* ކުއްލިއަކަށް ފެނުނު މަންޒަރުން ލިޔާންއަށް ހުއްޓެން މަޖުބޫރުވިއެވެ. ކުރިމަތީ ހުރި އަންހެން ކުއްޖާގެ މޫނަށް ބަލާލާފައި ރަނާ ދެން ބަލާލީ ލިޔާންގެ މޫނަށެވެ. އެ އަންހެން ކުއްޖާ ލިޔާންގެ މޫނަށް ބަލަ ބަލާފައި ހިނގައްޖެއެވެ. ލިޔާންގެ އަބަދުވެސް ކެރުމުގެ ކުލަވަރު ހުންނަ މޫނުމަތިން ނުތަނަވަސްވެފައި ވާކަމުގެ ކުލަވަރު ފެނުމުން ރަނާ ހާސްވިއެވެ. ”އެއީ ކާކުތަ..؟ އޭނަ ކީއްވެގެންތަ މާވަރަކަށް އެ ބެލީ..؟ އޭނައަކީ މިރަށުގައި އުޅޭ ފުލުހެއް ނޫންތަ..؟ އޭނައަށް އަނެއްކާ ތީ ލިޔާންކަން އެނގުނީތަ..؟” ރަނާއަށް އެހުނެވެ. “އެއީ.. އެއީ މުޒައިނާ…..” ލިޔާންއަށް ބުނެވުނެވެ. *

އޭގެ ތިން ދުވަސް ފަހެވެ. އަވްލީން ބަރާބަރަށް ކައިޔަންއަށް ސެޝަންތައް ނަގައިދެމުން ދެއެވެ. ހައިނާ އާއި އިކުވާންވެސް އެކި ގޮތްގޮތަށް ކައިޔަންއަށް އެ އެކްސިޑެންޓްގެ މަތިން ހަނދާންކޮށް ދެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ނަމަވެސް އެމީހުންގެ މަސައްކަތަށް ކާމިޔާބެއް ލިބޭހެންނެއް ހިޔެއް ނުވެއެވެ.

“ހެލޯ..!” އަވްލީން ކޮޓަރިއަށް ވަންނައިރަށް ކައިޔަން އަތް ހޫރާލައިފިއެވެ. ”މިއަދު ކިހިނެތްތަ..؟” އަވްލީން ހިތްހެޔޮ ހިނިތުންވުމަކާއެކީ އަހާލައިފިއެވެ. “ރަނގަޅޭ..” ކައިޔަން އުނގުމަތީ އޮތް ފޮތް އެނދުގައި ބާއްވާލަމުން ބުނެލިއެވެ. “ރަނގަޅަށް ނިދޭތަ..؟” އަވްލީން އަހާލިއެވެ. “އާނ.. އެކަމަކު އަދިވެސް އެއްކަލަ ހުވަފެންތައް ފެންނަނީ..” ކައިޔަން ޝަކުވާގެ ރާގަކަށް ބުނެލިއެވެ.

“ރޭ ފެނުނު ހުވަފެނުގައި ކިހިނެތް ވަނީ..؟” އަވްލީން ނޯޓްކުރާ ފޮތް ނަގަމުން އަހާލިއެވެ. “ހަމަ އެއް މަންޒަރެއް ފެންނަނީ.. ހަމަ އެ ކުއްޖާ…” ކައިޔަން ބުނެލިއެވެ.

އަވްލީން ކައިޔަންއަށް ސެޝަން ނަގާދެމުން ދިޔައެވެ. ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖެހިއެވެ. “ކާކު..؟” ކައިޔަން ގޮވާލިއެވެ. “މަށޭ.. ރަނާ..” ރަނާ ގޮވާލައިފިއެވެ. “ވަދޭ…” ކައިޔަން އެހެން ބުނެލުމުން އަވްލީން ހާސްވާ ގޮތްވިއެވެ. ރަނާ އެތެރެއަށް ވަނެވެ. ރަނާ ހުރީ ނޫ ޖިންސަކާއި އަޅި ހެދުމެއް ލައިގެންނެވެ. އިސްތަށިގަނޑު އައްސާލައިގެން ހުރުމުން ކުޑަކޮށް ތަފާތެވެ.

ރަނާ އެތެރެއަށް ވަދެ އަވްލީންއަށް ހިތްހެޔޮ ހިނިތުންވުމެއް ދިނުމުން އަވްލީން ހައިރާންވެގެން ގޮސް އަނގަ ހުޅުވޭވަރުވިއެވެ. ރަނާ އަނެއްކާ އެހެން އެ ހެދީ ކައިޔަންއަށް އޮޅުވާލަން ކަމަށް ތޯއްޗެކެވެ. “އަވްލީން.. ވަގުތުކޮޅެއް..؟” ރަނާ އެހެން ބުނެލުމުން އަވްލީންއަށް ރަނާއާއި ދިމާލަށް ބަލާލެވުނީ ތި ސުވާލު ކުރަނީ މަށާއި ހެއްޔޭ އަހާލާ ފަދަ ގޮތަކަށެވެ. ”ހްމްމް…” ރަނާ ބުނެލިއެވެ. “މަ.. މަޑުކޮއްލާ އަދި ކައިޔަންގެ ސެޝަން ނިމެން ދިހަ މިނެޓް އެބަ އޮތް..” އަވްލީން އެހެން ބުނެލުމުން ރަނާ ބޭރަށް ނުކުތެވެ. އަދި ފާރުގައި ލެނގިލިއެވެ.

އެ ވަގުތަކީ މުޒައިނާވެސް އެ ދިމާއަށް އައި ވަގުތެވެ. ރަނާ އާއި މުޒައިނާގެ ހަތަރު ކަޅި ހަމަވިއެވެ. ރަނާ ހުރީ ސުވާލުގެ ނަޒަރުން މުޒައިނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މުޒައިނާވެސް ހުރީ ހަމަ އެފަދަ ގޮތަކަށް ރަނާ އާއި ދިމާލަށް ކަޅި އަޅާލައިގެންނެވެ.

”މަންމާ އަހަރެން އެބަ އަންނަން.. ކޯކުފުޅިއެއް ގަނެލައިގެން ވަރަށް އަވަހަށް އަންނާނަން..” ބޭރަށް ނުކުންނަމުން އަފްލީން ބުނެލިއެވެ. “އޯކޭ.. މާ ލަސްތަކެއްނުވެ އަންނާތި…” އިތުޤާލް ޕެކްކުރުމުގައި އަވަދި ނެތި އުޅެމުން ބުނެލިއެވެ. ބޯ ޖަހާލަމުން އަފްލީން ނުކުންނަން ހިނގައިގަތެވެ.

“އޯކޭ… ދީފައި ހުރި ބޭސް ގަވައިދުން ކާތި.. ލަ……..” އަވްލީންއަށް ލަވްޔޫ އޭ ނުބުނެވުނީ ހަމަ ކިރިޔާއެވެ. “ލަވް ޔޫ ޓޫ…. ބާއި..!” ކައިޔަން ކޮޓަރިން ނުކުންނަމުން ލާނެތް ހިނިތުންވުމަކާއެކީ ބުނެލިއެވެ. އަވްލީން ހުރީ ހީނލަންވެސް ނޭނގިފައެވެ. ހަމަ އެހުރިގޮތަށް ހުރެ ކޮޓަރިން ނުކުންނަމުން އަވްލީން ހުއްޓުނީ ރަނާ ގޮވާލި އަޑަށެވެ. ރަނާ މަޑުކޮށްގެން ހުރިކަންވެސް އަވްލީން ވަނީ ހަނދާން ނެތިފައެވެ. ވާނީވެސް އެހެންތާއެވެ.

