“ސަޕްރައިޒް!” އެ ޒުވާނާ ތާރާ އާއި ދިމާއަށް ހީލިއެވެ. ނަމަވެސް އެއީ ރަނގަޅު މާނައެއްގެ ހިނިތުންވުމެއް ނޫންކަން ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.
އޭނާގެ ކުރިމަތީގައި ހުރީ ދެވަނަ ދެމީހެއް ނޫނެވެ. ނާއިލެވެ. ސަމާގެ ‘އެކްސް’ އެވެ. ކުރިޔާ ހިލާފަށް ބޯ ދިގު ކޮށްފައި ހުޅިޖަހާފައި ހުރިއިރު ކުރިން ވެސް ހުންނަހެން އިސްތަށިގަނޑުގެ އެކި ތަންތަން ކޮޅުގައި ހުރީ ރަތްކުލަ ޖައްސާފައެވެ. އަތްފައިގައި ގަހަނާ އަޅާފައި ކަރުގައި ޗޭނު އަޅާފައެވެ. ކަންފަތް، ނޭފަތް އަދި އެއްބުމަ ހުރީ ތޮރުފާފައެވެ. ލޮލުގެ ކައިރީގައި އަނދުން އަޅާފައި ވެސް ހުއްޓެވެ.
“ވަޓް ޑޫ ޔޫ ވޯންޓް ފްރޮމް މީ؟” ތާރާ ރުޅިއައިސްފައި ހުރެ އެއްސެވެ. “ވަޓް ޑޫ އައި ވޯންޓް ފްރޮމް ޔޫ؟ ހުމްމްމް… ލެޓްސް ތިންކް އެބައުޓް އިޓް ފޯރ އެ ވައިލް. ޝޯލް ވީ؟” ނާއިލް ވިސްނާ ކަމަށް ހަދާލަމުން ބުނެލިއެވެ.
“ސްޓޮޕް ޕްލެޔިން އެރޮއުންޑް ދި ބުޝް ނާއިލް! ގޯ ސްޓްރެއިޓް ޓު ދި ޕްއިންޓް.”
“އޯލް ރައިޓް. އޯލް ރައިޓް. ހުމްމްމް. ތާރާ ކުރަންވީ ކަމަކީ އަހަރެންނަށް އެހީވެދެން ވީ. ފުރަތަމަ ކަމަކަށް ސަމާގެ ހިތް ހަލާކު ކޮށްލަން ވީ. ދެވަނ-”
“ހަބަރުދާރު! އިތުރަށް ކުރިއަށް ނުގެންދާތި ޖަނަވާރާ! ސަމާ އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ! މަގޭ ތިކަން ކުރާނޭ ހީކުރަނީ ތީ ބޮޑު މޮޔައަކީ ތަ؟” ތާރާ ހަޅޭއްލަވައި ގަތެވެ. ދެވަނަ ސިކުންތުގައި ފެނުނީ ނާއިލް އައިސް ތާރާގެ އަތުގައި ހިފާ އަނބުރަލި ތަނެވެ. ވީ ތަދުން ތާރާއަށް ހަޅޭއްލަވައި ގަނެވުނެވެ.
“ކަލޭގެ ލޯބިވެރިޔާއަށް ކިޔަނީ އަބްދުﷲ ކިޔާން ޣަފޫރު. އުޅެނީ ރޯޝަންވިލާ ގޭގަ. މިހާރު ހުރީ ލަންޑަންގަ ބިޒްނަސްގެ ދާއިރާއިން ކިޔަވަން. ލޫތު މުހައްމަދު ނާޒިމް. އުޅެނީ ދިއްލީ ގޭގަ. މިހާރު އުމުރުން 2 އަހަރު. ބޭބެ އަކީ އީކަން މުހައްމަދު ނާޒިމް. 19 އިޔާޒް. 12 ކިޔަވައި ނިމިއްޖެ. އީކަން ރައްޓެހި ވެގެން އުޅެނީ ތާރާ ރައްޔާންގެ ބައްޕަ ފަރާތު ކަޒިން އައިޝަތު ޔުކްތާ ރިޔާން އާ. ޔުކްތާ އަކީ ތާރާ ހެން ހާފް މޯލްޑިވިއަން ހާފް މެލޭޝިއަން އެއް. އުމުރުން 18. ވަރަށް އަވަހަށް 19 ވާނެ. ޢަލީ ޖައިލަމް ޖަމީލް. 19 އިޔާޒް. ބްލޫއޯޝަން ގެ. 12 ކިޔަވައި ނިމިފަ ހުރީ…. އަދިވެސް ކިޔަން ވީތަ؟” ތާރާގެ ކަންފަތް ދޮށުގައި ނާއިލް އަހާލިއެވެ. ތާރާގެ ލޮލުން ކަރުނަ ހިލުނެވެ.
