Skip to content
އެސްފިޔަ

އަންނަންދެން ހުންނާނަން ލޯބިން 1

“ދަރިފުޅާ ތާރާ! ދެން ތެދުވޭ! މިހާރު އެއޮތްގެން ގަނޑި ޖެހެނީ!” ނާޒިމާ އޭނާގެ ދަރި ތާރާ އަށް ގޮވަމުން ދިޔައީ މިއަދު އޭނާގެ ބޭބެ، ނާޒިމްގެ ގެއަށް ތާރާ ބަދަލު ކުރަން ޖެހޭތީއެވެ. “ހުމްމްމް.. ތާ މި ތެދުވަނިއްޔޭ!” ތާރާ ކަންނެތް އަޑަކުން ބުނެލިއެވެ. “ތާރާ! މިހާރޭ ތެދުވަންވީ!” ނާޒިމާ އަނެއްކާވެސް ގޮވިއެވެ. “މަންމާ ޕްލީޒް! ހަމަ އެންމެ 5 މިނަޓޭ!” ތާރާ އަނެއް ފަރާތަށް އެބުރުނެވެ.

“ތާރާ މަ 3 ކިޔަންވާ އިރަށް ނުތެދުވެއްޖެއްޔާ…”

“މި ތެދުވީ! މި ތެދުވީ! މި ތެދުވީ!” ތާރާ އަވަސް އަވަހަށް އެދުން ފުންމައިގެން ތެދުވިއެވެ. އޭރު ކާރީގައި އިލޮށިފަތި ހިފައިގެން ހުރި ނާޒިމާ ފެނުމުން އަވަސްއަވަހަށް ފާޚާނާއަށް ވަދެ ދޮރު ތަޅުލިއެވެ. ނާޒިމާ ދެފަރާތަށް ބޯ ހަލުވާލަމުން ހީލިއެވެ. އެއަށްފަހު ތާރާގެ ކޮޓަރިން ނުކުތެވެ. ޙަޤީޤަތުގައި ނާޒިމާ ގޭގެ އިންތެރެ ކުނިކަހާފައި ތާރާއަށް ގޮވަން އާދެވުނީ އިލޮށިފަތި ހިފައިގެންނެވެ.

ތާރާ އަވަސްއަވަހަށް ރީތިވެލައިގެން ނިކުތް އިރު އޭނާގެ މަންމަ ހުރީ ސައި ތައްޔާރުކޮށްފައެވެ. ސައި ބޮއިގެން ތާރާ އަވަސްވެގަތީ ޕެކް ކޮށްފައި ހުރި ފޮށިތައް ގެއިން ނެރެވޭތޯއެވެ.

ތާރާ މާލެ އައީ މާލޭން ކިޔަވާށެވެ. ނާޒިމާ އެ ދަތުރުގައި ބައިވެރިވީ ދޮށީ ދަރިފުޅު ކައިލާން އާ ބައްދަލު ކުރާށެވެ. މިހާރު ތާރާ ތައްޔާރު ވަމުން އެދަނީ ނާޒިމާ އަނބުރާ ރަށަށް ފުރާތީ ބޮޑުބޭބެ ނާޒިމް ގެ ގެއަށް ބަދަލުވާށެވެ.

“މަންމާ! ހިތްހެޔޮ ކުރާތި އިނގޭ! ތާއްކޮ ދަނީ ނާދޮންބެމެން ގެއަށް!” ތާރާ ގޮވާލީ އޭނާގެ މަންމަ އަށެވެ. “އާނ، ދަރިފުޅާ! ބަސްއަހައިގެން ކިޔަވާތި. އެންމެނަށް މަންމަ ފަރާތުން ސަލާމް ބުނެދޭތި.” ނާޒިމާ ގޯތި ތެރެއިން ގޮވާލިއެވެ. އެ ގެއަކީ ތާރާގެ ބަައްޕަ ރައްޔާން މަރުވުމުގެ ކުރިން ތާރާ އާއި ކައިލާންގެ ނަމަށް ރަޖިސްޓަރީ ކޮށްފައިވާ ބޮޑު އިންތެރެއެއް އޮންނަ 2 ބުރީގެ އިމާރާތެކެވެ. ނަމަވެސް ތާރާ އަބަދުވެސް ނާޒިމާއާ ނުލައި މާލޭގައި ހުންނަންޏާމު ހުންނަނީ ނާޒިމް ގެ ގޭގައެވެ. އެއީ އެގޭގައި އޭނާގެ ހިތްދަތި މާޒީގެ ދުވަސްތައް ގުނާފައި ވާތީ ކަމަށް ވެސް ވެދާނެ އެވެ.

ތާރާ ގެ ބައްޕަ އަކީ މެލޭޝިޔާ މީހެކެވެ.

 

ތާރާ އަވަސްއަވަހަށް ޓެކްސީ އަކަށް ގުޅިއެވެ. ޓެކްސީ އައުމާއެކު އެއަށް ފޮށިތައް އެރުވުމަށްފަހު އޭނާ ވެސް އެރިއެވެ. އަދި ދާންވީ މަންޒިލް ވެސް ބުނެދިނެެވެ.

……….