“ޔޫ ވަޓް..؟؟؟” ރަނާ ބުނެލި ޖުމްލައިން އަވްލީންގެ ކަޅި ނޭރީ ކިރިޔާއެވެ. “ހޫމްމް.. އެހެންވެގެން މި ބުނީ..” ރަނާ މަޑުމައިތިރި އަޑަކުން ބުނެލިއެވެ. ”އެންމެ ރަނގަޅު… ބަލާނަން.. ތެންކިއު ސޯ މަޗް ރަނާ..” އަވްލީން ބުނެލިއެވެ. ރަނާ ހިނިތުންވެފައި ދާން ހިނގައިގަތެވެ. އަވްލީން ހުރީ އަދިވެސް ވަރަށް ހައިރާންވެފައެވެ. ރަނާ އެއީ އިއްޔެ އަވްލީން މަރާނުލެވިގެން އުޅުނު އަންހެން ކުއްޖާއެވެ. ރަނާގެ ހިތް ބަދަލުވީ ކޮން ޖާދުލެއްގެ ބާރުން ކަމެއް ނޭނގެއެވެ. ނަމަވެސް އަވްލީން ﷲ ސުބުހާނަހޫ ވަތައާލާއަށް ހަމްދު ކުރިއެވެ. ރަނާއަށް ވިސްނުމުންނެވެ.

އަފްލީން ފިހާރައަށް ދިޔައީ މުޖާހިދުއާއިއެކީގައެވެ. ކާރުގައި މުޖާހިދު އެކިއެކި ގޯޅިން އަޅަމުން ދިޔައީ އެ ރަށުގެ މަގުތަކާއި ގެތައް އަފްލީންއަށް ދަސްކޮށްދެމުންނެވެ. ކައިޔަންވެސް ކާރުގައި އެ މަގަށް އެޅީ އިއްތިފާގަކުންނެވެ. ދެ ކާރުވެސް ދުއްވާފައި އައީ ބާރު ސްޕީޑެއްގައެވެ. ނަމަވެސް އެކްސިޑެންޓެއް ނުވެ ދެކާރު ވެސް ނަސީބަކުން ސަލާމަތްވިއެވެ. ”މާތްކަލާކޯ..!” އަފްލީން ކާރުން ފޭބިގޮތަށް ދިޔައީ ކައިޔަން ރަނގަޅުތޯ ބެލުމަށެވެ.

“އެކްސްކިއުޒް މީ.. އާރ ޔޫ އޯލްރައިޓް..؟؟” އަފްލީން މަޑުމަޑުން ކައިޔަންގެ ކާރުގެ ބިއްލޫރިގަނޑުގައި ތަޅާލަމުން އަހާލިއެވެ. “ޔާ އައިމް..” ކައިޔަން އެހެން ބުނެލުމުގެ ކުރިން އަފްލީންގެ މޫނަށް ބަލާލިއެވެ. ”މީ އެ ކުއްޖާތަ..؟” ކައިޔަން އަބަދުވެސް ޖީބަށް ލައިގެން ގެންގުޅޭ އެ ކުއްޖާގެ ކުރެހުން ނަގާ ބަލާލިއެވެ. އެ ކަރުދާސްގަނޑަށް ބަލާލާފައި އަފްލީންގެ މޫނަށް ކައިޔަންއަށް ނުބަލާލެވެނީސް ސޮރީއޭ ކިޔާފައި އަފްލީން ދުއްވައިގަނެފިއެވެ. “އެ ކުއްޖާއެއް ނޫން…” މާޔޫސްކަމާއެކީ ކައިޔަން ކާރު ދުއްވާލިއެވެ.

އަވްލީންއަށް މުޒައިނާ ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ރަނާ ދިޔުމުން އަވްލީން ގަސްތު ކުރީ މުޒައިނާ ފެނޭތޯ އެމް.ބީ ބިލްޑިންގ ތެރެ ބަލާލުމަށެވެ. ފެންނަ ކޮންމެ ކުއްޖަކަށް އަދި މީހަކަށް ރީތި ހިނިތުންވުމެއް ހަދިޔާ ކުރަމުން އަވްލީން ކުރިއަށް ދިޔައެވެ. “އައުޗް..” މީހެއްގެ ގައިގައި ލައިގަތް ބާރު މިނުގައި އަވްލީން ނުވެއްޓުނީ ކިރިޔާއެވެ. “އަވް..؟” ކުރިމަތީ ހުރި މީހާ ގޮވާލި އަޑަށް އަވްލީން އަށް ބަލާލެވުނީ އިޚްތިޔާރަކާ ނުލައެވެ. ކުރިމަތީ އެހުރީ މިހާ ދުވަސް ވަންދެން އަވްލީންއާއި އެކުގައިވީ ޑޮކްޓަރެވެ. ކުޑައިރުއްސުރެ އަވްލީންއަށް ޓްރީޓްމެންޓް ދެމުން އައި ޑޮކްޓަރެވެ. “ޑޮކް..!” އަވްލީންއަށް ޝަހީމާގެ ގައިގައި ބައްދާލެވުނެވެ. ޝަހީމާވެސް ދަތްޕިލަ ދިލުވާލައިގެން ހުރެ އަވްލީންގެ ގައިގައި ބައްދާލިއެވެ. ދެމީހުންވެސް ހާލު އަހުވާލު އޮޅުން ފިލުވާފައި މިދުވަހާއި ހަމައަށް ކަންތައްތައް ވެގެން ދިޔަގޮތް ކުރުކޮށް އެކަކުއަނެކަކަށް ކިޔައިދިނެވެ.

“އަވް.. އަވް އާއި ކައިޔަންގެ ގުޅުމަކީ ކޮބާ..؟” ދެ މީހުން އެއްވަރަށް ހިނގަމުން ދިޔައިރު ފުރަތަމަ ސުވާލުކުރަން ބޭނުންވީ ޝަހީމާއެވެ. “ކިހިނެތްތޯ ވީ..؟” އަވްލީން މަޑުމަޑުން އަހާލިއެވެ.

“މުޒޭ އަވްއަކަށް ނުދައްކާތަ އެޔެއް..؟” ޝަހީމާ އަހާލައިފިއެވެ. “ކޯޗެއް ނުދައްކަނީ..؟ ކުރީ ދުވަހު މުޒޭ އުޅުނޭ ކޮންމެވެސް އެއްޗެއް ދައްކާ ހިތުން..” އަވްލީން ހަނދާންވެގެން ބުނެލިއެވެ. ”މިއޮތީ… ދައްތަ އަތުގައިވެސް އެބައޮތޭ މުޒައިނާ އަވްއަށް ދައްކަން ބޭނުންވި ވީޑިޔޯތައް..” ޝަހީމާ އޭނާގެ އަތް ދަބަހުން އޭނާގެ ފޯނު ނަގާ ހުޅުވާލިއެވެ.

