
ދެފުށްކެހެރި ލޯބި
ހުޒާމް އަކީ ކުޑަ އިރުން ފެށިގެން ވެސް އަންހެން ކުދީންނާ ދޯޅު މީހެކެވެ. އެއް ދުވަހު އެއްކުއްޖަކާ ރައްޓެހި ވެގެން އުޅޭ އަޑު އިވިއްޖެއްޔާ އަނެއް ދުވަހު އިވޭނީ އެހެން ކުއްޖަކާ ރައްޓެހިވެގެން އުޅޭ އަޑެވެ. މިޒާޖުގެ ގޮތުން ސިޔާސަ ނަމަ ވެސް ބަސް ވެސް އަހައެވެ. އެކަމަކު އޭނާ ފުރާވަރަށް އަޅަމުން އައި އިރު ގެއިން ނުކުމެގެން ދަނީ މައިންބަފައިންނަށް ވެސް އަންގާ ނުލައެވެ. އެކަމާ އޭނާގެ ދައްތަ މެންނާއި މަންމަ މެން ކިތަންމެ ހަޅޭކެއް ލައި ނަސޭހަތް ދިނަސް އޭނާގެ ހުވާހެއް ނެތެވެ. އޭނާގެ ޢާއިލާ ޖެހެނީ ބަސް ނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އަރާށެވެ. ކޮންމެ އަކަސް ގްރޭޑް އަށަކަށް އޭނާ މާލެއަށް ކިޔަވަން ފޮނުވާލިއެވެ. އޭނާ ހުރީ އޭނާގެ ދެވަނަ ދައްތަގެ ގޭގައެވެ.
އެންމެ މަތީ ފެންވަރުގެ ސަނަދު ތަށް ޙާސިލް ނުކުރެވުނަސް މެދު މިންވަރެއްގައި ހުޒާމް ދިޔައީ އޭނާގެ ނަތީޖާ ދަމަހައްޓަމުންނެވެ. އަހަރުތަށް މާޒީ އާއި އެކުވެ ހުޒާމްގެ އޯލެވެލް އިމްތިޙާން ތަކުގެ އަހަރު ފެށުނެވެ. މަދްރަސަތުލް އަޙްމަދިއްޔާގެ ގަދަ ދިހައެއް ގައި އެ އަހަރު ހިމެނުމަށް ޢާއިލާ އަށް ހުޒާމް ވަޢުދު ވީ ނަމަވެސް އޭނާ ގިނަ ވަގުތު ހުސްކުރަމުން ދިޔައީ ފޯނަށެވެ. ތިން ހަތަރު ގަޑިއިރު ވަންދެން އެ ސޮރު ކޯލެއްގައި އޮންނަ ކަމަށް އެސޮރުގެ ދައްތަ އަށް ފާހަގަ ވާން ފެށިއެވެ. އެކަން ބޮޑުވެގެން ދިޔައީ ހުޒާމް ދައްތަ ހީވެސް ނުކުރާ ވަރަށެވެ. އެކަމާ ހުޒާމްގެ ބޭބެއާއި ބޭބެގެ އަންހެނުން އަދި އޭނާގެ ދެތިން ދައްތައެއް ހަވާލު ވިއެވެ. އެމީހުންގެ ހޯދުން ތަކުން ފެނުނީ އެ ފޯނު ކޯލުގެ އަޑީގައި އަންހެން ކުއްޖަކު ވާކަމެވެ. ކޮންމެއަކަސް ހުޒާމްގެ ބޭބެ މެން ވަރަށް ރަސްމީ ގޮތެއްގައި އެ އަންހެން ކުއްޖާގެ މަޢުލޫމާތު ހޯދަން ފެށިއެވެ. ދުނިޔޭގައި ލެއްވިހާ ސޯށަލް މީޑިއާ އެޕްލިކޭށަން ތަކެއް ބަލައި ފާސްކުރަން ފެށިއެވެ. އެމީހުންގެ ތަޙުލީލު ކުރުން ކުރިއަށް ދިޔަތާ މާ ގިނަ ދުވަހެއް ނުވެ އިންސްޓާގްރާމް އިން އެ ކުއްޖަކު އެމީހުން ހޯދި އެވެ. އެހެނަސް ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ބޮނދާ ރައްކާ ވެއްޖެ އެވެ. ހާދަހާވާ ކުޅަދާނަ ކުއްޖެކެވެ. އެހިސާބުން ދެނެއް ހުޒާމްގެ ބޭބެ މެންނަކަށް އެ މަންޖެ އެއް ނުފެނުނެވެ. ކަނޑި ނަގައި ކަނޑީގެ އުރަގަނޑު ދަމައިގަންނާން ވާއިރަށް ފިލީތާ އެވެ.
