“ނަބީލް”
އައިޒަން ގޮވާލުމާއެކު ނާޔާމެން ކައިރި ހުރި ޖޯލީގައި އޮތް ނަބީލް މަޑުހިނގުމެއްގައި އައިސް އައިޒަން އާ ގާތުގައި މަޑުކޮށްލިއެވެ. ދެޖީބަށް އަތް ޖަހާލުމާއެކު ނާޔާއާ ދިމާ ބަލައިލުމަށްފަހު ވިހަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. ތިހުރީ އަތުޖެހިފައޭ ބުނާކަހަލައެވެ.
ނަބީލް އަކީ ވެސް ބަލައިލަން ހުތުރު ޒުވާނެއްނޫނެވެ. އަލި މޫނަކާއެކު ލިބިފައި ވަނީ ކަސްރަތީ ރީތި ހަށިގަނޑެކެވެ. ކަނދުރާއަށްްވުރެ ތިރިއަށް ހުރި ނޫޑްލްސްކޮޅު ތަކެއް ފަދަ ބުޅި އިސްތަށިގަނޑު ވަނީ މައްޗަށް ނަގާ ހުޅިއެއްގޮތަށް ޖަހާލާފައެވެ. ހަތަރެސްފައިގަޔާއި ކަރު ފަޅުފިލުވާލުމަށް ޗޭނެއް އެއްޗެއް އަޅާފައި ނެތީ އަމިއްލަ އިއްޒަތް ނުވަތަ މުއްސަނދި ނުފޫޒު ގަދަ ބައްޕާފުޅުގެ ޢިއްޒަތް ރައްކާތެރިކުރަންތޯ އެއްޗެކޭ ނާޔާގެ ހިތަށްއެރިއެވެ.
ނަބީލް އަކީ މާލޭގެ މުއްސަނދި ދެމަފިރިއަކަށް ލިބިފައި ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އަދި އާއިލާގެ އެންމެ ދޮށީ ކުއްޖާވެސްމެއެވެ. ސަރުކާރުގެ މަތީ މަޤާމެއްގައި ފައިތިލަ ސާބިތުކޮށްގެން ހުރި ނަބީލްގެ ބައްޕަ ނަސީރު އަކީ ދިވެހިންނަށް އައު މޫނެއްނޫނެވެ. މީހުންގެ ކުރިމަތީ މާ ހެޔޮފުޅު ވިޔަސް އަޑިއަޑިން ކޮށްލާކަންތަކުން އެނގޭ މީހަކަށް ސިހުންލިބޭނެކަން ގައިމެވެ. ފައިސާގެ ދަޅަ ދައްކާލައިގެން މީހުން ހައްލާލުމަކީ ނަސީރުއަށް މާ އުނދަގު ކަމެއް ނޫނެވެ. ނަސީރުގެ އަންހެނުންނާއި ހަގަށް ތިބި ދެ އަންހެން ދަރިންނަށް ވެސް ހަނު ހުރުމަށް މަޖުބޫރު ވެފައިވަނީ ނަސީރުގެ އިންޒާރުގެ ބަސްބަހުންނާ އެކު އާއިލާގެ ގަދަރަށް ވިސްނާލާފައެވެ. ނަބީލް ކުރާ ކުއްތައް ވެސް އެންމެންގެ ލޯތަކަށް ކަޝްފުކޮށްލާފައި ވަނީ ނަސީރުގެ އަމިއްލަ ދެ އަތުންނެވެ. ތަނަވަސް ބައެއްކަމުން ފައިސާއިން ކަމެއް ނިންމާލުމަކީ ނަސީރުމެންނަށް މާކަ އުނދަގޫ ކަމެއް ނޫނެވެ. ނަބީލް އޭ ބުނުމުން ނޭނގޭ މީހަކު މި ރާއްޖޭގައި މަދުވާނެއެވެ. ނަބީލް އަކީ ކިހާވަރެއްގެ ކާކުކަން އެނގި ހުރެވެސް އޭނަ އާ ދެކޮޅަށް ފިޔަވަޅެއް އަޅަން ނުކެރެނީ ނަސީރުގެ ނުފޫޒުގަދަ ކަމާހެދި އެއްވެސް ކަމެއް ކުރުމަށް އޭނާ ފަސްނުޖެހޭނެތީއެވެ. މީހެއްގެ ފުރާނަ އާ ކުޅެލުމަކީ ވެސް ނަބީލް އަށް މާކަ އުނދަގު ކަމެއް ނޫނެވެ. ކުށެއްގައި ބެދި އެއްފަހަރު ނަބީލް ޖަލަށް ލާފައި ވީނަމަވެސް ގޮޅި ތެރޭ ނަބީލްއަށް ހޭދަ ކޮށްލަންޖެހުނީ އެންމެ މަހެކެވެ. ބައްޕާފުޅުގެ ލާރީގެ އެހީގާ އެތަނުން ނުކުތުމަށް މާ ބޮޑު ކަމެއް ކުރާކަށް ނުޖެހުނެވެ. ޖަލަށް ދިއުމަށް ދިމާވި ސަބަބު ވެފައި ވަނީ މިއަދާ ހަމައަށްވެސް ނަބީލްގެ ރުޅިގަނޑު ކައްކުވާލާ ސަބަބަކަށް ވެފައެވެ. ނަމަވެސް ހަނު ހުރީ ރަނގަޅު ފުރުސަތެއް ލިބެންދެނެވެ. ދުވަސް ތަކަކަށްފަހު މިއަދު ނަބީލްއަށް ވަނީ ބަދަލު ހިފުމުގެ ކޮޅުމަތި ފެނިފައެވެ. ނާޔާއާ ބައްދަލުކޮށް އެ ކުށެއްނެތް ކުއްޖާއަށް އިންޒާރުގެ ބަސްތައް އިއްވާލުމަކީ ނަބީލް ރާވާފައިވާ ރޭވުމުގެ ފެށުމެވެ.