“ގުޑް ލަކް މުސްކުޅިޔާ..!” އައިސްފައިވާ މެސެޖު ކިޔާލާފައި ޝަހީމާ ވަށައިގެން ހޯދާލިއެވެ. އޭރު މާ ދުރުނޫން ހިސާބެއްގައި ނައުފާ ހުއްޓެވެ. ނުލަފާ ވައްތަރަކަށް ހިނިތުންވެލައިގެންނެވެ. ޝަހީމާ އެއްފަހަރު ފޯނަށް އަނެއްފަހަރު ނައުފާގެ މޫނަށް ބަލާލިއެވެ. ކުރަންވީ ކޮންކަމެއްތޯ ދެވަނަ ފަހަރަށް ވިސްނާލަން ޖެހިގެންނެވެ. “ޑޮކް..؟” އަވްލީންގެ އަޑަށް ސިހިފައި ޝަހީމާ ހިނިތުންވެލިއެވެ. އަދި ވީޑިޔޯ ޕްލޭ ކޮށްލިއެވެ.

“އަވްލީން މަށަށް އެހީވާނެބާ..؟” ގެއަށް ދިޔަ މަގުމަތީގައި ރަނާއަށް ކިޔެމުން ދިޔައެވެ. ވިސްނެމުން ގެންދެވުނީ ރަނާއަށް އަވްލީންއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތާއި ދޭތެރޭގައެވެ. “އޯ މައި ގޯޑް… އައިމް އަ މޮންސްޓަރ..!” ރަނާއަށް މޫނުގައި އަތް އެޅުނެވެ. އަވްލީންގެ ލޮލަށްކަތުރު ކޮށްޕާލަން އޭނައަށް އުޅެވުނު ގޮތް ހަނދާންވުމުންނެވެ. އަދި އަވްލީންއަށް އެ ފަޅުގެތެރޭގައި ދެވުނު އަނިޔާތައް މަތިން ހަނދާން ވުމުންނެވެ. ”ވިލް ޝީ..؟” ރަނާއަށް ވިސްނާލެވުނެވެ.

“ތީ ހަމައަސްލުވެސް ކައިޔަން ނިދާފައި އޮވެގެން..؟؟” ޝަހީމާއާއި މުޒައިނާ ވެގެން ނަގާފައިވާ ވީޑިޔޯތައް ބަލަމުން އަވްލީންއަށް އެހުނެވެ. “މިއީ ހަމަ ރޭގައި ކޮށްފައި ހުރި ވީޑިޔޯއެއް.. ޑޮކްއަށް ހީވަނީ ކައިޔަން ނިދާފައި އޮންނަ ވަގުތު ޕާސްޓް އިވެންޓްތައް މަތިން ހަނދާންވާން ފަށަނީއޭ….” ޝަހީމާ ވީޑިޔޯއަކަށްފަހު ވީޑިޔޯއެއް އަވްލީންއަށް ދައްކަމުން ދިޔައެވެ. “އެހެންވެގެންތަ ތި ސުވާލުކުރީ އަވް އާއި ކައިޔަންގެ އޮންނަނީ ކޮން ގުޅުމެއްހޭ ކިޔާފައި..؟” އަވްލީން އަހާލިއެވެ. “އާނ.. ކައިޔަން އަވްގެ ނަމުން ކިޔާފައި ނިދީގައި ނުގޮވާ އެންމެ ރެއެއްވެސް ނުދާނެ..!” ޝަހީމާ އެހެން ބުނެލުމުން އަވްލީންއަށް ޝަހީމާގެ މޫނަށް ބަލާލެވުނެވެ.

ލަހުފާ ކައްކަން ހުއްޓެވެ. މުޅި ބަދިގެތެރޭ ފެތުރިފައިވަނީ ސްޕެގެޓީގެ މީރު ވަހެވެ. “ލަހުފާ..!” ލަހުފާ ގެ ނަމުން ގޮވަމުން ބާރަށް މުޖާހިދު އައިސް ބަދިގެއަށް ވަނެވެ. “ކޮބާތަ ކައިރި ރަށުގައި އަހަރެން ކުއްޔަށް ދީފައި ހުރި ގެއިން ކުލި ލިބިއްޖެތަ..؟” މުޖާހިދު އެހެން އަހާލުމުން ލަހުފާ ފޫހިވާ ގޮތްވިއެވެ. “މަށަކަށް ނޭނގޭ..” ފަރުވާކުޑަ ރާގެއްގައި ލަހުފާ އެހެން ބުނެލުމުން އަލުން ކައްކަން ފެށިއެވެ.

“ލަހުފާ..!” މުޖާހިދު ރުންކުރުވިއެވެ. “ކުލި.. ކުލި.. އަބަދު ކުލީގެ ވާހަކަ ނޫން އެހެން ވާހަކައެއް އަހަރެންގެ ގާތުގައި މުޖާހިދު ދެއްކި ދުވަހެއް ބުނެބަލަ.. ހީވަނީ އަހަރެން މީ އޭޓީއެމްއެއް ހެން…” އައި ރުޅިން ލަހުފާ އެނބުރުނެވެ. “އޭތް މަ މި ވާހަކަދައްކަނީ.. ކަލޭ އަޑުއަހާފައި މަށަށް ޖަވާބުދީ..” މުޖާހިދު އަތް މަޅާލި ގަޑީ ލަހުފާ ސަލާމަތްވީ ހަމަ ކިރިޔާއެވެ.

“ކޮބާހޭ މަށަށް ލިބެންޖެހޭ ތިރީސްހާސް ރުފިޔާ..؟ މިއަދަކީ އެގެ ކުއްޔަށް ހިފައިގެން އުޅޭ މީހުން ކުލި ދައްކަން ޖެހޭ ދުވަހޭ..!” މުޖާހިދު އަޑު ބާރުވިއެވެ.

“އަހަރެންނަކަށް ނޭނގެ..” ލަހުފާ ނޭނގެޔޭ ނޭނގެޔޭ ބުނަމުން ދިޔަވަރަކަށް ހީވީ މުޖާހިދުގެ ބޮލުން ދުން ނުކުންނަމުން ދިޔަހެންނެވެ. “ކަލެއަށް އެނގޭނެ.. މަ ބުނެފައި އޮންނާނީ އެ މީހުން ކުލި ހަވާލު ކުރަން ޖެހޭނީ ލަހުފާއަށޭ.. އެނގޭނެ.. ބުނޭ..!” މުޖާހިދު ލަހުފާގެ އިސްތަށިގަނޑުގައި ހިފިހިފީނުން ބިންމައްޗަށް ވައްޓާލިއެވެ. “އަ..އްސަލާމުއަލަ..އިކުމް..؟” ބަދިގޭގެ ދޮރު ކުރިމަތިން މީހަކު ސަލާމްގޮވި އަޑަށް މުޖާހިދު ބަލާލައިފިއެވެ. “ކުލި ދައްކަން..ވެގެން…” އެމީހާ ހުރީ އެއްވެސް މަންޒަރެއް ނުފެންނަ ކަމަށް ހަދާލައިގެންނެވެ.

