
ހަވީރު ވަގުތު ތާރާގެ ހުންގަނޑު އެއްކޮށް ގޮސްފައި ވާތީ އީކަންމެން އޭނާ ބަލައި އައެވެ. ތާރާ ނުދާން ގަދަ ދެއްކުމުން ވެސް އެމީހުން ކުރެއް ނުކުރިއެވެ. އެންމެފަހުން އޭނާއަށް ޖެހުނީ ސަމާ ގާތަށް ދާށެވެ. ދިޔަ މަގުމަތީގައި އޭނާ އާއި ދިމާއަށް ނާއިލް އާއި އޭނާގެ ގުރޫޕް ބަލަހައްޓައިގެން ހުރިތަން ފެނުމުން އެދިނީ އިންޒާރެއްކަން ތާރާ އަށް ދެނެގަނެވުނެވެ.
…………………
ސަމާގެ ރޫމަށް ވަދެގެން ދިޔައިރު އޭނާގެ ކައިރީގައި ރީހަން އިންތަން ފެނުނެވެ. ރީހަން ވެސް ހުރީ ބޮލުގައި ބޭސް އަޅާފައެވެ. އެތަނަށް އެމީހުނަށް ވަދެވުމާއެކު ސަމާ ރީހަންގެ ޙަޤީގަތް ކިޔައި ދިނެވެ.
އެ ހުރިހާ ވަގުތެއްގައި ވެސް ތާރާ އިނީ މަޑުންނެވެ. އެންމެ ފަހަރަކު ވެސް ސަމާ އާއި ދިމާއަށް ބަލައި ނުލައެވެ. އެކަން ސަމާ އަށާއި ދެން ތިބި ކުދިންނަށް ވެސް ފާހަގަ ވިއެވެ.
“ތާރާ ތިހިރީ އަހަރެން ހުރީތީ ހިތްހަމަ ނުޖެހިފައި ނަމަ އަހަރެން ގޮސްފާނަން އަނބުރާ. އައި އަންޑާސްޓޭންޑް އިފް ޔޫ ސްޓިލް ހޭޓް މީ.” ރީހަން ތާރާއަށް ބުނެލިއެވެ. ތާރާ އިސް އުފުލައި ފުރަތަމަ ފަހަރަށް ރީހަން އަށް ބަލައިލިއެވެ. “އަހަރެން ނުބުނަމެއްނު އެހެން ވެ އަހަރެން ހިތްހަމަ ނުޖެހެއޭ. އެހެންމަ ދާކަށެއް ނުޖެހޭނެ.” އެހެން ބުނެފައި ތާރާ ބަލައިލީ ސަމާ އަށެވެ. ސަމާ ބަލަހައްޓައިގެން އިނުމުން ވަގުތުން ދުރަށް ބަލައިލިއެވެ.
“ޑިޑް އައި ޑޫ ސަމްތިން ރޯންގް؟” ސަމާ މަޑުމަޑުން އަހާލިއެވެ. ތާރާ ސަމާ އާއި ދިމާއަށް ބަލައިލިއެވެ. އަދި އަތުގައި އޮތް ގަޑިއަށް ބަލައިލިއެވެ. “އަހަރެން ދަނީ.” ތާރާ ތެދުވިއެވެ.
“ކޮންތާކަށް؟ ތާ ނުބުނެ ތަނަކަށް ދާން އުޅޭ ވާހަކައެއް.” އީކަން ވާނުވާ ނޭނގިފައި އަހާލިއެވެ. “މަ ނުދެނެ ހުރިން އަހަރެން ދާހާތަނެއް މުޅި ދުނިޔޭގަ އިސްތިހާރުކުރަން ޖެހޭ ކަމެއް.” އެހެން ބުނެފައި އެންމެ ސިކުންތެއް ވެސް މަޑު ނުކޮށް ތާރާ ނިކުތެވެ.
