
ވަރަށް ފަޚުރުވެރި ވެލާފާ ނައިރާ ބުމައަރުވާލާފައި އަރިކަށީގައި އަތް ވިއްދާލީ ވަރަށް މޮޅު ކަމެއް ކުރެވިގެން އުޅޭ ފަދައަކުންނެވެ. އެތާނގާ އެހެން މީހަކު ބަލަން ހުރި ފަދައަކުން ނައިރާ ޙަރަކާތް ކުރަމުން ގެންދިޔައެވެ. ހިތާހިތުން ފާޑުފާޑިގެ ލަވަތައް ކިޔާ ނަގަމުން ދިޔަ އިރު ނައިރާ ހީވަނީ ދުނިޔޭގެ ފެންވަރުގެ ނޯބަލް ޕްރައިޒްއެއް ލިބިގެން އުފާފާޅު ކުރާހެންނެވެ. ނައިރާ ފާޑުފާޑުގެ ވައްތަރުތައް ޖައްސަމުން ދަނިކޮށް ކުއްލިއަކަށް މާއިޝް ފަހަތަށް ފަހަތަށް އެނބުރި ބަލައިލި ވަގުތު ނައިރާ ދިޔައީ އެއްލިގެންނެވެ. ދެލޯ މުދުނަށް އަރާފައި ހުރި އިރު އަތްފައި ތުރުތުރު އަޅަމުން ދިޔައީ އޭނާ މާއިޝްއަށް ފާރަލީކަން ފަޅާއެރީއޭ ހިތަށް އަރާފައެވެ. އެއްޗެކޭ ބުނަން ނައިރާގެ ތުންފަތް ޙަރަކާތް ކޮށްލި ނަމަވެސް އަޑެއް ނުނުކުތެވެ. މާއިޝް ގޮނޑިން ތެދުވުމުން ނައިރާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. “އޯހ ޝިޓް..” އެވަގުތު ނައިރާގެ އަނގައިން ނުކުތީ ވައި އަޑެވެ.
***********************
ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް މާއިޝް ބަލައިލީ ފަރުވާކުޑަ ނަޒަރަކުންނެވެ. ދެޖީބަށް އަތްޖަހާލަމުން މާއިޝް އިތުރު ފިޔަވަޅެއް އެ ކުއްޖާއާ ދިމާއަށް އަޅާލިއެވެ. އެއީ ކޮން ކުއްޖެއްކަމާ، ކުއްޖާ މާއިޝްއަށް ފާރަލަނީ ކޮން ބޭނުމެއްގައިކަމާ، އަދި ކީއްކުރަން ކަންވެސް މާއިޝްއަށް އެނގެއެވެ. އެހެންކަމުން މިއަދު ހުރިހާ ވާހަކަތަކެއް ސާފުކޮށް، ހަގީގަތާ ކުރިމަތިލާން މާއިޝް ބޭނުމެވެ.
ނައިރާ ފަކީރުގެ ހާލަކީތޯއެވެ؟ މާއިޝް ކުރިޔަށް އެޅި ފިޔަވަޅާއެކު އެކުއްޖާފުޅު ދިޔައީ ބިރުންގޮސް ތުރުތުރު އަޅަމުންނެވެ. އެތައް ފަހަރަކު މާއިޝް އަށް ފާރަނުލެވުނު ނަމައޭވެސް ހިތަށް އެރިއެވެ. އެހެން މީހަކު ކުރާ ކަމަކަށް ފާރަލާ، ނުބެހޭ ކަންތަކާ ބެހެން އުޅެން ހަދައިގެން ނުކުތް ނަތީޖާ ހާދަ ފޮންޏޭ ލަވައެއްހެން ސިކުނޑިތެރޭގައި ކިޔަމުން ދިޔައެވެ. އެވަގުތު ހިތަށް އައިހާ އެއްޗެއް ގޮވެމުން ދިޔައީ ރައިޝާއާ ދިމާލަށެވެ. ރައިޝާވެސް މިހިރަ ފެންނަ ދެ ދަޅުލީ މާރިދު ދެކެ ލޯބިވާން ވެއްޖެ ވިއްޔާއެވެ. ދެން ރީތި ސިފައަކަށް ހުރީވެސް ކޮން ސިފައެއް ހެއްޔެވެ؟ މާ މޮޅު މީހެއްވެސް ނޫނިއްޔާއެވެ. ބަލާބެލުމަށް އިންސާނެއް ވައްތަރެއްވެސް ނުޖަހައެވެ. ޗާބޫކު ދީފައި ހުރި ބުދެކޭ ތަފާތެއް ނެތެވެ. މީހަކާ އަނގައިން ބުނެލަނީކީވެސް ނޫނެވެ.
