Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

އެކުއްޖާ 22

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
June 13, 2020 9 Mins Read
15 Comments

 

* “އަހަރެން މި ދައްކާ ވާހަކަ ކަނުލާ އަޑު އަހާތި..!” އެތެރެއިން އިވުނީ އަންހެން އަޑެކެވެ. އެއީ މިއަދު އަވްލީންއަށް އިވުނު އަޑެކެވެ. ކާކުބާވައޭ ވިސްނަން ހުއްޓާ އެ އަނދިރި ކޮޓަރި ތެރެއިން އެ އަންހެންމީހާ އައްޔަށް ނުކުމެލިއެވެ. އަވްލީންގެ އަނގަ ތަންމިނަށް ހުޅުވުނެވެ. “ތީ…” އެއްޗެކޭ ބުނަން އަވްލީންގެ ދޫ ހަރަކާތް ކުރިއެވެ. *

“ހަލޯ..؟” ރަނާ ހައިނާއަށް ގުޅިއެވެ. ހައިނާ ފޯނު ނެގިކަމުގައި ވިޔަސް ވާހަކައެއް ނުދައްކައެވެ.

“ހަލޯ..؟؟” ރަނާ ތަންކޮޅެއް ބާރަށް އަހާލިއެވެ. “ކޮން ބޭނުމެއް ޖެހިގެން ބެކްސްޓެބަރއަކަށް ތި ގުޅަނީ..؟” އަސަރެއް ނެތް ރާގެއްގައި ހައިނާ އަހާލައިފިއެވެ. “އަހަރެން މި ގުޅީ އެންމެ ސުވާލެއް އަހަން ވެގެން… ހައިއަށް އެނގެއެއްނު އެ ކުޑަ ގެގަނޑުން އަހަރެންގެ ކެވެލިކޮޅު ފެނުންކަން..؟” ރަނާ އަހާލިއެވެ. ހައިނާ މަޑުމަޑުން ހޫމްއޭ ބުނެލައިފިއެވެ. “ކީއްވެ މައްސަލަ ނުޖެއްސީ…؟” ރަނާ އަހާލިއެވެ. “އަހަރެން ދެން މައްސަލަ ޖައްސަންވީތަ..؟ އަހަރެން ބޭނުމެއް ނޫނޭ ރަށު އެންމެން ތެރޭ ރަނޫގެ އަގު ވެއްޓޭތަން ބަލާކަށް..” ހައިނާގެ އަޑަށް ދެރަވުމުގެ އަސަރުތައް ފާއްދާލައިފިއެވެ.

ބުނާނެ އެއްޗެއް ނޭނގިފައި ރަނާއަށް ހުރެވުނެވެ. “އޯކޭ ހައި.. ތޭންކްސް..” ރަނާ ފޯނު ކަނޑާލީ ހައިނާ ރޯން ފަށައިފިއްޔާ އޭނައަށްވެސް ރޯން ފެށޭނެކަން ޔަގީން ވާތީއެވެ.

“ތީ.. ކައުންޓަރގައި ހުންނަ ކުއްޖާއެއް ނޫންތަ..؟” އެ އަންހެން ކުއްޖާ ފެނިފައި އަވްލީން ހަނދާންވީ މުޒައިނާއާއެކީ އެލެވޭޓަރަށް އަރަން ދިޔަ ގަޑީ ކައުންޓަރުގައި ހުރި ކުއްޖާއެވެ. “ލެޓް ގޯ އޮފް މީ… އަހަރެން ތި ގެންދަނީ ކޮންތާކަށް..؟” ކުއްލިއަކަށް އެ ތަނުގެ ދޮރު ހުޅުވާލާފައި އެއްކަލަ މީހާ މުޒައިނާ ވެސް އެތެރެއަށް ކޮއްޕާލައިފިއެވެ. “އަވް..؟ މިތަނުގައި…؟” މުޒައިނާއަށް ލިބުނު ހައިރާންކަން ވީ އިތުރެވެ. “މުޒައިނާ…” އަވްލީން ތެދުވަން މަސައްކަތް ކުރިއެވެ. އޭގެ ކުރިން ފަހަތުން އައި ދެމީހުން އަވްލީންގެ އަތުގައި ހިފާ ތިރީގައި ބޭންދިއެވެ.

“ނައުފާ..؟ މީ ކޮންކަމެއް..؟” ހިތްހަމަ ނުޖެހިފައި މުޒައިނާ ކައުންޓަރުގައި ހުންނަ އަންހެން ކުއްޖާ އާއި ވާހަކަ ދެއްކިއެވެ. “އެ މީހާ ވަނީ އަހަރެމެންނަށް ފައިސާ ދީފައި.. ދެން ބޭނުންވަނީ ކަލޭމެން ދެމީހުން އަނގަ މައިތިރި ކޮށްގެން ހުރުން..” ނައުފާ ވަރަށް ފަސޭހައިން ބުނެލިއެވެ. “އެމީހާއޭ..؟ ފައިސާއޭ..؟ ކީކޭތަ ތި ކިޔަނީ..؟” އަވްލީންއަށްވުރެ ކުރިން މުޒައިނާ ބާރުބާރަށް އަހާލައިފިއެވެ.

“ފެނޭތަ..؟ އެ އެންމެން ގަބޫލުވެއްޖެ..” ނައުފާ އެހެން ބުނެލުމާއެކީ އަނދިރިގަނޑުގެ ތެރެއިން އެ ބިލްޑިންގގައި މަސައްކަތް ކުރާ އެހެން މުވައްޒަފުން ނުކުންނަން ފެށިއެވެ. އެއިން ކޮންމެ މީހެއްގެ އަތުގައި ފުދޭވަރަކަށް ފައިސާ ހުއްޓެވެ. މުޒައިނާ ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުއްޓެވެ. “އަހަރެމެން ދެ މީހުންނަށްވެސް ތި ފައިސާއިން ބްރައިބް ކުރަންތަ ތި ވިސްނަނީ..؟” އަވްލީންއަށް އެހުނެވެ.

ކިތަންމެ ހަރުކަށި ސުވާލަކަށް ވިޔަސް އަވްލީންގެ އަޑު ނުކުތީ ނިކަމެތިކޮށެވެ. އޭރު މުޒައިނާ ބޯ އަރުވައަރުވާފައި ކޮންމެވެސް އެއްޗެއް ހޯދަނީއެވެ. “ވިހި ހާސް ރުފިޔާ.. މަދުވާނެ..؟” ބްރިފްކޭސްގެ ތެރެއިން ނައުފާ ވިހި ހާސް ރުފިޔާ ނެގިއެވެ.