ނަބީލް އޭ ބުނުމުން ނާޔާއަށް ވެސް ސިހުމެއް ލިބުނީ އެ ސަބަބު ތަކާ ހެދިއެވެ. ނަމަވެސް ނާޔާއަށް ވިސްނާ ވިސްނާވެސް ނޭނގުނު ކަމަކީ އައިޒަން ނަބީލް އާ އެހާ ގާތް ގުޅުމެއް އޮންނަންވި ސަބަބެވެ.” ހާއި ނާޔާ” ނާޔާ ސިއްސައިގެން ދިޔައީ ނަބީލް އޭނާގެ ނަމުން ގޮވާލުމުންނެވެ. އިސްއުފުލާ ބަލާލިއިރު އެއްއަތް އުފުލާލައިގެން ނުލަފާ ވައްތަރަކަށް ހީލައިގެން ނަބީލް ހުއްޓެވެ. ބިރަށް ވުރެވެސް ބޮޑަށް ނާޔާގެ ހިތުގައި އަޅަމުން ދިޔަ ވޭންމާ ބޮޑެވެ. އައިޒަން ސާޔާ ދެކެ ލޯބިވާކަމަށް ބުނި ބުނުން ދެންމެ ބުނި ބަހެއްހެން އަދިވެސް ކަންފަތުގެ ހިނދުރީގައި ގުގުމަމުން ދިޔައެވެ.
” ސޯ ނާޔާ ލެޓް މީ އިންޓްރޮޑިއުސް މައި ފްރެންޑް.. މީ ނަ…” “ނަބީލް.. މަށަށް އެނގޭ ތި ނަބީލްކަން އައިޒަން މަ ހުއްޓުވީ މިވަރުގެ މީހަކު މަށަށް އިންޓްރޮޑިއުސް ކޮށްދޭންތަ.. ހަހް.. ތިކަމުންވެސް ތި އެނގެނީ އައިޒަން މިހާރު ވެއްޓިފަ ތިހުރި ފެންވަރު.” ހިތުގައި އަޅަމުންދިޔަ ވޭނަކަށްް ފަރުވާލެއް ނެތި ނާޔާ އައިޒަންގެ ވާހަކަ ހުއްޓުވަމުން ވާހާކަ ދައްކަން ފެށިއެވެ. އެމީހުންގެ ކުރިމަތީ ބަލިކަށިވާން ނާޔާގެ ހިތް ހަމަހިލާ އެއްބަހެއް ނުވިއެވެ. ” ވާ ހާދަ ގަޓު ހުރި ކުއްޖެކޭ ދޯ.. އައި ވިޝް މަގޭގެ ޖީއެފްއަކަށް މި ކުއްޖާވާނެ ނަމައޭ” ދެން ނަބީލް ބުނެލި ވާހަކައިން ނާޔާގެ ހިތް ބިރުގަނެ ރުޅި އޭގެ އެންމެ މަތީ ދަރަޖައަށް ދިޔައެވެ. އެ މީހުން ތިބި ހިސާބުގައި މީހަކު ނެތުމުންވެސް ނާޔާގެ ހިތް އެކިކަހަލަ ވަސްވާސް ތަކުން ފުރި ބާރުވިއެވެ. ނަމަވެސް ދޫދޭން ބޭނުން ނުވުމުން ދަތްކުނޑި ވިކާލުމަށްފަހު ނެވާ އޭ ބުނެލީ ކެރިހުރެއެވެ. އެއާއެކު ނަބީލް އާއި އައިޒަން ހިނިގަނޑެއް ޖަހާލިއެވެ.