އޯލެވެލް އިމްތިޙާނު ތަށް ނިމި ނަތީޖާ އިޢުލާން ކުރެވުނެވެ. ހުޒާމް ގަދަ ހަތަކަށް އެރިއެވެ. މިކަމާ އޭނާގެ ޢާއިލާ އުފާ ފާޅު ކުރި އެވެ. އެ އަހަރުގެ ބޮޑު ޗުއްޓީ އަށް އޭނާގެ ޢާއިލާ އެމީހުންގެ ރަށަށް އައީ ސަމުގާގެ ކަށި އުތުރުގައި އިން ކަމަށް ހީ ކޮށެވެ. ނަމަވެސް އެ ކަށި ހުޒާމް ދެކުނަށް ބަދަލު ކޮށްލީ އޭނާގެ ހިތުގެ އެއްފަޅި މައުރީން ހިބައިން ދީފައެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާގެ ހިތުގެ އެއް ފަޅި ވަނީ މައުރީންގެ ލޯބީގައި ކަނު ވެފައެވެ. މާލޭގެ ލޯބިވެރިޔާގެ ގޮތުގައި އެވެ. ރަށްފުށު ލޯބިވެރި އެއް ވެސް ހުންނަން ވާނެ ނޫންތޯ އެވެ؟. އެ މަޤާމު އޭނާ ހުސް ކޮށްލީ މަންހާ އަށެވެ. އޭގެފަހުން ހުޒާމްގެ ހިތުގައި ތިން ވިންދު ޖަހަމުން ދިޔައެވެ. އެއް ވިންދު މައުރީންގެ ނަމުގައެވެ. އަނެއް ވިންދު މަންހާގެ ނަމުގައެވެ. ތިން ވަނަ ވިންދު އޭނާ ދިރި ހުރުމަށްޓަކައެވެ.
ދުވަސް ތައް ހަލުއި ކަމާއި އެކު ފާއިތުވެގެން ގޮސް ހުޒާމްގެ ދައްތަ އެއްގެ އަންހެން ދަރިއަކަށް މަސް ދަތުރަކަށް ދައުވަތު ލިބުން ވާހަކަ އޭނާ ގާތު ކިޔައިފިއެވެ. އަދި އެއީ އެ ކުއްޖާގެ އެކުވެރި މަންހާގެ ބައްޕަ ދިން ދައުވަތެއް ކަމުގައި ކަމަށް ވެސް ބުންޏެވެ. ހުޒާމްގެ ހައްޓަކު ހެޔެއް ނެތެވެ. ފަސް ކާފުގެ ފަސް ސުވާލު އެއްފަހަރާ އެ ކުއްޖާއާ ކޮށްލިއެވެ. އަނެއްކާ މިހިރީ އެންމެ މޮޔަ އާޝާ ހުޒާމްގެ ޙަޔާތުގެ ދިރުނބާ ކޮޅަށް ވެސް އަރައެވެ. ނަޔާ އާއި އަހުޝާގެ ކަންތަށް ނިންމާލުމަށް ފަހު އޭނާ ހުޒާމްގެ ކަންތަކާ ވެސް ހަވާލު ވީތާ އެވެ. އާޝާގެ އަވައްޓެރި އަކަށް މަންހާ ވީ ކަން އެއީ ހުޒާމްގެ ނަސީބެވެ. މަންހާ ދެކިލުމަށް ހުޒާމް ދެން ގެންގުޅުނު ހަތިޔާރަކީ އާޝާ އެވެ. އާޝާ މެން ގެ އަށް ދަނީ ކަމަށް ބުނެ މަންމަ ގާތު ދޮގު ހަދާ ލާފައި ބައިސްކަލުގައި ގޮސް އޭނާ މުގޯލި އަޅާނީ މަންހާ މެން ގޭ ދޮށު ގައެވެ.
