Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 23

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
March 4, 2021 6 Mins Read
0 Comments

އޮޕަރޭޝަން ރޫމްގެ ބޭރުގައި އިށީނދެގެން ތިބި އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. ބިރުވެރިކަމާއި، ނުތަނަވަސްކަމެވެ. އެއް ބަޔެއްގެ ލޮލުން ކަރުނަ ނުހިކޭ އިރު އަނެއް ބަޔަކު ތިބީ ރޯން ވީކަން ވެސް ނޭނގިފައެވެ.

ދޭތެރެ ދޭތެރެއިން ސުމައްޔާ ތާރާއަށް ގުޅާފައި ސަމާގެ ހާލު އޮޅުން ފިލުވައެވެ. ސުމައްޔާގެ ލަގޮނޑިއަށް ކެތްނުވަނީއެވެ. ލޯބިވާ ދަރިފުޅުގެ ހާލު އެހާ ދެރަވެފައި ވަނިކޮށް ދަރިފުޅު ގާތު ނުހުރެވުނީމަ އޭނާގެ ހިތް ދިޔައީ ރޮމުންނެވެ. މިކަހަލަ ކަމެއް ދިމާވުމުން މައެއްގެ ލަގޮނޑިއަށް ކެތްވާނެ ހެއްޔެވެ؟

 

އެންމެންނާ ދުރުގައި އިށީނދެގެން އިން ޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައެވެ. ވޭނެވެ. ތަޅުންގަނޑުމަތީ އިށީނދެލައިގެން ދެ ކަކޫ ގަޔާ ގާތަށް ބޮނޑިކޮށްގެން، ބޮލުގައި ދެ އަތުން ހިފަހައްޓައިގެން އިނދެ ރޮމުން ދިޔަ މަންޒަރު ފެނުން ނަމަ ކޮންމެ މީހެއްގެ ހިތްވެސް ލޭ ކޮށާލާނެކަން ކަށަވަރެވެ.

ވާނީވެސް އެހެންތާއެވެ. އޮޕަރޭޝަން ކޮޓަރީގައި މަރާ ހަނގުރާމަ ކުރަމުން އެދަނީ އެ ޒުވާނާގެ ހިތުގެ މަލިކާއެވެ. އެ ހިތުގައި ރާނީއެވެ. އެ ހިތް މިލްކު ކުރި ހަމައެކަނި ކުއްޖާއެވެ.

އާއެކެވެ. ސަމާ އަކީ ޖައިލަމްގެ އަލަތު ލޯތްބެވެ.

ޖައިލަމްގެ ލޮލުން ކަރުނަގަނޑު ފައިބަމުން ދިޔައީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. އޭނާގެ ހިތުގައި އަޅަމުން ދިޔަ ދިލަ ވޭނަށް އޭނާ ދިޔައީ ކެތްކުރެވޭތޯ މަސައްކަތް ކުރަމުނެވެ. ހިނގަމުންދާ ކޮންމެ ސިކުންތަކީ އޭނާގެ ހިތަށް އިތުރަށް ހެރޭ ކަށްޓަކަށް ވަމުން ދިޔައެވެ.

 

ސިހިފައި ޖައިލަމް މައްޗަށް ބަލައިލީ އޭނާގެ ކޮނޑުގައި މީހަކު އަތް ބާއްވާ ލުމުންނެވެ. އެއީ ތާރާކަން އެނގުމުން ހިތި ހިނިތުންވުމެއް ދިއްކޮށްލިއެވެ. ތާރާ ވެސް ކަރުނައިގެ ތެރެއިން ހިތްވަރު ކުރާށޭ ބުނާ ކަހަލަ ހިނިތުން ވުމެއް ދިނެވެ. އޭނާގެ އެކުވެރިޔާގެ ހާލު ރަނގަޅަށް އެނގޭތީއެވެ.

“ޖައި. ދޭ އެއްޗެއް ކާލައިގެން އަންނަން.”

“ނު.. ނޫން. އައިމް ނޮޓް ހަންގްރީ.” ޖައިލަމް ދެކޮޅު ހެދިއެވެ. “ބަނޑުހައި ނޫނަސް ހެޔޮ. ހެނދުނުއްސުރެ އެއްޗެއް އަނގަޔަށް ނުލައި ތިހިރީ. ދެން ދޭ ކާން. ތާ ވެސް މިއުޅެނީ ކެންޓީނަށް ދާން. ލެޓްސް ގޯ.” ތާރާ އޭނާގެ ބޭބެއެއް ފަދަ އެކުވެރިޔާއަށް ޓަކައި ނުރޮވޭތޯ ކެތްކުރިއެވެ.