ތާރާ ދިއްލީގެ ކުރިމައްޗަށް ޓެކްސީ މަޑުކުރުމާއެކު އަވަސްއަވަހަށް ފޭބިއެވެ. ކުރިމަތީގައި އޮތް ބޮޑު ގެއަކީ ތާރާ އަށް އެއްވެސް އިރެއްގައި އާ ތަނެއް ނޫނެވެ. އެއީ އޭނާގެ ލޯބިވާ ބޮޑުބޭބެގެ ގެއެވެ. އެގެއަކީ ތާރާ ތުއްތު އިރުގެ އެތަކެއް ހަނދާނެއް ވަޅުލެވިފައިވާ ގެއެކެވެ.

5 އަހަރު ފަހުން އެގެ ފެނުމުން ތާރާގެ ހިތް އުފަލުން ފޮޅުނީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. ޓެކްސީ ޑުރައިވަރަށް 25 ރުފިޔާ ދީފައި އަވަސްއަވަހަށް ފޮށިގަނޑާއި ދަބަސް ހިފައިގެން ދުއްވައިގަތެވެ. ތާރާ މާލެ އައިސް އުޅޭކަން އިނގެނީ ހަމައެކަނި އޭނާގެ ދޮންބެ ކައިލާން އަށެވެ. އެހެން އެންމެނަށް މާލެ އައީ ހަމައެކަނި ނާޒިމާ އެވެ. އަނެއްކާ ކައިލާން އަށް ތާރާ މިއަދު އެގެއަށް ބަދަލުވާ ކަމެއްވެސް ނޭނގޭނެއެވެ. އެހެންކަމުން ތާރާ ނިންމީ އެންމެން ރަނގަޅަށް ވެސް ސިއްސުވާލާށެވެ.

ގެއަށް ވަދެ ވުމާއެކު ތާރާ ފޮށިގަނޑާއި ދަބަސް ހުރިތާ ބެހެއްޓުމަށް ފަހު ސިޓިންރޫމް މެދަށް ގޮސް ބާރަށް ހަޅޭއްލަވައި ގަތެވެ. “ސަޕްރައިޒް!”

އެއްވެސް އަޑެއް ނީވުމުން ތާރާ މުޅި ތަނަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހަކު ސިޓިންރޫމްގައި ނެތްކަން ތާރާ އަށް އެނގުނީ އެހިސާބުންނެވެ. “އޮހް!”

 

ކުއްލިއަކަށް ސިޑިން މީހަކު ފައިބާ އަޑު އިވުނެވެ . ތާރާ އަށް މައްޗަށް ބަލާނުލެވެނީސް މީހަކު ގޮވާލި އަޑު އިވުނެވެ. “ތާ؟ ވެއިޓް އެ މިނެޓް. އޭމް އައި ޑްރީމިން އޮރް އޭމް އައި ފައިނަލް ގޮއިން މޭޑް؟“ސިޑިން ފައިބައިގެން އައި ޒުވާނާ ތާރާގެ ކުރިމަތީގައި ހުއްޓި ލަމުން ޖެއްސުމަށް ބުނެލިއެވެ.

“ސާބަހޭ! މަށޭ މީ! ތާ އޭ!” ތާރާ ތުއިވެލާފައި ތުންދަމާލަމުން ބުނެލިއެވެ. “ދޮންބެ ހީކުރީ ދޮންބެ ގާތު ބުނެފަ ކަމަށް އަންނާނީ.” ކައިލާން ހިނިތުންވެލިއެވެ. “ސަޕްރައިޒް ރޫއިން އެއް ނުކުރެވޭނެ ދޯ؟” ތާރާ ބުނެލިއެވެ.

އެއާއެކު މީހަކު ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ސިޑިއާ ދިމާލަށް ބަލާއިރު ސިޑި މަތީ ހުރީ އަންހެނެކެވެ. އޭނާގެ އުރުގައި އިނީ ކުޑަކުޑަ ފިރިހެން ކުއްޖެކެވެ.

“ތާ.. ތާރާ؟ ތާއްކޮ؟” އެ އަންހެންމީހާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “ސާބަހޭ ތިއްތާ!” ތާރާ ހިނިގަނޑެއް ޖަހާލިއެވެ. “އެކަ.. އެކަމް.. ތާއްކޮ ރަށުގަ.. މިތާ.. ކިހިނެއް؟” ނާޒިމްގެ އަންހެނުން، އުސްރާ އަދިވެސް ހުރީ ވާނުވާ ނޭނގިފައެވެ. “ހުމް ހުމް. ތާ މިއައީ މާލޭގަ ކިޔަވަންށޭ!” ތާރާ ހެމުން ހެމުން ބުނެލިއެވެ.

“ތާއްކޮ ވެސް ދޯ!” މީހަކު ޗުސް ކަނޑާ އަޑު އިވިގެން ބަލާލިއިރު ނާޒިމް އައިސް ތާރާ ކާރީ ހުއްޓެނީއެވެ. “ނާދޮންބެ ވަރަށް އުފާވެއްޖެ ތާއްކޮ މިގެއަށް އައީމަ. ކައިވެސް ވަރަށް އަވަހަށް ބޭރަށް ކިޔަވަން ފުރާނެ ވިއްޔަ.” ނާޒިމް ތާރާ ގައިގައި ބައްދާލިއެވެ.

 

“ހުމްމްމް.. މީހަކު މަދު. ކޮބާ މިގޭ ވެރިޔާ؟” ތާރާ އެއްބުމަ އަރުވާލަމުން އަހާލިއެވެ. “އީކަން ދޯ؟ އޭނަ ވީ އެކުވެރިންނާ އެއްކޮށް ކޮންމެވެސް ތާކަށް ގޮސްސަ.” އުސްރާ ބުނެލިއެވެ. އެއަޑު އިވުމާއި އެކު ތާރާގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. މި މަންޒަރު އެންމެންނަށް ވެސް ފެނިގެން ދިޔައެވެ.