ވޭތުވެދިޔަ ހަފްތާ އެއްހާ ދުވަސް ތެރޭ އާޝާ ދިޔައީ ވަރަށް ރަނގަޅަށް ހުޒާމްގެ ހަރަކާތްތައް ބަލާ ފާސް ކުރަމުން ނެވެ. މިހާރު އާޝާ އަކީ ވެސް ހުޒާމްގެ ބޭބެ މެންގެ ގުރޫޕު މެމްބަރެކެވެ. އެމީހުންނަށް ހުޒާމް މަންހާގެ ފަހަތުން އުޅޭ ކަން އެނގުނީއްސުރެ އެމީހުން އާޝާ އަށް މަންހާ އާއި ހުޒާމް އެކަކު އަނެކަކަށް ބަލާ ގޮތާއި ވާހަކަ ދަށްކާ ގޮތް ހޯދުމަށް ލަފާ ދިނެވެ. ސަބަބަކީ އާޝާ އެ މީހަކާއި އެކު އެންމެ ގިނައިން އުޅޭ އެކަކަށް މަންހާ ވާތީ އެވެ. އާޝާ އޭނާގެ މަސައްކަތް ވަރަށް ފުރިހަމަ އަށް އަދާ ކުރަމުން ދިޔަ އެވެ. އެއްފަހަރު މަންހާގެ ބޮޑީ ގާރޑަށް ވެގެންނެވެ. އަނެއްފަހަރު ހުޒާމްގެ ވޮޗަރަށް ވެގެންނެވެ. ދެމީހުން އުޅޭ ނޫޅޭ ގޮތް އެންމެ ރަނގަޅަށް ބަލަމުން ދިޔައީ އާޝާ އެވެ. ކަމުގެ ތަޖުރިބާ ހުރެގެން ނެވެ. ލޯބިވެރިންނާއި ބެހޭގޮތުން ޕީ އެޗް ޑީ ހާސިލް ކޮށްފާވާހެންވެސް ހީވެއެވެ.
މާދަމާ އަކީ މަންހާގެ ބައްޕަ މަސް ދަތުރު ދާން ރާވާފައިވާ އޮތް ދުވަހެވެ. މިރޭ އެންމެން މަންހާ މެންގެ ގޭ ދޮށުގައި އެއްވެ އެ ތިބީ އެކަމާއި ބެހޭގޮތުން މަޝްވަރާ ކުރާށެވެ. ހުޒާމް އާއި މަންހާ އެވެ. އަދި އެމީހުންގެ ދެތިން އެކުވެރި ފިރިހެން ކުއްޖެކެވެ. އެގެއަށް އާޝާ އައީ ފިހާރައަކަށް ދިއުމަށް މަންހާ ބަލައެވެ. އެ ވަގުތު ވެގެން ދިޔައީ އެކުދިން އެ ގެއިން ދިއުމަށް ހިނގައިގަތް ވަގުތަށެވެ. ހުޒާމް އަށް އާޝާ ފެނުމުން އާޝާ ގާތަށް އައެވެ. އޭރު އާޝާ ހުރީ މަންހާ އާއި ވާހަކަ ދައްކާށެވެ. ވާހަކަ އެއް ބުނަން ކަމަށް ބުނެ ހުޒާމް އާޝާ މަންހާ ގާތުން ދުރަށް ޖެއްސި އެވެ. މަންހާ އައިސް އެދެމީހުން ދޭތެރެއަށް ވަންނަން އުޅުމުން ހުޒާމް މަންހާ ކުޑަކޮށް ކޮށްޕާލާ ދުރު ކުރި އެވެ. މަންހާ ކުސްތަޅާލި ގޮތުން ހުޒާމް ބެސްޓީ ރީތި ކޮށް ހުންނާށޭ ބުންޏެވެ. އެއާއިއެކު އާޝާ ގާތަށް އައީ ލާނެތް ހިންޏެކެވެ. “އޭ ބުރޯ… މަންހައްތަ ސެޓު ކޮށްދީބަލަ ކުޑޭއަށް” ހުޒާމް އޭނާގެ އެދުން އާޝާ އާއި ހިއްސާ ކުރި އެވެ. ކޮންކަހަލަ މޮޔަ އެއް ކަން ނޭންގޭ ޙާލު ގައެވެ. ނަމަވެސް އާޝާގެ މޫނުމަތީގައި ވީ ސުވާލު މާކެކެވެ. އޭނާ އަށް އެނގިފައި ވާ ގޮތުގައި ހުޒާމްގެ ލޯބިވެރި އެއް ހުރެ އެވެ. އަދި އެއީ މައު އެވެ. އެ ކުއްޖެއްގެ ފުރިހަމަ ނަމަކީ ކޮބައި ކަމެއް އޭނާ އަކަށް ނޭންގެއެވެ. “ދެން މައު އެ ކާކު؟” އޭނާގެ ސިކުނޑި ހިސޯރު ކޮށްލާފައިވާ ސުވާލު އާޝާ ހުޒާމް އާ ކޮށްލީ އެއްވެސް ޖެހިލުމެއް ނެތި އެވެ. “މައު އެއީ ކުޑޭ ބިޓޭ” ހުޒާމް ބޯ ކަހާލަމުން ޖަވާބު ދިނީ އާޝާގެ ހިތަށް އަރާފާނެ އެއްޗަކާ މެދު ވިސްނަމުންނެވެ. “އައްތޭ! ދެން މައު އެއް ސައިޑުގަ… މަންހައްތަ އަނެއް ސައިޑުގަ! ކަލޯ ތި ކޮންކަހަލަ ލޮއެއްބެއް؟ދެފުށްކެހެރި އެކެއްނު ތީ” އާޝާ އެހެން ބުނީ މަޖާ ވެފައި ހުރެ އެވެ. “ދެން އޭ މަންހައްތަ ކައިރީ ކިޔާނީ އިނގޭ ކުޑޭ ހާދަ ރީއްޗޭ… ހާދަ ހޭންޑްސަމް އޭ.. ވަރަށް ލޯބި ދޯ އޭ… އެހެން ކިޔާފަ މަންހައްތަ ކުޑޭ އާ ޖައްސާނީ އިނގޭ” ހުޒާމް ކުރު ގޮތަކަށް އާޝާ އަށް ކަން ކުރަންވީ ގޮތް ކިޔައިދިނެވެ. “ހާދަ ހެއްވާ މީހެކޭ ދޯ… އެ މައުރީން ފުރަގަހުގަ… މަންހައްތަ ކުރިމަތީ… މި ގޮލާ މި ވަނީ ކޮން ކަހަލަ ލޯތްބެއް… މަ އަދި ނުދެކެން އެއް ފަހަރާ ދެމީހުން ދެކެ ލޯބިވާ މީހަކު މި ނޫނީ… ދެ އަންބަށް އިންނަން އުޅެނީ ތޯއްޗެއް… ޕިސް ޕިސް މަގޭ ބޭބެ އެކޭ ބުނަން ވެސް ލަދު ގަނޭ… ހޫމް.. ސެޓު ކޮށްދޭން ވީ ދޯ… ނިކަން ރަނގަޅަށް ސެޓު ކޮށްދޭނަމޭ…” އެ ބަސް ތަށް ވީ އާޝާގެ ހިތު ތެރޭގައެވެ. އޭނާއަށް މި އޮތީ ކަމަކާ ލައިގެން ފައެވެ. ބޯ ޖަހާލަމުން އެއްވެސް މައްސަލައެއް ނެތް ކަމަށް ހުޒާމް ގާތު އޭނާ ބުނީ އެތެރެއިން ކަމެއް ރާވާ ލަމުންނެވެ.
މިއަދަކީ ހުޒާމް އަށް ވިހި އަހަރު ފުރުނު ދުވަހެވެ. މާލެ އައިސް ހުޒާމް މެން އުޅުނީ އާޝާ މެން ގޭގައެވެ. މައުރީން އަށް ގުޅައިގެން ހުޒާމް އޮންނަ ކޮންމެ ފަހަރަކު އާޝާ އައިސް މައުރީން އަށް ވާހަކަ ދަށްކާލަން ދޭތޯ ބުޅަލެއް ހެން ހުޒާމް ކައިރީ އެނބުރި އެނބުރި ހުރެއެވެ. ހަތަރު އަހަރު ފާއިތު ވެގެން ދިޔަ އިރު އޭނާ މަންހާ އާ ގުޅާ ކޮންމެ ފަހަރަކު ހުޒާމް އަށް ވާހަކަ ދަށްކަން ދޭން ޖެހެއެވެ. އެކަމަކު އޭނާ އަށް މައުރީން އާ ވާހަކަ ދަށްކާކަށް ނުދެއެވެ. އެކަމާ ފުރަތަމަ ކޮޅު އާޝާ ޝަކުވާ ކޮށް ހުޒާމް އަށް ވަރަށް ޖެއްސުން ވެސް ކުރިއެވެ. އެކަމަކު ފަހުން ބަސް އަހައިގެން ހުރީ މައުރީން އޭނާ އާ ވާހަކަ ދަށްކާނެ ކަމަށެވެ. ދެތިން ދުވަހަކު މައުރީން އަށް ލަވަ ކިޔައި ދިނުމުގެ ފުރުސަތު