ނުފިލާނެ ހަނދާނެއް
ހަޔާތުގައި ހިނގާފައިވާ ހެއްވާ މަޖާ ކަންތައްތަކަކީ ހިތުން ފޮހެލަން ދަތި އުފާވެރި ހަނދާންތަކެކެވެ. އެ އުފާވެރި ވަގުތުތައް ހިތައް އަންނައިރު އުފާވެރިކަމުގެ ކަރުނަ ލޮލުން ނީރާލައެވެ. އެމަޖާ ކަންތައްތައް އަލުން ތަކުރާރުވުން އެދެވެއެވެ.
އެއީ މީގެ ހަތްއަހަރު ކުރީގެ މަޖާ ހަނދާންތަކެކެވެ. މި ހާރުވެސް ލޯ ކުރިމަތިން އެމަންޒަރުތައް ސިފަވާކަ ހަލަ އެވެ.ރަށު އޮފީސް ފާރުމަތިން ވެއްޓި އަހަރެންގެ އަނގަމަތި ވަރަށް ބޮޑަށް ފަޅައިގެން ދިޔައެވެ. ރަށުން އެކަށޭނެ ފަރުވާ ލިބޭކަށް ނެތެވެ. ރަށާއި ޖެހިގެން އޮންނަ އޮމަދޫ އަށް މަންމަ އަހަރެން ގޮވައިގެން ދިޔައެވެ. މާމަ އާއި ކޮއްކޮމެން ބެލުމަށް ހަވާލުކޮށްފައެވެ.
އަހަރެން ހުރީ ވަރަށް ބިރުންނެވެ. ޑޮކުޓަރަށް ދެއްކުމުން ކަންތައް ވާނެ ގޮތަކާއި މެދު ފިކުރުބޮޑު ވެ ހާސްވެފައެވެ. ހިތް ވެސް ތެޅެންފެށީ އޭގެ އެންމެ ބާރުމިނުގައެވެ. ކުޑަވަރެއްގެ ސުނާމީއެއް މުޅި ހަށިގަނޑަށް އައިފަދަ އެވެ. ކޮންމެއަކަސް ކަށިން ހިތްވަރުނެރެ މަންމަ އާއި ދޮންތަޔާ އެކީ ޑޮކުޓަރަށް ދައްކަން ދިޔައީމެވެ. އެއްގޮތަކަށްވެސް ދާ ހިތަކުން ނޫނެވެ. އަނގައިގެ ފަޅައިގެން ގޮސްފައިވާ ތަން ރަނގަޅުވާނީ އޭރުން ކަމަށް ވާތީއެވެ.
ޑޮކުޓަރު އިންނަ ކޮޓަރިޔައް ވަނުމާއެކު އަހަރެންނަށް ނޭވާލާން އުނދަގޫ ވާންފެށި އެވެ. ބިރުން ގޮސް ދާހިއްލާ މީހާ ހުރީ ރޫރޫ އަޅައެވެ. މަންމަ އަހަންނަށް ވީގޮތް ތަފުސީލުކޮށް ޑޮކުޓަރަށް ކިޔާދޭން ފެށިއެވެ. މަންމަ ދައްކާ ވާހަަކަ އަޑުއަހަން އަހަހަރެން އިނީ އިތުރު ގޮތެއް ނެތިގެންނެވެ.”މިވީ ގޮތަކީ އަސްލު ހޫރަން އަށް މަޑުން ނުހުރެވެނީ. ކުޅޭށޭ ކިޔާފަ ގޮސް އުސް ފާރުތަކައް އަރައި އުޅުމުން ލިބުނު ރަންވަނަ ތިހިރީ ލޯކުރިމަތިން ފެންނަން އޭނަގެ އަނގަމަތިން. ތިވަރުގެ ކާމިޔާބެއް އޭނަ ހޯދީތީ އަތޮޅު އެންމެނަށް ކޭން ކައްކަން އެބަޖެހޭ ކޮންމެހެން ހަދާފަވެސް. އާނ އެހެންޏަ މަޑުން ގޭގަ ހުއްޓަ ނޫންވިއްޔާ އަނގަމަތި ދެފަޅިއަށް ފަޅާފަ އޮތް ލޮނުމަދު އަރިއެއްހެން އެ ހުރީ. މަގޭ ހިތައް އަރާ އަހަރެންގެ ދަރިޔަށް ހަމަ ބުއްދި އަންނާނީ ކޮންދުވަަ ހަކުން ބާވައޭ.”މަންމަގެ ވާ ހަކަ އަޑުއަ ހާފައި ޑޮކުޓަރު ހީނލިއެވެ. ލަދުން ވިރިގެން އެތަނަށް ފައިބާނެ ނަމައޭ އަހަރެންގެ ހިތައް އެވަގުތު އެރިއެވެ.
