އާޝޯޚު
ހޮނިހިރު ދުވަހެކެވެ. މޫސުން ރީތި އުޑުމަތި ސާފު ދުވަހެކެވެ. ހެނދުނު ހޭލީންސުރެ އަހަރެން އުޅެމުން ދިޔައީ ކޭކެއް އަޅަންޖެހޭތީ އެކަމުގެ ވާހަކަ ދެއްކުމުގައިއެވެ. އެންމެ ކޭކެއް ނޫނެވެ. ދެ ކޭކެވެ. ފަހަރިއާ ދެމީހުން މަޝްވަރާ ކުރުމަށްފަހު ޅިޔަނަށް އަޅައިދޭ ކޭކުގައި ރަތް ކުލައިން އައިސިން ޖަހައި ހުދުކުލައިގެ ހިތްކުރުހަން ނިންމީމެވެ. އަދި ދައްތަގެ ކޭކުގައި ޗޮކްލެޓް ކޮކޯ އަޅާފައި އޭގައި އެކިއެކި ބިސްކޯދާއި ޗޮކުލެޓް ހަރުކުރަން ނިންމީމެވެ. ކޮންމެއަކަސް މިއީ ވަރަށް މަޖާ ދުވަހަކަށް ވާނެ ކަމަށް ހިތުން ގަބޫލުކުރަމުންނެވެ. ‘އިމޭޖިނަރީ’ ކޮށް ކަންތައް ވާނެ ގޮތް މިހާރުންސުރެ ބަލައިވެސް ލެވެއެވެ. ކަންވާނެ ގޮތް ހިތަށް އަރުވާލިޔަސް ގާތަށް އަންނަނީ އަމަށަކު ހިންޏެއް ނޫނެވެ.
ރޭގައި ހުރިހާ އެއްޗެއް ގަނެ ގެޔަށް ލައިދިނުމުން މިއަދު ދައްތަ އެއްވެސް ވަރަކަށް ގެޔަކަށް ނާދެއެވެ. ނަމަވެސް ޅިޔަނަށް ގަންނަން ޖެހޭ އެއްޗެހި ހުރުމުންނާއެކު ކޭކު ދިޔައީ ކިހާވަރަކަަށް ތޯ ބަލަން ވަރަށް ގިނައިން ގެޔަށް އައިސް އުޅުނެވެ. ނަމަވެސް ދެ ކޭކެއް އަޅާ ކަމެއް ނޭނގޭނެއެވެ. އެނގޭނީ ހަމައެކަނި ޅިޔަނުގެ ކޭކުގެ ކަންތަކާ އަހަރެމެން އަވަދިނެތި އުޅޭ ކަމެވެ.
ޅިޔަނުގެ ކޭކު ފިހެ ނިމުމާއިއެކު ދައްތަގެ ކޭކު ފިހުމުގެ ކަންތަކާ އުޅެގަތީމެވެ. ކޭކު ފުށް ގިރާލުމަށްފަހު މޭޒުމަތީގައި ބަހައްޓާފައި އަހަރެން ދިޔައީ ‘ކޭކް ބޯޑް’ ހެދިފައިވަނީ ކިހައި ވަރަކަށް ތޯ ބަލައިލާށެވެ. ކަމަކުދާކަށް ނެތެވެ. އެތަނުގައި ހުއްޓާ އެއައީ އަހަރެންގެ ޅިޔަނެވެ. ނަމަވެސް ކޭކު ބޯޑުގެ ކަންތަކާ ހުރި ވަރުން އަހަރެންނަކަށް އެހެން ކަމަކަށް ނުވިސްނުނެވެ. ހަގީގަތުގައި ޅިޔަނު އައީ އައިސިނަށް އަޅަންޖެހޭ އެއްޗެއް ހިފައިގެންނެވެ. ޅިޔަނުވެސް މާ ލަސްތަކެއް ނުކޮށް ގެއިން ދިޔައެވެ. އަހަރެންވެސް ބަދިގެއަށް ގޮސް ވަދެލީމެވެ.
