Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާދީނީލޯބި

ދިރިއުޅުން އަލިކޮށްދިން 3

kudhoo Level 310 Stories100 Comments
September 7, 2020 4 Mins Read
6 Comments

ރޭ ހުޝާންއާ އެއްކޮށް ބޭރަށް ދިޔަފަހުން ހުޝާންގެ ޚަބަރެއް ނުވެއެވެ. އެތައް ފަހަރަކު ގުޅާވެސް ލެވިއްޖެއެވެ. މެސެޖުވެސް ކޮށް ހެދިއްޖެއެވެ. އެންމެ ފަހުން ނައިލާ އެފްބީއިން ހުޝާން އޮންލައިންގައި ހުރިތޯ ބަލައިލިއެވެ. ހުޝާން އޮންލައިންގައި ހުރިތަން ފެނުމުން ނާއިލާ މެސެޖު ކުރިއެވެ. ނަމަވެސް ހުޝާން އެމެސެޖުތައް ބަލައިވެސް ނުލިއެވެ. ނާއިލާގެ ހިތައް ވަރަށް ބޮޑަށް ތަދުވަމުން ދިޔައެވެ. ހުޝާން ކަމަކާ ހިތްހަމަ ނުޖެހުނަސް ނުބުނާނަމަ އޭނާއަކަށް ނޭގޭނެ ނޫން ހެއްޔެވެ. ރޭގަ އޭނަ ގެއަށް ލާދޭން އައިރުވެސް ހުޝާން ހުރީ ރަގަޅަށެވެ. އެރޭ ނާއިލާއަށް ނިދުނީވެސް ވަރަށް ދަންވިފަހުނެވެ. ކާން ނުގޮސްގެންވެސް މަންމަ އެތައް ފަހަރަކު ގޮވިއެވެ. ނަމަވެސް ކާހިތެއް ނެތުމުން ނާއިލާ ކާކަށް ވެސް ނުނިކުމެއެވެ. އެނދުގައި ވިސްނައި ފިކުރު ކުރަން އޮއްވައި އޭނާއަށް ނިދުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ.  ހެދުނު ހޭލައިގެން ފުރަތަމަވެސް ބެލުނީ ފޯނަށެވެ. ހުޝާން ގެ މެސެޖެއް ނުވަތަ ކޯލެއް އައިސްފައިވޭތޯއެވެ. ނަމަވެސް ލިބުނީ މާޔޫސްކަމެވެ. ހިތްދަތިކަމެވެ. ލޯބިވާ މީހަކު އެހެން ހެދުމުން ހިތައް ތަދުވާނެ ވަރު ހުޝާންއަށް ނުވިސްނެނީތޯއެވެ.

އެއީ ހުޝާންގެ އާދެއެވެ. މާބުރުގެ އުސޫލަކީ އޭނާގެ ކަށީގައި ހަރުލައިފައިވާ ކަމެކެވެ. ދެމަހަށްވުރެ ގިނައިން އެކަކާއެކީ ނޫޅެވެއެވެ. އޭނާގެ އިންތިޒާރުގައި އެތައް ކުދިންނެއް ޖައްސުވައެވެ. ސްކޫލް ދައުރުވެސް ނިންމާލީ އެފަދަ ހާލެއްގައެވެ. ދުނިޔޭގެ އުފަލާ މަޖަލުގައި ވަގުތު ހޭދަ ކުރެވެމުންދަނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. އުޅެން ލިބުނު ޒުވާންކަމުގެ ދުވަސްތައް ބޭކާރު ގޮތުގައި ދުއްވާލެވެނީ ޝައިތާނާގެ ކުޅިވަރުތަކުގައެވެ. މައިންބަފައިންގެ އާދޭސްތަކުގެ އަޑުއެހުމަކީވެސް ކަޓު ގޮތެއްކަމުގައި ވިސްނައެވެ. ސައީދުއާއި ޒުލޭޚާވެސް ހުޝާން ބޭނުންވާ ވަރަށް ފައިސައި ދެނީ ނުދީފިއްޔާ އެހެން ގޯސް އަޑެއް އިވިދާނެތީއެވެ. އަދި ކޮންމެވެސް ދުވަހަކުން ހުޝާންއަށް ވިސްނޭނެ ކަމުގެ އުންމީދުގައެވެ.

