ހުޒާމް އަކީ ކުޑަ އިރުން ފެށިގެން ވެސް އަންހެން ކުދީންނާ ދޯޅު މީހެކެވެ. އެއް ދުވަހު އެއްކުއްޖަކާ ރައްޓެހި ވެގެން އުޅޭ އަޑު އިވިއްޖެއްޔާ އަނެއް ދުވަހު އިވޭނީ އެހެން ކުއްޖަކާ ރައްޓެހިވެގެން އުޅޭ އަޑެވެ. މިޒާޖުގެ ގޮތުން ސިޔާސަ ނަމަ ވެސް ބަސް ވެސް އަހައެވެ. އެކަމަކު އޭނާ ފުރާވަރަށް އަޅަމުން އައި އިރު ގެއިން ނުކުމެގެން ދަނީ މައިންބަފައިންނަށް ވެސް އަންގާ ނުލައެވެ. އެކަމާ އޭނާގެ ދައްތަ މެންނާއި މަންމަ މެން ކިތަންމެ ހަޅޭކެއް […]
އިރުގެ ގަދަ ހޫނުން ދުނިޔެމަތި ފިއްސަމުން ދިޔައިރުވެސް މާލޭގެ މަގުތައް މަތީގައި ވަނީ އާދަޔާޚިލާފު ހަލަބޮލިކަމެކެވެ. ކޮންމެ މީހަކުވެސް އަވަސްވެ ގަންނަނީ އެމީހަކު ބޭނުންވާ މަންޒިލަށް ދިޔުމަށެވެ. އެ ހޫނުގަދަ ވަގުތުވެސް މަގުމަތީގައި ހިނގާލާފައި އައި ޝިމާން ގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ގިނަ މީހުންގެ ނަޒަރު ޝިމާންއަށް ހުއްޓިފައި ވީއިރު އެ ކަމުން އޭނާއަށް ވެސް އުނދަގޫވަމުން ދިޔައެވެ. ރީތި ހަށިގަނޑެއް ލިބިފައިވާއިރު ގަވައިދުން ކަސްރަތު ކުރާކަން ހާމަވެގެން ދެއެވެ. އާދަޔާޚިލާފު ދޮންކަމެއް ލިބިފައި ވާއިރު […]
” ޕޮއް” ކުރިމައްޗަށް ކުއްލިއަކަށް އައިލީން އައުމުން ލައިލާ ދިޔައީ ސިއްސައިގެންނެވެ. ” ދޭން. ލީން ސިއްސައިގެންނޭ ދިޔައީ.” ލައިލާ ތުން ހަދާލަމުން ބުނެލިއެވެ. ” އޭތް އެޔޮއް ގަޑި ޖެހެނީއޭ! އަށެއްގެ ފުރަތަމަ ދުވަހު ވެސް ގަޑި ޖެހިގެން ނޫނީ ނުދެވޭނެ މި މީހުންނަކަށް. ” ޔަނާލްގެ އަޑު އިވުމުން އައިލީން ގަޑި ބަލާލިއެވެ. ގަޑިން ހަތް ގަޑި ފަނަރަ ވެއްޖެއެވެ. ފުރަތަމަ ދުވަހު ގަޑި ޖެހޭކަށް އެކަކު ވެސް ބޭނުމެއް ނުވިއެވެ. ތިން މީހުން […]
ރިއާޝް – “އާދެ ދެތިން ދުވަސް ފަހުން އަނެއްކާވެސް އަޅުގަނޑު މެން މި ބައްދަލު ކޮށްލީ މަރީ ގަޟާ ޙާޖާއިން އަވަދި ވީމަ… އަނެއްކާ ވެސް އަޅުގަނޑު ދަންނަވަން އޮތީ ތިޔަ ރީތި ހަޑި ޗާލު މުޑުދާރު ސަޅި ފޭކު އިންސާނުންނަށް ޝޯވ އަށް މަރުޙަބާ އޭ… އާދެ ކޮޅުމަތި ދަށްކާ ގޮތުން އިރުމަތީ ފަރާތުން ވަރަށް ބޯ ވިލާގަނޑެއް ހަދަމުން އެބަ ދޭ… ހުރިހާ ބޭފުޅުން ވެސް ކުޑައާއި ވިއްސާރަ ކޯޓު ހިއްޕަވައިގެން ތިއްބެވުން […]
“ޑޫ ޔޫ ރިއަލީ ވޯންޓު ނޯ؟” ރައިޝާ ކައިރި އެހެން އަހާލުމަށްފަހު ނައިރާ ބަލައިލީ މާއިޝްއާ ދިމާލަށެވެ. މާއިޝްވެސް އެވަގުތު ނައިރާމެން ތިބި ދިމާލަށް ބަލަހައްޓައިގެން އިނީ ރައިޝާ ގާތު ނައިރާ ހުރިހާ ވާހަކައެއް ކިޔައިދީފާނެ ކަމުގެ ބިރު ހީވުމުންނެވެ. ނައިރާ އެހެން ރައިޝާއާ ވާހަކަ ދެއްކުމުން އެ އުޅެނީ ހުެިހާ ވާހަކައެއް ކިޔައިދޭންކަން މާއިޝްއަށް ނަގައިގަނެވުނެވެ. އެހެންކަމުން ދެލޯ ބޮޑުކޮށްލާ ދެފަރާތަށް ބޯ ހޫރުވާލުމުން އެ ބުނީ ރައިޝާ ގާތު ނުބުނާށޭކަން ނައިރާއަށް ނަގައިގަނެވުނެވެ. އެހެންނަމަވެސް، […]
