*”ގާއިޒް..މީމަގޭ ބެސްޓީ ކައިޔަން.. އެން މީ ނައިލް،ހުޒާމް،ޒެންހާ،ސަރާ،މީޝަލް،ނޫރާ… ދެން މަގޭ ސިސް އައިރާ…” އައިހަމް އެންމެން ތަޢާރަފް ކޮށްދިނެވެ. ކައިޔަން ވަކިވަކީން ކޮންމެ މީހެއްގެ މޫނަށް ބަލައިލިއެވެ. އައިރާއާ ދިމާލަށްބަލަ ހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ނަމަވެސް މީހަކަށް ފެނުމުގެކުރިން އެހެންދިމާއަކަށް ނަޒަރު ހުއްޓާލިއެވެ.* *** *** *** *** “ނައިސްޓު މީޓް ޔޫއޯލް..” “ހޭގާއިޒް..ކޮންމެވެސް މީހަކު މަށަށް އައިރާ ގެޔަށް ލައިދީބަލަ.” އިރުކޮޅަކު އެންމެންނާ ވާހަކަ ދައްކަން ހުރެފައި އައިހަމް ބުނެލިއެވެ. “އޯކޭ. މަ ގެންގޮސް ދީފާނަން.” […]
ނޯޓް: ބައެއް ކިޔުންތެރިން އެދިލައްވާފައި ވާގޮތަށް އަޅުުގަނޑު މިހާރުވާނީ ވާހަކައިގެ ނަންބަދަލު ކޮށްލާފައެެވެ. ނަން ބަދަލުވިއެއްކަމަކު އަޅުގަނޑުގެ ވާހަކަ ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ.. **** **** **** ސުވިޒަލެންޑްގެ އީ.ޓީ.އެޗް ޒުރިޗް ޔުނިވާސިޓީގެ ތެރެއަށް ވަދެގެން އައި އަންހެން ކުއްޖާއަށް އެންމެންގެ ލޯތައް ހުރީ އަމާޒުވެފައެވެ. ބަލާބެލުމަށް 22 އަހަރަށްދާ މިޒުވާނާއަކީ ހަމުގެކުލަ އަލި ބުރުސޫރަ ރީތި ކުއްޖެކެވެ. ޤުދުރަތުން އޭނާއަށް ދެއްވާފައިވަނީ ދިގު އިސްކޮޅަކާއި ރީތި ހަށިގަނޑެކެވެ. އެކުއްޖާއަށް ބަލައިލުމުން މީހުންނަށް އެންމެ ފުރަތަމަ […]
ސުވިޒަލެންޑްގެ އީ.ޓީ.އެޗް ޒުރިޗް ޔުނިވާސިޓީގެ ތެރެއަށް ވަދެގެން އައި އަންހެން ކުއްޖާއަށް އެންމެންގެ ލޯތައް ހުރީ އަމާޒުވެފައެވެ. ބަލާބެލުމަށް 22 އަހަރަށްދާ މިޒުވާނާއަކީ ހަމުގެކުލަ އަލި ބުރުސޫރަ ރީތި ކުއްޖެކެވެ. ޤުދުރަތުން އޭނާއަށް ދެއްވާފައިވަނީ ދިގު އިސްކޮޅަކާއި ރީތި ހަށިގަނޑެކެވެ. އެކުއްޖާއަށް ބަލައިލުމުން މީހުންނަށް އެންމެ ފުރަތަމަ އަޅައި ގަންނާނީ އޭނާގެ އަޅިކުލައިގެ ރީތި ދެލޮލެވެ. އެދެލޮލުގައި މީހުންގެ ހިތްތަކާ ކުޅެލާކަހަލަ ސިހުރެއްވާކަހަލައެވެ. އުނަގަނޑާއި ހަމައަށް އަންނަ މުށިކުލައިގެ ދިގު އިސްތަށިގަނޑުގައިވަނީ ވޫލްކޮޅެއް އައްސާލާފައެވެ. އެއްވެސް ކަހަލަ […]
” ހިނގާ ގުރޫޕު ބޮޑުކޮށްލައިގެން ދާން.. އަހަރެންގެ ރައްޓެހިން ވަރަށް ގިނަވާނެ.. އެމީހުން އަންނާނެ މިހާރު މިދިމާލަށް..” ވަރަށް ގިނަ ނިކަގަސްތަކެއް ތިބި ހިސާބަކަށް މަޑުކޮށްލަމުން ރާވިން ބުންޏެވެ. އެތާގައި އުނދޯލިތަކެއްވެސް އެލުވާފައި ހުއްޓެވެ. އޭގެން ޖޯއްޔެއްގައި ރާވިން އޮށޯތުމުން އެހެން ޖޯއްޔެއްގައި ހާތިބުވެސް ޖައްސާލިއެވެ. އެމީހުންއެތާ ތިއްބާ ފަހަރަކު މީހަކުހެން އައިސް އެންމެން ހަމަވެއްޖެއެވެ. ރާވިންއާ ހާތިބު ލާގެން ގުރޫޕުގައި ހަކުދިންވިއެވެ. ” މީއަދި އެންމެނެއް ނޫން ކޮބާ ދެންތިބި މީހުން” ރާވިން އަހާލިއެވެ. ” […]
