ހިޔަޅުންގެ ތާރީޚުގެ ތެރެއިން ޞަފުޙާ އެކޭ ހުޅުވާ މިލީ ނަމަކަށް ނިގޫބުރި ހިޔަޅު ކިޔުނު ހިޔަޅެއްގެ ވާހަކަ އޭ މިއީ ތިޔަ ބޭކަލުން ވެސް އައްސަވާނޭ ބުރި ނިގޫ ހިޔަޅުގެ މި ވާހަކަ ހަމަ އެންމެ ކަމެކޭ މިސޮރު ދިރިއުޅުމަށް ހުރަސް ދެން މިއަޅަނީ ތިޔަ ދެންނެވީ ރަނގަޅަށް އިނގޭ މިސޮރުގެ ނިގޫ ބުރިވެފައި ވަނީ މިކަމާ މިސޮރު ދެލޮލުގެ ޒަމާން ދަންދެން ކަރުނަ އެޅި ކަމު ވަނީ ހިތުގައި މިސޮރު ޖެހިގެން ގަހެއް ދަށުގައި ނިކަން […]
ހަވީރު ވަގުތު ތާރާގެ ހުންގަނޑު އެއްކޮށް ގޮސްފައި ވާތީ އީކަންމެން އޭނާ ބަލައި އައެވެ. ތާރާ ނުދާން ގަދަ ދެއްކުމުން ވެސް އެމީހުން ކުރެއް ނުކުރިއެވެ. އެންމެފަހުން އޭނާއަށް ޖެހުނީ ސަމާ ގާތަށް ދާށެވެ. ދިޔަ މަގުމަތީގައި އޭނާ އާއި ދިމާއަށް ނާއިލް އާއި އޭނާގެ ގުރޫޕް ބަލަހައްޓައިގެން ހުރިތަން ފެނުމުން އެދިނީ އިންޒާރެއްކަން ތާރާ އަށް ދެނެގަނެވުނެވެ. ………………… ސަމާގެ ރޫމަށް ވަދެގެން ދިޔައިރު އޭނާގެ ކައިރީގައި ރީހަން އިންތަން ފެނުނެވެ. ރީހަން ވެސް ހުރީ […]
*ޒިވިން އެއް މިޔަކަނުން ހީންލިއެވެ. ‘އަޅޭ ސްވީޓީ.. އަހަރެމެން ޖެނީ މަރާލަން ބޭނުންވި ނަމަ.. މިހާރު ޖެނީ ހުންނާނީ މަރުވެފަ ނުން..’ ޒިވިން އަހަރެންނާއި ދިމާލަށް ލޯ އަޅާއިލިއެވެ. އަހަރެންނަށް ފަޔާއި ދިމާލަށް ބަލާލެވުނެވެ. ‘ޒިވިން.. އޭނާއަށް ބިރުނުދައްކާ.. ވަރަށް ފޭކު..’ ޔޫކީން ނިތްކުރީގައި ޖަހާލިއެވެ.* **6** ‘އަހަރެން ކީއްވެ މި ކުނި ވަސް ދުވާ، ދާ ވެފައި އޮތް އެއްޗެއް ލާންވީ..؟’ ‘ދެން ވާހަކަ މަދުކޮށްފަ ތި ހޫޑީ ލާންވީނު..’ ޒިވިން އަހަރެން އަތުްނ މީގެ […]
ރޭގަނޑުގެ ވަގުތެވެ. ލީއާ އުޅުނީ ކޮޓަރީގައެވެ. ނިދާން ކަމަށް ބުނިނަމަވެސް އޭނާ ހުރީ ނިދާކަހަލަ ގޮތަކަށް ނޫނެވެ. ނިދި ނުވެސް އާދެއެވެ. ވާނީވެސް އެހެނެވެ. އެއްކޮޅުން ޒީޝާންއާމެދު ވިސްނެމުން ދިޔައިރު އަނެއްކޮޅުން އައިރްއެވެ. އަދި ގާދިރުބެ މިއަދު ދެއްކި ވާހަކައިން ޖިނާހު މިރޭ ކޮންމެވެސް ގޮތަކުން އެގެޔަށް ވަންނާނެކަން ޔަގީންވިއެވެ. އެކަމަށްވެސް ލީއާ ހުށިޔާރުވެ ހުންނަން އެބަޖެހެއެވެ. ލީއާ ފިޔަވާ ހުރިހާ ކުދިން މިރޭ ސިޓިންގ ރޫމްގައި އެތިބީ ސަކަރާތް ޖަހާށެވެ. އަމުދުން ޒީޝާން އާ ޒީހާން […]
