
ތިޔަ ލޯތްބަށް އެދެމޭ – 3
ނަމާދު ކޮށް ނިންމައިގެން އިލްޔާ ކޮޓަރިއަށް ދިޔައެވެ. އޭރު މަޔާން ސޯފާގައި އިށީނދެ އިނެވެ. މަޔާން އެ ކޮޓަރީގައި އޮންނާތީ އިލްޔާ އަށް ޖެހުނީ ބުރުގާ އަޅާއިގެން ނިދަންށެވެ” ދީބަ ބާލީހެއް.. ” މަޔާން އެދުނެވެ. އިލްޔާ ދެ ބާލިސް އެއްލުމުން މަޔާން ސޯފާގައި ޖައްސާލިއެވެ. ” ޔާން ބޭނުންތ.. ” ސުވާލެއް އަހަމުން މަޔާން އާއި ދިމާއަށް އެނބުރުން އިލްޔާ އަނގަ ބަންދުވީ މަޔާން ކުރި ކަމަކުންނެވެ.
**3 ވަނަ ޕާޓު**
” ޔާން.. ” އިލްޔާ ދެލޯ ބޮޑުކޮށްލާފައި އަހާލިއެވެ. މަޔާން ޓީޝާޓު ބާލައި އިލްޔާ އެނދުމައްޗަށް ފުންމައިލީއެވެ.” ކިހިނެއްވީ.. ” މަޔާން އެއް ލޯ މަރާލި އެވެ. އިލްޔާ އުނަގަނޑުގައި އަތް އަޅުވާލިއެވެ.” ކީއްކުރަން އިލޫ އެނދަށް އެރީ.. އިލޫ ހީކުރީ ޔާން ނިދާނީ ސޯފާގަ ކަމަށޭ؟! ” އިލްޔާ ތުން ދަމާލިއެވެ. މަޔާން ހިނިގަނޑެއް ޖަހާލާފައި އެނދުގައި ހަމަ ޖެހިލިއެވެ.” އިލޫ އަށް ސާބަސް.. ދެން މަ ނިދަންވީ ސޯފާގައިތަ؟؟ އޯކޭޔޭ.. މަ ނިދާ ފާނަމޭ ސޯފާގަ.. ” މަޔާން ދެރަވާކަމަށް ހެދުނެވެ.
” ތިތާ ނިދާބަލަ… އިލޫ ނިދާފާނަން ސޯފާގަ ވެސް.. ހުއް!!” އިލްޔާ މަޔާން ބުނި ރާގުގައި ބުންޏެވެ.” ނޫނޭ.. ކަމަނާ އާދޭ އެނދުގަ ނިދަން.. މަގޭ ކާއިރީގަ..!! ” މަޔާން ހިނިގަނޑު މަތަ ކުރަމުން ބުންޏެވެ. އިލްޔާ އަނގަ ހުޅުވާލާފައި މަޔާން އާއި ދިމަ ބަލާލިއެވެ. އެވަގުތު މަޔާން ދޮގެއް ނޫންކަން ސާބިތު ކޮށްދޭން ވެގެން ދެތިން ބާލީހެއް ބާލީހެއް އެ ދޭތެރެއަށް ލިއެވެ.” ސަހާދެއް!! މި ޔާން ވެސް.. ތި ދެން ކޮން ކަމެއް؟.. ” އިލްޔާ ބޯ ހޫރުވާލިއެވެ.
” ނުނިދަންޏާ ހުރޭ… ހަމަ މަ ބުނީމަ ދޯ ނާންނަން ތިހުރީ.. ” މަޔާން ރުޅި އަންނަކަމަށް ހެދުނެވެ. އެންމެ ފަހުން ގޮތް ދޫކޮށްފައި އިލްޔާ އެތާ އޮށޯތެވެ.” ކީއްކުރާކަށް މިކަހަލަ ކޫސަނި ކަންތައް ކުރަނީއެއް.. ” އިލްޔާ ބާލީހެއްގައި ބައްދާލަމުން ބުންޏެވެ.” ދެން ނިދޭތޯ ބަލާބަލަ.. ” މަޔާން ސަމާސާ ރާގަކަށް ބުންޏެވެ.” ޔާން ހިއެއް ނުވޭ ކުރިން ރުއި މީހެއްހެންނެއް.. އެކަމް އޭނަ އުފަލުގައި ހުރިތަން ފެނުނީމަ އޯކޭ.. އެ ހަނދާންތައް ޔާން ހިތުން ފުހެލަންވީ… އޭރުން އަބަދު ހިތާމަ ކުރާތަނެއް ނުފެންނަނެ.. މާދަމާ މަންމަ އާ ޑިސްކަސް ކޮށްލާންވީ.. “އިލްޔާ ހިތަށް އަރަމުން ދިޔައެވެ.