އެ ހުރިހާ އެއްޗެއް މާއިޝްއާ ރައިޝާއާ ދިމާއަށް ގޮވަމުން ދިޔަ ނައިރާއަށް ހޭވެރިކަންވީ މާއިޝް ކަރުކެހިލުމުންނެވެ. ގަންނާ ކުރެއްވި ބިރުން ފިލަން ދާންވެސް އެފަކީރު ހިތަށް އެރިއެވެ. އެހެންނަމަވެސް ހަމަޖެހޭ ގޮތް ދައްކާލަމުން ނައިރާ މާއިޝްއާ ކުރިމަތިލީ ޅިޔަނު ކުރިމަތީގައި ފިނޑިވާން ބޭނުން ނުވާތީ ތޯއްޗެކެވެ.
“ކި.. ކި.. ކިހިނެއްވީ؟” އަޅައަޅައިގަންނަމުން ކަހަލަ ގޮތަކަށް ނައިރާ ބުނެލިއެވެ. “ލުކް.. އައި ޑޯންޓް ލައިކް ޓު ބީޓް އެރައުންޑް ދި ބުޝް.. ސޯ ލެޓް މީ ޖަސްޓް ގެޓް ސްޓްރެއިޓް ޓު ދި ޕޮއިންޓް..” އެއްވެސް އިހުސާސެއް ނެތް ފާޑަކަށް މާއިޝް ބުނެލިއެވެ. “ހޫނ.. އިނގިރޭސި ބޯކިބާ.. މާ މޮޅު މީހަކަށް ވެގެން އަދި އެބަ ފަރަންޖީ ބަހުން ވާހަކަ ދައްކައެއްނު.. ހިތުން މާ މޮޅު މީހަކީ ތޯއްޗެއް.. ގަސް ވަށާ އެނބުރެން ބޭނުން ނޫނިއްޔާ ގަސް ތެރެއަށް ވަދެ އޮންނަން ދޭބަލަ.. ހުއް.. މަށަށް ކީއް؟ މަ މާ މޮޅުވާނެ ކަލެއަށްވުރެ.. އެކަން ދައްކާލާނަމޭ.. ބޯކިބާގަނޑު” ހިތާ ހިތުން މާއިޝްއާ ދިމާލަށް ފަތިވަރު ގޮވަމުން ދިޔަ ނައިރާގެ ދުލުން އެންމެ ލަފްޒެއްވެސް ބޭރެއް ނުވިއެވެ.