“ކޮބާ ޑޮކްޓަރ ޝަހީމާ..؟” މުޒައިނާ އަހާލިއެވެ. “އޯހް ދެޓްސް ރައިޓް… އެ މުސްކުޅި އަންހެން މީހާ ގަނޑު މަތިން މަ އަބަދުވެސް ހަނދާން ނެތެނިއްޔޭ..” ނައުފާ ބޮލުގައި ޖަހާލަމުން ބިލްޑިންގ ސާފު ކުރާ މީހާއަށް އިޝާރާތެއް ކޮއްލިއެވެ. އެ މީހާ އެ ނުކުމެގެން ދިޔައީ ޑޮކްޓަރ ޝަހީމާ ހޯދަން ކަން ޔަގީނެވެ. ”އޭތް… މިވަރު މަދުވާނެހޭ..؟” އެ މީހާ ނުކުތް ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ނައުފާ ސުވާލު ތަކުރާރު ކުރިއެވެ.

”އަވީ.. އަހަރެމެން ދުވަސްކޮޅަކުން މިއުޅެނީ މެލޭޝިޔާއަށް ފުރަން.. އަވީވެސް އަންނަން ވީނު..؟؟” އިތުޤާލް އަހާލިއެވެ. “އަހަރެން ކަންބޮޑުވަނީ އަވް ގޮވައިގެން މެލޭޝިޔާއަށް ދާތީއެއްނޫން.. އައިން އެކަނިވާނެ ވަރު ހިތަށް އެރީމައި..” އަވީނާ ބުނެލިއެވެ. “ހާސްނުވޭ… އަވީ ނުދަންޏާ އަލާން ބަހައްޓާފައި އަހަރެން އަވް ގޮވައިގެން ފުރާނީ…” އިތުޤާލް ބުނެލިއެވެ. “އައްސަލާމު އަލައިކުމް..” އެތެރެއަށް ވަތް ފަރުހާން ގޮވާލިއެވެ. ”ވައަލައިކުމުއްސަލާމް..!” އަވީނާއަށްވުރެ ކުރިން އިތުޤާލް ސަލާމް ބަލައިގަތެވެ.

“އަވީ… ކޮބާތަ މަގޭ……………….” ވަރަށްވެފައި ސިޓިންގރޫމަށް އައި ފަރުހާންގެ ފިޔަވަޅުތައް މަޑުޖެހުނީ އިތުޤާލް ފެނިފައެވެ. ”ހައި ދޮންތަބޭ..” އިތުޤާލް އެހެންކިޔާ ގޮވާލީ ގަސްތުގައެވެ. ފަރުހާން ވާނުވާގައި ހުންނަތަން ބަލަން ކެތްމަދުވެ ހުރެއެވެ.

ފަރުހާން ގަނޑުވެފައިި ބަލަން ހުރީއެވެ. “އަހަރެންމީ އަވްގެ މަންމައޭ..” އައިނު ނަގަމުން އިތުޤާލް އެހެން ބުނެލުމުން ފަރުހާންއަށް އޮޅުންފިލިއެވެ. އަވީނާ ވަނީ އިތުޤާލްގެ ވާހަކަ ފަރުހާންއަށް މާ ކުރިން ކިޔާދީފައެވެ.

“ކޮންކަމާއި ހުރެ ތި އަހަރެމެންނަށް ފައިސާ ހުށައަޅަނީ..؟” މުޒައިނާ އަހާލިއެވެ. “ރަނގަޅު ސުވާލެއް މުޒޭ…. ކަލޭމެން ނުވާނެ ކައިޔަންގެ ގާތު އެ އެކްސިޑެންޓްގެ ވާހަކަ ބުނެގެންނެއް.. އެ ވާހަކަ ނުބުނެ ހުރުމަކީ އެހާ އުނދަގޫ ކަމެއްތަ..؟ ހަމައެކަނި ކަލޭމެން ދެމީހުންގެ ދޫ ތަޅުލިކަމަށްޓަކައި އެބަ ލިބޭ ވިހި ހާސް ރުފިޔާ..” ނައުފާ ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

“އިބިލީސްގަނޑު..!!! އަހަރެން ނޫޅެން ތި ފައިސާގައި ހިފާކަށް…” މުޒައިނާ އައި ރުޅިން ކޮޅަށް ތެދުވިއެވެ. “މަރިޔަމް އަވްލީން..؟؟” ނައުފާ ވިހަ ނަޒަރަކުން އަވްލީންއާއި ދިމާލަށް ބަލާލިއެވެ.

އަވްލީން ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ގައިމުވެސް ހަމަ ހޭހުއްޓަކާ އަވްލީން އެއަކު ނުހިފާނެއެވެ. “ބޭނުމެއްނޫން..” އަވްލީން ހިމަ އަޑަކުން އެހެން ބުނެލާފައި ދާން ކޮޅަށް ތެދުވިއެވެ.

މުޒައިނާ އަވްލީންގެ އަތުގައި ހިފާ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ނައުފާ ހުރީ ހިމޭނުންނެވެ. “ކަލޭމެންނަށް ދެން އެނގެއެއްނު ހަދަންވީ ގޮތް..؟” އެތެރޭގައި ތިބި މީހުންނާއި މުޚާތަބުކޮށް ނައުފާ ބުނެލިއެވެ. ”އާނ.. ތިކަން ކުރަން އަހަރެމެންނަށް ދޫކޮށްލާ..!” އެ އެންމެން އެއް އަޑަކުން ބުނެލިއެވެ. “ނުބަޔެއް ނުހަދާތި.. ކަލޭމެންނަށް މިކަން ވެއްޖެއްޔާ އެ މީހާ ބުނީ ކަލޭމެންނަށް އިތުރު ފައިސާ ދޭނަމޯ… މިފަހަރު ކޮންމެ މީހަކަށްވެސް ލިބޭނެ ފަންސާސް ހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ..” ނައުފާ އެހެން ބުނެލުމުން އެންމެން އެއްއަޑަކުން ހޭވައްލާ ތައްޔާރޭ ބުނެ ނުކުތެވެ.

