
ގެއަށް ވަދެގެން އައި އަކުރަމްގެ ނަޒަރު ހުއްޓުނީ ގޭތެރެ ކުނިކަހަން ހުރި އަންހެން ކުއްޖާއަށެވެ. އެކުއްޖާގެ މަޑު މުށިކުލައިގެ ދިގު ބުޅި އިސްތަށިގަނޑު ފެނުމުން އަނެއްކާވެސް އޭނާގެ ހަނދާނަށް އައީ އެއްކަލަ ކުއްޖާއެވެ. އޭނާގެ ހިތް އެކުއްޖެއްގެ މޫނު ދެކިލާ ހިތުން އެ އުޅެނީ ކީއްވެ ކަމެއް ވިސްނާ ވިސްނާ ވެސް އަކުރަމަކަށް ނޭނގުނެވެ.
ހުއްޓުން އަރާފައި ހުރި ނާޔާގެ ނަސީބުވެސް ރަނގަޅީ ކަންނޭނގެއެވެ. އޭނާއަށް އިވުނީ ނޫރާ ގޮވާލި އަޑެވެ. “ނާޔާ! އާދެބަލަ މިރެއަށް މުގުރިހަ ކައްކަން!” “ލައްބަ ދައްތާ! މިދަނީ.” އެހެން ބުނަމުން ނާޔާ އަވަސްއަވަހަށް އެތަނުން ދިޔައެވެ.
އަކުރަމަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެއީ ހަމަ އެ އަންހެން ކުއްޖާއެވެ. މޫނު ނުފެނުނަސް އެއީ ހަމަ އެ އަޑެވެ. އެ މިއުޒިކެއް ފަދަ ޖާދުވީ އަޑެވެ. ހިޔާލުގައި ހުރެ އަކުރަމް ކޮޓަރިއަށް ވަނީ ނާޔާގެ ނަން އޭނާގެ ހިތުގައި ފަވާލަމުންނެވެ. އަދި އެ ކުއްޖާގެ މޫނު ދެކުމަށް އަޒުމު ކަނޑައަޅައިގެނެވެ.
…………………….
އަނެއްދުވަހު ހެނދުނު ހެނދުނާ ހޭލައިގެން ނާޔާ އަވަދިނެތި އުޅުނީ ކައްކާށެވެ. އެއީ ހުކުރު ދުވަސް ކަމުން ހެނދުނަށް ކުޅި މަހާއި ރޮށި ތައްޔާރު ކުރުމަށް ފަހު މެންދުރަށް ކުކުޅު ރިހައާއި ބިރިޔާނީ ކައްކަން އުޅުނީ ހިންދެމިނުލައެވެ.
“ނާޔާ. ދޭބަލަ އަކުރަމަށް ގޮވަން. އެސޮރު ރޭގަ ބުނި މ ގާތު އޭނަ ޖެހޭ ވާހަކަ ހެނދުނާ ތަނަކަށް ދާން. ދޭބަލަ ގޮވާލަން.” ނޫރާ ބަދިގެއަށް ބޯ ދިއްކޮށްލަމުން ބުންޏެވެ. ނާޔާ ކައްކަން ހުރި ރިހަ ތެލީގެ ގިނި މަޑުކޮށްލަމުން ބަދިގެއިން ނުކުމެ އަކުރަމްގެ ކޮޓަރި ދޮށަށް ދިޔައެވެ. އޭރު އޭނާގެ މޫނުމަތީގައި ހިނިތުންވުމެއް ވީ އަކުރަމްގެ ނަން އެނގުނީމައި ކަމަށް ވެސް ވެދާނެއެވެ.