“އޯކޭ.. ޓެލް މީ ފާސްޓް..” ނައިރާ ހަށަން ބަނދެލީ މާއިޝްއަށްވުރެ ވަކި ދެރަނުވާން ވެގެންނެވެ. “އޯކޭ..” ފުން ނޭވާއަކާއެކު މާއިޝް ތައްޔާރު ވެލިއެވެ. “ނައިރާ ދޯ؟ މަށަށް އިނގޭ ނައިރާއަށް ހުރިހާ ކަމެއްވެސް އިނގޭކަން..” މާއިޝް މިފަހަރުވެސް ބުނެލީ ފަރުވާކުޑަ ގޮތަކަށެވެ. އެއާއެކު ނައިރާގެ މޫނުމަތީގައި ކުރެހުނީ ތި ބުނި އެއްޗެއް ނޭނގުނޭ ބުނާ ފަދަ ކުލަވަރުތަކެކެވެ. “ވަޓް ޑޫ ޔޫ މީން؟ ކޮން ހުރިހާ އެއްޗެއް މަށަށް އެނގެނީ؟ ތިބުނި އެއްޗެއް އަދި ސާފެއް ނުވި..” ނައިރާ އަހާލީ މާއިޝް ބުނަން އެ އުޅޭ އެއްޗެއް އަޑުއެހުމުގެ ޝައުގުވެރިކަން އޮތް ވަރުންނެވެ. މާއިޝް އަނެއްކާވެސް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދެފަރާތަށް ބޯ ހޫރުވާލިއެވެ. މި އަންހެން ކުއްޖާގެ ސިކުނޑިއެއްވެސް ނުހުންނަނީ ބާވައޭ ހިތަށް އެރިއެވެ.
“މި ބުނަނީ ކީކޭކަން ނައިރާއަށް ހަމަ ރަނގަޅަށް އެނގޭނެ.. ދަ ތިންގް އިޒް…” މާއިޝް އަނެއްކާވެސް ފުން ނޭވާއެއް ދޫކޮށްލިއެވެ. މާއިޝް ކޮންމެ ޖުމުލައެއް ބުނުމުގެ ކުރިން ފުންކޮށް ނޭވާލާ ގޮތުން ނައިރާގެ ހުނުން މަތަކޮށްލެވެނީ ކިރިޔާއެވެ. ބިރު ގަނެފައި ހުުރި ނަމަވެސް، އެ އިހުސާސް ނުދައްކާވޭތޯ މާއިޝް މަސައްކަތް ކުރަމުން ދިޔަ ކަން ބަލައިލި ކޮންމެ މީހަކަށްވެސް ނަގައިގަނެވޭނެއެވެ. “މަށަށް އެނގޭ މަ ރައި ދެކެ ލޯބިވާކަން ނައިރާއަށް އެނގޭކަން.. މަށަށް އެނގޭ ރައިއަށް އެ ނޯޓްކޮޅު ދިނީ މަ ކަން ނައިރާއަށް އެނގޭކަން.. މަށަށް އެނގޭ މަ ކްލާސް ގަޑީގައި ސިއްރުން ރައިއާ ދިމާލަށް ބަލާތަން ފެނުނީ ހަމައެކަނި ނައިރާއަށް ކަންވެސް..” ޖެހިލުންވުމުގެ ކަންފުޅެއްވެސް މޫނުމަތިން ނުދައްކާ މާއިޝް ދިޔައީ ސީދާ މަޢުޟޫއަށެވެ. އެއާއެކު ނައިރާއަށް ލިބުނީ ސިހުމެކެވެ. މިއީ އަނެއްކާ ޖިންނިއެއް ނޫންބާވައޭ ހިތަށް އެރިއެވެ. އެހެންނޫންނަމަ މީހުންގެ ސިކުނޑީގައި އޮންނަ އެއްޗަކާ މީހުން ވިސްނާ އެއްޗެއް މާއިޝްއަކަށް ނޭނގުނީހެވެ. އެކަހަލަ ކޫސަނި ޚިޔާލުތަކެއްގައި ހުއްޓާ އަނެއްކާވެސް ހޭވެރިކަމެއްވީ މާއިޝް ނައިރާގެ މޫނުމަތީގައި އަތް ހޫރުވާލުމުންނެވެ. އެއާއެކު މީހާ ކޮޅަށް ޖެހުނެވެ. އަމިއްލަ މޮޔަކަމޭ ހިތަށް އަރާފައި މަޑުމަޑުން ނިތްކުރީގައި ޖަހާލެވުނެވެ.