”މޮޔައޭ. ބޭބެ އައި އިރުވެސް ކޭކް ތަށި ނުފޮރުވަ. މަންމަ އަވަހަށް އެ ފޮރުވާފިން ބޭބެގެ އަޑު ކަންފަތުގަ ޖެހުނުއިރަށް.” މަންމަ އެހެން ބުނުމާއިއެކު އަހަރެންނަށް އެއްޗެއް ވިސްނެން ފެށިއެވެ. މޮޔަވެސް ހީވިއެވެ. އަމިއްލަ ނަފްސުގެ މޮޔަކަމުން ހިނިއައިސް ހުރެފައި ދައްތަގެ ކޭކު ފިހުމަށް އަވަނަށް ތަށި ލީމެވެ. އަދި އަނެއްކާވެސް އައިސިން ހަދަން ފެށީމެވެ.
”ހުވާ ދެމީހުންގެ މޫނު އެންމެ ބަލައިލާ ހިތްވަނީ. އެމީހުންގެ ރިއެކްޝަން. ކަމެއް ހުންނާނެ މިރޭ.” ކޭކަށް އައިސިން އަޅައި އޮމާންކުރަން ހުރެފައި އަހަރެން ބުނެލީމެވެ. އެތަނުގައި ހުރި އަހަރެންގެ ކޮއްކޮވެސް އަދި ފަހަރިވެސް މިކަމަށް އެއްބަސް ވެފައި ހިނިގަނޑެއް ޖަހައިލިއެވެ. އަހަރެންގެ ގާތަށްވެސް ކުޑަކޮށް ހިނިއައެވެ. ދެމީހުންގެ އަނގަމެޅި ދެލޯ ބޮޑުވެފައި ހުންނަ ގޮތް ސިފަވީތީއެވެ.
ތިނެއް ޖަހަން ގާތްވެފައި ވަނިކޮށް ޅިޔަނު އަނެއްކާވެސް ގެޔަށް އައެވެ. އޭރު މޭޒުމަތީގައި ދައްތަގެ ކޭކު ހުއްޓެވެ. އެކޭކުވެސް އަވަހަށް ފޮރުވަން އައިސްއަލަމާރިއަށް ލެވުނު ގޮތަކަށް ލާފައި އާދޭތޯ ބަލައިލީމެވެ. ނަސީބަކުން ކުރިކަމެއް ނުފެނުނެއެވެ. ޅިޔަނު އަހަރެންނަށް ގޮވައިލާފައި އައުމަށް ބުންޏެވެ. އަހަރެން ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން އަޑިން ހެމުން ޅިޔަނުގެ ފަހަތުން ދިޔައީމެވެ. ”ރޯދަ ވީއްލަން އަންނަން ވާނެ. ދައްތަ ވަރަށް މީރު އެއްޗެހި ވެސް ހަދާބަ. ހަގަޑި ދިހައެއްގަ ބަލައި އަންނާނަން. ޑީލް.” އެއްފައްޗަކަށް ހުރިހާ އެއްޗެއް އަމުނާލާފައި ޅިޔަނު ދިޔައީ އަހަރެން އެއްބަސްވުމުންނެވެ.
ފަހެއް ޖަހަން ގާތްވެފައިި ވަނިކޮށް ޅިޔަނު އަނެއްކާވެސް ގެޔަށް އައެވެ. އޭރު އަހަރެން އިނީ ކޭކުގައި ކުރަހަން ޖެހޭ ހިތްތައް ކުރަހާށެވެ. ޅިޔަނު އައިސް ކޭކަށް ބަލައިލާފައި އަނެއްކާވެސް ދިޔައެވެ. އުޅެން މިޖެހެނީ ބިރުންނެވެ. ބިރުވެރި އެއްޗެއް ފެންނާތީކީ ނޫނެވެ. އެހައި ގިނައިން ޅިޔަނު ގެޔަށް އަންނާތީއެވެ. ވިހި ވަރަކަށް މިނެޓް ތެރޭގައި ކޭކް ގައި ކުރަހާ ނިމިއްޖެއެވެ. ޅިޔަނުގެ އެދުމުގެ މަތިން ކޭކުގެ މަތީގައި ހުދުކުލައިގެ އައިސިނުން ‘ހެޕީ ވަން މަންތް’ ޖަހައިލީމެވެ. އަދި ކޭކުގެ ފޮޓޯއެއް ނަގައި ފޯނުގައި ރައްކާކޮށްލީމެވެ. ކޭކު ބަލައިލަން ވަރަށް ރީއްޗެވެ. ކޭކާމެދު ހިތްހަމަވެސް ޖެހެއެވެ.