ނާޔާ ކޮޓަރީގައި ޓަކި ޖަހާލިއިރު ހުުރީ ކުޑަކޮށް ލަދުގެންފައެވެ. އެތެރެއިން އަޑެއް ބަޑެއް ނީވުމުން އަނެއްކާވެސް ޓަކި ޖަހާލިއެވެ. އޭނާ ހީކޮށްގެން ހުރީ ހޭލާ ހުރިނަމަ އަކުރަމް އެހެން ބުނާނެ ކަމަށެވެ. ނަމަވެސް ސިއްސައިގެން ދިޔައީ އަކުރަމް ދޮރު ހުޅުވައި ބޯ ދިއްކޮށްލުމުންނެވެ. ލިބުނު ސިހުމުގައި ނާޔާގެ ފައި އޮޅި މިިހާ ވެއްޓެން ދިޔައެވެ. ނަމަވެސް ހުޝިޔާރު ކަމާއެކު އަކުރަމް އޭނާގެ އުނަގަނޑުގައި ހިފެހެއްޓިއެވެ.
” ބީ ކެއަރފުލް.” އެހެން ބުނެލަމުން އަކުރަމް އެކުއްޖާގެ މޫނަށް ބަލައިލިއެވެ. އޭނާގެ ނޭވާ ވެސް ތާށިވި ކަހަލައެވެ. އޭނާއަށް ފެންނަމުން ދިޔަ މޫނަކީ އޭނާއަށް ކުޑަކޮށް ވެސް އާ މޫނެއް ނޫނެވެ. އެތައް ގޮތަކުން ދެކެ ފަރިތަ މޫނެކެވެ. އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ މޫނެކެވެ.
ނާޔާ އަށް ވެސް އަކުރަމްގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭނާގެ މުޅި އުމުރުގައި ވެސް ފެނިފައިވާ އެންމެ ހިތްގައިމު މޫނުގެ ވެރިއަކީ ހަމަ އަކުރަމެވެ. ފިރިހެންވަންތަ ކަމުގެ މިސާލއެކެވެ. އަދި ނާޔާއަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އަކުރަމްގެ މަޑުމުށި ކުލައިގެ ކަޅިއެވެ. ހަމައެކަނި އެ ކަޅިން ވެސް ޝާހީ ގޮތެއް ހުއްޓެވެ.
“ތާރާ؟” ހައިރާންވެފައި ހުރެ އަކުރަމް އަހާލިއެވެ.
އަކުރަމް ބުނި އަޑު އިވިފައި ނާޔާގެ މުޅި ހަށިގަނޑު ފިނިވި ކަހަލައެވެ. އަނެއްކާ އަކުރަމަށް އޭނާގެ ސިއްރު އެނގެނީ ބާވައެވެ؟
“ކި.. ކީކޭ؟” ނާޔާއަށް ގަދަކަމުން ކަހަލަ ގޮތަކަށް އަހާލެވުނެވެ.
އަކުރަމަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. އެއީ އޭނާގެ ހިތުގައިވާ ތާރާގެ އަޑެއް ނޫނެވެ. މޫނުމަތިން އެއްވައްތަރަސް މިއީ އޭނާގެ ތާރާއެއް ނޫނެވެ. މިއީ އިއްޔެ އާއި މިއަދު އޭނާ އެ ކުއްޖެއްގެ މޫނު ނުފެނިގެން އުޅުން ކުއްޖާއެވެ. ކޮންފަދަ އިއްތިފާގެއް ހެއްޔެވެ؟
“ސޮރީ. އައި ތޯޓް ޔޫ ވާ އެ ފްރެންޑް އޮފް މައިން. ޔޫ ލުކް ލައިކް ތާރާ.” އަކުރަމް ޔާނާ ނަގާދެމުން ބުނެލިއެވެ. ނާޔާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ވެރިވި ސުވަލަކުން އަނެއްކާވެސް އޭނާއަށް އުނދަގޫ ކޮށްލިއެވެ. “އޮހް. އަމްމްމް… ވެއާ އިޒް ޔުއާ ފްރެންޑް ނައު؟”
“މާލޭގަ ވީ. ކިޔަވަން ގޮސް. ވާހަކަ ނުދައްކާތާ މިހާރު 6 ވަރަކަށް އިޔާޒް ވާނެ ކަންނެ.” އަކުރަމްގެ އަޑުގައި މާޔޫސް ކަމެއް އެކުލެވިފައި ވިއެވެ.
