Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާދީނީލޯބި

ދިރިއުޅުން އަލިކޮށްދިން 1

kudhoo Level 310 Stories100 Comments
September 2, 2020 5 Mins Read
10 Comments

ދުނިޔެމަތި ވަނީ ކަޅު ވިލާ ތަކުން ފުރި ބާރުވެފައެވެ. ދެންމެ ދެންމެ އޮއްސާލަފާނެ ހެންވެސް ހީވެއެވެ. އިރުއިރުކޮޅާ ޖެހިގަންނަ ބާރު ވައިރޯޅިން ގަސްތައްވެސް މުލުން ލުހިގެން ހިނގާދާނެހެން ހީވެއެވެ. ބައެއް ގަސްތަކުގެ ހިމަ އޮފިތައް ވަޔާ ބިންދައިގެން ފައިބައެވެ. ދުނިޔެ މަތީގައި އުފެދިފައިވާ ކަޅު ވިލާތަކުގެ ސަބަބުން ދުވާލުގެ އެންމެ އަލިގަދަ މެންދުރު ވަގުތުވެސް ހީވަނީ އިރުއޮތްސި ރޭގަނޑަށް އަޅަނީ ހެންނެވެ. އެހާވެސް އަނދިރެވެ.

ލާނާ ހިއްކަން ރޯނުގައި އެޅި އަންނައުނުތައް ނަގަން އަވަހަށް ނިކުތެވެ. މުޅި ގޯތި އޮތީ ފަތްތަކުން ފުރިފައެވެ. ބަނބުކެޔޮގަހާ އަނބުގަހާ ޖަންބުގަހުގެ ފަތްތަކެވެ. މިދުވަސްކޮޅު ޖަންބުގަހުގައި މާތައް އަޅައިފައި ވުމުން ޖަންބު ގަސްދޮށުވަނީ އެއްކޮށް ފިޔާތޮށި ކޮށްލައިފައެވެ. ވާރޭ އޮއްސާލުމުގެ ކުރިން ހެދުންތައް ނަގައިގެން ލާނާ އަވަހަށް އެތެރެއަށް ވަނެވެ. ދެބުރިއަށް ނަގައިފައިވާ އެގޭގެ މަތީބައިގައި ފަސްކޮޓަރި ހުރެއެވެ. ތިރީ ބައިގައި ބަދިގެއަކާ އެކު ބޮޑު ސިޓިންގ ރޫމެއް ހަދާފައިވާއިރު ތިން ކޮޓަރި ހުރެއެވެ. މަތީބައިގައި ގޭގެ ތިން ފިރިހެން ކުދިން ޔުއާން ސައީދު، މުނާން ސައީދު، ހުޝާން ސައީދުއާއި، ދެއަންހެން ކުދިން ޔުމާ ސައީދު، ލުމާ ސައީދު އުޅޭއިރު ތިރީބައިގައި އުޅެމުން އަންނަނީ އެކުދިންގެ މައިންބަފައިން ޒުލޭޚާ އާއި ސައީދުއެވެ. ލާނާއަކީ ގޭގެ މަސައްކަތު ކަންތައްތަކުގައި ގެނެސްފައި ހުންނަ ކުއްޖެކެވެ. ލޫނާ އެގޭގައި އުޅޭތާ މިހާރު ހާހަރު ވެދާނެއެވެ. އުޅެބޮޑުވީ މައިންބަފައިން ކައިރީ އިންޑިއާގައެވެ. ނަމަވެސް އެކްސިޑެންޓެއްގައި މައިންބަފައިން ނިޔާވުމުން އަމިއްލަ މަސައްކަތެއް ހޯދުމަށްޓަކައި އުޅެން ހަދައިގެން ލިބުނު ފުރުސަތެއްގައި ރާއްޖެއައީއެވެ. ލާނާ އުޅެމުންއަންނަ މިޝަން ގެއަކީ މުޅި ރަށުގައިވެސް ނަން ވިދާގެއެކެވެ. އެއީ ސައީދުއަކީ އަމިއްލަ  ދެ ރެސްޓޯރެންޓާއި، ތިންފިހާރަ ހިންގަމުން އަންނަ މީހެކެވެ. މިހާރު އޭނަގެ އަމިއްލަ ޚަރަދުގައި އަންނަނީ ކުޑަކުދިންނަށް ކިޔަވައިދޭނެ ޤުރުއާން ކުލާހެއް ހަދަމުންނެވެ. ނުވިތާކަށް ކޮންމެ ރޯދަމަހާއި ގާތްކޮށް ދަތިކޮށް އުޅޭ މީހުންނަށް އޭނަގެ އާއިލާގެ ނަމުގައި ގިނަ ސަދަޤާތްތަކެއް ކޮށްހަދައެވެ.

މައިންބަފައިންނަކީ ސާލިޙް ބަޔަކަށް ވަންޏާ ދަރިންވެސް ސާލިހު ހެޔޮލަފާ ބައެއްގެ ގޮތުގައި ބޮޑުވާނެ ވާހަކަ އަޑު އަހަމެވެ. ނަމަވެސް ލާނާއަށް ފެންނަމުންދަނީ އެފަދަ ކަމެއް ނޫނެވެ. ލާނާ އެގެއަށް އައިރު އެންމެ ބޮޑަށް ހުންނަ ޔުއާން އަށް ފަންސަވީސް އަހަރުވެދާނއެވެ. އެއިރު ލާނާގެ އުމުރުން ނަވާރަ އަހަރެވެ. ޔުއާން ސްކޫލް ނިމި އޭނާގެ ބައްޕަ އޭނައަށް މަތީ ތައުލީމު ހާސިލް ކޮށްދިނުމަށްޓަކައި ފޮނުވީ އޮސްޓްރެލިއާއަށެވެ. އޭނަ ކިޔަވަމުން ދިޔައީ ޑޮކްޓަރީ ކަމެވެ. އެއްގޮތަކަށްވެސް ބައްޕަގެ މަސައްކަތުގެ ތެރެއަށް ވަންނާކަށް ބޭނުމެއްނުވިއެވެ. އެއާޖެހިގެން ހުރި މުނާން އަށް އޭރު ތޭވީސް އަހަރެވެ. ސްކޫލް ދައުރު ނިމުމުން އޭނަވެސް މަތީ ތަޢުލީމު ހާސިލް ކުރުމަށްޓަކައި ބޭރަށް ދާން ބޭނުންވިއެވެ. އެއީ މިގޭގެ އެހެން ހުރިހާ ކުދިންނާއި އަޅާ ބަލާއިރު ވަރަށް ތަފާތު މިޒާޖެއް ލިބިފައި ހުންނަ ކުއްޖެވެ. މައިންބަފައިންގެ ފަރާތުން ހުރިހާކަމެއް ވާރުތަ ވެފައި ހުރީ އެކުއްޖާއަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއިރު އޭނާ އުޅެމުންއައީ މަދީނާގައެވެ. އޭނަ ބޭނުންވަމުންއައީ ދީނީ ޢިލްމު އުނގެނުމަށެވެ. އެއާ ޖެހިގެން ހުރީ ހުޝާން އެވެ. އޭރު އޭނައަށް ވިހި އަހަރެވެ. ސްކޫލް ދައުރު ނިމުމުން އިތުރަށް ކިޔަވަން ދާކަށް އޭނާ ބޭނުމެއް ނުވިއެވެ. ރައްޓެހިންނާއެކު ވަގުތު ހޭދަކުރުން އެއީ އޭނާގެ ވަޒީފާއެވެ. އިތުރަށް ކިޔަވަން ބޭނުން ނުވަންޏާ ވަޒީފާއަކަށް ދާން އެތައް ފަހަރަކު ސައީދު ބުންނެވެ. ނަމަވެސް އޭނަ އެގޮތް ބޭނުމެއް ނުވިއެވެ. ވަޒީފާއަކަށް ދާން ބޭނުން ނުވަންޏާ ބައްޕަގެ މަސައްކަތުގެ ތެރެއިން ކޮންމެވެސް ކަމަކާ ޙަވާލުވެގެން އުޅުމަށްވެސް ބުންޏެވެ. ނަމަވެސް އޭނަ އެގޮތަކަށްވެސް އުޅެން ބޭނުމެއް ނުވިއެވެ. ޔުމާ ސްކޫލް ނިމުނީ މިއަހަރުއެވެ. އޭނަ ބޭނުންވަނީ މެލޭޝިޔާއަށް ގޮސް އިތުރު ތަޢުލީމު ސްޕޯޓްސް ދާއިރާއިން ޙާސިލް ކުރުމަށެވެ. ލުމާ އޭރު އުޅެމުން އައީ ގްރޭޑް ދިހައެއްގައެވެ. އަންހެން ކުދިން ދިގު އެއްޗެހި ލެއްވުމަށް ޒުލޭޚާ ކުރަމުން އައި މަސައްކަތްވެސް ލާނާ ދުއްޓެވެ. ނަމަވެސް ދެއަންހެން ދަރިންވެސް އަޅަމުން އަންނަނީ ހުޅަގުގެ އެންމެ ފަހުގެ ފެޝަން ހެދުންތަކެވެ. ބުރުގާ އެޅުމަކީ އެމީހުން ދަންނަ ކަމަކަށްވެސް ނުވެއެވެ. ޚާއްސަކޮށް ޔުމާ ސްޕޯޓްސް ދާއިރާގައި އުޅޭތީ ބުރުގާ އަޅައިގެން އުޅެން އުނދަގޫވާނޭ ކިޔާފައި ނާޅަނީއެވެ. ނަމާދު ކުރުމަށްވެސް އެދެމަފިރިން އާދޭސް ކުރާވަރު ލާނާ އަބަދުވެސް ދެކެއެވެ.