ފަހަރިއާއި ކޮއްކޮމެން ދެން އުޅުނީ ދައްތަގެ ކޭކު ހެދުމުގައިއެވެ. ކޮކޯ އަޅަން ޖެހޭތީ އެކަމުގައިއެވެ. އަހަރެން ދިޔައީ ގަނޑުގައި ކޭކުގައި ހަރުކުރަން ޖެހޭ އެއްޗެއް ހެދުމަށެވެ. ގަނޑެއްގައި ބޮޑުއަކުރުން ‘ހެޕީ ތަރޓީ ޑޭސް’ ޖަހައިލާ އެކަފާލީމެވެ. އަދި ބާބަކިއު އިލޮއްޓެއްގައި އެ ލިޔުން ތަތްކޮށްލައި ރަނގަޅުތޯ ފަހަރިއަށް ދައްކައިލީމެވެ. އެކަންތައް ކޮށް ނިމުނުއިރު ބަރާބަރު ހަ ގަޑި ފަހެއް ވެއްޖެވެ. ޅިޔަނުމެންގެ ގެޔަށް ދިޔުމަށް ތައްޔާރުވާން ހަރަކާތްތައް އަވަސްކޮށްލީމެވެ. ބާކީ ފަސްމިނެޓް އޮތީތީ ހިތްވެސް ވަނީ އަވަސްވެފައިއެވެ. ބަންގިގޮވަނީ ހަ ގަޑި ސަތާރާގައިއެވެ. ރީތިވާން ހުއްޓާ ސައިކަލުގެ ސައިރެން އަޅާ އަޑު އިވުނެވެ. އެޅުނު ގޮތަކަށް ބުރުގާވެސް އަޅައިގެން ބޭރަށް ނުކުމެލީމެވެ. ސައިކަލަށް އަރަން ހުއްޓާ ބަންގިގޮވާފިއެވެ. އޭރު އަހަރެންވަނީ ހަމަ ރަނގަޅަށްވެސް އުދާސްވެފައިއެވެ. ކަރުވެސް ހިއްކާގަނެ ވަރުބަލިވެސް ވެފައިއެވެ.
ގެޔަށް ވަދެ ފެންތަށި ފެނުމާއިއެކު އެއްނޭވާއިން އެބޯލީމެވެ. އަދި އެއްޗެއް ކާލަން އަވަސްވެގަތީމެވެ. އޭރު ޅިޔަނުމެންވެސް ކަނީއެވެ. ކާން އިންދާ އެތަނަށް ގޭ ކުއްޖެއް އައުމުން ޅިޔަނަށް ދާން ޖެހުނެވެ. އެހެންކަމުން އެތަނުގައި ދައްތައާއި އަހަރެން އެކަނިވީއެވެ. ”ކޭކު އަޅާ ނިމުނީތަ މިހާރު؟” ދައްތަ އަހައިލިއެވެ.
”ހުމް..” އަހަރެން ހޫމް އަޅުވާލާފައި ފެންތަށިން ކޯވަރެއް ބޯލީމެވެ. ”އެއް ކޭކު ނިމިއްޖެ.” އަހަރެންގެ ހިތުގައި އޮތް ޖުމުލަ ދުލުން ބޭރުނުވީ ހަމަ ކިރިޔާއެވެ. އެއް ކޭކު ނިމިއްޖޭ ބުނުމުން ދައްތަ ހިތަށް އަރާނީ އޭރުން ކީކޭ ހެއްޔެވެ؟ އޭރުން ‘މިޝަން ފްލޮޕް’ ވާނީ ނޫން ހެއްޔެވެ؟ އަހަރެންގެ ގާތަށް އަނެއްކާވެސް ހިނިއައެވެ. ނުހޭން މަސައްކަތްވެސް ކުރީމެވެ.