“އާދޭ… އަހަރެންނަށް އެނގޭ އަވްލީން ތި ހުންނަނީ ވަރަށް ހާސްވެފައިކަން..” މުޒައިނާ އޯގާތެރިކަމާއި އެކީ އަވްލީން ގޮވައިގެން އެތަނުން ނުކުންނަން މިސްރާބު ޖެއްސެވެ. މުޒައިނާ ގޮސް ވަނީ އެތާ ބޭރުގައި ހުންނަ ކެންޓީނަށެވެ. “އެމީހުންގެ މަގްސަދަކީ ކޮބާ..؟” އަވްލީން ކެރިހުރެ އަހާލިއެވެ.

މުޒައިނާ ފުންނޭވާއެއް ބޭރުކޮށްލި އަޑު އަހާފައި އަވްލީންގެ އުންމީދު ކެނޑޭގޮތްވިއެވެ. އަނެއްކާ މުޒައިނާއަކީ ވެސް އެމީހުންގެ ތެރެއިން މީހެއް ބާވައެވެ.؟

މެންދުރުގެ ދިލަ އަވި މޫނުގައި ޖެހޭއިރު އުނދަގޫވި އެކަކުވެސް ހުރިހެންނެއް ހިޔެއް ނުވެއެވެ. މޫދު ގައި އެންމެން މަޖާ ނަގަމުން ދިޔައީ ފޯރީގައެވެ. ރަނާވެސް އެ އެންމެންނާއެކީ މަޖާ ކުރަން އުޅުނެވެ. ނަމަވެސް ކައިޔަން ހުރީ ވަކިން ދުރުގައެވެ. ހަމައެކަނި ރަތް ސޯޓެއް ލައިގެން ހުރި ކައިޔަން އޮތީ ފުން ވިސްނުމަކަށް ގެނބިފައިކަން ބަލާލި މީހަކަށް އެނގޭނެއެވެ. ”އަލްސްޓްރާމީރިއާ…! އަލްސްޓްރާމީރިއާ އަށް ލޯބިކުރަނީ ކޮން ކުއްޖެއްތަ..؟؟” ކައިޔަން ވިސްނަމުން ގެންދިޔަވަރަކަށް ބޮލަށް ތަދުވަމުން ދިޔައެވެ. ކެތްނުވާވަރަށް ބޮލަށް ތަދުވާން ފެށުމުން ކައިޔަން ވިސްނުން ހުއްޓާލިއެވެ.

ރަނާ ދޭތެރެ ދޭތެރެއިން ހައިނާއަށް ކަޅި އެއްލަމުން ދިޔައެވެ. ހައިނާ އެއްޗެކޭ ބުނެފާނެކަމަށް އުންމީދު ކުރެވޭތީއެވެ. ހައިނާވެސް އެއްފަހަރު ރަނާއާއި ދިމާލަށް ބަލާލިއެވެ. ހައިނާ ރަނާގެ ގާތަށް ދާން ފަތައިގަތް ތަނާހެން އެއްގަމުގައި ހުރި ލިޔާން ރަނާގެ ލޮލުގައި އަޅައިގަތެވެ. އަވަހަށް އަންނާށޭ ކިޔާ ލިޔާން އެ ހަނާއަޅަނީ ކޮންމެވެސް ބޮޑުކަމެއް ދިމާވެގެންކަން ރަނާއަށް ޔަގީންވުމުން އެއްގަމަށް އަރަން ދާން ފަތައިގަތެވެ.

“ބަލާލަ މިއޮއްކަމެއް..” ލިޔާން ފޯނުނަގާ ދައްކާލި ވީޑިޔޯއިން ރަނާ ސިހޭގޮތްވިއެވެ.

“އަހަރެން ވާހަކަ ދައްކަން އުޅުނީމައި ރަނޫ އެއްގަމަށް އަރަން އެ ދިޔައީ…” އިކުވާންގެ ގާތުގައި ހައިނާ ޝަކުވާ ކުރަމުން ދިޔައެވެ. “ރިއަލީ ހައި..؟ ރަނޫގެ އަތުން ހައި ކިރިޔާ އެދުވަހު މަރު ނުވީ.. އަދިވެސް ރަނޫއާއި ވާހަކަ ނުދެއްކިގެންތަ ހައި ތިއުޅެނީ..؟” އިކުވާން ހައިރާންވިއެވެ. “ނޫނޭ.. އެ ދުވަހު މަގޭ ބޮލުގައި ބެޓުން ޖެހީ ރަނާއެއް ނޫނޭ.. އިކޫއަކަށް ނޭނގޭތަ..؟” ހައިނާ އެއްސެވެ.

“އެ ހޫޑީ ލައިގެން އުޅޭ ޒުވާނާއެއްނު ހައިގެ ބޮލުގައި ޖެހީ..؟ މަށަށް އެނގެޔޭ.. އެކަމު ރަނާ ބުނީމައެއް ނޫންތަ އެ މީހާ ހައިގެ ބޮލުގައި ޖެހީ..؟” އިކުވާން އަހާލިއެވެ. “އެކަމަކުވެސް… ރަނާއަކީ އެންމެ ކުޑައިރުއްސުރެ ފެށިގެން ހައިގެ އެންމެ ގާތް އެކުވެރިޔާ….” ހައިނާ ބޮޑާހާކަން ފެށީ ކުޑަކުއްޖެއް ފަދައިންނެވެ. “އެކަމަކު އަހަރެން އަދިވެސް ޝުކުރުވެރި ވަނީ ތިދެމީހުން ސަލާމަތްވީ ކަމަށްޓަކައި.. އެދުވަހު މަށާއި ކައިޔަން ނުދިޔަނަމަ ދެން ތިދެމީހުންނަށް ވާނެގޮތެއްވެސް ނޭނގޭ..” އިކުވާން ހައިނާ ގާތްކޮށްލަމުން ބުނެލިއެވެ.

އިކުވާން ދެއްކި ވާހަކަ އަޑު އިވުނީ ހައިނާއަށް އެކަންޏެއް ނޫނެވެ. ފަތަން އޮތް ކައިޔަންގެ ކަންފަތާއި ހަމައަށް އެ ވާހަކަތައް ފޯރިއެވެ. “އިކޫ މި ދައްކަނީ ކޮން ވާހަކައެއް..؟ މީހަކު ހައިނާގެ ބޮލުގައި ބެޓަކުން ޖެހީއޭ..؟” ކައިޔަންއަށް ވާހަކަތައް އޮޅުން ބޮޅުންވިއެވެ. “މަ ކޮންއިރަކު އިކުވާންއާއެކީ މީހަކު ސަލާމަތް ކުރަން ދިޔައީ..؟؟ ތި ދެ މީހުންނޭ..؟ އެކަކަކީ ހައިނާ… ދެން އަނެއް ކުއްޖާއަކީ ކާކު..؟” ކައިޔަންގެ ހިތުގައި ސުވާލު އުފެދުނެވެ.