ލާނާއަކީ ހިމަތޮޅިކޮށް ބަލާލަން ރީތި ދޮންކަމެއް ލިބިފައިވާ ކުއްޖެކެވެ. ރާއްޖެ އައިރު ލާނާއަކީ މުސްލިމެއް ނޫނެވެ. ނަމަވެސް މުސްލިމުންގެ ހުންނަ ރީތި އާދަތައް ދަސްވެ ހޭނެން ފެށުމުން ލާނާ އިސްލާމްވިއެވެ. އިސްލާމް ވުމަށްފަހުވެސް ނޭނގޭ އެތައް އެއްޗެއް އުނގެނެން ބޭނުންވިއެވެ. އެހެންކަމުން ޒުލޭޚާ ލާނާ ކިޔަން ދީނީ އެތައް ފޮތްތަކެއް ގަނެދިނެވެ. އޭގެފަހުން ގިނަގިނައިން ޤުރުއާން އަޑުއަހާ އޭގެ ތަރުޖަމާ ގިނަގިނައިން ބެލުމަށް ޒުލޭޚާ ނަސޭޙަތް ދިނެވެ. ލާނާ އިސްލާމްވިތާ މިވީ ތިންއަހަރެވެ. ތިންއަހަރުގެ ތެރޭގައި ލާނާއަށް ޤުރުއާނުގެ ދެބައިކޮށްފައި އެއްބައި ދަސްވެއްޖެއެވެ. އެކަމުން ލާނާގެ ހިތައް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެއެވެ. ހުކުރު ދުވަސްނޫނީ އެހެން ދުވަސްތަކުގައި މާ ބޮޑު ކެއްކުމެއް ގޭގައި ނޯވެއެވެ. ޒުލޭޚާއާއި ސައީދު ނޫނީ އެގޭގައި ގެއިންކައިބޮއި ހަދާ ބަޔަކީ މުނާން އާއި ލުމާއެވެ. އެންމެންގެވެސް ކެއިން ބުއިން ހުންނަނީ ބޭރުތެރޭގައެވެ.

