Skip to content
އެސްފިޔަ

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ…5

ސައިކަލުތައް ޕާކު ކުރުމަށްފަހު އެންމެން އެކީ މިސްރާބުޖެހީ ޝާނިމްގެ ބައްޕަ އެންމެފަހުން ހުޅުވި ރެސްޓޯރެންޓް ތެރެއަށް ވަނުމަށްޓަކައެވެ. އެންމެންގެ ފަހަތުން ރެސްޓޯރެންޓްގެ މައި ގޭޓުން އެތެރެއަށް ވައިން ނާޔާގެ މަލެއްފަދަ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ކުރިމަތިން ފެނުނު ސޫރައެއްގެ ސަބަބުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ފެނުނު މަންޒަރުން އެ ހިތްހީވީ ހަންޖަރަކުން ކޮށާ ކުދި ކުދި ކޮށްލިހެންނެވެ. އިޙްތިޔާރަކާ ނުލާ އެ ބޮޑު ދެލޯ ފުރިގެންއައީ އިންޒާރަކާ ނުލައި އެ ނިކަމެތި ހިތުގައި އެޅި ވޭނަށް ކެތްނުކުރެވިގެންނެވެ. މަޑުމަޑުން ނާޔާގެ ދެތުންފަތް ފޫއަޅުވާލާފައި ޝަކުވާގެ ރާގަކަށް ބޭރުވީ ހަމަ އެންމެ ނަމެކެވެ.

” އައިޒަން ”

**********************************************************************************

ރެސްޓޯރެންޓްގެ ތެރެއިން އަންހެން ކުއްޖެއްގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އެއަންނަނީ އައިޒަން ނޫން އިތުރު އެހެން މީހެއް ނޫނެވެ. ތިން އަހަރު ވަންދެން އެލޯތްބައްޓަކައި އިންތިޒާރު ކުރި ލޯބި އަތުން ބީވެގެން ދިޔައީ ބާއެވެ. އެ ނިކަމެތި ހިތުގަ އަޅާނެ ވޭން ހަމަ އައިޒަން އަށް ނޭނގެނީ ބާއެވެ. ނާޔާ އޭނާގެ ނިކަމެތި ހިތާ ޝަކުވާ ކޮށްކޮށް ހުއްޓާ އައިޒަން އޭނާ ފަސްދީ ރެސްޓޯރެންޓްގެ ތެރެއިން ނިކުމެއްޖެއެވެ. އެއްފަހަރު ނަމަވެސް އޭނާ އާ ދިމާލަށް އައިޒަން ބަލާލާތޯ ހިތާހިތުން ނާޔާއަށް ދުޢާ ކޮށްލެވުނީ ކިތަށްފަހަރު ކަމެއް ނޭނގެއެވެ. ނަމަވެސް އެކަން ނާޔާ ހީކުރި ގޮތަކަށް ނުވިއެވެ.

ފަހަތުން ނާޔާ ނާންނަހެން ހީވެގެން އިޔާޝް ފަހަތް ބަލައިލީ ނާޔާ އާ ދިމާލަށް ކުދިކިޔަމުންނެވެ. އޭރު އެހެން މީހުންވެސް ގޮސް ތިބީ މޭޒެއްގެ ދަށުގައި އިށީންދެގެން އޮލަ ވާހަކައެއްގައެވެ. ފަސްއެނބުރި ނާޔާ އާއި ދިމާ ބަލައިލި އިޔާޝްގެ ދެބުމަ ގޮށްޖެހިގެން ދިޔައީ ރެސްޓޯރެންްޓްގެ މައި ދޮރާ ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ހުރި ނާޔާ ފެނުމުންނެވެ. ނާޔާ އަށް ގޮވުމަށްޓަކައި އެ ދިމާލަށް އިޔާޝް ހިނގައިގަތީ ވެސް ހިތާ ހިތުން ނާޔާ އާ ދިމާލަށް އެތިވަރު ގޮވަމުންނެވެ.