އެވަގުތު އޭނާގެ ފޯނަށް ކިޔާން ގުޅިއެވެ. ނަމަވެސް އެވަގުތު ދުރުގައި ސައިކަލެއްގައި ތިބި 4 ޒުވާނުން ފެނުމުން އޭނާ ފޯނެއް ނުނެގިއެވެ. އޭނާގެ މެސެޖެއް އައެވެ.
‘ފޯނު ނަގާބަ.’
‘ތާރާ ފޯނު ނަގާބަލަ. ރޭގަ ވެސް އެތަކެއް ފަހަރު ގުޅިން. ކޮންތާކަށް ދިޔައީ؟’
ތާރާ ފޯނަށް އަނެއްކާވެސް ކިޔާން ގުޅަން ފެށިއެވެ. އެހެންކަމުން އަވަސް އަވަހަށް ފޯނު ސައިލެންޓަށް ލުމަށް ފަހު ޓެކްސީއެއް ހޯދައި އެއަށް އެރިއެވެ. ދާންވީ މަންޒިލް ބުނުމުން ކާރު ޑުރައިވަރު ކާރު ދުއްވާލިއެވެ.
“ހަލޯ؟” ކިޔާންގެ ކޯލް ނަގަމުން ތާރާ ކަންފަތުގައި ފޯނު ޖަހާލިއެވެ.
“ތާރާ ކޮންތާކު ރޭގަ އުޅުނީ؟ ކީއްވެ ފޯނު ނުނެގީ؟ އިނގޭތަ ކިތައް ފަހަރުކަން އަހަރެން ގުޅީ؟ އައި ވޯޒް ސޯ ވޮރީޑް ޔޫ ހޭވް ނޯ އައިޑިއާ ހައު މަޗް! ތާރާއަށް ކަމެއް ވެއްޖެއްޔާ އަހަރެންނަށް ވާނެ ގޮތް އެނގޭތަ؟ އައިމް ނޮޓް އީވެން އިން މޯލްޑިވްސް މިވަގުތު، އިނގޭތަ އަހަރެން ގިލްޓީ ވާނެ ވަރު؟ އިފް ސަމްތިން ހެޕެންޑް ޓު ޔޫ އައި ވޯންޓް ބީ އޭބަލް ޓު ފޯގިވް މައިސެލްފް! ކީއްވެތަ އެހާ ދަންވިއިރު ބޭރުގަ އުޅުނީ؟! އިޓްސް ނޮޓް ސޭފް އޭ ތާރާ!” ކިޔާން ހާސްވެފައި ހުރެ ވާހަކަ ދެއްކިއެވެ.
“ނަތިން ހެޕެންޑް ޓު މީ، ކިޔާން. އައިމް ސޭފް އެން ސައުންޑް. މޫންލައިޓް ގެއަށް ގޮސް އުޅެނިކޮށް ނިދުނީއޭ. ކާމް ޑައުން.” ތާރާ މަޑުމަޑުން ބުނެލިއެވެ. “އެހެން ވިޔަސް ތާރާ ކީއްވެ ފޯނު ނުނެގީ ފަހުން ވެސް؟”
“ފޯން ސައިލެންޓަށް ލާފަ އޮތީމަ.” ތާރާ ދޮގު ހެދިއެވެ. “ހުމްމް. އެންމެ ރަނގަޅު. އެކަމް މީގެ ފަހުން އެހެން ނުހަދާތި. އައި ވޯޒް ސޯ ވޮރީޑް.” ހާ ފުރެމުން ކިޔާން ބުނި އަޑު އިވުނެވެ.
“ކިޔާން.”
“ހުމްމް.”
“ރޭގަ ރަނގަޅަށް ނިދިންތަ؟”
“….. އަމްމް… ޔާ…”
“ލަޔާ! ނުނިދަ! ތި ހުރެގެން ހާފުރެ ނަގަނީ! ދޭ ނިދާލަން!” ތާރާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.
“ނޯ.”
“ކިޔާން. ދޭ ނިދާލަން.”
“ނޯ. އައި ވޯންޓް ޓު ޓޯކް ޓު މައި ޕްރިންސެސް ރައިޓް ނައު.”
ތާރާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. “އައި ލަވް ޔޫ.”
“އައި ލަވް ޔޫ ޓޫ، ޕްރިންސެސް. ގޯޑް! އައި މިސް ޔޫ ސޯ މަޗް!” ކިޔާން ބުނެލިއެވެ. “އައި މިސް ޔޫ ޓޫ. ހާދަ ދުވަހެއް ވެއްޖޭ ޑޮންކީ ނުފެންނަތާ.” ތާރާ ވެސް ހީލަމުން ބުނެލިއެވެ. “މައި ލިޓްލް މަންކީ ނުފެންނަތާ ވެސް ވަރަށް ދުވަސް ވެއްޖެ ދޯ. ހެހެ. މަންކީ.” ކިޔާން ހިނިގަނޑެއް ޖަހާލިއެވެ. “ހާ ހާ. ޑޮންކީ.”
“ކައު.”. “ގޯޓް.”
“ޖަމަލު.”. “ކުއްތާ.”
“ސާރިދޯޅު.” “ކަންބަޅިބަކަރި.”
“ޕިގް.”
“ހާހް! ޑިޑް ޔޫ ޖަސްޓް ކޯލް މީ އެ ޕިގް؟! ޔޫ ފޫލިޝް އިޑިއަޓް އޮފް އެ ޖެކޭސް!” ކާރު މަންޒިލަށް އާދެވުމުން ތާރާ ޑަރައިވަރަށް ރުފިޔާ ދިނެވެ. އަދި ކާރުން ފޭބިއެވެ. “ނައު ގޯ އެން ސްލީޕް ކިޔާން.”
…………………………
“އަހަރެން މިކަން މި ކުރަނީ އެއް ހިނދެއްގައި ވެސް ކުރާހިތަކުން ނޫން. އިތުރު ގޮތެއް ނެތީމަ. އެހެންވީމާ މާ އުފަލުން އުޅޭނެ ކަމެއް ނެތް އިނގިއްޖެ؟” ރުޅި އައިސްފައި ހުރެ ތާރާ ނާއިލާއި ދިމާއަށް ބުންޏެވެ. “އަހަ. އަނެއްކާވެސް އަނގަބޮޑުވާން ފެށީތަ؟ ބުނަން ރީތި ވާހަކައެއް؟ އަނގަ މައިތިރި ކޮށްގެން ހުރޭ! ނޫނީ މާ ރީއްޗެއް ނުވާނެ އިނގޭ؟!” ނައިލް ވެސް ރުޅި އައެވެ.
އަދި ތާރާގެ އިސްތަށިގަނޑުގައި ހިފާ ހޫރާލިއެވެ. ތާރާ ވިއްސައިގެން ގޮސް ފާރުގައި ޖެހިފައި މަތަވިއެވެ. އޭރު އޭނާގެ ބޯ ޖެހުނު ތަނުން ލޭ ފައިބަމުން ދިޔައެވެ. ބޮލުގައި އަތް އަޅާލަމުން ތާރާ ނާއިލާއި ދިމާއަށް ބަލައިލިއެވެ.
“ހަޔާތްކުޑަ އިންސާނާ!” ރުޅި އައިސްފައި ތާރާ ހަޅައިލަވައިގަތެވެ. ނާއިލް ޖަހާލީ ހިނިގަނޑެކެވެ. “އަހަރެން ދޯ ހަޔާތްކުޑައީ؟ ހަހަހަހަ! ބޭނުންތަ އަހަރެންގެ ހަޔާތްކުޑަ ކަން ބަލައިލަން؟ އައި ބެޓް ޔޫ ޑޫ.” ނާއިލް ތާރާ އާއި ދިމާއަށް އަންނަން ފެށިއެވެ.
ތާރާ އަވަސްއަވަހަށް ކޮޅަށް ތެދުވިއެވެ. އަދި ނާއިލާއި ދުރަށް ދުއްވައިގަތެވެ. ނަމަވެސް އޭނާއަށް ދެވުނީ ވަކި ހިސާބަކަށެވެ. ނާއިލް އައި ގޮތަށް އައިސް އޭނާ ފާރާ ލައި ބެއްދިއެވެ.
