Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ…(15)

“ކިއާން އަހަރެން އަތުން ސިއާ އަތުލީ ކިއާން އަހަރެންނާ ސިއާ ދުރުކުރީ ކިއާން ކޮންމެސް ކަމެއް ކޮއްގެން ސިއާގެ ހަނދާންތައް ފުހެލީ.. އާހްހް!!! ސިއާ އަކީ ހަމައެކަނި އަހަރެންގެ ހައްގެއް ސިއާ އާއި ކިއާން ކައިވެނި ކޮއްގެން އުޅުނަސް ހެޔޮ އަހަރެން ސިއާ ހޯދާނަން .. ވެއިޓް ފޯރ މީ ޗަބީ…..”

ގެއަށް ދެވުމުން ނޫރާ އަވަސްވެގަތީ ހަމްދީއަށް ގުޅުމަށެވެ. “ހަލޯ ހަމްދީބޭ ނާއިމް” “ނާއިމް ކީކޭ؟؟؟؟” ނޫރާ މިއަދު ވީ ހުރިހާ ކަމެއް ހަމްދީއަށް ކިޔާދިނުމުން ހަމްދީ ހޭނުނެތުނީ ހަމަކިރިޔާއެވެ. “އެކަމް ނާއިމް އެގޭގަ ކޮންކަމެއް؟؟” “ނޭނގެ ހަމްދީބޭ އަހަރެންނަށް ވެސް ފެނުނީ ކިއާން ނާއިމް ގޮވައިގެން އައިތަން” “ހަމްދީބެ އަށް ތިކޮޅަށް އާދެވޭނީ ހަފްތާއެއް ފަހުން ސިއާ ނާއިމްއަށް ނުފެންނަ ހިސާބު ބެހެއްޓޭތޯ ނޫރާ މަސަތްކަތްކުރަންވާނެ” “އަހަރެން ކިހިނެއް؟؟ ނާއިމް ހުންނަނީ ކިއާންމެންގޭގަ” ޝޮކަކަށް ފަހު ޝޮކެއް ހަމްދީއަށް ލިބެމުން ދިޔައެވެ. ނޫރާ ފޯނު ކަނޑާލިއެވެ.