” ސާޔާ އާ ދެމެދު އޮތް ގުޅުން ކަނޑާލާ ނާޔާ” ކުއްލިއަކަށް އައިޒަންގެ އަޑަށް ރުޅި ވެރިކަން ވެރިވެގެން ދިޔައެވެ. ރުޅި އައިސްގެން ގޮސް އައިޒަން ހީވަނީ ދެންމެ ދެންމެ ކައިރީގައި ހުރި ޖޯއްޔަށް ހަމަލާއެއް އަރުވާލަފާނެހެންނެވެ. އައިޒަން އެހެން ބުނެލުމާއެކު ނާޔާއަށްް ހީވީ އޭނާގެ ބޮލަށް މަތީގައި އޮތް އުޑުވެއްޓުނު ހެންނެވެ. އޭ ޖުމްލަ އަޑު އިވުމުގެ ކުރިން ކަންފަތް ބީރުވި ނަމައޭ ވެސް ނާޔާގެ ހިތަށްއެރީ ކިތައްފަހަރު ކަމެއް ނޭނގެއެވެ. އައިޒަން އަށް އަދިވެސް އޭނައަށް ކުރެވުނު ވަރު ކުޑައީ ބާއޭ ނާޔާގެ ހިތަށް އެރިއެވެ. އެ ހިތުގައި އަޅާ ވޭން ހަމަ އައިޒަން އަށް ނޭނގެނީ ބާއެވެ. ސާޔާ އާ ދެމެދު އޮތް ގުޅުން ކަނޑާލުމަކީ ދިރި ހުއްޓާ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ސާޔާގެ މައްޗަށް ނާޔާގެ ހިތުގައި އުފެދިފައިވަނީ އެއަށްވުރެ މާމަތިވެރި ލޯތްބެކެވެ. އެ ދައްތަ ދެރަވާ ފަދަ ކަމެއް ކުރުމަކީ ނާޔާ ދިރި ހުއްޓާކުރެވޭނެ ކަމެއް ނޫނެވެ. އެއަށްވުރެ އެ ހިތުގައި ސާޔާއަށް ދެވިފައިވާ މަގާމު މާ މަތިވެރިއެވެ.
އިސްއުފުލާ އައިޒަން އާ ދިމާލަށް ބަލައިލި ނާޔާގެ ލޮލުގައި ވަނީ އެތައް ހާސް ޝަކުވާއަކާ ކެކުޅުމެކެވެ. ތިކަމެއް ނުވާނޭ އާދޭހާއެކު އައިޒަން ގާތު އެ ދެލޮލުން އެކަނިވެސް ބުނަމުން ދިޔައެވެ. އަދި އަމުދުން އައިޒަން އެތަނަށް ނަބީލް ގެނެސް ހުރުމުން ބޭނުން ގޮތެއް ހަދާލެވޭނެކަން އެނގި އެ ނިކެމެތި ހިތުގައި ބިރުވެރިކަމުގެ ވިންދެއްޖަހާލިއެވެ. ލޮލަށް ބޮނޑިވެފައިވި ކަރުނަ ތަކުން ނާޔާ ހިވީ ދެންމެ ދެންމެ ރޮއެގައިންފާނެ ހެންނެވެ. ނަމަވެސް ހިތްކުދިކުދި ވެފައިވާހާލު ކުރެހިފައިވާ އަޑަކުން ނާޔާއަށް އައިޒަން އާ ކޮށްލެވުނީ އެންމެ ސުވާލެކެވެ. ” ކީއްވެ؟ ” ނާޔާގެ އެ ސުވާލާ އެކު ހީވީ އަނދައަނދާ ހުރި އަލިފާންގަނޑަކަށް ދަރު އަޅާލެވުނު ހެންނެވެ. އައިޒަންއަށްް އޭނާގެ ދަތްކުނޑި ވިކާލެވުނީ އަރައިގަތް ރުޅިންނެވެ. އޭރު ކައިރީގައި މަންޒަރު ބަލަން ހުރި ނަބީލްގެ މޫނުމަތިން ފެންނަނީ މަކަރުވެރިކަމެވެ. އައިޒަންގެ މޫނުމަތިން ވެސް އެފަދަ އަސަރު ތަކެއް ފެނުނު ނަމަވެސް ރުޅިއައިސް ހުރި ވަރުން އެކަން ވަނީ ކަޝްފުވެފައެވެ. ” އަޑުއަހާ” މިހެންބުނުމަށްފަހު އައިޒަން ނާޔާއަށްް އެވާހަކަތަށް ކިޔައިދިނުމަށްޓަކައި ނާޔާ އާ ތަންކޮޅެއް ގާތަށްޖެހިލިއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.