“މި ބުނީ ދޮގެއްތަ؟” މާއިޝް އަނެއްކާވެސް ޖީބަށް އަތް ޖަހާލިއެވެ. “ނޫން.. މަށަށް އެނގޭ ހުރިހާ ކަމެއްވެސް..” ނައިރާ ދޮގު ހަދާކަށް ބޭނުމެއް ނުވިއެވެ. “ސޯ، އައި ވޯންޓް ޔޫ ޓު ހެލްޕް މީ..” މާއިޝް މި ފުރުސަތު ދުއްވާލާކަށް ބޭނުމެއް ނުވިއެވެ. ރައިޝާއާ ގާތްވެވެން އޮތް ހަމައެކަނި ގޮތަކީ މިއީއެވެ. ކޮންމެ ގޮތެއްވިޔަސް، ނައިރާގެ އެހީތެރިކަމާ ނުލާ ރައިޝާއާ އަނގައިން ބުނެލާކަށްވެސް މާއިޝްއަކަށް ފަސޭހައެއް ނުވާނެއެވެ. “ހެލްޕް ޔޫ؟ ފޯރ ވަޓް؟” ނައިރާ އަހާލީ ކުޑަކުއްޖަކު ހިސާބު ނަންބަރެއް ނޭނގިގެން ސުވާލެއް ކޮށްލާފަދަ ގޮތަކަށެވެ. އެއާއެކު މާއިޝް ދެފަރާތަށް ބޯ ހޫރުވާލީ މިއީ ހަމަ އަސްލުވެސް މޮޔައެކޭ ބުނާ ފަދައަކުންނެވެ. “ކޮން ކަމަކުހޭ؟ ތީ އަޅެފަހެ ބޮޑު މޮޔައެއްތަ؟ ކުޑަކުދިން ކުރާ ކަހަލަ ސުވާލު ދޯ މިހާރު ތި ކުރަނީ؟ އޮފްކޯރޒް ރައިއާ ގުޅުން ބަދަހި ކުރަން.. ރައިއަށް ކޮންފެސް ކުރަން.. އެންޑް އޮބްވިއަސްލީ، މަ ބޭނުންވާނެ ނައިރާގެ ހެލްޕް..” މާއިޝް ބުނެލިއެވެ. އެއާއެކު ނައިރާ ދެލޯ ހަނިކޮށްލިއެވެ.
“އެކްސްކިޔުޒް މީ؟ މޮޔައެކޭ؟ މަށާ ދިމާލަށްތަ ތި ބުނީ މޮޔައެކޭ؟ އޭ މިސްޓަރ.. ޔޫ ބެޓަރ ބީ ނައިސް ޓު މީ އިނގޭ.. އެހެންނޫނީ ފެންނާނީ ރައި ނުލިބިފަ އޮތް ތަން.. އައި ހޭވް ދި ޕަވަރ އިން މައި ހޭންޑްސް..” ނައިރާ ފޮނިވެލާފައި ބުމަ އަރުވާލިތަން ފެނި މާއިޝްއަށް ބޯ ހޫރުވާލެވުނެވެ. މިއީ ވާ ފިސާރި އަންހެން ކުއްޖެކޭ ހިތަށް އެރިއެވެ. ކޮންމެ ގޮތެއްވިޔަސް ރައިޝާގެ ލޯބި ބޭނުންވާނަމަ އޭނާ ޖެހޭނީ ނައިރާ ބުނާ ގޮތެއް ހަދާށެވެ. ރައިޝާ އޭނަޔާ ގަޔާވާކަންވެސް ނުވަތަ ނުވާކަންވެސް އެނގޭނީ ނައިރާގެ ފަރާތުންނެވެ. އެހެންނޫނަސް ނައިރާ ގަބޫލު ނުވިއްޔާ ރައިޝާއާ އެއްކޮށް އެކަހަލަ ގުޅުމެއް ކުރިޔަށް ނުގެންދެވޭނެކަންވެސް މާއިޝްއަށް އެނގެއެވެ. މި ޖެހުނީ އަނެއްކާ އަނެއް ހަ ކަންތަކޭ މާއިޝްގެ ހިތަށް އެރިއެވެ. “އޯކޭ.. މައްސަލައެއް ނެތް.. ނައު ޕްލީޒް އެގްރީ ޓު ހެލްޕް މީ..” މާއިޝް އަތް ދިއްކޮށްލީ ސަލާމް ކުރުމަށެވެ. ނައިރާ މާއިޝް ރުޅިއަރުވާލުމުގެ ގޮތުން އިރުކޮޅަކު ވިސްނާލަން ކަމަށް ހަދައިގެން އިނދެފައި ސަލާމް ކޮށްލިއެވެ. މާއިޝްވެސް ރައިޝާ ދެކެ ލޯބިވާ ކަން އެނގުމުން ނައިރާ ޢަމަލުން ނުދެއްކި ނަމަވެސް، އިނީ ވަރަށް އުފާވެފައެވެ.