” މަންމަ ވަރަށް އެބަ ކިޔާ މިހާރު މާގިނައިންނޭ ބޭރުގައި އުޅެނީ.. މަގޭ ދޮންބެއަށް އެނގިއްޖެއްޔާ ވަރަށް ފޯރި ހުންނާނެ.. އަބަދުވެސް ބުނާނެ ކުއްޖަކާ ރައްޓެހިވިޔަސް ރަށުތެރޭގައި ނެއެނބުރޭށޭ..” ރާނިޔާ ބުންޏެވެ. ރާނިޔާއަކީ މިހާރު ހުޝާން ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. ” ދޮންބެ މެންވެސް ކުދިންނާ ރައްޓެހި ނުވެތަ އެހިސާބަށް ދިޔައީ.. އެހެން ނޫނަސް މައިންބަފައިންނަށް ދުވަހަކުވެސް ދަރިން ބޮޑެތި ނުވާނޭ ބުނެއެއް ނޫންތަ؟.. ކޮންތާކަށްތަ މިރޭ ކާން ދާނީ؟..” ހުޝާމް އަހާލިއެވެ. ” އެންމެ ފަހުން ހުޅުވިއެއްނޫންތަ ތަނެއް..އެތަނަށް ހިނގާ…މަގޭ ފްރެއިންޑެއް ބުނި އެތަނުގެ ކެއުންތައް ވަރަށް ރަގަޅޭ..” ރާނިޔާ ބުންޏެވެ. އެވަގުތަކީ ހުޝާންގެ ޖިންސުގެ ޖީބުގައި އޮތް ފޯނު ރިންގުވަމުން ދިޔަވަގުތެވެ. ކަނޑާލުމުންވެސް މަޑެއް ނުޖެހުނެވެ. ކަނޑާލާއިރަށް ރިންގުވަނީއެވެ. ” ކާކުތަ އެހާ ވަރަށް އެގުޅަނީ..” ރާނިޔާއަށް ނުހުރެވިގެން އަހާލިއެވެ. ” އެއީ ރައްޓެއްސެއް.. މިރޭ އެމީހުނާއެކު ކޮފީއަކަށް ދާނަމޭ ކިޔާފަ ހުރީމަ އެގުޅަނީ..” ހުޝާން ބުންޏެވެ.

ނާއިލާއަށް މިރޭވެސް އެތައް ފަހަރަކު ހުޝާންއަށް ގުޅިއްޖެއެވެ. ނަމަވެސް ފޯނު ބިޒީކޮށްލަނީއެވެ. ” ދަރިފުޅާ މިރޭވެސް ނުކަނީތަ؟.. ހެނދުނު ސައި ބުއިގޮތަށް ތިހުރީ..” ނާއިލާގެ މަންމަ މާރިޔާ ބުންޏެވެ. ކާނެހާ ހިތްވަރު ގައިގައި ނެތުމުން ނުކާނެ ވާހަކަ ނާއިލާ ބުންޏެވެ. އަދި ހާވެއްޖެ ނަމަ ފަހުން ކާނެ ކަމުގައި ބުންޏެވެ. ނާއިލާގެ ބޮލަށް އެނބުރުން އަރާފައި ހުންނަތާ ހަފްތާއެއް ވެއްޖެއެވެ. ތެދުވެގެން އުޅޭނަމަ މޭނުބައި ކުރާ ގޮތްވެސް ވެއެވެ. އެހެންވެ އެނދުން ތެދުވަން ބުރަޔަކަށްވެފައި ނާއިލާ އޮށޯވެގެން އޮތެވެ. އިތުރަށް ހުޝާންއަށް ގުޅާ ހިތެއް ނުވިއެވެ. އޭނަ އެހާ ވަރަށް ގުޅުމުންވެސް ދެނަހުރި ކަމަކަށް ނެހެދުމުންނެވެ.