” ހޭ ކަޕްކޭކް މާ ރީތި އެއްޗެއް ފެންނަނީތަ އެތަނުން.؟؟ މަށަށް ވެސް ދައްކާލައިގެން އުޅެބަލަ..” ސިހިފައި ނާޔާ އަށް ކުރިމައްޗަށް އެބުރެވުނީ އިޔާޝްގެ ލާނެތް އަޑު ކަންފަތުގައި ޖެހުމުންނެވެ. އަވަސް އަވަހަށް އިސް ޖަހާލީ ލޮލުގައި ވާ ކަރުނަތަށް އިޔާޝް އަށް ނުދެއްކުމަށްޓަކައެވެ. ނަމަވެސް ނާޔާ އަށް ނޭނގުނު ކަމަކީ ކިތަންމެ ސިއްރު ކުރަން އުޅުނަސް އިޔާޝް އަށް ރީތިކޮށް އެ ލޮލުގައިވާ ކަރުނަތަކާ ، ހިތްދަތި ކަން ފެނުނު ކަމެވެ. އެއާއެކު އިޔާޝްގެ މޫނަށް ހައިރާންކަން ވެރިވީ މިހާ ހަމަޖެހިލާފައި އުފަލުން އުޅޭ ކުއްޖަކު ރޯން ޖެހޭ ސަބަބެއް ނޭނގުމުންނެވެ. ” އަމް އެބަ އަންނަން ވޮޝްރޫމް އަށް ވަދެލާފަ..” ކުރަކިވެފައިވާ އަޑަކުން ބުނެލުމަށް ފަހު ނާޔާ ވޮޝްރޫމާ ދިމާލަށް ހިނގައިގަތީ ފުންމިން ނޭނގޭ ވަޅުގަނޑަކަށް އިޔާޝް ވައްޓާލާފައެވެ. އެއާއެކު ފުން ވިސްނުމެއްގައި ހުރެ އިޔާޝް ވެސް އެކުވެރިންނާ ދިމާލަށް މިސްރާބުޖެހިއެވެ.