”ކޮން ވާހަކައެއް ތި ދައްކަނީ؟” ޅިޔަނު އެތަނަށް އައިސް ގޮޑީގައި ހަމަޖެހިލިއެވެ.
”މީނާ ކައިރީ އެހީމި މަ ހެދުން ފަހައިފިހޭ.” އަހަރެންނަށް އަނެއްކާވެސް ހެވުނެވެ. ނަމަވެސް އެދެމީހުންނަކަށް އެތަނެއް ނުފެންނާނެއެވެ. މޫނުމަތިން އެކަން ނުދެއްކި ކަމުގައިވިޔަސް އެތެރެއިން އަހަރެން އިނީ ހީހީ ވަރުބަލިވެފައެވެ. ބަނޑަށްވެސް ތަދުވެފައެވެ. މިއީ ވާ ވަރުގަދަ ކަމެކޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ހިނިގަނޑު ފަޅައިގެން ނުގޮސް ހިފަހައްޓާލައިގެން އިނދެވެނީ މި ހަމަ ކިރިޔާއެވެ.
ކައި ނިންމާލުމަށްފަހު ދައްތަ އާ އެކު އަހަރެން ތަށި ދޮންނަން ދިޔައީމެވެ. އަދި ތަށި ދޮންނަން ހުއްޓާ އެތަނަށް އަތް ދޮންނަން ޅިޔަނު އައެވެ. ހަމައެގަޑީ ދައްތަވެސް ތަށިދޮވެ ނިންމާފައި އެ ހިފައިގެން ތަށި އަޅާ ހަރުގަނޑު ކައިރިއަށް ދިޔައެވެ.
”ކޭކު ނިމިއްޖެތަ މިހާރު؟” ޅިޔަނު އަހައިލިއެވެ. އަހަރެންނަކަށް ހިނިގަނޑެއް ނުހިފެހެއްޓުނެވެ. އެނެއް ފަރާތަށް މޫނު އަނބުރާލާފައި ޅިޔަނަށް ނުފެންނާނެހެން މަޑު މަޑުން ހޭން ފެށީމެވެ. ނުހެވި ހުރެވޭނެ ހެއްޔެވެ؟ ޅިޔަނު ކައިރިން ދިޔަ އިރަށް ދައްތަ ކޭކުގެ ވާހަކަ އަހައިފިވިއްޔާއެވެ. އަނެއްކޮޅުން ދައްތަ ކައިރިން ދިޔަ އިރަށް ޅިޔަނު ކޭކުގެ ވާހަކަ އަހައިފިވިއްޔާއެވެ. ވަރުގަދަ ކަމެކެވެ.
ތަށި ދޮވެ ނިންމާލުމަށްފަހު ޅިޔަނުގެ އެދުމަކަށް އަހަރެން ކޮޓަރިއަށް ވަދެ އެނދުމަތީގައި އިށީންދެލީމެވެ. ޅިޔަނުވެސް އެތަނުގައި ހުރި ގޮޑިއެއްގައި އިށީންދެ ބަނޑު ދަމައިލިއެވެ. ”އެހައި ބޮޑުކޮށް ކަންތައް ކުރާނެ ކަމެއް ނެތް. ހަމަ ސިމްޕަލް ކަޓެއް ޖައްސާލާނި. އެހައި ބޮޑު ޑެކަރޭޓެއްވެސް ނުކުރިޔަސް އޯކޭ ވާނެ.” ޅިޔަނު އޭނާ ބޭނުންވާ ގޮތް އިއްވާލިއެވެ. އަހަރެންނަށް ކަމެއް ވިސްނުނެވެ. ޖައްސާލާށޭ ކިޔާފައި ކޮޓަރިއަށް މިގެނައީ ދައްތައަށް ސިއްރުން މިވާހަކަ ދައްކާށެވެ.