” ހަނާ.. ދަރިފުޅު ތީ މިހާރު ކުޑަކުއްޖެއްނޫން.. މަންމަޔަށް ދަރިފުޅު ޔުއާން މިގެއަށް ގެނެސް މިގޭގައި ނިދަން ދީ ކަންތައް ކުރީމަ ކަމަކު ނުދާ ވާހަކަ އެތައް ފަހަރަކު ބުނެވިއްޖެ..ދަރިފުޅު ތީ އަންހެން ކުއްޖެއް.. އަންހެން ކުއްޖެއްގެ އިއްފަތްތެރިކަމަކީ އެމީހަކު އަމިއްލައަށް ރައްކާތެރި ކުރީމަ ވާނެ އެއްޗެއް.. ފަހުން އެކަމާ ދެރަވެ ހިތާމަ ކުރިއަސް ވާނެ ފައިދާއެއް ނޯންނާނެ.. ދަރިފުޅަށް ރަގަޅަކަށް މަންމަ މިހެން މިބުނަނީ.. ޔުއާން ދަރިފުޅާ އިންނަން ނޫޅޭނަމަ ދުރުވީމަ ނިމުނީއެއްނޫންތަ… މިހާރު ކިތައް އަހަރު ތިގޮތުގައި ބޭކާރު ކޮށް ތިލެވުނީ…” ފަލާޙާ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ނަސޭޙަތް ދެމުންދިޔައެވެ. ” ކީއްކުރަން ދައްކާހާ ބޭކާރު ވާހަކަ ތަކެއް.. ނުއިނދެ ތިއްބަސް އޭނައަށް ބޭނުންވާ ގޮތަކަށް އެބަ އުޅެވެއެއް ނޫންތަ.. އޭނަގެ ފަހަތުން އެތަނަކަށް ވަނދެގެން ހުރިހާ ވަގުތެއް އޭނައާ އެއްކޮށް ހޭދަ ކުރީމަ އޭނަ އެބައުޅޭތަ އިންނަން.. އިންނަން އުޅޭނަމަ މިހާރު އެކަންވީސް.. އޭނައަކީވެސް ފައިސާވެރި ގަދަރުވެރި އާއިލާއެއްގެ ކުއްޖެއް..” ރޫމާންއަށް ފަލާޙާ، ހަނާއަށް ނަސޭހަތްދޭ އަޑު އިވުމުން ރުޅިން ނުހުރެވިގެން ކިޔަން ފެށިއެވެ. އެ ނަސޭޙަތްތައް ފަލާޙާ އޭނާއަށް ނުދޭ ދުވަހެއް ނާދެއެވެ. އެކަމަކު އެއިން ކުރާ އެއްވެސް ފައިދާއެއް ނޯވެއެވެ.