“އަވްލީން.. އެއީ މި ބިލްޑިންގ ގައި ވާ ކަންކަމަކީ…” އަވްލީންގެ މޫނަށް ބަލާލާފައި މުޒައިނާ ކިޔާދޭން ފެށިއެވެ. ”ބްރައިބްކުރުން އަދި ބްރައިބްސްގައި ހިފުމަކީ ގޯސްކަމެއް ނޫންތަ..؟ އެމީހުން ކައިޔަންގެ ގާތުގައި އެކްސިޑެންޓުގެ ވާހަކަ ބުނަން ބޭނުން ނުވަނީ ކީއްވެގެންތަ..؟” އަވްލީން ކުރަން ބޭނުންވާ ބައިވަރު ސުވާލު ހުރިކަން މުޒައިނާ ނަގައިގަތެވެ. “އެއީ ހަމަ ފައިސާއަށް އެމީހުން ކުރާ ކަމެއް…. ކޮންމެވެސް މީހަކު ވާނީ އެމީހުންނަށް އެ ފައިސާ ދީފައި.. އެމީހާގެ މަގުސަދަކީ ކައިޔަން އެ މަތިން ދުވަހަކުވެސް ހަނދާން ނުވުން..” މުޒައިނާ އެހެން ބުނެލިއިރު ހޫނު ދެ ކޮފީތަށި ހިފައިގެން ވެއިޓަރ އައިސްފިއެވެ. ”އެ ކީއްވެގެން..؟” އަވްލީން ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ގެންދިޔައެވެ.
“މީ އަހަރެންނަށް އާ ކަމެއް ނޫން.. މީގެ ކުރިން ދެ ފަހަރަކު އެމީހުން އަހަރެންވެސް އެކަމުގައި ބައިވެރި ކުރުވަން މަސައްކަތް ކޮށްފި.. އެކަމަކު އަހަރެން ބައިވެރިއެއް ނުވަން…” މުޒައިނާގެ ވާހަކަ ހުރިގޮތުން އެއީ އޭނަގެ ފުރަތަމަ ފަހަރު ނޫންކަން އެނގުނެވެ.

”އަހަރެން ބޭނުން އަވްލީންއާއި ވެސް ސުވާލެއް ކޮށްލަން..” މުޒައިނާ ބުނެލިއެވެ. އަވްލީން ބޯ ޖަހާލުމާއެކީ މުޒައިނާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް ކެންޓީނުގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް މީހާ ފެނިފައި މުޒައިނާ އަވަހަށް ކޮޅަށް ތެދުވިއެވެ. އެވަގުތު ކެންޓީނުގެ ތެރޭގައި ތިބިހާ މީހަކު ތެދުވިއެވެ. “މެޑަމް…” މުޒައިނާ މެޑަމްއޭ ކިޔާ ގޮވާލި އަންހެންމީހާގެ މޫނަށް އަވްލީން ބަލާލިއެވެ.

“މީ ހަމަ އަސްލަށްވެސްތަ..؟” ރަނާ އަނެއްކާވެސް ވީޑިޔޯ ޕްލޭ ކޮށްލިއެވެ. “އާނ.. މީ ހަގީގަތް… އަވްލީން ވެއްޖެ ކައިޔަންގެ ސައިކޭޓްރިސްޓަށް…” ލިޔާން ބުނެލިއެވެ. “ދެން ކިހިނެތްވީ..؟” ރަނާ އެހެން ބުނެލިގޮތުން ލިޔާން ހައިރާންވިއެވެ. “ކިހިނެތްހޭ ވީ..؟؟ ދެން އަނެއްކާ އަވްލީން ކައިޔަން ޖަހައިގަންނަތަން ބަލަން ރަނޫ ހުންނަންތަ ބޭނުންވަނީ..؟” ލިޔާން އަހާލިއެވެ. ”ލިޔާން.. ހަމަ އެންމެ މައްސަލައެކޭ ޖެހިފައި މިއޮތީ..” ވައިއަޑުން ރަނާ އެހެން ބުނެލިކަމަކު ލިޔާންއަށް އެއަޑު އިވުނެވެ.

“ކޮން މައްސަލައެއްތަ ޖެހިގެން ތި އުޅެނީ..؟” ލިޔާން ރަނާގެ އަތުގައި ހިފާ ގަސްބުޑުގައި އިށީނެވެ. “ކަމެއް ނުވޭ.. ދެން އަހަރެން ކީއްތަ ކުރަންވީ..؟” ރަނާ އަވަސްއަވަހަށް އަހާލިއެވެ. “ކަން ކުރަންވީ މިހެން….” ލިޔާން ކިޔާދޭން ފެށިއެވެ.

“އަވް ދަރިފުޅު މިތާ ތި ކީއްކުރަނީ..؟؟” އިތުޤާލް ހައިރާންވެފައި އަހާލިއެވެ. “މެޑަމް..؟ މީ މަރިޔަމް އަވްލީން…. އިއްޔެ އިސްމާއިލް ކައިޔަން.. މިބުނީ ފަންސަވީސްވަނަ ކޮޓަރީގައި އުޅޭ ޕޭޝަންޓްގެ ސައިކޭޓްރިސްޓްގެ މަގާމު ހަމަޖެހުނު ކުއްޖާ..” އިތުޤާލްއަށް އޮޅުނީކަމަށް ހިތާ މުޒައިނާ ބުނެލިއެވެ. “ޝީ… ޝީ އިޒް މައި ޑޯޓަރ…” އިތުޤާލް އެހެން ބުނެލުމުން އަވްލީން ކުޑަކޮށް ފިނިވިއެވެ. “ކީކޭތޯ..؟” މުޒައިނާ ބޭނުންވީ އޭނާގެ ކަންފަތް އިމްތިހާނު ކުރަން ކަންނޭނގެއެވެ.

”މިއީ އަހަރެންގެ ދަރިފުޅު… މަރިޔަން އަވްލީން…” އިތުޤާލް ބުނެލިއެވެ. އިތުރަށް ހައިރާން ވެފައި މުޒައިނާ އެނބުރި އަވްލީންއާއި ކުރިމަތިލިއެވެ.