” ކޮބާ ނާޔޫ؟” އިޔާޝް އައުމާއެކު ސާޔާ ސުވާލު ކޮށްލިއެވެ. އެއާއެކު އިޔާޝް ކުޑަ ގޮތަކަށް އޭނާއަށް ފެނުނު މަންޒަރު ކިޔާލަދިނުމަށްފަހު މިހާރު ނާޔާ ވީ ވޮޝްރޫމް ގައި ކަމަށް ބުނެލިއެވެ. އެއާއެކު ހާސްވެފައި ނާޔާގެ ތިން އެކުވެރިން ވީކިހިނެއްތޯ އޮޅުންފިލުވަން އުޅުނެވެ. ” ނޭނގެ ޔާޝް އަކަށް ވެސް އިނގޭހާ ވެސް އެއްޗަކީ ރޮއެފަ ހުރިކަން.. އިތުރު އެއްޗެއް އަހާކަށް ނުކެރުން..” ވީ ގޮތް އެހުމުން އިޔާޝްގެ ފަރާތުން ލިބުނީ ހަމަ ކުރިން ވެސް ލިބުނު ޖަވާބެވެ. އެއާއެކު އެއްޗެއް ހީވެގެން ސާޔާ ފަސް އެނބުރި މައި ދޮރާ ދިމާލަށް ބަލައިލިއެވެ. އެއާއެކު ފެނުނު މަންޒަރުން ސާޔާގެ ދެބުމަ ގޮއްޖެހި ދެ އަތް މުއްކަވާލެވުނެވެ. ދޮރުގެ ކުރިމަތީގައި އަންހެން ކުއްޖެއްގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އެ ކުއްޖާއާ ސަމާސާ ކުރަމުން ދިޔަ އައިޒަން ފެނި ސާޔާގެ ހީ ޔަޤީނަށް ބަދަލު ވެގެން ދިޔައެވެ. އެހެންކަމުން ސާޔާގެ ހިތުގައި އިންތިހާ އަށް ރިއްސާލީ ނާޔާގެ ހިތަށް ކުރާނެ އަސަރު ވިސްނިފައެވެ. ކޮއްކޮގެ އުފަލަށް މިއަދު ކޮށްދެވޭނެ ކަމެއް ނެތުމުން އެ ހިތުގެ ރިހުން އިތުރުވިހެން ހީވުމާ އެކު ކައިރީ އިން ޝާނިމްގެ އަތުގައި ހިފާ ބާރުކޮށް ލިއެވެ. އެއާއެކު ސިހިފައި ޝާނިމް އަށް ސާޔާ އާ ދިމާ ބަލައިލެވުނީ ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އިނގުމުންނެވެ. ” ހޭ ބޭބީ އާރ ޔޫ އޯކޭ؟” ޝާނިމް އެހެން އަހާލުމާއެކު ސާޔާ މަޑު މަޑުން އޭނާގެ ޝަހާދަތް އިނގިލި ދޮރާދިމާލަށް ދިއްކޮށްލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޝާނިމް ަގެ ވެސް ދެ ބުމަ ގޮށްޖެހިގެން ދިޔައީ ފެނުނު މަންޒަރުންނެވެ. ސާޔާ އޭނާއަށް ނާޔާގެ ވާހަކަ ކިޔައިދީފައި ވުމުން ކަނތައްތައް ނަގައި ގަންނާކަށް ޝާނިމް އަކަށް ވެސް އުނދަގުލެއް ނުވިއެވެ. އެއާއެކު ޝާނިމްގެ ހިތަށް ވެސް އަސަރު ކޮށްލީ ކޮއްކޮ އެއް ގޮތުގައި ދެކެމުން އަންނަ ނާޔާގެ ހިތަށް ތަދުވާނެ ވަރު ވިސްނިފައެވެ. ” އިންޝަﷲ  އެވްރީތިންގް ވިލް ބީ ފައިން” ސާޔާ ގެނެސް މަޑު މަޑުން މޭގައި ޖައްސާލަމުން ޝާނިމް މަޑުމަޑުން ބުނެލީ ސާޔާ ހަމައަކަށް އަޅުވާ ލުމުގެ ގޮތުންނެވެ. އެކަން ވިސްނި ސާޔާވެސް ނަފްސު ހަމަ އަކަށް އަޅުވާލީ ނާޔާ އަށް އޭނާގެ ހިތާމަވެރި މޫނު ނުދެއްކުމަށްޓަކައެވެ. ކުރިމަތީ ތިބި ފަސް މީހުނަށް ޝާނިމް އާއި ސާޔާ އާ ދެމެދު ހިނގި ކަނަތައް ނުފެނުނީ އެންމެން މާ އޮލަ ވާހަކަ އެއްގައި ތިބުމުންނެވެ. ސާޔާވެސް ނާޔާއަށް އަސްލު ވީ ގޮތް އެކުވެރިންނަށް ސިއްރުކުރީ އެމީހުން ރުޅި އަންނާނެ ވަރު ވިސްނިފައެވެ.