އެކުވެރިޔާއަށްޓަކައި އޭނާ އުފާވެފައި ހުރި މިންވަރު މިވަގުތު ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. އަވަހަށް ރައިޝާ ގާތު މި ވާހަކަ ބުނަންވީއޭ ހިތަށް އަރާފަވެސް އިހަށް ފަސްކޮށްލުމަށް ނިންމީ ދެމީހުން ކުޑަކޮށް ތަޅުވާލުމުގެ ބޭނުމުގައެވެ.
“ސޯ.. މަގޭ ފުރަތަމަ ސުވާލު.. ރައި މަ ދެކެ ލައިކް ވޭތަ؟ ނޫނީ ލައިކް ވާހެން ހީވޭތަ..؟ ނޫނީ ރައި ލައިކް ވަނީ އެހެން ކުއްޖެއް ދެކެތަ؟ ނޫނީ އެކަހަލަ އެއްވެސް ވާހަކައެއް ނައިރާ ކައިރި ދެއްކިތަ..؟” އެންމެ ފުރަތަމަވެސް މާއިޝް އޮއްސާލީ ސުވާލު ގޯންޏެކެވެ. އެއާއެކު ނައިރާ ކޮށިއަރާ ގޮތްވިއެވެ. “ހޯތް މިސްޓަރ.. ހާދަ އަވަހަކަށް މައުޟޫއަށް ފުންމާލީ..؟ މަށެއް ނޫޅެން ބުނާކަށް.. ކަލޭ އަމިއްލައަށް ހޯދާ ތި ހުރިހާ އެއްޗެއް.. މަށަށް ކިހިނެއްތަ އިނގެނީ..؟” ކަމަކަށްވެސް ހަދާނުލައި ނައިރާ ފެންފުޅި ނަގާފައި ބޯން ފެށީ އިތުރަށް މާއިޝް ރުޅިއަރުވާލުމަށެވެ. ރައިޝާ ކޮށްލައިގެން މި އުޅެނީ މަޖާ ކަމެކޭ ނައިރާގެ ހިތަށް އެރިއެވެ. މާއިޝްގެ ގާތަށް ރުޅިއައި ނަމަވެސް ކޮންޓްރޯލް ކޮށްލީ ބާރަށް އެއްޗެކޭ ބުނަން ބޭނުން ނުވާތީއެވެ. ނައިރާ ކައިރިން ހުރިހާ އެއްޗެއް އޮޅުންފިލުވަން މާއިޝް ބޭނުންވަނީ އިންތިހާއަށެވެ. އިތުރު ވާހަކަ ދައްކަން ބޭނުންވި ނަމަވެސް، ބްރޭކް ގަޑި ނިމެން ކައިރިވެފައި ވުމާއެކު މާއިޝްގެ ނަމްބަރުު ނައިރާ ދިނުމަށްފަހު އަނެއްކާވެސް ގޮނޑީގައި އިށީންއިރު ދެންމެ ކަމެއް ވީކަންވެސް މާއިޝްއަށް ނޭނގޭފަދަ އެވެ. އެއްވެސް އިހުސާސެއް އެ މޫނުމައްޗަކު ނެތެވެ. އެކަމާ ޚުދު ނައިރާވެސް ހައިރާންވިއެވެ. މިއީ ސައިންޓިސްޓަކު ހަދާފައި ހުރި ރޮބޮޓެއްބާވައޭވެސް ހިތަށް އެރިއެވެ.