މަޔާން ލީޝާ މަތިން ކިތަންމެ ހަނދާން ވި ނަމަވެސް އެ ވަގުތު ކޮޅު ހަމަޖެހޭކަން ދައްކަން ވެގެން އިލްޔާ އަށް ޖެއްސުން ކޮށްލީއެވެ. މަޔާން ބޭނުންވަނީ ލީޝާގެ ހަނދާންތައް ހިތުން ފޮހެލަންށެވެ. ނަސީބަކުން މާ ގިނަ އިރު ނުވަނީސް މަޔާން އަށް ނިދުނެެވެ.
އިރުކޮޅެއް ފަހުން ދޮންނަން ވެފައި ހުރި އަންނައުނުތައް ބަލައި އައި ސަނާ އަށް ހުއްޓެވުނީ އެނދުގައި ދެމީހުން ނިދާފައި އޮތްތަން ފެނުމުންނެވެ. ސަނާ ހެމުން ބޯ ހޫރުވާލީ އެއީ މަޔާންގެ ކަމެއްކަން އިނގޭތީއެވެ. ވަގުތު ބޭކާރު ނުކޮށް ސަނާ ހެދުންތައް ހިފައިގެން ދިޔައީއެވެ. އިލްޔާ ހޭލުމުން ހެނދުނު ދިމާކޮށްލާނަމޭ ހިތައެވެ.
ހެނދުނު އިލްޔާ ތެދުވީ ހަތްގަޑި ބައިގައެވެ. ތެދުވެގެން ބުރުގާ ބޭލީ ފެންވަރަން ހިތުލައިގެންނެވެ. ނަމަވެސް މަޔާން ފެނުމާއެކު އަވަހަށް ބޮލަށް ބުރުގާ ވެއްދިއެވެ.” އޭއި!! ތެދުވޭ!! ” މަޔާން މޫނުގައި ތަަޅަމުން އިލްޔާ ގޮވަމުން ދިޔައެވެ.” ހްމްމްމްމް… ކިހިނެއްތަ ވީ!؟! ” މަޔާން ދެލޯ ހުޅުވާލަމުން ބުންޏެވެ.” އިލޫ ފެންވަރަންދެން ބޭރަށް ނިކުމޭ! ” އިލްޔާ ލޯ އަޅާލިއެވެ.” މަ އޮތަސް ފެންވަރާބަލަ.. މަ ނޫޅެމޭ ބަލާކަށް.. މަ ނިދަން.. ” މަޔާން ވެއްޓި ބަންޑުން ވެއްޓި ގަންނަމުން ވާހަކަ ދެއްކިއެވެ. އިލްޔާ އޯކޭ އޭ ބުނެ މަޔާން އަށް އިތުބާރު ކޮށްފައި ހެދުން ހިފައިގެން ފާހަނަށް ވަނެވެ.
އިލްޔާ ފެންވަރައިގެން ހެދުން ލައިގެން މަޔާން ކޮބައިތޯ ބަލާލިއެވެ. އޭރު ވެސް މަޔާން އެ އޮތް ގޮތަށް އޮތެވެ. އިލްޔާ އަލަމާރިން ބުރުގާއެއް ނަގައި އަވަހަށް އެޅިއެވެ. އަދި ފުންނޭވާއެއް ލުމަށް ފަހު އެނދު މައްޗަށް ކޮޅަށް އެރުމަށްފަހު މަޔާންއަށް އުނދަގޫވާ ވަރަށް ފުމެން ފެށިއެވެ.” އިލޫ ސާބަހޭ ” މަޔާން ކައްނެތް ކަމާއެކު ވާހަކަ ދެއްކިއެވެ. ” ” ” ތެދުވޭ ޕްލިޒް ޔާން.. ” އިލްޔާ މަޔާން ފައިގައި ހިފާފައި ދަމަމުން ބުންޏެވެ.