“ދޫކުރޭ!” ތާރާ ނާއިލްގެ ކިބައިން ސަލާމަތް ވުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އޭނާގެ ހިތް އަވަސް ވެފައި ހުރިއިރު ނޭވާ ވެސް ކިރިޔާ ލެވޭ ކަމެވެ. ރޯމަހެއް ތެޅޭހެން މުޅި މީހާ ތެޅެމުން ދިޔައިރު އެ މައުސޫމް ދެލޮލުގައި ވީ ބިރުވެރިކަމެވެ. އެ ދެލޯ ކަރުނުން ފުރިގެން ބަންޑުން ވަމުން ދިޔައީ އެކުއްޖާއަށް ކުރަމުން ދިޔަ އަސަރު ދައްކުވައި ދެމުންނެވެ.
“ރިލޭކްސް ބޭބީ. ރިލޭކްސް.” ނާއިލް އެއް މިޔަކަނުން ހީލަމުން ތާރާއަށް ބުނެލިއެވެ.
“ހެޔޮނުވާނެ ނާއިލް! އަހަރެން ދޫކޮށްލާ! ޕްލީޒް.” ތާރާ ރޮމުން ދިޔައެވެ. ނާއިލް ތާރާގެ ކަނދުރާގައި ވަސްގަތެވެ. ތާރާގެ ހިތް ނުބައި ގޮތަކަށް ތެޅެމުން ދިޔައެވެ. އެފަކީރު ރޮއެރޮއެ ގޮސް އަޑު ބެދުނު އިރުވެސް ނާއިލް އޭނާއަށް ކުދިކުދި ގޯނާ ކުރަމުން ދިޔައެވެ.
އެންމެ ފަހުން ކެތްނުވުމުން އައިސްފައި ހުރި ރުޅިންނާއި ގަތްފައި ހުރި ބިރުން ތާރާގެ އަތަށް ލުއްކެއް ޖަހަލަމުން ނާއިލްގެ އަތުން އެއް އަތް ސަލާމަތް ކުރެވުނެވެ. ދެން ފެނިގެން ދިޔައީ ތާރާގެ އަތް ނާއިލްގެ ކޯތާފަތް މައްޗާއި ބައްދަލުވި މަންޒަރެވެ. ނާއިލްގެ މޫނުމަތި އެއްފަރާތަކަށް ވިހިގެން ދިޔަކަމެއްނެ ދެވަނަ ސިކުންތުގައި ތާރާ އާއި އެނބުރުނެވެ.
އެ ދެލޮލުން ފެނިގެން ދިޔައީ އަނދަމުން ދިޔަ ރުޅިވެރިކަމެވެ. ނަފްރަތެވެ. “ޔޫ ވިލް ރެގްރެޓް ދެޓް ތާރާ. ޓްރަސްޓް މީ ޔޫ ވިލް. އެދުވަހަކުން ހިތަށް އަރާނެ ތިހެން ނުހެދުން ނަމައޭ. ބަޓް އިޓް ވިލް ބީ ޓޫ ޑެމްން ލޭޓް.”
……………………………
ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ދިޔައެވެ. ތާރާގެ ދިރިއުޅުމަށް އައިސްފައިވާ ހައިޖާނުގަނޑުގެ ބޮޑުމިން އެކަކަށް ވެސް ނުދެއްކޭތޯ ތާރާ ދިޔައީ ކުރެވެން އޮތްހާ ވަރަކަށް މަސައްކަތް ކުރަމުންނެވެ. އޭނާގެ ހިތް ހަލާކު ވަމުން ދިޔަކަން އެންމެނަށް ސިއްރު ކުރަމުން ދިޔައީ ކެތްތެރިކަމާއެކުއެވެ.
ލޯ މަރާލާ ކޮންމެ ފަހަރަކު އޭނާގެ ސިކުނޑިއަށް އަންނަނީ ނާއިލްގެ ބަސްތަކެވެ.