އެންމެ ފަހުން ތާރާ ކުރު ނުކުރުމުން ޖައިލަމް އެއްބަސްވިއެވެ. އެހެންކަމުން ތާރާ އާއި، އީކަން އަދި ޔުކްތާ އާއި އެއްކޮށް ކެންޓީނަށް ދިޔައެވެ. ކައި ނިންމައިގެން އަނބުރާ އައި އިރުވެސް އެ ކުދިންގެ ދޭތެރޭގައި މާކަ ގިނަ ވާހަކައެއް ނުދެކެވެއެވެ. އާންމުކޮށް އަބަދު އަނގަތަޅަ ތަޅާ ހުންނަ ގްރޫޕް މިއަދު ވަނީ އެއްކޮށް ހަމަހިމޭން ވެފައެވެ. އެ ގްރޫޕްގައި އެއްވެސް ދިރުމެއް ނުވާ ފަދައެވެ.

 

އެމީހުން އަނބުރާ ދެވުނު ތަނާހެން އޮޕްރޭޝަން ކޮޓަރި ދޮރު ހުޅުވާފައި ޑޮކްޓަރެއް ނުކުތެވެ. ވަގުތުން ސަމާގެ ބައްޕަ، ޝާހިދާއި ޒައިނާ ތެދުވެގެން ގޮސް ޑޮކްޓަރ އާއި ވާހަކަ ދެއްކިއެވެ. އަނބުރާ ޑޮކްޓަރ ކޮޓަރިއަށް ވަނުމުން ތާރާ ގޮސް ޝަހީދު ގާތު ޑޮކްޓަރ ބުނި އެއްޗެއް އެއްސެވެ.

“ސަމާ ގެ ވެސް ދެން އޮތް ފިރިހެން ކުއްޖާގެ ވެސް ހާލު އިރާދަކުރެއްވީތީ މިހާރު ރަނގަޅު. ވަރަށް އަވަހަށް ވޯޑަކަށް ބަދަލު ކުރެވޭނެޔޯ ބުނީ.” ޝާހިދު ޖަވާބު ދިނެވެ. ޝާހިދުގެ ބަސްތަކުން ޖައިލަމްގއ ހިތަށް ފިނިކަމެއް ލިބުނެވެ. އެންމެން ވެސް ފުން ނޭވާއެއް ދޫކޮށްލަމުން الحمد لله އޭ ބުނެލިއެވެ.

ތާރާ ފޯނުން ސުމައްޔާ އަށް ހުރިހާ އެއްޗެއް ކިޔައިދިނެވެ. އަދި އެ މައިމީހާއަށް ހިތްވަރު ދިނެވެ. އެތައް އިރެއް ވަންދެން ދެމީހުން ވާހަކަ ދެއްކުމަށް ފަހު ތާރާ ކިޔާނަށް ގުޅައި ވެގެން އުޅޭގޮތުގެ ވާހަކަ ކިޔައި ދިނެވެ. ކިޔާން ވެސް ދެރަވެފައި ހުރެ ސަމާ އަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރިއެވެ. ދެމީހުން ވާހަކަ ދައްކަން އިރުކޮޅަކު ތިބުމަށް ފަހު ތާރާ އެތަނުން ނިކުމެލީ މީހުން ގިނަ ވުމުން ނޭވާ ހާސް ވާގޮތް ވާތީއެވެ.

 

ބޭރަށް ނުކުތްތާ މާ ގިނަ އިރެއް ނުވަނީސް ތާރާގެ ފޯނަށް ނުދަންނަ ނަމްބަރަކުން ގުޅަން ފެށިއެވެ. ނަގަން ނުނަގަން ހުރެފައި ތާރާ ފޯނު ނެގީ މުހިންމު ކޯލަކަށް ވެދާނެތީއެވެ. ތާރާ މިހާރު 12 ނިމުމުން ވަނީ ބައެއް ކުލިނިކު ތަކަށް ‘އިންޓާން ޖޮބްސް’ ތަކަކަށް ސީވީ ހުށަހަޅާފައެވެ. އޭނާ ބޭނުންވަނީ ކޮލެޖު ފެށުމުގެ ކުރިން ވަގުތީ ވަޒީފާ އަކަށް ގޮސްލާށެވެ.

