Skip to content
އެސްފިޔަ

މި ދެލޯ ފުހެލަ ދޭށޭ ލޯބިން 8

“މި ފިރިހެނާގެ ކޮން ތަނެއް ރިތި ވެގެން ތަ ތިބަލަނީ އަޅެ.”ނައިނާ ހިތާހިތުން ޔުނާން އާއި ދިމާލަށް ކުލާސް ފެށުނީން ސުރެ ކިޔަމުން ދިޔައެވެ.

ސާރާއަށް އިށީން ދެވުނީ އަންހެން ކުއްޖެއްގެ ކައިރީއެވެ.ސާރާ އިށީނުމާއި އެކު އަންހެންކުއްޖާ ބަލާލުމަށް ފަހު ހިނިތުން ވެލިއެވެ.ސާރާވެސް ބަދަލުގައި ހިނިތުން ވެލަމުން ކުލާހަށް ތައްޔާރުވެލިއެވެ.

“މިޝެލް.ތިއީ ކާކު.؟” އިރުކޮޅަކު މަޑުން އިނުމަށް ފަހު ސަލާމަށް އަތްދިއްކޮށްލަމުން  އިނގިރޭސިން އެއަންހެން ކުއްޖާ ބުނެލިއެވެ.”މިއީ ސާރާ.” ސަލާމަށް ދިއްކޮށްލި އަތުގައި ހިފާލަމުން ސާރާ ޖަވާބު ދިނެވެ.

“ފްރެންޑްސް؟”މިޝެލް ބުނެލިއެވެ.ސާރާވެސް ބޯޖަހާލަމުން އިތުރު ވާހަކައެއް ދެއްކުމަކާއި ނުލާ އެނބުރުނީ ޕްރޮފެސަރ އައިސް ވަނުމުންނެވެ.

ބްރޭކް ގަޑި ޖެހުމާއި އެކު ކޮންމެ ކުއްޖަކުވެސް މިސްރާބުޖެހީ ބޭރަށެވެ.ސާރާވެސް  މިޝެލް އާއި އެކު ބޭރަށް ނުކުތީ އެއްވެސް ހިޔާލަކާއި ނުލައެވެ.އޭރު ނައިނާ ދުރުގައި ހުރެގެން ހަނާ އަޅައެވެ.ނަމަވެސް ކުއްޖެއްގެ ގައިގަ އަޅައިގަތުމުން ސޮރީއޭ ބުނެލުމަށް ޓަކައި އެބުރިލިއެވެ.އެހެންނަމަވެސް އޭގެ ކުރިން ސާރާގެ އަތުގައި ހިފައި އެހެން ކުއްޖަކު ސާރާ އެއްފަރާތަކަށް ހޫރުވާލިއެވެ.ސާރާ ނުވެއްޓުނީ މިޝެލްގެ ހުޝިޔާރު ކަމުންނެވެ.

“އާ ޔޫ އޯކޭ؟” ކަންބޮޑުވުމާއިއެކު މިޝެލް އަހާލިއެވެ.ސާރާ ބޯޖަހާލުމަށް ފަހު ބަލައިލީ މީހަކު ވާހަކަ ދައްކާ އަޑަށެވެ.

“ކޮންމެ ކޮންމެ މީހެއްގެ ގައިގައި ޖެހުނަސް ހެޔޮދޯ.ތަންކޮޅެއްބަލައިގެން އުޅެބަލަ.” ސާރާއާއި ދިމާލަށް އެކުއްޖަކު ބުނެލިއެވެ.ސާރާއަށް އިސްއުފުލާ ބަލާލެވުނީ ދެނެވެ.އެއީ ހަޝްމާއެވެ.ހަޝްމާގެ ދެލޮލުން ސާރާ ވިރުވާލަފާނެހެން ހީވިއެވެ.

“ބޭބީ ކާމް ޑައުން.”ސާރާ ގެ ގައިގައި ޖެހުނު ފިރިހެން ކުއްޖާ ބުނެލިއެވެ.

“މިއީ ކަލޭގެ އަމިއްލަ ގެ ނޫންކަން ހަދާން ކުރާތި!” އިންޒާރެއް ދިނުމަށް ފަހު ވައިސޫރިއެއްހާ ބާރަށް ހަޝްމާ ހިނގައިގަތެވެ.

ފިރިހެން ކުަޖާ ކައިރީ ސާރާ މާފަށް އެދެމުން ގަސްތުގައި ނޫކަމަށް ބުންޏެވެ.ބަދަލުގައި ފިރިހެން ކުއްޖާ ހީލުމަށް ފަހު އެއީ އެވަރު ކަމެއް ނޫން ކަމަށާއި ހަޝްމާގެ ކިބައިން މާފަށް އެދެމުން ހިނގައިގަތެވެ.

 

އެތައް ބައިވަރު ކުދިންނެއްގެ ނަޒަރު ސާރާއަށް އަމާޒު ވެފައި ހުރުމުން ރޮވޭގޮތްވުމުން ސާރާ މިސްރާބުޖެހީ މާދުރުނޫން ހިސާބެއްގައި ހުރި ފާހާނާ އާއި ދިމާލަށެވެ.ފަހަތުން މިޝެލް ހިނގައިގަތެވެ.

