
ބާރު ބާރަށް ގެއަށް ވަދެގެން ދިޔަ ޖައިލަމް ފެނިފައި ނަޖުލާ އާއި ޖަމީލް އަވަހަށް ސޯފާއިން ތެދުވިއެވެ. އަދި އެ ދެމަފިރިންގެ ލޯބިވާ ހަގު ދަރިފުޅަށް ވީގޮތެއް ބެލުމަށް ދުވެފައި ކަހަލަ ގޮތަކަށް ޖައިލަމްގެ ކޮޓަރި އާއި ދިމާއަށް ދިޔައެވެ. ނަމަވެސް ކޮޓަރި އާއި ހަމައަށް އެމީހުންނަށް ދެވުމުގެ ކުރިން ޖައިލަމް ދޮރު ބަން ލާފައި ޖެހިއެވެ. ދެން އިވުނީ އެއްޗެހި ތަކެއް ތަޅައިގެން ދިޔަ އަޑެވެ.
އެވަގުތު އެއަޑު އިވިގެން ޖައިލަމްގެ ބޭބެ، ޖަޒްލާން ވެސް ކޮޓަރިން ނިކުމެގެން އައެވެ. “މަންމާ. ޖައިއްކޮ ކިހިނެއް ވީ؟”
“ނޭނގެ. ގެއަށް އައި ގޮތަށް އައިސް ކޮޓަރިއަށް އެވަނީ ބާރަށް ދޮރު ޖަހާފަ. މަންމަ އަކަށް ވެސް ނޭނގެ ވީ ގޮތެއް.” ނަޖުލާ ހާސްވެފައި ހުރެ ބުންޏެވެ. އަނެއްކާވެސް އެއްޗެހިތަކެއް ތަޅައިގެން ދިޔަ އަޑު އިވުނެވެ. އެ އަޑާއި އެކު ޖައިލަމްގެ ވޭނީ އާހްގެ އަޑުވެސް ފޭދިގެން އައެވެ.
“ދަރިފުޅާ؟ ޖައިލަމް؟ ދަރިފުޅާ ދޮރު ހުޅުވަބަލަ!” ޖަމީލް ދޮރުގައި ޓަކި ޖެހިއެވެ. ނަމަވެސް އެތެރެއަކުން އެއްވެސް އަޑެއް ނީވުނެވެ.
“ޖައިއްކޯ!ޖައިލަމް. ކޮއްކޯ! ދޮރު ހުޅުވަބަ! ކޮއްކޯ! ކިހިނެއް ވީ؟ އާ ޔޫ އޯކޭ؟” ޖަޒްލާން ކޮޓަރި ދޮރުގައި ކަންފަތް ޖަހާލަމުން އަހާލިއެވެ. “އައިމް ފައިން،ދޮންބޭ.” ވަރަށް މަޑުމަޑުން، ކިރިޔާ ކިރިޔާ އިވޭ ވަރަށް ޖައިލަމްގެ އަޑު އިވުނެވެ. ނަމަވެސް އެ އަޑުގައި ވީ ވޭނެވެ. ހިތާމައެވެ. ޝަކުވާއެވެ.
“ޖައިއްކޯ. ދޮރު ހުޅުވަބަ. ދޮންބެ އާ ވާހަކަ ދައްކާލަން ވީނު؟” ޖަޒްލާން އަނެއްކާވެސް އެހިއެވެ. “އަސްލުވެހޭ ދޮންބޭ. އައިމް ފައިން. އައި ވޯންޓް ޓު ބީ އެލޯން ރައިޓް ނައު.” ޖައިލަމްގެ އަޑު އިވުނެވެ.