”ތި ދެމީހުން ހޮސްޕިޓަލަށް ގެންދިޔައިރު ފުރަތަމަ ހޭއެރީ ހައި… ދެން އެކުއްޖާ ހޭއެރީ..” ކައިޔަން އަޑު އަހަން ހުރިކަން އެނގުމުން އިކުވާން ބުނެލިއެވެ. “އަސްލު ކައިގެ ގާތު ރަނާ ލޯބިވާ ވާހަކަ ކުރިން ބުނިނަމަ މިއިން އެއްވެސް ކަމެއް ނުވީސް.. އެކަމް އެކުއްޖާދެކެ ކައިޔަން ލައިކްވީ ވަރުން ރަނާއަށް ކެތްނުވީ..” ހައިނާއަށް އިކުވާންގެ މަގުސަދު ނަގައިގަނެވުނެވެ.

”ހޫމްމް.. ހަނދާންވޭތަ އެކުއްޖާވެސް ސްކޫލްގައި މަސައްކަތް ކުރިމަތިން..؟ ކައިޔަންވެސް ރަނާވެސް ހައިވެސް މިއަހަރު ސްކޫލްގައި ޖޮބުގައި އުޅުނީމެއްނު..؟” އިކުވާން ދުރުދުރުން ކައިޔަންއަށް ކިޔައިދޭން މަސައްކަތް ކުރިއެވެ. ”ހޫމް.. ހަނދާން ވޭތަ އެއްކަލަ ދުވަސް މަތިން..؟ ބޯކޮށް ވާރޭ ވެހުނު ގަޑީ އަހަރެމެންނަށް އެކުއްޖާ ފެނުނެއްނޫންތަ..؟ ވާރޭގެ ޕަރީ.. ތެމިތެމި އެހުރީ..” އިކުވާން ރީތި ރާގެއްގައި ކިޔާލިއެވެ.

“ވާރޭގެ ޕަރީ..” ކައިޔަން ހިތާހިތުން ކިޔާލިއެވެ. “ދެން އެއްކަލަ ދުވަސް މަތިން ހަނދާންވޭތަ..؟ ރޯލްޕްލޭ..؟؟ އެ ދުވަހުން ފެށިގެންނެއްނު އެކުއްޖާދެކެ ލޯބިވާ ވާހަކަ ކައި ބުނީ..؟ ވަރަށް ރުޅިއައޭ.. އަހަރެމެން ދެމީހުންގެ ގާތުގައި ދޯ އެންމެފަހުން ބުނަން އެނގުނީވެސް…” ހައިނާ އެހެން ހާދިސާއެއް ކިޔާލިއެވެ.

“އެކުއްޖާގެ އަޅެ ހާދަ ދިގު ރީތި އިސްތަށިގަނޑެއް އޮތޭ.. މި ރަނޫވެސް ވެއްޖެއްނު އެ އިސްތަށިގަނޑު ބުރިކޮށްލަން..” އިކުވާން ބުނެލިއެވެ. “އެ ދިގު އިސްތަށިގަނޑު.. ފަންފަން ދިގު އިސްތަށިގަނޑު..” ކައިޔަންއަށް ކިޔެމުން ދިޔައެވެ.

“ހޫމް.. އެ ދުވަހުވެސް ބޮޑު އިންޖަރީއެއް ލިބުނީ ކައިޔަންއަށް….” ހައިނާ ބުނެލިއެވެ. “މަށަށް..؟؟” ކައިޔަންއަށް އެހުނެވެ. “ހޫމް.. މަ ވެސް ދެކުނީމޭ އެ ތަން.. ވަރަށް ޑީޕްކޮށް އެ ކަތުރު އޮތީ ކައިޔަންގެ ބުރަކަށިތެރެއަށް ވަދެފައި…” އިކުވާން އިތުރު ކޮށްލިއެވެ. ”ކޮން އިންޖަރީއެއްތަ..؟؟” ނުހުރެވިގެން ކައިޔަން އެންމެ ފަހުން އިކުވާންއާއި ސުވާލު ކުރަން ދާން ފަތައިގަތެވެ.

”އޭ އެ ރޭގަނޑު ވަނީ.. ވަރަށް ފިނިވޭ އެބަ.. އަވަހަށް ހިނގާ ދާން..” ކައިޔަން އަންނަ ތަން ފެނި ހައިނާ އަވަހަށް އެއްގަމަށް އަރަން ދާން ފަތައިގަތެވެ.

ޑިއުޓީ ގަޑި ނިންމާލާފައި އަވްލީން ގެއަށްދާން ނުކުތީ މުޒައިނާއާއި އެކީގައެވެ. “އަވްލީން ތީ މެޑަމްގެ ދަރިފުޅުތަ..؟ އަދި އަލަށް އަހަރެންނަށްވެސް މި އެނގުނީ މެޑަމްގެ ދަރިއެއް ހުންނަކަން..” މުޒައިނާ އަހާލިއެވެ. “ބިލީވް މީ.. އަހަރެންނަކަށްވެސް ނޭނގޭ އަހަރެންގެ އުފަން މަންމަ ދުނިޔޭގައި ހުރިކަމެއް. ކުރިން ދުވަހަކު މި އެނގުނީވެސް..” އަވްލީން އެހެން ބުނެލުމުން މުޒައިނާ ޝައުގުވެރިވިއެވެ.

“ދެން އެހެން ދުވަހަކުންދޯ ވާހަކަ ދައްކާނީ..؟ މިހާރު ގެއާއި ހަމައަށް މި އާދެވުނީ…” އަވްލީން ހީނލާފައި ގެއަށް ވަންނަން ދިޔައެވެ. މުޒައިނާ ފާޑަކަށް އެ ގެއާއި ދިމާލަށް ބަލަން ހުއްޓެވެ. އަދި ގޭގެ ނަންބޯޑުގެ ފޮޓޯއެއް ނަގާފައި ދުރަށް ދާން ހިނގައިގަތެވެ. މުޒައިނާ އެ ވިސްނަނީ ކީއްކުރަންބާވައެވެ.؟

އަވްލީން އެތެރެއަށް ވަތްތަނާ ކަމެއްމަތިން ހަނދާންވިއެވެ. ”މުޒައިނާ ފަހުން އެއްޗެއް ދައްކަން ބޭނުންވި…” އަވްލީން އެމަތި ހަނދާން ވުމާއެކީ ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލާލިއެވެ. އޭރު މުޒައިނާ ފެންނާކަށް ނެތެވެ.