“ތާ، ކޮންކަމެއް ތި ރާވަނީ؟” ކައިލާން ހިނިއައިސްފައި އަހާލިއެވެ. އެތާ ތިބި އެންމެންނަށް ވެސް ތާރާގެ ލާނެތްކަން އެނގެއެވެ. އަބަދުވެސް މީހުންނަށް ލަނޑު ދިނުމަކީ އޭނާގެ އާދައެވެ. އޭނާގެ ސަކަ މިޒާޖުގެ ސަބަބުން އެތަކެއް ބައެއްގެ ހިތަށް ދިރުން ގެނުވައި ދެއެވެ. އެންމެ މޮޅިވެރި ހިތަށް ވެސް މެއެވެ.

“އުމްމް.. އީކްއަށް ކުޑަވަރެއްގެ ސަޕްރައިޒެއް ދޭން ކަމަށް.” ތާރާ އެހެން ބުނި އިރު ވެސް އެއީ ‘ކުޑަ’ ވަރެއްގެ ސަޕްރައިޒަކަށް ނުވާނެކަން އެންމެނަށް ވެސް ވަރަށް ރަނގަޅަށް އެނގެއެވެ. “އައިމް އިން” ނާޒިމް ބުނެލިއެވެ. “މީ ޓޫ!” ކައިލާން ބުނެލިއެވެ. އުސްރާ އާއި ތާރާ ހޭންފެށިއެވެ.

 

“ތާތާ؟” އުސްރާގެ އުރުގައި އިން 1 އަހަރުގެ ލޫތު ތާރާ އަށް ގޮވާލިއެވެ. ތާރާ ލޫތު އާ ދިމާލަށް ސިހފައި ބަލާލި އެވެ. “އޯ މައި ގޯޑް! ހީ އިޒް ޓޯކިންތަ؟” އޭނާއަށް ހައިރާން ވެފައި އަހާލެވުނެވެ. “ނަން ނަން ކިޔާ މިހާރު.” އުސްރާ ބުނެލިއެވެ. ތާރާ ވީ އުފަލުން ލޫތު އުރާލިއެވެ. “މީ ތުއްތިގެ ލޯބިގަނޑޭ ދޯ!” ތާރާ ބުނެލީ އެވެ. “ބާވާވާވާ.” ލޫތު ބުނެލިއެވެ. “އެއީ އޭނަގެ ބޮޑު ބަސް” ނާޒިމް އެހެން ބުނުމާ އެކު ފެނުނީ އެންމެން އެކުގައި ހިނިގަނޑު ފަޅައިގެން ދިޔަ މަންޒަރެވެ.

……….

“ގާއިސް! ޔޫ ނޯ ވަޓް ޓު ޑޫ” ތާރާ ކައިލާނަށާއި ނާޒިމަށް ބުނީ ކާރެއް ޕާކްކުރި އަޑު އިވުމުނެވެ. އެއަށްފަހު އޭނާ ލޫތު އުރައިގެން ދުއްވައިގަނެފައި ގޮސް ވަނީ އީކަންގެ ކޮޓަރީގައި ހުރި އަލަމާރި ތެރެއަށެވެ. އޭރު އިރުއޮއްސެނީއެވެ.

………

ގޭތެރެއަށް ވަތް 3 ޒުވާނުން ހުއްޓުން އެރީ ގޭތެރެ އޮތްލެއް އަނދިރި ކަމުންނެވެ. “އީކް، ގޭތެރެ ހާދަ އަނދިރިއޭ! އުސްރައްތަމެން ނޫޅެނީތަ؟” ޖައިލަމް އަހާލިއެވެ. “ނޭނގެ. މަންމަ ނުބުނެ ތަނަކަށް ދާ ވާހަކައެއް” އީކަން ހައިރާން ވެފައި ބުނެލިއެވެ. 3 މީހުން ގޭތެރެއަށް ވަދެފައި ސްވިޗުތަކާއި ކުޅުމުންވެސް ލައިޓްތަކެއް ނުދިއްލުނެވެ. “ޖައި! ދޭބަ ސަރކިއުޓް ވެއްޓިފަތޯ އިނީ ބަލަން. އެ ވެއްޓިފަ އިނިއްޔާ ޖައްސާތި އިނގޭ.” އީކަން ބުނެލިއެވެ. އަދި ދެން ހުރި ޒުވާނާ އާއެކު އޭނަގެ ކޮޓަރި އާ ދިމާއަށް ދިޔައެވެ.

އީކަން އާއި ކިޔާން ފަހަތް ބަލާލީ މީހަކު ބަލާހެން ހީވެގެންނެވެ. ނަމަވެސް ހީވި ހީވުމަކަށް ބަލާފަ ދެމީހުން އަނެއްކައިވެސް ހިނގައިގަތެވެ. ކުއްލިއަކަށް އިވުނީ އަންހެނަކު ބާރަށް ހޭންފެށި އަޑެވެ. ދެމީހުން ބިރުގަތް ނަމަވެސް އެކަން ހިންދާލިއެވެ. އެވަގުތު ކުރިމަތިން ހުދުކުލައިގެ އަންހެނެއް ހުރަސް ކުރިތަން ފެނުނެވެ. “މަންމާ!” “އުސްރައްތާ!” ތުރުތުރު އަޅާ ކަހަލަ އަޑަކުން ދެމީހުން ގޮވާލިއެވެ.