“މަންމާ. އަޅުގަނޑު ތައްޔާރު ވެއްޖެން. ހިނގާ ދާން.” ތުގާ ރީތިވެ ނިމުމުން ކޮޓަރިން ނުކުތެވެ. އޭނާ ލައިގެން ހުރީ ކަކުލާއި ހަމައަށް އަރާވަރުގެ މިނާއޮށް ޖެހި، ބިސްކުލައިގެ ހެދުމަކާއި ކަޅު ކުލައިގެ ޖިންސެކެވެ. އޭނާގެ ދިގު އިސްތަށިގަނޑު ފޮރުވައިލެވިފައިވަނީ އަޅާފައި ހުރި މުށި ކުލައިގެ ޝޯލް އިނެވެ. މޫނު މަތީގައި މާބޮޑު މޭކަޕެއް ކޮށްފައެއްވެސް ނެތެވެ. ކުޑަ ފުށްކޮޅަކާއި ތުންފަތުގައި ހުރީ ކިފިޔާ ހިފާވަރަށް މަޑު މުށި ކުލައެއްގެ ލިޕުސްޓިކެއް ޖައްސާފައެވެ. އަތުގައި އަޅާފައި އޮތީ އޭނާ […]
ގެއަށް ވަދެގެން އައި އަކުރަމްގެ ނަޒަރު ހުއްޓުނީ ގޭތެރެ ކުނިކަހަން ހުރި އަންހެން ކުއްޖާއަށެވެ. އެކުއްޖާގެ މަޑު މުށިކުލައިގެ ދިގު ބުޅި އިސްތަށިގަނޑު ފެނުމުން އަނެއްކާވެސް އޭނާގެ ހަނދާނަށް އައީ އެއްކަލަ ކުއްޖާއެވެ. އޭނާގެ ހިތް އެކުއްޖެއްގެ މޫނު ދެކިލާ ހިތުން އެ އުޅެނީ ކީއްވެ ކަމެއް ވިސްނާ ވިސްނާ ވެސް އަކުރަމަކަށް ނޭނގުނެވެ. ހުއްޓުން އަރާފައި ހުރި ނާޔާގެ ނަސީބުވެސް ރަނގަޅީ ކަންނޭނގެއެވެ. އޭނާއަށް އިވުނީ ނޫރާ ގޮވާލި އަޑެވެ. “ނާޔާ! އާދެބަލަ މިރެއަށް މުގުރިހަ […]
އަލަމާރިން ފިނިފެން ފުޅިއެއް ނަގާ ގެން ޒިޔާންގެ ކޮޓްރިއަށް މިސްރާބު ޖެހި އެވެ. ޔާޝްގެ ނަސީބު ރަނގަޅު ކަމުން ކޮޓަރީގައި ދޮރު ހުރީ ތަޅު ނުލައެވެ. ޔާޝް ބަލާލި އިރު ގައި ޒިޔާން ވަރަށް އާރާމްކޮށް ނިދާފައި އޮތެވެ. ޔާޝް ވަރަށް މަޑުމަޑުން ގޮސް އެނދު ކައިރީ ހުއްޓިފައި އަތުގައި އޮތް ފެން ފުޅީގެ މަތު ނަގައި ޒިޔާން މޫނަށް އަޅާލިއެވެ. އެއާއެކު ޒިޔާން ފޫކޮޅުގައި ކައްޓެއް ޖަހިހެން ކޮއްޅަށް ޖެހުނެވެ.* ކުރިމަތީގައި ހެވިފަ ހުރި […]
ވަރަށް ފަޚުރުވެރި ވެލާފާ ނައިރާ ބުމައަރުވާލާފައި އަރިކަށީގައި އަތް ވިއްދާލީ ވަރަށް މޮޅު ކަމެއް ކުރެވިގެން އުޅޭ ފަދައަކުންނެވެ. އެތާނގާ އެހެން މީހަކު ބަލަން ހުރި ފަދައަކުން ނައިރާ ޙަރަކާތް ކުރަމުން ގެންދިޔައެވެ. ހިތާހިތުން ފާޑުފާޑިގެ ލަވަތައް ކިޔާ ނަގަމުން ދިޔަ އިރު ނައިރާ ހީވަނީ ދުނިޔޭގެ ފެންވަރުގެ ނޯބަލް ޕްރައިޒްއެއް ލިބިގެން އުފާފާޅު ކުރާހެންނެވެ. ނައިރާ ފާޑުފާޑުގެ ވައްތަރުތައް ޖައްސަމުން ދަނިކޮށް ކުއްލިއަކަށް މާއިޝް ފަހަތަށް ފަހަތަށް އެނބުރި ބަލައިލި ވަގުތު ނައިރާ ދިޔައީ އެއްލިގެންނެވެ. […]