” މި ތެދުވީ.. ކަމެއް ކޮއްދީބަ.. މަގޭ ގެއަށް ގޮސް ގެނެބަ ޓީޝާޓަކާއި ޖިންސެއް..އެންޑް ތުވާލި ވެސް.. ” މަޔާން ތެދުވަމުން ބުންޏެވެ.” އޭނ؟! ޔާން!! އިލޫ އަކަށް ނުކެރޭނެ ދާކަށް.. ” އިލްޔާ ތުން އޫ ކޮށްލި އެވެ. އެންމެ ފަހުން މަޔާން ކުރުނުކޮށް ކިޔަން ފެށުމުން އިލްޔާ އަށް ޖެހުނީ އެގެއަށް ދާންށެވެ. މަޔާން ގައިގައި ބޮނޑިއެއް އަޅާފައި އިލްޔާ ކޮޓަރިން ނިކުތެވެ. އޭރު ސަނާ ބަދިގޭގައި އުޅޭ އަޑު އިވެއެވެ.
” އައްސަލާމް ޢަލައިކުމް.. ” އިލްޔާ ދެއަތް މޮޑެމުން ސަލާމް ގޮވާލި އެވެ. އެތެރެއިން ޒުވާން ފިރިހެނެއް ސަލާމް ބަލައިގަތެވެ.” އިލޫ ދޯ.. އާދޭ.. ރޭގަ ޔާން ގެއަށް ވެސް ނާދޭ.. ތިގޭގަތަ އުޅުނީ.. ” އެ މީހާ އިށީންނަން ތަން ދައްކަމުން ވާހަކަ ދެއްކިއެވެ.” އާނ.. ރޭގަ ޔާން މިގޭގަ އުޅުނީ.. ރާއިލްބޭ.. މީ ޒީނާއްތަ އެބަ އުޅޭތަ.. ؟؟ ” އިލްޔާ ތިރީ ތުންފަތުގައި ދަތް އަޅަމުން އަހާލިއެވެ.” ނޫން.. ހަމަ ދެންމެއަކު އެ ދިޔައީ ” ރާއިލް ހީލިއެވެ.
” ބުނެބަލަ ދޯ މަ ކައިރީ ވެސް ތި ބުނަން އުޅޭ ވާހަކަ އެއް.. ” ރާއިލް ޖެއްސުން ރާގަކަށް ބުންޏެވެ.” ޔާން ބުނީ ޔާންގެ ޓީޝާޓަކާ ޖިންސަކާ ތުވާއްޔާ ހިފައިން އަންނާށޯ.. ” އިލްޔާ އިސްޖަހާލަމުން ބުންޏެވެ. ރާއިލް ހޭން ފެށިއެވެ.” މާ ކުރީ އަނބިމީހާއަށް ވެއްޖެ ދޯ.. ” ރާއިލް ދިމާ ކޮށްލިއެވެ. ” ނޯ ވޭ.. އެކަހަލަ ގުޅުމެއް ނެތް.. ” އިލްޔާ ބޯ ހޫރުވާލިއެވެ.” އެންމެ ރަނގަޅު.. ދަގަ ރޫމަށް ގޮއްސަ ބޭނުންވާ އެއްޗެއް ނަގަން.. ” ރާއިލް ފޯނަށް މެސެޖެއް އައުމުން ފޯނަށް ނަޒަރެއް ދެމުން ބުންޏެވެ.
” ޔާން ވެސް ނުވާނެ ދޯ މަ ފިރިހެން ކުދިންގެ ކޮޓަރިއަކަށް ވައްދާކަށް.. ނުކެރޭނެ ހަމަ އެކެއްޗެއްގަ އަތްލާކަށް.. ޔާން!! އަދި އޮންނާނެ ކުޅި ދައްކާލުން.. ” އިލްޔާ ނުތަނަވަސްވި ނަމަވެސް ފަހު ޖުމްލަ ބުނެލީ ދެދަތް ފިއްތާ ބާރުކޮށްލަމުންނެވެ. އަދި ކުރިއަށް ފިޔަވަޅެއް އަޅާފައި ކައިރީގައި އެންމެ ކައިރީގައި ހުރި އަލަމާރި ދޮރުފަތް ހުޅުވާލިއެވެ.
