ރޭގަނޑުގެ ވަގުތެވެ. ލީއާ އުޅުނީ ކޮޓަރީގައެވެ. ނިދާން ކަމަށް ބުނިނަމަވެސް އޭނާ ހުރީ ނިދާކަހަލަ ގޮތަކަށް ނޫނެވެ. ނިދި ނުވެސް އާދެއެވެ. ވާނީވެސް އެހެނެވެ. އެއްކޮޅުން ޒީޝާންއާމެދު ވިސްނެމުން ދިޔައިރު އަނެއްކޮޅުން އައިރްއެވެ. އަދި ގާދިރުބެ މިއަދު ދެއްކި ވާހަކައިން ޖިނާހު މިރޭ ކޮންމެވެސް ގޮތަކުން އެގެޔަށް ވަންނާނެކަން ޔަގީންވިއެވެ. އެކަމަށްވެސް ލީއާ ހުށިޔާރުވެ ހުންނަން އެބަޖެހެއެވެ. ލީއާ ފިޔަވާ ހުރިހާ ކުދިން މިރޭ ސިޓިންގ ރޫމްގައި އެތިބީ ސަކަރާތް ޖަހާށެވެ. އަމުދުން ޒީޝާން އާ ޒީހާން […]
ލީއާ ސިހިގެން ދިޔަވަރުން ދެލޯބޮޑުކޮށްލެވުނެވެ. އެމީހެއްގެ އަތުގައި ހިފާ ނައްޓުވަން މސައްކަތް ކުރިއެވެ. އެމީހާ އަތްއަޅާފައި ހުރިލެއް ބާރުކަމުން ލީއާއަށް ހަމަކިރިޔަކިރިޔާ ނޭވާލެވެނީއެވެ. ލީއާ ކައިރިއަށް އައި ރުޅިން ސެލްފް ޑިފެންސެއްގެ ގޮތުން އެހެން ހުރެފައި އެމީހާގެ ފައިގެ އިނގިލިތަކުގައި އޭނާގެ ފައިން ޖަހާލިއެވެ. ޖެހުނުލެއް ބާރުކަމުން އެމީހާވެސް ލީއާ ދުރަށް ހޫރާލިއެވެ. އޭނާ ގޮސް ޖެހުނީ ސޯފާ މައްޗަށެވެ. އެ ދަނޑިވަޅު ބަލާފައި އެމީހާ ލީއާ ގައިމައްޗަށް ފުންމާލަން އުޅުނެވެ. ނަމަވެސް އެމީހާގެ އަމަލަކަށް ހުށިޔާރުވެގެން […]
އަނެއްދުވަހެވެ. ކުދިންތައް ރަށަށް ދާން ފުރަން ނުކުތެވެ. ” ވަރަށް މިސް ވާނެ އިނގޭ އެންމެން މަތިންވެސް.” ޒައިނީ އެންމެނާ ސަލާމްކޮށްލިއެވެ. އެ މީހުންގެ މެދުގައި ވަނީ އެކުވެރިކަމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެއީ ހަނދާން ނައްތާލަން އުނދަގޫ ވާނެ ބައެކެވެ. ލީއާވެސް ހުރީ ވަރަށް ދެރަވެފައެވެ. ދެން އޭނާޔައެކީ މަޖާކޮށްލާނެ މީހަކުވެސް ނުހުންނާނެއެވެ. މަޔަންކްވެސް މިލާ މޯޅިވެފައި ހުއްޓެއްކަމަކު އެކަން ދައްކާކަށް ނޫޅުނެވެ. މަޔަންކް އެންމެ ފަހުފަހަރަށް ކައިރާއަށް ބަލާލިއެވެ. އެލޮލުގައި ވަނީ ވޭނެކެވެ. […]
ކުޅެން ތިބި ކުދިން އެކި ދިމަދިމާލަށް ފިލަމުން ދިޔައެވެ. ޒީނާވެސް އެއްތަނުން އަނެއްތަނަށް ފިލަން ދުއްވައިގަނެއެވެ. އެހެން ދުވަނިކޮށް އޭނާ ގޮސް ޖެހުނީ ޒީހާންގެ ގައިގައެވެ. ޒީނާ ހިނިއައެވެ. އޭނާއަށް ލަދުން ދެވަނަފަހަރަށް އިސްއުފުލާލާ ޒީޙާން އާ ދިމާލަށް ބަލާލާކަށް ނުކެރުނެވެ. ޒީހާންވެސް ހުރީ ލަދުންނެވެ. ރީތި ގޮތަކަށް ހެވިލާފައެވެ. އިސްޖަހައިގެން ހުރެ ޒީނާ ޒީހާންއަށް ސޮރީ ބުނުމަށްފަހު ދާން އެނބުރިގަތެވެ. އެވަގުތު ޒީހާން ޒީނާގެ އަތުގައި ހިފާލިއެވެ. ޒީނާ ހުއްޓުނެވެ. ޒީނާގެ އަތުގައި ހިފާނެ ބާރު […]
