތީ ހަލަބޮލިވެފައެވެ. ޕޮލިސްކާރުތަކާއި އެމްބިއުލާންސްގެ އަޑު މުޅި ތަނުގައި ފެތުރެމުން ދިޔައެވެ.
އެދުވަހުގެ ފަހުން އަހަރެން އެ ޑޯރމްއަށް އެންމެ ފަހަރަކުވެސް ނުދަމެވެ. އަހަރެންގެ އެއްޗެހި ކޮޓަރިން ނެރެދިނީ ވެސް ބައްޕައެވެ. ކޯރސް ނިމެންދެން އަހަރެން ހުރީ އެޕާރޓްމެންޓެއް ކުއްޔައް ހިފައިގެންނެވެ.
ކޮންމެރެއަކުވެސް މަލަކްގެ މަރު އަހަރެންގެ ރޭގަނޑުގެ ނިދިން ހޭލައްވާލައެވެ.
މަލަކް މަޑު މަޑުން ކުޑަދޮރުން ނުކެ އެތާ ބޭރުގައި އިން ކުޑަ ލަކުޑިގަނޑެއްގެ މަތީގައި ހުއްޓިލައެވެ. އަދި އެއާދިމާލުން ތިރީގައި ހުރި އަހަރެންނައް ބަލާލައެވެ.
މަލަކްގެ މޫނުމަތިން ބިރުވެރިކަން ފާޅުވާންހުރެއެވެ. ސަލާމަތް ކޮއްދޭށޭ ބުނާފަދަގޮތަކަށެވެ. އެއާއެކު ކުއްލިއަކައް ފުންމާލައެވެ. އަހަރެނައް ހޭލެވެނީ ހަޅޭލަވައި ގަންނަމުންނެވެ. މަލަކްގެ ވޭނީ ހަޅޭކުގ އަޑު އަހަރެންގެ ކަންފަތުގައި އަބަދުވެސް ހަރުލާފައި ހުރެއެވެ.
މަލަކް މަރުވިތާ ނުވައަހަރު ފާއިތުވެގެން ހިނގައްޖެއެވެ. މަލަކް ގެ މަރު އިއްޔެ ވީކަމެއްހެން އަހަރެންގެ ހަނދާނުގައި ހަރުލާފައި އެބަ ހުއްޓެވެ.
ކޮންމެ އަހަރަކު ކޮންމެ ސެމިސްޓާއަކު އަހަރެން ރެސިޑެންޓް އޮފީހައް ގުޅަމެވެ. މަލަކްގެ މަރައްފަހު މުޅި 7ވަނަ ފްލޯރ ހުރީ ބަންދުކޮއްފައެވެ.
މި އަހަރު އަހަރެންނައް ރެސިޑެންޓް އޮފީހައް ގުޅުނީ ތަންކޮޅެއް ލަހުންނެވެ.
” ރެސިޑެންޓް އޮފިސް ” ފިރިހެން މީހަކު ފޯނުނަގާ ބުންޏެވެ.
” ތި ބޭފުޅުތޯ ހުސް ކޮޓަރިތަކާއި ބެހޭގޮތުން މައުލޫމާތު ހޯއްދަވަން ގުޅުން ވީ ؟”
” އާދެ ” އަހަރެން ބުނީމެވެ.
” މިވަގުތު އެއްވެސް ހުސްކޮޓަރިއެއް ނެތް އެކަމަކު ތިހިބެފުޅާ ތި ގުޅުއްވާލީ ރަނގަޅު ވަގުތެއްގައި…މިއަދު ހެނދުނު އަޅުގަނޑު މެންނައް ހުއްދަ ލިބިއްޖެ”
” ހުއްދަ ؟” އަހަރެން ހައިރާންވެފައި އަހާލީމެވެ.
” އާދެ އަޅުގަނޑުމެން މިއުޅެނީ 7ވަނަ ފްލޯރ ހުޅުވަންވެގެން ” އެކޮޅުން ޖަވާބު އައެވެ.
4 Comments!
Comments are closed.

haadha gina dhuvahakah fahuga mi vaahaka kiyaalan libunyma varah ufaa vehje heekury dhen mi vx kiyan nulibeyne kamah.varah reethi mi part vx whn is ntx part
Mi vaahaka kiyan feshy varah kiyaa hithun . Ehaa Gina dhuvas kohlaafa upload kuryma hithah eri vaahaka ehkoh upload kury eyy.????????
Kon dhuvas thakeh gatho vaahaka up vanee ??
Varah reethi vaahaka eh