” ސަމާ އާ އެމީހުންގެ ލައިފް އޮތީ ތާރާގެ އަތުގަ. ސޭވް ކުރުމާއި ނުކުރުން އެއީ ތާރާގެ ކަމެއް. ވަން ރޯންގް މޫވް އެން… ސްލޭޝް. މަރުވީ. ހަހަހަ ހާ!” ނާއިލް ތާރާގެ ގައިގައި އަޅައި ކޮށްޕާލަމުން ހޭންފެށިއެވެ. ތާރާ ގޮސް ޖެހުނީ ފާރުގައެވެ. ނަމަވެސް ވަގުތުން ތާރާ އަމިއްލަ މީހާ ބެލޭންސް ކުރިއެވެ.”އެމީހުންގެ މަރުގެ ޒިންމާ އެޅޭނީ ތާރާގެ ބޮލުގަ. ޓްރަސްޓް މީ ވެން އައި ސޭ އައި ވޯންޓް ހެސިޓޭޓް ޓު ކިލް ދެމް. އައި ހޭވް ޑަން ދެޓް ބިފޯ.”
ދެލޯ ބޮޑުކޮށްލާފައި ތާރާ ނާއިލާއި ދިމާއަށް ބަލައިލިއެވެ. “ޔޫ ވުޑްންޓް.”
“އިޒް ދެޓް އެ ޗެލެންޖް؟”
“ން.. ނޯ. އެންމެ ރަނގަޅު. ޔޫ ވިން ނާއިލް… އަ..ހަރެން ކުރަން ވީ ކަންތައް ބުނޭ.” ހިތްވަރު ކޮށްފައި ތާރާ އެދުނެވެ. އޭނާގެ ހިތުގައި އެންމެ މުހިންމު މީހުންނަށް އެއްވެސް ގެއްލުމެއް ލިބޭކަށް އޭނާ ނޭދެއެވެ. އެއީ އޭނާގެ ހިތަށް ކެއްވާނެ ކަމެއް ނޫނެވެ.
“ސަމާ އާއި ގުޅުން ކަނޑާލާ! އޭނާ އާއި ވާހަކަ ދެއްކުން ހުއްޓާލާ. އޭނާ ދެރަކޮށްލާ. އޭނާ ބާކީ ކޮށްލާ. އެއަށްފަހު ދެން ކުރަންވީ ކަންތައް އަހަރެން ބުނާނަން. އިހަށް މިގޮތަށް އަމަލު ކުރޭ. އޭރުން އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެ.”
ތާރާ ލޯ މަރާލަމުން އެކަމަށް އެއްބަސް ވިއެވެ.
…………………………
ގެއަށް ވަދެގެން އައި ތާރާ ފެނިފައި އެންމެން ކޮޅަށް ތެދުވިއެވެ. “ތާ! ކޮންތާކު އުޅެފަ ތިއައީ؟” އީކަން ވަގުތުން ސުވާލު ކުރިއެވެ.
“ތާރާ ހޯދާތާ މިހާރު ކޮން އިރެއް؟ މިހާރު ދަންވަރު 2 ޖަހައި ބޮޑު ވީ ކަން އެނގޭތަ؟ އަންހެން ކުއްޖެކޭ ތީ! ތާއްކޮ އަށް ކަމެއް ވެއްޖެއްޔާ ނާދޮންބެމެން ވާނެ ދެރަ އެނގޭތަ؟” ހިތްހަމަ ނުޖެހިފައި ނާޒިމް ވެސް އެއްސެވެ. ތާރާ ޖަވާބެއް ނުދިނެވެ.