އިރުކޮޅެއްގެ ތެރޭ ނާޔާ އެމީހުނާ ބައިވެރިވީއިރު ކަމެއް ވެފަ ހުރިހެން ވެސް ހީނުވެއެވެ. ކުރިއެކޭ އެއްގޮތަށް ސަކަރާތް ޖަހާ ހެދި އިރު ދުވަހަކު ވެސް ހިތާމައެއް ތަހައްމަލް ނުކުރާ ފަދައެވެ. ނާޔާގެ އެ ސިފަ ފެނި އެތާ ތިބި އެންމެން ވެސް ތަޢުރީފްކުރީ އެ ކުއްޖާގެ ހިތްވަރު ގަދަކަން ފެނިފައެވެ. އިޔާޝް ވެސް އަނގަ ހުޅުވިފައި އިނީ ފެންނަ މަންޒަރަކީ ހަޤީޤަތެއް ކަމާމެދު ޝައްކުވެފައެވެ. ” ސީރިއަސްލީ.. ކަޕްކޭކް ތީ ދެންމެގަ….” މަޑުން ނީނދެވިގެން އިޔާޝް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް އެ ހިސާބުން ހުއްޓާލަން ޖެހުނީ އޭނަ ކައިރި އިން ޝާނިމް އިޔާޝްގެ އަތުގައި ވިކާލުމަށް ފަހު މަޑުން އިނުމަށް ބުނެލުމުންނެވެ. އެއާއެކު ނާޔާ އިޔާޝް އާ ދިމާލަށް ބަލައިލުމަށްފަހު އެއްބުމަ އަރުވާލީ އޭނާ ބުނަން އުޅުނު އެއްޗެއް ނޭންގުމުންނެވެ. ނަމަވެސް އިޔާޝް ކަމެއް ނުވާކަމަށް ބުނެ ކެއުމައިގެން ކުރިއަށް ދިޔައެވެ. އެއާއެކު ނާޔާ ވެސް އަނގައަށް ވައްތަރެއް ޖައްސާލުމައްފަހު ދައްކަންފެށި ވާހަކަ އާގެން ކުރިއަށް ދިޔައެވެ. ވާހަކައިގެން ތެރެއިން ޝާނިމް އިޔާޝް ސާޔާމެންނަށް ތަޢާރަފް ކޮށްދިނެވެ. ދެން ތިބި އެންމެން އެކަކު އަނެކަކު ދަންނާތީ ތަޢާރަފް ކޮށްދޭކަށް ނުޖެހުނެވެ. އުފާވެރި މާހައުލެއްގައި އެންމެން ހަވީރުގެ ސަޔަށް އިންސާފު ކުރުމަށްފަހު ރެސްޓޯރެންޓްގެ ތެރެއިން ނިކުމެގެން ދިޔައީ ހިތްހަމަޖެހުމާއި އުފާވެރި ކަމާއެކު އަންނަން އޮތްތޫފާނުގެ ހިލަމެއް ނުވާހާލު އެކަކު އަނެކަކާ ދިމާ ކުރަމުންނެވެ.

