އެންމެ ފަހުން ކައިވެނީގެ ބޮޑު ދުވަސްވެސް އަތުވެއްޖެއެވެ. …•…•…•…•… ކައިވެނި ކުރެވޭ ހޯލަށް ވަނިއްޔާ ވަތް މީހަކު ތިބީ އާޝޯހުވެފައި ކަން ޔަގީނެވެ. ތަނުގެ ފުރިހަމަ ކަމުންނެވެ. މުޅިތަން ޑެކެރޭޓް ކުރެވިފައިވަނީ ނުލާއި، ކަޅާއި އަދި ހުދުންނެވެ. ވަރަށް ވެސް ފުރިހަމަ އެވެ. ފިނިފެންމާ ފިޔަތައް މުޅިތަނަށް އުކާފައި ވީއިރު މުޅި ސީލިންމަތީގައި ހުރީ އެކިކަހަލަ ދިއްލޭ ބޮކިފަތިތައް އަޅުވާފައެވެ. އަދި އެވަރުން ނިމުނީކީވެސް ނޫނެވެ. ކައިވެނީގެ އެ ޕާޓީ ބޭއްވިފައި އޮތީވެސް ‘މޫން ބްރީޒް’ […]
“މަންމާ. އަޅުގަނޑު ތައްޔާރު ވެއްޖެން. ހިނގާ ދާން.” ތުގާ ރީތިވެ ނިމުމުން ކޮޓަރިން ނުކުތެވެ. އޭނާ ލައިގެން ހުރީ ކަކުލާއި ހަމައަށް އަރާވަރުގެ މިނާއޮށް ޖެހި، ބިސްކުލައިގެ ހެދުމަކާއި ކަޅު ކުލައިގެ ޖިންސެކެވެ. އޭނާގެ ދިގު އިސްތަށިގަނޑު ފޮރުވައިލެވިފައިވަނީ އަޅާފައި ހުރި މުށި ކުލައިގެ ޝޯލް އިނެވެ. މޫނު މަތީގައި މާބޮޑު މޭކަޕެއް ކޮށްފައެއްވެސް ނެތެވެ. ކުޑަ ފުށްކޮޅަކާއި ތުންފަތުގައި ހުރީ ކިފިޔާ ހިފާވަރަށް މަޑު މުށި ކުލައެއްގެ ލިޕުސްޓިކެއް ޖައްސާފައެވެ. އަތުގައި އަޅާފައި އޮތީ އޭނާ […]
“ދަރިފުޅާ. މަންމަ ބޭނުން ދަރިފުޅު ގާތު ވާހަކައެއް ދައްކާލަން.” މުނީރާ އޭނާގެ ހަމައެކަނި ދަރިފުޅު ތުގާ ގާތު އިށީންނަމުން ބުނެލިއެވެ. “ކީކޭ މަންމާ؟ ކޮން ވާހަކައެއް؟” ތުގާ އަހާލިއެވެ. “ދަރިފުޅާ. ދަރިފުޅުގެ އުމުރުން މިހާރު 23 އަހަރު ވީ. ދަރިފުޅު އަދިވެސް ތި އިންނަނީ ހުސް ކޮން. ލައިތު މިހާރު އެއުޅެނީ ނިހާޔާ އާއި ރައްޓެހިވެގެން. މަންމަ ނޭދެން ދަރިފުޅު އޭނަގެ އިންތިޒާރުގައި މުޅި އުމުރު ހުސް ކުރާކަށް.” މުނީރާ ލޯތްބާއެކު ތުގާ އަށް ބުންޏެވެ. “އެކަމު […]