އަނެއް ދުވަހު ހެނދުނު ހެނދުނާ އެންމެން ފުރިއެވެ. ރާއްޖެ އާދެވުނު އިރު ހުރީ ހަވީރު 5:30 އަށް ވުރެ ބޮޑު ވެފައެވެ. ވެފައި ހުރި ވަރުބަލިން މޫންލައިޓް ގެއަށް ދިޔަ ގޮތަށް އެންމެން ނިދީއެވެ. ހުރުން ހަމަ ޖެހިފައިވާ ގޮތުން ސަނަމް ހުންނަނީ ތާރާ އާއި ކައިލާނާއި އެކު މޫންލައިޓް ގޭގައެވެ. އީމާން ހުންނަނީ އޭނާގެ އަމިއްލަ ގޭގައި އޭނާގެ މައިންބަފައިންނާ އެކުގައެވެ. ވީރާ ވެސް ހުންނަނީ އޭނާގެ އަމިއްލަ ގޭގައެވެ. ނަމަވެސް އެރެއަށް އެންމެން ވެސް […]
އުޑުމަތި ރީތި ސާފު ދުވަހެކެވެ. އުޑުމަތީގައި އެންމެ ވިލާ ރޮއްޖެއް ވެސް ނެތެވެ. ނަމަވެސް ފުދޭ ވަރަަކަށް ވައި ޖެހެމުން ދިޔައެވެ. މިޔުޒިކެއް ފަދައިން އެ ހިތްގައިމު އަޑު ގުގުމާލާފައި ވީއިރު އުޑުމަތި ފެންނަނީ ވަރަށް ސާފުކޮށެވެ. ސަނާ ފިލާވަޅު ނިންމާލި ވަގުތުވީ ދެން އޮތް ގަޑިއަށް ބެލް ޖެހި ވަގުތަށެވެ. ދެން އޮތް ގަޑިއަކީ ސައިންސް ގަޑިކަމުން މުދަރިސް ނިންމީ އެކްސްޕެރިމެންޓެއް ހެދުމަށްޓަކައި ލެބޯޓަރީ އަށް ގެންދިއުމަށެވެ. އެހެން ކަމުން ހުރިހާ ކުދިންވެސް އުފަލުން ހުރެ […]
މާ ގިނަ ވަގުތު ރިތިވާން ނުހުރެ، ރައިޝާ އަވަސްއަވަހަށް ދަބަހަށް ފޮތްތައް އަޅާ ނިންމާލީ ގަޑި ޖެހެން ކައިރިވާތީއެވެ. ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު، ގަޔަށް ސެންޓުކޮޅެއް ބުރުވާލިއެވެ. ކޮޓަރިން ނުކުންނަނިކޮށް ފޯނަށް މެސެޖެއް އައުމުން ފޯނު ބަލާލި ރައިޝާގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. އަވަސްއަވަހަށް ކޮޓަރިން ނުކުމެ، ސިޓިންރޫމުގައި ތިބި މަންމައާއި، ބައްޕަ ގާތު ދަނީއޭ ބުނެލުމަށްފަހު ގެއިން ނުކުތެވެ. ގޭގެ ދޮރާށިން ބޭރަށް ނުކުތް ރައިޝާ އަށް ކުރިމަތީގައި ހުރި ސޫރަ ފެނުމާއެކު ހިނިގަނޑު […]
6 އަހަރު ފަސް ……………… އިރުއޮއްސެމުން ދިޔަ ވަގުތެވެ. އަތިރިމަތީގައި މަޖާ ނަގާފައި އުޅުން މީހުންތައްވެސް މިހާރު އެމީހުންގެ ގޭތަކަށް ހިނގައްޖެއެވެ. ނަމަވެސް 25 އަހަރުގެ ތާރާ އަދިވެސް ދާކަށް ހިޔާލެއް ނުކުރެއެވެ. ހީވާގޮތުން އިރުއޮއްސުން ކަންވެސް އޭނާއަށް ނޭނގޭ ކަހަލައެވެ. ތާރާގެ ކުރިމަތިން ސިފަވަމުން ދިޔައީ މީގެ 6 އަހަރު ކުރީގެ ހަނދާންތަކެވެ. ލޯބިވެރިޔާއާއެކު ހޭދަކުރެވުނު ފޮނި ދުވަސްތަކެވެ. ދެމީހުން ބައްދަލު ވި ގޮތެވެ. ފުރަތަމަ އެކަކު އަނެކަކު ދެކެ ވީ ނަފްރަތެވެ. […]
އޭގެ އަނެއް ދުވަހު ހަވީރު ވަގުތު ނިދިފައި އޮތް ތާރާއަށް ހޭލެވުނީ ފޯނު ރިންގު ވާތީއެވެ. އެއީ މަންމަމެން އޭނާގެ ވާހަކަ ގަބޫލު ކުރީ ކަމަށް ހީކޮށް ވަރަށް އުންމީދުން ހިރެ ތާރާ އަވަސްއަވަހަށް ފޯނު ނަގައި ބަލައިލިއެވެ. ނަމަވެސް މޫނު މައްޗަށް މާޔޫސްކަން ވެރިވެގެން ދިޔައީ އެއީ ނުދަންނަ ނަންބަރެއް ކަމަށް ވާތީއެވެ. އެވަގުތު އޭނާގެ ސިކުނޑިއަށް ވިސްނުނީ އެ ގުޅަނީ ނާއިލް ކަމަށެވެ. އެހެންކަމުން އައި ރުޅީގައި ފޯނު ނެގިއެވެ. “މޮޔަ ވެގެންތަ ނާއިލް […]