ހެނދުނު ވަޒީފާއަށް ދާން ނިކުތް ހަނާގެ މުޅި މޫޑު ހުރީ ޚަރާބުވެފައެވެ. އޭނާގެ ސަބަބުން މައިންބަފައިންގެ މެދުގައި ޒުވާބު ކުރަން ޖެހެނީއެވެ. ޔުއާން ކައިރީ ކިޔާކިޔާ އިންނާނެ ހިޔާލެއް ނުކުރިއެވެ. ކައިވެނިން ބޭރުން ގުޅުންތައް ބާއްވައިގެން އުޅެނީއެވެ. މަންމަ ބުނިހެން އޭނައަކީ އިއްފަތްތެރި އަންހެން ކުއްޖެއް ނޫނެވެ. މަންމައަށް ނޭގުނަސް އޭނާއަށް އެކަން ނީލަން ކިއިއްޖެއެވެ. އެހެންކަމުން ޔުއާން އޭނާ ދޫކޮށްދިޔަޔަސް އެހެން މީހަކަށް އޭނަދޭނެ އެއްޗެއް ނެތެވެ. ވަޒީފާއަށް ދާން ނިކުތް ހަނާގެ މިސްރާބު ހުރީ އޭނާގެ އެކުވެރިޔާ ދީނާގެ ގެއަށެވެ. ދީނާއަކީ މިހާރު ޒަވާޖީ ހަޔާތެއް ފައްޓައިގެން ނުލާހިކު އުފަލުގައި އުޅެމުން އަންނަ މީހެކެވެ. ދެދަރިން ތިބިއިރު ފިރިމީހާގެ ހުރިހާ ވަގުތެއް އޭނާއަށްޓަކައި ހުސްކޮށްފައިވެއެވެ. އެހާވެސް އަޅާލާ އޯގާތެރި ފިރިއެކެވެ. ދީނާ ކުރިން ވަޒީފާއަކަށް ދިޔަޔަސް މިހާރު ވަޒީފާއަކަށް ގޮސް ނޫޅެއެވެ. ދީނާއަށް ވިސްނޭގޮތުގައި ދަރިން ލިބުމުން ފިރިމީހަށް ދިރިއުޅުން ބެލެހެއްޓޭނަމަ ކުދިންގެ މަންމައިން ކުދިންބަލަން ތިބުމަކީ އެދިރިއުޅުން ވަކިން ބޮޑަށް ބާއްޖަވެރިވެގެން ދާނެ ކަމެކެވެ. އެކި ހިޔާލުތަކުގައި ހުރެ ހަނާއަށް އެގެއާ ހަމައަށް އާދެވިއްޖެއެވެ. ބޮޑުކޮށް ހަދައިފައިވާ އެގޭގެ ބޭރުގައި ހުރި ފިތަކަށް ހަނާ ފިތާލިއެވެ. ބެލްއަޅާ އަޑު އިވުމުން އައިސް ދޮރުހުޅުވާލީ ދީނާގެ ފިރިމީހާ ނަސްރުއެވެ. ” އަހަނ..ހަނާ ޔުނިފޯމްލައިގެން މިގެއަށް ތިއައައީ ކީއްކުރަން..މިގޭގަ ނެތޭ ބަލި ކުއްޖެއް..” އާދައިގެ މަތިން މަޖާ ކޮށްލުމުގެ ރާގުގައި ނަސްރު ބުންޏެވެ. ހަނާ ހެމުން ދީނާ ކޮބައިތޯ އަހާލިއެވެ. އެއިރު ދީނާ ކޮޓަރިން ނިކުންނަނީއެވެ. ” ހަނާ..ހާދަ ނުވަގުތެއްގައި..ކިހިނެއްވީ؟..” ދީނާ އަހާލިއެވެ. ނަސްރުވެސް ވަޒީފައިގެ ގަޑިކަމުން ނިކުމެގެން ދިޔައެވެ. ” ކަމަކު ނޫން… ޖައްސައިލީ..” ހަނާ ބުންޏެވެ. ދީނާއަށް އޭނާގެ އެކުވެރިޔާގެ މޫނުމަތީގައިވާ ކަންބޮޑުވުންތައް ވަންހަނައެއްނުވެއެވެ. ” ޑިއުޓީ ނިންމާފައިތަ؟.. އާދޭ ސައިބޯން..” ދީނާ ބުންޏެވެ. ” ނޫނޭ..މިވަގުތަކު ނޫން..ޑިއުޓީއަށް ދާން ގެއިން ނިކުތީ..އެކަމަކު ދާހިތް ނުވުމުން މިއައީ.. ކޮންއިރަކުތަ ދެން ނަސްރު ގެއަށް އަންނާނީ..” ހަނާ އަހާލިއެވެ. ” މިއަދު ހެނދުނު ޑިއުޓީއަށް އެދިޔައީ..މެންދުރު ކާން ނާދެވޭނެ ވާހަކަ ބުނި..ޕޮލިސްޓޭޝަނުގައި އެމީހުންގެ ކޮންމެވެސް ކެއުންގަނޑެއް މިއަދު އޮތުމުން.. ދެން އެހެންވިއްޔާ ތި ކަންބޮޑުވެގެން އުޅޭކަން ހިއްސާ ކޮށްބަލަ..ކަމެއް ނުވެޔޭ ބުންޏަސް އަހަރެންނަށް އަހަރެންގެ އެކުވެރިޔާ ނޮއޮޅެޔޭ..” ދީނާ ބުންޏެވެ.