ކައިޔަން ކާރު ދުއްވަމުން ގެންދިޔައީ އެމް.ބީ ބިލްޑިންގއަށް ދިޔުމަށެވެ. ކާރުތެރޭ ހުރިއިރުވެސް ކައިޔަންއަށް ވިސްނެމުން ދިޔައީ މިއަދު އިކުވާންއާއި ހައިނާ ދެއްކި ވާހަކަތައް މަތިންނެވެ .

“އެކުއްޖާ.. އެކުއްޖާއަކީ އަހަރެން ލޯބިވީ ކުއްޖާ.. އެކުއްޖާ.. އެކުއްޖާގެ މަތިން އަހަރެން ހަނދާން ނުވަނީ ކީއްވެގެންތަ..؟ އެކުއްޖާއަކީ ކާކު..؟” ކައިޔަންއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ކޮޓަރިއަށް ވަތްގޮތަށް ކައިޔަން ފެންވަރާލައިގެން އަޅި ޖިންސަކާއި ހުދު ހޫޑީއެއް ލައިގެން މިސްރާބު ޖެހީ އަލްސްޓްރާމީރިއާތައް ކުރަހާފައިވާ ކެންވާސްއާއި ދިމާލަށެވެ. އެ ކެންވާސް ހިއްލާލާފައި އޭތި އެއްފަރާތެއްގައި ބެހެއްޓިއެވެ. އަދި ދޮރު ރަނގަޅަށް ތަޅުލާފައި ކައިޔަން ބަލާލިއެވެ.

“އަވް..” އަވްލީން ކާން ނުނިކުތުމުން އަވީނާ އަވްލީންގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. އަވްލީން ދޮރު ހުޅުވާފައި އެނދަށް އެރިއެވެ. އަވްލީން ހުރީ ފިޔާތޮށިކުލައިގެ ޓީޝާޓަކާއި ދަނބުކުލައިގެ ދޫ ހަރުވާޅެއް ލައިގެންނެވެ. ”އަވް އާދޭ ކާން…” އަވީނާ އެދުނެވެ. “މަންމާ.. އަހަރެން އެ އަންހެންމީހާ އާއެކީ މެލޭޝިޔާއަށް ދާންވީތަ..؟” އަވްލީން އަހާލިއެވެ. “އަވް… އަވްގެ މަންމައާއި ދިމާލަށް އަންހެން މީހާއޭ ކިޔާ މުޚާތަބު ނުކުރޭ…” އަވީނާ ބުނެލިއެވެ.

“އެކަމަކު މަންމައަށްވެސް އެނގޭނެ ކީއްވެގެންކަން އަޅުގަނޑު އެ ޓިއުމަރ ނުނަގާ މިއުޅެނީ ކީއްވެ ކަން..” އަވްލީން އަދިވެސް އަވީނާއާއި މުޚާތަބުކުރީ މަންމައޭ ކިޔައިގެންނެވެ. “އެނގެޔޭ… އެކަމަކު އަވް.. އިތުޤާލް އާއި ދިމާލަށް އެ އަންހެންމީހާއޭ ނުކިޔާތި..” އަވީނާ ތަކުރާރުކޮށް އެދެމުން ދިޔައެވެ.

“ވިއަރޑް.. އެއީ އެލަންމެންގެ އަސްލު މަންމަތަ..؟” ޒިވީންއަށް އެހުނެވެ. ”އާނ… އެހެން ބުނީ..” އަލާން އަނގަ އޮރިކޮށްގެން އިނދެ ބުނެލިއެވެ. “އޯކޭ.. ތި ވާހަކަ ފަހަށް ބާއްވަން ހިނގާ.. ކެމިސްޓްރީ ފިލާވަޅު ނުވެސް ނިންމައެއްނު އެލަންވެސް ތިހުރީ..” ޒިވީން ކެމިސްޓްރީ ޓެކްސްޓް ފޮތް ނެގިއެވެ. ކައިޔަން އެމް.ބީ ބިލްޑިންގއަށް ގެންދިޔަފަހުން ލަހުފާ ބޭނުންވެގެން ޒިވީން ޒާއިންގެ ގާތަށް ބަދަލުވީ ޒީޝްވެސް ގޮވައިގެންނެވެ. ލަހުފާ އެހެން ބުނީ ކީއްވެގެންކަމެއް ޒިވީންއަކަށްވެސް ނޭނގެއެވެ.

“އޭތް.. ތަންކޮޅެއް މަޑުން މެޗު ކުޅެބަލަ މެޗުއަރ ކޮއްކޮގަނޑާ..!!” ޓީވީ ދޮށުގައި ފޯރީގައި ފުޓުބޯޅައިގެ ވީޑިޔޯގޭމްއެއް ކުޅެން ހުރި ޒާއިންއާއި އައިންއަށް އަޑުއިވޭވަރަށް އަލާން ގޮވާލިއެވެ. ”އޯކޭ ކުޑަބޭ..” އައިން އެހެން ބުނެލިއިރުވެސް ދެލޯ ހުރީ ޓީވީގައި ތަތްވެފައެވެ.

“އަސްލު ލަހޫދައްތަ ކީއްވެގެންތަ ޒީޝްވެސް ޒިވްއާއެކީ މިކޮޅަށް ގެނައީ..؟” އަލާން އަހާލިއެވެ. ”ނޭނގޭ.. އެކަމް މަންމަގެ ޓޯން ހުރިގޮތުން އިނގޭ ބޮޑުކަމެއް ދިމާވެގެންކަން… އެހެންނޫނަސް އެ މުޖާހިދުގަނޑު ހުރީ ވަރަށް އުފަލުން… މަގޭ ކޮޓަރި ކުއްޔަށް ދޫކުރާ ވާހަކަވެސް ދެއްކި..” ޒިވީން މުޖާހިދުގެ ނަން ބޭރުކޮށްލާ ކޮންމެ ފަހަރަކު ދަތްކުނޑި ވިކާލައެވެ. “ހޫމް.. ތިވަރަށް ރުޅިއަންނަންޏާ ކެމިސްޓްރީ ފޮތްވެސް ވީދިދާނެ..” ކެމިސްޓްރީ ފޮތުން ގަނޑެއް އަތަށް ބޮނޑި ކޮށްލެވުނުކަން ޒިވީންއަށް އެނގުނީ އަލާން އެހެން ބުނުމުންނެވެ.