 

“ހަލޯ.” ތާރާ ފޯނު ކަންފަތުގައި ޖަހާލީ ޝައްކު މަތީގައި ހުރެއެވެ.

“ތާރާ ތަ؟” ފިރިހެން އަޑަކުން ބުނި އަޑު އިވިގެން ދިޔައެވެ. “ޔެސް.” ތާރާ ޖަވާބު ދިނެވެ. “އަޑުއަހާ ރަނގަޅަށް އެހެން ވީއިރު.” އެކޮޅުން އަނެއްކާވެސް ވާހަކަ ދައްކިއެވެ. މިއީ ވަޒީފާ އަކުން އައި ކޯލެއް ނޫންކަން ތާރާއަށް ޔަގީންވިއެވެ.

“ހުމްމްމް.. އަޑު އަހަނީނު މި.” ރުންކުރު ގޮތަކަށް ތާރާ ބުނެލިއެވެ.

“މާ ގޮތްބޮޑު ނުވެ މައިތިރި އަރައިގެން އުޅޭ މަންޖޭ.”

ތާރާގެ ދެ ބުމަ ގޮށް ޖެހުނީ ކޮންމެވެސް ނުބައެއް އުޅޭ ކަމަށް އޭނާގެ ސިކުނޑީގެ ކަނަކުން ސިގްނަލް ދޭން ފެށުމުނެވެ.

“ކާކު ތީ؟”

“އަހަރެން މީ ކާކުކަން އަދި އިނގޭނެ. ހަމަ ޖެހިބަލަ އިހަށް. ކުރިން ވެސް ބުނިހެން ރަނގަޅަށް އަޑުއަހާ! އަހަރެން ބުނާ ގޮތަށް ކަންތައް ކުރަން ޖެހޭނެ. އަދި އެއްވެސް މީހަކަށް މިކަމުގެ ހިލަމެއް ވެސް ވެގެން ނުވާނެ.”

“ތިބުނީ؟”

“ސުވާލު ނުކޮށް އަޑު އަހާބަލަ! ހާދަ އަނގަ ގަދައޭ ދޯ!! ތާރާ އަހަރެންނާ މީޓް ކުރަންވީ އަހަރެން ތި ފޯނަށް ފޮނުވާ އެޑްރެސް އެއްގަ. އޭރުން ހުރިހާ އެއްޗެއް ވެސް ކަން ކުރަން ވީ ގޮތް ވެސް ކިޔާދޭނަން.” އެ މީހާ ބުންޏެވެ.

“އެން ވަޓް މޭކްސް ޔޫ ތިންކް ދެޓް އައި ވިލް މީޓް ޔޫ؟” ފޫހިވެފައިވާ ރާގެއްގައި ތާރާ އެއްސެވެ.

 

“އަހަންނަށް އިނގޭ ތާރާ އަންނާނެކަން. އެހެންނޫނީ ސަމާ އާއި ރީހަންނަށް ކަންތައް ވީ ގޮތަށް ވުރެ ހިތާމަވެރި ކަމެއް ހިނގާފާނެ.” އެމީހާ ބުނެލި އެއްޗަކުން އޭނާގެ އަތް ފައި ގަނޑުވި ކަހަލައެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އޭނާގެ ނޭވާ ތާށިވިއެވެ. ދެން ފެނުނީ ތާރާގެ މޫނުމައްޗަށް އިންތިހާ ރުޅި އާއި ހާސްކަން ވެރިވެގެން ދިޔަ މަންޒަރެވެ.