“ޔޫ ވިލް ރެގްރެޓް ދެޓް ތާރާ. ޓްރަސްޓް މީ ޔޫ ވިލް. އެދުވަހަކުން ހިތަށް އަރާނެ ތިހެން ނުހެދުން ނަމައޭ. ބަޓް އިޓް ވިލް ބީ ޓޫ ޑެމްން ލޭޓް.” އެދުވަހު ނާއިލް ބުނެފައި ވަނީ މިހެންނެވެ.
އެ ބަސްތަކުން ތާރާގެ ހިތަށް ވަނީ ބިރުވެރިކަން ވައްދާފައެވެ. މިހާރު އޭނާ އެކޭ މުޅިން އެހެން ތާރާ އެކޭ އެއްފަދައެވެ. މިހާރު ސަމާ އާއި ވާހަކަ ނުދައްކާ ތާނގައި ދެން ތިބި އެންމެނާ ވެސް އަނގައިން ބުނެލަނީ ހާހަކުން އެއްފަހަރެވެ. ކޮންމެހެން މަޖުބޫރިއްޔާއެވެ. ކިޔާން އާއި އޭނާގެ ގުޅުމަށް ވެސް ވަނީ ހީނަރުކަން އައިސް ފައެވެ.
ތާރާ އަބަދު ހުންނަނީ މަޑު ނެގިފައެވެ. އަބަދު ކޮންމެވެސް ކަމަކާ ފުންކޮށް ވިސްނާށެވެ. އޭގެ އިތުރުން އޭނާ ބޭރަށް ދާވަރު ވެސް ވަނީ ގިނަ ވެފައެވެ. ގޭގަ އުޅުނިއްޔާ އުޅޭނީ އަބަދުހެން ކޮޓަރީގައެވެ. ކާންވެސް ނިކުންނާނީ އެހެން އެންމެން ކައި ނިމުނީމައެވެ. އަބަދުވެސް ބޭނުންވަނީ އެކަނި ވެފައި އިންނާށެވެ.
ތާރާއަށް އައިސްފައިވާ ބޮޑު ބަދަލުގެ ސަބަބުން އެ ގްރޫޕަށް ވެސް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ތާރާގެ ދުރުކަން އެތައް ރާސްތާއެއް ދުރުގައި ހުރި ކިޔާންއަށް ވެސް ފާހަގަ ވަމުން ދިޔައެވެ. ކަމެއް ގޯސްވީތޯ އެހުމުން ވެސް ބުނަނީ ނޫނެކޭއެވެ. ވާހަކަ ދައްކާއިރު ވެސް ގިނަފަހަރަށް ހޫން އަޅުވާލުން ނޫންކަމެއް ނުކުރެއެވެ. ޙަޤީޤަތަށް ބުނަންޏާމު ކިޔާން ގުޅުމުން ފޯނު ވެސް މިހާރު ނަގަނީ ހާހަކުން އެއްފަހަރެވެ.
ތާރާގެ މި އަމަލުން ކިޔާންއަށް ދިޔައީ އެތަކެއް އުނދަގޫތަކެއް ވަމުންނެވެ. އޭނާގެ ހިތުގައި ދިޔައީ ވޭން އަޅަމުންނެވެ. ހިތުގެ ކަނަކުން ކަމެއް ގޯސްވެގެން އުޅޭ ކަމުގެ ސިގްނަލް ދޭތީއެވެ. މިހާރަކަށް އައިސް ކިޔާންއަށް ރޭގަނޑަށް ނިދޭ ވަރުވެސް މަދު ވެއްޖެއެވެ. ތާރާ ފޯނު ނަގާތޯ އިނދެ އިނދެ ފަތިސްވާއިރުވެސް ކިޔާންގެ ހާލަކީ އެއީއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ކުރާހާ މަސައްކަތްތައް ދަނީ ފަނުފުލުންނެވެ.