އެއްވަނަ ބައި.. “ދަރިފުޅާ” “ދަރިފުޅާ ތާޝާ ދެން ހޭލަން ވިއްޔޭ” ތާނިޔާ އޭނާގެ ދޮށީ ދަރިފުޅަށް ގޮވަމުން ދިޔައެވެ. “ތާޝާ” “ތާޝާ ތި ދޮރުހުޅުވަބަލަ..އަދި މާ ފަސޭހައިން ތެދުވެވޭ މީހެއް ކަމަށް އެ ދޮރުވެސް ތަޅުލައިގެންނޭ ނިދަނީ..ހުރެބަލަ ދެންލާހިކެއްނޫން ދޮރު ތަޅުލައިގެން ނިދާކަށް..ތާޝާ ހަމަ މިހާރު ތެދުވޭ” އެންނެ ފަހުން ތާނިޔާ ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ..އަޅެމީހަކު ރުޅިނަތްޔާ ދެރައެވެ..މިހާރު އެދޮރުގަ ތަޅަމުން ހަޅޭއް ލަވާތާވެސް ބައި ގަޑިއިރު ވެދާނެއެވެ..ނިދިގަދަ ކުއްޖެއްތާއޭ މަށަށް ލިބިފަ މިހިރީ ތާނިޔާ ހިތައްއެރިއެވެ އަދި […]
ރިއާޝް – “އައްސަލާމު އަލައިކުމް….. އާދެ މިރޭގެ ޝޯވ އަށްވެސް ތިޔަ އިޙުސާންތެރި އިޤުމާތްތެރި ފިޤުޙަތްތެރި ބޭކަލުންނާއި ބޭކެނބިންނަށް މަރުޙަބާ… މިރޭގެ ޝޯވ އާއި ގެން ވެސް މި ބައްދަލު ކޮށްލީ އަޅުގަނޑު ތުއްތު މަނިކުބޭ އަދި އައިމިނަބީ…” ރަނާ – “އޭ ބަލަ ތުއްތު މަނިކާ… ކޮން އިޤުމާތްތެރި ފިޤުޙަތްތެރި ބޭކެނބިންނެއްތަ؟ބޭކަނބަލުންނޭ މޮޔަޔާ… އިޤުމާތްތެރި އެ ކޯއްޗެއްތަ؟ ފިޤުޙަތްތެރި އެއް ނޫން.. ފިޤުހު.. އެއީ އިސްލާމް ފޮތުގައި އިންނަ ޓޮޕިކެއް ނޫންތަ؟ ޕިސް ޕިސް […]
“ދިރިއުޅުމަކީ އަބަދު އެއް ގޮތައް އޮންނާނެ އެއްޗެއް ނޫނެވެ. ޢެކިދުހު ކުރިމަތިލާން މިޖެހެނީ އެކި ކަންކަމާއެވެ. ހީނުކޮށް ހުއްޓާ ދިމާވާ ބޮޑެތި ކަންކަމުން މާޔޫސްވެ ގޮތް ހުސްވާ ފަހަރުވެސް މަދެއްނޫނެވެ. ބުނެދެން ބޭނުން ކިތަންމެ ވާހައެއް ހުއްޓަސް،ކިތަންމެ ވަރަށް ކިޔްއިދޭން މަސައްކަތް ކުރިއަސް، އަގައިން އެންމެ ބަހެއް ބުނުމަށް ވެސް ނުކުޅެދޭ ހާލަތް ތަކާއި ކުމަތިލާން އެބަޖެހެއެވެ. ދެއަތް އުރާލާ ފަސްއެނބުރެން ބޭނުން ވިއަސް ފިލޭނެ ހެއްޔެވެ؟ ބަދަލު ކުރަން ބޭނުންވާ ކިތަންމެ ކަމެކެވެ…….”ދިރިއުޅުމަކީ ހަނގުރާމައެކޭ” ކިޔާ […]
އިތުރު 2 ދުވަހު އެ ރިސޯޓުގައި މަޑު ކުރުމަށްފަހު ތާރާމެން އަނބުރާ އައިތާ މިހާރު ފުދޭވަރަކަށް ދުވަސް ވެއްޖެއެވެ. އެ އެންމެންގެ ތެރޭގައިވާ ގުޅުން މިހާރު ކުރިއަށް ވުރެވެސް ބޮޑަށް ވަނީ ހީނަރުވެފައެވެ. ޙާއްޞަކޮށް ތާރާ އާއި ކިޔާނެވެ. ތާރާ ކިޔާންގެ ފޯނު ކޯލުތަކަށް ޖަވާބު ނުދޭ ތާނގައި މެސެޖެއް ވެސް ކޮށްނުލައެވެ. އެދެމެދުގައި ވާ ގުޅުން މިހާރު ނެތް ފަދައޭ ވެސް ބުނެވިދާނެއެވެ. ނަމަވެސް ހަގީގަތަކީ އެދެމީހުން ވެސް އެކަކު އަނެކަކު ދެކެ ތެދުވެރި […]