” ހޭ ސިސީ” އިޔާޝްގެ ސައިކަލު ފަަތަށް އަރަން ދިޔަ ނާޔާ ސިއްސައިގެން ދިޔައީ ދަންނަ އަޑެއް އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. ފަސްއެނބުރި ބަލައިލި ނާޔާގެ ތުންފަތަށް ފިޅާ ހިނިތުންވުމެއް ވެރިވީ އާއިލާގައި ހުރި ހަމަ އެކަނި ދެބެންގެ ދެދަރި ކޮއްކޮ ކައިރާ ފެނިފައެވެ. ދުވެފައި ގޮސް ނާޔާ ކައިރާ ގައިގާ ބައްދާލި ގޮތުން ކައިރާ ނުވެއްޓުނީ ވެސް ކިރިޔާއެވެ. އެދެމީހުނަށް ވީ ގޮތުން ކައިރާ ކައިރީ ހުރި ޝިނާން އަށް ހިނިގަނޑު މަތަކުރެވުނީވެސް ކިރިޔާއެވެ. ޝިނާން އަކީ ކައިރާގެ ފިރިމީހާއެވެ. ކައިރާގެ ހިތުގެ ހަމަޖެހުމެވެ. މީގެ މަހެއްވަރު ކުރިން ދެމީހުން ކައިވެނި ކުރުމަށްފަހު، ހަނީމޫން އަށް އިޓަލީއަށް ދިޔަ ގޮތަށް ރާއްޖެ އައީ ރޭގައެވެ. ” އޯހޫ ކައިރާގަނޑާ އަ މިސް ޔޫ ބޮޑު ބޮޑުކޮށް.. ހައު ވޯޒް ޔުއާ ހަނީމޫން ޓްރިޕް ސިސީ.. ވަރަށް ސަޅިތަ އިޓަލީ؟ ވަރަށް ތަންތަނަށް ދިޔައިންތަ؟ ް” ނާޔާ އުޅެމުން ދިޔަ ގޮތުން އެންމެންނަށް ވެސް ދިޔައީ ހެވެމުންނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ނާޔާ ހީވަނީ ހަމަ ދެ އަހަރުގެ ކުޑަކުއްޖަކުހެންނެވެ. ކައިރާއާ ސުވާލު ކުރަމުން ދިޔައިރުވެސް ނާޔާ ހީވަނީ ސުވާލު މުބާރާތެއް ފަށައިގެން އުޅޭހެންނެވެ. ހިނިތުންވެ ހުރެ ކައިރާވެސް ނާޔާގެ ހުރިހާ ސުވާލަކަށް ޖަވާބު ދެމުންދިޔައިރު ކައިރާވެސް ހީވަނީ ހީހީ ހަލާކު ވެދާނެ ހެންނެވެ. ކުރާނެ ވަރަކަށް ސުވާލު ކުރުމަށްފަހު، ނާޔާ އޭނާގެ ރައްޓެހިންނަށް ކޮއްކޮގެ ދެމަފިރިން ތަޢާރަފް ކޮށްދިނުމަށްފަހު ފަހުން ދިމާވާން ވާނެ ކަމުގައި ބުނެ ރައްޓެހިންނާއެކު ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ހަނި ގޯޅި ގަނޑެކެވެ. މެންދަމުގެ ހަމަހިމޭން ވަގުތު ކަމުން ދިރޭ ފުރާނައިގެ ހިލަމެއް އެގޯޅި ގަނޑުން ނުވެއެވެ. ގޯޅިގަނޑުގެ ތެރެއަށް ވަދެގެން އައި ސައިކަލު ފެނި އެ ގޯޅިގަނޑުގެ މެދުގައި ތިބި ދެބުޅާ ހޭރިގަނެފައި އަމިއްލަ ސަލާމަތައިގެން ދުއްވައިގަތީ ކުރިމަތިން އެ ސޮރުމެންގެ މަރު ފެނިގެންހެން ހީވިއެވެ. އެ ސައިކަލު އައީ އެހާވެސް ބާރަށެވެ.ގޯޅީގެ އެއްކައިރީގައި ސައިކަލު ޕާކުކުރުމަށްފަހު ސައިކަލުމަތީ އިން ޒުވާނާ ސައިކަލުން ފޭބިއެވެ. ދިގު އިސް ކޮޅެކެވެ. ލިބިފައިވާ ކަސްރަތީ ރީތި ހަށިގަނޑުން ބަރާބަރަށް ޖިމަށް ދާކަން ބަލާލި ކޮންމެ މީހަކަށްވެސް އިންގޭނެ އެވެ. ލައިފާ ހުރީ ކަޅުކުލައިގެ ހޫޑީ އަކާ ކަޅު ޖިންސެކެވެ. މޫނުމަތީ އަނގަ އާއި ނޭފަތް ފޮރުވޭނެ ހެން ކަޅުކުލައިގެ މާސްކެއް ވަނީ އަޅާލެވިފައެވެ. ލާފައިހުރި ހޫޑީގެ ހޫޑް އިން އެރީތި އިސްތަށިގަނޑު ވަނީ ފޮރުވާލެވިފައެވެ. އެހެންކަމުން އެ ޒުވާނާގެ މޫނުގެ ބޮޑު ބައެއް ވަނީ ފޮރުވިފައެވެ. އަވަސް ފިޔަވަޅު ތަކެއްގައި އެ ޒުވާނާ ހިނގައިގަތީ ކުރިމަތީ ހުރި ގެއަށް ވަނުމަށްޓަކައެވެ. ގޭގެ މައި ދޮރު ހުޅުވާލުމަށްފަހު އެ ޒުވާނާ ފަރިތަކަމާއެކު އަރަން ހުރި ސިޑިން އަރައިގެން ގޮސް އެންމެ ފުރަތަމަ މޫނު ޖެހުން ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ. އެއާއެކު އެ ކޮޓަރި ތެރޭ ތިބި ތިން މީހުންގެ ނަޒަރުވެސް އެ ޒުވާނާއަށް ހުއްޓުނެވެ. ” ކޮބާ ބޮރޯ މަ ބުނި ކަންތައް ވެއްޖެތަ؟ ” އެތަނުން އެންމެ ޖާނުން ވަރުގަދަ ކޮށް ހުރި މީހާ އެއްސެވެ. ” އާނ ނަބީލް ބުނި ކަންތައް މިއަދު ު މަ ބަލައިލާފިން.. ހީކުރިހާ އުނދަގުލެއް ވެސް ނޫން.. އޭނަ ވަރަށް އުފަލުގަ އުޅެނީ.. އެކުވެރިންތަކަކާއެކު  މަޖާނަގަ ނަގާފަ އުޅުން.. ދެން ވަރަށް ސޯލިހު މިހާރު.. ކުރިން އެހުރި ފްލާރޓީ ގޮތްގަނޑެއްވެސް ނެތް.. ހީނުވޭ ކަމެއްވެފަ ހުރި ހެންވެސް..ހީވަނީ އަހެރެމެން ބަސްޓް ކޮށްލެވުނީމަ ވަރަށް އުފަލުންހެން ހުރީ” އެ ކޮޓަރިގަނޑު ތެރޭ ހުރި ކުޑަ ކުޑަ އައިސްއަލަމާރިން އެކްސް އެލް ދަޅެއް ނަގާ ތުނބުގައި ޖަހަމުން އެ ޒުވާނާ ވާހަކަ ދެއްކިއެވެ. އެއާއެކު އޭނަ ކައިރީ ހުރި ނަބީލް ހީވީ ކެކިގެން އެރިހެންނެވެ. އެހާވެސް ނަބީލް ގެ ރުޅިގަނޑު ހުރީ މަތިވެފައެވެ. ” ކޫލް ބްރޯ.. އައި ހޭވް އަ ޕްލޭން..ބްރޯ ތިބޭނުންވާ ކަމަކީ މާކަ އުނދަގު ކަމެއް ނޫން.. ވަރަށް ފަސޭހައިން އަހަރެމެންނަށް އޭނަ ފަރާތުން ބަދަލު ހިފާލާނެ ގޮތެއް ފެނިއްޖެ..” ވިހަ ހިނިތުންވުމަކާއެކު އެ ޒުވާނާ އޭނާގެ ޕްލޭން ކައިރީ ތިބި ތިން މީހުންނަށް އިއްވާލިއެވެ. އެއާއެކު އެ ތިން މީހުންގެ މޫނު މަތިން ވެސް ފެނިގެން ދިޔައީ ނުލަފާ ހިނިތުންވުމެކެވެ.