“ހައް.. ކަލޭ ދުއްވައިގަންނާނެ އަހަރެން މަރުމަތީ އޮއްވާވެސް ކަލެއަށް ލާރިގަނޑެއް ލިބޭނޭ ބުނެފިނަމަ ދޯ..؟” މުޖާހިދުގެ އަވަސް ފިޔަވަޅުތަކަށް ހުއްޓުމެއް އައީ މަލާމާތުގެ ރާގެއްގައި ލަހުފާ އެހެން ބުނެލި އަޑު އިވުމުންނެވެ. “ކަލޭ ގޮސް ބޭރު ޖޯލީގައި މަޑުކުރޭ.. މީހެއްގެ ކައިރީ މި ވާހަކަ ކިޔައިފިއްޔާ ކަލޭގެ ބޯ ހިޔާވަހިކަން ގެއްލޭނެކަން ހަނދާން ބަހައްޓާތި..!” އެމީހާގެ މުލައްދަނޑީގައި ހިފާ ބޭރަށް ނެރިފައި މުޖާހިދު އައިސް ލަހުފާގެ ކޯތާފަތް މައްޗަށް އެތިފަހަރެއް ވީއްލާލައިފިއެވެ.

“އާނ.. ކޮންމެވެސް ދެ މީހަކު އަހަރެންދެކެ ގައިމު ފައިސާއަށްވުރެ މާ ލޯބިވާނެ ވިއްޔާ..” ލަހުފާ އެހެން ބުނުމުން މުޖާހިދު މަލާމާތުގެ ހިނިގަނޑެއް ޖަހާފައި ލަހުފާ ޓައިލްސްތައް މައްޗަށް ވައްޓާލިއެވެ. “ކަލޭގެ ކައިޔަންއާއި ޒިވީންގެ ވާހަކަތަ ތި ދައްކަނީ..؟” މުޖާހިދު އަހާލިއެވެ. ”ކައިޔަންއާއި އޭނަގެ ވާހަކަ މި ދައްކަނީ.. ޒީޝްގެ ބައްޕަގެ ވާހަކަ..” ލަހުފާ އެހެން ބުނެލުމުން މުޖާހިދުގެ ބޮލުގައި ހީވީ މީހަކު ހަރު އެތިގަނޑަކުން ޖެހި ހެންނެވެ. ”އެހެންވެގެންތާ ޒީޝްގެ ކޮލަށް އަޑިކޮޅެއް އަރާފައި އެ ހުންނަނީ… ހުންނަ ނުލަފާކަން ބަލާބަލަ..!” މުޖާހިދު ރަށު އެންމެން އެގެއާއި ހިސާބަށް އަންނާނެހާ ބާރަށް ހަޅޭއްލަވައިގަތެވެ. “މަގޭ އަޝާންވެސް މަ ދޫކޮށްފައެއް ނުދުއްވައިގަންނާނެ ލާރި ލިބެނީއޭ ކިޔާފައި..” ލަހުފާ އެހެން ބުނެލުމުން މުޖާހިދު ގޮށްމުއްކަވާފައި ފާރަށް އެތިފަހަރެއް ޖެހިއެވެ. ދެންމެ ޔަގީނުންވެސް ފާރުގައި ރެނދެއް ލާނެއެވެ.

ލަހުފާ ހީކުރިގޮތާއި ޚިލާފަށް މުޖާހިދު ބާރު ހިނގުމެއްގައި ގެއިން ނުކުތެވެ. “ހަލޯ..؟ ކަލޭމެންނަށް ޖީ.އެޗް.ބީ ލިބިއްޖެތަ..؟ ނުލިބެންޏާ ލިބޭތޯ މަސައްކަތްކުރުން ހުއްޓާލާ..!” މުޖާހިދު އެމް.ބީ ބިލްޑިންގ އަށް ގުޅައިގެން ހުރެ ވާހަކަ ދައްކަމުން ގެންދިޔައެވެ. “އެންމެ ރަނގަޅު…. އެކަމަކު ކުއްލިއަކަށް ކީއްވެގެންތޯ ތި ޕްލޭން ބަދަލު ކުރެއްވީ..؟ ކައިޔަންއަށް ޖީ.އެޗް.ޕީ ޔޫސް ކުރާ ގޮތަށެއްނޫންތޯ ކުރިން ނިންމެވީ..؟” އެކޮޅުން މުޖާހިދުގެ ކަންފަތުގައި ޖެހުނީ ނައުފާގެ އަޑެވެ.

“ބިކޯޒް…..” މުޖާހިދުގެ އަޑުގެކޮޅަށް ހީނގަތެވެ. “ޔޫ އާރ ގޮއިންގް ޓޫ ކިލް ހިމް ޓުނައިޓް..!” ފަހު ބަސް އިއްވާފައި މުޖާހިދު ފޯނު ކަނޑާލިއެވެ. ނަމަވެސް އެ ވާހަކަތައް ދެވަނަ މީހެއްގެ ކަންފަތާއި ހަމައަށް ފޯރިކަމެއް މުޖާހިދު ނުދަނެ ހުއްޓެވެ.

**************

“އަނހަ.. ޑޮކްޓަރ ޝަހީމާ..؟ އަވްލީން..؟” މުޒައިނާގެ އަޑަށް ވީޑިޔޯއަށް ގެއްލިފައި އިން ޝަހީމާ އާއި އަވްލީން ބަލާލިއެވެ. މުޒައިނާ ލައިގެން ހުރީ ފައިތިލައާއި ހަމައަށް އަރާވަރުގެ ޑެނިމް ހެދުމެކެވެ. އެ ހެދުމާއި ގުޅޭގޮތަށް މުޒައިނާ އަޅައިގެން ހުރީ މަޑު ފިޔާތޮށި ކުލައިގެ ޝޯލްއެކެވެ. ހަންގަނޑާއި ގުޅޭފަދަ ނޫޑް ލިޕްސްޓިކެއް ޖައްސާލާފައި ހުރުމުން މުޒައިނާއާއި ގުޅެއެވެ. ނަމަވެސް އާދައިގެ މަތިން މުޒައިނާ ހުރީ އޭނަ އަރާ ކްރީމް ކުލައިގެ ފައިވާނަށް އަރައިގެންނެވެ.

“މުޒޭ.. މިހާރު ހުން އެއްކޮށް ފިލީތަ..؟” ޝަހީމާ އަހާލިއެވެ. “މުޒޭ ބަލިވީތަ..؟” އަވްލީން އަހާލިއެވެ. ”ހްމްމް.. ކުރީ ދުވަސްތަކުގައި ނާދެވުނީ އެހެންވެ.. ޑޮކްޓަރަށް ދެއްކީމައި ބުނީ ޑެންގީ ހުމޭ.. އެހެންވެ ނައީވެސް…” މުޒައިނާ ހީނލާފައި އަވްލީންމެންނާއި އަރާ ހަމަކުރިއެވެ.

“މިހާރު އެއްކޮށް ރަނގަޅުތަ..؟ ގޭގައި އަރާމުކުރާށޭ ޑޮކްޓަރއެއް ނުބުނޭތަ..؟” ޝަހީމާ މުޒައިނާއާއި ދޭތެރޭ އަޅާލާވަރު އެ ބުނި ޖުމްލައިން އެކަނިވެސް ދައްކުވާދެއެވެ.

