. ސާމިއުގެ ގެއާއިއަރާ ހަމަވީ އެގާރަ ޖަހަން އުޅެނިކޮށެވެ. ފުންނޭވާއެއްލާފައި ތިންމީހުންވެސް ގެއަށް ވަނީ ހުޅުވާފައިހުރި ކުޑަދޮރުންނެވެ. އެކުޑަދޮރު ހުޅުވީ ކާކުކަން ނޭނގުނު ނަމަވެސް ހުޅުވައިފައި ހުރުމުން ލިބުނު ފަސޭހަ ބޮޑެވެ. ” ބޭބޭ! .. ސާމިއު އޭތި ބާއްވާނީ ކޮންތާކު؟ ކަބަޑުގައިތަ؟ ..” މިހާދު ތަންތަން ހޯދަންފެށިއެވެ. ” އަހަރެން ހިތަށްއަރާ ކިހިނެތްބާއޭ ސާމީ އޭތި ފުރޭތަގެ އަތުގައި އަޅުވާނީ! ހީވަނީ މަޅިފަތި ޖަހާފައިހެން ބާއްވާނީ ..” އަލަމް އެތަން ބަލާލީލޮލުން ސްކޭނެއް ކުރަންއުޅޭ ފަދައިންނެވެ. […]
..” އަލަމް، ތަން ގުނޑޭ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. ކުޅި ބަލަން އިން ހަމްދީބޭ އަނެއްކާވެސް އަލަމްގެ ގާތުގައި ވީގޮތް ކިޔައިދޭން އެދުނެވެ. ” ސާބަހޭ .. އަހަރެން ދިއައީ ސާމިއުގެ ގެއަށޭ .. އެކަމަކު ކުރުކޮށް ދާންވެގެން ސާމިއުމެންގެ ގޭ ފުރަގަހުގައި ހުރި ފަޅު އިމާރާތުގެ ތެރެއަށް ވަނީ .. އެހެން އެއްވެސް އަޑެއް އެއިރަކު ނީވޭ .. އެކަމަކު ދެމީހަކު ވާހަކަ ދައްކާ އަޑު އިވިގެން އަހަރެން ބަލައިލިއިރު ބިޔަބިޔަ މީހެއް .. ކުރިއަކުން […]
* ޖިޔާން ދަތް ޕިލާ އަށް ބާރުކޮށްލިތަން އަހަރެންނަސް ފެނުނެވެ. އަދި އަތް މުއްކަވައިލުމަށްފަހު އަހަރެމެން ތިބި ބެންޗާއި ކައިރީގައި ހުރި ގަހެއް ކައިރިއަށް ހިނގައިގަތެވެ. އަހަރެންވެސް އޭނާޔާއި ދިމާލަށް ގޮތަކަށް މޫނު ހަދާލުމަށްފަހު އަދިވެސް މޫނު ނިވައިކޮށްގެން ހުރި ނަވްރީން ގާތުގައި އިށީނީމެވެ.* ****************************************** ‘ޔާހް.. ލެޓް މީ ޑާއުން..’ ޔޫލީންދެފައި ތަޅުވަމުން ހަޅޭއްލަައިގަތެވެ. ކައިލާޏް މިފަހަރުވެސް ހިނިގަނޑެއް ޖަހާލުމަށްފަހު އެހެން ދިމާލަކަށް މިސްރާބު ބަދަލު ކޮށްލިއެވެ. އެގޮތަށް އޭނާ ކޮޅުކޮޅަށް ދުވެ ދުވެފައި އޭނާ […]
ބިޔަ މީހަކު ވާހަކަ ދައްކަމުން ދިޔަ ހިނދު އަލަމް ފާރަކާއި ނިވާވެލީ އިތުރު އެއްޗެއް އަޑު އިވޭތޯއެވެ. އެއީ ކޮން އަސައެއް ހެއްޔެވެ؟. ކޮން ބާރުތަކެއް ހެއްޔެވެ؟. ބިޔަ މީހަކީ ކޮން ތަނަކުން އައި ކޮން މީހެއް ބާއެވެ؟ ސުވާލުތަކުން އަލަމްގެ ހިތަ ފުރެމުން ދިޔައިރު އައިސް ވަތް ހިޔާލަކުން އަލަމް ހިތަށް ބިރުވެރިކަން ވަދެގަތީ އެހެން އިހުސާސަކަށް ފުރުސަތު ދިނުމެއް ނެތިއެވެ. މިގަޑީގައި އެނޫން އެހެން ހިޔާލެއް ވަންނާކަށް ނުވިއޭ އަލަމްގެ ހިތަށް މަދު ސިކުންތުކޮޅެއްގެ […]
ަސް މިނެޓު .. ބެލިއިރު މަންމަ ޖެހިތާނގާ ލަކުނުވެސް ނެތް .. ދެން ދުވަމުން ގޮސް ކޮއްކޮ ގާތުގާ ސުވާލުކުރީމަ .. ޓައްޓަޓާސް!! މަންމަ ވެއްޖެޔޯ ޝިޔާމާއްތަމެން ގޭގަ .. ތިންގަޑިއިރު ވެއްޖެޔޯ .. އަދި މީގަ އެންމެ މޮޅުކަމަކީ މަންމަ އައިމަ ހަތިމް ހިފައިގެން މަންމަ ގާތަށް ދެވުނީ … މަންމަ ބިރެއްފެނުނު ފަދައިން ދުރަށް ދިޔައީ .. ހަމްދީބެއަށް އިގޭތަ މިވާ ގޮތްތައް؟؟؟ ..” މިހާދު މަޖަލުގައި ކިޔައިދީ ނިންމައިލިއެވެ. ހަމްދީބޭގެ މޫނުމަތިން ނުތަނަވަސްކަން […]