“ހުމްމްމްމް.. އޯކޭ. ޖައިއްކޮ ވާހަކަ ދައްކާލަން ބޭނުމިއްޔާ ދޮންބެ އަބަދުވެސް ހުންނާނަން އިނގޭ. ޔޫ ކޭން ޝެއާ އެނީތިން ވިތު މީ. އައި ވިލް ސަޕޯޓު ޔޫ. އައި މީން އިޓް.” ޖަޒްލާން މަޑުމަޑުން ބުނެލިއެވެ. “އައި ނޯ.” ޖައިލަމް ބުނެލި އަޑު އިވުނެވެ. އެންމެފަހުން ޖަޒްލާން ވެސް، ނަޖުލާ ވެސް އަދި ޖަމީލް ވެސް ދިޔައީ މިވަގުތު ޖައިލަމް އެކަނިވެލަން ބޭނުންވާ ކަމަށް ނިންމާފައެވެ.
…………………………….
ކިޔާން އާއި ފޯނުން ވާހަކަ ދެއްކަން އިން ތާރާއަށް ސިހުނީ އޭނާގެ ފޯނަށް އިތުރު މީހަކު މާ ވަރަކަށް ގުޅާތީއެވެ. އެއީ ޖަޒްލާން ކަން އެނގުމުން ކިޔާންގާތު ބުނެލާފައި ކިޔާންގެ ކޯލް ހޯލްޑަށް ލަމުން ފޯން ނެގިއެވެ.
“ހަލޯ؟”
“ހަލޯ ތާރާ ތަ؟” އެކޮޅުން ޖަޒްލާން އެއްސެވެ. “އާނ. ކިހިނެއްވީ އަނެއްކާ؟ ކަމަކުތަ ތިގުޅާލީ؟” ތާރާ އަހާލިއެވެ. “ޔާ. ޖައިލަމް… ވަރަށް ސަކަރާތް މޫޑެއްގަ އެހެންވެ ވީގޮތެއް އިނގޭތޯ ބަލައިލަން ވެގެން.” ޖަޒްލާން ބުނެލިއެވެ. “ހޯލްޑް އޮން! ވަޓް ދި ހެލް ހެޕެންޑް؟ އައި ޑޯންނޯ ވަޓް ހެޕެންޑެ ސޯ އައި ނީޑް ޑީޓެއިލްސް ވެގެން އުޅޭ ގޮތުގެ.” ތާރާ ވަގުތުން އެދުނެވެ.އެހެންކަމުން ޖަޒްލާން ވެގެން އުޅޭގޮތް ކިޔައި ދިނެވެ.
“އައިމް ކަމިން ތި ގެއަށް. ހަމަ މިހާރު.” އެހެން ބުނެފައި ތާރާ ފޯނު ކަނޑާލިއެވެ. އަދި ކިޔާން ގާތު ވެސް ވެގެން އުޅޭ ގޮތް ކިޔައި ދީފައި، އަވަސްއަވަހަށް ކުޑަގޮތަކަށް ތައްޔާރު ވެލައިގެން ނިކުތެވެ. އަދި ޓެކްސީ އެއް ގައި ޖައިލަމްމެން ގެއަށް ދިޔައެވެ.
“އައްސަލާމު ޢަލައިކުމް.” ތާރާ ސަލާމް ގޮވާލިއެވެ. “ވަޢަލައިކުމުއް ސަލާމް. އަވަހަށް ވަދޭ.” ނަޖުލާ ސަލާމް ބަލައި ގަންނަމުން ތާރާ ގޭތެރެއަށް ވެއްދިއެވެ. “ކޮބާ ޖައި؟” ތާރާ އަހާލިއެވެ. “ކޮޓަރީގަ. ނޭނގެ ވީގޮތެއް ވެސް.” ޖަމީލް ދެރަވެފައި ބުނެލިއެވެ.