“ހްމް މިހާރު ރަނގަޅޭ…” މުޒައިނާ ކުރިއަށް ދިޔަވަރަކަށް ދެފަރާތް ހޯދަމުން ގެންދިޔަކަން އަވްލީން އަށް ފާހަގަވިއެވެ. “މުޒޭ ކޯޗެއްތަ ތި ހޯދަނީ..؟” އަވްލީން އަހާލިއެވެ. މުޒައިނާ ސިހިފައި އަވްލީންގެ މޫނަށް ބަލާލިއެވެ. “އެއްޗެއް ނުހޯދަމޭ..! ކޮބާތަ މިތާ އުޅޭ މީހުން..؟ ޓްރީޓްމެންޓް ދޭން ފެށީތަ..؟” މުޒައިނާ އަހާލިއެވެ. ނަމަވެސް އެ އަޑުގައިވާ ނުތަނަވަސްކަން އަވްލީންއަށް ފޮރުވޭގޮތެއް ނުވިއެވެ. ”މިހާރު ފަށާފާނެ.. އަހަރެންވެސް މި ދަނީ.. އަވް.. ދިޔުމުގެ ކުރިން ޑޮކްއާއި މީޓް ކުރާތި..” ޝަހީމާ ބުނެލިއެވެ. އަވްލީން ބޯ ޖަހާލާފައި މުޒައިނާއާއި އެކީގައި ދާން ހިނގައިގަތެވެ.

“އަވް.. އެ ދުވަހުގެ ފަހުން އެއިން އެއްވެސް މީހަކު އަވްއަށް ކަމެއް ކުރިތަ..؟ މިބުނީ ނައުފާމެންގެ ވާހަކަ..” މުޒައިނާ އަހާލައިފިއެވެ. އަވްލީން ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. “ލި..ޔާ..ން..” މުޒައިނާ ލަސްލަހުން އެ ނަން ކިޔާލުމުން އަވްލީން ހުއްޓިފައި މުޒައިނާއަށް ބަލާލިއެވެ. “ލިޔާންއޭ..؟” އަވްލީންއަށް އެހުނެވެ. “އާނ… މިރަށުގެ ކްރިމިނަލް ލިޔާން.. އޭނަ ޖަލުން ފިލި ވާހަކަ އަވް އަޑެއް ނާހަންތަ..؟” މުޒައިނާ ދުރުދުރުން އޮޅުން ފިލުވޭތޯ މަސައްކަތް ކުރަން ފެށިއެވެ.

“ނާހަން..” އަވްލީން ދެމުން ދިޔައީ ކުރު ޖަވާބުތަކެކެވެ. “ރަނާގެ ކަމެއްބާ..؟” އަވްލީންއަށް އެހެން އެހުނީ ވައިއަޑުންނެވެ. މުޒައިނާގެ ތޫނު ކަންފަތާއި ހަމައަށް މި އަޑު ފޯރިއެވެ. އިތުރު ސުވާލުތަކެއް ނުކޮށް މުޒައިނާ ރޫމް ބާވީހަށް ވަނެވެ. އަވްލީން ހިނގައިގަންނަން އުޅެނިކޮށް ކައިޔަންގެ މެސެޖެއް އައެވެ. ”އާދެބަލަ.. އެބައޮތް އެއްޗެއް ދައްކަންވެފައި…” ކައިޔަން މެސެޖް ކޮށްފައި އޮތުމުން އަވްލީން ބޭނުންވީ އިހަށް ކައިޔަންގެ ގާތަށް ދާށެވެ.

”މިއޮތީ އޭތި.. މިއީ އަހަރެމެންނަށް އޮތް ފަހު ގޮތަކީ..” އިކުވާން ހައިނާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އިކުވާން ސައިކަލަށް އަރާ ނައްޓާލިއިރު ހައިނާގެ އަތުގައި އޮތީ ކައިޔަން ކުރިން ބޭނުން ކުރި ފޯނެވެ.

އަވްލީން ގޮސް ރޫމްގައި ޖަހާލިތަނާ ކައިޔަން ދޮރު ހުޅުވިއެވެ. އަވްލީން ވަނުމުން ކައިޔަން ދޮރު ތަޅުލިއެވެ. އަދި ގޮސް ކުޑަދޮރުގެ ކައިރީ އިށީނެވެ.

އޭރު އިރު އޮއްސެން ދަނީއެވެ. ފަޒާގައި ފިނިކަން ގަދަވާން ފަށައިފިއެވެ. އެ އުޑުމަތީގައި އެކުވެފައިވާ ރަތާއި އޮރެންޖާއި ރީނދޫ ކުލަތައް ފިހިގަނޑަކުން އެންމެ ކުޅަދާނަ ކުރެހުންތެރިޔާއަށްވެސް ނުކުޅަދާނަ ވާނެއެވެ. އެހާވެސް އެ މަންޒަރު ހިތްގައިމެވެ.

“އަވްލީން..” އެ މަންޒަރަށް ގެއްލިފައި އިންދާ ކައިޔަން ގޮވާލީ ވަރަށް ސީރިއަސް ރާގަކަށެވެ. “ފޯރ ދަ ލާސްޓް ޓައިމް.. ޑިޑް އައި ނޯ ޔޫ ބިފޯރ..؟” ކޮންމެ ސެޝަނެއްގައިވެސް ކައިޔަން އެ ސުވާލު ކުރަމުން ގެންދާތީ އަވްލީން ވަނީ އެއަށް ހޭނިފައެވެ. އެހެން ފަހަރުތަކުގައި ކޮންމެވެސް ޖަވާބަކުން ފުއްދާލަމުން އައި އަވްލީން މިފަހަރު ހަނުހިމޭންކަން އިޚްތިޔާރު ކުރުމުން ކައިޔަންއަށް ކޮންމެވެސް އެއްޗެކޭ ހީވިއެވެ. “އަވް.. އަހަންނާއި ވާހަކަ ދައްކަބަލަ.. އަހަރެން އަވް ޚިޔާރު ކުރީ އަނގައިގައި ޒިބު އަޅުވައިގެން ހުންނާކަށެއް ނޫނޭ..!” ކައިޔަން އަވްލީންގެ ގާތުގައި ދެ ކަކޫ ޖަހައިގެން އިށީނދެ އަވްލީންގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

“ބޮސް ބުނެފައި އޮތީ މި ކަން ކޮށްފިއްޔާ ލައްކައިން ލައްކައިން އަހަރެމެންނަށް ފައިސާ ދޭނަމޯ…” ނައުފާ އެތަނުގައި ހުރި ދެތިން މީހަކާއި ވާހަކަ ދެއްކިއެވެ. އޭރު މުޖާހިދުވެސް އެތަނުގައި ހުއްޓެވެ. “ވާނެ..؟” މުޖާހިދު އެހެން އަހާލުމުން އެތަނުގައި ތިބި މީހުންތައް ބޯ ޖަހާލިއެވެ. ”ކައިޔަންގެ މަރު މަށަށް ސާބިތު ކުރެވެން ވާނެ.. އެ ލަހުފާއަށް ވިސްނޭނީ އޭރުން…!!” މުޖާހިދު ހުރީ ހަމައިގައެއް ނޫނެވެ. މީހުންނަށް އޭނަގެ ހުރި ބާރުވެރިކަން ދައްކާލަން މުޖާހިދު ކޮށްފައި ނުކުރާ ކަމެއް ނޯންނާނެ ކަން ސާބިތު ކޮށްދޭން ބޭނުންވަނީއެވެ.