“ތާ. ކޮންތާކަށް ދިޔައީ؟ ޔާން އާއި ވާހަކަ ދައްކާށޭ ކިޔާފަ 8 ޖަހަނިކޮށް ބޭރަށް ނުކުތް މީހާ އަދި ކިރިޔާ ގެއަށް ތިއައީ! ޔާން އާ ކައި ވެސް އެތައް ފަހަރަކު މީހާރު ގުޅައިފި.” ޖައިލަމް ވެސް ތެދުވަމުން އެއްސެވެ. އެ ހުރިހާ އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލި ކަމެވެ. ހާސް ކަމެވެ. ކަންބޮޑުވުމެވެ.
“ޔުކް ވެސް ތާ ނައިސްގެން އިނދެފަ 11 ޖެހިއިރު ގެއަށް ދިޔައީ. ތާ ގެއަށް އައީމަ ނޫނީ ނުދާން ވަރަށް ގަދަ ދައްކާލާފަ ދިޔައީ ވެސް. ސަމް ވެސް ހޮސްޕިޓަލުގައި އޮވެ އިރުކޮޅު ކޮޅާ ގުޅާ. ވަރަށް ހާލުން އެކުވެ ނިދީވެސް. ވީ ވާ އޯލް ސޯ ވޮރީޑް، ތާ. ޔޫ ހޭވް ނޯ އައިޑިއާ.” އުސްރާ ވެސް ކަންބޮޑުވެފައި ބުންޏެވެ.
ސަމާގެ ނަން އިވުމުން ތާރާ ހިތަށް ތަދުވިއެވެ. ދެލޯ މަރާލާފައި ފުން ނޭވާއެއް ލުމަށްފަހު ލޯ ހުޅުވައިލިއެވެ. “އައިމް ފައިން.” މޮޅިވެރި ކަމާއެކު ތާރާ ބުނެފައި ހިނގައިގަތީ ސިޑި އާއި ދިމާއަށެވެ.
“ތާއްކޯ. އަދި ނުދެވޭނެ. ދިޔަ ތަނެއް ބުނެފަ ދެން ދެވޭނީ. އަނެއްކާ ކަމެއް ވީތަ؟” ހާސްވެފައި ހުރެ ނާޒިމް އެއްސެވެ. ތާރާގެ ފިޔަވަޅުތަކަށް ނުއްޓުމެއް އައެވެ. ކުޑަކޮށް ވިސްނާލުމަށްފަހު ތާރާ ނާޒިމަށް ބަލައިލިއެވެ. “އަޅުގަނޑު ދިޔައީ މޫންލައިޓަށް. އެގެއަށް ގޮސް އޮށްވާ ނިދުނީ. ހޭލެވުނީމަ ވަގުތުން މިއައީ. ވަރަށް ވަރުބަލި ވެފަ މިހިރީ. ނިދާލަން ބޭނުން.” ތާރާ މަޑުމަޑުން ބުނެފައި އަވަސް އަވަހަށް ސިޑިން އަރައިގެން ދިޔައެވެ.
އެންމެން ހުރީ ހައިރާން ވެފައެވެ. “ޑިޑް ޝީ ޖަސްޓް…؟” ގަބޫލު ނުކުރެވޮފައި އީކަން ބަލައިލީ ޖައިލަމާއި ދިމާއަށެވެ. “އައި ކާންްޓ ބިލީވް ދިސް އީދާ. ދިސް އިޒް ތާރާ ވީ އާ ޓޯކިން އެބައުޓް!” ޖައިލަމް ވެސް ބުނެލިއެވެ.
“ދެންމެ…. ތަ.. ތާއްކޮ.. އަޅުގަނޑޭތަ އެކީ؟ ދިސް އިޒް އެ ނިއު ރިކޯޑް.” އުސްރާ ބުނެލިއެވެ.