”ކޮން ގެޔަކު ހަދަނީ؟ އަހަރެެމެން ގޭގަތަ؟” ޔަގީންކޮށްލުމަށް ޓަކައި އަހަރެން އަހައިލީމެވެ.
”ކޮން ގެޔަކު ހަދަންވީ؟ މިގޭވެސް އޯކޭ. ތި ގޭވެސް އޯކޭ.” އަނެއްކާވެސް ލޯ ކުރިމަތީ ދެމީހުންނަށް ވާނެ ގޮތް ސިފަވެގެން ދިޔުމާއިއެކު ހެވުނެވެ.
”އަހަރެމެން ގޭގައި ހަދަން ވީނު ދޯ.” އެއްބަސް ކުރުވުމަށް ޓަކައި އަހަރެން ދޯ އެއް ދިނީމެވެ. ޅިޔަނުވެސް އެކަމާ އެއްބަސް ވެލިއެވެ. ހަގީގަތުގައި އަހަރެން އެހެން ހެދީ އަހަރެމެންގެ ރޭވުން ކާމިޔާބުވާނީ އޭރުން ކަމަށް ވާތީއެވެ. އެހިސާބުން އެވާހަކަ މެދު ކަނޑާލީމެވެ. ވަގުތުކޮޅެއް އެގޭގައި ހޭދަކޮށްލުމަށްފަހު ގެޔަށް ދިޔައީ އިޝާ ނަމާދު ބަންގި ގޮވާވެސް ނިމުމުންނެވެ.
ގެޔަށް ވަދެފައި އެންމެ ފުރަތަމަވެސް އަހަރެން ދިޔައީ ބަދިގެއާ ވީ ފަށިއަށެވެ. ދައްތަގެ ކޭކު ނިމުނުތޯ ބަލައިލާށެވެ. ކޭކު އޮތީ އަޅައި ނިންމާ އަލަމާރިއަށްވެސް ލާފައެވެ. ބަލައިލަން އެކޭކުވެސް ވަރަށް ރީއްޗެވެ. ދެން އުޅެގަތީ ބަދިގޭގެ އެއް ފާރު ރީތި ކުރުމުގައެވެ. އެގޮތުން އެތަނުގައި ހުރި މޭޒުގެނެސް ބަދިގެ އެނެއް ފަރާތަށް ލައި އެތަނަށް ކޭކް ބަހައްޓަން ކުޑަ މޭޒެއް ވެއްދީމެވެ. އަދި މޭޒުމަތީގައި ކެއްކިރަތް ކުލައިގެ ޝޯލްއެއް ބާއްވާ މަޑު ފިޔާތޮށި ކުލައިގެ ދެ މާ ބޮޑި ބާއްވާލީމެވެ. ދެން ދިޔައީ ފާރުގައި ހިއްޕާނެ އެއްޗެއް ކަފާލާށެވެ. ރީތި ފޮންޓަކުން އިނގިރޭސިން ‘ސަޕްރައިޒް’ ޖަހައިލާ ކައިރީގައި ހިތްތަކެއް ރަތްކުލައިން ބަހައްޓާ ގޮތަށް ހުރިހާ އެއްޗެއް ކަފާ ނިންމާލީމެވެ. އަދި ފާރުގައި ތަތްކޮށްލީމެވެ.
