Little note: Eemaa ge baby ge namaky Eemaan. And Thaaraa ge friend ge namaky ves Eemaan. So I decided to change the baby’s name to Eenam. ………………… “ކޮބާ؟ ބުނެބަލަ އަހަރެން ކުރި ޙަރާމް ކަމެއް. ވަރަށް އަޑުއަހާލާ ހިތްވެފައޭ މިހުރީ. ކިހާވަރަކަށް ވާހަކަ ހަދަން އެނގޭތޯ ވެސް ބަލައިލަން ބޭނުންވާނެނު؟” ކިޔާން އަނެއްކާވެސް ކުރީ މަލާމާތެވެ. “އެންމެ ރަނގަޅު. އެކަމަކު އަހަރެން މީ ކިޔާން […]
ރިއާޝް -” اسلم عليكم ورحمة الله وبركاته …. އާދެ… މިރޭގެ ޝޯވގެ ސްޓޭޑިއަމް ތަފާތު ހެން ތިޔަބޭފުޅުންނަށް ހީވެ ދާނެ… ހީފުޅު ތިޔަ ކުރެއްވީ ވެސް ރަނގަޅަށް… މިރޭ މި ސްޓޭޑިއަމް އިން ތިޔަ ފެނިވަޑައިގަންނަވަނީ އަންހެނުންނާއި ފިރިހެނުންގެ ހިތް ވެސް ކަތިލާފައިވާ މަޝްހޫރު ދޮން ހުއްތު އާރިފު ކިލެގެފާނު އޭނާގެ ޙަޔާތުގައިވެސް އަންނަ އެންމެ އުފާވެރި ރެއަށް ތައްޔާރު ވަމުން ދާ މަންޒަރު… އޭނާގެ ބޯ ސްޓައިލް ކުރުމަށް އަހުއްޓި އާއި […]
“ރާރާ.. ދޮންބެއަކަށް ނޭނގެ މި ވާހަކަ ބުނުމުން ރާރާގެ ރިއެކްޝަން އަންނާނެ ގޮތެއް.. ބަޓް އައި ހޭވް ޓު ޓެލް ޔޫ ބިފޯރ އިޓް ގެޓްސް ޓޫ ލޭޓް..” ރިއާޝް އަނެއްކާވެސް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ރައިޝާ އިނީ ކުޑަކޮށް ބިރުވެސް ގަނެފައެވެ. ރިއާޝް ބުނަން އެ އުޅެނީ އާދައިގެ ކުޑަކުޑަ ޖޯކެއް ނޫންކަން ރައިޝާއަށް ނަގައިގަނެވުނެވެ. “ރާރާ.. އައި.. އައި.. އައި އޭމް ލަވް ވިތް ނައިރާ……” ދެލޯ މަރާ ބާރުކޮށްލަމުން ވަރަށް ހިތްވަރުން ރައިޝާ […]
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ރަށުގެ އަތިރިމަތީ މީހުންތައް އެ ހިތްފަސޭހަ ކަމުން ހިތަށް ފިނިކަން ހޯދަން ޖޯލިފަތި ތަކުގައި ތިއްބެވެ. ކުޑަކުދީންތަށް ތަފާތު ކުޅިވަރު ކުޅުމުގައި މަސްއޫލުވެގެން އުޅުނެވެ. ޒުވާން ފުރާގެ އަންހެން ކުދީން ވެސް ގޮނޑުދޮށުގައި ފޮޓޯ ނަގަ ނަގައި ތިއްބެވެ. ރަށުގެ ޒިޔާރަތް މަގުގެ މެދެއްހާ ހިސާބުގައި ބޮޑު ގެއެއް ހުއްޓެވެ. ރީނދޫ ކުލައިން މުޅި ގެ ޖަރީ ކޮށްފައި ވުމުން ވައްތަރީ ކެންޕޭނަށް ތައްޔާރު ކޮށްފައި އޮތް ހެނެވެ. ރީނދޫ ކުލައިގެ […]
ނިދިފައި އޮތް ރައިޝާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ ނައިރާކަން އެނގުުން ފޯނު ނަގާ ކަންފަތުގައި ކަންފަތުގައި ޖަހާލިއެވެ. “ބްރޯ…… ހިނގާބަލަ ބީޗަށް ހިނގާލަން ދާން… ޕްލީޒްޒްޒް……” ރައިޝާއށް ފޯނު ކަންފަތުން ދުރަށް ޖައްސާލެވުނީ ނައިރާގ ެއަޑު ބާރުކަމުންނެވެ. “ހޫމްމްމް.. އޯކޭ.. ކޮންއިރަކުން؟” ރައިޝާ އަހާލީ ނިދި އަޑަކުންނެވެ. “ނިދަނީތަ؟ ކޮބާ.. މުސްކުޅިވީ މަށެއްނޫނެއްނު.. ހަހާ.. އޭ.. ބަރާބަރު ހަތަރުގަޑި ބަޔަށް އަހަރުން ގޭދޮށަށް.. މިހާރު ހަތަރެއް ޖެހީ.. އަވަސްކުރާތި..” ނައިރާ ހީވަނީ އިންޒާރެއް ދިންހެނެވެ. ރައިޝާގެ […]
މިއަދަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އަހަރެންވެސް އަހަރެންގެ ފުރަތަމަ ރޯދަ ހިފަން ހާރުކާން ތެދުވީމެވެ.ހާރުކައިގެން އަހަރެން ނަމާދު ކޮށްގެން ނިދަން ދިޔައީމެވެ. އަހަރެންގެ އުމުރުން 7 އަހަރެވެ. އަހަރެންގެ އާއިލާގައި ހުންނަނީ މަންމަ،ބައްޕަ އަދި އަހަރެންގެ އިތުރުން އަހަރެންގެ ދޮންބެ އެވެ. އަހަރެންނަށް ހެނދުނު ހޭލެވުނީ 11 ގަޑި ބައިވި ފަހުން ނެވެ. ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ކަމުން މިއަދު ސްކޫލްގެ ކިޔެވުމެއް ނޯވެއެވެ. އަހަރެން ނިދާ ހޭލައިގެން ދަތް އުނގުޅައިގެން ފެންވެރީމެވެ. އަދި […]
ސްކޫލާ ހަމައަށް ދެވުމުން ރިއާޝް ސައިކަލު މަޑުކޮށްލާފައި ޕޭމަންޓާ ދިމާއަށް ބަލައިލިއެވެ. އެވަގުތު ރުޅިއައިސް ރަތްވެފައި ހުރި ރައިޝާ ފެނުމުން ރިއާޝްއަށް ހިންދިރުވާލެވުނީ އިޚްތިޔާރަކާ ނުލައެވެ. މިއަދު އޭނަގެ ދުވަސް ދާނެއެވެ. “އައިމް ޑެޑް……” ރައިޝާ ކައިރިއަށް އަންނަން ފެށުމާއެކު މަޑުމަޑުން ރިއާޝްއަށް ބުނެވުނެވެ. ******************* “ދޮންބެ ގަނޑު… ކޮންތާކު ތެޅިތެޅިފަ ތިއައީ.. ހާދަ އިރެއް ވަންދެން ރައި މިތާނގަ ހުރެފީމޭ.. އަދި އެހާ ހޫނު ގަދަ.. ހަމަ ހުވާ މި ބުނީ ގެއަށް ދާ ގޮތަށް […]
“އޮހް ޝިޓް.” ގެއަށް އައިސް ވަތް ކައިލާން ފެނިފައި ތާރާ އަވަހަށް ފޯނު ކަނޑާލަމުން ޖީބަށް ލިއެވެ. “ކިހިނެއް ވީ؟” ތާރާ އަހާލިއެވެ. “އަހްމްމް.. އަމްމް.. ކަ.. ކަމެއް ނުވޭ.” ކައިލާން އެހެން ބުނި ނަމަވެސް މޫނުމަތިން ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުން ފެންނަން ހުއްޓެވެ. “ދޮންބޭ. ބުނެބަ ތާ ގާތު. ކިހިނެއް ވީ؟” ތާރާ އަނެއްކާވެސް އެހިއެވެ. ކައިލާން ތާރާގެ މޫނަށް ބަލައިލިއެވެ. “އައިމް ސޮރީ.” ކައިލާން މަޑުމަޑުން ބުނެލިއެވެ. “ވައި؟” ވާނުވާ ނޭނގިފައި ތާރާ ސުވާލު […]
ރިއާޝްގެ ޚިޔާލުތަކުގައި އިން ނައިރާއަށް ރައިޝާގެ އަޑު ނީވޭކަން ރޭކާލީ އިރުކޮޅެއް ފަހުންނެވެ. އޭރު ރައިޝާގެ ނަޒަރު ހުއްޓިފައިވަނީ ދެންމެ ކުލާހަށް ވަދެގެން އައި، ފިރިހެން ކުއްޖަކާ ދިމާލަށެވެ.ނައިރާއަށް މިކަން އެނގުމާއެކު މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ވަގުތުން ރައިޝާއާ ދިމާކޮށްލުމަށް ތައްޔާރުވެލިއެވެ. “އެހެމް އެހެމް.. މެޑަމޫ.. ހަމަ ރަނގަޅަށްވެސް ހިތް ކިޔައިފި ދޯ… ސާބަހޭ…” ނައިރާގެ އެ ލާނެތް އަޑު ޖެހުމާއެކު ރައިޝާއަށް ހަމަ ބިމަށް އާދެވުނު ފަދައެވެ. އަދި މި އިނދެވުނީ އެ ފިރިހެން […]