Skip to content
އެސްފިޔަ

ބީޓީއެސް އެންޑް ބެންގްޓަން ގަރލްސް (ޓްރެއިލަރ)

މަގުމަތީގެ އެއްފަރާތަކުން އެއްވަރަކަށް ކުރިއަށް ދިޔަ އެ އަށް އަންހެން ކުދިންނަށް މަގުމަތީގައި ހުރި ހުރިހާ ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. އެއްބައި މީހުން އެ ކުދިންގެ އޮޓޯގްރާފް ހޯދަން ދިޔައިރު އަނެއްބައި މީހުން ދިޔައީ އެކުދިންނާއި އެކީ އެންމެ ފޮޓޯއެއް ނަމަވެސް ނެގުމުގެ ޝަރަފް ލިބޭތޯއެވެ. ހިތްތައް ކަތިލާ ފަދަ ރީތި ހިނިތުންވުމަކާއި އެކީ އެއިން ކޮންމެ ކުއްޖަކުވެސް އަންނަ ކޮންމެ މީހަކަށް އޮޓޯގްރާފް ލިޔެދެނީ ހިތްހެޔޮ ކަމާއި އެކީގައެވެ. ތަފާތު އެކި މީހުންނާއި އެކީގައި ފޮޓޯ ނަގަމުން ދިޔަ އެ އަންހެން ކުދިންނާއި ދިމާލަށް ބަލަމުން ގެންދާ މީހުން ހިނދަކަށްވުރެ ހިނދަކުން ދަނީ ގިނަވަމުންނެވެ. އާނއެކެވެ. އެ ކުދިންނަކީ އެ ކުދިންގެ ނަން މުޅި ދުނިޔޭގައި ރަން އަކުރުން ފަވާލާފައިވާ މަޝްހޫރު ބެންގްޓަން ގާރލްސްއެވެ. ރީތިކަމުގެ ލާމަސީލު ފުރިހަމަ އަށް މިސާލު އެކުލެވިގެންވާ މިގްރޫޕްގައި ހިމެނެނީ ނައިލީ، ތުގާ، ނަވްރީން، ޒައިނީ، އީނާލް، ނިޒްކާ އާއި ޔޫލީން ގެ އިތުރުން ލަވްޒާއެވެ. ނަން މަޝްހޫރު ބެންގްޓަން ގާރލްސް އަކީ މިކުދިންނެވެ.

ކުއްލިއަކަށް އެއްވެ ތިބި އަންހެން ކުދިންތަކުގެ ތޫލި ހަޅޭކުގެ އަޑުން ގިނަ ބަޔެއްގެ ސަމާލުކަން އެ ދިމާލަށް ދަމައިގަތެވެ. ދެން އިވުނީ އެއަށްވުރެވެސް ގިނަ މީހުން ހަޅޭއްލަވައިގަތް އަޑެވެ. އެމީހުންތައް ހަޅޭއްލަވައިގަތް އަޑުން އެތަނުގައި ދެން ތިބިހާ ބައެއްގެ ސަމާލުކަން ދަމައިގަތްކަން ގައިމެވެ. ތިންވަނަ ހަޅޭކުގެ އަޑު ގުގުމައިގަތުމާއި އެކީގައި އެމީހުން އެހާވަރަކުން ހަޅޭއްލެވުމުގެ ސަބަބު ދައްކާލައިފިއެވެ. އެއްވެ ތިބިހާ ބައެއްގެ ސަމާލުކަން އަތުލުމުގައި އެ ކާމިޔާބު ކުރީ އެ ބަޔެއްގެ ނަން ބުނުމުން މިހާރު އެންމެންގަނޑު މޮޔަވާވަރުގެ ބަޔެކެވެ. އާނއެކެވެ. ބީ.ޓީ.އެސްގެ ކުޅަދާނަ ހަތް މެންބަރުންނެވެ. އެ ބަޔެއްގެ ޖާދުވީ އަޑުންނާއި ފިރިހެންވަންތަކަމުން އެންމެންގެ ހިތްތައް ކަފާ ކުދިކުދި ކުރަމުން އަންނަ ބީ.ޓީ.އެސްގައި އުޅޭ ހަތް މެންބަރުންގެ ތެރޭގައި ނައުފަލް، ޔޫމިން، ޖައުޝާން، ޒަކުވާން، ޖިމްޔާން، ކައިލާން، ޖިޔާން އަދި ޒާއިކް ހިމެނެއެވެ. ނަމަވެސް އެ ދެ ގްރޫޕާއި ދިމާލަށް ހުއްޓިފައި ވަނީ ހުސް ރުހުމުގެ ބެލުންތަކެއް ނޫނެވެ. ހުރިހާ އެންމެންގެ ލޯބި ލިބިގެން ދުނިޔޭގައި އުޅުމަކީ މުސްތަހީލު ކަމެކެވެ. ބައެއް މީހުންގެ ހަސަދަވެރި ނަޒަރުވެސް އެ ކުދިންނާއި ދިމާލަށް ހުއްޓެމުން ދިޔައެވެ.