އެނދުމަތި ވާހަކަ ފޮތެއް ހިފައިގެން އެ ކިޔަން އޮތް ސާޔާ ސިއްސައިގެން ދިޔައީ ކައިރީގައި އޮތް ފޯން ރިންގްވާ އަޑަށެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އެ ކުޑަ ކުޑަ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ގުޅަމުންދަނީ އެ ހިތުގެ ވެރިޔާކަން އެނގުމުންނެވެ. އަވަސް އަވަހަށް ފޯން ނަގާ ހަލޯ އޭ ބުނެލިއިރު ހީވަނީ ޝާނިމް ނުގުޅައިގެން ހުރިހެންނެވެ. ” ހޭ ޕްރިންސެސް ހާދަ އުފާވެފަ ހެން ހީވެޔޭ” ހިނިތުންވުމަކާއެކު ޝާނިމް އަހާލިއެވެ.” ހްމް ޝާން ގުޅީމައެއްނު” ލަދުރަކި ކަމާއެކު ސާޔާ ބުނެލިއެވެ.. ” ހެހެ މަންމަ ބުނި މާދަން ޔާ ގެ ފެމިލީ ގެންނައްޗޭ މި ގެއަށް.. މަންމަ ބޭނުމޯ ކައިވެނި އަވަސް ކުރަން” ޝާނިމް ބުނެލުމާ އެކު ސާޔާ ވެސް އެކަމަށް އެއްބަސްވިއެވެ. ދެމީހުން އެރޭ ފޯނު ބޭއްވީ އެ ގޮތުގައި އެތައް އިރަކު ވާހަކަ ދައްކަން ތިބެފައެވެ. ދެމީހުންވެސް ނިދަން ދިޔައިރު ރޭގަނޑުން ބޮޑު ބައެއް ވަނީ ފާއިތުވެފައެވެ.