ސިޑިމަތިން ފިޔަވަޅު ތަކެއްގެ އަޑު އިވުމުން ދެމީހުން ބަލާލީ އެދިމާލަށެވެ. ދެވަނަ ސިކުންތުގައި އެކުދިންގެ އިސްތަށިގަނޑަށް ހޫނު ނޭވާ ތަކެއް އެޅެން ފެށިއެވެ. ފަހަތުގައި ހުރި މީހާ ހޫން އަޅުވާލި އަޑު ވެސް އިވުނެވެ. “އީކަން. ކިޔާން.” ދެން އިވުނީ އުސްރާގެ އަޑެވެ. އީކަން އަވަހަށް ފަހަތަށް އެނބުރުން އިރު ކުރިމަތީ ކޮޅަށް ހުރި ހުދު ފޮތިގަނޑު ފެނިފައި މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. “ކި.. ކިޔާން.” އޭނާ ގަތް ބިރުން ސިޑިއާ ދިމާއަށް ބަލަހައްޓައިގެން ހުރި ކިޔާން އަށް ގޮވާލެވުނެވެ. ކިޔާން އެދިމާއަށް ބަލާލެވުމާއެކު ކުރިމަތީ ކޮޅަށް ހުރި ފޮތިގަނޑު ފެނިފައި ހަރަކާތްތައް ހުއްޓުން އެރި އެވެ. މީހާ ގަނޑުވި ކަހަލަ އެވެ.

ފޮތިގަނޑު ކުޑަކޮށް ކާރިއަށް ޖެހިލިއެވެ. އެއާއިއެކު ހީވީ ބަޑިއެއް ޖެހި ހެންނެވެ. ދެމީހުން ހަޅޭއްލެވުން އެންމެ ބާރަކަށް ހަޅޭއްލަވައި ގަނެފައި ސިޑިއާ ދިމާލަށް ދުއްވައިގަތެވެ. ސިޑިން މައްޗަށް އަރާފައި ތިރި ބަލާލި އިރު ފޮތިގަނޑެއް ނެތެވެ. އަނެއް ފަރާތަށް ބަލާލި އިރު ކުރިމަތީ ހުރީ ހަމަ އެ ފޮތިގަނޑެވެ.

“އޮހް މައި ގޯޑް” އީކާން އަށް ބުނެވުނެވެ. ދެން ފެނިގެން ދިޔައީ އެ ފޮތިގަނޑު ހުރިތަނަށް ވެއްޓުން މަންޒަރެވެ. ދެމީހުންނަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ފަހަތުން ހިނިގަނޑެއް ޖަހާލި އަޑު އިވިގެން ބަލާލިއިރު ސިޑި މަތީ ހުރީ އޭއްޗެވެ. އެމީހުން އަނެއްފަރާތަށް ބަލާލިއިރު ކުރިން އެތަނަށް ވެއްޓުން ފޮތިގަނޑެއް ނެތެވެ. ސިޑި މަތީ ހުރި ފޮތިގަނޑު އަންނަން ފެށުމުން އެމީހުން ކޮޓަރި ތެރެއަށް ދުއްވައިގަތެވެ.

ދޮރުގައި ޓަކި ދިން އަޑު އިވުމުން ފަހަތް ބަލާލި އިރު ދޮރު ކައިރީ އެކަކު ވެސް ނެތެވެ. ނަމަވެސް ދޮރު ކުރިމަތީ އިނީ އަލިފާން ޖައްސާފައި އިން އުއްބައްތި އެކެވެ. ކިޔާން އަވަހަށް ދޮރު ލެއްޕިއެވެ. ކުއްލިއަކަށް އަލަމާރި ދޮރު ތެޅުވޭ އަޑު އިވެން ފެށިއެވެ. މަޑުމަޑުން އަޑެއްވެސް އިވެން ފެށިއެވެ. ދެން އިވުނީ ދޮރު މަޑުމަޑުން ހުޅުވުން އަޑެވެ. އެއާއެކު ކުޑަކުޑަ އެއްޗެއް ނިކުތް އަޑުވެސް އިވުނެވެ.

“ބާބާވާވާވާ… ބާވާވާވާ.. ” ކުޑަކުއްޖެއްގެ އަޑު އިވިގެން ދިޔައެވެ. އީކާން އަށް ހީވީ ބޮލުގައި މީހަކު ޖެހި ހެންނެވެ. މިވަނީ ކިހިނެއްބާއެވެ؟ މިގޭގައި ކަމެއް ހިނގަނީ ބާއެވެ؟

……….

އަލަމާރި ތެރޭގައި ފިލާ ހުރި ތާރާ އަށް ބޭރުގައި ހިނގާ ކަންތައްތައް ނުފެނުނަސް އަޑުތައް އިވެމުން ދިޔައެވެ. އޭނާ ހުރީ ހިނިގަނޑު ފަޅައިގެން ދާ ވަރުވެފައެވެ.

……….