ކައިޔަން އެތާ ފަހަތުން ނެގީ ކުޑަ ނޯޓްފޮތެކެވެ. އޭގެ ފުރަތަމަ ޕޭޖުގައި ކައިޔަން ވަނީ ކައިޔަންއަށް ހުވަފެނުން ފެންނަ އެކުއްޖާގެ ކުރެހުންތަކެއް ކުރަހާފައެވެ. ކައިޔަން ގަލަން ނަގާފައި އިކުވާންއާއި ހައިނާ ދެއްކި ވާހަކަތައް އެ ފޮތުގައި ނޯޓް ކުރަން ފެށިއެވެ. އަދި ޖެހިގެން އޮތް ގަނޑުގެ މެދުގައި “އެކުއްޖާއަކީ ކާކު؟” މިހެން ލިޔެލިއެވެ.

“އަވަހަށް ނިދަންވީ.. އެކުއްޖާ އަކީ ކާކުކަން އެނގެން އޮތީ އެގޮތަށް.. އެކަމަކު ރަނޫއޭ ކިޔައިގެން އިކޫމެން އެ ދެއްކީ ކޮން ވާހަކަތަކެއްތަ..؟ ރަނާ ދުވަހަކުވެސް މީހަކަށް އަނިޔާއެއް ނުކުރާނެ…” ކައިޔަންއަށް ބުނެވުނެވެ. އެނދަށް އަރާ އަނެއް ފަރާތަށް އެނބުރުނުއިރުވެސް ކައިޔަންގެ ޚިޔާލުން އެ ކަމެއް ނުދިޔައެވެ.

ހުވަފެނުގެ އާލަމަށް ކައިޔަންއަށް ދެވުނީ ހީނުކުރާހާ އަވަހަށެވެ. “ކައިޔަން..!” ކައިޔަންގެ ކަންފަތުގައި އެކުއްޖާގެ އަޑު ޖެހުނެވެ. އޭރު އެކުއްޖާ ހުރީ އިށީނދެގެން ދެ ކަކުލުގައި މޫނު ޖައްސައިގެންނެވެ. ކައިޔަން އެކުއްޖާއާއި ވަރަށް ކައިރިވިއެވެ.

އޭރު މުޒައިނާއާއި ޝަހީމާ ހުރީ އެ ކޮޓަރިތެރޭގައެވެ. “ޕޭޝަންޓްއަށް ހީވަނީ ނައިޓް ޓެރޯއަކާއި ދިމާވެގެން އުޅޭހެން…” ޝަހީމާ ކައިޔަންގެ ހަރަކާތްތަކަށް ބަލަން ހުރެފައި ބުނެލިއެވެ.

“ނައިޓް ޓެރޯ..؟؟” މުޒައިނާއަށް އެއީ އާނަމަކަށް ނުވިޔަސް އަހާލެވުނެވެ. “އާނ މުޒޭ.. ކައިޔަންގެ އެ ކޮންޑިޝަންއިން ލަފާ ކުރެވެނީ ނައިޓް ޓެރޯއެއް ކަމަށް..” ޝަހީމާ ބުނެލިއެވެ. ކުއްލިއަކަށް ކައިޔަން އެނދުގައި އިށީނެވެ. ނަމަވެސް އޮތީ ނިދާފައެވެ. “ކައިޔަން..” މުޒައިނާ ކަންބޮޑުވިއެވެ.

“އަވް.. ޕްލީޒް.. އަވް ނޫން ނުދޭ..!! އަހަރެން އެކަނިވާނެ..!” ކައިޔަން ހަޅޭއްލަވައިގަތެވެ. މުޒައިނާ ކައިޔަންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ހަމައެއާއެކީ ކައިޔަން އެނދުގައި ހަމަޖެހިގެން އޮށޯތެވެ. އެ ހުރިހާ ވަގުތެއްގައިވެސް ކައިޔަން އޮތީ ނިދާފައެވެ. ކައިޔަން ހަމައަކަށް އެޅުމުން މުޒައިނާއާއި ޝަހީމާ އެ ކޮޓަރިން ނުކުތެވެ.

“އަހަރެން ދެން ކިހިނެތްތަ ހަދާނީ..؟” ނިދާ ހެދުމާއެކީ ރަނާ ކޮޓަރިތެރޭ ހިނގަމުން ދިޔައެވެ. ކުއްލިއަކަށް ލިޔާން ކުޑަދޮރު ހުޅުވާލާފައި ވަނެވެ. “މަންމާތް..!!” ރަނާއަށް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ. ”މީ މަށޭ..!” ލިޔާން ބުނެލިއެވެ. ރަނާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލީ ދެނެވެ.

“އާދެބަލަ ދާން..” ލިޔާން އެދުނެވެ. “ލިޔާން.. ޕްލޭން ކިޔާދީފީމެއްނު..؟” ގައިގައި ރަޖާގަނޑު އޮޅާލައިގަނެ ހުރެ ރަނާ ބުނެލިއެވެ. “ހިނގާލަން ދާން..” ލިޔާން ހިނިތުންވެފައި ބުނެލިއެވެ. ”ގަޑިން އެ ދޭއް ޖަހަނިއްޔޭ..!” ރަނާ ބުނެލިއެވެ. “ކުރިން ރަނާ އަހަރެންނާއި ބައްދަލުކުރީމެއްނު ތިނެއްގެ ފަހުންވެސް…” ލިޔާން ހަށަން ބަނދެލިއެވެ.

“އަމްމްމް..” ރަނާގެ އަނގަ ބަންދުވިއެވެ. “ނުދާނަންތަ..؟” ލިޔާން އަހާލިއެވެ. ހަރަކާތެއް ނެތިފައި ރަނާ ހުރުމުން ލިޔާން ކުޑަދޮރުން ބޭރަށް ފުންމާލަން އުޅުނެވެ. “އަހަރެންގެ ކޮޓަރި މިހުރީ ދެވަނަ ބުރީގައި… ލިޔާން ކިހިނެތް މިތަނަށް ތި އެރީ..؟” ރަނާ އަހާލިއެވެ. “އަހަރެން މިއައީ އުދުހޭ ކާޕެޓް ގަނޑެއްގައެއް ނޫނޭ..!!” ލިޔާން ބުނެލިއެވެ. “ދެން ފުންމާލައިފިއްޔާ އަނިޔާވެދާނެ..” ރަނާއަށް ބުނެވުނެވެ. “އައްދޭ..! ހާދަ ކެއަރިންގްއޭ..” ލިޔާން ހީނގަނެފައި ބުނެލިއެވެ. ”ހަމަ އަސްލަށްވެސް.. ފުންމާލައިފިއްޔާ ދެން އަތެއް ފަޔެއް ބިންދައިގެން ހިނގައިދާނެ…” ރަނާ ބުނެލިއެވެ.