“މިއޮތީ މިއަދު ހައިނާ އާއި އިކުވާން މަށަށް ދިން ފޯނު.. އެމީހުން ބުނި ގޮތުގައި މީ އިރެއްގައި އަހަރެންގެ ފޯނެއް..” ކައިޔަން ޝެލްފްއަކުން އެ ފޯނު ނެގިއެވެ. ”ޕާސްވޯޑް މަތިން އަހަރެން ވަގުތުން ހަނދާންވި.. އެކަމަކު އެއީ ކީއްވެ..؟ މީ އަހަރެން ދުވަހަކުވެސް ބޭނުން ކުރި ފޯނެއްކަމަށް ހަނދާނެއް ނެތް..” ކައިޔަން ބުނެލިއެވެ. “ބަލާބަލަ.. މީ އަހަރެން ކޮން އިރަކު ނެގިހާ ފޮޓޯތަކެއް..؟ ކީއްވެގެން އަވްލީން ފޮޓޯވެސް މީގައި ހުންނަންވީ..؟” ކައިޔަން ސުވާލަކަށްފަހު ސުވާލެއް އަވްލީންއާއި ކުރިމަތި ކުރުވަމުން ގެންދިޔައެވެ.

“އައިވް މެޓް ޔޫ ބިފޯރ.. ޔަގީން.. ބަލާބަލަ.. މި ފޮޓޯގައި މިހުރީ އަހަރެމެން ދެމީހުންނެއް ނޫންތަ..؟ ރިސޯޓްގައި.. އޭރު އެކަމް އަވްގެ އިސްތަށިގަނޑު ދިގު.. މިހާރު ކުރު.. އަދި ބަލާލަ މިހިރަ ވީޑިޔޯއެއް.. މިއީ އެ ދުވަހު މޫދުގައި އިކުވާން އާއި ހައިނާ ދެއްކި ވާހަކަތަކާއި ގުޅުން ހުރި ވީޑިޔޯއެއް ނޫންތަ..؟ މީގައި ރަނޫއެއް ނޫންތަ އަވްއަށް އެ އަނިޔާ ކުރަނީ..؟ މި ވީޑިޔޯގައި އަވްގެ އިސްތަށިގަނޑު ކުރު.. މާނައަކީ ސަމްތިން ހެޕެންޑް އިން ބިޓުވީން… އަވް ޕްލީޒް.. ޑޯންޓް ޓޭކް މީ އޭޒް އަ ފޫލް.. ކުރިން ކޮންމެވެސް ކަމެއް ހިނގި.. ވައި ކާންޓް އައި ރިމެންބަރ..؟؟ އަވް.. ހެލްޕް މީ..” ކައިޔަން އެއްފަހަރާ އެތައް އެއްޗެއް ކިޔާލިއެވެ.

އަވްލީން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “ކައި….” އަވްލީންގެ ދުލުން ބޭރުވިއެވެ. “އަހަރެމެން ކުރިން ބައްދަލުވި.. ވީ ވާރ ވެރީ ކްލޯޒް… އަހަރެންނަށް ހީވަނީ އަވް އާއި އެންމެން އަހަރެންނަށް ކޮންމެވެސް ކަމެއް އެބަ ފޮރުވައޭ..” ކައިޔަން އަވްލީންއާއި ދިމާލަށް ބަލާލިއިރު ލޮލުގައިވަނީ ޝަކުވާގެ ކުލަވަރެވެ.
“ޕްލީޒް.. އަވް….” ކައިޔަން އެހެން ބުނެލާއިރަށް އަވްލީން ހިފާއްޓައިގެން ހުރި ކަރުނަތައް ވަގުތުން ކޯތާފަތް މަތިން ތިރިއަށް ނީރާލިއެވެ. “އަވް.. އެންމެންވެސް އަހަންނަށްދޮގު ހަދަނީ.. އެންމެވެސް އަހަންނަށް އޮޅުވާލަނީ.. ޕްލީޒް.. އެ އެންމެންގެ ތެރެއިން ވާ މީހަކަށް އަވް ނުވެބަލަ.. ޓެލް މީ ދަ ޓްރުތް..!” ކައިޔަން އަވްލީންގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.

“އިންޓްރަޕްޓް ކުރެވެންޏާ ސޮރީ..!” ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް މީހާގެ މޫނު ފެނިފައި އަވްލީން އާއި ކައިޔަން ދިޔައީ ސިއްސައިގެންނެވެ. ދެލޯ އުނގުޅާލާފައި ދެވަނަ ފަހަރަށް ބަލާލަން ޖެހުނީވެސް ޔަގީން ކުރުމުގެ ނިޔަތުގައެވެ. އެމީހާގެ އަތުގައި ވިދަވިދާ އޮތް ތޫނު ވަޅިން ކޮންމެވެސް ކަމެއް ގޯސް ވާން އުޅޭކަމަށް ދެ މީހުންނަށްވެސް އެނގެން ނެގީ މަދު ސިކުންތު ކޮޅެކެވެ.

”އަހަރެން އަވްލީން މަގުން އެއްފަރާތް ކޮށްލާނަން.. ކޮލެޖްގެ ފައިވް އަހަރުތެރޭ ވީ ޑޭޓެޑް.. ޝީ ވޭސްޓެޑް މައި ލައިފް.. އަހަރެންގެ ހަޔާތުން ދުވަސްތަކެއް ބޭކާރު ކޮށްފައި އަވްލީންއަކަށް އެހެނެއް ނޫޅެވޭނެ..” ލިޔާން މަޑުމަޑުން ކިޔަމުން ގެންދިޔައެވެ. ރަނާ ހުރީ ލިޔާން އުޅެމުންދާ ގޭގައެވެ. އެ ވަގުތުގެ ގޮތުން ލިޔާންގެ އަތުގައި ފައިސާ ނެތުމުން ކައްކާދެނީ ރަނާއެވެ.

“ގައިމު ރަނޫ މަގޭ ގާތު ބުނީމެއްނު ކައްކާކަށް ނޭނގެޔޭ..؟ މިހާރު ތި ކީއްކުރަނީ..؟” މޭޒުދޮށުގައި އިށީނދެގެން އިނދެފައި ލިޔާން އެއްސެވެ. “މީ ނޫޑްލްސްއެއްނު..؟ ނޫޑްލްސް ކައްކަން އެނގެޔޭ…” ރަނާ ކައްކަމުން ބުނެލިއެވެ. މުޅިތަނުގައި ހިފާލާފައިވަނީ ކޮއްތުމީ ނޫޑްލްސްގެ މީރު ވަހެވެ. “އްމްމް.. ރަނޫއާއި ކައި މެރީކުރިޔަސް މަށަށް ކައްކަދޭން އަންނާނަންދޯ..؟” ސަމާސާއަކަށް ހަދާފައި ލިޔާން އެ ބުނި ޖުމްލައާއި ދޭތެރޭ ރަނާއަށް ވިސްނާލެވުނެވެ. “ހޫމް..” ބުނާނެ ރަނގަޅު އެއްޗެއް ނުވިސްނުމުން ރަނާ ލައްވާލީ ހަމައެކަނި ހޫމްއެކެވެ. “ރަނޫގެ އަތުގައި ލާރި ހުރިއިރު ކީއްވެގެންތަ އޯޑަރ ނުކުރީ..؟” ލިޔާން އަނެއްކާވެސް ސުވާލު ކޮށްލިއެވެ.