އެހެންކަމުން ކިޔާންގެ ހިތަކަށް އެއްވެސް ވަރަކަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާ އެހުރީ ތާރާއަށް ޓަކައި އަމިއްލަ ހިތް ގުރުބާން ކުރަން ތައްޔާރަށެވެ. ނަމަވެސް އޭނާއަށް ނޭނގުނު ކަމަކީ ތާރާ މިހާރުވެސް އެދަނީ ތާރާގެ އަމިއްލަ ހިތް ކިޔާން އާއި އޭނާގެ އާއިލާ އަދި އެކުވެރިންގެ ހައްގުގައި ގުރުބާން ކުރަމުން ކަމެވެ.
ސަމާގެ ހިތަކަށް ވެސް ވަކި ފިނިކަމެއް ނުލިބުނެވެ. ތާރާ އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ވެފައި އެ އައި ބޮޑު ބަދަލުން އޭނާ ދެރަވިއެވެ. އޭނާ ވެސް ތާރާ އާއި ވާހަކަ ދެއްކޭތޯ މަސައްކަތްކުރި އަދަދު މިހާރު ނޭނގެއެވެ. ނަމަވެސް އަދިވެސް ހިތްވަރު އެލުވާ ނުލައެވެ.
ޔުކްތާ، ސަމާ އަދި ތާރާ މެން 3 ކުދިން އެމް އެން ޔޫ އަށް އެއްކޮށް ވައްދަން ހަމަޖައްސާފައިވާ ވަނިކޮށް ތާރާ މިހާރު ވަނީ ވިލާ ސްކޫލަށް ވެސް ފޯމް ހުށަހަޅާފައެވެ. ހީވާގޮތުންނަމަ ތާރާ އުޅެނީ އެމީހުންނާއި ވީހާވެސް ދުރުން އުޅެވޭތޯއެވެ. މީގެ އިތުރުން މިހާރަކަށް އައިސް އަބަދުވެސް ހެން ތާރާ އަތް ދިގު ހެދުން ލާކަން ފާހަގަ ކުރެވެން ފެށިއެވެ. އަތުގެ ހުޅަށް ވުރެ ކުޑަ ތަންކޮޅެއް މައްޗަށް އެރިޔަސް ބިރެއް ފެނިފައިހެން އެ ތިރިކޮށްލާނެއެވެ.
ހެނދުނު ހޭލައިގެން ތާރާ ކޮޓަރީގައި މަޑުކޮށްގެން އިނީ އެންމެން ސައިބޮއެ ނިމޭނެ އިރަކަށެވެ. އެހެންކަމުން ލިބުނު ވަގުތު ކޮޅުގެ ތެރޭގައި ތާރާ ހެދުން އަޅައި ތައްޔާރު ވެލިއެވެ.
ދޮރުގައި ޓަކި ޖެހި އަޑަށް ސިހިފައި ތާރާ ދޮރާއި ދިމާއަށް ބަލައިލިއެވެ. އަދި މަޑުމަޑުން ގޮސް ކޮޓަރި ދޮރު ކުޑަކޮށް ހުޅުވާލައި ބޯ ދިއްކޮށްލިއެވެ. ދޮރުދޮށުގައި ހުއްޓިލައިގެން ހުރި އީކަން އާއި ޖައިލަމް ފެނުމުން ދޮރު އިތުރަށް ހުޅުވާލިއެވެ. “ކަމަކުތަ؟” ތާރާގެ އަޑުގައި މޮޅިވެރިކަން އެކުލެވިގެންވިއެވެ.
“ޔާ. ކޭން ވީ ކަމް އިން؟” ޖައިލަމް އަހާލިއެވެ. ތާރާ ބޯ ޖަހާލަމުން އެމީހުން ވަނުމަށް ތަންދިނެވެ. ޖައިލަމާއި އީކަން އައިސް ތާރާގެ އެނދުމަތީ އިށީނދެލިއެވެ. އެވަގުތު ތާރާ އޭނާގެ އަތުގައި އޮތް އެއްޗެއް ލައިގެން ހުރި ޖިންސުގެ ޖީބަށް ލިތަން ފެނުނެވެ. ނަމަވެސް ޖައިލަމްމެން ނުފެންނަ ކަމަށް ހަދާލިއެވެ.