ކިއާން އޮފީހަށް ދިއުމުން ސިއާ ބަދިގެއަށް ވަދެ މައިލޯ ތައްޓެއް ހަދަން ދިޔައެވެ. އެވަގުތަކީ ދެލޯ ކަހަމުން ކަހަމުން ނާއިމްވެސް ބޭރަށް ނިކުތް ވަގުތެވެ. ނާއިމް އަށް ސިއާ ފެނުމުން ހިނިތުންވެވުނެވެ. ނާއިމްގެ ހިތުގެ މަލިކާ މިހިރީ އޭނާގެ ކުރިމަތީގައެވެ. ނަމަވެސް އޭނަޔާ ދިމަލަށް ލޯބިން ބަލާލުމުން ވެސް ނާއިމް ވަނީ މަހުރޫމް ވެފައެވެ. “ގުޑް މޯނިންގ” ފަހަތުން ނާއިމްގެ އަޑުއިވުމުން ސިއާ ސިހިފައި ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ. “އިއްޔެ ވީ ކަންތަކާ ވަރަށް ބޮޑަށް ސޮރީ އަހަރެން ދަންނަ ކުއްޖަކާ ސިއާ މާ ވައްތަރުވީމަ އޮޅުނީ ވަރަށް ބޮޑަށް ސޮރީ” “ނޫނޭ އެވަރުކަމެއް ވެދާނެ އަޅާނުލާ ކޮފީތައްޓެއް ދެންވީތަ؟؟” “އާން އަވަހަށް ގެނޭ އަހަ އަހަ” މައިލޯ ތަށި ގިރާނިމުމުން ސިއާ ކަބަޑުތަށް ހާވަން ފެއްޓިއެވެ. “ހަނީ ފުޅި އެހެރީ އެތާ މަތީގަ ރޭގަ އަހަރެން އޭތި ނެގިން” ސިއާ އެ ހޯދަނީ މާމުއި ކަން އެނގޭތީ ނާއިމް ބުނެލިއެވެ. ސިއާ މައިލޯ ބޯއިރު 2 ސަމްސާ މާމުއި އެއަށް އަޅާނެއެވެ. “ތެންކިއު ކިހިނެއް އެނގުނީ އަހަރެން މައިލޯ އަށް މާމުއި އަޅާކަން” “ނޫނޭ ހަމަ ހީވީ އަހަރެން ބުނީމެއްނު ސިއާ އާ ވަރަށް ވައްތަރު ކުއްޖެއް އުޅޭނޭ އަހަރެން އޭނަދެކެ ވަރަށް ލޯބިވޭ އޭނަވެސް މައިލޯ ބޯއިރު މާމުއި އަޅާނެ އެހެންވެ” “އޯ ލުކްސް ލައިކް ތި އަންހެން ކުއްޖާޔާ އަހަރެންގެ ޓޭސްޓް ވަރަށް އެއްގޮތް ދޯ އަހަ އަހަ ކޮބާ މިހާރު އެ އަންހެން ކުއްޖާ؟؟” “އެ ކުއްޖާ އާ ކައިވެނި ކުރަން އަސްލު އަހަރެން މާލެ މިއައީ ވެސް އެކަމަކު މާފަހުން އެނގުނީ އެ ކުއްޖާ އެހެން މީހަކާ ކައިވެނި ކޮއްފިކަން” “އަޅޭ ތިދެމީހުން ދުރުވީ ކީއްވެ؟” “އެކްސިޑެން..” ގެއަށް ވަދެގެން އައި ނޫރާ ފެނުމުން ނާއިމް ބުނަން އުޅުނު ޖުމްލަ މަޑުޖައްސާލިއެވެ. “އޯ ނޫރާ ކޮންވަޑާމެއް ނާއިމް މީ ނޫރާ މައި ބެސްޓީ އިނގޭ” ސިއާ ނާއިމް އަށް ނޫރާ ތައާރަފް ކޮއްދިނެވެ. ނޫރާ އެންމެ ފަހަރަކުވެސް ނާއިމް އާ ދިމަލަށް ބަލައެއް ނުލައެވެ. “އާދެބަލަ ކޮފީއެއް ބޯލަން ނާއިމް އެބަ ކިޔާދެޔޭ ވަރުގަދަ ވާހަކައެއް ދޯ ނާއިމް” ސިއާ ނާއިމް އަށް ދޯ ދެމުން