ތެދެކެވެ. ތާރާ އަކީ އާންމުކޮށް އަޅުގަނޑު ކިޔާފައި ވާހަކަ ދައްކާ ކުއްޖެއް ނޫނެވެ. މަދު ފަހަރަކު ކިޔަސް ދަންނަ، ގާތް މީހުން ކުރިމަތީ ނުކިޔާނެއެވެ. އަބަދުވެސް އަމިއްލަ ނަފްސަށް މުޚާތަބުކުރާނީ ‘ތާ’ ، ‘ ތާރާ’ ، ‘ތާއްކޮ’ ، ‘މަ’ ، ‘މަގޭ’ ނުވަތަ ‘އަހަރެން’ ފަދަ ލަފުޒެއް ބޭނުން ކޮށްގެނެވެ. އަޅުގަނޑު ބޭނުން ކޮށްގެން އަމިއްލަ ނަފްސަށް މުޚާތަބުކުރާނީ މުދައްރިސުން ނުވަތަ ގަދަރުވެރި މީހުން، ބީރައްޓެހި މީހުން ނުވަތަ ނާޒިމާ ކުރިމަތީގައެވެ.
“އައި ފީލް ލައިކް ވީ އާ މިސިން ސަމްތިން.” އީކަން މަޑުމަޑުން ބުނެލުމުން ދެން ހުރި މީހުން ވެސް ބޯ ޖަހާލިއެވެ.
ތާރާ ކޮޓަރިއަށް ގޮސް ދޮރު ތަޅުލުމަށް ފަހު ޖީބުން ފޯނުނެގިއެވެ. އެވަގުތު އެތަކެއް ފަހަރު އޭނާގެ ފޯނަށް ކައިލާނާއި އެނޫން ވެސް މީހުން ގުޅާފައި އޮތްތަން ފެނުނެވެ. އޭނާގެ ހިތުގައި މީހަކު ވިކާލި ފަދައެވެ. އޭނާގެ މޫނުމަތިން މާޔޫސްކަން ފިލައި ހިނިތުންވުމެއް ވެރިވީ 25 ފަހަރު ކިޔާން ގުޅާފައި އޮތްތަން ފެނުމުންނެވެ. ކިޔާން އޭނާ އާއި މެދު ވިސްނާވަރި އެނގި، އޭނާ ދެކެ ވާ ތެދުވެރި ލޯބި ހަނދާން ވުމުން އުފާވިއެވެ.
ނަމަވެސް ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފިލައިގެން ދިޔައެވެ. އޭނާގެ ހިތުގެ ރާޖާގެ ފުރަނަ އޮތީ ނުަރައްކަލުގައި ކަން ހަނދާން ވުމުންނެވެ. ތާރާގެ ސަބަބުނެވެ. އޭނާ އެމީހުން ސަލާމަތް ކުރަން ބޭނުންވާ ނަމަ ޖެހެނީ ވެސް އެމީހުންގެ ހިތް ހަލާކު ކޮށްލާށެވެ. އެންމެ ގާތް އެކުވެރިޔާގެ ހިތް ކުދިކުދި ކޮށްލާށެވެ. އޭނާއަށް މިޖެހުނީ ކޮންފަދަ ބޮޑު އިމްތިޙާނެއް ހެއްޔެވެ؟
އެވަގުތު އޭނާގެ ފޯނަށް ކިޔާން ގުޅަން ފެށިއެވެ. ނަމަވެސް މިވަގުތު ވާހަކަ ދައްކާނެ ހިތްވަރު ނެތުމުން އޭނާ ފޯނު ކަނޑާލިއެވެ. އޭނާގެ ހިތް އެދެމުން ދިޔައީ ކިޔާންގެ ފޯނަށް ޖަވާބު ދޭށެވެ. ވެގެން އުޅޭގޮތް ކިޔާދޭށެވެ. ހިތްފުރެންދެން ރޯލާށެވެ. ކިޔާންގެ ފަރާތުން ޙިމާޔަތްކަން ހޯދާށެވެ.