ވެހެން ފެށި ވާރޭ ހަވީރު ވިއިރުވެސް ހުއްޓައެއް ނުލައެވެ. ކޮލެޖު ނިމިގެން ލުމާގެއަށް އައިސްވަނީވެސް ބޯކޮށް ވާރޭ ވެހިވެހި އޮތްވައެވެ. އޭނަ ގެއަށް އައިސްވަންތަނުން ފޯނު ކޯލެއް އައެވެ. ” ހެލޯ..ދޫނީ ކޮންތާކު؟.. ހާދަ ވަރަކަށް ގުޅައިފީމޭ..” ނާހިދު ބުންޏެވެ. ނާހިދުއަކީ ލުމާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާއެވެ. އެއީ ގޭ މީހުންނަށް ސިއްރުން އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖެކެވެ. ” އާނ! ދެންމެ ކޮލެޖް ނިންމާފައި އައިސް މިވަނީ.. ވާރޭ ވެހޭތީ ދެން މިއަދަކު ނިކުންނަ ހިތެއް ނެތް.. އެހެން ނޫނަސް ހިނގައިފައި ނިކުންނަނަމަ މަންމަގެ ސުވާލު ފައްޗާ ކުރިމަތިވާނެ… މިއަދު ބައްޕަޔާއެއްކޮށް މިއައީ…” ލުމާ ބުންޏެވެ. އެހެންތަ.. ދެން ތިބުނީ މިރޭވެސް ބައްދަލެއް ނުވާނޭތަ…” ނާހިދު އަހާލިއެވެ. ” ވާރޭ ވެހެންޏާ ނުނިކުންނާނަން..ތިހާ ދެކޭ ހިއްވަންޏާ ވީޑިއޯކޯލް އެއްވެސް ކުރެވިދާނެއެއް ނޫ..” ލުމާ ބުންޏެވެ. ދެން ވީޑިއޯކޯލް އަކުން އެހެން ކަމެއް ނުވާނެ.. މިއޮތް ފިނި ދުވަހު ހަމަ އެކަނި ވީޑިއޯ ކޯލަކުން ނިންމާލަނީތަ؟..” ނާހިދު އަހާލިއެވެ. ޙަޤީގަތުގައި ނާހިދު އެދޭ ކޮންމެ ކަމެއް ކުރަން ލުމާ ޖެހިލުންވެއެވެ. މިއަދުވެސް ހެނދުނު ސައިބޯން ހުރެ ތިއްތި ދެއްކިވާހަކަތައް އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. ހޫނު ކަމުން ބުރުގާ ނޭޅޭނެ ވާހަކަ ބުނުމުން އެކަމާ ބެހޭގޮތުން އެތައް ހަދީޘަކާ ޤުރުއާނުގެ އާޔަތްތަކެއް ތިއްތި ކިޔައި ދިނެވެ. އޭގެ އިތުރުން ހިލޭ ފިރިހެނުންނާއެކު އުޅުމުން ވާނެ ގޮތްތަކުގެ ވާހަކަވެސް ކިޔައިދިނެވެ. އެތައް ފަހަރަކު ކުދިންނާ ރައްޓެހިވެގެން ނޫޅުމަށް ނަސޭޙަތް ދިނެވެ. ނާހިދު އެވާހަކަތައް ދައްކާއިރަށް ލުމާގެ ސިކުނޑިއަށް މިހާރު އަބަދުވެސް އަންނަނީ ތިއްތީގެ ވާހަކަ ތަކެވެ. ” އިހަށް ބޭއްވީ.. ވަރަށް ނިދި އައިސް ބޮލުގައި ރިއްސާތީ މިއުޅެނީ..” ދައްކާނެ އިތުރު ވާހަކައެއް ނެތުމުން އެހެން ބުނެފަ ލުމާ އަވަހަށް ފޯނު ބޭއްވިއެވެ. ” ލާނާ ސައިބޯން އެއްޗެއް ހެދިންތަ؟..” އަތުގައިތިބި ފޮތްތަކާ ދަބަސް ސޯފައިގައި ބާއްވަމުން ލުމާ ލާނާ ކުރެން އަހާލިއެވެ. ” އާނ! ލުމާ ކޮއްކޮއަށް މީރު ބަޖިޔަލާ، ބިސްކަޓް ޕުޑިން ހެދިން… އާދޭ ސައިބޯން..” ލާނާ ބުންޏެވެ. ” ލާނާ ކައިރީގައި ބުނަމެއްނޫ އަހަރެންނަށް ކޮއްކޮ ނުކިޔާށޭ..