“ކަލޭގެ ކަމެއްތަ އެއީ؟! ކަލެއަށް ނޭނގެނީތަ ތިކުޅެވުނީ މީހެއްގެ ފުރާނަ އައި ކަމެއް؟! އެނގޭތަ މައެއްގެ ހިތާކަން ތި ކުޅެވުނީ؟! އިނގޭތަ ކުށެއް ނެތް އަންހެން ކުއްޖެއްކަން މިތާ އޮވެ މަރާ ހަނގުރާމަ ކުރަމުންދިޔައީ؟! އޭ؟ ނޭނގެނީތަ ސަމާ އާއި ރީހަން އަށް ލިބޭނެ ވޭން؟ ޒަހަމް؟ ކަލޭ ގަމާރުތަ ތިކަހަލަ ހަޔާތް ކުޑަ އަމަލެއް ކުރަން؟!! ބަލަ އެއީ ވެސް އިންސާނުންނޭ! އެ މައުސޫމް ކުއްޖާގެ ގައިގައި އަޅާނޭ ވޭން! މިއަދު އެ އެކްސިޑެންޓްގައި އަނިޔާ ލިބި، އެނދުމަތީ އޮވެ، ކުރެވެމުން ދިޔަ އޮޕަރޭޝަނަކީ ކަލޭގެ އޮޕްރޭޝަނެއް ނަމަ ކަލެއަށް ވާނެ ވަރު ވިސްނާލަބަލަ! ހަމަ އެހެން އަހަރެންގެ އެކުވެރިޔާގެ ވެސް ގައިގައި ވޭން އަޅާނޭ، ޖަނަވާރާ!” ތާރާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

 

“އަނގަ މައިތިރި ކުރޭ!”

“ނުކުރާނަން!”

“ނުކޮށްފިއްޔާ ދެން އެންމެ އަވަހަށް ފެންނާނީ ލޫތުގެ ފުރާނަ ނެތް މަސްގަނޑު. ވަޅިން ކޮށާ ލާފައި އޮތް މަސްތައް. ބަލަން ކެރެންޏާ އަނގަ ގަދަ ކުރޭ! ކުރާނެ ވަރަކަށް ކުރޭ.”

 

ތާރާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ސަމާ މެން އެކްސިޑެންޓް ކޮށްލި މީހަކު އެ މައުސޫމް ލޫތުގެ ކުޑަކުޑަ ފުރާނަ ދުއްވަލަން ފަސް ނުޖެހޭނެކަން އެނގުމުން އޭނާގެ ހަށިގަނޑުން ބާރު ހުސްވި ކަހަލައެވެ. އެ ރީތި ދެލޯ ކަރުނުން ފުރި ބަންޑުންވީ އޭނާގެ އަމިއްލަ ފުރާނައަށް ވުރެ ލޯބިވާ ލޯބި ލޯބި ތުއްތު ލޫތު އޭނާގެ ސަބަބުން މި ދުނިޔެއަށް އަލްވަދާޢު ކިޔައި އުމުރަށް ލޯ މަރާލަފާނެ ކަމުގެ ބިރު ހީވުމުންނެވެ. އޭނާގެ ސަބަބުން 3ވަނަ މީހަކު މިދުނިޔެ ދޫކުރާކަށް ތާރާ ނޭދެއެވެ. ފުރަތަމަ އޭނާގެ އަމިއްލަ ބައްޕައެވެ. ދެން އަމިއްލަ އެއްމާބަނޑު ދައްތައެވެ. ދެން ލޫތަށް ގޮތެއް ވެއްޖެނަމަ އޭނާގެ ހިތް ހުއްޓި ދާނެއެވެ.

“އަ.. އަހަރެން.. އަހަރެން ދާނަން.” ތާރާ ދެލޯ މަރާ ލަމުން ބުނެލިއެވެ. އޭރު އޭނާގެ ލޮލުން ފޭބި ކަރުނަތައް އޭނާގެ ކޯތާފަތް މަތީގައި ބޮސްދީފިއެވެ.

 

“ގުޑް ޗޮއިސް، ތާރާ. އަހަރެން ތި ފޯނަށް ފޮނުވާނަން އެޑްރެސް އަންނަވީ ގަނޑިއާ އެއްކޮށް. އޭރުން އާދޭ އަވަހަށް. އެކަމް ހަނދާން ކުރާތި. މިވާހަކަ އެކަކަށް އެނގުނަސް ކަލޭގެ ވެސް، ކަލޭގެ ލޯބިވެރިޔާގެ ވެސް ދުވަސް ދުއްވާލާނަން. އައިމް ވޮޗިން ޔުއަރ އެވްރީ މޫވް. ސޯ ޑޯންޓް އީވެން ޓްރައި އެއްވެސް މީހެއް ގާތު ބުނަން.” އެހެން ބުނެފައި އެމީހާ ފޯނު ކަނޑާލިއެވެ.