ނަމަވެސް އޭނާގެ ނުކިޔަމަންތެރި ހިތާއި ދެކޮޅަށް ހަނގުރާމަ ކުރިއެވެ. އަދި ފޯނު ނަގައި ސަމާއަށް ގުޅާލިއެވެ. ފަހު ފަހަރަށް އެ އެކުވެރިޔާގެ އަޑު އަހާލާށެވެ.
“ހަލޯ؟ ތާ؟” ސަމާގެ އަޑު ކަންފަތުގައި ޖެހުމާއެކު ތާރާގެ ހިތް ރޯލިއެވެ. ލޯ މަރާލަމުން ލޮލުން ފޭދުން ކަރުނަތައް އަފުގެ ނުފުށުން ފުހެލިއެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ނޭފަތް ދަމައި ލެވުނެވެ.
“އޯހް މައި ގޯޑް. ތާ! އާ ޔޫ ކްރައިން؟” ސަމާ ހާސްވެފައި އެއްސެވެ.
“ހޭ. އައި.. ނޯ. އައިމް ނޮޓް ކްރައިން. ހައު އާ ޔޫ ނައު؟” ކަރު ކެހެލަމުން ތާރާ މައުޟޫޢު ބަދަލުކޮށްލިއެވެ.
“އާ ޔޫ ޝުއާ؟ ކޮންތަކު ތިހިރީ؟ ކީއްވެ ގެއަށް ނުދަނީ؟ ކަމެއް ވީތަ؟ ޔޫ ކޭން ޝެއާ އޭނީތިން ވިތު މީ، އިނގޭ. އައިމް އޯލް ވޭސް ހިއާ ފޯ ޔޫ. އެނގޭތަ ގަނޑިން މިހާރު 3 ޖަހަން ކަން އެ އުޅެނީ؟” ސަމާ ފައްޗަކަށް ސުވާލުތައް އަމުނާލިއެވެ.
“ޔާ. ރިއަލީ. ކުޑަކޮށް ރޯގާ ވައްތަރު ވީމަ އަޑު ސަކަރާތީ.” ތާރާ ނޭފަތް ދަމާލަމުން، ކެއްސާ ކަމަށް ހަދާލަމުން ބުނެލިއެވެ. “އެން ތާ މިހާރު ގެއަށް އައިސްފިން. މޫންލައިޓް ގޭގަ ނިދިފަ އޮތީ. އައި ނޯ ޔޫ ވިލް އޯލް ވޭސް ބީ ދެޔާ ޓޫ، އޮކްޓޮޕަސް.” ތާރާ ހީލަމުން ބުނެލިއެވެ. އޭނާ ބޭނުންވީ މިއަދު ހިނގައި ދިޔަ ހަނދާން ނައްޓާލާފައި އިހަށް ސަމާ އާއި ވާހަކަ ދައްކާލާށެވެ. ސަބަބަކީ މާދަމައިން ފެށިގެން އޭނާ ސަމާ އާއި ދުރުވާން ޖެހޭނެތީއެވެ.
“ހާ ހާ. ލުކް ހޫ އިޒް ކޯލިން މީ އޮކްޓޮޕަސް. ޔޫ އާ ދި ވަން ވިތު ކާލީ ހެއާ. ހެނދުނު ހޭލާއިރު ބޯވާ އެއްގެ ފައިތައް ހެން އިސްތަށިގަނޑު ހުންނަނީ ތާގެ.” ސަމާ ހެމުން ބުނެލި އަޑު އިވުނެވެ. ތާރާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“ހާހާހާ. ހިލޭރިއަސް! މައި ހެއާ ޑަޒްންޓް ލުކް ލައިކް އޭން އޮކްޓޯޕަސް! ހުއް. ބައި ދި ވޭ… ހައު އާ ޔޫ ނައު؟”
“މިހާރު އޯކޭ. އަތް ބިންދައިގެން ގޮސް އޮތީ. މާބޮޑު އިންޖަރީއެއް ނުވެ ނަސީބަކުން. ދެން ބޮލުގަ ބޭސްގަނޑެއް އަޅައިގެން މި އުޅެނީ މަށައިގެން ގޮސް އިނީމަ.”