އަހަރެން މީ ކުޑަ ކުއްޖެއް ނޫނޭ.. ކޮއްކޮ ކިޔާކަށް..” ލުމާއަށް އެހެން ބުނެވުނީ ތަންކޮޅެއް އަޑުހަރުކޮށެވެ. ” ހާދަ އަޑުގަދައޭ ކިހިނެއްވީތަ؟..” ޒުލޭޚާ ކޮޓަރިން ނިކުންނަމުން އަހާލިއެވެ. ” މިލާނާ ކައިރީގައި މަށަށް ކޮއްކޮ ނުކިޔާށޭ ބުނީމައިވެސް ހުއްޓައެއް ނުލާ އެހެންވެ ރުޅި ގަދަ ކޮށްލެވުނީ ސޮރީ މަންމާ..” ލުމާ އަވަހަށް ބުންޏެވެ. ” ދަރިފުޅު ސޮރީ ބުނަނީ މަންމަ ކައިރީތަ؟.. ސޮރީ ބުނަންވީ ލާނާ ގާތު އެއްނޫ..” ޒުލޭޚާ ބުންޏެވެ. ” ސޮރީ.. ދެންވެސް ނުކިޔާތި ކޮއްކޮއޭ..” ރުޅި އައިސް ހުއްޓަސް ނޫންކަމަށް ހެދެމުން ލުމާ ބުންޏެވެ. އެމީހުންނަށް ބަދިގެއަށް ނުވަދެވެނީސް މުނާން ތެމި ފޯވެގެން އައިސް ގެއަށް ވަނެވެ. ” ދަރިފުޅާ ތެމިގެން…ކޮބައިތަ ކާރު…” ޒުލޭޚާ ކަންބޮޑުވުމާއެކީ އަހާލިއެވެ. މުނާންއަކީ ވާރެއާ ތެމިލާއިރަށް ކިބިސްއަޅަމުންގޮސް ހަލާކުވެފަ ހުންނަ ކުއްޖެކެވެ. އަނެއްކޮޅުން ރޯގާޖެހި ހުންވައްތަރުވާނެއެވެ. ” އައިމަގުމަތީގައި ހަންފަޅައިގެން ހިނގައްޖެ…އެހެންވެ ގަރާޖަކަށް ލައިފައި ހިތައްއެރީ މިއަދު ވާރެއާ ތެމިލާނީއޭ.. ވަރަށް ދުވަސްވެއްޖެއެއްނޫ ނުތެމޭތާ..” ހީލަމުން މުނާން އޭނަގެ މަންމައާ ވާހަކަ ދެއްކިއެވެ. ” މަންމާ އެހެންމީހުން ކޮބައިތަ؟.. އަދި ގެއަކަށް ނާދޭ ދޯ؟..” މުނާން އަހާލިއެވެ. ” ދަރިފުޅަށް އެނގެއެއްނޫ އެމީހުންނަށް މީރުވަނީ ބޭރުތެރެއިން ކާ އެއްޗިހިކަން… ޚާއްސަކޮށް ޔުމާއަށް އަހަރެމެން ހަދާ އެއްވެސް އެއްޗެއް ކަމަކު ނުދޭ.. އޭ ޑައިޓް ފުޑެއް ނޫނޯ.. ތިމަންނަ ތީކައިގެން ކިހިނެއްހޭ މި މަސައްކަތުގައި އުޅޭނީ.. މަންމަ ބުނިން ޔުމާ ކައިރީ ޔުނާ ބޭނުންވާ އެއްޗެއް ހަދަން ލިސްޓް ދޭށޭ.. އެހެން ބުނާއިރަށް ބުނާނެ އަޅާ ނުލާށޭ…” ޒުލޭޚާ ވަރަށް ދެރަވެލައިފައި ޝަކުވާ ކުރިއެވެ. ” ޔުއާންވެސް އެހުންނަނީއެއްނޫ… މަންމައަށް ވެސް އިނގޭ ބުރަވާނެ ކަން އެކަމަކު ކޮންމެވެސް އެއްއިރެއްގައި ގެއިން ކާނެ ނަމަ.. ނުވިތާކަށް ބިޒީއޭ ކިޔާފަ އެންމެ ނަމާދެއްވެސް ނުކުރޭ…ރޭގަވެސް ފަތިސް ނަމާދަށް މަންމައަށް އޭނައަށް ގޮވުނު އަދަދެއްވެސް ނޭނގެ.. ހަމަ ކޮންމެ ފަހަރަކު ބުނާނެ މި ތެދުވަނީއޭ… މަންމަ ހާދަ ބިރުގަނެއޭ.. މިކުދިންނަށް ޢަޒާބު ލިބޭތަން ދުށުމަކަށް މަންމަޔަކަށް ކެތެއް ނުކުރެވޭނެ..މަންމަ ބޭނުންވާ ގޮތަށް ކަންތައް ކުރަމުން އާދެވެނީ މުނާންއަށް އެކަނި… ދެން ލުމާއަށްވެސް ހުރިހާ ވަގުތަކު ނުކުރެވިފައި އޮންނަނީ… އަބަދުވެސް އިރުކޮޅަކުން މިދަނީއޭ ބުނާނީ.. އަނެއް ނަމާދަށް ބަންގި ދޭއިރުވެސް..” ޒުލޭޚާގެ އަބަދުވެސް ޝަކުވާ ބަދިގެ ތެރޭގައި ހިފައިފައި ހުއްޓެވެ.

