އަހުޝަމް -(ސްޓޫޑިއޯ ތެރެއަށް ވަންނަމުން)” ބޮޅު ޖެހި އަޒީޒާ ހާދަ ބޮޅު ގިނަ ހެދުމެއް ލައިގެން ” ރީޝާ -” ކޮބާ އަދި ކިރިޔާ ގަޟޯޙާޖާ އަކަށް ގޮސް އާދެވޭ ވަރު ތިވީ؟ ފާހާނަ ތަށި ވަށާ ޠަވާފް ކުރީތަ؟ ހޫންންން މަގޭ ހެދުމުގައި ބޮޅުގިނަ ވާހަކަ ދަށްކާނެ ކަމެއް ނެތް ގޮޅި ޖެހި ގިރިޓީ ” އަހުޝަމް -” ނޫނޭ ” ރީޝާ -” ކޮންތާކަށް ޙައްޖު ވާން ގޮއްސަ ތިޔައީ ” އަހުޝަމް […]
މެންދުރު އަތަށް އަޅާލުމާއެކު ކަޅު ބޯ ވިލާތަކުން ދުނިޔެމަތި އަނދިރި ކޮށްލާފިއެވެ. ހިނދެއް ހިނދަކަށް ވައިބާރު ވަމުން ދިޔައިރު ގަސްތައް މުލުން ލުހިގެން ދާނެހެން ހީވާ ފަހަރުވެސް މަދެއްނޫނެވެ. އިސާހިތަކު ވާރޭގެ ބޯ ތިކިތަކުން ބިންގަނޑު ތެންމާލާފިއެވެ. ކުޑައެއް ނަގައިގެން މިންނާ އާއި ރިލްހާ ފިހާރައަށް ދާން ނިކުތެވެ. ވެހޭ ބޯ ވާރޭތެރޭގައި ތަނެއް ދޮރެއް ސާފެއް ނުވެއެވެ. ކުޑަކޮށް ދުވަމުން ކަހަލަ ގޮތަކަށް ގޮސް ކައިރީގައި ހުރި ފިހާރައަށް މިންނާ އާއި ރިލްހާ ވަނެވެ. “ދަރިފުޅާ […]
ސައިބޮއެ ނިންމާލުމަށް ފަހު މައިޝާ އީމާ އާއިއެކު އީމާގެ ކޮޓަރިއަށް ވަނީ ނިހާލް މިސްކިތަށޭ ކިޔާފަ ބޭރަސް ނުކުތުމުންނެވެ. މައިޝާ އާއި އީމާ އެހާ ގިނަދުވަސް ކޮށްފަ ފެނުމުންވެސް ހީވަނީ ދުވާލަކު ދެފަހަރ ދިމާވެ އަބަދުވެސް އެކުގަ އުޅޭ ދެމިހުން ހެންނެވެ. މައިޝާ އާއި އީމާ ހަޔާތުގަ ހިނގާފަ ހުރި ކަންތައްތައް ހެން އެކަކު އަނެކަކާ ހިއްސާ ކޮށްލިއެވެ. ދެމީހުން މިހެން ވާހަކައިގައި ތިބެފައި މައިޝާ ކޮށްލި ސުވާލުން އީމާ ފެންކަޅިވެފައި އިސްޖަހާލިއެވެ. “ކިހިނެއްވީ… އީ… އޭ… […]
މާއިޝް އުޅުނު ގޮތުން ހީވަނީ ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ގޭތެރޭގައި ދުވެދުވެފައި އުޅޭހެންނެވެ. ކިތަންމެ މުއްސަންޖަސް އެކަމާ މެދު މާއިޝްގެ ހިތުގައި އެކަމާ މެދު އެއްވެސް ބޮޑާކަމެއް ނުވަތަ ކިބުރުވެރިކަމެއް ނުވާކަން ހަމައެކަނި މާއިޝްގެ ޢަމަލުތަކުންވެސް ދޭހަވެއެވެ. ބޭރުފުށުން ބަލާލާފައި މާއިޝް އަކީ ވަރަށް ފޮނި، ބޮޑާ މީހެކޭ މީހުން ބުންޏަސް މާއިޝްގެ ހިތުގައިވާ ޙަޤީގަތް ﷲ މޮޅަށް ދެނެވޮޑިގެން ވާކަން މާއިޝް އަބަދުވެސް ހަނދާން ބަހައްޓައެވެ. އެހެންމީހުންގެ ރުޅިވެރި ބަސްތަކުންނާއި، ޙަސަދައިން ރެކިގަންނަން މާއިޝް […]