“ވަރަށް ތަދުވޭތަ؟” ތާރާ ކަންބޮޑުވެފައި އަހާލިއެވެ. “ޔާ. އަތަށް ވަރަށް ތަދުވޭ.” ސަމާ ޖަވާބު ދިނެވެ. ދެމީހުން ވާހަކަ ދެއްކުމުގައި އެތަކެއް އިރެއް ހޭދަކުރިއެވެ.
“ހެޕީ 19ތު ބާތުޑޭ، ސަމް.” ތާރާ ފޯނު ބާއްވަމުން ބުނެލިއެވެ. “ތޭންކްސް ތާ.” ސަމާ ވެސް އުފާވެފައި ބުނެލިއެވެ. “ބާއި. ގުޑް ނައިޓް.” ތާރާ މަޑުމަޑުން ބުނެލިއެވެ.
ނަމަވެސް މާދަމާ އަކީ ސަމާ ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނޭ އުފަންދުވަހެއްކަން އެނގުންނަމަ އެ އުފާވެރިކަން މިއަދު ވީސް ހެއްޔެވެ؟
ތާރާއަށް އުޅެ އުޅެ ވެސް ނުނިދުނެވެ. ލޯ މަރާލާ އިރަށް ހަނދާނަށް އަންނަނީ ނާއިލްގެ ވާހަކަތަކެވެ. ސަފަވަނީ ނާއިލް ކިޔާން، ސަމާ ނޫނީ އެނޫންވެސް ކޮންމެވެސް މީހެއްގެ ކަރުގައި ވަޅިން އަޅަނިކޮށެވެ. އެންމެން ތާރާ އާއި ދިމާއަށް ކުށްވެރިއެއްގެ ނަޒަރުން ބަލާ މަންޒަރެވެ. އޭނާ ބާކީވާ މަންޒަރެވެ. ކިޔާން އޭނަ ދޫކޮށްލާ މަންޒަރެވެ. އޭނާގެ އަމިއްލަ އަތުން އޭނާގެ އެކުވެރިންނާއި އާއިލާ ބީވާ މަންޒަރެވެ.
ވިސްނާ ވިސްނާ އެފަކީރުގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. އޭނާގެ ކުޑަކުޑަ ހިތް ދިޔައީ އެވޭނަށް ކެތްކުރެވޯ މަސައްކަތް ކުރަމުނެވެ. ނަމަވެސް އެކަމުގައި ކާމިޔާބު ހޯދީ އެ ދެލޮލުގައިވާ ކަރުނަ ތަކެވެ. އެރޭ އޭނާގެ ދެލޮލުން ކަރުނަ ނުހިކެއެވެ.
ހީވާގޮތުންނަމަ އެ ރޭގެ މޫސުން ވެސް ތާރާގެ ހިތުގެ ހަލާ މެދު ހަމްދަރުދީވާ ކަހަލައެވެ. ތާރާގެ މޫނުމަތި މިލާފައި ވާއިރު އުނޑުމަތީގައިވާ ހަނދު ވެސް ވަނީ ކަޅު ވިލާތަކުގެ ފަރުދާގެ ތެރެއަށް ވަދެ ފިލާފައެވެ. އޭނާގެ ހިތާއި ސިކުނޑީގައި ވާ ހައިޖާނުގަނޑުހާ އެ ރޭގެ ވަޔާއި ވެހެމުން ދިޔަ ކެރި ވެސް ގަދައެވެ. އޭނާގެ ހިތުގައި ނާއިލާއި ދޭތެރޭ ވާ ނަފްރަތު އުތުރި އަރައިގެން ދިޔައިރު ޖަހަމުން ދިޔަ ބާރު ގުގުރިތައް ވެސް އޭނާއާއި އެއްބަސްވާ ކަހަލައެވެ. ތާރާގެ ހިތްދަތި ރުއިމުގެ އަޑުން އެ ކޮޓަރީގެ ހިމޭންކަން ނައްތާލާފައި ވީ ފަދައިން، އެ ރޭ މާލޭގެ ހަމަހިމޭންކަން ނައްތާލާފައި ވަނީ ވެހެމުން ދިޔަ ބޯ ވާރޭގެ އަޑުންނެވެ.