ބުނެލިއެވެ. “އާން ހަމަ އަންނަންވީ އަޑުއަހަން އާކަމަކަށް ނުވިއަސް” ނާއިމް ނޫރާ އަށް ބަހުން ޖެހިއެވެ. “ދެން އަވަހަށް ފައްޓަބަލަ ތިދެމީހުން ވަކިވީ ކިހާ ހިސާބަކުންތަ؟؟” “އަހަރެމެން ދެމީހުން ކައިވެނި ކުރަން އޮތް ދުވަހު ބޮޑު އެކްސިޑެންޓެއް ވެގެން މަންމަ އަށް ފަރުވާކުރަން އަހަރެން ދިޔައީ ލަންކާއަށް އޭގެ ފަހަކުން އެ އަންހެން ކުއްޖާއަކާ ވާހަކަ އެއް ނުދެއްކޭ ލަންކާގަ 2 އަހަރު ކޮއްފަ މިއައީވެސް ” “އަޅޭ ހާދަ ދެރަގޮތެކޭ ތިވީ އެ އަންހެން ކުއްޖާ ކީއްވެތަ ނާއިމް އަށް ވެއިޓް ނުކުރީ އޭނަ ހާދަ ގޯހޭދޯ އެހެންވީމަ ބައިދަވޭ ކޮންނަމެއް ކިޔަނީ އޭނަޔަށް” ސިއާ ނާއިމް އާ ދިމަލަށް ބަލަމުން ބުނެލިއެވެ. ނާއިމް އަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ނޫރާ ސިއާ އަށް ގޮވާލިއެވެ. “އޭއި ހިނގާބަލަ ފިހާރަޔަކަށް ގޮސްލަން ގަންނަން ޖެހޭ އެއްޗިސްްކޮޅެއް އެބަހުރި” ނޫރާ ބެލީ ވީހާވެސް އަވަހަކަށް ސިއާ ނާއިމްގެ ލޯކުރިމަތިން ދުރަށް ގެންދެވޭތޯއެވެ. “ހުރޭ މި އަންނަނީ ތައްޔާރުވެލައިގެން އަހަރެން އަންނަދެކަށް ނާއިމް އާ އަނގަތަޅާލަބަލަ ނިކަން” ސިއާ ދިއުމުން ނޫރާ އާއި ނާއިމް އެކަނި ވިއެވެ. “އަހަރެންކައިރީ ބުނަންބޭނުންވާ ވާހަކަ އެއް ހަމަ ނެތީ؟؟” ނާއިމް ދުރުބަލަމުން ނޫރާ އާ ސުވާލު ކޮއްލިއެވެ. “އިތުރަށް ބުނަން އޮތީ ކޯޗެއް؟؟ ނާއިމް ތީ ސިއާގެ ޕާސްޓް ބަލަ މިހާރު ސިއާ ކިއާން އާއެކު އެއުޅެނީ ކިހާ އުފަލުގަ ނާއިމް ސިއާ އަށް ކުޑަކޮށް ވެސް ކެއާ ކުރާނަމަ އެދެމީހުން ދޭތެރެއަށް ނުވަދޭ” “އަދި އަހަރެންތަ މި ވަންނަނީ އެދެމީހުން ދޭތެރެއަށް އަހަރެންނަށް ހީވަނީ އަހަރެންނާއި ސިއާގެ ދިރިއުޅުމަށް ވަނީ ކިއާންހެން ކީއްވެ އަހަރެން މަތިން ސިއާ ހަނދާނެއް ނެތީ؟؟؟” “އަ އަހަރެންނަށްތަ އިނގެނީ” ނާއިމް އެ ކުރި ސުވާލަށް ޖަވާބު ދޭކަށް ނޫރާ ބޭނުމެއްނުވެއެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބު ނުލިބެނީސް ނާއިމް މަޑަކުންނުހުންނާނެ ކަން އެނގެއެވެ. “މީގެ 2 އަހަރު ކުރީގައި ހިނގި އެކްސިޑެންޑް ގެ ސަބަބުން ސިއާގެ ހަނދާންތައް ދިއައީ” “ވަޓް؟؟؟؟؟؟ އެކަމަކު ހަމްދީބެ ބުނި ސިއާ އަށް އެއްގޮތެއްވެސް ނުވެޔޯ” ނާއިމް އަށް ބޮޑު ހައިރާން ކަމެއްލިބުނެވެ. “ހަމްދީބެ އާ ތިސުވާލު ކޮއްބަލަ އަހަރެންގެ ބޯ ނުގޮއްވާ އާދޭސްކޮއްފަ މިބުނަނީ” ނޫރާ ނާއިމް އާ ދިމަލަށް ހަޅޭލަވައިގަތެވެ. މާގިނަ އިރެއްނުވެ ރީތިވެލައިގެން ސިއާ ނިކުތެވެ. ނާއިމް ސިއާ އާ ދިމަލަށް ބަލަމުން ދިޔަގޮތުން ސިއާ އަށް އުނދަގޫވީނަމަވެސް އެއްޗެކޭ ނުބުނެ ހުރީއެވެ. “އަހަރެންވެސް ގޮވައިގެން ދާންވީނު އެބަޖެހޭ ރީތިވާ ސާމާނު ކޮޅެއް ގަންނަން” ފުރުސަތުގެ ބޭނުން ހިފައި ނާއިމް ބުނެލިއެވެ. ސިއާ އާ އެކީ ހޭދަކުރާނެ އެންމެ  ސިކުންތުކޮޅެއްވެސް ގެއްލޭކަށް ނާއިމް ނޭދެއެވެ. ނާއިމްގެ އެދުމަށް ނޫނެކޭ ބުނަން ނުކެރުމުން ސިއާ އަވަހަށް ބޯޖަހާލިއެވެ. ނާއިމްގެ އަމަލު ހުރިގޮތުން ނޫރާ ހުރީ ބޯގޮވާފައެވެ. އޭނާ ސިއާ ނާއިމް އާ ދުރުކުރަން މަސަތްކަތްކުރާވަރަކަށް ނާއިމް ވަނީ ގާތެވެ. ފިހާރައަށް ވަންނަން ދަނިކޮށް ސިއާ ފައި ކައްސާލައިގެން ގޮސް ވެއްޓެން ދަނިކޮށް ނާއިމް ސިއާގެ އުނަގަނޑުގައި ހިފެއްޓިއެވެ. ސިއާގެ ސިކުނޑީގައި މަންޒަރުތަކެއް އެތުރެމުންދިޔައެވެ. “މީ ކުރިން ވީކަމެއްތަ؟؟” ބޮލުގައި އަތް އަޅަމުން ސިއާ މަޑުމަޑުން ބުނެލިއެވެ. ނާއިމް އެއްޗެކޭ ބުނުމުގެ ކުރިން ނޫރާ އެއަށް ޖަވާބު ދިނެވެ. “ނޫނޭ ތިވާނީ ސިއާ އަށް ހީވިކަމެއްކަމަށް ސިއާ އަށް ނާއިމް އަދި ފެނުނީ އިއްޔެގަ އެއްނު އަހަ އަހަ” ނޫރާ މޫނުމަތީގައި ވާ ހާސްކަން ފޮރުވަމުން ބުނެލިއެވެ. ނޫރާ ކަންތައް ކުރިގޮތުން ނާއިމް ރުޅިގަދަވިއެވެ. ނަމަވެސް ސިއާ އަށް ކޮންމެސް ވަރަކަށް ކަންތައްތައް ހަނދާންވާން ފެށުމުން އުފާވިއެވެ. ސިއާގެ ހަނދާންތައް އަނބުރާ އައިސްފިނަމަ ސިއާ ނާއިމްއާއެކު ދާނެކަން ނާއިމް އަށް ޔަގީނެވެ. ސިއާ ކިއާންގެ މީހަކަށް ވިއަސް ހެވެ. ސިއާ ކިއާންގެ ދަރިއަކަށް ބަލިވެ ހުއްޓަސް ހެވެ. ސިއާ ނާއިމް އާއެކު ދާނެކަމައް ބުނެފިނަމަ ނާއިމް ސިއާ ގެންދާނެއެވެ. ނާއިމް ސިއާދެކެ ވަނީ އެހާވެސް ފުންލޯތްބެކެވެ. ގެއަށް ދެވުނު އިރު 2 ޖަހާބޮޑުވެދާނެއެވެ. ދިޔަ މަގުމަތީގައި ނޫރާ ގެއަށް ލާފައި ސިއާ އާއި ނާއިމް އައީ އެކުއެކީގައެވެ. ސިޓިންރޫމްގައި