“އޮހް. އަމްމްމް… އައި ޝުޑް ގޯ.” ހިނިތުންވެލަމުން ނާޔާ ދަން އެނބުރެލިއެވެ. “ނާޔާ ދޯ ކިޔަނީ؟” އަކުރަމް ގޮވާލިއެވެ. ނާޔާ އެނބުރި ބަލައިލިއެވެ. “ޔެސް. ނާޔާ ކިޔަނީ.” އަދި މީހަކަށް ފެނުމުގެ ކުރިން ކޮޓަރިއަށް ގޮސް ވަނެވެ.
ދޮރު ލައްޕަލުމަށް ފަހު ދޮރުގައި ލެނގިލަމުން ނާޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ޙަޤީޤަތް ފަޅާނާރާކަން އެނގުމުން އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ. އޭނާގެ ބޮޑު ސިއްރު ފަޅާ އަރައިފިނަމަ ވާނޭގޮތް ހިތަށް އެރުމުން ވެސް ބޮލުގައި ރިއްސާލައެވެ.
އޭނާއާއި ވައްތަރު އޭނާއަށް އެނގޭ ހުންނަނީ އެންމެ މީހެކެވެ. އެއީ އޭނާގެ ލޯބިވާ އެއްމާބަނޑު ދައްތަ ސާރާ އެކަންޏެވެ. އެހެންކަމުން އަކުރަމް އެ ދެއްކީ އެހެން ތާރާއެއްގެ ވާހަކައެވެ. އޭނާގެ ސިއްރު ރައްކާތެރިކަމާއިއެކު އަދި އެބައޮތެވެ. މާތްﷲ އިރާދަ ކުރެއްވިއްޔާ އޭނާގެ ދައްތަ އާއި ބައްދަލު ވަންދެން އެ ސިއްރު ސިއްރެއްގެ ގޮތުގައި އޮންނާނެއެވެ.
………………….
=•=•=•=•=•=•=•=•=
ހެނދުނު ހޭލައިގެން ތާރާ އާއި ކައިލާން އަދި ސަނަމް ދިޔައީ ދިއްލީގެއަށެވެ. އެއީ އުސްރާމެންގެ އެދުމުގެ މަތިންނެވެ. އޭރު ޔުކްތާ އާއި އުސްރާ ބަދިގޭގައި އުޅެއެވެ. އީކަން ވެސްމެއެވެ. އެހެންކަމުން ތާރާ އާއި ސަނަމް ވެސް އެމީހުނަށް އެހީވެދިނެވެ. ތާރާ އަލިފާނާއި ގާތްވެ ކައްކަން އުޅޭ މަންޒަރު ފެނުމުން އެމީހުން ޙައިރާންވީ ނަމަވެސް އެއްޗެކޭ ނުބުނެއެވެ.
އެންމެން އެއްކޮށް ސައިބޮއެގެން ތާރާ، ޔުކްތާ އަދި އީކަން ދިޔައީ ޖައިލަމް މެން ގެއަށެވެ. އޭރު އެގޭ އެންމެން ވެސް ހޭލާ އުޅެއެވެ. “ގުޑް މޯނިން، ތާ.” ސަމާ ތާރާއަށް ގޮވާލިއެވެ. ތާރާ ވެސް ހިނިތުންވުމެއް ރައްދުކޮށްލަމުން “މޯނިން، ސަމް” އޭ ބުނެލިއެވެ.
އެ ގްރޫޕް އެންމެންގެ ތެރޭގައި އެކުވެރިކަން އާލާވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ތާރާ ވެސް ކުރިން ހެން ވާހަކަ ދައްކައި މަޖާ ކުރަން ފެށިއެވެ. ސަނަމް ވެސް ފޯރީގައި ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް ކައިލާން އިނީ ތަންކޮޅެއް މަޑުޖެހިފައެވެ. ނަމަވެސް ދޭތެރެއަކުން އެއްޗެއް ބުނެލާ ހަދައެވެ.