ބްރޭކް ގަޑި ނިމުނީކަން އަންގައިދޭ ބެލް އަޅި ވަގުތު ކުދިންތައް ކްލާހަށް ވަދެގެން އައެވެ. ރައިޝާވެސް އައިސް ނައިރާ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލީ ދެންމެ ވެދިޔަ އެއްވެސް ކަމެއް ނޭނގޭ ހާލުގައެވެ. ރައިޝާ އައިސް އިށީނުމުން ނައިރާގެ ހިނިގަނޑު ފަޅައިގެން ދިޔައީ އިޚްތިޔާރަކާ ނުލައެވެ. ދެންމެ މާއިޝް ދެއްކި ހުރިހާ ވާހަކައެއް ކިޔައިދޭން ހިތަށް އެރިއެވެ. އެއްޗެކޭ ބުނަން ހުޅުވާލި އަނގަ ލައްޕާލަން ޖެހުނީ މާއިޝް ނައިރާއާ ދިމާލަށް ލޯ އަޅައިގެން އިން ތަން ފެނުމުންނެވެ. ދެންމެ ހިނގި އެއްވެސް ކަމެއް ރައިޝާއަށް ކިޔައިނުދޭން މާއިޝް އިންޒާރު ދީފަ އޮތް ކަން ހަނދާންވީ އަދި ކިރިޔާއެވެ. އެހެންކަމުން ވަގުތުން އަނގަ ލައްޕާލުމަށްފަހު ނައިރާ ހޭން ފެށީ އަނގަމަތީގައި އަތް އަޅާލަމުންނެވެ.
އެކަނި އިނދެ އަމިއްލައަށް ހެމުން ދިޔަ ނައިރާއަށް ރައިޝާ ބަލަހައްޓައިގެން އިނީ ފާޑަކަށެވެ. މިއަދު އަނެއްކާ ނައިރާ ޖިންނި މޮޔަވީ ނޫންބާވައެވެ؟ ދެން އެހެންނޫނީ އެހާ ފާޑަކަށް ނައިރާގެ އަމަލުތައް ހުރީ ކީއްވެބާއެވެ؟ އެވަގުތު ރައިޝާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. “އޯކޭ.. އިނަފް.. ނައީ.. ވަޓް އިޒް ރޯންގ ވިތް ޔޫ ޓުޑޭ؟ ފަރސްޓް، ޔޫ ރިފިޔުޒްޑް ޓު އީޓް.. ދެން ޔޫ ސެޓް އެލޯން އިން ދި ކްލާސް ޑިޔުރިންގ ބްރޭކް ޓައިމް.. އެންޑް ނައު ޔޫ އާރ ލާފިންގ އެޓް ޔުއަރސެލްފް ފޯރ ނޯ ރީޒަން.. ވަޓް ދަ ހެލް އިޒް ރޯންގ ވިތް ޔޫ ޓުޑޭ ނައީ؟؟” ރައިޝާ އެންމެ ފަހުން އަހާލީ ނީނދެވިގެންނެވެ. އެއާއެކު ނައިރާ ހުނުން ހުއްޓާލުމަށްފަހު ރައިޝާއާ ދިމާލަށް ބަލައިލިއެވެ.