ސާރާ މޫނު ދޮވެ ހަމަޖެހިލުމަށް ފަހު ބޭރުގައި ހުރި މިޝެލް ފެން ފުޅިއެއް ދިއްކޮށްލިއެވެ.ސާރާ ފެންފުޅީގައި ހިފާ ޝުކުރު އަދާ ކުރިއެވެ.ގަޑިޖެހެން ފުދޭވަރަކަށް ވަގުތު އޮތުމާއިއެކު ސާރާ ބޭނުންވީ މިއަދު ކުލާހުގައި ދިން ފިލާވަޅު ނިންމާލުމަށެވެ.އެހެންކަމުން މިޝެލް ސާރާ އާއި ވަކިވެ ހިގައިގަތީ ކެފެޓީރިއާ އަށެވެ.

ސާރާ  ހުސްކޮށް އިން ބެންޗެއްގައި ހަމަޖެހިލުމަށް ފަހު ފޮތްތައް ނެގި ވަގުތު ނައިނާ އައި ދެ އައިސް ކޮފީ ތަށި ހިފައިގެންނެވެ.

“ޑްރިންކް އިޓް!” ސާރާ އިސް އުފުލާލުމާއި އެކު ނައިނާ އަމުރުކޮށްލިއެވެ.

“އޯކޭ މެޑަމް.ނާން ފިލާވަޅު ހަދާބަލަ… އޭރުން ބޮލަށް ފަސޭހަ ވާނެ ދޯ ތަންފުކެއް.”ސާރާ ކޮފީ ތަށީ ގައި ހިފަމުން ބުނެލިއެވެ.

“ނޫނޭ.ނާން ފިލާވަޅު ހަދާނީ ގެޔަށް ގޮއްސަ.އޭރުން ހަމަޖެހިލައިގެން ހެދޭނެ.ސާރާ ފިލާވަޅު ހަދާލާ. އަހަރެން މިއުޅެނީ އިންސްޓާގައި އެއުޅޭ މަންހާމެން ގައިންފަ ހުރި ގަނޑުތައް ބަލައިލަން.” ނައިނާ ފިލާވަޅު ހެދުމަށް ދެކޮޅު ހަދަމުން ފޯން ނަގާ ބެންޗް ގައި ހަމަޖެހިލިއެވެ.

“ކުއްލި އަކަށް ކަމެއް ހަދާން ވާ ފަދައިން ނައިނާ ސާރާއާއި ދިމާލަށް ބުނެލިއެވެ

“ސާރާއަށް އިނގޭތަ އިއްޔެގް ނާން ޒުވާބުކުރީމެއްނުން ބޯއީ އަކާ؟ މިއަދު ނާން އިންނަން ޖެހުނީ އެފިރިހެނާ ކައިރީ.ހާދަ ރުޅިއައޭ.އަދި އިނގޭތަ އަންހެން ކުދިންބަލާލާފައި ހުއްޓޭ.ނާން ހިތަށް އަރާ އޭނަގެ ކޮން ތަނެއް ރީތި ވީމަ ބާއޭ.” ނައިނާ އަކީ އޭނަގެ ހިތުގައި އޮންނަ އެއްވެސް ކަމެއް ފޮރުވާ ކުއްޖެއްނޫން ކަމުން އޭނާގެ ހިތުގައި ހިނގަ ހިނގާ ހުރި އިހުސާސް ތައްވެސް ބޭރުކޮށްލީ އެއްވެސް ވިސްނުމަކާއިނުލައެވެ.އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ނައިނާގެ ފަހަތުގައި މީހަކު ހުރި ކަމެއްނޭގެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (7)

  1. Kairaa

    Varah varah reethi mi bai vx??….waiting for the nxt part…nd eid mubarak??…lysm…be safe..

    1. vanteKTH
      Kairaa

      aww thankyou so so much kaira dear.. v ufaaejje mi part ves kamudiyaeema.. inshallah maaadhama uo kohlahdheynan

  2. Nww-she

    Masha Allah
    Mi part vess vrh vrh reethi
    Eid mubaarik vanteKTH

    1. vanteKTH
      Nww-she

      thankyou so so much… eid mubarak to you too dear

  3. Samha

    Vvvv reethi mi part vx. Waiting for next part. Adhi kiriyaa mi inguny mee shabahtha liefa in story eh Kan Vvvv molhu ingey. Story was awesome.?? Ehkala boy kanneynge ehuree naina men fahathuga alhe dhn kihinei baa vaane. Stay safe shabahtha ❤️❤️❤️

  4. naash

    Maasha Allah maasha Allah v vvvv Reethi… Yageenney yunaan kan ehurii fahathuga.. Naina u r dead haha… Vvv curious khlaafa thi ninmaalii.. Avahah aneh part genesdhehche sisiii so curious eyy… Stay safe… Lysm girl.. Miss yuh soo much❤️❤️❤️????????????

  5. vanteKTH

    alheyy thankyou sis… hehe balamaadhw.. inshallah maadhama kiyaalan libeyne.. you too stay safe.. lym .. mysm

Comments are closed.