ނޯޓު: މިއީ އަޅުގަނޑު މި ސައިޓަށް އަޕްލޯޑް ކުރާ ފުރަތަމަ ވާހަކައެވެ. އެހެންކަމުން ކުށް ހުރުން އެކަށީގެންވެއެވެ. އަދި މި ވާހަކައަކީ އަޅުގަނޑު އަމިއްލަ ޚިޔާލަށް ލިޔެފައިވާ ވާހަކައެކެވެ. ހުރިހާ ކިޔުންތެރީންނަށް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. ***** ދުވަހަކީ އުޑުމަތި ސާފު ރީތި ދުވަހެކެވެ. އަހަންނާއި އަހަރެންގެ ކްލާސް އެންމެން ބަނދަރު މަތީ ތިބީ ދޯނި އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. މާ ގިނައިރަކު ތިބޭކަށް ނުޖެހުނެވެ. ދޯނި ކައިރިކުރުމުން އެންމެން ވެގެން ސާމާނު […]