ކުއްލިއަކަށް މުޅިތަން އަލިވެގެން ދިޔައެވެ. އީކަން އާއި ކިޔާން އެކު އެކީގައި މައްޗަށް ބަލާލުމުން ކަރަންޓު ލިބުނީކަން އެނގުނެވެ. ޖައިލަމް މަތިން ހަނދާނަށް އައީ ވެސް ދެނެވެ. ދެމީހުން ހަމަ ޖެހުމުގެ ނޭވާއެއް ލުމަށްފަހު ކޮޓަރިން ނިކުމެ ބޭރު ބަލާލިއެވެ. އޭރު އެއްކަލަ އުއްބައްތިއެއް ނެތެވެ. އެވަގުތު ޖައިލަމް ސިޑިން އެރި މަންޒަރު ފެނުނެވެ. “ހާދަ ބިރުގެންފަ.” ހައިރާންވެފައި ޖައިލަމް އަހާލިއެވެ. ކިޔާން އަށާއި އީކަން އަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. “ޖައި އަކަށް ކަމެއް ނުވޭތަ؟” ކިޔާން އަހާލިއެވެ. “މިބުނީ ބިރުވެރި ކަމެއް ކަހަލަ..” އީކަން ބުނެލިއެވެ. “ނޯ…” ޖައިލަމް ބުނަން އުޅުނެވެ.

“ބާވާވާވާ.” ކޮޓަރި ތެރެއިން އަޑު އައެވެ. 3 މީހުން އެއްކޮށް ކޮޓަރިތެރެއަށް ބަލާލެވުން އިރު ތަށިމުށިގަނޑު މަތީ ރާބޮއްޔެއް ހިފައިގެން އިނީ ލޫތެވެ. “ލޫތު؟ މިތާ؟” އީކަން ހައިރާން ވެފައި ބުނެލެވުނެވެ. “ދޯންބެޔޭޔޭ” ލޫތު ރާބޮލި ތަޅުވާ ލަމުން އީކަން އަށް ގޮވިއެވެ. އީކަން އަވަސް އަވަހަށް ލޫތު އުރާލިއެވެ. “ލޫލު ކޮބާ މަންމަ؟” އީކަން އަހާލިއެވެ. “މަމްމަމްމަމްމި” ލޫތު ލޯބިކޮށް ހީލިއެވެ. “އޯކޭ. ހިނގާ ސިޓިންރޫމަށް ދާން” އީކަން ބުނެލިއެވެ. އެއަށްފަހު 3 މީހުން އެކުގައި ނިކުންނަން ހިނގައިގަތެވެ.

ކިޔާން އަށް ހުއްޓެވުނީ އަލަމާރިތެރެއަށް އެއްޗެއް ވެއްޓުނު އަޑު އިވުމުންނެވެ. އެއާއެކު ދެން ފެނުނީ އަލަމާރި ދޮރު ހެލެންފެށި ތަނެވެ. ތެޅިތެޅި އޮތް ހިތަކާއި އެކު އޭނާ އަލަމާރި އާ ދިމާލަށް މިސްރާބު ޖެހިއެވެ.

……….

އީކަން އަލަމާރި ކައިރިއަށް އަންނަން އަޑު އިވުމުން ތާރާ ތައްޔާރު ވެލިއެވެ.

……….

ކިޔާން އަލަމާރި ދޮރު ކުރިމަތީ ހުއްޓިލިއެވެ. އަދި ފުން ނޭވާއެއް ލުމަށްފަހު ދޮރުގެ މުއްގަނޑު ގައި ހިފިއެވެ.

……….

ދޮރު ހުޅުވުނެވެ. ތާރާ ބަލާކަށް ނުހުރެ ހަޅޭއްލަވައި ގަތެވެ. “ސަޕްރައިޒް!!!” އެވަގުތު އަލަމާރިތެރޭ ހުރި ފޮއްޓެއްގެ މައްޗަށް އެރި އޭނާ އަރި އަޅާލިއެވެ. އޭނާ ވެއްޓެން ދިޔައީ އީކަން އާ ދިމާއަށެވެ.

ކިޔާން ސިހުނެވެ. އަލަމާރި ހުޅުވާލުމާއިއެކު ސަޕްރައިޒް އޭ ކިޔާ ހަޅޭއްލަވައިގަނެފައި ވެއްޓެން އެ އަންނަނީ ނުވެސް ދަންނަ އަންހެން ކުއްޖެކެވެ. އެކުއްޖާގެ ތޫލި އަޑަކުން ހަޅޭއްލަވައި ގަތެވެ. ކިޔާން އަވަސް އަވަހަށް އެކުއްޖާގެ އުނަގަނޑުގައި އަތް އަޅައި ވެއްޓުމުގެ ކުރިން މަތަކުރިއެވެ.

އީކަން ތާރާގެ އުނަގަނޑުގައި ހިފާ މަތަކުރުމާއިއެކު އޭނާ އަވަސް އަވަހަށް އީކަންގެ މޫނަށް ބަލާލި އެވެ. ތާރާ އަށް ލިބުނީ ސިހުމެކެވެ. އޭނާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރީ އީކަން އެއް ނޫނެވެ. އޭނާ މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ޒުވާނެކެވެ.