އަކުރުތައް ތަތްކޮށް ނިންމާލުމަށްފަހު ބަދިގެއިން ނުކުންނަނިކޮށް އެޖެހުނީ އެންމެ ބޮޑު ކަންތަކެވެ. ބަދިގޭގައި އިން ކުރެއްފެއް ފެނިގެން އަހަރެން ފިޔަވާ އެހެން އެންމެން އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތީއެވެ. ކަންފަތުގެ ތޫލިވެސް ފަޅައިގެން ނުދިޔައީ ހަމަކިިރިޔާއެވެ. އަނެއްކޮޅުން އެވަގުތަކީ ދައްތަމެން ގެޔަށް އައިސް ވަން ވަގުތެވެ. ބޮޑު ކަޅު ކުރެއްފެއްކަމުން އަހަރެންވެސް ޖެހިލުންވެފައި ހުރެ އިލޮށިފަތި ހިފައިގެން ގޮސް އެއްފަހަރުން ޖަހައި އޭތި މަރައިލީމެވެ. އަދި އަވަހަށް ބަދިގެއިން އެ ނެރެ އެއްލާލީމެވެ. އޭރުވެސް ދައްތަމެން ބަދިގެއާ ހަމައަށް އަންނާކަށް ނޫޅެއެވެ. އެވެސް ނަސީބެކެވެ.
އަލަމާރިން ކޭކު ނަގައި ކުޑަ މޭޒުމަތީގައި ބެހެއްޓުމަށް ފަހު ބަދިގޭގެ ހުރިހާ ލައިޓެއް ނިންވާލާ ފޯނު ވީޑިއޯއަށް ލައި ސެޓް ކޮށްލީމެވެ. އަދި ބާރު ބާރަށް ދައްތައަށާއި ޅިޔަނަށް ގޮވާލީމެވެ. ދެފަހަރަކު ގޮވާލުމުން ދެމީހުންވެސް ވަރަށް ސުލްހާގައި ބަދިގެއަށް އައިސް ވަނެވެ. އަނދިރިވުމުން ތަނެއް ވަކި ނުވާތީ ދެމީހުންކުރެ އެކަކަށްވެސް ކޭކު ވީ ކޮންތަނަކު ކަމެއް ނޭނގެއެވެ. ދެމީހުންވެސް އެނބުރިލީ ކޭކު އިން ފަޅި ނޫން އަނެއް ފަޅިއަށެވެ. އެ ފަޅިއަށް އެނބުރިލުމާއިއެކު އެންމެން އެއްފަހަރާ އެއްއަޑަކުން ސަޕްރައިޒް އޭ ކިޔައި ހަޅޭލަވާގަތެވެ. ދެމީހުންވެސް ތިބީ ވާނުވާގައިއެވެ. މިވަނީ ކިހިނެއްކަން ނޭނގިފައިއެވެ. މޭޒުމަތީގައި ދެކޭކު އިނުމުން ވާނީވެސް އެހެން ނޫން ހެއްޔެވެ؟
”ކޮން ދެކޭކެއް؟” ދައްތަ ކޭކަށް ބަލަހައްޓަގައި ހުރެ ބުނެލިއެވެ. ޅިޔަނުވެސް އެތަނަށް ގޮސް ކޭކާ ކައިރިވެލިއެވެ. އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައީ ދައްތަ އެހެން އެހުމުންނެވެ.
”ދެ ކޭކު ހަމަވާނެ އެއްނު ދެ މީހުން ކޭކު އަޅާށޭ ބުނީމަ. ދެމީހުން އެއްގަޑިއެއް ކިޔާފަ ކޭކެއް އަޅާދޭށޭ ވިޔަ ބުނީ.” އަހަރެން ހިނިއައިސް ހުރެ ބުނެލީމެވެ.