ޓީވީ ބަލަން އިން ކިއާން އަށް ސިއާ އާއި ނާއިމް އެއްކޮށް ގެއަށް ވަތް ތަން ފެނުމުން ދެބުމަ ގޮތްޖަހުނެވެ. ކިއާން އަވަހަށް ސިއާ ގާތައް ދިޔައެވެ. “ކޮންތާކަށް ގޮއްސަ ތިއައީ ގެއަށް އައިސް ބޭބީ ހޯދާހޯދާ ނުފެނުނު” ކިއާން ސިއާގެ ނޭފަތުގައި ހިފާލަމުން ބުނެލިއެވެ. “އަހަ އަހަ ނޫރާ ބުނެގެން ފިހާރަޔަށް ގޮއްސަ” “އޯ ނޫރާވެސް ދިޔަ ދޯ ” ނޫރާވެސް ދިޔަކަން އެނގުމުން ކިއާން ހަމަޖެހުމުގެ ނޭވާއެއްލިއެވެ. “ކޮބާ ނާއިމް ފޫހިވޭތަ؟؟” “ނޫނޭ ހަމަ ވަރަށް ބަރާބަރު” ނާއިމް ސިއާ އާ ދޭތެރޭ ބަހައްޓާ ގާތްކަމާއި ދޭ ބެލުންތައް ކިއާންއަށް ފާހަގަވެއެވެ. ކިތަންމެ ޖެލެސް ވިއަސް ކެއްކޮއްލާގެން ހުންނަނީއެވެ. އެއާ ހިލާފަށް މޫނުމަތިން ކިތަންމެ ހަމަޖެހިގެން ހުންނަ ދެއްކިއެއްކަމަކު ސިއާ ސިކުނޑިތެރެ ވަނީ އެފުއްމިފުށަށް ޖެހިފައެވެ. ނާއިމް ފެނުނު ދުވަހުން ފެށިގެން ސިކުނޑިތެރޭގައި ގޮތްނޭނގޭ އެތައް ކަމެއް ދަނީ ހިނގަމުންނެވެ. “ޗަބީ.. ޗަބީ” މި ބަހަކީ ސިއާ އަށް ވަރަށް ގިނައިން އަޑުއިވިފަ ހުރި ބަހެކެވެ. ނަމަވެސް އެބަސް އަޑުއިވުނީ ކާކު ދުލުން ކަމެއް ކޮންއިރަކު ކަމެއް ނޭނގެއެވެ. އެކަމާމެދު މާގިނައިން ވިސްނަން ހަދާ ސިއާ ހުންނަނީ ފާޑަކަށް ބޮލަށް ތަދުވެފައެވެ. “ސިއާ.. ސިއާ!!!” ވިސްނުމަށް ގެއްލިފަ އިން ސިއާ އަށް ކިއާންގެ އަޑުއިވުނީ ދެނެވެ. “ކޮންކަމަކާ މާ ވަރަކަށް ތި ވިސްނަނީ؟” އިސްތަށިގަނޑުގައި ފެންހިތްކަމުން ކިއާން ބުނެލިއެވެ. “ނޭނގެ ބީރަތްޓެހި މަންޒަރު ތަކެއް ސިފަވަނީ ” ކިއާން އަށް މިކަމުން ނުރައްކާތެރި ސިގްނަލް އެއް ލިބުނެވެ. ސިއާގެ ހަނދާންތައް އަނބުރާއައިސްފިނަމަ ކިއާންއާ ދުރުވެދާނެތީ ބިރުގަތެވެ. “އެހާ ބޮޑަށް ނުވިސްނާ ހިނގާބަލަ ދަތުރު ދާން” “ތިބޭފުޅާއަށް ހެނދުނު ހޭލެވިގެނެއްނު އަހަ އަހަ” “ކީއްވެ ހޭނުލެވެންވީ މީ ނުލާހިކު މުރާލި ކުއްޖެއްނު މީ” ކިއާން ސިއާ ގައިގައި ބައްދާލަމުން ބުނެލިއެވެ. އެހެން ދުވަސްތައް ފަދައިން މިއަދުވެސް ކިއާން އާއި ސިއާ އެކަކު އަނެކަކުގެ އުނގުތެރޭގައި އޮވެ ނިދިއެވެ. ނަމަވެސް ސުވާލަކީ މިކަން މިހެން ދެމިއޮންނާނީ ކިހާދުވަހެއް ވަންދެކައްތޯ؟؟؟؟؟