“ސޯ… ކޮން އިރަކު އެންމެން މެރީ ކުރީ؟” ތާރާ އެއްމިޔަކަނުން ހީލަމުން އަހާލިއެވެ. “އަމްމް… 2 އިޔާޒް ވެއްޖެ މިހާރު އަހަރެމެންނަށް.” ޖައިލަމް ސަމާގެ އަތުގައި ހިފަލަމުން މަޢުނަވީ ހިނިތުންވުމެއް ދިނެވެ. ސަމާ ވެސް ހީލިއެވެ. ނަމަވެސް އޭނާގެ ކޯތާފަތް އޭރު ރަތްވެއްޖެއެވެ. އެ ކުޑަކުޑަ އަމަލުން ވެސް ދެމީހުން އެކަކު އަނެކަކު ދެކެ ވާ ސާފު ލޯބި ހާމަވިއެވެ. “ޔުކްމެން މިހާރު 1 އިޔާ ވީ.” ޔުކްތާ އީކަންގެ ކޮނޑުގައި ބޯ އަޅާލިއެވެ. “ސަމް އެން ޖައި އަހަރެމެނަށް ވުރެ މާ ކުރީގައޭ އުޅެނީ!” އީކަން ލާނެތް ހިނިގަނޑެއް ޖަހާލަމުން ޔުކްތާގެ އުނަގަނޑުގައި އަތްވަށާލިއެވެ. ވަގުތުން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“ކައެ ދޯ ދެން!” ޖައިލަމް ސޯފާއިން ކުޝަންއެއް ނަގައި އީކަން އާއި ދިމާއަށް އެއްލިއެވެ. އީކަން އެ ކުޝަން ހިފިއެވެ. “އަނ. ހަމަ މަ. ކީއްކުރެވޭނީ؟” އީކަން ހިނިއައިސްފައި އަހާލިއެވެ. “ކައެ މައްސަލައޭ އެއީ ޔުކް ގާތު އަހަން ނުކެރިގެން 2 އަހަރު ހުރުން. އެހެން ނޫންނަމަ ކައެ މެނޭ އެންމެ ކުރިން ކައިވެނި ކުރާނީ.” ޖައިލަމް ހިނިގަނޑެއް ޖަހާލިއެވެ. އީކަން މޫނު ކުނިކޮށްލަމުން ޖައިލަމާއި ދިމާއަށް ކުޝަން އެއްލިއެވެ. ނުވިސްނާ ހުރުމުން ކުޝަން އައިސް ޖެހުނީ ޖައިލަމްގެ މޫނުމަތީގައެވެ.
“އަދިވެސް ހީވަނީ ކުޑަކުދިންތަކެއް ހެން.” ކައިލާން ދެފަރާތަށް ބޯ ހޫރާލަމުން ބުނެލިއެވެ. “ހޭ! ކައި. ޔޫ ވިލް އޯލްސޯ ލާފް އިފް ޔޫ ސޯ ދެމް! އީކް އެންމެ ފަހުން ޔުކް ކާރީ އަހަން ވެގެން އެއްފައި މައްޗަށް ތިރިވެފަ އަނގަ ހުޅުވާލި ގޮތަށް އަނގައިން އެއްޗެއް ބޭރު ނުވި. އެންމެފަހުން ޔުކް ހޭން ފަށާފަ އޭނަ އެހީ އީކަން ގާތު އިންނަން! އެންމެން ހުރީ ހީހީ ހަލާކު ވެފަ.” ސަމާ ހެމުން ބުނެލިއެވެ. އެއާއެކު އަނެއްކާވެސް އެންމެން ހޭންފެށިއެވެ.
“އިޓް ވޯޒް ސްޓިލް ވޯތު އިޓް، ދޯ ޔުކް.” އީކަން ޔުކްތާއަށް ބަލާލަމުން ބުންޏެވެ. “އިޓް ވޯޒް.” ޔުކްތާ ވެސް ބުނެލިއެވެ.