އަރާމުކޮށް ކިންގް ސައިޒް ބޮޑު އެނދުގައި ހަމަޖެހިލައިގެން އޮތް އިޔާޝްގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އޭނާ ވިސސްނަމުން ދިޔައީ ކޮންކަމެއް ކަމެއް ނޭނގެއެވެ.” އާއާގްގްގް މަ ކީއްކުރަންތަ އެކަމާ ދޭތެރޭ ވިސްނަންވީ.. މަށަށް ކީއްތަ އެ ކަޕްކޭކަށް ކޮންމެ ކަމެއް ވިޔަސް” ހަވީރު ނާޔާ ހުރި ގޮތް ސިފަވެ އިޔާޝް އަށް މިރޭ ނިދޭ ކަމަކަށް ވެސް ނުވިއެވެ. ޒީވާންމެން ކައިރި ވެސް އަހާލަން ނުކެރުނީ އެމީހުން ހީކުރާނެ އެއްޗެް ނޭނގޭތީއެވެ. މިއަދު ނާޔާ އެ ގޮތަށް ރުއި މަންޒަރު ފެނުމުން އެ ޙިޔާލު އިޔާޝްގެ ހިތުން ނެރެލުންވީ ވަރަށް އުނދަގު ކަމަކަށެވެ. އަދިވެސް އެ ބޮޑު ދެލޮލުގައިވި ބޮޑު ތިކި ކަރުނަތައް ފެންނަ ފަދައެވެ. އެ ޙިޔާލުތަކާ ދުރުވުމަށްޓަކައި އިޔާޝް އޭނާގެ ދެކަންފަތަށް ހެޑްސެޓް ޖަހާލުމަށްފަހު ރޮކް ލަވައެއް ފޯނުނަގާ ޕްލޭކޮށްލުމަށްފަހު ދެލޯ މަރާލިއެވެ.

މެންދަމުގެ އެ ހަމަހިމޭން ވަގުތުގައިވެސް އެންމެން ކަހަލަ ގޮތަކަށް އަރާމު ނިދިން އުފާ ހާސިލްކުރަމުންދާއިރުވެސް ނާޔާގެ ކޮޓަރި ތެރެއިން އިވެމުންދަނީ ހިމޭން ގިސްލުމެއްގެ އަޑެވެ. އޭނާގެ ރައްޓެހިން މިރޭ އެގޭގައި ނެތުމީ ނަސީބެކޭ ނާޔާގެ ހިތައްއެރިއެވެ. ނާޔާގެ ދޮންތަ އޮފީސް ދަތުރު ނިންމާލުމަށްފަހު އެނބުރި މާލެ އައުމުން ސާޔާމެން ވަނީ އަނބުރާ އެ މީހުންގެ ގެއަށް ގޮސްފައެވެ. އެހެންކަމުން ނާޔާ ބޭނުންވީ ހިތްހަމަޖެހޭ ވަރަށް ލިބުނު ފުރުސަތުގައި ރޯލާށެވެ. މިއަދު ހަވީރު ފެނުނު މަންޒަރުން އެ ހިތް ވަނީ ކުދިކުދި ވެފައެވެ. އައިޒަން އެހެން އަންހެން ކުއްޖަކާއެކު ފެނުން ވެގެން ދިޔައީ އެ ހިތަށް ފުން ޒަހަމެއް ލިބުން ކަމަކަށެވެ. ހިތްފުރޭ ވަރަށް ރޮއެލަން ބޭނުންވީ ހިތުގަ އަޅާވޭނަށް ކުޑަނަމަވެސް ލުއިކަމެއް ލިބޭތޯއެވެ. ނަމަވެސް އެއީ ކުއްހީއެއްކަން އިނގުނީ ފައިބާ ކޮންމެ ކަރުނަ އަކާ އެކު އެހިތުގައި އަޅާވޭން އިތުރު ވާތީއެވެ. މިއަދު އެ ފެނުނު މަންޒަރަކީ ބިރުވެރި ހުވަފެނަކަށް ވުމަށް އެދި ދުޢާ ކުރެވުނީ ކިތައްފަހަރު ކަމެއް ނޭނގެއެވެ.