”އޭން. މަހީކުރީ މަންމަމެން ދޭ ކޭކެއް ކަމަށް އެޔޮތީ.” ދައްތަ ހުރީ ހަމަ ރަނގަޅަށްވެސް އާޝޯހުވެފައެވެ. އަނެއްކޮޅުން އާޝޯހުވީ ވީނުން ޅިޔަނު އިނީ އަނގައިންވެސް ބުނަން ނޭނގިފައިއެވެ. ދެކޭކަށް ބަލަހައްޓާގެންނެވެ. ހިނި ނާންނާނެ ހެއްޔެވެ؟
”އަސްލު މީ ފަހަރި ރޭވި ކަމެއް. އަހަރެން ކައިރީ ފަހަރި ބުނެފި ބޭބެ ކޭކު އަޅައިދޭށޭ ބުނި ދުވަހު ދައްތަ ލައްވާވެސް ކޭކު އަޅުވާނަމޭ. އެހެން ކިޔާފަ ދައްތަ ކޭކެއް އަޅުވަން އެއްބަސް ކުރުވީއޭ. ދެމީހުން ކޭކެއް އަޅަން ބުނެފަ ދެމީހުން ކޭކު ނިންމަން އެއް ގަޑިއެއް ބުނީމަ.. ދެން ކީކޭ ބުނާނި. މީނީ އެއްޗެއް ބުނަންވެސް ނޭނގިފަ ދޯ. ސަޕްރައިޒް ވީ ވީނުން.” ޅިޔަނަށް އިޝާރާތްކޮށް އަހަރެން ހިނިއައިސް ހުރެ ބުނެލީމެވެ.
”އާން. އެހެންނެއްނު ވާނި. މަ މި ގެޔަށް މިއަދު އެހައިވަރަށް އައިސް އުޅުނު އިރުވެސް ދެ ކޭކެއް އަޅާ ކަމެއް ނޭނގެ. މަހީކުރީ މި މީހުން މިހާ ވަރެއް އަރުވާލާފަ މިއުޅެނީ މަ ކޭކެ ނިންމަން ކަމަށް. މި ތުއްތަވެސް އެހައި މަޑުމަޑުން ގެޔަށް އައިސް މިއުޅުނީ މިހެންވެ ދޯ. މާ ބަސް އަހައިގެން. މަ ކައިރީ ނުވެސް ބުނެލައޭ.” އަހަރެންގެ ހިނިގަނޑު ހަމަ ދިޔައީ ފަޅައިގެންނެވެ. އެންމެ ފަހުން އެނިންމާލީ އަހަރެންގެ ބޮލަށް ހުރިހާ ކަމެއް ޖައިފައިވިއްޔާއެވެ.
”ބުނީމަ ސަޕްރައިޒްއަކަށް ވާނެތަ؟ ދެން ކޭކު ފަޅަން ވީއެއްނު.”
”މަ މިއަދު ހުރީ މީނާ މާ ގިނައިން މިގެޔަށް އަންނާތީވެސް ބިރުން. ދެން ހީކުރީ މިގެޔަށް މާ ވަރެއްކޮށް މިއަންނަނީ މަ ކޭކެއް އަޅާކަން އެނގުނީމަ ކަމަށް. މިދުވަސް ހަނދާނުން ނުފިލާނެ.” ދައްތަ އެހެން ބުނުމާއިއެކު އަނެއްކާވެސް އެންމެންނަށް ހެވުނެވެ.
ނިކަން ދެކި ބަލާށެވެ. އެހައި ފަސޭހައިން ޅިޔަނު ދައްތަގެ އަތުގައި ހިފައިލާގެން މިއައީ އެކޭކު ދައްކާ އުފާކޮށްލާށެވެ. އަނެއްކޮޅުން ދައްތަ ޅިޔަނުގެ އަތުގައި ހިފައިލައިގެން މިއައީ އެއްމަސް ވީ ކައިވެނީގެ ކޭކު ފެޅުމުގައިއެވެ. ދެމީހުންވެސް ކިހައި ސުލްހައަކު އަންނާނެ ހެއްޔެވެ؟ ނާންނަން ގަދަ ހަދަން އުޅޭނެ ހެއްޔެވެ؟
މިދުވަސް ހަނދާނުން ފިލާނެ ވަރުގެ ދުވަހަކަށް ވާނެ ހެއްޔެވެ؟ ދައްތަ މިއައި ޅިޔަނު އާޝޯހު ކޮށްލާށެވެ. ޅިޔަނު މިއައި ދައްތަ އާޝޯހު ކޮށްލާށެވެ. ދެމީހުންވެސް މިއައީ އެމީހުންގެ ކައިވެންޏަށް އެއްމަސް ފުރުނީތީ އެކަމުގެ ކޭކު ފަޅާށެވެ. ނަމަވެސް ދެމީހުންވެސް އާޝޯހު މި ކޮށްލީ އަހަރެމެންނެވެ.
