” ދަރިފުޅާ އަހޫ ނާޔާ ރިސީވް ކުރަން ދާން ވާނެ އިނގޭ ކޮބާ ކޮއްކޮ؟؟” އަސްމާ އޭނާގެ ދޮށީ ދަރިފުޅު ކައިރި ބުނަމުން ހަގު ދަރިފުޅު ރިއާޝް ކޮބާތޯ އެއްސެވެ. ******************************** ” އޯހް ހްމް މަންމަގެ ބެސްޓްްފްރެންޑްގެ ދަރިފުޅު ދޯ ނާޔާ އެއީ؟” އަހުޝަމް އޭނާގެ މަންމަ އޭނާއަށް ކިޔައިދީފައި ހުރި ވާހަކަ ތައް ހަނދާނަށް ގެންނަމުން ބުނެލިއެވެ. އެއާއެކު ރީތި ހިނިތުންވުމަކާއެކު އަސްމާ ބޯޖަހާލިއިރު އެ ދެލޮލުން ނާޔާ ދުށުމަށް ކެތްމަދުވެފައިވާ ކަމުގެ ވިދުވަރެއް […]
ނަވްޔާން ފެންވަރާ ނިމިގެން ރީތިވާންހުއްޓާ ފޯން ރިންގްވާ އަޑު އިވެން ފެށިއެވެ. އެ ފަން އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލުމަށްފަހު، އަވަސްވެގަތީ ފޯނު ނެގުމަށެވެ. ފޯނުގެ ސްކްރީނަށް އަރާފައި އިން ނަން ފެނުމުން ނަވްޔާންގެ ތުންފަތުގައި ދުވެލީ މާނަ ފުން ހިނިތުންވުމެކެވެ. “ހެލޯ…ބެސްޓް ބްރޯ…” ނަވްޔާން ފޯނު ނެގުމާއިއެކު ބުންޏެވެ. ********** “ހެލޯ މޭން… މިހާރު މާލެ އާދެވުނީތަ…” ރީތި އަޑެއްގެ ވެރި ޒުވާނެއް އެކޮޅުން ވާހަކަދެއްކިއެވެ. “ހޫމް… މިހާރު ކޮން އިރެއް އާދެވުނުތާ… ހައިކްއަށް […]
*އޯހް ނޯ.’ ކައިރާއަށް ގަޑި ބަލާލެވުނު އިރު ކަމަކުދާކަށް ނެތެވެ. އޭރު އަށެއް ޖަހަން ފަސް މިނެޓެވެ. އޭނާައަށް އިސްޖަހާލެވުނެވެ. ކޮންމެ ހަފުތާއެއްގެ ކޮންމެވެސް އެއްދުވަހަކު މިކަހަލަ ކަމެއް ދިމާވާނެއެވެ. ކައުސަރުގެ އެދުމަށް ފުރަގަސް ދެވުމުން ކައިރާއަށް ބޯ ހޫރައިލެވުނެވެ. އަދި ފަޔަށް ލެވުނުހާ ބާރެއް ލާފައި ދުއްވައިގަތެވެ.* ބާރުބާޜަށް ދުވަމުން ދިޔަ ކައިރާއަށް ހުއްޓުމަކަށް އާދެވުނީ އޭނާ ކިޔަވާ ކިލާސްތެރެއަށް ވަދެވުމުންނެވެ. ވަރުބަލި ވެފައި ހުރިލެއް ބޮޑުކަމުން އޭނާއަށް ދޮރުމަތީގައި އިރުކޮޅަކު މަޑު ކޮށްލެވުނެވެ. އެއަށްފަހު […]
މުޅި މާހައުލަށް ވެރިވެފައި ވަނީ ހަމަހިމޭން ކަމެވެ. މަގުގެ ދެފަރާތު ގައި ފުދޭވަރަކަށް ގަސް ހެދިފައިވާއިރު ޖެހިލާ ފިނި ވައިރޯޅީ ގެ ސަމާސާގައި ފަތްތަށް ބައިވެރިވެ ނަށަމުން ދިޔައެވެ.މަދު ހިނގުމެއްގައި ހިނގާފައި އައި އަންހެން ކުއްޖާގެ ފައިދަށުގައި ޗިސްޗިސް ވަމުން ދިޔަ ހިކި ފަތް ތަކުގެ އަޑު މުޅި ތަނުގައި ގުގުމާފައި ވިއެވެ.ގަސްތަކުގެ ފަތްތަކުން ފުރޭނިގެން ކަހަލަ ގޮތަކަށް އަންނަ އިރުގެ ރަންދޯދިތައް އެ އަންހެން ކުއްޖާގެ މޫނަށް އަލި އެޅިފައިވާ އިރު ބަލައިލާ ކޮންމެ ޒުވާނެއްގެ […]
” އައި ލަވްޔޫ ނާޔޫ… އަދިވެސް ހަނދާން ނުވޭތަ؟ ” މަޑުމައިތިރި ކަމާއެކު އިޔާޝް އެހެން އަހާލިއިރު ނާޔާގެ ހަށިގަނޑު ހީވަނީ ފިނިވެގެންގޮސް ގަނޑުފެން ކޮޅެއް ހެންނެވެ. ނޭވާ އަވަސްވެފައި ވާއިރު ނާޔާގެ ހިތުގެ ހިނގުންވެސްް ވަނީ އިންްތިހާއަށް އަވަސް ވެފައެވެ. *************************************** އަވަސް ވަމުން ދިޔަ ނާޔާ ގެ ނޭވާ ފެނި އިޔާޝްް ނާޔާ އާއި ކުޑަކޮށް ދުރަށް ޖެހިލަމުން ދެޖީބަށް އަތްޖަހާލިއެވެ. އޭނާގެ ސަބަބުން ފަހަރުގައި ވެސް ނާޔާގެ ނަފްސަށް އުނދަގުލެއް ވާކަށް ނޭދެއެވެ. […]