ނާއިމް އެތަށް ދުވަހަކު ހަމްދީގެ ގެއަށް ދިޔައެވެ. ނަމަވެސް ހަމްދީގެ އެދުމުގެ މަތިން ސާނިޔާ ވެސް ބެލީ ނާއިމްގެ ކުރިމައްޗައް ނާރާވޭތޯ ބެލުމަށެވެ. ހަމްދީ އަށް މާލެ އާދެވުމާއެކީ އޭއައިއެސް ކޮމްޕެނީގެ ސީއީއޯ އާއެކީ މީޓިންއެއް ބާއްވަން ހަމަޖެއްސިއެވެ. ހަވީރުގެ ވަގުތެވެ. ނާއިމް ތައްޔާރުވަމުން ދިޔައީ ހަމްދީއާ ބައްދަލުކުރާށެވެ. ކުރީގެ ނިކަމެތި އިންސާނެއްގެ ގޮތުގައެއްނޫނެވެ. އޭއައިއެސް ކޮޕްޕެނީގެ ސީއީއޯގެ ގޮތުގައެވެ. ނާއިމް ފެނުމުން ހަމްދީގެ މޫނަށް އަރާފައިބާނެ ކުލަވަރުތައް ދެކިލުމަށް ނާއިމް ހުރީ ކެއްމަދުވެފައެވެ. އެސްއެންއެސް ކޮމްޕެނީގެ މީޓިންރޫމްގައި ހަމްދީ އާއި ދެތިން މުވައްޒަފަކު ތިބި އިރު އެންމެންވެސް އިންތިޒާރު ކުރަމުންދިޔައީ ހަމަ އެންމެ މީހަކަށެވެ. ދޮރުން ވަދެގެން އައި ނާއިމް ފެނުމުން ހަމްދީގެ ދެބުމަ ގޮތްޖެހުނެވެ. ހަމްދީ ހީކުރީ ނާއިމް އެއައީ ސިއާގެ ވާހަކަ ދައްކަން ކަމަށެވެ. ހަމްދީ ދިޔަގޮތަށް ގޮސް ނާއިމް ހުއްޓުވިއެވެ. “ނާއިމް މި ގަޑީ މިތަނުން ދޭ އަހަރެންނަށް މާލެ މިއާދެވުނީ އަދި ކިރިޔާ ނާއިމް އާ ވާހަކަ ދައްކާނަމޭ” ހަމްދީ ނާއިމްގެ ކޮނޑުގައި ހިފައި ދުރުކޮއްލިއެވެ. “މިސްޓާރ ހަމްދީ މީތަ އެސްއެންއެސްގެ މުވައްޒަފުން ކްލައިންޓުންނާ ދޭތެރޭ ކަންތައް ކުރާގޮތަކީ” ޝާޝާ ބުނީ ކީކޭކަން ރަނގަޅަށް ސާފުނުވުމުން ހަމްދީ ނާއިމް އާ ދިމަލަށް ބަލާލިއެވެ.”އައްސަލާމް އަލައިކުމް އަޅުގަނޑަކީ އޭއެސްއައި ކޮމްޕެނީގެ ސީއީއޯ ނާއިމް ނިޔާޒް” ނާއިމް ސަލާން ކޮއްލަން އަތްދިއްކޮއްލިއެވެ. ހީވީ ހަމްދީގެ ފައިދަށުން ބިންގަނޑު ދެމިގަތްހެނެވެ. ހަމްދީ ހުރީ އަދިވެސް ގަބޫލު ނުކުރެވިފައެވެ. ވާނީވެސް އެހެންތާއެވެ. އިހައްދުވަހަކު ލިބޭ ލާރިން ދެކޮޅު ނުޖެހިގެން އުޅުނު  މީހަކު މިއަދު ބޮޑު ކޮމެފެނީއެއްގެ ސީއީއޯ އެއްގެ މަގާމުގައި ހުރުމުންނެވެ. “ޕްލީސް ލީވް އަސް އެލޯން” ނާއިމްގެ އަމުރާއެކީ އެތާތިބި އެންމެން ނިކުމެގެން ދިޔައެވެ. ހަމްދީއާއި ނާއިމް އެބޮޑު ރޫމްތެރޭގައި އެކަނި ތިބިއިރު ނާއިމްގެ ސިކުނޑީގައިވަނީ ޖަވާބުނެއް އެތަށް ސަތޭކަ ސުވާލެކެވެ. އެއާ އިދިކޮޅަށް ހަމްދީގެ މޫނުމަތިން ފެންނަމުންދިޔައީ ހާސްކަމާއި ކަންބޮޑުވުމެވެ. އޭނާ އެކުރި ކަންތައް ފަޅާއަރާފާނެތީ ހަމްދީ ހުރީ ވަރަށްވެސް ބިރުންނެވެ. “ބައްޕާ ކީއްވެ ސިއާ ހަންދާންތައް ގެއްލުނު ވާހަކަ ނުބުނީ ހަމަގައިމުވެސް ބައްޕަ ބުނީ ސިއާ އަށް އެއްގޮތެއްވެސް ނުވެޔޭ” ނާއިމް ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ. ނަމަވެސް ހަމްދީގެ އަނގައިން އެންމެ ބަހެއްވެސް ނުނިކުތެވެ. ނާއިމް ރުޅިއަރައިގެން މޭޒުމަތީގައި އަތުން ޖެހިއެވެ…

…ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (32)

  1. Anonymous

    Gohodo buri yay me first amazing work garadhiya boakibaa mishh youu?❤️

    1. lilly
      Anonymous

      gohodu buri whts with ur name y anonymous??? mish u moree gigi❤❤

  2. Vittu

    Konme dhuhuku up kohba.. V salhi vaaahaka best hama

  3. Livy

    Varah varah varah varah reethi ❤️✨?⚡?
    Maa sha Allah ?? curiously waiting waiting waiting waiting waiting for the next part,?✨?❤️? ly ⚡?✨?❤️?

    1. lilly
      Livy

      thank u soo much livy LYM DEARYYYY❤❤❤❤❤❤❤❤❤❤❤❤???

  4. Lamko

    masha Allah sis mi part varah varah reethi….?sis sia ge handhaan thah anburaa annaane tha?kihinehbbaa van eulhenii….??…..I can’t wait to read next part…avahah up kolla dhehchey sisoo…lysm???☺️

    1. lilly
      Lamko

      thank u sooo much lamkooo yeah sia ge handhaan thah anburaa annaane sia aa kiaan aa dhuru ves vaane keehkuraaaneee HAMDHEEGE KANTHAKEY LYM?‍♀️❤❤❤❤❤❤????

  5. ?Ril?

    Sis mi part ves varah sali ingey
    Masha Allah. Sis dhen aley kiyaan aa siaa dhurunukurachey pls naaim ves dhw. By tha way when next sis. Lysm sis

    1. lilly
      ?Ril?

      thannk u sooo much rillllllllllllllllllllllll keehkuraany dhoonigandaa sia aa kiaan dhurukuraane mi ulhey naaim vvv boa haru kujjekey eiii LAV YA MOREEEEEEEE❤❤❤❤❤❤❤?

  6. Afu

    Wowwwwwwwww ❤️❤️❤️❤️ varah salhi mi baivx …. Alhey ekamu sia n kiaan dhurunukurahchey siss …. Eyrah kiaan varah sad vaane …. Kobaatha e geyga ulhey foni jooly and laamin dhww e 2 meehun ????
    When next ??
    Can’t wait to read nxt part
    Avahah up kohdhehchey
    Siss … Siss bunee thee male eh nooney dhn Kon rashehkan bunedheefaanan tha ??? If u don’t mind …
    Luv u varaaaaaah bodah ❤️❤️❤️❤️❤️❤️
    Stay safe
    TC

    1. lilly
      Afu

      woooww wht a giant comment afuuuu i like ur comments ingey bunaa bas ithuru vi vareh hama onnaaanee ehehe foni joolyy aa laamin ge kanthah adhi onnnaane edhemeehun adhi vv varugadha kameh kollaaaneyey LAAAAAV YA MOREEEEE LIL SWEEETHEARTT u 2 be safeeeeeee❤❤❤❤❤❤❤❤❤❤❤?????