ތަނުގައި ވީ ހިމޭންކަން ފޫދުއްވާލީ ތާރާއެވެ. “ކޮން ކަމަކު؟”
“އަމްމް… ތާ… ވީ…” އީކަން ފެށިއެވެ. “އައި ޑޯންޓް ހޭވް އޯލް ޑޭ އީކަން!” ތާރާ ދުރުގައި އިށީންނަމުން ބުނެލިއެވެ. “ވީ އާ އޯލް ގޮއިން ޓު އެ ޕާޓީ.” ޖައިލަމް ބުންޏެވެ. “އެންޑް؟” ތާރާ ފުހިވެފައިވާ ރާގަކަށް އެއްސެވެ. “އިޓްސް ޑޭޑްގެ ކޮމްޕެނީގެ އެނިވާސަރީ ފާހަގަ ކުރަން.” އީކަން ތާރާގެ މޫނަށް ބަލައިލިއެވެ.
“ސޯ؟” ތާރާ ވެސް އީކަންގެ މޫނަށް ބަލައިލިއެވެ. “ޔޫ ވިލް ކަމް ދޯ؟” އުންމީދުން ފުރިގެން ހުރެ ޖައިލަމްމެން ތާރާ ކައިރީ އެއްސެވެ. “ނޯ. އައި ޑޯންޓް ވޯންޓް ޓު. ތި މީހުން ދޭ. އަހަރެން ދާކަށް ބޭނުމެއް ނޫން.” ތާރާ ތެދުވަމުން ދުރަށް ބަލައިލިއެވެ. އަދި ލައިގެން ހުރި ހެދުމުގެ އަތުކުރިއަށް ދަމާލީ ކުޑަކޮށް މައްޗަށް ހިއްލިފައި އިނުމުންނެވެ.
“ތާ. ޕްލީޒް. ޑޭޑް ވަރަށް އުންމީދު ކުރޭ ތާ އަންނާނެ ކަމަށް. ޕްލީޒް…” އީކަން ހިތުގައި ޖެހިފައި ހުރެ އަނެއްކާވެސް އެދުނެވެ. އީކަންގެ މޫނުމަތިން ފެނުނު ހިތާމައިގެ ކުލަވަރު ފެނިފައި ތާރާގެ ހިތަށް ވީގޮތް ވެސް ނޭނގުނެވެ. ނަމަވެސް ދެން ފެނިގެން ދިޔައީ ތާރާ އޭނާގެ ތުންފަތް މައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވި މަންޒަރެވެ.
“ފައިން. އައި ވިލް ގޯ.”
ވީ އުފަލުން އީކަން އާއި ޖައިލަމް އައި ގޮތަށް އައިސް ތާރާގެ ގައިގައި ބައްދާލިއެވެ. ނަމަވެސް އެވަގުތު ތާރާއަށް ވީގޮތުން އެމީހުން ވަގުތުން ދުރަށް ޖެހުނެވެ. އެމީހުންގެ އަތް ތާރާގެ ގައިގައި ޖެހުމާއެކު ސިހިފައި، ވިއްސައިގެން ދިޔަ މީހެއް ހެން ދުރަށް ޖެހުނެވެ. އޭރު އޭނާގެ ހަށިގަނޑުގައި މަޑު ތުރުތުރުއެޅުމެއް ހުރިއިރު އެ މައުސޫމް ދެލޮލުން ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. ވޭނެވެ.
އެ ދެލޮލު ތެރޭގައި ފޮރުވިފައިވާ އާދޭސްތައް ޖައިލަމަށާއި އީކަނަށް ސާފުކޮށް ފެނުނެވެ. އެހީއަކަށް އެދި އެހިތް ރޮމުން ދިޔަ ކަން އެ ދެލޮލުން ހާމަ ވިއެވެ.