 

ސިހިފައި ތާރާ އަށް ވަށައިގެން ބަލައިލެވުނެވެ. ޙަޤީޤަތުގައި ވެސް އެމީހަކު އޭނާއަށް ފާރަލަނީ ހެއްޔެވެ؟ އެނބުރެލަން އުޅުނު ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ދުރުގައި ބަލަހައްޓައިގެން ހުރި 2 މީހުނެވެ.

ދެމީހުން ކަޅު ކުލައިގެ ޓީޝާޓަކާއި ކަޅު ޖީންސެއް ލައިގެން ހުރިއިރު އެކަކު ހުރީ ކަޅު ފޮތިގަނޑަކުން މޫނު ނިވާ ކޮށްލައިގެންނެވެ. ދެމީހުންގެ ވެސް ކަރުގައި ރިހި ޗޭނުގަނޑެއް އަޅާފައި އޮތް އިރު އަތްފައިގައި ވެސް ހުރީ ގަހަނާ އަޅާފައެވެ. ކަންފަތަށާއި ނޭފަތަށް ބޮޅު ލައްވާފައި ހުރިއިރު އިސްތަށިގަނޑު އޮތީ ދިގުކޮށްފައެވެ. އެތަނުން މޫނު ނިވާކޮށްގެން ހުރި މީހާގެ އިސްތަށިގަނޑުގެ އެކި ތަންތަންކޮޅުގައި ހުރީ ރަތްކުލަ ޖައްސާފައެވެ. ދެމީހުންގެ ވެސް އަތުގައި ސިނގިރޭޓެއް އޮތެވެ. އެދެމީހުންގެ ވެސް ލޯތަކުގެ އަމާޒުފަތްގަނޑަކަށް ވެފައި ވަނީ ނިކަމެތި ކުށެއްނެތް ތާރާއެވެ. ރަނގަޅަށް ބަލައިލުމުން ވެސް އެއީ ޕާޓޭ ބައެއްކަން ޔަގީނެވެ.

ތާރާގެ މޫނުމައްޗަށް އަނދިރިވާ ގޮތް ވިއެވެ. މަޑުމަޑުން ފަހަތަށް ފިޔަވަޅެއް އަޅައިލެވުނީ ބޮލަށް އެރި ތަދަކުންނެވެ. އޭނާ ބޮލުގައި އަތް އަޅާލަމުން ފުންކޮށް ނޭވާލާން މަސައްކަތް ކުރިއެވެ. ނަމަވެސް އުޅެއުޅެ ވެސް އެކަމެއް ނުވިއެވެ. އޭރު އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އޭނާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދުން އިރު މީހާ އެއްކޮށް ފިނިވެއްޖެއެވެ. އޭނާ ފަހަތަށް އަނެއްކާވެސް ފިޔަވަޅެއް އަޅާލިއެވެ. އޭނާއަށް އޭނާގެ ކުރިމަތިން މަންޒަރުތަކެއް ސިފަވާހެން ހީވާން ފެށިއެވެ.

 

ކަޅު ހެދުމުގައި ތިބި ބައެކެވެ. މޫނުމަތީގައި ކަޅު ފޮތިގަނޑެއް އަޅާފައި ހުއްޓެވެ. އެމީހުން ދިޔައީ ހެމުންނެވެ. މުޅިތާ ވަނީ އަލިފާން ރޯވެފައެވެ. ފަނޑުކޮށް ކުޑަކުއްޖަކު އޭނާއަށް ދޮންތީއޭ ކިޔައި ސަލާމަތަށް އެދި ގޮވާ އަޑު އިވުނެވެ. ނަމަވެސް އޭނާ އަށް ގަނޑުވެފައި ހުރެވުނީއެވެ. އެއީ މީގެ ކުރިން ދެކިފައިވާ މަންޒަރެއް ކަމަށް އޭނާގެ ސިކުނޑި ބުނަން ފެށިއެވެ ނަމަވެސް އޭނާއަށް އެއިން އެކައްޗެއްވެސް ދޭހައެއް ނުވިއެވެ.