މިއަދަކީ ބެންގްޓަން ގާރލްސް އެކިއެކި ގައުމުތަކަށް ޝޯވްތައް ދީފައި އަނބުރާ ރާއްޖެ އައި އުފާވެރި ދުވަހެވެ. ބެންގްޓަން ގާރލްސް އާއި އެކީގައި ނަމަވެސް ވަކި ދެ ފްލައިޓެއްގައި ބީ.ޓީ.އެސް ވެސް އެމީހުންގެ އާ ލަވައެއްގެ ޝޫޓިންގް ނިންމާލުމަށްފަހު ރާއްޖެ އަންނަ ޚަބަރު ލިބުމުން މުޅި އެއާޕޯރޓްތެރެ ވަނީ ފުރިފައެވެ. އެންމެން އެންމެ ލޯބިވާ އެ ދެ ބޭންޑް އެއްފަހަރާ އައުމުން އެއާޕޯރޓްތެރެ ފުނި ނުޖެހުނިއްޔާ ދެރައެވެ. މަރުހަބާގެ ޖުމްލަތަކާއި ފޭންސް އެކުދިންތައް ދެކެ ލޯބިވާވަރު ހާމަކުރަމުން ގެންދިޔަ ޖުމްލަތަކަށް ހިނިތުންވަމުން ފޮޓޯ ނަގާ އޮޓޯގްރާފް ލިޔެދެމުން ބެންގްޓަން ގާރލްސް އާއި ބީ.ޓީ.އެސްއަށް އެއާޕޯރޓް ތެރެއިން ނުކުމެވުނީ ދެނެވެ.

ހުރިހާ އެންމެންވެސް އެކި ކަންކަމާއި ކުރިމަތިލާން ޖެހެއެވެ. އެއްބައި މީހުން އުފާވެރިކަމާއި އެކީގައި ދުވަސްތައް ގުނަމުން ގެންދާއިރު އަނެއްބައި މީހުން ހިތާމަވެރި ކަންކަމާއި ކުރިމަތިލައެވެ. އާނއެކެވެ. ދުނިޔެ ހިނގާނީ ތޮށަލިދުޅަ އަށެވެ. މިއީ ލޯބި، މަޖާ، ހިތާމަ، އަދި މިނޫންވެސް ތަފާތު ރަހަތަކެއް އެކުލެވިގެންވާ ވާހަކައެކެވެ.

ކަވަރ ގައި އިން ނަންތަށް ސާފު ނޫންނަމަ؛

ނަމްޖޫން- ނައުފަލް،

ސުގަރ- ޔޫމިން،

ޖައެމިން- ޖައުޝާން،

ޖިމިން- ޖިމްޔާން،

ޖަންގްކުކް- ޒަކުއާން،

ޓައެހުއާންގް- ކައިލާން،

ޖޭހޯޕް- ޒާއިކް،

ޖިން- ޖިއާން. މިއެވެ.

މިއީ ހިޔާލީ ވާހަކަ އެއް ކަމުން މީގައިވާ އެއްވެސް ކަމެއް އަސްލަށް ހިނގާފަ އެއް ނުވެއެވެ.

Comments (8)

  1. Bulletproof Gurls

    Umm….guyx how did our trailer come here???

    1. Bulletproof Gurls
      Bulletproof Gurls

      IDK

  2. Bulletproof Gurls

    Mi trailer kiyaa hurihaa kiyun theyrinah nihaayathah maafah eydhen………konmey ves massala ey dhimaa veygen trailer mi iny mi page ah aisefa

  3. Bulletproof Gurls

    Alhun trailer up kuraanan alhugadhumen ??????????

    1. Bulletproof Gurls
      Bulletproof Gurls

      ekam adives up nuveyey #2

  4. Bulletproof Gurls

    Nikan avahah iraadha kurey viyya up vaane…….inshaa allah

  5. Bulletproof Gurls

    up kohfeeeemooooooooo

  6. Bulletproof Gurls

    ????Up veyjeyooooooooooo????

Comments are closed.