“އަސްލު ނޭނގެ މިވާހަކަ ދައްކާނެ ގޮތެއްވެސް.. އަހަރެންނަށް އެއްވެސް ކޮޅަކުން ހަމަޖެހުމެއް ނުލިބޭ.. ކައިވެނި ނުކޮށްގެން މަންމަ ވަރަށް އެހެން އެބަ ކިޔާ.. ބައްޕަވެސް އެކަމާހެދި ރުޅި އައިސްފައި..އަނެއް ކޮޅުން ބައްޕަ ބޭނުންވި ދާއިރާއަކަށް ނޫން އަހަރެން ކުރިމަތިލީ.. ޔުއާން އަށްޓަކައި އޭނަ ބޭނުންވި ގޮތަށް މިހެދީ އެކަމަކު ޔުއާން ނޫޅޭ އަވަހެއްގެ ކޮޅުންވެސް ކައިވެނި ކުރާކަށް.. އެވާހަކަ ދެއްކިޔަސް ކޮންމެސް އެއްޗެކޭ ކިޔައި ހަމަޖައްސައިލާނެ…” ހަނާ ބުންޏެވެ. ” ހަނާ އޭރުވެސް ސްކޫލް ދައުރުގައިވެސް އަހަރެން ބުނީމެއްނޫ ކުއްޖަކާ ރައްޓެހި ނުވާށޭ.. މިހާރު އެބަ އިހުސާސްވެއެއްނޫންތަ އެކަން..ރައްޓެހިވުމުން އޮތީ ކޮންފައިދާއެއް..ހުރިހާ ކޮޅަކުންވެސް ނަފްރަތާ ބައްދަލު ކުރަން ޖެހެނީ.. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހުމުންވެސް ދުރުހެލިވާން ޖެހެނީ.. ރައްޓެހިވެއްޖެއްޔާ ޝައިތާނާ އެގުޅުން އެއަށްވުރެ ރީތިކޮށްދޭނެ..އެއީ ދުނިޔޭގެ ހުރިހާ އުފާ ކަމުގައިވެސް ދައްކާނެ..އެކަމަކު ހުރިހާ ކަމެއް ނިމި ވަގުތު ފާއިތުވާ ފަހުން ގިނަ މީހުން ހޭއަރަނީ..ބަޔަކު ރަގަޅު ގޮތް ބުނެދިނަސް ވިސްނޭނީ އެއީ ތިމަންނަޔަށް ދެރަޔަކަށް ދައްކާ ވާހަކައޭ.. ހަނާއަށް ވެސް ތިވަނީ އެހެން..ހަނާ ގެ މަންމަ އެދައްކަނީ ރަގަޅުވާހަކައެއް..އެކަމަކު ހަނާ ތިހުންނަނީ ނިދާފަ.. ހޭލަން ބޭނުން ނުވެފަ..ހަނާ ޔުއާން އާ ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއް..ހަނާ ކިޔައި ނުދިނަސް މިހާ ދުވަސްވީއިރު ޝައިތާނާ ތި ގުޅުމާ ނުކެޅެ ހުންނާނޭ އަހަރެން ނުބުނާނަން.. އެކަމަކު އަދިވެސް ތިހުރީ ދުނިޔޭގަ.. ފަހުނޭވާ ހޮޅިއަށް އެޅެންދެންވެސް ހަނާ އަށް ވަގުތު އެބައޮތް..ނޭނގޭ ކަމަކީ އެވަގުތު..ތައުބާވޭ..ޔުއާން އިންނަން ނެތިއްޔާ އެންމެ ރަގަޅު ގޮތަކީ އޭނާއާ ދުރުވުން.. ދިރިއުޅުމުގައި ތަފާތު ކަންތަކާ ދިމާވާނެ..އެކަމަކު ގޯސްކަމެއް ކުރެވިއްޖެއްޔާ ތައުބާ ވުންވެސް އޮވޭ..ހިތާމައެއް ލިބިއްޖެނަމަ އެކަލާނގެ މަދަދަށް އެދުމުން އެކަންވެސް ވާނެ.. ގޮތް ހުސްވާކަށް ނުޖެހޭނެ..” އެތައް ވާހަކަ ތަކަކާ ނަސޭޙަތެއް ދީނާ އޭނާއަށް ދިނެވެ. ” އެކަމަކު މިހާ ދުވަސް ކޮށްލައިފައި..އަނެއްކޮޅުން އަހަރެން އެހެން މީހަކާ ކައިވެނި ކުރިޔަސް އޭނަޔަށް ލިބޭނެ އެއްޗެއް ނެތް..” ހަނާ ބުންޏެވެ. ” އަދިވެސް ތި ވިސްނަނީ އެންމެ ރަގަޅަކަށް ނޫން.. ހުންނާނެ.. އެންމެން ބޭނުންވާނީ އެކައްޗެއް ނޫން.. އެއްކަމެއްވެސް ނޫން.. ވިސްނޭ މީހުންތިބޭނެ. ދުނިޔޭގައި އުޅޭ  އެންމެންނަކީ ސާފު ހުދު ފޮތިގަނޑެއް ނޫންކަން.. ތިކަމުން ދުރުވެ ދުޢާ ކުރޭ.. އިރާދަ ކުރެއްވިއްޔާ ހަނާއަށް ދެރަ ގޮތެއް ނުވާނެ..” ވާހަކައިގައި ހުރެ ދީނާ އަނެއްކާ ވެސް ސައިބޯން ދިޔުމަށް އެދުނެވެ.