ހަމަ ރަނގަޅަށް ވެސް އެ ކަޅުފޮއި ރޭ ތާރާގެ ހިތާމައިގައި ދިޔައީ ބައިވެރިވަމުންނެވެ.
އެންމެ ފަހުން ކެތްނުވެގެން ތާރާ ބެލްކަންޏަށް ނިކުމެލީ ވާރޭ އާއި ތެމެލައިގެން ނަމަވެސް އޭނާގެ ހިތަށް ލުޔެއް ލިބޭތޯއެވެ. އޭނާގެ މޫނުމައްޗަށް ބޮޑެތި ވާރޭ ތިކިތައް ޖަހަމުން ދިޔައިރު އޭނާ ހުރީ ލޯ މަރާލައިގެން އިސް އުފުލައިގެންނެވެ. އޭނާގެ ދެއަތް މައްޗަށް ނަގައިގެން ހުރިއިރު ހީވަނީ ވާރޭގެ ތެރެއަށް އަމިއްލަ ނަފްސު ދޫކޮށްލައިގެން ހުރި ހެނެވެ.
އެ މަންޒަރު ފެނުނު ކޮންމެ މީހެއްގެ ހިތަށްވެސް އަރާނީ އެއީ ހިޔާލެއް ފިކުރެއް ނެތް ކުއްޖެކޭއެވެ. ނަމަވެސް ޙަޤީޤަތަކީ އެއީ ހެއްޔެވެ؟ އެ ހިތުގައި އަޅަމުން ދިޔަ ވޭން އެންމެ މޮޅަށް ދެނެވޮޑިގެން ވާނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށެވެ. އެ ހިތުގައި ވީ ޝަކުވާ ވެސް ހަމަ އެންމެ މޮޅަށް ދެނެވޮޑިގެން ވާނީ ހަމަ އެކަލާނގެއެވެ.
……………………….
އަނެއް ދުވަހު ހޭލެވުނު އިރު ތާރާ އޮތީ ހުން އައިސް ރަތްވެފައެވެ. ނޭފަތް ދުޅަވެފައި ވާ އިރު، އޭނާގެ މުޅި ގައިގައި ވަނީ ތުރުތުރެއް އުފެދިފައެވެ. ބޮލުގައި ރިއްސާފައި، ގައިގައި ރިއްސާތީ އޭނާއަށް ގުޑި ވެސް ނުލެވުނެވެ.
ސަމާގެ އުފަންދުވަސް ފާހަގަ ކުރުމަށް ވެސް އެހެން ކުދިންނާ އެކު އޭނާއަށް ނުދެވުނީ އެހެން ވެއެވެ. ނަމަވެސް އެކަމުން ވެސް އޭނާއަށް ލިބުނީ ހިތްހަމަ ޖެހުމެކެވެ. އޭނާ ސަމާގެ ކުރި މައްޗަށް އަރާކަށް ދެން ނުކެރޭނެ ވިއްޔާއެވެ. އެއީ އެގޮތަށް ކަން ވެއްޖެ ނަމަ އޭނާ ޖެހޭނީ ސަމާ އާއި މެދު އޮތް އެކުވެރިކަން ކަނޑާލައި ހަރުކަށިކޮށް ވަހަކަ ދައްކާށެވެ. ސަމާ ބާކީ ކޮށްލާށެވެ.
2 Comments!
Comments are closed.
Hlw shai❤❤
Kihineh thr❤❤
Swry ingez regular koh stry ah cmnt ❤❤nukureveythee ❤❤
But I do read ingey ❤❤
Btw talking about the stry I love it masha Allah ❤❤
Waiting for the next part ❤❤
Love u ❤❤
Stay safe and take care❤❤
Hi .stry vrh reethi i love this part too .when is next part ?? waiting for next part ?? stay safe ?? stay home ??