ގަޑިން މެންދަމުން އަނބުރައި ދޭއް ޖަހައިފިއެވެ. ސާފުކުރުމުގެ މަސައްކަތް ނިންމާލާފައި ސޯފާގައި ޖައްސައިލި ނައިއަލްއާއި އީމާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ޓީވީ ހުޅުވައިގެން ލުއި ކާނާ ސުންކަންޖަހަން ތިބިއިރު ދައްކަމުންދިޔައީ ކޫސަނި ވާހަކައެވެ. “އަސްލު ކީއްވެތަ ބޮޑީގާރޑްއެއް ބޭނުންވަނީ؟ މީހަކު ގެއްލުމެއް ދޭން އުޅެނީތަ؟” ވާހަކަ ތަކުގެ ތެރެއިން ނައިއަލްގެ ހިތަށް އައި ސުވާލެއް އޭނާ ކޮށްލިއެވެ. ***************************** “މަށަށް ހަސަދަލާ މީހުން ގިނަކަމުންނެއްނު. އެންމެ ފުރަތަމަ ބޮޑީގާރޑެއް ހޯދަން ނިންމީ އެ މީހާޔާ ހެދި…” […]
“ކަލެއަށް އެހީވާ ކޮންމެ ފަހަރަކު ވަނީ ހަމަ މިހެނޭ. ފޮށިތަށް ހިފައިގެން އާދޭ ކޮޓަރި ދައްކާނަން.” ވެފައި ހުރި ވަރުބަލި ކަމާއިއެކު އީމާ ޖޯޝެއް ނެތް އަޑަކުން ބުންޏެވެ. ވާނުވާ ރޭކާލާން ނައިއަލްއަށް ހިނދުކޮޅެއް ނެގިއެވެ. ކަންނެތް ހިނިތުންވުމަކުން އޭނާ ހިނިތުންވެލިއެވެ. ކޮޅަށް ތެދުވަން އެހީއަކަށް ނައިއަލް ހިފައިގަތީ ކުރިޔަށް ހިނގައިގަތް އީމާ ލައިގެން ހުރި ހުޑީގެ ހޫޑްގައެވެ. މޮޔަ ވިސްނުން ބުނި ގޮތުގައި ނަަމަ އެ ފަހާފައިި ހުރީ އޭނާގެ ބަރުމިނަށް ބަލި ނުވާނެ ރޮއްޖަކުންނެވެ. […]
“ކަންނެޔޮހެން ހުންނަނަމަތާ މަށާ އެކީ ގެންދެވޭނީވެސް ބޮޑު ފޮއްޓަށް ލައިގެން ދޯ!” އައިޝްވަރިޔާގެ ކޮނޑުގައި ޖަހާލަމުން ނައިއަލް މަލާމަތް ކޮށްލިއެވެ. “މެޑަމް ބުނީ ކާން އަންނާށޯ…… މަ ބަދު ދުޢާ ކުރާނަން ތި ޖޮބެއް ނުލިބޭތޯ!” ކުދިކިޔަމުން އައިޝްވަރިޔާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ނައިއަލް ބާރު ހިނިގަނޑެއް ޖަހާލިއެވެ. އޭނާގެ ހުނުމުގެ އަޑާ އެކުވީ ފޯނު ރިންގުވާ ފެށި އަޑެވެ. “ޖައިނޯމަސް ބަފަލޯ.” އަނގަމަތީ އަތް އަޅައިލަމުން ނައިއަލް އޭނާގެ ފޯނު ކަންފަތުގައި ޖައްސާލުމުން ވަގުތުން އޭނާގެ ދެލޯ […]
“ނައިއަލް މުހައްމަދު ހަނީފް؟ އަނެއްކާ އެލް.ވީ.އީ ހަނީފްގެ ދަރިއެއްތަ ތީ؟” ޑައިރެކްޓަރަކު ކުއްލިއަކަށް ބުނި އެތިން ނައިއަލްއަށް ހިންދިރުވާލެވުނެވެ. ދެބުމަ އިތުރަށް ގާތްވެފައި، އެހެން ބުނި ޑައިރެކްޓަރާއި ދިމާލަށް އީމާ ބަލައިލިއެވެ. “އެލް.ވީ.އީ ހަނީފްގެ ހުންނާނީ އެންމެ ދަރިއެއް. އެއީ އެ ކޮމްޕެނީގެ ވާންއުޅޭ ސީއީއޯގެ ނަމުގަ މަޝްހޫރު ކުއްޖެއް. ކުރިމަތީ ކާމިޔާބީގެ މަގު ތަނަވަސްވެފަ އޮއްވަ، ދޫކޮށްފަ ކީއްވެ މި ތަނަށް އަންނަންވީ؟” އަނެއް ޑައިރެކްޓަރު ޚިޔާލު ފާޅުކޮށްލިއެވެ. **************************** “އަނެއްކާ… ތީ؟” އީމާ ނައިއަލްއަށް […]
ރަތްދަކާ އަވީގައި ދަލުން ތަތްތެޅިގެން ގޭގެ މައި ގޭޓް ކައިރީ މަޑުކޮށްގެން ނައިއަލް ހުރީ ކާރުގެ އިންތިޒާރުގައެވެ. ފަނަރަ ވަރަކަށް މިނެޓު ވީއިރުވެސް ކާރު ނައުމުން އިންޓަވިއުއަށް ލަސްވާނެއޭ ހިތާ ދުއްވައިގަތީ، ބެލްޓެއްގެ އެހީއެއް ނެތް ފަޓުލޫނު، ފައިބާވަރުން އަރުވާޖަހަމުންނެވެ. ބެލްޓު އަޅަން ހަނދާން ނެތުނީ ކަމެއް ނުވަތަ ކަންފަސޭހަކޮށްލާފައި ނޭޅީކަމެއް ނޭންގެއެވެ. ގެއާއި މާދުރު ނޫން ހިސާބެއްގައި ހަދާފައި ހުރި އެ ދިހަ ބުރީގެ އިމާރާތުގެ ކުރިމައްޗަށް ނައިއަލް އެރި އިރު މައި ދޮރާށި ކުރިމަތި […]