”އަހަރެން ކެއްކި ނޫޑްލްސް ކެއި ފުރަތަމަ މީހާގެ ޝަރަފް ލިޔާންއަށް ދޭންވެގެން..” ރަނާ ބުނެލިއެވެ. ކައްކާ ނިމުމުން ދެ ތައްޓަށް ނޫޑްލްސް އަޅައިގެން ރަނާ ގޮސް އިށީނެވެ. ލިޔާން އަވަހަށް ކާންފެށި ގޮތުން ހުރީ ވަރަށް ބަނޑުހައިވެފައިކަން އެނގެއެވެ. “އްމްމް ވަރަށް ވަރަށް ވަރަށް މީރު..” ލިޔާން ދޫ ބޭރަށް ނެރިލަމުން އެއްލޯ މަރާލިއެވެ.

“މުޒޭ..؟ މިތާ ކީއްތިކުރަނީ..؟ ތީ ކޮން ވަޅިއެއް..؟” އަވްލީންއަށްވުރެ ކުރިން ކައިޔަން އަހާލިއެވެ. އަވްލީންވެސް ހުރީ ވާނުވާގައެވެ. “އަވްލީން.. ކައިޔަން.. ސުވާލު ގިނަ ނުކޮށް މި ތަނުން ނުކުމެގެން ދޭ.. އަވަސްކުރޭ…!” މުޒައިނާ ހުރީ ޑެނިމް ހެދުން ކަކުލާއި ހަމައަށް ނަގާ ގޮށް ޖަހާލައިގެންނެވެ. ”އެކަމް…….” ”އަވަސް ކުރާށޭ..!!” އަވްލީން އެއްޗެކޭ ނުބުނަނީސް މުޒައިނާ ބާރަށް ބުނެލިއެވެ.
“އޯކޭ.. އޯކޭ..” އަވްލީން އެހެން ނުބުނަނީސް ކައިޔަން އަވްލީންގެ އަތުގައި ހިފާ ދުއްވައިގަނެފިއެވެ. ”އަވް.. ކީއްވެގެންތަ އަހަރެންގެ ހިތް އަވް ރައްކާތެރިކުރާށޭ ބުނަނީ..؟” ދުވަމުންވެސް ކައިޔަން ފެށީ އެ ވާހަކައެވެ. “އަވް.. ވަޓް ހެޕެންޑް ޓު މީ..؟ އަހަރެންގެ ބުރަކަށީ މިހުރީ ކޮން ލަކުނެއްތަ..؟؟” ކައިޔަން ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ގެންދިޔައެވެ. “އެހުރީ..” މީހަކު ހަޅޭއްލަވައިގަތް އަޑަށް ކައިޔަން ހުއްޓުނެވެ.

އަވްލީންގެ ފޯނު ވައިބްރޭޓްވިއެވެ. “އަވަސް ކުރޭ.. ދުވޭ..! އެ މީހުން އެ އަންނަނީ ކައިޔަން މަރާލަން ވެގެންނޭ..!!!” ފޯނަށް އައިސްފައި އޮތް މެސެޖުގައި މުޒައިނާ ކެޕިޓަލް އަކުރުން ލިޔެފައި އޮތެވެ. މުޒައިނާއަށް އަވްލީންގެ ނަންބަރު ލިބުނީ ކިހިނެތް ހެއްޔެވެ.؟ އަވްލީން ދެލޯ ބޮޑު ކޮށްލާފައި ކައިޔަން އާއި ދިމާލަށް ބަލާލިއެވެ. އަދި ކައިޔަންގެ އަތުގައި ހިފާ އެމް.ބީ ބިލްޑިންގ ގެ ފަހަތު ދޮރުން ބޭރަށް ނުކުންނަން ދުއްވައިގަނެވުނެވެ.

“އަވް.. ކިހިނެތްތަ މި ވަނީ..؟” ކައިޔަންވެސް އަވްލީން އާއި އެއްވަރަކަށް ދުވަން މަސައްކަތްކުރިއެވެ. އަވްލީން ހުރީ މުޒައިނާ ކޮށްފާނެ މެސެޖަކަށް ބަލަބަލައެވެ. ކުއްލިއަކަށް ނޮޓިފިކޭޝަން ލިބުނެވެ. އަވްލީން މެސެޖް ކިޔާލިއެވެ. “އެއީ މި ބިލްޑިންގ ގައި އުޅޭ މީހުން.. ކައިޔަންގެ ދޮންބައްޕަ ވަނީ އެމީހުންނަށް ފައިސާ ދީފައި.. އެ މީހާ ބޭނުންވަނީ ކައިޔަން މަރާލަން..!” މުޒައިނާ ކޮށްފައިވާ މެސެޖް ފެނިފައި އަވްލީންގެ ހިތް އިރައިގެން ދިޔަ ކަހަލައެވެ.

ދެ މީހުންނަށްވެސް އެމް.ބީ ބިލްޑިންގ އިން ބޭރަށް ނުކުމެވުނެވެ. “ކައިޔަން އަވަސް ކޮށްބަލަ..!” ކައިޔަންގެ ކާރަށް އިޝާރާތް ކުރަމުން އަވްލީން ބުނެލިއެވެ. އޭރު އެމީހުންގެ ފަހަތުން އައި މީހާ ވަޅި މަޅަމުން އެދިމާލަށް އަންނަނީއެވެ. “ފައިސާއަށްޓަކައި މި މީހުން ފަތާފައި ރާއްޖެ ވަށާ ބުރެއްވެސް އަޅާފާނެ..!” އަވްލީންއަށް ހިތާހިތުން ބުނެވުނެވެ. “އަވަހަށް އަރާބަލަ..!” ކައިޔަންވެސް ހުރީ ހިތް އަވަސްވެފައެވެ. އަވްލީން އެރުމާއެކީ ކައިޔަން ދުއްވާލިއެވެ. “ކޮންތާކަށް ދާންވީ..؟؟” ކައިޔަން ދުވެލި ބާރު ކޮށްލަމުން އަހާލިއެވެ.

“އަހަރެން މި ކިޔާ މަގުން ކުރިއަށް ދޭ..” އަވްލީންއަށް ރަނގަޅު ޚިޔާލެއް ލިބުނެވެ. ނޮޓިފިކޭޝަން ލިބުމާއެކީ އަވްލީން ފޯނަށް ބަލާލިއެވެ. ނަމަވެސް މުޒައިނާގެ ތިންވަނަ މެސެޖެވެ. ނަމަވެސް އަވްލީންއަށް އެ މެސެޖް ކިޔާލެވުމުގެ ކުރިން ފޯނުން ޗާޖު ދިޔައެވެ. “ނޯ.. ނޯ ނޯ ނޯ..!” އަވްލީން ނިތްކުރިމަތީ އަތް އަޅާލިއެވެ. ”ކޮން ގޯޅިއެއް އަޅަންވީ..؟” ކައިޔަން އަހާލިއެވެ. ”ކަނާތަށް އަޅާ.. ދެން ވާތުން ތިން ވަނައަށްވާ ގޯޅިން އަޅާ..” އަވްލީން ކިޔާދެމުން ދިޔައެވެ.

“މީ އަތިރިމައްޗެއް ނޫންތަ..؟” އަވްލީން ބުނި މަގުން ކައިޔަންއަށް ދެވުނީ އަތިރި މައްޗަށެވެ. ”ގުޑް ދެން އަވަހަށް ފައިބަން އުޅޭ…” އަވްލީން ދޮރު ހުޅުވާލާފައި ކާރުން ފޭބިއެވެ.