އަހަރެންގެ އަނގައިގެ ފަޅައިގެން ގޮސްފައިވާތަން ޑޮކުޓަރު ފާޑެއްގެ ބައްތިއެއް އަލިކޮއްގެން ބަލަން ފެށިއެވެ. ރަނގަޅަށް ބެލުމަށްފަހު ހަލާކުވެފަ އިންތާގެ ނެއްޓިފައިން ހަންކޮޅު ބުރިކޮއްލަން ޑޮކުޓަރު ނަރުހުންނަށް ގޮވިއެވެ. އަހަރެން އަޑުގެނެއްތަނައް ހަޅޭލަވަމުން ރޯން ފެށީމެވެ. “ހޫރަން ކޮންމެހެން ރޯނެ ކަމެއްނެތް އިނގޭ އެމީހަކު ކެޑި ކަނޑުލެއްގެ ހިތި ފިލުވަން ވާނީ އެމީހަކު. ތަންތަނަށް ނާރާށޭ ނުފުމޭށޭ ބުންޏަސް ބުނާ ގޮތަކަށް ނަހަދަމެންނު. މަޑުން މައިތިރިވެގެން އިދޭ. މިރަށު ރައްޔިތުން މިތަނަށް އެއްކުރަން ހަދާނެކަމެއްނެތް ކޮންމެހެން.”މަންމަ ބުންޏެއް ކަމަކު އަހަރެންނަށް ރުއިން ހުއްޓައެއް ނުލެވުނެވެ. ގަންނަ ބިރު ހައްތަަހާވީ އިތުރެވެ.
ނަރުސް ދެކުދިން ބައިވަރު ސާމާނުތަކެއް ހިފައިގެން އައެވެ. އަހަރެން އެތަނުން ފިލަން ބޭނުންވިއެވެ. ބިރުގަންނަނީއެވެ. ޑޮކުޓަރާއި ނަރުހުން އަހަރެންގެ އަނގައިގަ ހަލާކުވެފައިން ހަންގަނޑު ކަތުރުން ކަފައިލި އެވެ. ނަސީބަކުން އަހަރެން ހީކުރިވަރަށް އެތަނުގައި ވޭނެއް ނާޅައެވެ. މަންމަ އަހަރެންގެ ލޯމަތީ އަތް އަޅާލައިގެން ހުއްޓެވެ. ލޭ ފެނުމުން އަހަރެން ބޯއަނބުރާނެތީ އެވެ.
ޑޮކުޓަރު އެއްމަހުގެ ބޭސް އަހަންނަށް ދިނެވެ. އަނގައިގެ ފަޅައިގެން ގޮސްފައިވާ ތަނުގައި ނަރުސް ކުދިން ބޭސް ގަޑެއް އެޅިއެވެ. ޑޮކުޓަރަށް ދައްކައި ނިމުމުން އަހަންނާއި މަންމަ އަދި ދޮންތަ ދިޔައީ ދޮންތަމެން ގެޔަށެވެ. ގެޔާ ހަމަޔަށް ފޯރި އިރު ރޭގަނޑު ވެއްޖެއެވެ.ގެޔައް ދެވުމާއެކު އަހަރެން ބޭނުންވީ ފެންވަރައި ތާޒާ ވެލުުމަށެވެ. ގަދަޔަށް ރުއިމުގެ ސަބަބުން މުޅިމީހާ ހުރީ މިލާމޯޅިވެފައެވެ.
އެދުވަސްވަރަކީ ފާހާނާ ހުންނަ ދުވަސްވަރެއް ނޫނެވެ. ފެންވަރަން ހުންނާނީ ކުޑަ ގިފިލިއެކެވެ. ގިފިލި ތެރޭ ބައިވަރު ގަސްތައް ހައްދާފައި ހުންނާނެ އެވެ. ތުވާލި ނަގައި އަހަރެން ގިފިއްޔައް ދިޔައީމެވެ. ގިފިއްޔައް ވަދެ ބޮކި ދިއްލަން ވެގެން ކުރި މަސައްކަތްވީ ބޭކާރެވެ. އެއްގޮތަކައްވެސް ދިއްލޭ ގޮތެއްނުވިއެވެ. ބޮކި އެދީ ތޯއްޗެކެވެ.
ބޮކި ނުދިއްލުނެއް ކަމަކު ފެންވަރަން އެބަޖެހެވެ. އޭ ޒިންދަގީ ގަލެލަގާލޭ ހަމްނޭބީ ތެރޭ ހަރު އެކު ޣަމްކޯ ގަލޭސެލަގާޔާ ހޭނާ…… މިލަވަ ބާރަށް ކިޔަމުން ދާނިނަގައި ފެންވަރަން ފެށީމެވެ. ފެންވަރަން ހުންނަ ގަޑީގައި ލަވަކިޔުމަކީ އަހަރެންގެ އާދައެވެ. ކޮންމެއަކަސް ފެންވަރާ ނިއްމާލުމަށް ފަހު ހެދުން ބަދަލު ކުރީމެވެ. ކުއްލިއަކަށް ފާޑެއްގެ ބިރުވެރި އަޑެއް އަހަރެންގެ ކަންފަތުގައި ޖެހުނެވެ.