“ސަޕްރައިޒް!” އެ ޒުވާނާ ތާރާ އާއި ދިމާއަށް ހީލިއެވެ. ނަމަވެސް އެއީ ރަނގަޅު މާނައެއްގެ ހިނިތުންވުމެއް ނޫންކަން ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އޭނާގެ ކުރިމަތީގައި ހުރީ ދެވަނަ ދެމީހެއް ނޫނެވެ. ނާއިލެވެ. ސަމާގެ ‘އެކްސް’ އެވެ. ކުރިޔާ ހިލާފަށް ބޯ ދިގު ކޮށްފައި ހުޅިޖަހާފައި ހުރިއިރު ކުރިން ވެސް ހުންނަހެން އިސްތަށިގަނޑުގެ އެކި ތަންތަން ކޮޅުގައި ހުރީ ރަތްކުލަ ޖައްސާފައެވެ. އަތްފައިގައި ގަހަނާ އަޅާފައި ކަރުގައި ޗޭނު އަޅާފައެވެ. ކަންފަތް، ނޭފަތް އަދި އެއްބުމަ […]
ނަމާދު ކޮށް ނިންމައިގެން އިލްޔާ ކޮޓަރިއަށް ދިޔައެވެ. އޭރު މަޔާން ސޯފާގައި އިށީނދެ އިނެވެ. މަޔާން އެ ކޮޓަރީގައި އޮންނާތީ އިލްޔާ އަށް ޖެހުނީ ބުރުގާ އަޅާއިގެން ނިދަންށެވެ” ދީބަ ބާލީހެއް.. ” މަޔާން އެދުނެވެ. އިލްޔާ ދެ ބާލިސް އެއްލުމުން މަޔާން ސޯފާގައި ޖައްސާލިއެވެ. ” ޔާން ބޭނުންތ.. ” ސުވާލެއް އަހަމުން މަޔާން އާއި ދިމާއަށް އެނބުރުން އިލްޔާ އަނގަ ބަންދުވީ މަޔާން ކުރި ކަމަކުންނެވެ. **3 ވަނަ ޕާޓު** ” […]
އޮޕަރޭޝަން ރޫމްގެ ބޭރުގައި އިށީނދެގެން ތިބި އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. ބިރުވެރިކަމާއި، ނުތަނަވަސްކަމެވެ. އެއް ބަޔެއްގެ ލޮލުން ކަރުނަ ނުހިކޭ އިރު އަނެއް ބަޔަކު ތިބީ ރޯން ވީކަން ވެސް ނޭނގިފައެވެ. ދޭތެރެ ދޭތެރެއިން ސުމައްޔާ ތާރާއަށް ގުޅާފައި ސަމާގެ ހާލު އޮޅުން ފިލުވައެވެ. ސުމައްޔާގެ ލަގޮނޑިއަށް ކެތްނުވަނީއެވެ. ލޯބިވާ ދަރިފުޅުގެ ހާލު އެހާ ދެރަވެފައި ވަނިކޮށް ދަރިފުޅު ގާތު ނުހުރެވުނީމަ އޭނާގެ ހިތް ދިޔައީ ރޮމުންނެވެ. މިކަހަލަ ކަމެއް ދިމާވުމުން މައެއްގެ […]
ބާރު ބާރަށް ގެއަށް ވަދެގެން ދިޔަ ޖައިލަމް ފެނިފައި ނަޖުލާ އާއި ޖަމީލް އަވަހަށް ސޯފާއިން ތެދުވިއެވެ. އަދި އެ ދެމަފިރިންގެ ލޯބިވާ ހަގު ދަރިފުޅަށް ވީގޮތެއް ބެލުމަށް ދުވެފައި ކަހަލަ ގޮތަކަށް ޖައިލަމްގެ ކޮޓަރި އާއި ދިމާއަށް ދިޔައެވެ. ނަމަވެސް ކޮޓަރި އާއި ހަމައަށް އެމީހުންނަށް ދެވުމުގެ ކުރިން ޖައިލަމް ދޮރު ބަން ލާފައި ޖެހިއެވެ. ދެން އިވުނީ އެއްޗެހި ތަކެއް ތަޅައިގެން ދިޔަ އަޑެވެ. އެވަގުތު އެއަޑު އިވިގެން ޖައިލަމްގެ ބޭބެ، ޖަޒްލާން ވެސް […]
އެގެއަށް ގޮސް އެންމެ ފުރަތަމަ ވެސް އިށީނީ ސައި ބޯށެވެ. މޭޒުމަތީގައި ކާތަކެތި ނަން ހުސްކޮށް ހުއްޓެވެ. ހުރީ ރޮށި ،ތެލުލި ރިހާކުރު ،ކުކުޅު ރިހަ އަދި ކަޅުސަޔާއި ތޮއްޑޫ ކަރަލެވެ. ތޮއްޑޫ ކަރާ އަކީ އަހަރެންނަށް ވަރަށް މީރު އެއްޗެކެވެ. އަހަރެން ކާން ފެށީމެވެ ރޮށި ކޮށައިފައި ތައްޓަށް ކުކުޅު ރިހަ އެޅުމަށްފަހު މޮޑެން ފެށީމެވެ. ކާން އަހަރެން ފެށީ ބިސްމި ކިޔައިފަ އެވެ. ރިހަ އަހަރެންނަށް ވަރަށް މީރެވެ. ކައިނިމުމުން އަހަރެން ތަށި ދޮންނަން […]