“ސޯ ކިއުޓް. އައި ތިންކް އައިމް ގޮނާ ކްރައި.” ސަނަމް ހީލިއެވެ.
“އައި ފީލް ލައިކް އެ ޕްރައުޑް މަމް.” ތާރާ ވެސް ލޮލުން ކަރުނަ ފުހޭ ކަމަށް އެކްޓް ކޮށްލިއެވެ. “އެއްކަލަ ޑްރާމާ ކުއީން!” ޔުކްތާ ތާރާ އާއި ދިމާއަށް ގޮވާލިއެވެ. “އެއްކަލަ ބިޗް!” ތާރާ ޔުކްތާއަށް ގޮވާލިއެވެ. “ބަޓް ޔޫ އާ މައި ބިޗް.” ތާރާ އިތުރު ކޮށްލިއެވެ. “އެން ޔޫ އާ މައި ޑްރާމާ ކުއީން.” ޔުކްތާ ތާރާ ގައިގައި ބައްދާލިއެވެ. ތާރާގެ ލޮލަށް ކަރުނަ އެއްވިއެވެ. ނަމަވެސް އެ ކަރުނަތައް ފުހެލަމުން ޔުކްތާގެ ގައިގައި ބައްދާލިއެވެ.
“ޝީ އިޒް މައި ބޭބީ ސިސް!” އީކަން އައިސް ޔުކްތާ އަތުން ތާރާ އަތްލިއެވެ. އަދި ތާރާ ގައިގައި ބައްދާލިއެވެ. “އޭއި! ތާ އިޒް މައި ބެސްޓީ! އެން އޯލްސޯ މައި ކޮއްކި، މައި ކަޒިން. އަތް ނުލާ!” ޔުކްތާ ތާރާގެ އަނެއް އަތުގައި ހިފައި ދަމައިގަތެވެ. “އޯއެ. ޝީ އިޒް މައި ބެސްޓީ، ކޮއްކި އެން ކަޒިން ޓޫ! ވީ އަރ މޯ ކްލޯޒާ!” އީކަން ތާރާގެ އަނެއް އަތުގައި ހިފައި ދަމައިގަތެވެ. “އައިމް އޯލްސޯ ހާ ފަހަރި. ނައު ލެޓް ގޯ އޮފް ހާ!” ޔުކްތާ އީކަން އާއި ދިމާއަށް ވައްތަރު ޖައްސާލިއެވެ.
“ތާ އިޒް މައި ކޮއްކޮ. ނައު ލެޓް ގޯ، ޔޫ 2 ޑަމްބް ޝިޓްސް!” ކައިލާން އައިސް ތާރާ އެމީހުންގެ ކިބައިން ސަލާމަތް ކުރިއެވެ. “އެއްކަލަ ކައި ދޮންބެ. ވަރަށް ފޫހި މީހާގަނޑެއް.” ޔުކްތާ ތާރާގާތު ސޯފާގައި އިށީންނަމުން މޫނު މައްޗަށް ގޮތެއް ހަދާލިއެވެ. “ޔޫ ސްޓިލް ލަވް މީ.” ކައިލާން އެއްމިޔަކަނުން ހީލިއެވެ. “ސޭޑްލީ އައި ޑޫ! ސޭޑްލީ!” ޔުކްތާ ހަޅޭއްލަވައިގަތެވެ.
ތާރާ ހެމުން ގަނޑި ބަލައިލިއެވެ. “ޕްޝް. އިންނު އޮބެން މެސެޖް ކޮށްފަ ކޮން ލޮކޭޝަން އެއް ހޯ. އަދި ކިރިޔާ މި ފެނުނީ.”
“ދޮންބެއަށް ވެސް މެސެޖް ކުރި. ދޮންބެ ބުނެފި މިގެ ހުރިތަން ބުނީމަ ބުނީ އެލޯވެރާ ގޮވައިގެނޯ މި އަންނަނީ.” ކައިލާން ބުނެލިއެވެ.