ދަރިފުޅާ! ދަރިފުޅާ ކައިރާ..’ ނާހިދާާގެ އަޑަށް އަރާމުކޮށް ނިދާފައި އޮތް ކައިރާއަށް ފުންމައިގެން ތެދުވެވުނެވެ. އެވަގުތު ދޮރުމަތީގައި ހުއްޓިގެން ހުރި ރައިހާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ‘އަޅޭ ކައި.. ހަމަ މަންމަ ދެކެ އެހާ ބިރުގަންނަންތަ؟ މީ މަންމަ އެއް ނޫނޭ.. ހައްހައް..’ ހެމުން ހެމުން އޭނާ އެކޮޓަރިން ނިކުތެވެ. ‘ދެން ދޮންތަ މަންމަގެ އަޑުން ގޮވީމަ އެހެންވާނެއެއްނުން.. އަދި ހަމަ އެހާ ބާރަށް.. ހުނ.. ވަރަށް ފޫހި..’ ރައިހާއާއި ދިމާލަށް ހިތާހިތުން ކުދި ކިޔަމުން ކައިރާ […]
” އަހަރެން ކޮންމެ ތާކަށް ދިޔަޔަސް ޝާއިފް އަށް ކީއް؟ އަހަންނާއއި މެދު ކަންބޮޑު ނުވާތީނު އެހެން މީހެއް ތި ހޯދީ. ދެން އޭނަ އާއި މެދު ކަންބޮޑުވޭ.” ޝާއިފްގެ އަތް ފޮޅުވާލުމަށް ފަހު ހިނގައިގަންނަމުން ސާރާ ބުނެލިއެވެ. އެވަގުތު ޝާއިފްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” ކާކު ބުނީ ސާރާ ކައިރީ؟” ހައިރާން ކަމާއިއެކު ޝާއިފް ބުނެލިއެވެ. ” ޝާއިފް އަހަރެން ކައިރީ ކައިވެނިކޮށްނިންމާފަ ބުނަން ހުއްޓަސް އެއަށް ވުރެ ޝާއިފްގެ ހަނގު އަނބި އަހަރެން […]
ބާރުބާރަށް ދުވަމުން އައި ކައިރާއަށް ހުއްޓުމަކަށް އާދެވުނީ އޭނާ ކިޔަވާ ކިލާސް ތެރެއަށް ވަދެވުމުންނެވެ. ދޮރު މަތީގައި އިރުކޮޅަކު މަޑުކޮއްލުމަށް ފަހު، އޭނާގެ މޭޒު ކައިރީ އިށީނެވެ. އެވަގުތު ކްލާސް ކުރިމަތީ ހުއްޓިގެން ހުރި ފިރިހެން ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ދޮން މޫނެކެވެ. އޭނާގެ މުށިކުލައިގެ މާދިގުނޫނަސް ދިގު އިސްތަށިގަނޑު އެ މޫނުގައިވާ އަޅިކުލައިގެ ދެލޮލާއި، ފިޔާތޮށިކަން ގަދަ ތުންފަތް ފުރިހަމަ ކޮށްދެއެވެ. އެ ފިރިހެންވަންތަ ހަށިގަނޑަށް ބަލަހައްޓައިގެން ހުރެވުނު ކައިރާއަށް ދުރުބަލާލެވުނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ނަވްރީން ބާރު ބާރަށް ހޭން ފެށުމުންނެވެ…. <މިއީ އަޅުގަނޑު ލިޔާ އެންމެ ފުރަތަމަ ވާހަކަ އެވެ. އެހެން ކަމުން ކުށް ހުރުން އެކަށީގެން ވެއެވެ. މިއީ ޓްރެއިލަރ ކަމުގައި ވިޔަސް، އަޅުގަނޑު އެދެނީ މިއަށްވެސް ކޮމެންޓް ކޮށްލުމަށް.. އެންޑް.. ހޯޕް ޔޫ ލައިކް ދަ ކަވަރ ޕިކްޗަރ>
ރަޔާން އަކީ މުއްސަދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިއެވެ.ރަޔާން އަށް ހަނާ ފެންނަނީ ރާއްޖެތެރޭގެ ރަށަކަށް ގޮސް އުޅުމުގެ ތެރޭގައި އެވެ. ހަނާ އަކީ ރަޔާން ހުންނަ ގެޔާއި ވިދިގެން ހުންނަ ގޭގައި އުޅޭ ކުއްޖެކެވެ. އެހެންކަމުން ހަނާ އެގެޔަށް ގޮސް އުޅޭއުޅުމުގައި ދެމީހުން އެކަކު އަނެކަކާއި ދިމާވެއެވެ.އަދި ދެމީހުނަށް އެކަކު އަނެކަކު ދެކެ ލޯބިވެވެއެވެ. އެތައް ހުވާ ތަކަކަށް ފަހު ރަޔާން މާލެ ދަނީ ހަނާ އޭނަގެ މިލްކަކަށް ހަދަން ނިންމާފައެވެ. އެހެންނަމަވެސް އޭނަ އާއި […]