~ ނިމުނީ ~
-29 އޮގަސްޓް 2020-
18 Comments!
Comments are closed.







Ohh really ???????❤️?❤️
Heehee bandah thadhuvejje?????????????❤️????
Seriously vrh majaa and nice story?❤️???❤️?❤️?❤️??❤️?????❤️????????☺️??☺️?☺️????❤️?❤️?❤️
?❤️?❤️???????❤️?❤️?❤️?❤️?❤️??????❤️?❤️???????
Omg!!!!!?????????????
Heehee halaaku????????
Asluves vrh fahkaa vaahaka eh?❤️??❤️?❤️??☺️???????????????
Vrh loabi vhk❤️?❤️?☺️❤️❤️☺️
Keep it up dear ??????☺️???❤️????☺️??????????????????☺️?
Hehe.. thank u soo much eekko.. heehee halaaku vehjje dhw.. hehe.. thanks a lot inge. Stay safe?
heeehee halaaku …. so funnny n vr ufaa vehjje nafu ge story eh anehkaahenn vx kiyaalan ibunnyma …. keep it up…masha allah story vx vr reethi also vr majaaa
Hehehe.. thank u sooo much riff.. it means a lot.. heehee halaaku dhw.. nafu vs vr ufaavehjje riff ge comment eh libunyna.. thank u?
thats soo funny… vrh majaa hehe! vrh miss vi nafu mathin and happy to see another story from you as well! hope to see more!! 🙂 luv you <3 miss you and stay safe!
Hehe.. thank u sooo much raaya.. it means a lot.. raaya mathin vs vr miss veyba.. miss u .. and vr ufaavehjje raayage commenteh libunyma.. ya insha allah.. miss u more.. u too stay safe.. take care?
neyge bunaaane eche ves hama eheveni mazaaa gayaaa hehehhe
Heheh thank u soo much dear.. it means a lot.. stay safe.. take care?
Salaam hurihaa kudhinnah.. unmeedhu kuran mi kuru vaahaka vs kamudhaane kamah.. adhi majaa vaahaka akah vaane kamah.??
Kihineh tha hurihaa kudhin?
Stay safe all.
Varah Varah reethi ❤️?❤️?❤️? maa sha Allah ?❤️?❤️?❤️? love you nafu ?❤️take care ?❤️?❤️ Stay home and stay safe ❤️?❤️?❤️?❤️?❤️?
Alheyy thank u sooo much livy dear.. it means a lot.. vr ufaavehjje mi stry vs kamudhiyae ma.. love u more dear.. u too stay safe and take care.. ?
Masha Allah Varah reethi mi stry ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ?
Sisssssu after a long time dhw.. Sis mathin Varah miss v.. ??Sis ge new stry kiyaalan Varah Avahah libeyne kamah ummiidhukuran..
Sis ge haalu kihineh thah ? alhugadu ge haalu Alhamdhulillah hama rangalhu..
Luv you So much Sisssssu ??????❤️❤️❤️????
Miss u ??????
Stay in home and tc be safe ? ?☺️??
Alheyy thank u sooo much dear.. it means a lot.. yess after soo many days dhw.. nafu vs black swan mathin vr miss vi.. and vr vr ufaavi dear ge comment eh fenunyma.. adhi support adhivs libeythy.. thank u dear.. insha allah.. nafu ah vy varakun story genes dheyveythw balaanan..
Alhamdhulilah nafu vr rangalhu.. happy to know that dear.. love u more dear… Miss u moreee.. and u too stay safe and take care??
You amazed me. The story is mind blowing. I love it. ???????hehe. Keep it up. ???
Thank u soooo much dear.. it means a lot.. stay safe.. take care dear..?
funniest and nices story ever
hehe thank u sooo much dear.. it means a lot.. stay safe?