“ޑޫ ޔޫ ރިއަލީ ވޯންޓު ނޯ..؟” ރައިޝާ ކައިރި އެހެން އަހާލުމަށްފަހު ނައިރާ ބަލައިލީ މާއިޝްއާ ދިމާލަށެވެ. މާއިޝްވެސް އެވަގުތު ނައިރާމެން ތިބި ދިމާލަށް ބަލަހައްޓައިގެން އިނީ ރައިޝާ ގާތު ނައިރާ ހުރިހާ ވާހަކައެއް ބުނެފާނެ ކަމުގެ ބިރު ހީވުމުންނެވެ. ނައިރާ އެހެން ރައިޝާއާ ވާހަކަ ދެއްކުމުން އެ އުޅެނީ ހުރިހާ ވާހަކައެއް ކިޔައިދޭންކަން މާއިޝްއަށް ނަގައިގަނެވުނެވެ. އެހެންކަމުން ދެލޯ ބޮޑުކޮށްލާ ދެފަރާތަށް ބޯ ހޫރުވާލުމުން އެ ބުނީ ރައިޝާ ގާތު ނުބުނާށޭކަން ނައިރާއަށް ނަގައިގަނެވުނެވެ. އެހެންނަމަވެސް ނައިރާ މައާފްކުރާށޭ ބުނާފަދަ ގޮތަކަށް މޫނު ހަދާލުމަށްފަހު އަނެއްކާވެސް ރައިޝާއާ ކުރިމަތިލިއެވެ. “ނައި ކީއްވެތަ މާ ވަރަކަށް ރައިގެ ފަހަތަށް ދެންމެ ތި ބެލީ..؟ ދެންވެސް އަވަހަށް ބުނެބަ..” ނައިރާ މާ ވަރަކަށް ރައިޝާގެ ފުރަގަހުން ފަހަތަށް ބަލާކަން ފާހަގަ ކުރެވުމުން ރައިޝާ އަހާލިއެވެ. ނައިރާ ފުންނޭވާއެއް ދޫކޮށްލިއެވެ. “އޯކޭ.. މި ވީ ގޮތަކީ…” އެހާ ހިސާބަށް ބުނެލުމަށްފަހު ނައިރާ ހުއްޓާލިއެވެ. ރައިޝާ އިނީ ނައިރާ ދެން ބުނާނެ އެއްޗަކާ މެދު ވަރަށް ޝައުގުވެރި ވެފައެވެ. އަނެއްކޮޅުން މާއިޝް އިނީ ނައިރާ ރައިޝާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދީފާނެތީ ބިރުން ވިރެން ގާތްވެފައެވެ.
ނުނިމޭ…
14 Comments!
Comments are closed.
salaam dear readers.. here is the 8th part.. hope u all will love it.. nd i’m really sorry for making u all wait.. nd next prt insha allah miah vure dhiguvaane…
stay home
stay safe
take care
lyssssmmm my dear readers…
Varah reethi mi part vex nayaa… Btw kudakoh ehen part takah vura kuru… Btw its ok…. Inshu hama ehkani mi bayah comment kuriyas gavaaidhun mi story kiyan… Den balaanan konme part akah comment kuravaa tho… Aslhu vex hurihaa baeh vex varah reethi mashaa allah… Keep it up… Stay safe… Tc… Iove you too nayaa
?????k????????????????????????????????????
?????k????????????????????????????????????
?????k????????????????????????????????????
?????k????????????????????????????????????
Hahahhahahahahahahahhwhahahahahahhahahahahahhahahahahahahahhahahahahhahahahahahhaaaaaa
I don’t know what to say…. Hama heee hee halaaku ????thithiba dhe moyainneh… Maaish.. Hahahahahaaa Haadha findi eyy????Koya aharun Rashu claahuga vx kurin ulheyne thikahala half India golaeh… Hahaha mibunii eyna bit setu kuran ulhey vaahaka eh noon… Hama ehaa madun innaanee… Klw Dhen Cover ga eini jaish akee kaaku thr.. Naira beybe thr… Koba thr Magey bitu… Esoru genes vahttaala bala… Bye bye taa taa fookolhuga rihssaathee mi ulhenii ??????dhanee ey Dhen baamu kolheh haakaalan vehjje
Ss
SH
TC
Lyssmmmmmmmm
Myssssssmmmmm
in reply to crazy idiot…
tyssm dearr… ehentha? ekam hama gaimuvx kuree part ah vure dhigu vaane… mii 1073 words ah vure dhigu part eh.. anyways next prt miahvure dhiguvaane insha allah.. midhuvaskolhu quran mubaaraau othiima vrh buxy.. ehenve kurukoh mi othii… yess cmmnt kohfiyya naa vrh ufaa vaane… awwwnn tysssm darl.. it really means alot ingey… u too ss nd tc…
lymmmm
sorry 1073 eh noon 1173 words
in reply to my most beloved reesh…
hahahahahaha hama ehaa majaa thr brww?? mashah vhk h vure manje ge cmmnt vx maa majaa… hahaha lol..