ތާރާ އަށް ކަޅިވެސް ޖަހާ ނުލައި އެ ޒުވާނާގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެ ދެލޯ ހާދަ ރީއްޗެވެ. ތާރާ އަށް މީގެ ކުރިން އެހާ ރީތި ލޮލެއް ނުދެކެއެވެ. ހާދަ ކަޅެވެ. އެ ދެލޮލުން ކަޅުފޮއި ރެއެއް ސިފަ ކޮށްދޭ ކަހަލައެވެ. އެ ހުންނަނީ ކޮންކަހަލަ ދަމާ ބާރެއް ހެއްޔެވެ؟

ކިޔާން އަށް ވެސް ވީ ހަމަ އެވަރެވެ. ކަޅި ޖަހައި ނުލައި ތާރާގެ ދެލޮލުގެ ޖާދުލުގައި ޖެހިފައި ހުރެވުނީއެވެ. ވިއްސާރަ ދުވަހެއްގައި ބަނަވެފައި އޮންނަ އުޑުމަތި ސިފަކޮށްދޭ އެ ރީތި އަޅިކުލައިގެ ދެލޮލުން އެތަކެއް ވާހަކަތަކެއް ކިޔާދޭ ކަހަލައެވެ. އެ ތޫނު ބެލުމުންވެސް އެތަކެއް ހިތްތަކެއް ކަތިލާނޭ ކަން ގައިމެވެ.

“ޔާން! ކޮން އަޑެއްތަ؟” ކޮޓަރިތެރެ އަށް ޖައިލަމް އާއެކު ވަދެގެން އައި އީކަން އަހައިލިއެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އެރީ ކިޔާންގެ އަތުތެރޭގައި ހުރި އަންހެން ކުއްޖާ ފެނިފައެވެ. އެއްޗެއް ނުބުނެވި އުޅެނިކޮށް ފެނުނީ ތާރާ ކިޔާންގެ މޭގައި އަތް އަޅާ ކޮއްޕާލި ތަނެވެ. ކިޔާން އަރި އަޅާލައިގެން ފަހަތަށް ވެއްޓުނީއެވެ. އެވަގުތު ދޮރުމަތީގައި ހުރި އީކަން ފެނިފައި ތާރާގެ މޫނު މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ވެއްޓުނު ކިޔާން މަތިން ވެސް ހަނދާން ނެތުނު ކަހަލައެވެ.

 

“ތާ؟ އަރ ޔޫ ރިއަލް؟” އަނގަ ހުޅުވިފައި ހުރެ އީކަން އަށް އަހާލެވުނެވެ. “ހުމްމް.. ތާ އޭ މީ. މެއްސެއް އަނގަޔަށް ނުވަންނަނީސް އަނގަ ލައްޕަ ބަލަ.” ތާރާ ހިނިއައިސްފައި ބުނެލި އެވެ. “ދިސް އިޒް ރިއަލް! ޔޫ އަރ ރިއަލް! އޯ މައި ގޯޑް، ތާ! އައި މިސްޑް ޔޫ ސޯ މަޗް!” އީކަން ދުވެފައި ކަހަލަ ގޮތަކަށް އައިސް ތާރާ އުރާލިއެވެ. އަދި ވައިގެ ތެރޭ އަނބުރާލިއެވެ. މުޅި ކޮޓަރި ތެރެއިން ގުގުމައިގެން ދިޔައީ ތާރާގެ އުފަލާއި، ޖޯޝުން ފުރިފައިވާ ހުނުމުގެ އަޑެވެ. އޭރު ކޮޓަރީގައި ދެންތިބި މީހުން ތިބީ ވާނުވާ ނޭނގިފައެވެ. އީކަން ތާރާ ބިންމަތީ ބެހެއްޓުމަށް ފަހު އޭނާގެ އެކުވެރިންނާ ދިމާއަށް އެނބުރުނެވެ. އޭރު ކިޔާން ވެސް ތެދުވެއްޖެއެވެ. ނަމަވެސް އޭނާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

“ގާއިސް! މީޓް މައި މޮޔަ ކޮއްކޮގަނޑު، ތާރާ.” އީކަން ބުނެލިއެވެ. ތާރާ އޭނާގެ ބޮލުގައި ތަޅައިގަތެވެ. “އައިމް ނޮޓް މޮޔަ! އީކް ތީ މިގޭ ބޮޑު މޮޔަ.”

“ވެއިޓް ވެއިޓް. އަހަންނަކަށް މީގެ ކުރިއަކުން ނޭނގެ އީކްގެ ލޫތު ނޫން އެހެން ކޮއްކޮ އެއް ހުންނަ ކަމެއް” ހައިރާންވެފައި ޖައިލަމް އަހާލިއެވެ. “ޖައީ! ތާއްކޮ މީ މަގޭ ވަކި ބަނޑު ވަކި ބަފާ ކޮއްކޮ.” އީކަން ބުނެލިއެވެ. “ސާބަސް! ކަޒިންސަށް ދިވެހިން ކިޔަނީ ދެބޭންގެ ދެދަރިންނޭ!” ތާރާ އީކަންއާ ދިމާއަށް ބުނެލި އެވެ.

“ކަޒިންސް؟” ޖައިލަމް ތަކުރާރުކޮށްލިއެވެ. “ޔަޕް” ތާރާ ބުނެލިއެވެ. “އެންޑް ތާ، މީޓް މައި ފްރެންޑްސް ޖައިލަމް އެންޑް ކިޔާން” އީކަން ތާރާއަށް ބުނެލިއެވެ.

 

“އޭނީވޭސް، ވުޑް ޔޫ ލައިކް ޓު އެކްސްޕްލެއިން ވައި ޔޫ ވަރ އިން ދަ އަލަމާރި؟ އެންޑް އިފް އައި ރިމެމްބަރ ކަރެކްޓްލީ ލޫތު ވެސް ނިކުމެގެން އައީ އަލަމާރި ތެރެއިން.” ކިޔާން ކުރިއަށް ޖެހިލަމުން އަހާލިއެވެ. އެއާއެކު އެންމެންގެ ނަޒަރު ހުއްޓުނީ ތާރާ އަށެވެ. “އަމްމް.. ސް.. ސަޕްރައިޒެއް ދޭން؟” ހިތް އަވަސް ވެފައި ހުރި ތާރާ އަށް ބުނުމުގެ ބަދަލުގައި އަހާލެވުނީއެވެ.