ރޭގަނޑުގެ ހަމަހިމޭން ވަގުތު މެލޭޝިޔާގެ މަގުތައް ވަނީ ކުލަކުލައިގެ ބޮކިތަކުން ދިއްލާލާފައެވެ. މަގުމަތީގައި ކޮންމެވެސް ވަރަަކަށް މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ދުވަސްވަރަކީ ފިނި މޫސުމުގެ ދުވަސްވަރަށް ވުމާއިއެކު މާހައުލުގައި ވަނީ ފިނިކަން ހިފާލާފައެވެ. “ވޯޓަރ ކްރިސްޓަލް” ގޭގައި ވަނީ މަރުފަދަ ހިމޭންކަމެކެވެ. ގެއަށް ވަންނަތަނުން ފެންނަން ހުންނަ ގަރޑެން އިން ގޭގެ ރީތިކަން އިތުރުކުރުވައެވެ. އެތާގައި ވިނަ އިންދާފައި ހުރިއިރު ވަށައިގެން ބެންޗުތަައް އަތުރާލައިފައި ހުއްޓެވެ. ކައިރީގައި ހުރި އޮރެންޖު، އާފަލު، އަދި ސްޓޯބެރީ ގަސްތަކުން ތަނަށް […]
އަރައިގެން އައި އިރުގެ ރަން ދޯދިތަކަށް ބަލަން އަތިރިމަތީގައި އިން ރިޔާޝް އިނީ ޤުދުރަތީ ރީތި މަންޒަރުތަކަށް ގެއްލި ހުސްވެފައެވެ. ބަލާބެލުމަށް އޭނާ އިނީ ވަރަށް ފުން ޚިޔާލެއްގެ ތެރޭގައިހެން ހީވެއެވެ. ކަނޑުގެ ރީތި، އޮމާން ލޮނުގަނޑާ ދިމާލަށް ބަލަމުން ދިޔަ ރިޔާޝްގެ މޫނުމަތީގައި ވީ ދެނެގަންނަން އުނދަގޫ ކުލަވަރުތަކެކެވެ. އެއްބައިފަހަރު ހިނިތުންވެލާފާނެއެވެ. އަނެއްބައި ފަހަރު ވަރަށް ބޮޑު ކަމަކާ ދޭތެރޭ ވިސްނާހެންވެސް ހީވެދާނެއެވެ. މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަވަރުތަކުން އޭނާ އެ ވިސްނަނީ ވަރަށް ބޮޑު […]
*އެކަހަލަ ކަމަކަށް ހުޝިޔާރުވެ ހުރި އައިޒިކް ޔާޝްގެ އުނަގަނޑުގައި އޭނާގެ ދެ އަތް ވަށާ ލިއެވެ. ޔާޝްއަށް ބާރުގަދަ އަތަކުން އޭނާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރި ހެން ހީވުމުން މަޑު މަޑު މަޑުން އެއްލޯ ހުޅުވާ ބަލާލި އެވެ.* އައިޒިކް ހުރީ ޔާޝްގެ މޫނަށް ކަޅި ޖަހައި ނުލައި ބަލާށެވެ. ޔާޝް ލޯ ހުޅުވައި ބަލާއިރު ގައި އައިޒިކްގެ ތޫނު ނަޒަރު ޔާޝްއަށް ހުއްޓިފައި ހުރިކަން އެނގުމުން ވަގުތުން އިސް ދަށަށް ޖަހައިލިއެވެ. ޒިޔާން އަށް ދެމީހުން […]
ރިއާޝް – “އައްސަލާމު އަލައިކުމް ވެލްކަމް ޓު ކޮމެޑީ ލޭންޑް… މިރޭގެ ޝޯވ އާއި ގެން މި ބައްދަލު ކޮށްލީ އަޅުނގަޑު ތުއްތު މަނިކުބޭ އަދި…” ރަނާ – “އަޅުގަނޑު އައިމިނަބީ.. ވޫ ހޫ ކޮބާ ތަރުހީބު..” ރިއާޝް – “ވޫ ހޫ ސާބަހޭ އައިމިނާ ސާބަހޭ…. އައިމިނަބީ އެހެންމަ ކުޑަ ތަޢާރަފެއް ދެމާ މިއަދުގެ ޝޯވ އާ ބެހޭ ގޮތުން..” ރަނާ – “އާދެ އާދެ މިއަދުގެ ޝޯވ އަކީ ވަރަށް ވެސް ޚާއްސަ ޝޯވ […]
ރިއާޝް -” އޭ ޕޭޖަށް ކޮމެންޓެއް އައިއްސި… މަ މި ލިޔެލަނީ އަށެއްގަ އޭ ފަށާނީ ” ރީޝާ -(ރިއާޝް އެމީހުންގެ ސްޓޫޑިއޯ ތެރެއަށް ވަން ތަން ފެނިފައި) ” استغفر الله އަލްފާޟިލް އަލް އުސްތާޒް އަލް ޤާރީ އަލް ހާފިޒް ތުއްތު މަނިކުބޭ ވަޑައިންނަވައިފި… ޢައްސަލާމު ޢަލައިކުމް ވަޑައިން ވަޑައިން” ރިއާޝް -(ފޯނުގެ ކެމެރާ ރީޝާ އިން މޭޒާ ދިމާއަށް ސެޓު ކޮށްލަމުން މޭޒު ކައިރިއަށް ގޮސް ގޮނޑީގައި އިށީނދެ ) “ސަލާން ސަލާން… […]