އަވްލީން ދާން ނިންމީ ކައިޔަންގެ ”ސިއްރު” ތަނަށެވެ. އެތަނުން އެމީހުން ހޯދަން އަނެއް މީހުންނަށް އުނދަގު ވާނެއެވެ. ކައިޔަންއާއެކީ ކެކްޓަސްތަކާއި ފެންގަނޑު ހުރަސް ކޮށްފައި އެންމެފަހުން ދެ މީހުންނަށްވެސް ވިނަގަނޑާއި ހަމައަށް ދެވުނެވެ.

“އަވްލީންއަށް ކިހިނެތް މިތަނަށް އަންނަން އެނގުނީ..؟” ކައިޔަން ހުރީ ހައިރާންވެގެން ގޮސް ދެ މިޔަކަނުން ސޮނި ފައިބާވަރު ވެފައެވެ. “ކައި……” “ނޫން.. އަވް.. ކުރީގައި ކޮންމެވެސް ބޮޑު ކަމެއް ހިނގައިފި.. މި ގަޑީ އަހަރެންނަށް ތެދުތެދަށް ކިޔާދީ..!” އަވްލީންގެ މޫނަށް ބަލާލާފައި ކައިޔަން އެންމެ ފަހުން އާދޭސް ކުރަން ފެށިއެވެ.

އަވްލީން އެއްޗެކޭ ބުނަން އުޅުނުގަޑީ ވާރޭ ވެހެން ފެށިއެވެ. ދެ މީހުން ތެމި ފޯވީ މިނެޓެއް ތެރޭގައެވެ. ގުގުރާލި ގަޑީ އަވްލީން ސިއްސައިގެން ގޮސް ކައްސާލިއެވެ. އަވަހަށް އަވްލީން ނަގަން ގުދުވި ކައިޔަން ގެ ލޮލުގައި އެއްޗެއް އަޅައިގަތެވެ. ކައިޔަންގެ އަތް އެ ދިމާލަށް ހަރަކާތް ކުރިއެވެ.

ކައިޔަން ހިފާފައި ވަނީ އަވްލީންގެ ކަރުގައި އަޅާފައިވާ ފަށުގައެވެ. އެ ކުޑަކުޑަ ތަޅުދަނޑިއަށް ބަލަން ކައިޔަން ހުއްޓެވެ. ހައިރާންވެފައި ކައިޔަން އޭނާގެ ކަރުގައި އަޅާފައިވާ ފަށަށް ބަލާލިއެވެ. ކައިޔަންގެ ފަށު ފުލަށް އިން ބޮޑު ލޮކް ކައިޔަންއަށް ފެނުނެވެ.

“އަވްލީން.. ތީ….” ކައިޔަން އެއްޗެކޭ ބުނަން ދޫ ހަރަކާތް ކުރިއެވެ. އަވްލީންގެ ހިތް ޑަންޑަންލާފައި ތެޅެން ފެށިއެވެ. ކައިޔަން މަޑުމަޑުން އެ ފަށުގައިވާ ތަޅުދަނޑި ވަކި ކޮށްލާފައި އޭނަގެ ފަށުގައިވާ ލޮކް ހުޅުވޭތޯ ތަޅުވަޅަށް ކޮށްޕާލާފައި ތަޅުދަނޑި އަނބުރާލިއެވެ.

އެ ލޮކް މެދުން ހުޅުވުނެވެ. އޭގެތެރެއިން ކުޑަކުޑަ ވިދާ އެއްޗެއް ވެއްޓުނެވެ. ދެ މީހުންވެސް އޭތި ހިފޭތޯ މަސައްކަތް ކުރިއެވެ. އޭތިކޮޅު ގޮސް ވެއްޓުނީ އަވްލީންގެ މުށްތެރެއަށެވެ. އަވްލީންގެ އަތް ވަނީ ކައިޔަންގެ އަތް މަތީގައެވެ. ދެމީހުންވެސް މަޑުމަޑުން އެއަށް ބަލާލިއެވެ.

އެއީ ރިހިކުލައިގެ ކުޑަކުޑަ ‘ކީ ޗެއިން’ އެކެވެ. އޭގައިވަނީ ކޮންމެވެސް އެއްޗެކޭ ލިޔެލާފައެވެ. އޭތި ކުޑަ ކަމުން ރަނގަޅަށް ނުފެންނާތީ އަވްލީން އާއި ކައިޔަން ބޯ ތިރިކޮށްލިއެވެ. “މަރިޔަމް އަވްލީން.. އައި ލަވް ޔޫ ސޯ މަޗް..” އެ ރިހި ކުލައިގެ ކުޑަ ކީ ޗެއިންގައިވާ އިބާރާތްކޮޅު ދެމީހުންނަށްވެސް ކިޔާލެވުނެވެ. ކައިޔަން ވަގުތުން ތެދުވިއެވެ. އެކުއެކީހެން އަވްލީންއަށް ވެސް ތެދުވެވުނެވެ.

”މަރިޔަމް އަވްލީން.. ތީ އެ ކުއްޖާ އަކީ..!!!!” ކައިޔަން އަޑަށް ބާރުލާފައި އެހެން ބުނެލިއިރު ދެ ލޮލުން ރޮނގަކަށް ކަރުނަ ފައިބައިފިއެވެ.

 

= ނުނިމޭ =

65

9 Comments

  1. 🌺flower🌺

    June 15, 2020 at 11:26 am

    Wow mi part ves varah reethi🥰

  2. Nayany

    June 15, 2020 at 3:24 pm

    Wow darlo…… Amazing😘😘😘😘😘😘.vvvvv loabi name koljeh dhwww.hmmmmmmmmmmm

    • yoooon

      June 16, 2020 at 2:50 pm

      Aw thank you very much dear 🙂

  3. 🌺Ril🌺

    June 15, 2020 at 6:03 pm

    Aley Yoon sis mi part ves haadha sali ey . Kaiyan ge memories avah hadhaan vaane hen dhw heevanee. Very curious.
    When next❤❤❤❤

    • yoooon

      June 16, 2020 at 2:51 pm

      Thanx a lot Ril dear 🙂 next insha allah tmrw.. sorry for being late on uploadings 🙂

  4. No one

    June 16, 2020 at 6:51 pm

    Varah salhi. Dhuvas thakakah fahu mi story kiyaalevunyma varah hinhamajehihje. Varah varah reethi hama habeys

    • yoooon

      June 23, 2020 at 8:12 pm

      Thank you No One 🙂

  5. I LOVE YOU GIRL ❤️

    June 17, 2020 at 10:26 am

    Wow Yoon 😆 this story is amazing just so amazing, 💜💜 Can’t wait for the next part, 💜💜 when next?? Lyssssm ❤️ and stay safe Yooon ❤️❤️

  6. Mikkko 🌼

    June 18, 2020 at 5:10 pm

    Varah Varah salhi.. My furthama comment dho. Kiyaane story eh neyngigen started to read this and I love it so much 💋 Good luck Yooon and be brave and continue with confidence ❤️ Love you a lot.. I’m also 14 and I really love your works ❤️love you very much too ❤️ Can I have your snap ID 🙂 not for a bad reason.. Once again love this story so much 💜💓

Comments are closed.