  7. laii

    alhe varah salhi mi part.. kon irakun aneh part.. waiting waiting……

    1. lilly
      laii

      thank u sooo much laii story up mi kureveny vaki gavaidhakun noon lilly e part eh liye nimuneema hama submit kollanyy so next part mihaaru half type kurevijje so i guess it will be up emme las vegnn day after tomorrow❤❤❤❤❤❤❤

  8. Afu

    Ahahhahahahah … Afu vx varah happy vey siss alhuga aa ehaa friend vma ❤️❤️❤️???? …. Thihn veeru thijehunee laamin n jooly ge kulhigadu balan dhwww ….. ahahhahahahah …. Siss thee ey ufalakee ga hn varaaah maja thankolheh genesdhyba …. Can’t wait to read nxt
    Luv u moreeee

    1. lilly
      Afu

      majaa thankolheh dhoo hurey lilly e mi basnaahaa sikundi kaary bunaanan idea eh dheyshey ingey

  9. Izabell

    Mi part vx varah varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤ dhen kihinei baaa vaani alhe? ????? varah curious vefa myni. Dhen haadha dhera ve eyy Naaim ah ehen vaathy ???????? Alhe Naaim dhera nukurahchey dhen ????? pis pis mee e Hamdhee ge kanthakey ?????? kon kahala myheiiiii tha? ??????? waiting waiting waiting ?????? lysm

    1. lilly
      Izabell

      ooh another giant comment from our izabell. thank u soooo much NAAIM GE NASEEBU HAMA DHERAIII KEEHKURAAANYY aan mi hamdhy aa hedi vaakanthakey LYMMMMM deary❤❤❤❤❤❤❤❤❤❤❤

  10. shaiiii

    vvvv rythi mi prt vx …..waiting for nxt prt

    1. lilly
      shaiiii

      thank u sooooo much shaiii

  11. Nana??

    Woww mi prt vx hama habeys ekamaku kiaan aai sia dhuru nukurahchey ??? Varah gulhey e 2 couple vx haadha kihiney vefa eyny again baheh nubunevifa hehe ?? anyway whn nxt
    LYSM ❤️❤️❤️❤️❤️

    1. lilly
      Nana??

      thank u NANA hamdhee LYM❤❤❤❤❤❤❤❤❤❤❤

  12. Nana??

    I meant hamdhy kihiney vefa hey einee

    1. lilly
      Nana??

      hamdhee ehery hama vaanvigoih vefa evarakah noonviyaa naaim ah goih goih hadhaalee dhooo

  13. Mary

    Kihinehtha naaim muhsadhi v athuga rf nethigen hamdhy dhin rf mamma govaigen beyrah dhiya myheh kurin rythi ekam ebaa hama nujehey explain kohdhybala v goi.company hedhy konthaaku hoadhi rf aa in

  14. Anuahs

    Hi lilly. Varah gina dhuvas vehjje comment eh nukohlleveythaa. Btw comment nukuriyas mi vaahaka baraabarah kiyan?.story varah habeys. Hama?♥️. Stay home stay safe lilly. Luv u♥️

    1. lilly
      Anuahs

      thank u soo much anuahhssssss lym

  15. Kairaa

    YAYYYYYYYYYYY❤️❤️❤️…..finally sia ge handhaan thah aburaa annany dhw…??…OMG sis story is awesome….???alhey varah varah reethi mi bai vx….??????….MASHA ALLAH….??…nd vrh curious vehjje….curiously waiting for the nxt part…lysmmmm?…..be safe…

    1. lilly
      Kairaa

      thnk u soooooooooo much kaiiiiiiiii LAV YA MOREEEEE u 2 be SAFE

  16. Queen

    love it as always…sorry for the late comment

    1. lilly
      Queen

      THANK u dont be sorrry sorry for the late reply

  17. ?Aashko??

    Maasha Allah V reethi mi part ves. Whn is next. Waiting for the next part. Ly sis

    1. lilly
      ?Aashko??

      thank ashkooo LYM

Comments are closed.