ސްކްރީނަށް ބަލާލިއިރު އެއީ ގާދިރުބެއެވެ. ލީއާ ހަމަޖެހިލުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ދެން އެވީ ފޫއްސެވެ. ގާދިރުއާ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެކަމަކު ފޯނު ނުނަގާވެސް ވާކަށް ނެތެވެ. ކޮންމެފަދަ ބޭނުމަކުވެސް އޭނާ ގުޅާފާނެއެވެ. އޭނާ ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ. ” ހަލޯ ކޮބާ ކިހިނެއް. ހެނދުނު ސައި ބޮއެފިންތަ؟ ރަނގަޅުތަ އެންމެން. ގްރޫޕްގަނޑު ނުދޭތަ އަދިވެސް؟ ” ގާދިރު ފައްޗަކަށް ސުވާލުތައް އަމުނާލިއެވެ. ލީއާ ފޫހިވެފައި ހުރެ ވާހަކަ ދެއްކިއެވެ. ފުރަތަމަ ޖަވާބު ދޭނީ […]
ކޮޓަރި ދޮރުހުޅުވާލި ކައިރާއަށް ފެނުނީ އަނދިރިކަމެވެ. ބޮކި ނިވާފައި ހުރުމުން ފާރުގައި އަތް ހާކަމުން އޭނާ މަޑުމަޑުން މަޔަންކްއަށް ގޮވަމުންދިޔައެވެ. އެވަގުތު ފަހަތުން މީހަކު އައިސް އަނގަމަތީ އަތްއަޅާ ދޮރުލައްޕާލުމަށްފަހު ދޮރުގައި ކައިރާ ތަތްކޮށްލިއެވެ. އޭނާ ވަނީ އެމީހެއްގެ އަތްދަށުގައި ހައްޔަރުވެފައެވެ. ” ކައި ޕްލީޒް. ކީއްވެތަ މަށަށް ތިހެން ތިހަދަނީ. މަށަށް ދެން ކެތެއް ނުވާނެ. ޒީޝާންއާއެކީ ކައި އުޅޭތަން ބަލާކަށް ކެތެއް ނުވާނެ.” ކައިރާއަށް އިވުނީ މަޔަންކްގެ އަޑެވެ. އެ އަޑުގައި ބުނަން ނޭނގޭފަދަ […]
އިރުގެ ރަން ދޯދިތައް ކުޑަދޮރުގެ ފޮތިގަނޑު ތެރެއިން ފުރޭނިގެން އައިސް ނިދާފައި އޮތް ތިން ކުދިންގެ މޫނުގައި ބޮސްދިނެވެ. ޒިނާއާ ޒައިނީ ދެފަޅިއަށް ފުރޮޅިލަމުން އިތުރަށް ނިދިގަނޑު މީރުކޮށްލިއެ ވެ. ލީއާ އާފުރިލަމުން ގޮދަޑިން ތެދުވެލިއެވެ. އޭރު ެސް އޭނާގެ ދެލޯ ރަނގަޅަށް ނުހުޅުވެއެވެ. ކަންނެތް ގޮތަކަށް އޭނާގޮސް ޑްރެސިންގް ޓޭބަލް މަތީ އޮތް ފޯނު ނަގާ އޮން ކޮށްލިއެވެ. އޭނާގެ ދެލޯ ބޮޑުވެ ނިދިފިލައިގެން ދިޔަ ކަހަލައެވެ. ” ނޯ ވްވްވް. ” ތަންކޮޅެއް ބާރަށް […]
ނޯޓް: މި ވާހަކައިގެ މިބައި އަޕްލޯޑު ކުރެވުނުލެއް ލަސްވުމުން އެންމެހާ ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން. ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ********************* ތިން ކުދިން ކޮޓަރިން ނުކުމެގެން ސިޓިންގ ރޫމަށް ދިޔައިރު ހުރިހާ އެންމެންވެސް ހަމަޖެހިލާފައި ސަކަރާތް ޖަހަން ސޯފާގައި ތިއްބެވެ. އެއްބަޔަކު ތިބީ ޓައިލްސް މަތީގައެވެ. އެމީހުން އަންނަތަން ފެނުމުން އެކުދިންގެ ލޯތައް އެ ދިމާލަށް ހުއްޓުނެވެ. ހާއްސަކޮށް އީތަން އަށް ކަޅިޖަހާނުލާ ބެލުނީ ޒައިނީއަށެވެ. އޭނާއަށް އެންމެ އަޅައިގަންނަ ގޮތްވީ އެ ހިމަހިމަ އުނަގަނޑާއި ލޯބިލޯބި މޫނެވެ. […]
ކޮޓަރިތެރެ ސާފުކުރަމުން ދިޔަ ވަރަކަށް މަޖާ ކަންތައްތައްވެސް ވަމުން ދިޔައެވެ. އެންމެން ތަޢާރަފްވުމަށް ފެށިއެވެ. ފިރިހެން ކުދިންގެ ރޫމުން ފުރަތަމަ ފެށީ ޒައިނީއެވެ. ” މިކުދިންގެ ނަންތައް ކިޔާބަލަ.. ނަމެއް ނެތީމަ ހާދަ އުނދަގޫވޭ.” ޒައިނީ ލަދުގަތް ނަމަވެސް އެމީހުންނާއި އަނގަތަޅާލެވެން ފެށުމުން ކޮންމެވެސް ވަރަކަށް ލަދުރަކިކަން ފިލަން ފެށިއެވެ. ” މިހިރީއެއްނު ދޯ މާ އަނގަގަދަ ސޮރެއް. އެއީ އީތަން. ” ހިނިގަނޑެއް ޖަހާލަމުން ކުޑަދޮރުތަކަށް ސްޕްރޭކުރަން ހުރި ކުއްޖަކު ބުނެލިއެވެ. މާ ވާހުގައިހުރި މާތައް […]