ތާރާ އަވަސްއަވަހަށް ޖައިލަމްގެ ކޮޓަރި ދޮށަށްގޮސް ޓަކި ޖެއްސެވެ. “ޖައި؟ ދޮރު ހުޅުވަބަ. މީ ތާ އޭ.” ތާރާ މަޑުމަޑުން ގޮވާލިއެވެ. އިރުކޮޅެއް ވަންދެން އަޑެއް ބަޑެއް ނީވެހުރެފައި ދެން އިވުނީ ސޮރު ކާރިއަށް ފިޔަވަޅު ތަކެއް އަންނަ އަޑެވެ. “އެއްވެސް މީހަކު ކައިރީގައި އެބަހުރިތަ؟” ޖައިލަމްގެ އަޑެ އިވުނެވެ.
“ނޫން. ޔޯ ޕޭރެންޓްސް ވީ ސިޓިންރޫމްގަ. އިޓްސް ޖަސްޓް މީ.” ތާރާ އެހެން ބޭނުމާއި އެކު ދޮރު ހުޅުވުނެވެ. މަޑުމަޑުން ދޮރު ހުޅުވާލަމުން ތާރާ ވަނެވެ. އަދި ދޮރު ޖެހުމަށް ފަހު ތަޅުލިއެވެ. އެވަގުތު އޭނާ އާއި ދިމާއަށް ބަލަހައްޓައިގެން ބިންމަތީގައި އިން ޖައިލަމްގެ ރޮއެފައި މޫނު ފެނިފައި ކަމެއް ވެއްޖެކަން އެނގުނެވެ.
“އޮހް ގޮޑް. ކިހިނެއް ވީ އަނެއްކާ؟” ތާރާ އެއްސެވެ. “ސަމާ…” ޖައިލަމަށް ބުނެވުނީ އެހިސާބަށެވެ. އަނެއްކާވެސް އޭނާ ބޮލުގައި ހިފަހައްޓައިލައިގެން ރޯން ފެށިއެވެ. އެ އަޑުގައި ވީ ވޭނުގެ އަޑު އިވުމުން ތާރާގެ ހިތަށް ވެސް އުނދަގޫވިއެވެ. “ސަމް އަށް ކިހިނެއް ވީ؟” ތާރާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން އެހިއެވެ.
މުޅި ކޮޓަރި ތެރޭގައި އެއްޗެހިތައް ވަނީ އެކި ދިމަ ދިމާއަށް އުކާފައެވެ. ތަޅައިގެން ގޮސްފައިވާ ލޯގަނޑާއި މާ ވަށިގަނޑުގެ ބައިތައް ވެސް އޮތީ ބިންމައްޗަށް ވެރިފައެވެ. ޑްރެސިން ޓޭބަލް މަތީގައި ހުރި ސެންޓުފުޅިތައް ވެސް ވަނީ މުޅިތަނަށް ވަރާލާފައެވެ. އެނދުމަތީގެ ތަރުތީބު ގެއްލިފައިވީއިރު ބާލީސްތައް ވެސް އޮތީ އެކި ދިމަ ދިމާގައެވެ.
ޖައިލަމް އިންތާ ކައިރީގައި ލޭގެ ކޯރެއް ހެދެމުން ދިޔަތަން ފެނުމުން ތާރާ ޖައިލަމްގެ ކޮޓަރި އެނދު ދަށުގައި ހުންނަ ފަސްޓްއެއިޑު ފޮށި ހިފައިގެން އައިސް ޖައިލަމް ގާތު އިށީނެވެ. އަދި އޭނާގެ ކަނޑައިގެން ގޮސްފައިވާ އަތުގައި ބޭސް އަޅައިދޭން ފެށްޓެވެ.