“ސަނާ އާއި ސާމިހުއާ ތިބިނަމަދޯ ގުރުޕް ބޮޑޫކޮއްލަން” މިއަދު ވެދިޔަ ކަންކަމުގެ މަތިން ހަދާން ނެތިފައިވާ ހާލު ތާނިމްއަށް ބުނެވުނެވެ.ވަގުތުން މުޅިތަނަށް ވެރިވެގަތީ ހަމަ ހިމޭން ކަމެވެ. ހުދާ އިންތަނުން ތެދުވެގެން ސިޑިން އަރައިގެން ދިޔުމުން ފަހަތުން ޔައިޝް ވެސް ދިޔައެވެ. ފިލްމެބުމުގެ އައިޑިޔަރު ޑޮރޮޕް ކޮއްލުމަށްފަހު ތާނިމް އާއި ހަމީދާ ވެސް ކޮޓަރިޔަށް ދިޔައެވެ. ތެދުވެގެން ދިޔަ ގޮތަށް ސަނާ ދިޔައީ ތެރެސް އަށެވެ.އެއީ އަބަދުވެސް ކަމަކާއި ހާސްވެ ބޯގޮވާ ވަގުތު ތަކުގައި ހުދާ އެންމެ […]
އެނދުމަތީގައި އިށީދެގެން އިން ތާނިމްގެ ހިތުގައި ދިޔައީ އެތައް ސުވާލުތަކެއް އެބުރެމުންނެވެ.ހަގީގަތުގައި ތާނިމް ހުރީ ހުދާ އެހުރިހާ އެއްޗެއް ސާމިހުއާއި ދިމާލަށް ކިޔުމުން އަންތަރީސްވެފައެވެ.ހަމަ އެހެންމެ އެވަގުތުގައި ކަން ހިގާދިޔަގޮތް އަކުރުން އަކުރަށް އަޑުއަހަން ތާނިމް ހުރި ކެއްމަދުވެފައެވެ.ތާނިމް ހިތަށް އަރަމުން ދިޔައެވެ.ދެން ހުދާ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟މިހަރު ސާމިހުވެސް އޭނަގެ ހިތް ހުދާގެ ކުރިމަތީގައި ހުޅުވައިފިއެވެ.ހަމަ އެހެންމެ ހުދާގެ ވާހަކަތަކުން ހުދާ ޔައިޝް ދެކެ ގަޔާ ވާހެން ވެސް ތާނިމްއަށް ހީވާން ފަށައިފިއެވެ.ކޮންމެއަކަސް މިހުރިހައި […]
އެއްދުވަހެވެ. އަހަރެން އިނީ ލިވިންގ ރޫމްގައެވެ. އެތަނުގައި އަހަރެން އިނީ ވާހަކަ ފޮތެއް ކިޔާލާށެވެ. ފޫހިވެފައި ވުމުގެ ސަބަބުން ކުރެވެނީ ހަމައެކަނި ވާހަކަ ކިޔުން ކަހަލަ ކަންކަމެވެ. ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ. ކަންނެތް ކަމާއިއެކު އަހަރެން ދޮރައި ދިމާލަށް ހިނގައިގަތީމެވެ. އެއީ ބޮޑު ދޮރެވެ. މަންމަ ފާހަނާއަށް ވަނުމަށްފަހު ދޮރު ނުހުޅުވާށޭ ބުނެފައި އޮތްވާ އެކަން ވެސް ހަނދާނުން ކައްސާލީއެވެ. ދޮރުމަތީގައި ހުރީ މާމަ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އެކަން އަހަންނަށް އެނގުނެވެ. ” […]
“އެންމެ ފަހުން މަންމަ އާއި ބައްޕަ ވެގެން ނޯޔާ ގައިގައި އަލިފާނ ޖެއްސީ ފައިސާގެ ދަހިވެތި ކަމުގައި އަހަރެންގެ ލޯ ކުރިމަތީގައި އެ މައުސޫމު އަންހެން ކުއްޖާ އަދަމުން ދިޔައީ އެދުވަހު އަހަރެން ގެއިން ނިކުމެެން ދިޔައީ” އީކަން ތާރާގެ މޫނައް ބަލާލިއިރު ތާރާގެ ހާލަތު މާގޯހެވެ. ރޮއެ ރޮއެ އެދެލޯ ވަނީ ރަތްވެފައެވެ. “ދެރަގޮތްވީ ނޯޔާ އަށް ތާރާކީއްވެ ތި ރޮނީ” ތާރާ ލޮލުން ފޭބި ކަރުނައް ފޮހެލަމުން އީކަން ބުނެލިއެވެ. އެކައްޗެކޭވެސް ބުނުމެއްނެތި ތާރާ […]