ޒުލޭޚާގެ ވާހަކަތައް ނުނިމެނީސް ސައީދުއައިސް ވަނެވެ. ” ހާދަ ވާހަކަ ގިނަ ދުވަހެއް… އިންޝާﷲ އަހަރެމެންގެ ހުރިހާ ދަރިންނަށްވެސް އަދި ހެޔޮވިސްނުން ލިބޭނެ..” ސަޢީދު ބުންޏެވެ. ” އަހަރެންވެސް އުންމީދު ކުރަނީ ތިގޮތަށް..އަދި ދުޢާއަކީވެސް އަހަރެމެންގެ ދަރިން އަހަރެމެންނާއެކު ސުވަރުގެ ދިޔުން..” ޒުލޭޚާ ބުންޏެވެ. ހަތަރު މީހުންގެ ވާހަކަތައް އަޑުއަހަން ހުރި ލާނާގެ ހިތައް ވަރަށް ތަދުވިއެވެ. އޭނަގެ މައިންބަފައިން މިދުނިޔެ ދޫކޮށް ދިޔައީ ކާފަރުކަންމަތީގައި ބުދައް އަޅުކަން ކުރާ ޙާލުއެވެ. އެހެންވިއްޔާ އެމީހުނަށް މިއަދު އޮތީ ނަރަކައިގެ ހޫނު އަލިފާނެވެ. އޭނަގެ ހެޔޮ ދުޢާތައް އޭނާގެ މައިންބަފައިންނަށް ލިބޭނެ ކަމަށް އޭނާ އުއްމީދުކުރެއެވެ. އޭނާ ކީ ފޮތްތަކުން އެނގޭ ގޮތުގައި ޞާލިޙުދަރިން ކުރާ ހެޔޮ ދުޢާ މައިންބަފައިންނާ އެކު ވާނެއެވެ. އެމީހުން މިދުނިޔެ ދޫކޮށްދިޔައީ ސީދާ މަގު ނުލިބި ކަމުގައިވިޔަސް އެމީހުނަށް ހެޔޮރަޙުމަތް ލެއްވުންއެދި ކުރާ ކޮންމެ ނަމާދެއްގެ ފަހުގައި ދުޢާކުރެވެއެވެ. ” ލާނާ އާދޭ ސައިބޯން.. މިގޭގައި އުޅޭނީ މިގޭގެ މީހުންނޭ އަބަދުވެސް ބުނަމެއްނޫ…އެތައް އަހަރެއް ފާއިތުވިއިރުވެސް ލާނާގެ މި އުޅުމަކަށް ބަދަލެއްނާދޭ ދޯ؟..” ސަޢީދު ބުންޏެވެ. ލާނާވެސް އެމީހުނާއެކު ސައި ބުއިމުގައިގައި ބައިވެރިވިއެވެ. ” ދަރިފުޅާ މިހާރު ދަރިފުޅަށް ތިރީސް އަހަރުވާން މިއުޅެނީ… އަދިވެސް މީހަކު ގެއަށް ގެންނާކަށް ނޫޅެންތަ؟..” ޒުލޭޚާ އަހާލިއެވެ. ” ނޫނޭ މަންމާ އެބަ ވިސްނަން ތިކަމާ.. މަންމަ އަބަދު ތިހެން ކިޔާނެ…ދޮންބެވެސް އެހުންނަނީއެއްނޫ.. މިހާރު ތިރީހުން މައްޗަށް އެއެރީ..” މުނާން ބުންޏެވެ. ” އާނ! މަންމަޔަށް ހީވަނީ ތިމީހުން ތިންބެއިންގެ ތެރެއިން ގެއަށް އެންމެ އަވަހަށް މީހަކު ގެންނާނީ ހުޝާން ހެން.. ކުރީ ދުވަހަކު މަންމަ އަޑުއެހިން އޭނަ ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަން ހުއްޓާ..” ޒުލޭޚާ ބުންޏެވެ. ” މަންމާ އެއީ ދިރިއުޅުމެއް ފައްޓަން ރަގަޅު ގޮތެއް ނޫނޭ… އެހެން ފައްޓާ ޒަވާޖީ ޙަޔާތަކުން ޙަގީގީ ހިތްހަމަޖެހުމެއް ނުލިބޭނެ..” މުނާން ބުންޏެވެ. އެކަހަލަ ވާހަކަތަކެއްގައި ތިބެ ސައިބޯ ނިމުނެވެ. ސައިބޯ ނިމިގެން މޭޒުދޮށުގައި ތިބި އެންމެން ތެދުވުނު އިރުވެސް ލުމާ އަނގަޔަކުން ނުބުނެއެވެ. ލުމާ ވަނީ ހިޔާލުތަކުން ސިކުނޑި ފުރިފައެވެ. ތިއްތި އެބުނާ ދިރިއުޅުމުގެ ހިތްހަމަޖެހުން ލިބޭނީ ދެން ކިހިނެއް ހެދުމުން ހެއްޔެވެ. ވިސްނެމުންދަނީ އެ ހިތްހަމަޖެހުމަކީ ކޮބައިތޯއެވެ. އޭނަ ނާހިދުއާވެސް ވާހަކަ ދައްކާލުމުން ހިތްހަމަޖެހުން ލިބެއެވެ. ދެން ތިއްތި މިކިޔާ އެއްޗެއް ނޭނގުނެވެ. އެއީ ހިލޭ ފިރިހެނަކަށް ވީމަ ހެއްޔެވެ؟. އެކަމަކު ހިލޭ މީހަކާ ވާހަކަ ނުދައްކާ ކައިވެންޏަކާ ހަމައަށް ދެވޭނީ ކިހިނެއް ހެއްޔެވެ؟.. އަނެއްކާ މައިންބަފައިން ދައްކާ މީހަކާ ކައިވެނި ކުރުން ހެއްޔެވެ؟.. އެހެން ވެއްޖިއްޔާ ތިއްތި މިކިޔަނީ އެރޭންޖު މެރިއޭޖެއްގެ ވާހަކަ ހެއްޔެވެ؟.. ކޮންމެއަކަސް އެ ސުވާލްތަކުގެ ޖަވާބު ހޯދުމުގެ ޝަޢުޤުވެރިކަން ލުމާގެ ހިތުގައި ވިއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ލޯބިންއެކުގާ (4)