“ސަމާ- އެ ފިރިހެން ކުއްޖާ… އެދެމީހުން… އެއްކޮށް… އަފް! އަހަންނަކަށް ނޭނގެ ކިޔާދޭކަށް ވެސް ތާ. އަހަންނަށް… އަހަންނަށް އަޑު އިވުނު އެ-އެމީހުން ލޯބި އެބަސް ބޭނުން ކުރި އަޑު… ކޮންމެވެސް ކަމަކަށް އެ ފިރިހެން ކުއްޖާ… ސަމް ގާތުން މާފަށް ވެސް އުދުން. އެދެމީހުން އެކަކު އަނެކަކުގެ ގައިގައި ބައްދާވެސް ލި. ސައިކަލުގަ ދެމީހުން ދިޔައިރު ހީވަނީ ހަމަ…. އަހް…ދެ ލޯ…ލޯބިވެރިން… ހެން. ” އަނެއްކާވެސް ޖައިލަމަށް ރޮވުނެވެ.
” ޖައި. އަހަރެން ގާތަކު ސަމް ނުބުނެ އެއްވެސް ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކައެއް މާލެ އައި ފަހުން. ކޮން ވައްތަރެއް އެ ބޯއި ޖަހަނީ؟ ކަޅު؟ ކުޑަކޮށް ކަޅު؟ ދޮން؟ ކޮން ކުލައިގެ އިސްތަށިގަނޑެއް؟ ލޮލެއް؟ ކުރު ދިގު؟ ހިކި ފަލަ ބިޔަ؟ ކިޔާދީބަ އޭނަ ޖަހާ ވައްތަރު.” ތާރާ އެދުނެވެ.
“ހީ… ހީ އިޒް ޓޯލް. ކިޔާން އާއި ގާތްގަނޑަކަށް އެއްވަރު ވާނެ ކަންނެ.” ކިޔާންގެ ނަން އިވުމުން ތާރާގެ ހިތަށް ފިނިވެގެން ދިޔައެވެ.
“ކުޑަކޮށް، ލައިކް ވަރަށް ތުނިކޮށް ތުބުޅި މަތިމަސް ހުރި… ދެން… ކުޑަކޮށް ކަޅު. ދެން އާދައިގެ ރޫފައެއް ހުރީ. ހެއްކެއް ނޫން. ފިލައެއް ވެސް ނޫން.”
“އިސްތަށިގަނޑު، ލޮލުގެ ކުލަ؟”
“ތި ހަނދާނެއް ނެތް. ރަތްކުލައިގެ ގޮޅިޖެހި ގަމީހެއް ލައިގެން ހުރީ.” ޖައިލަމް ލޯ ފުހެލަމުން ކިޔައި ދިނެވެ. ތާރާ އޭނާގެ ފޯނު ނަގައި ފޭސްބުކަށް ވަނެވެ. އަދި އިރުކޮޅެއް ފަހުން ފިރިހެން ކުއްޖެއްގެ ފޮޓޯ ދައްކާލިއެވެ. “މި ތަ އޭނަ އަކީ؟” ތާރާ އެހެން ބުނިއިރު އެ އަޑުގައި ނުރުހުމުގެ ރާގެއްވިއެވެ.
“ނޫން. ތީނައެއް ނޫން.” ޖައިލަމް ބުނެލިއެވެ. އަދި ތިރިއަށް އަރާފައި އިން ނަން ކިޔާލިއެވެ. “ނާއިލް.”
ތާރާ ސަމާގެ އެކައުންޓަށް ވަނެވެ. އެވަގުތު ގަނޑިއެއް ހާއިރު ކުރިން ސަމާ އަޕްލޯޑު ކޮށްފައި އިން ފޮޓޯއެއް ފެނުނެވެ. އެ ފޮޓޯގައި އިނީ ސަމާ އާއި އެކު ފިރިހެން ކުއްޖެކެވެ. އެމީހުން ތިބީ ޑައިނަމޯގައެވެ. ސަމާ އަށް އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގުނެވެ.
“ތީ އެ ގާއި.” ޖައިލަމް ބުނެލިއެވެ. ތާރާ ދެލޯ ބޮޑުކޮށްލާފައި ޖައިލަމާއި ދިމާއަށް ބަލައިލިއެވެ. “ރީހަން. އޮހް ގޯޑް.” ތާރާ އަށް ބުނެވުނެވެ. ތާރާ އަށް ވީގޮތުން ޖައިލަމްގެ ނިތަށް ރޫގިނަ ވެގެން ދިޔައެވެ.