“ރިއަލީ؟ އެހެންވީރު ގޭތެރޭގަ ހިނގާ ދިޔަ ކަންތައްތަކާ ތާރާއާ އެއްވެސް ކަހަލަ ގުޅުމެއް އޮންނާނެތަ؟” ކިޔާން އެއް ބުމަ އަރުވާލިއެވެ. “ން.. ނޯ..” ތާރާ ހިންދިރުވާލެވުނެވެ. އީކަން އަށް ވާނުވާ އެނގުނު ކަހަައެވެ. “ތާ؟” އޭނާ އަހާލިއެވެ. “އޯކޭ، މޭ ބީ.” ތާރާ ގަތް ލަދުން މޫނު މައްޗަށް ޖަންބު ކުލަ ވެރިވިއެވެ. “ކޮބާ މަންމަ މެން؟” އީކަން ހިނިއައިސްފައި އަހާލިއެވެ.

“ބިހައިންޑް ޔޫ.” އުސްރާގެ އަޑު އައެވެ. 3 މީހުން ފަހަތަށް ބަލާލެވުމާއެކު ދިޔައީ ސިއްސައިގެންނެވެ. އެއާއެކު ތާރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ދޮރު ކާރީ ހުރީ ހުދުކުލައިގެ ހެދުމެއްގައި ހުރި އުސްރާއެވެ. އޭނާގެ ބޮލުގައި އޮތީ ހުދު ކުލައިގެ ވިގެކެވެ. އުސްރާ ކާރީގައި ހުރީ ނާޒިމެވެ. އޭނާގެ ކޮނޑު މަތީގައި ހުދު ފޮތިގަނޑެއް އޮވެފައި އަތުގައި އަލިފާން ނިވިފައި އިން އުއްބައްތިއެއް އިނެވެ. “ވަޓް ދަ ހެލް.” ޖައިލަމް އަށް އަހާލެވުނާއެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ އީކަންމެން އޭނަ ގާތު ބިރުވެރި ކަމެއް ވިތޯ އެހި ހަނދާނެވެ. ވާނުވާ ރޭކާލުމާއެކު އޭނާ ގާތަށް ހިނި އައެވެ. އެ ހުނުމުގައި ބާކީ ތިބި މީހުން ވެސް ބައިވެރިވި އެވެ. ކިޔާން ފިޔަވާއެވެ.

ކިޔާން އަދިވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ. ތާރާ އޭނާ ކޮއްޕާލުމުން ވެއްޓުނީމައެވެ.

 

“ވާއު. ޑްރާމާ ވަރަށް ސަޅި.” ކުޑަދޮރު ކައިރީގައި ހުރި ދޮރު ފޮތިގަނޑު ތެރެއިން ނިކުމެގެން އައި ކައިލާން ބުނެލިއެވެ. އޭނާގެ އަތުގައި ކެމެރާއެއް އޮތެވެ. “ދޮންބޭ ތާއްކޮ ލެޕަށް ތި ވީޑިއޯ އަޅާ ދެއްޗޭ.” ތާރާ ކައިލާން ގާތި ބުނެލިއެވެ. “ތާ ތީ ކައިގެ ކޮއްކޮތަ؟” ޖައިލަމް އަށް އަހާލެވުނެވެ. “ޔެސް. ތާ މީ މަގޭ ލާނެތް ކޮއްކޮ” ކައިލާން ތާރާގެ ކޮނޑުގައި އަތް އަޅާލަމުން ބުނެލިއެވެ. ތާރާ ކައިލާން އާ ދިމާލަށް ލޯ އަޅާލިއެވެ.

“ހިނގާ އެންމެން ސައި ބޯން ދާން” އުސްރާ އެހެން ބުނެފައި ހިނގައިގަތުން އެންމެން ކޮޓަރިން ނުކުތެވެ.

 

“ހޭ! ކިޔާން. އައިމް ރިއަލީ ސޮރީ ކޮއްޕާ ލެވުނީމަ.” ތާރާ ކިޔާން އާ ހަމައަށް އަރާފައި ބުނެލިއެވެ. ކިޔާން އެކައްޗެއްވެސް ނުބުނެ އެވެ. “އައިމް ސޮރީ. އަސްލުވެސްސޭ.” އޭނާ އަނެއްކާވެސް ބުނެލިއެވެ. ކިޔާން ހުއްޓުމަށްފަހު ތާރާ އާ ދިމާއަށް އެނބުރުނެވެ. “ލުކް ތާރާ. ލެޓްސް ނޮޓް ޓޯކް އެބައުޓް އިޓް. ވަޓްސް ޑަން އިޒް ޑަން” އެހެން ބުނުމަށް ފަހު އޭނާ ދިޔައީއެވެ.

“ހާދަ ފޮނި މީހެކޭ! މަޢާފަށް އެދުނީމަ އެވަރުން ނުފުދުން. ހުއް. މަށެއް ވެސް ނޫޅެން އޭނަޔާ ވާހަކަ ދައްކާ ހިތަކުން. އާފްޓަރ އޯލް އޭނައާ ހެދި އީކް އަށް ހެދި ސަޕްރައިޒް ރޫއިން ވީ.” ތާރާ ހިތްހަމަ ނުޖެހިފައި ތުން ފިއްތާލިއެވެ. އަދި އެތަނުން ހިނގައިގަތެވެ.