Next

ނޭދެމޭ ވަކިވުމެއް-7

Next
September 2, 2020

ނޭދެމޭ ވަކިވުމެއް-7

Previews
September 2, 2020

ލޯބިންއެކުގާ (4)

10 Comments!

  1. Shaakko says:
    September 2, 2020 at 6:20 pm

    Loabi feshumeh❤️❤️ Maasha Allah? varah ufaavey dheenee bai bodu veema?????????????? جزاک الله خيرا mikahala vaahaka genes dheythee??????????
    ???????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. kudhoo says:
      September 2, 2020 at 9:40 pm

      Shukuran Shaakko… vaiyyakillah.

  2. Noo_ra says:
    September 2, 2020 at 9:52 pm

    Varah reethi.. Masha allah ❤️❤️?

    1. kudhoo says:
      September 3, 2020 at 9:15 am

      Thank you Noo_ra

  3. ޔާމާ says:
    September 3, 2020 at 7:00 am

    V reethi

    1. kudhoo says:
      September 3, 2020 at 9:16 am

      Thank you Yaamaa

  4. Ram says:
    September 3, 2020 at 12:23 pm

    V ufaavey kudhoo liyaa vaahaka thakuga deenee baiginave maasha allah vvvv reethi?????

    1. kudhoo says:
      September 3, 2020 at 8:47 pm

      Thank you Ram.

  5. thiththaaa says:
    September 3, 2020 at 2:41 pm

    masha allah kudhu…. i love the beginning …and hope this story is going to be beautiful as usual ….and i love your creativity and how you bring the whole plot..love you ….

  6. kudhoo says:
    September 3, 2020 at 8:48 pm

    Thank you Thiththaaa… love you tooo…..

Comments are closed.

Next Episodeދިރިއުޅުން އަލިކޮށްދިން 2←


All Right Reserved!