އަމިއްލަ ހިތާ ޝަކުވާކުރަމުން ދިޔަ ނާޔާ ސިއްސައިގެން ދިޔައީ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. ބޭނުންނުވެފައި އޮވެ ވެސް ފޯން ބަލައިލަން މަޖުބޫރުވީ ފުލުފުލުން އެއަށް މެސެޖް އަންނަ އަޑު އިވުމުންނެވެ. ކުދިކިޔަމުން ގޮސް ފޯން ބަލައިލި ނާޔާގެ ހިތުގެ ހިނގުން އަވަސްވެ އޮތްތަނުން ކުއްލިއަކަށް ތެދުވެވުނީ މެސެޖް ކުރަނީ ކާކުކަން އެނގުމުންނެވެ.

{ ނުނިމޭ }

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. Kylie

    Maasha allah v reethi mi part vx???… Ehn v ma Kylie heekuri gothakah noon dhw evy.??.. I mean Aixan aky naayage bf eh noon dhww.???…. This story sooo Interesting nd so curious..???… Lym sisooo….???… Curiously Waiting fr nxt…???.. Stay safe dear

    1. euphoria
      Kylie

      alheyyy vv ufaavehje dear ah mi part vs kamudhiyaema .. u are so suportive nd kind maasha allah.. glad to hear those words.. lahba mi faharu dear hiikuri gothakah nun dhw v dhn ehn faharakn Kylie beynun vaa gothah vaane insha allah.. thnk u so much for ur lovely comment sis.. stay safe nd lym..

  2. Hudharr

    Hey dude hessa salhi inge ekam kairaa aa shinaan ge bai genes dhehche ginain inge dude ???
    Vrh vrh vrh salhi stry
    Ly.. ❤️❤️?

  3. taetae

    kaakutha aizan akee.. naayaage hiy halaaaku kuranee mi.. btw vvvvvv reethi vvv curious,, proud of you and love you so so so much .. xoxo

    1. euphoria
      taetae

      heheh.. aixan dhw.. dhn balamaa dhw.. btw thnkx a lot girl.. thnk u for ur support my friend.. lym sisiii

  4. Xeen

    Masha Allah V reethi mi part vx
    Thankolhen avahan up kohlahchey next part❤️❤️❤️❤️???????❤️❤️❤️
    Thank u very much mi part thigukohleema
    Waiting for the next part

    1. euphoria
      Xeen

      thnk u Xeen.. vv ufaavehje mi part vx dear ah kamudhiyaema .. nxt part avahah up kohleveytho v masakkai kuraanan nge dear ekm vaki dhuvaheh bunaakah neynge..

  5. Rani

    Masha Allah. Mi part vx???….. Keep it up… ❤️

    1. euphoria
      Rani

      thnk u dear.. v ufaavehje mi part vs reethi v ma

  6. Kairaa

    Woww..varah varah reethi mi bai vx…waiting for the nxt part..??

    1. euphoria
      Kairaa

      thnk u soo much kairaa dear.. insha allah nxt part will be uploaded soon nge dear.. keep waiting…

  7. mochi

    adhives up koi nuleveneytha
    mihaa las mivany

    1. euphoria
      mochi

      v bxy dhuvas kolheh v ma lasvanii mi stry up kurun.. bt insha allah tmrrw nyt ge kuriah stry ge dhn oih part kiyaalan libeyne… stry genesdhevun lasvaa kamattakaa hurihaa readers ge faraaathun nihaayathah maafah edhn adhi stry ah hurihaa readers thi dhehvaa support ah v bodah shukuriyya

Comments are closed.