“ރީހަން އިޒް ހާ އެކްސް ބެސްޓް ފްރެންޑް. ހީ ބުލީސް ހާ ނައު. ހީ އިޒް އެ ކޮޕްލެޓް ޖާކް ޓު ހާ.” ތާރާ ރީހަން އަކީ ކާކުކަން ޖައިލަމަށް ކިޔައިދިނެވެ. “ދެން ކީއްވެ..؟” ހުރިހާ އެއްޗެއް އަޑުއަހައި ނިމުމުން ޖައިލަމަށް އަހާލެވުނެވެ.
“އައި ޑޯންޓް ނޯ އީދާ. އެކަމް މީގަ ޖަހާފައި މީނީ ‘ބިލީވް އިން ސެކަންޑް ޗާންސެސް. ބެސްޓީސް 4 އެވާ’ ސޯ ދެޓް މީންސް ދޭ އާ ބެސްޓް ފްރެންޑްސް އެގެއިން ރައިޓް؟” ތާރާ ބުނެލިއެވެ.
ކުއްލިއަކަށް ތާރާގެ ފޯނު ރިންގު ވާން ފެށިއެވެ. ގުޅަނީ ޔުކްތާއެވެ. “ހަލޯ؟” ތާރާ ފޯނު ނެގިއެވެ. އެކޮޅުން އިވުނު އެއްޗަކުން ތާރާއަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރު އެތިފަހަރެއް އެޅާލި ހެންނެވެ. އޭނާ ގަނޑުވި ކަހަލައެވެ. ލިބުނު ސިހުމާއި ޝޮކުން އޭނާގެ އަތުން ފޯނު ވެސް ދޫނުވީ ކިރިޔާއެވެ.
“ހަލޯ؟ ހަލޯ؟ ތާ؟” ތާރާ އަށް ހޭވަރިކަން ވީ ފޯނުގެ އަނެއް ފަރާތުން ހާސްވެފައި ހުރެ ޔުކްތާ ގޮވާލުމުންނެވެ. އޭރު ޖައިލަމަށް ތާރާ އަށް ވަމުން ދިޔަ ގޮތް ތަކުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އެނގުނެވެ.
“ކޮ-ކޮން ހޮސްޕިޓަލެއް؟” ހިންދިރުވާލަމުން ތާރާ އަހާލިއެވެ. “އޭޑީކޭ. އަވަހަށް އާދޭ!” ޔުކްތާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. އޭރު ތާރާގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ތާރާ އަށް ވީގޮތުން ބަލަހައްޓައިގެން އިން ޖައިލަމްގެ ބުމަ ގޮށްޖެހުނެވެ.
“ތާ؟ އިޒް އެވްރީތިން އޯކޭ؟” ޖައިލަމް އަހާލިއެވެ. “ޖައި.” ތާރާ ޖައިލަމަށް ބަލައިލިއެވެ. ވެގެން އުޅޭގޮތް އެނގުމުން ޖައިލަމްގެ ހިތަށް ކުރާނެ އަސަރު އެނގިފައެވެ.
“ސް.. ސަމް އެން ރީހަން.. އެކްސިޑެންޓް.. ވެގެން އޮބެން… އޭޑީކޭ ގަ.”
ތާރާގެ ދުލުން ނުކުތް ބަސްތައް އަޑު އިވުމާއި އެކު ޖައިލަމަށް ހީވީ އޭނާގެ ފައި ދަށުން ބިންގަނޑު ދަމައިގެން ހެނެވެ.
~~~~~
Hope you all like this part too ☺
Shai ?
2 Comments!
Comments are closed.
Yess.stry vrh reethi. when next part.and could u please comment on my stry
Wow very nice waiting for the next part of the story and keep it up