ވެސް އޭނާ އަށް ލިބުނެވެ. އެ ދުވަސް ތަކުގައި އާޝާ އަށް ހަމަ ނިދި ވެސް ނުނިދެއެވެ. އުފަލުން ނެވެ. މިއަދު ހުޒާމް ތައްޔާރު ވަމުން އެދަނީ އޭނާގެ ޢާއިލާ އަށް މައުރީން ދަށްކާލުމަށެވެ. މައުރީން މޫނު ބުރުގާ އެޅުވުމަށް ފަހު އޭނާ މައުރީން ގޮވައިގެން ގެއަށް އައީ މަންހާ އެ ގެއަށް އަންނަ ކަން ނޭންގޭ ޙާލު ގައެވެ. އަނެއް ކޮޅުން އާޝާ މަންހާ އާއި ދިމާ ކުރަމުން ދިޔައީ މިއަދު ހުޒާމް އާއި މަންހާގެ ވާހަކަ އެންމެން ގާތު ބުނާނަމޭ ކިޔައިގެން ނެވެ. “ކޮޔާ އޭ… ތި ރީއްޗަށް ހުރެބަލަ އާސާ… ކޮބާތަ އެ ގޮލާ؟” މަންހާ އާޝާގެ އަނގަ ގަދަ ކަމުން ބޮލަށް އުނދަގޫ ވެގެން އާޝާގެ މޫނުމަތީ އެތިފަހަރެއް އަޅުވާލިއެވެ. “ހައެ ހައޭ
ކަލޯ ޓައިޕުތައް ހާދަ ގިނައޭ ޕްޔާރުގެ
ކަމޯން މަންޖެ ޗިލް ދެން ވެލާށޭ ބަންދަރް
ކަލޯ އެ ސޮރު ހަތް ސައިޑުގައި މަންޖެ މެންނޭ
ކަލޯ އެއީ ދެފުށްކެހެރި އެއް ކަން އެނގޭ ހޭ”
ހަމަ ނުޖެހުނަސް އާޝާ ޅެންބައިތަކުން ހުޒާމް އާއި ދިމާލަށް އެއްޗެހި ކިޔާ ލިއެވެ. މަންހާ އަށް ހެވުނު ނަމަވެސް ޙައިރާންވީ ދޮރުން ވަދެގެން އައި ހުޒާމް ފެނުމުންނެވެ. އާޝާގެ އަނގަ ހުޅުވުނީ ހުޒާމްގެ އަތުގައި ހިފަހައްޓައިގެން ހުރި މޫނު ބުރުގާ އެޅި ކުއްޖާ ފެނުމުންނެވެ. އެ ދެމީހުންނަށް އެވަރު ވީއިރު ހުޒާމް އަށް ވާނީ ކިހިނެއް ހެއްޔެވެ. ކުރިމަތީގައި އެ އިނީ މަންހާ އެވެ. އޭނާގެ ހިތުގެ އެއް ފުށެވެ. އަނެއް ފުށް މިހިރީ އޭނާ ގާތު ގައެވެ. މައުރީން އަށް އޭނާ މަންހާ ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ މަންހާ އަށް މައުރީން ކިޔައިދޭނީ ކިހިނެއް ހެއްޔެވެ. ހުޒާމް އަށް ހަތަރު އުދަރެސް ފެނުޖެހުނެވެ. މިއަދު އޭނާ ގެއަށް އެ އައީ މައުރީން ގޭ މީހުންނަށް ކިޔައިދޭށެވެ. އެކަމަކު އޭނާގެ ދެ ފުށް މިއަދު އެންމެންނަށް ފެނިއްޖެއެވެ. ދެފުށްކެހެރި ލޯތްބަކީ ކޮން އެއްޗެއް ކަން އޭނާ އަށް މި އިނގުނީ އަދި ކިރިޔާ އެވެ.
ދުރުގައި މަންޒަރު ބަލަން އިން އާޝާ އިނީ ހިނިގަނޑު ހިފަހައްޓާލައިގެން ނެވެ. އެންމެ ފުރަތަމަ ދުވަހު އޭނާ ހުޒާމް ކައިރީ ބުނި ވާހަކަ ހުޒާމް އަށް އެ އިވުނީ މިއަދު އެވެ. އެއްފަހަރާ ދެމީހުން ދެކެ ލޯބި ވާން އުޅެގެން ވެވޭނީ ލޮތްބެއް ވެސް ނޫނެވެ. ލިބޭނީ ލަނޑެވެ.