މަންޒަރު ބަދަލުވިއެވެ. މިފަހަރު ފެންނަމުން ދިޔައީ ކުޑަ ކުޑަ ދެ އަންހެން ކުދިންނެވެ. އެއްމާބަނޑު ދެކުދިންނެވެ. މަޑުމަޑުން އިން އަންހެން ކުއްޖަކާއި ހަލަނިކޮށް މުޅި ތާނގައި ދުވަމުން ދިޔަ ކުއްޖެކެވެ. އެކުދިންނާއި އެއްކޮށް ފިރިހެން ކުއްޖަކު ވެސް ހުއްޓެވެ. އެކުއްޖާ ވެސް ހީހީފައި އުޅުނެވެ. ދުރުގައި އެ މަންޒަރު ބަލަން ހެވިފައި ތިބީ އަންހެނަކާއި ފިރިހެނެކެވެ. ބަލާބެލުމަށް ވަރަށް އުފާވެރި އާއިލާ އެކެވެ.

އަނެއްކާވެސް މަންޒަރު ބަދަލުވިއެވެ. ހަމަ އެ އަލިފާންގަނޑެވެ. އެ ވޭނީ ރުއިމެވެ. ހަޅޭކެވެ. އާދޭސް ތަކެވެ. ގިސްލުން ތަކެވެ.

 

ހިނދުކޮޅަކަށް ފަހު ހިނދުކޮޅަކަށް ތާރާގެ ބޮލުގައި ވީ ރިހުން ދިޔައީ ގަދަވަމުންނެވެ. އެންމެ ފަހުން ކެތްނުވާ ވަރަށް އެ ރިހުން ގަދަވިއެވެ. އޭނާއަށް ހަޅޭއްލަވައި ގެނެވުނީ މީހާ ވެއްޓެން ފެށިހެން ހީވުމުންނެވެ. ބިން މައްޗަށް ވެއްޓުމާއި އެކީ ތާރާގެ ހަބަރު ހުސްވިއެވެ.

 

…………………….

 

“ކަލޭ ގާތަކު އަހަރެން ނުބުނަމެންނު އޭނަ ގޮވައިގެން އަންނާށޭ! އަހަރެން ބުނީ އޭނާ ވެއްޓިފަ އޮތްތަނާ ތަންކޮޅެއް ދުރުގަ މަޑުކުރާށޭ! ބަލާއެއްނު މީ!” ހޭ އަރަމުން ދިޔަ ތާރާއަށް މަޑުމަޑުން އިވުމުން ދިޔައެވެ. އެ އަޑުތައް ދިޔައީ ހިނދެއް ހިނދަކަށް ބާރުވަމުންނެވެ. ހޭލެވެމުން ދިޔަ ވަރަކަށް އޭނާގެ ހިތް ދިޔައީ ބިރުގަންނަ މުންނެވެ.

“އަޅެ މަގޭ ހަނދާން ނެތުނިއްޔޭ! މަގޭ އޭނަ ގެންގޮސްފާނަން އަނބުރާ.” ދެން އިވުނީ އެހެން ފިރިހެނެއްގެ އަޑެވެ.

“އޮހޮ ހޮހޮން. ދެން ހެޔޮ. ގެނެ ވިއްޖެއްނު މިހާރު، ދެން ބާއްވާ. އަނބުރާ ގެންދާނެ ކަމެއް ނޫން.” ފުރަތަމަ މީހާ ބުންޏެވެ.

 

ތާރާ އަދިވެސް އޮތީ ހޭނެތިފައި ކަމަށް އެކްޓް ކުރަން ފެށިއެވެ. އޭރު އޭނާގެ ހިތް ނެގި ނެގިފައި ޖެހެނީއެވެ. އޭނާގެ އަތްފައި ފިނިވާގޮތް ވަނީއެވެ. ނޭވާ ހަމައަކަށް އަޅުވަން އޭނާ މަސައްކަތް ކުރިއެވެ.

އިރުކޮޅެއް ފަހުން އެމީހުން އެތަނުން ދާ އަޑު އިވުނެވެ. އަދި ދޮރެއް ލެއްޕޭ އަޑު ވެސް އިވުނެވެ. ތާރާ ލޯ ހުޅުވައިލީ އިރުތަކެއް ފަހުން އެމީހުން ދިޔައީ ކަމަށް ޔަގީން ކޮށްފައެވެ. އަދި ފުންމައިގެން ތެދުވެ މުޅި ތަނަށް ނަޒަރު ހިންގާލިއެވެ. އޭނާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ.