“އެލޯވެރާ؟! ވަޓް ދި ފް* ޑޫޑް؟” ޖައިލަމް ދެލޯ ބޮޑުކޮށްލާފައި އެއްސެވެ. “ލެންގުއޭޖް ޖައިލަމްމްމްމް!” ސަމާ ހަޅޭއްލަވައިގަތެވެ. “ސޮރީ.” ޖައިލަމް ބޯ ކަހާލިއެވެ.
“އެލޯވެރާ އިޒް ކައިގެ ޖާން.” ސަނަމް ހެމުން ބުންޏެވެ. “އާނ. އޭލޯވޭރާ އާ ނުލާ ކައިއަށް ނުވެސް އުޅެވޭނެ ދުނިޔެއަކު!” ތާރާ އެލޯވެރާއަށް ދަމާލަމުން ހީލިއެވެ. “ތެދެކޭ. އެހާ ވަރަށް ލޯބި ވާނެ އެލޯވެރާ ދެކެ. ހަމަ ކިސް އެއް ދޭހާ…”
“އޭއީ މިހިރަ މޮޔަޔާ!” ގޭދޮރު ހުޅުވާލާފައި ވަދެގެން އައި ވީރާ ހަޅޭއްލަވައިގަތެވެ. ފަހަތުން ވަތް އީމާން ހުރީ ހީހީގޮސް ހަލަކުވާ ވަރުވެފައެވެ. އޭރު ކައިލާންގެ ދެކަންފަތުން ދުން އަރައެވެ.
“އެހެރަ ފުރޭތަގަނޑު މަށަށް ތިކިޔާ ކިސް އެއް ދީފިއްޔާ ހުންނާތި. ކުޅި ސަމާސާ ދައްކާލާނަން. މަގޭ ހައި ހީލްސްގަ އިން ކަށި އޭތި ލޮލަށް ހަރާލާނަން.” ވީރާ އެހެން ބުނި އިރު މޫނުމަތި ހުރީ ރަތްވެފައެވެ. “އޯކޭ! ވީ! އަންގާލައްޗޭ ދޮންބެ ލޮލަށް ހައި ހީލްސްގެ ކަށި ހެރުމުގެ ކުރިން ޕޮޕްކޯން ހިފައިގެން އައިސް އިންނާނަން ޝޯވް ބަލަން.” ތާރާ ވީރާއަށް ގޮވާލިއެވެ.
“އޯހްހޮހޮހޯ. އިނގިއްޖެ. އިނގިއްޖެ. އިނގިއްޖެ. މި ވެގެން އުޅޭގޮތް މަށަށް ރަނގަޅަށް ވެސް އިނގިއްޖެ. ލޯބީގެ ފެށުން ދޯ. އޯވް މޭން! ސޯ ތޮމޭންޓިކް!” ޔުކްތާ ހިނިގަނޑެއް ޖަހާލިއެވެ. “ހާރްހް. އެ އިފުރީތު އިޒް ދި ލާސްޓް ޕާސަން މި ވީރާ މުޙައްމަދު ލޯބި ވާނެ. ހުހް.” ވީރާ ތާރާ ކައިރީގައި އިށީނެވެ. “އެން ތި އެލޯވެރާ ތީ މި ކައިލާން ރައްޔާން އެންމެފަހުން ލޯބި ވަނެ މީހާ. ފަހުން ކީއް؟ ދުނިޔޭން އަންހެނުން ހުސްވިޔަސް، ތީ ހަމައެކަނި ހުރި އަންހެންމީހާ ވިޔަސް، މަ ބަލައިވެސް ނުލާނަން.” ކައިލާން ވީރާ އާއި ދިމާއަށް ބަލައިލިއެވެ.
“ހަހް. މިހާރުވެސް ތިހިރީ ބަލަހައްޓައިގެން.” ވީރާ ދޫ ނެރެލިއެވެ. “ނުބަލާނަމޭ ދެނެއް.” ކައިލާން ދުރަށް ބަލައިލިއެވެ. “މަށެއް ނުބުނަމޭ ބަލާށެކޭވެސް.” ވީރާ ވެސް ދުރަށް ބަލައިލިއެވެ.