މިފަހަރު އިތުރު ބަހަނާއެއް ނުދައްކާ ހަނާ ސައިބޯން ދިޔައެވެ. ހަނާ އެތައް ފަހަރަކު ދީނާ ދެއްކިވާހަކަތަކާ މެދު ވިސްނިއެވެ. ދީނާ ދެއްކި އެއްވެސް ވާހަކައެއް ދޮގު ކުރެވޭކަށް ނެތެވެ. އޭނައާ އެކީ އެހެން އުޅުނު ކިތަންމެ އަންހެން ކުއްޖެއްވެސް މިހާރު ދިރިއުޅުމެއް ފައްޓައިގެން އުފާވެރި ކަމާއެކު އެބަ އުޅެއެވެ. ” ދެން މިއަދު ޑިއުޓީއަށް ނުދަންތަ؟.” ދީނާ އަހާލިއެވެ. ” އާނ! މިކޮޅަށް އައި މަގުމަތީ ސަލާން ބުނެފިން..” ހަނާ ބުންޏެވެ. ސައިބޮއިގެންވެސް ހަނާ ގެއަށް ދާކަށް ގަސްދެއް ނުކުރެއެވެ. ” އޯކޭތަ ނަސްރު ގެއަށް އަންނަންދެން އަހަރެން މިގޭގައި މަޑުކުރިޔަސް..އޭނަ އަންނަން ވާއިރަށް އަހަރެން ހިނގައިދާނަން..” ހަނާ އަހާލިއެވެ. ” ނަސްރު އަޔަސް ހަނާއަށް މިގޭގައި ހުރެވިދާނެ… ހަނާއަށް އަބަދުވެސް މިއެކުވެރިޔާ މަރުޙަބާ ކިޔާނެ..” ދީނާ ބުންޏެވެ. މެންދުރު ވީއިރުވެސް ޔުއާން އޭނާ ނެތިގެން ގުޅާނުލިތާގަ މެސެޖެއްވެސް ކޮށްނުލިއެވެ. އެކަމާވެސް ހަނާ އިންތިހާއަށް ދެރަވިއެވެ. އޭނާ ޑިއުޓީއަށް ނުދިއުމުންވެސް ޔުއާން ކަންބޮޑުވެސް ނުވީތާއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ލޯބިންއެކުގާ (7)

Next

އިންތިހާ – 2

Next
September 7, 2020

އިންތިހާ – 2

Previews
September 7, 2020

ލޯބިންއެކުގާ (7)

6 Comments!

  1. thiththaaa says:
    September 8, 2020 at 1:18 pm

    masha allah kudhu…loved it as always

    1. kudhoo says:
      September 8, 2020 at 8:23 pm

      Thank you thiththaaa

  2. Noo_ra says:
    September 8, 2020 at 7:28 pm

    Varah reethi mi part ves.. ❤️❤️?

    1. kudhoo says:
      September 8, 2020 at 8:24 pm

      Thank You Noo_ra

  3. Kamana♥️ says:
    September 8, 2020 at 10:25 pm

    Varah reethi Maasha allah keep it up and waiting for the next part ♥️?♥️

    1. kudhoo says:
      September 9, 2020 at 1:10 pm

      Thank you Kamana

Comments are closed.

Next Episodeދިރިއުޅުން އަލިކޮށްދިން 4←


All Right Reserved!