“އަހަރެން މިހުރީ ރަނޫ ނުކުންނަންދެން…” ލިޔާން ތިރިއަށް ފުންމާލިއެވެ. ”ނޫން..!” ރަނާ ދުވެފައި ގޮސް ކުޑަދޮރުން ބޭރު ބަލާލިއެވެ. އޭރު ލިޔާން ހުރީ އަލްޔާގެ ކޮޓަރީގައި ހުންނަ ކުޑަ ބެލްކަނީގައި އަތް އަޅުވާލައިގެންނެވެ. އެތަނުން ލިޔާން ފުންމާލިތަނާހެން ރަނާއަށް ލޯމަތީ އަތް އެޅުނެވެ.

އޭރު ލިޔާން ހުރީ ރީއްޗަށް ބިންމަތީގައެވެ. ރަނާ އަވަހަށް ހެދުން ބަދަލުކޮށްލައިގެން ރީތިވެގެން ތިރިއަށް ފޭބިއެވެ. ފެންނުވެރިޔަސް މޭކަޕްގެ އާޓިފިޝަލް ރީތިކަމުން ރަނާ އެހުރީ ފެންވަރައިގެންކަމެއް ނުވަތަ ނޫންކަމެއް ބުނެދޭން ދަތިވާނެއެވެ. ލިޔާން ރަނާއާއި އެއްވަރަކަށް ހިނގަމުން ދިޔައެވެ. އެ ފަޅުވެފައިވާ މަގުތައް ގުގުމާލާފައިވަނީ ރަނާ އާއި ލިޔާންގެ ހުނުމުގެ އަޑުންނެވެ.

ކުއްލިއަކަށް ފެނުނު މަންޒަރުން ލިޔާންއަށް ހުއްޓެން މަޖުބޫރުވިއެވެ. ކުރިމަތީ ހުރި އަންހެން ކުއްޖާގެ މޫނަށް ބަލާލާފައި ރަނާ ދެން ބަލާލީ ލިޔާންގެ މޫނަށެވެ. އެ އަންހެން ކުއްޖާ ލިޔާންގެ މޫނަށް ބަލަ ބަލާފައި ހިނގައްޖެއެވެ. ލިޔާންގެ އަބަދުވެސް ކެރުމުގެ ކުލަވަރު ހުންނަ މޫނުމަތިން ނުތަނަވަސްވެފައި ވާކަމުގެ ކުލަވަރު ފެނުމުން ރަނާ ހާސްވިއެވެ. ”އެއީ ކާކުތަ..؟ އޭނަ ކީއްވެގެންތަ މާވަރަކަށް އެ ބެލީ..؟ އޭނައަކީ މިރަށުގައި އުޅޭ ފުލުހެއް ނޫންތަ..؟ އޭނައަށް އަނެއްކާ ތީ ލިޔާންކަން އެނގުނީތަ..؟” ރަނާއަށް އެހުނެވެ.
“އެއީ.. އެއީ މުޒައިނާ….. ޖަލުގައި އުޅުނުއިރު މަށާއި ސުވާލު ކުރި ފުލުސް…” ލިޔާންއަށް ބުނެވުނެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

އަނާޔާ

Next

އަންޖަލް (6)

Next
June 13, 2020

އަންޖަލް (6)

Previews
June 13, 2020

އަނާޔާ

15 Comments!

  1. Livy says:
    June 13, 2020 at 11:00 am

    Varah Varah Varah Varah reethi ❣️?✨? maa sha Allah ?? curiously waiting waiting waiting waiting for the next part ??❤️?ly??❤️❤️

    1. yooon yoooon says:
      June 13, 2020 at 4:29 pm

      Thank u Livy dear ??? love u more ???

  2. ?Ril? says:
    June 13, 2020 at 12:32 pm

    Mi part ves varah sali. Masha Allah
    Keep it up yooon sis. When next
    Stay safe

    1. yooon yoooon says:
      June 13, 2020 at 4:30 pm

      Next ill up soon ?? Thanks Ril dear ?? love you and stay safe ????

  3. ?flower? says:
    June 13, 2020 at 6:34 pm

    Masha allah. Mi part ves varah salhi. Keep it up sis. Curiously waiting for the next part

  4. Kokki says:
    June 13, 2020 at 8:21 pm

    ޔޫން މި ބައިވެސް ވަރަށް ކަމުދޭ.. ކޮމެންޓު ނުކުރިޔަސް އަޅުގަނޑު ނެރޭ ކޮންމެ ދުވަހަކު ވެސް މި ވާހަކަ ކިޔަން.. ވަރަށް ރީތި.. ދެން އޮތް ބައި ކޮން އިރަކުންތަ ނެރެދެނީ ؟

  5. Faiherrr?? says:
    June 14, 2020 at 1:01 pm

    Not nice foni Yoon gandu Hama huvaa mi buny ??????

    1. Anonymous says:
      June 14, 2020 at 5:30 pm

      Father when veeirun nukiyaa ba mi story…. Btw this story is awesome and I love it… Yoon ehvxx fonyyeh vxx noon… She is the best…. And you are the foni gandu

    2. Anonymous says:
      June 14, 2020 at 5:31 pm

      Faiher*

    3. Anonymous says:
      June 14, 2020 at 5:31 pm

      Ehen*

    4. yooon yoooon says:
      June 16, 2020 at 2:55 pm

      um thank you ????

  6. No one says:
    June 14, 2020 at 2:12 pm

    Its been a long time since I commented this story
    Varah varah furihama. Varah reethi .
    Keep it up

    1. yooon yoooon says:
      June 16, 2020 at 2:56 pm

      Nice to hear from you after such a long time dear No one 🙂 🙂 Thanks a lot dear

  7. Anonymous says:
    June 14, 2020 at 5:32 pm

    Ehen*

    1. yooon yoooon says:
      June 16, 2020 at 2:58 pm

      Thank u for ur support anonymous.. I’m very happy to have a supporter like you 🙂

Comments are closed.

Next Episodeއެކުއްޖާ 23←


All Right Reserved!