” ހާދަ ގިނައިރެއް ވެއްޖެއޭ އިލޫ ދިޔަތާ.. ސަހަލު ކަމެއް ނުކުރާނެ.. ” ރާއިލް ނުލަފާ ރާގަކަށް ވާހަކަ ދެއްކިއެވެ.” އިލޫ؟؟ ސުއްބޫހުން!! ” ރާއިލް އަނގަ މަތީގައި އަތް އެޅިއެވެ.” އޭ ތި ޔާން އަލަމާރިއެއް ނޫނޭ.. ތީ މަގޭ އަލަމާރި.. ” ރާއިލް ހޭން ފެށިއެވެ.” ވަޓް؟؟ ” އިލްޔާ ނިޔަފަތީގައި ދަތް އަޅަމުން ދެލޯ ބޮޑު ކޮށްލިއެވެ.” މިދިޔަ ވީކްގަ އިލޫ އައި އިރު މިތާ ހުރީ ޔާންގެ އަލަމާރި..އައި އޭމް ކޮންފިޔުސްޑް ” އިލްޔާ ނިޔަފަތި ހަފާލިއެވެ.
” އިއްޔެ މަ މި ކޮޓަރި ޗޭންޖް ކޮށްލީ… ޔާން ނެތް ގެއަކު މަށަށް އެހީވާކަށް..އެހެންވެ މަ އެކަނި މިކަން ކޮށްލީ.. ” ރާއިލް ބޯ ހޫރާލިއެވެ. އިލްޔާ ދުލުގެ ކުރީގައި ދަތް އަޅާލިއެވެ.” ދެން ހެވޭ.. ރާއިލްބެ ނަގާފަ ދީބަލަ… ” އިލްޔާ އެނދުމަތީގައި އިށީންނަމުން އެދުނެވެ. ރާއިލް އެންމެ ރަނގަޅޭ ބުނެ މަޔާން އެއްޗެހި ނަގަން ފެށިއެވެ.
” ދަރިފުޅާ.. މަޔާން؟؟ ކޮބާ އިލޫ؟؟ ” ކޮޓަރިއަށް ވަދެފައި އިލްޔާ ފެންނަން ނެތުމުން ސަނާ އަހާލިއެވެ.” އަހަރެން ގެއަށް ގޮސް ވެއްޖެ އެއްޗެއް ބަލައި.. އޭނަ އަންނަންދެން މީނީ.. ” މަޔާން ހިނިތުން ވެލިއެވެ.” އެހެން ދޯ.. ސައިބޯން ނާންނާތީ އަހާލީ ހަމަ.. ” ސަނާ ނިކުންނަމުން ބުންޏެވެ. އެވަގުތު ރުޅި އައިސްފައި ހުރި އިލްޔާ ގެއަށް ވަދެގެން އައެވެ.” ދަރިފުޅާ ހާދަ ރުޅި އައިސްފަ؟.. ” ސަނާ އަހާލިއެވެ.
” އަންނާނެއްނު.. މި ޔާން މަށަށް ލަނޑު ދިނިމަ … ދިޔަ ގޮތަށް އިލޫ ޔާން ބޭބެގެ އަލަމާރި ވިއްޔަ ހުޅުވުނީ… ލަދުން ބޯ ގޮވާފި… ” އިލްޔާ ކުދި ކިޔައިގަތެވެ.” އިލޫ އަށް ހަމަ ނެނގެނީތަ މަގޭ އަލަމާރި ހުންނަތަން… ” މަޔާން ހެމުން ވާހަކަ ދެއްކިއެވެ.” ރާއިލްބެ ބުނީ އެތަން ޗޭންޖް ކޮށްފީމޯ.. އެހެންވެ އިލޫ އަށް ވެސް އޮޅުނީ… ” އިލްޔާ ކޮތަޅު އަތަށް ބާރު ކޮށްލަމުން މަޔާން އާއި ދިމާއަށް އެނބުރުނެވެ. ސަނާ ވެސް ހެމުން ކޮޓަރިން ނިކުތެވެ. މަޔާން ކައިރީގައި އޮތް ބާލިސް ނަގާ މޫނު ފޮރުވާލީ އިލްޔާ ކޮށްފާނެ ކަމަކާ މެދު ވިސްނަމުންނެވެ. އޭރު ވެސް މަޑު މަޑުން ހެވެމުން ދިޔައެވެ.
– ނުނިމޭ –
2 Comments!
Comments are closed.
Stry vrh entertaining waiting for next part ???
Tnnkssssss ❤????