 

~°~°~°~°~

އުންމީދު ކުރަން މިބައި ރީތި ވާނެ ކަމަށް?

~°ޝައިމާ°~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (26)

  1. Lam ?

    ❤️❤️❤️❤️❤️Maasha allah V reethi first part
    Kiyaan Haadha fonyey.. n V majaa Suprise eh Dhw Ekan ah thaaraa edhinee.. Hama heehee badah thadhuvehje.. ?????
    Curiously waiting for nxt part dear
    Stay safe

    1. Shyyyms
      Lam ?

      Hehe. Thanks ❤

  2. ❤️Scarlet❤️

    Soooooooo cool… Thaara is my type.. Lam ur right! Scarlet ves hee hee Bandah thadhuvejje!
    Cant wait to read next part

    1. Shyyyms
      ❤️Scarlet❤️

      Thanks. And yhh, varah avahah next part update kohdheynan. Insha Allah.

  3. Noo_ra

    Varah Varah reethi mi part…. ❤️??
    Hehe.. Varah majaa 1st part… ?
    Waiting for the next part….. ??
    Stay home and stay safe… ??

    1. Shyyyms
      Noo_ra

      Thanks ❤️

  4. Shaiiii

    Vhk hama vrh obi???????????????
    Thaara is like me????????????????
    Waiting for nxt part❣️?❣️?❣️?❣️?❣️?❣️?❣️?❣️
    Luv u nd take care♥️⚡♥️⚡♥️⚡♥️⚡♥️⚡♥️⚡♥️⚡♥️
    Stay safe and be careful❤️✨❤️✨❤️✨❤️✨❤️✨❤️✨❤️
    Much loves from me ??????????????

    1. Shyyyms
      Shaiiii

      Awwn… Love you too dear. And thanks. Stay safe ♥ ♥ ♥

  5. Shaakko

    Omg????‍♂️?‍♂️?‍♀️?‍♀️ Hahahahahahahaha??????????????????????? Huvaa heehee halaaku?????? hama bunaane ehcheh ves neyngifa meeni?????????????????????????????????????????????????????????? Maasha Allah first part hama habeys???????????????? Sifa kohdheefa huri gothun hama heevani aslah hurihaa kameh fenna hen?? varah varah majaavefa varah varah loabi??? huriha part eh ves mihaa loabikoh nimemdhen genes dhehchey♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. Shyyyms
      Shaakko

      Thanks ❤️. Hurihaa part ehves furihama kamaa eku genesdheveytho masahkaiy kuraanan. Insha Allah.

  6. ?Flower ?

    Masha Allah Varah reethi first part hee hee halaaku vehje and kiyaan haadha fonyee ??????
    Waiting for the next

    1. Shyyyms
      ?Flower ?

      Hehe. Thanks ❤

  7. unknown queen

    Vvv reethi.. yes hee mihaaru bandah goh araifi????
    When next

    1. Shyyyms
      unknown queen

      Haha. Thanks ☺

  8. ?Ril?

    ❤️Wow❤️ mi❤️ part❤️ ves❤️ vrh❤️ sali ❤️
    ❤️Masha ❤️Allah ❤️
    ❤️Hama❤️ heekurihen ❤️vrh❤️ sali❤️ Mi ❤️stry❤️and❤️❤️this ❤️is ❤️on ❤️my❤️ favourite❤️ stry❤️ list ❤️
    ❤️Heeeeeeheee?? halaaku ??vehje Ril ves ??Ehehhehehe???❤️❤️ Mi❤️ thaaraa❤️ haadha❤️ haa❤️ majaley❤️ hahhahaha❤️
    ❤️Btw❤️ waiting ❤️for❤️ the❤️ next
    ❤️Lysssssmmmm ❤️sis❤️
    Stay❤️ safe❤️ and❤️ sound

    1. Shyyyms
      ?Ril?

      Thanks ❤️. Iraadha kurevviyya v avahah publish kuraanan next part.

  9. ??Xaa Xaa ??

    Varah reethi… Lolah hama sifa vaahen hyvy… Thaara and me same… I also like giving surprises.. Mostly meehun sissuvan.. Hehe.. Varah Majaa igey…

    1. Shyyyms
      ??Xaa Xaa ??

      Thanks ❤️

  10. R¥N

    Maasha Allah ❤️varah reethi mi part ves ?keep it up

    1. Shyyyms
      R¥N

      Thanks R¥N

  11. Kylie

    Wow v reethi first part vxx… Mee v majaa adhi thafaathu love story akah vaane kamah ummeedhu kuran.☺️.. Btw whn nxt… Stay safe ?

    1. Shyyyms
      Kylie

      Thank you ☺

    2. Shyyyms
      Kylie

      Iraadha kurevviyya v avahah next part update kohdheynan

  12. ??suru ??

    Vvvvvvv lobi first part ??????whaiting for next part ?????????stay safe ?????????

    1. Shyyyms
      ??suru ??

      Thanks ❤️. Next part mihaaru vany pubish kurevifa.

  13. Shiz

    Masha allah vvv salhi mi bai… ☺️❤️❤️
    Maa haadha molhey ❤️❤️❤️❤️❤️

Comments are closed.