aanekey klwww maaish soru findi eyy dhww… hahaha keekkuraanii dhww.. mihaaruge firihenunge vahtharu.. dhen ingeynu liyam vx ulhunii evahtharakannu dhw 😉 hahahaha…
heheh jaish adhi annaanii thankolheh fahunney brww… adhi rai doctor kan vx kiyavaa nimuniima annaanii… kei kohlaa…
manjeyy hama jehibala… dhonbe gennaanmey vrh avahah… ok ennu dhw.. ekam dhonbe anna part kudakoh emotional vaane ingey brw… adhi keh kohlaa…
brww ma vx mi ulheny thi haalegga… dhen nukaanan ehaa kulhikosheh… kulhkoh keiima annanii hus mirus… keeh kuraanii brww… dhen mirus thah faibaigen dhaa irah dhila nagaanu dhw… ma vaa salaan…
eyy btw lailac dhiifitha manje ah magey mail? ma mendhuruga fonuvaifin.. adhivx habareh nuvey…
same
sameee
sameeeeeeeeeee
lymmmmmmmmmmmmm
mymmmmmmmmmmmmmmm reesh lwbikolhuuuuu
Noonekey koyaaaaa E manje ge habareh nuvey adhi… Stry akah vx Comment eh naadheynu… Neynge v gotheh vx… Manjey scl mail in hangouts use kurevey thr
school mail in hanout use kureveynii school tab ga hangout app alhaafa iniyyaa… ekam nayaa ge mail ah ehen devis akun vx reesh ah invitation fonuvidhaane.. but reesh ah reesh ge school mail in hangout use kureveynii hama ekani school tab in ekani
spoiler alert ………………………………………
Hellloo naayuu
Vrh sali Mi part vxxx ❤️❤️
Masha Allah keep it up ❤️❤️
Hahhahaha Mi nairaa haadha majaley??? Huvaa Ril iny hee hee halaaku vefaa hahah?????????
Ohhh so enmen fahun Mi inguny thaa dhw e Love letter ge verifaraai ❤️❤️❤️❤️. Hhahahaha????❤️❤️❤️❤️
Aleyyyy I am also happy for raiiiii.❤️❤️❤️
Wait nairaa buneenebaa eyy so curious ❤️❤️
Btw waiting for the next part ❤️❤️
Luv uuuu so much❤️❤️
Stay safe❤️❤️ and take care ❤️❤️
hiii rilthaaa…
thank uuuuu sooo much sisooo
insha allah willl keep it up
hehe yess majaa dhw vrh… kurinvx buniimennu nayaa liyaa ehchehi majaa vaaneyey dhw…
hehe yess enme fahun ingijje dhw eii kaaku liyefa kan.. nasiibennu aarifu lhiyanu a nuvikan dhw 😉 hhahah lol…
dhen hingaa dhw balamaa
lymmmmmmmm
same to u sisoooo
Hahahahahah ? haadha majaley dhw dhen avahah genesdheebala aneh part keyy Madhu veggey va vahah genesdhehchey love you nayooo Kokky ???????and miss you so much nayooooo Kokky ????????♥️
in reply to winkel…
let’s see…
In reply to princess…
hehehe majaa dhw… aneh prt dhen genesdheveynehen hiivanii next week ge fahun knneynge… bcz next week ga social test. H&E test, and science test vx onnaane kan ingeyne kanneynge kudahtha ah… so, i’m very sorry… mymmmm