އެ އެހީ ދިނުމަށް އެދެމީހުން ހުރީ ތައްޔާރަށެވެ. ނަމަވެސް އެ އެހީ ލިބިގަތުމަށް ތާރާ ތައްޔާރެއް ނޫނެވެ. އެހެންކަމުން އަވަސް އަވަހަށް އެދެމީހުން އެ ކޮޓަރިން ނެރެލިއެވެ. އަދި ދޮރުގައި ލައްގަނެލަމުން އިށީނދެލިއެވެ. އެއަށްފަހު އޭނާގެ ޖީބު ތެރެއަށް ލާ ފޮރުވި ކަޓަރު ތިލަ ނަގައި ހެދުމުގެ އަތުކުރި އޮޅާލިއެވެ. އެ އަތުގެ އެއް ހިސާބުން އަނެއް ހިސާބަށް ފުރިފައި ވަނީ ރޯކޮށް ހުރި ރަތް ލަކުނު ތަކުންނެވެ.
ދެން ފެނިގެން ދިޔައީ ތާރާ އެ ކަޓަރު ތިލައިން އަމިއްލަ އަތުގައި އަޅާލަމުން ދެލޯ މަރާލި މަންޒަރެވެ. އެ ދެލޮލުން ކަރުނަތައް ފައިބައިގެން ދިޔައިރު އަޑެއް ވެސް އިއްވާ ނުލައެވެ. ހީވާގޮތުން ނަމަ އެ ވޭނަށް އޭނާ ވަނީ އާދަވެފައެވެ.
ތާރާގެ ލޯމެރުން ދިޔަ ވަގުތު އޭނާގެ ތުންފަތް ހަރަކާތް ކުރިއެވެ. “ޔާ ﷲ. މި އަޅާ އާއި މި އަޅާގެ އާއިލާ ނާއިލްގެ އަނިޔާވެރި ވަކިތަކުން ސަލާމަތް ކޮށްދެއްވަ ފާންދޭވެ.” އޭރު އޭނާގެ ތުންފަތް މަތީގައި ވީ ހިތި ހިނިތުންވުމެކެވެ.
އޭނާއަށް އެނގެއެވެ. އޭނާގެ ހަޔާތް މިހާރު އިތީ އެފުށް މިފުށަށް ޖެހިފައެވެ. ބަރުބާދު ވެފައެވެ. ވާނެ އެއްޗެއް ވެފައެވެ. ދެން މާތް ﷲ އަށް ނޫނީ އޭނާ ސަލާމަތެއް ނުކުރެވޭނެއެވެ. އޭނާ އެކަލާނގެ ޙަޟުރަތުގައި ދުޢާ ކުރާނެއެވެ. އިރާދަ ކުރެއްވިއްޔާ އެކަލާނގެ އޭނާ އަށް އަލި މަގެއް ދައްކަވާނެއެވެ.
ކެތްތެރިކަމާއެކު އެ ދުވަހަކަށް އޭނާ އިންތިޒާރު ކުރާނެއެވެ.
♥️❤️♥️❤️♥️❤️♥️❤️♥️❤️♥️♥️
އުންމީދު ކުރަން ގިނަ ކިޔުންތެރީންނަށް ކަމުދިޔަ ޕަރޓް އަކަށް ވާނެ ކަމަށް.
?ޝައިމާ?
3 Comments!
Comments are closed.
Shaiiiiiii
Alhey Naa haadha inthizaareh kohfeemey
I know ingey busy veemakan
But still I want u to know that Shai ge story ah wait kuraakan
Thara alhe Allah ge kibain madhadhqh dhey iru thara ah ingeyn jeheyne dhw e kureveny kanda elhigen haraam kameh kan
Amilla nafsah aniyaa vaa fadhq evves kameh kurun eii bodu vegen vaa faafa eh
I’m sorry maybe I’m over reacting
Ekam Naa hama dheraveema buney
Hope you’ll forgive me sis
Anyway I always luv your stores
Thanks Naa ❤️❤️
Anyway curiously waiting for another part
Lysm
Tc?????