(ނިމުނީ)
4 Comments!
Comments are closed.
Huvaa. Reeesh dhoonee the stry wass really fun ??????? heehee bali vejje.
Huzaam ah evee hama rangalhah.?????aaashaa thee rangalhu meeheh. Meee ge faraathun lots of love aashaa ah. Manhaa vss maureen vss save kohdhineema. Huzaam kibain
Ss
Sh
Tc
Lyssssmmm ❤️❤️
Assalaamu alaikum kudhinney… Mi othy anehkaa vx kuru vaahaka eh… Mi akee alhugandu ge beybe akashaa vaan ulhey dhe faharin nah v khaassa koh liyunu vaahaka eh … Dhe thin mistake ulheyne… Dhenme edit kohlan vegen beli iru iny up vefa.. Ehn v ma rangalheh nukurevunu… Ekm Unmeedhu kuran alhugandu ge kuryge vaahaka thah fadhain majaa reethi vaahaka akah mi vaahaka vx vaane kamah… N comedy land will be submitted tomorrow ISA… Lots of love from me❣❣❣
Missed you all a lot
Pls stay safe everyone
Ahahaha Zaiiiii ???
Hehe Reesh ah vx v hevunu stry Liyamun dhiya gadee vx… Adhi hevey ehnnu Mi Huzam ulhey kairy maureen ah mi vaahaka kiyaidheyn vegen… ?Huzam eynee cover vx hoadhaafa ? E soru v eheevi mi vahak liyan… Amihlla ah mash hooru v ma foni v thwcheh… Ekm evaru vx e soru nubungney reehchey ????? ekm rangalhu thaa dhw.. Zai ah kamu gossi ehnnu??shukuriyaaa ngey manjjey…. Dhogeh Noon.. Huzam ah evee hama rangalhah… Real life ga vx ehn vaane namą Kon fadha ????Aan Aan Aashaa mee rangalhu meehekey… Maureen save kohdhey vaahaka nudhahkkaa ? Huvaa mi bunee bungney mi vaahaka kiyaidhiniima vaahaka dhhakkaanamey… Ekm adhi vx nudhahkaa ??? adhi eyneenu Aashaa hithun kiyaa than kolheh e maureen furagahuga ey kiyaafa… Aslu ethaa liyunee vx E mauroofaa furagahuga ey… Ekm e soru bunegen mistake huri thw chek kuran dhiniima amihlla lwbi veriyaa ge nan badhalu kohffa ehnu E iny… Reesh kiyanee mauroofaa ey E manje ah ??ekamaa e soru hard vx vaane ???
Maureen ah Varihama Huzam konmme kameh kuriyas… Ehaa nubai golayakah???Huvaa mibunii Migey ekakaa vx vaahaka nudhahkka ey… Ekm ehn beybe inge Bitun Reesh aa vaahaka nudhahkka… ?ekm Mi Huzam gengulhey Male lwbi veriyaa foni bodu kamun aharun naa angain vx bune nulaa ???
Stay safe you too
Stay home u 2
Love u 2 very much ❣️❣️❣️❣️❣️❣️❣️❣️❣️?
salhi ey salhi ey salhi ey brwww… thii hama ehvana ingey… gadha kamun gos gadha eyy… eyy hama asluvx vrh fakkaa ingey… vrh majaa… kobaa ma buniimennu eii hama firihenunge vahtharey brw… alhey dhogethr ma bunii?? eheviima ey ma foohivanii vx firihenun dheke… mi nayaa dhuniyeyga enme fahun kuraane kamakii miihakaa inun… dhw… ehfaraathuga sideh anehfaraathuga rideh vx bahattafaane mi ulhey firihenun… ann ehennu vaanii hayaai kendifa thibey baeh viyya eii… eyy brw ma dhen kandaalii ey ingey amaa eba govaa roshi fihan annaashoa kiyaafa… miadhuvx mendhuru namaadhu koggen quran kiyevi gothah 2 gadi iru vandhen foi kiyan ma beyndhii… huvaa mi bunii… ok byee… taa taa dhooniii… vvvvvvvvvvvv lwbiveyyyyyyyyyyyyyyyy ingeyyyyyyyyyyyyyyyyyy