ނައިއަލްއަށް މަޖާވެފައި ހިނިގަނޑެއް ޖަހާލެވުނެވެ. އަދި ވަރަށް ފޯރީގައި އީމާގެ ލަވައިގައި ބައިވެރިވެލިއެވެ. ދެމީހުން އެއްކޮށް ކިޔާލި ބައިތު މިއުޒިކަކާއި ނުލާވެސް ފުރިހަމަވީ ހުނުމުގެ އަޑުންނެވެ. ކަޕްލް ޑާންސްއޭ ކިޔަސް ބޮޑަށް ވައްތަރީ ދެ ރާމާމަކުނުގެ ހަރަކާތްތަކަކާއެވެ. އެކީގައި ނަށަމުންދިޔަ އެ މަންޒަރަށް ވިލާތަކާއި ނޫ އުޑުވެސް ތަޢުރީފު ކުރާނެކަން ގައިމެވެ. އީމާގެ ކޮންމެ ހަރަކާތެއް ނައިއަލްއަށް ސްލޯ މޯޝަންއިން ފެންނަން ފެށި ހިސާބުން މީ ރަނގަޅު އަލާމާތެއް ނޫނޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އެ ވަގުތުކޮޅު […]
ނިދީގައި ކަންކަން ކުރެވުމަކީ، ދެ މަހުން އެއް މަހު ކަހަލަ ގޮތަކަށް އޭނާއަށް ކުރެވޭ ކަމެއްކަން އީމާއަށް ވަނީ ސާބިތުވެފައެވެ. އެނދުމަތީ ނިދާ މީހާ ބަދިގޭގައި އޮއްވާވެސް ހޭލެވެއެވެ. އެއްފަހަރު އޮފީހުގެ ބޯޑް މެންބަރަކަށް ގުޅައިގެން ދަރިފުޅަށް ދެނީ ކޮންކަހަލަ ނެސްޓަމެއްތޯވެސް އެހުނެވެ. އަނެއް ދުވަހު އެ ދައްތަ އެ ވާހަކަ ހީހީފައި ދެއްކުމުން ގަތް ލަދުން ކުންފުނި ބަންދުކޮށްފައި ވެމްކޯއަށް ވަންނަންވެސް އީމާގެ ހިތަށްއެރިއެވެ. ހަޤީޤަތް ސާފުކޮށް ކިޔައިދިނުމުން ސަމާސާކޮށްލާފައި އެ ދައްތަ އެކަމާ މާ […]
“ޗިމްޕާ ދުނިޔޭގަ ހުރިހާ ހިނދަކު މަ އެއްވެސް އިންސާނެއްދެކެ ލޯތްބެއް ނުވާނަން އިނގޭ. އައި ޕްރޮމިސް.” އިޝްގީ ނަޒަރަކުން ކަންނެޔޮލަށް ބަލައިލާފައި އަނެއް އަތުން އޭގައި ފިރުމައިލަމުން އޭނާ އެ ކަންނެޔޮލުގައި ބޮސްދިނެވެ. އޭނާ ހިތުން މި ތުންފަތް ޖެއްސުނީ ޗިމްޕާގެ ތުންފަތުގައެވެ. ލޯބިވެރިޔާއާއި އެކީ ބެލި އޮއްސެމުންދިޔަ އިރުގެ ރީތިކަމަށް ހިތާހިތުން ތައުރީފުކުރި ނައިއަލްގެ ތުންފަތް މަތީ ދުވެލީ މައުނަވީ ހިނިތުންވުމެކެވެ. އޭނާގެ ނަޒަރު އިރަށް ހުއްޓިފައިވީ ނަމަވެސް ދެ ލޮލުން ފާޅުވީ، ޗިމްޕާއާއިއެކު ވަގުތު ހޭދަކުރުމުން ލިބޭ […]
އެތަނުން ލިބޭ މުސާރައިގެ އިތުރުން އޭގެ ދެގުނަ މަންތްލީކޮށް ދޭނަން. ބޭނުންވެގެން އުޅުން އެޕާޓްމެންޓް ގަނެގެން އެކަނި މޫވް އައުޓް ކުރެވޭނެއެންނު އޭރަށް.” ނައިއަލް ސޮނިވެއްޓޭވަރުގެ ހުށަހެޅުމެކެވެ. ނައިއަލްގެ މޫނުމަތި އުޖާލާވިވަރު ފެނިފައި، އެންމެ ފަހުގެ ނިންމުން ކަނޑައެޅުނީކަން ހަނީފަށް ޔަގީންވެ، ހަމަޖެހިލާފައި، ހިހޫވެފައިވާ ކޮފީ ތަށި ތުމުގައި ޖެހިއެވެ. އަމިއްލަ އެދުން އިސްކުރި ނައިއަލް އަވަސް އަވަހަށް ބޯޖައިލީ، އޭނާއަށް މި އެއްބަސްވެވުނީ ކިހާވަރެއްގެ ކަމަކާއިކަން ނޭނގި އިނދެއެވެ. ********************************* “އެ މީހުން މާދަމާ އެބަ […]