ވިހާ ދުވަސް ޖެހެން މާގިނަމަހެއްނެތެވެ. އެހާ ގާތްވެފައި ހުއްޓާ ރަވާހިބު ފުރަން އުޅޭތީ ޗިންކާގެ ހިތައް ވަރަށް ތަދުވިއެވެ. ނުދިއުމަށް އެދި އާދޭސް ކުރާނަމޭވެސް ހިތައް އެރިއެވެ. ނަމަވެސް ފިރިމީހާއަށް އުނދަގޫކޮށް ޝަކުވާ ކުރާކަހަލަ އަންބަކަށް ވާކަށް ޗިންކާ ބޭނުމެއް ނުވެއެވެ. ރަވާހިބު ފުރާގެން ދިޔުމުން ޗިންކާގެ ހަޔާތަށް ވަރަށް ބޮޑު ހުސްކަމެއް އައެވެ. ހީވާކަހަލައެވެ. ރަވާހިބު އޭނާއާ ދުރަށް އެއްކޮށް ދިޔައީއެވެ. ނަމަވެސް އޭނާ ރަވާހިބަށް ވަރަށް ބޮޑަށް އިތުބާރު ކުރެއެވެ. ރަވާހިބު ފުރާގެން ދިޔަތާ […]
ޓެސްޓްގެ ނަތީޖާ ބަލާ ދާގަޑި ޖެހުމުން ރަވާހިބު ހޮސްޕިޓަލަށް ދިޔައެވެ. ލިބުނު ޚަބަރުން އޭނާ އުފަލުން މަރުނުވީވެސް ކިރިޔާއެވެ. މިދުނިޔޭގައިވެސް އޭނާއަށް ލިބޭނެ އެންމެ އުފާވެރި ޚަބަރު ލިބުނީއެވެ. ހޮސްޕިޓަލުން ނިކުތް ރަވާހިބުގެ މޫނު މަތީގައި ހާސްކަން އެކުލެވިފައިވިއެވެ. އޭނާއަށް ލިބޭނީ ކޮންކަހަލަ ކުއްޖެއްތޯ ހިތުގައި ސުވާލު އުފެދެމުން ދިޔައީއެވެ. އޭނަ ފަދަ ކުއްޖަކަށް ވެއްޖިއްޔާ ހަމަގައިމުވެސް ނުކުޅެދޭ ކުއްޖެކޭ ބުނެ އެކުއްޖާ މަރާވެސް ލަފާނެއެވެ. ޓެސްޓްގެ ނަތީޖާ ހިފައިގެން އައިސް ރަވާހިބު ގެއަށް ވަނެވެ. އޭރު […]
ސިޑިން ތިރިއަށް ފައިބަން ދިމާކޮށްލި ނާޔާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ދެމީހަކު ވާހަކަ ދައްކާ އަޑުއިވިފައެވެ. ކައިރިއަށް ދިޔަވަރަކަށް އެއީ ނަބީލް އާއި އައިޒަން ގެ އަޑުކަން ނާޔާ އަށް ފަހުމް ވިއެވެ. ވާހަކައިގެ ތެރޭ ނަބީލް ރުޅި އައިސް ހުރެ ޝާނިމްގެ ނަން ކިޔާލުމުން އެއީ މިކަމާ ގުޅުންހުރި ވާހަކަ އެއްކަން ނާޔާ އަށް އެނގިގެންދިޔައެވެ. މަޑުމަޑުން ދޮރާ ގާތަށް ޖެހިލުމަށް ފަހު އެ މީހުން އެ ދައްކާ ވާހަކަ އަށް ނާޔާ ސަމާލިކަން ދިނެވެ. […]
ރަވާހިބު އޭނާގެ އަސްލު ބާރު ދައްކާކަށް ބޭނުމެއް ނުވިއެވެ. އެމީހުންގެ ފަރާތުން މަދުން ނަމަވެސް ހަމަލާތައް އަމިއްލައަށް ހޯދައިގެން އެމީހުން ބިންމައްޗަށް ތިރިކޮށްލައިފިއެވެ. ދަބަސް ހިފައިގެން އެނބުރި އައިސް އެއަންހެންކުއްޖާގެ އަތަށް ދިނެވެ. ޗިންކާ ރަވާހިބުއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ. އަދި އިރުކޮޅެއް ވާންދެން އެތާގައި ވާހަކަ ދައްކާން ހުއްޓެވެ. ޗިންކާއަށް ރަވާހިބުގެ ހުރިހާ ސިފަތަކެއް ކަމުދިޔައެވެ. އޭނާއަށް ރަވާހިބު ސިފަވެގެން ދިޔައީ ހީރޯއެއްގެ ގޮތުގައެވެ. އޭނާއަށް ކޮށްދިން ކަންތަކުގެ ބަދަލު ދިނުމުގެ ގޮތުން ޗިންކާއެދުނީ […]
ބޮޑު ގޮނޑީގައި އިށީންދެގެން އިން މާޖިދު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އޭނަގެ އަތުގައި އޮތް ރިޕޯޓުން ދައްކާގޮތުގައި ތާރާ (ނޯޔާ) އަކީ މާޖިދުގެ ދަރިއެކެވެ. މާޖިދުގެ ލެއެވެ.. “ތާރާ އައި ލަވް ޔޫ” އީކަންގެ ދެން ބުނި ބަސްތައް ކަންފަތުގައި ޖެހުމުން ތާރާގެ ހިތް އުފަލުން ފޮޅުނެވެ. އެކަމަކު ތާރާގެ ހިތް އުފަލުން ރޯން ޖެހޭއިރު އުފަލުން ފޮޅުމަކީ މައްސަލައެކެވެ. އީކަން އަކީ ތާރާގެ ބޭބެ ކަމާއި ކަންތައް އެވަނީ މުޅިން ގޯސްކޮއް ކަން މިހާރު […]