“އަދިވެސް ކައި ބުނާނީ އަހަރެމެންނޭ ހީވަނީ ކުޑަކުދިންހެން. ބައިލަ ކައެމެން ދެމީހުން. ހީވަނީ ދެ އަހަރު ނުފުރޭ ބޭބީސްތަކެއްހެން.” ޖައިލަމް މަލާމާތް ކުރިއެވެ. “ލޯބިވެރިން. ނޮޓް ބޭބީސް.” ސަމާ އެއްމިޔަކަނުން ހީލިއެވެ. ދެން ފެނިގެން ދިޔައީ ކައިލާން އެއްލި ކުޝަން ބާލީސް ސަމާގެ މޫނުމަތީގައި ޖެހުނު މަންޒަރެވެ.
“އޮހް ނޯ. ޔޫ ޑިޑްންޓް.” ސަމާ ކައިލާނަށް ބަލައިލިއެވެ. “އައި ޑިޑް. ވަޗާ ގޮނާ ޑޫ އެބައުޓް އިޓް؟” ކައިލާން ބުމަ އަރުވާލިއެވެ.
“އައި ޑެކްލެއަރ ވޯރ!” ޔުކްތާ އާއި ތާރާ އެއްފަހަރާ ހަޅޭއްލަވައިގަތެވެ. “ޕިއްލޯ ފައިޓް!” ސަނަމް ވެސް ހަޅޭއްލަވައިގަތެވެ. “ގާރލްސް ވާސަސް ބޯއިސް!” ޖައިލަމް ހަޅޭއްލަވައިގަތުމާއިއެކު އެންމެން ބާލީސްތައް ނަގައި ތައްޔާރު ވެލިއެވެ.
“1…
2..
3! ސްޓާޓްޓްޓް!” ކައިލާން ވީރާގެ ބޮލުގައި ބާލީހުން ތަޅައިގަތެވެ.
……………………
“އައިމް ޓަޔަޑް.” ތާރާ ބުނެލިއެވެ. “ޓެލް މީ އެބައުޓް އިޓް.” ޔުކްތާ.
“މައި ބެކް ހާޓްސް.” ސަނަމް.
“އަސްލުވެސް.” ސަމާ.
“އައި ތިންކް އައިމް ގޮނާ ޑައި.” ވީރާ.
“މަގޭ ލޮލަށް ބާލީސް ކުނޑި ވަދެއްޖެ.” ކައިލާން.
“މަ ބަނޑުހައި.” އީކަން.
“އައި ސޭ ރައުންޑް 2 އޮފް ޕިލޯ ފައިޓް!” ޖައިލަމް.
“ބުރޯ!” އީމާން.
އެންމެން ވަރުބަލި ވެގެން ބިންމަތީގައި އޮށޯތެވެ. ގޭގެ ބޮޑު ދޮރު ހުޅުވުނީ އެވަގުތެވެ. އެންމެން އެއްކޮށް ބޯ އުފުލާލައި އައި މީހާއަށް ބަލައިލިއެވެ. އެމީހެއްގެ މޫނު ފެނުމާއިއެކު އެންމެންގެ ނޭވާ ތާށިވި ކަހަލައެވެ
……………..
❤️
ޝައީ
3 Comments!
Comments are closed.
I don’t like the story……. I LOVE YOUR STORIES ?????❤️?????when is the next part ? ? ? good luck with the next part ? ? stay safe dear
Wow Maashallah sisoo
Alhey hama kurin buni gothahshey e vanee..thaaraa and saaraa olhunee..aslu thaaraa akee saaraa ey dhw..ehn veema saaraa vx mareh nuvey dhw..naayaa akee aslu thaaraa..v v curious..
Curiously waiting for nxt part
Tc
Lyyysssmm
Myyysssmmm
Maa beykaru vaahaka ginaee