ބަރު އަޑެކެވެ. އަހަރެން ބިރުން ހަޅޭލަވަންފެށީމެވެ. ލޯމަރައި ބާރު ކޮއްލީމެވެ. މަންމާ ކިޔާ ގޮވަންފެށީމެވެ. ގެންފައިވާ ބިރަކުން ގިފިލިން ނިކުންނަންވެސް އެވަގުތު އަހަރެން ހަނދާނެއް ނެތެވެ. ރޯނުގަ އޮތް ތުވާލި ނަގައިގެން އެނބުރުނުތަނާ ވަޅު ކައިރިޔައް އަހަރެން އެކޮޅުކޮޅުން ވެއްޓުނެވެ. ހިތްވަރުކޮށްފައި ތެދުވަން މަސައްކަތްކުރީމެވެ. އެހެނަސް ކާމިޔާބެއް ނުވިއެވެ.
އެވަގުތުވެސް އެ ބިރުވެރި އަޑުފަށްގަޑު އިވި އިވި ހުއްޓެވެ. އަހަރެން އަނެއްކާވެސް މަންމައަށް ގޮވަންފެށީމެވެ. މިފަހަރު ގައިގަ ހުރިއްޔާ ހުރިހަކަތައެއް ހުސްކޮއްލާ ވަރަށް އަޑުން އަޑުނަގައި ގޮވަން ފެށީމެވެ. އިރުކޮޅަކުން ދުވެފައި މަންމަ އައިސް ގިފިއްޔަށް ވަނެވެ. އަދި ވެއްޓިފަ އޮތް އަހަރެން ނެގިއެވެ. “ދަރިފުޅާ ތިހުރީ ތަޔައްމަމް ކޮއްގެންތަ. އެހެންޏާފަހެ މުޅި މޫނުގަޔާ އަތުގަ ވެލި ވިއްޔަ. ދަރިފުޅު ހީވަނީ ނައިޖީރިޔާގެ ހުދު ވެލައެއް ހެން. ދޮންވެލީގެ ތެރެޔައް ފީނާފަތަ ތިހިރީ. އަނެއްކާ ފެންވަރާކައްނު ތިޖެހުނީ. ހޫރަން ދަރިފުޅަށް ވާ ސާބަސް” އަހަރެން ހުރީ ރުޅިއައިސް ރަތްވެފައެވެ.
“މަންމާ އަހަރެން ގަސްތުގަ ވެއްޓުނީކީ ނޫނޭ. ފާޑެއްގެ ބިރުވެރި އަޑެއް އިވިގެން ބިރުން ހުއްޓާ ތުވާލި ނަގަން އުޅުމުގެ ތެރޭގަ ވެއްޓުނީއޭ. މަންމައަށް ގޮވީމޭ ވަރަށް. ކީއްކުރާނީ. މިތާގެ ބޮކިވެސް މިއޮތީ އަނދާފަ ވިއްޔަ.” އަހަރެން ކަންހިނގައިދިޔަ ގޮތް މަންމަ އަށް ކިޔައިދިނީމެވެ. މަންމަ ހޭ އަޑަށް ދޮންތައާއި ކޮއްކޮމެންވެސް ގިފިއްޔަށް ޖަމާވިއެވެ.”އެކަމަކު ވާދޯ ދަރިފުޅު ތިހިރަ ސިފަ ފެނުނީމަ ހެވެނީޔޭ. އިރާގް މީހުން ތައްޔާރުކުރި ރޮބެޓެކޭ ދަރިފުޅު ނެތް މާކަ ބޮޑު ތަފާތެއް. ތި އިސްތަށިގަނޑު ހީވަނީ އޮޅުން ބޮޅުންވެފަ އޮތް ވާލެއްގެ ފިޔަގަނޑުހެން ދެން ދޭ ފެންވަރަން. އެކަމަކު ތިހުރި ގޮތް ބަލާބަލަ ލޯގަނޑު ކައިރިޔައް ހުއްޓި. ޔަގީނޭ ދަރިފުޅުވެސް ހިނި އަންނާނެކަން.”
މަންމަމެން ހުއްޓާނުލާ ހަމަ ހެނީއެވެ. ލޯގަނޑު ކައިރިޔަށް ހުއްޓި އަމިއްލަ ސޫރަ ބަލާލީމެވެ. މަންމަ ބުނިހެން އަހަރެންގެ މުޅި މޫނުގައާއި އަތުގަ ވެލިއެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. އަހަރެންނަށްވެސް ހީލެވުނެވެ. މިއަދުވެސް އެރޭގެ މަތިން ހަނދާންވުމުން އަހަހަ ހަހަރެން ހިނިއާދެ އެވެ. ދުވަހަކުވެސް ހިތަކުންފިލައިގެން ނުދާނެ ހަނދާނެކެވެ. އެދުވަސް އަނބުރާ އިޔާދަވާނެ ނަމައޭ އަ ހަހަރެންގެ ހިތައްއަރައެވެ.
2 Comments!
Comments are closed.


???????????????????????????????????????heehee halaak…Masha allah… ur telented..kyp up the gud wrk?????
Mi vhk mi nimuny thr?BTW mi vhk varah varah reethi