Alhey sis varah reethi mi part vx
Speachless… Masha Allah hama???❤️❤️❤️❤️
Waiting for the next part
awwn xeen thnk u so much.. keep waiting dear insha allah nxt part day after tomrrw nge
Maasha allah vvv reethi mi part vx???… Alheyyy abadhu aizan naya dhera kurany dhw???… Dhn hama aslu ves naya e Nabeel aa gulheynetha????? Sis mi part vs vvv curious ingey???….. Btw whn nxt?????Curiously Waiting ingey hama???…. LYSM sissyy???….. Nd be safe ingey dear..???…. Keep it up!
hey Kylie dear.. i really like your comments dear.. hehee.. hmm aizan abadhu naya rohvanii ey dhw.. hingaa dhw balamaa naya ah dhn vanii kihineh tho.. alhe v curious ey dhw.. heheh..nxt part insha allah day after tomrrw.. keep waiting darl.. LYM sis.. u too stay safe dear
vvvvvvvvvvvv reethi mi part ves…..ma sha allah… keep it up kokko…waiting for the next part….
hey sis… awwn so happy mi stry ge starting sis reethi ey buniima… thnk u soooooo much for ur support.. really im so thankful sisiii … nd thanks for giving me a chance to write this stry… LYSM my beloved sister…
mi part** srry fr the typo sis
Varah Varah Varah reethi ❣️ maa sha Allah ?? curiously waiting waiting waiting for the next part ?✨?
Thank yuh Livy.. keep waiting insha allah nxt part on wednesday..
Aley haadha reechey mi part ves . Masha Allah. Ekamaku thankoleh kuree dhw mi part . Next part thankoleh dhigukohladheychey. Hope to see next part soon.
thnk yuh so much dear.. srry dear alhugandu athah thadhu vgn ulhuniima type kuran v undhangu vi ehnve kuru koh up kohlevunii… insha allah nxt part dhigukohla dheynan…
Alhey mi part ga nayaa & iyaash ge funny word eh netheema varah miss vi E 2 meehun mathin???
Sis mi vaahaka reethi kamun mihaaru neyge kiyunu adadhh vx.. Free Vaairan Hama 1 to 9 ah mi kiyanee.. Varah hih Hama jehey mi vaahaka kee ma… Eyy I think adhi loabeega varah naakaamiyaabu veema hen mi vaahaka mi kiyenee…. Ekani vaairan Hama handaan vanee mi vaahaka mathin….Anyway Sis Hama varah molhu vaahaka liyan????????
Sifakurunthan vx hama???
Lysm❤️❤️❤️
Waiting for the next part
alheyyy insha allah adhi loabiiga sis ah kaamiyaabu libeyne.. insha allah dhera gotheh nuvaane, vedhaane ehnu maa rangalhu gotheh vaan kamah vs dhw.. just put ur trust in allah dear.. insha allah adhi kaamiyaabu vaane.. awwn v ufaavehje mi vaahaka kiima dear hihh hama jehey kan inguniima.. insha allah everything will be fine soon nge dear.. dont loose ur hope.. btw thnks for ur lovely comment dear.. so glad to see those words…. keep waiting nge dear insha allah nt part on wednesday.. lym
You’re wlcm☺️
Thank you sis…….hama vedhaane Sis & Mee ge bestie bunaahen maa rangalhu gothen otheekaman❤️❤️❤️???
Thank u for u kindness
Lysm
Stay Safe
Take care
Vvvvvvvvvv reeethiii mi partt vxxx…..waiting for the nxt part…lysm
thnk yuh soo much dear.. lym
Masha Allah… Alhey mi part ves vrh vrh vrh rythi… Waiting for the next part… Lysm n tc
Kobaa tha next part
Aslu vs dhw anonymous.. Miadu Wednesday vihyaa
Kehtheri kamen vx nethee tha
Bunaa dhuvahan hama up nukurevidaane
Story liyaa kuhjaa hama ekani story eh noon liyaanee…. Geyga vx hunaane dhw kanthantan hama kuranjehey
Be patient
v bodah srry wifi kuda massala eh jehign + alhugandu kiyevun feshign ulheythii stry up nukurevign miulhenii.. ummeedhu kuran understand vaane kamah.. i knw buni date mihaaru gohsi kan bt hama kiriyaa vs hus vagutheh ibeyirah stry ge thankolhu kolhu liyamn midhanii.. insha allah miadhu alhugandu beynunvaa varah liye ninmaaleveyne dhn oih bai … so mirey submit kohladheynan nxt part… AGAIN I’M REALLY SORRY
It’s OK sis…sometimes It may happen….study well….We are waiting
thnks xeen dear for understanding… mihaaru nxt part vaanii submit kohlaafa bt adhi nuvey publish eh.. insha allah ebai v avahah kiyaalan libeyne dhn