 

އޭނާއަށް ހުރެވުނީ ބާ ގުދަނެއް ކަހަލަ ތަނެއްގައެވެ. ފުދޭވަރަކަށް އަނދިރި ނަމަވެސް ތަންތަން ވަކި ކުރާ ވަރުވެއެވެ. އެ ގުދަން ތެރޭގައި ހުރީ ހުސް ފޮށްޓެވެ. އެއް ދިމާއެއްގައި 4 ވަރަކަށް ކުޑަ ސިނގިރޭޓު ފޮށި ތަކަކާއި ލައިޓަރެއް އޮތެވެ. ނަމަވެސް އޭނާގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ އެއެއްޗެހި ކައިރީގައި ބަހައްޓާފައި ހުރި ރަބަރު ޕެކެޓު ތަކެވެ. އެއެއްޗެހި ތެރޭގައި ހުރީ ހުދު ކުލައިގެ ފުށް ކަހަލަ އެއްޗެހި ތަކެކެވެ.

އެއީ ކޮންއެއްޗެއްކަން އޭނާއަށް ވިސްނުމާއެކީ އޭނާގެ ހިތާއި ސިކުނޑި ހިސޯރު ކުރަމުން ދިޔަ ބިރު އޭގެ ހަގުނަ އިތުރުވި ކަހަލައެވެ. މަސްތުވާތަކެތި ބޭނުންކުރާ ބައެއްގެ ޝިކާރަ އަކަށް އޭނާ ވެއްޖެކަން ވިސްނުމާއެކު އޭނާއަށް ނުރޮވުނީ ކިރިޔާއެވެ. މަސްތުގެ ހާލުގައި ހުރެ އެމީހުން ކޮންމެފަދަ ކަމެއްވެސް އޭނާއަށް ކޮށްފާނެއެވެ.

އަވަސް އަވަހަށް ތާރާ ދޮރާއި ދިމާއަށް ހިނގައިގަތެވެ. މަޑުމަޑުން އަޑު ނީވޭހާ ވަރަށް ދޮރު ހުޅުވާލިއެވެ. އަދި އެއްވެސް މީހެއްގެ ހިލަމެއްވާން ނެތުމުން މަޑުމަޑުން ފައި އިނގިލި ކުރިން ޖައްސައިގެން ހިނގާފައި އެތަނުން ނުކުތެވެ. އަދި ދުރުގައި ހުރި ދޮރާއި ދިމާއަށް ހިނގައިގަތެވެ.

 

ނަމަވެސް ނަސީބު އޭނާގެ އަތުގައި ނުހިފިއެވެ. އޭނާއަށް އަޅާލެވުނީ ހަމަ އެންމެ 5 ފިޔަވަޅެވެ.

“އަނހަ. މަންޖެ އެހާ އަވަހަށް ފިލަނީތަ؟” ފަހަތުން އަޑު އިވިގެން ދިޔައެވެ. އެއީ މީގެ ކުރިން އޭނާއަށް އަޑު އިވިފައިވާ އަޑެކެވެ. އޭނާއަށް ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ އަޑެކެވެ. ތާރާ އެމީހާ އާއި ދިމާއަށް އެނބުރުނެވެ. އޭނާގެ ކުރިމަތީގައި ހުރި ހަމަ އޭނާ ހީކުރި މީހާއެވެ.

“ކަލޭ؟” ތާރާ އައި ރުޅީގައި ބުނެވުނެވެ. މިހާރު އޭނާއަށް ވިސްނިއްޖެއެވެ. އެމީހާ ސަމާގެ ދުވަސް ދުއްވާލަން އެ އުޅުނު ސަބަބެވެ. ނަމަވެސް އޭނާ މިކަމަށް ތާރާ ވެއްދުމުގެ ސަބަބެއް ތާރާ އަކަށް ނުވިސްނުނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ފުހެވިގެން ނުދާނޭ – 01

Next

އިމްތިޙާން 63 (ފަހުބައި)

Next
March 5, 2021

އިމްތިޙާން 63 (ފަހުބައި)

Previews
March 4, 2021

ފުހެވިގެން ނުދާނޭ – 01



All Right Reserved!