“ޑޫ ޔޫ ރިއަލީ ވޯންޓު ނޯ؟” ރައިޝާ ކައިރި އެހެން އަހާލުމަށްފަހު ނައިރާ ބަލައިލީ މާއިޝްއާ ދިމާލަށެވެ. މާއިޝްވެސް އެވަގުތު ނައިރާމެން ތިބި ދިމާލަށް ބަލަހައްޓައިގެން އިނީ ރައިޝާ ގާތު ނައިރާ ހުރިހާ ވާހަކައެއް ކިޔައިދީފާނެ ކަމުގެ ބިރު ހީވުމުންނެވެ. ނައިރާ އެހެން ރައިޝާއާ ވާހަކަ ދެއްކުމުން އެ އުޅެނީ ހުެިހާ ވާހަކައެއް ކިޔައިދޭންކަން މާއިޝްއަށް ނަގައިގަނެވުނެވެ. އެހެންކަމުން ދެލޯ ބޮޑުކޮށްލާ ދެފަރާތަށް ބޯ ހޫރުވާލުމުން އެ ބުނީ ރައިޝާ ގާތު ނުބުނާށޭކަން ނައިރާއަށް ނަގައިގަނެވުނެވެ. އެހެންނަމަވެސް، ނައިރާ މަޢާފްކުރާށޭ ބުނާ ފަދަ ގޮތަކަށް މާއިޝްއާ ދިމާލަށް ބަލައިލުމަށްފަހު އަނެއްކާވެސް ރައިޝާއާ ކުރިމަތިލިއެވެ. “ނައި ކީއްވެތަ މާ ވަރަކަށް ރައިގެ ފަހަތަށް ދެންމެގަ ތި ބެލީ..؟ ދެންވެސް އަވަހަށް ބުނެބަ..” ނައިރާ މާ ވަރަކަށް ރައިޝާގެ ފުރަގަހުން ފަހަތަށް ފާހަގަ ކުރެވުމުން ރައިޝާ އަހާލިއެވެ. ނައިރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އޯކޭ. މި ވީ ގޮތަކީ…” އެހާ ހިސާބަށް ބުނެލުމަށްފަހު ނައިރާ ހުއްޓާލިއެވެ. ރައިޝާ އިނީ ނައިރާ ދެން ބުނާނެ އެއްޗަކާ މެދު ވަރަށް ޝައުގުވެރި ވެފައެވެ. އަނެއްކޮޅުން މާއިޝް އިނީ ނައިރާ ރައިޝާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދީފާނެތީ ބިރުން ވިރެން ގާތްވެފައެވެ.

***********************

“ވަޓް..؟ ކީއްތަ ވީ..؟” ރައިޝާ އަނެއްކާވެސް އަހާލީ ނައިރާ މާ ޑްރާމާ ބޮޑުކޮށްލައިގެން އުޅެން ފެށުމުންނެވެ. އެއާއެކު ނައިރާ ވާހަކަ ފެށީ ކުޑަ އިރުކޮޅަކު ދައްކާނެ ރަނގަޅު ބަހަނާއަކާ މެދު ވިސްނަން އިނދެފައެވެ. “ހޫމް.. ވީ ގޮތް ދޯ.. އަނޭ.. މީ.. އަނޭ.. އާނ ޔެސް..! އަސްލު ވީ ގޮތަކީ މިއަދު އާޝް ނައި ދެކެ ލޯބި ވާކަން އެނގުނީމަ ނޭނގެ ނައިއަށް ވާ ގޮތެއްވެސް.. ކިހިނެއް ކިޔައިދޭނީވެސް.. މިހިތަށް ކުރާ އަސަރަކުން ހީވަނީ ހިތުގެ ތެރޭގަ އެއްފަހަރާ ބަހާރު މޫސުމަށް މާތަކެއް ފޮޅެހެން.. ހައޭ.. އާޖް ޖަބް މުޖޭ ޕަތާ ޖަލާކީ ވު މުޖްސެ ޕްޔާރް ކަރްތީހޭ ތޫ މޭ އުސްކާ ޕްޔާރް މޭ ޕާގަލް ހޯ ގަޔާ..” ހިތާވީ ފަޅީގައި އަތް އަޅާލަމުން ދެލޯ މަރާލުމަށްފަހު ވަރަށް ފިލްމީކޮށް ނައިރާ ބުނެލިއެވެ. އެއާއެކު ރައިޝާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. މުޅި ދުވަސް އެކީހެން ދެން ރައިޝާ މަލާމާތް ކުރާނެކަން އެނގުނު ނަމަވެސް، ނައިރާ އެ ޑްރާމާ ކުޅުނީ ހަގީގަތް ރައިޝާއަށް އެނގިއްޖެނަމަ މާއިޝް އޭނާ ނޮޅާލަންވެސް ފަސްނުޖެހޭނެކަން އެނގޭތީއެވެ.

ދުރުގައި އިން މާއިޝްއަށް ވެސް ނައިރާގެ އެ މަޖާ ޢަމަލު ފެނުނު ނަމަވެސް، ހިނިގަނޑު މަތަކޮށްލުމަށްފަހު، ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލީ ނައިރާ ރައިޝާއަށް އެއްވެސް ވާހަކައެއް ކިޔައިނުދޭކަން އެނގުމުންނެވެ. މިހާރު ނައިރާއަށް ހުރިހާ ވާހަކައެއް ކިޔައިދެވުނުކަމުގެ މޮޔަ މާއިޝްއަށް ހީވާން ފެށީ ނައިރާގެ އަނގަ ގަދަކަމާއި، ހަލަނިކަން ފެނިފައެވެ. އެވަގުތު ޓީޗަރު އައިސް ސަލާމް ގޮވާލުމުން މާއިޝް ދެފަރާތަށް ބޯހޫރުވާލުމަށްފަހު ކޮޅަށް ތެދުވިއެވެ. އަމިއްލަ ވާހަކައިގައި ތިބި ނައިރާ އަދި ރައިޝާއަށް ވެސް ޓީޗަރު ވަތް ކަން އެނގުމުން ކޮޅަށް ތެދުވެ، ސަލާމް ބަލައިގަތެވެ. ޓީޗަރު ފިލާވަޅު ނަގައިދޭން ފެއްޓުމުން ހުރިހާ ކުދިންވެސް އަމިއްލަ ވާހަކަތަކުން ދުރުވެ، ފިލާވަޅަށް ސަމާލުކަން ދޭން ފެށިއެވެ.

*******

ސްކޫލް ނިމުމުން ނައިރާއާއި ރައިޝާ ކްލާހުން ނުކުތެވެ. ކްލާހުގެ ދޮރުން ނުކުތުމުގެ ކުރިން ރައިޝާ މާއިޝްއަށް ލޯބިން ފުރިގެންވީ ފުން ނަޒަރެއް ރައްދުކޮށްލިތަން ނައިރާގެ އިތުރުން ޚުދު މާއިޝްއަށް ވެސް ފެނުނެވެ. އެވަގުތުވެސް ރައިޝާގެ ކަނޑެއްފަދަ ކަޅުކުލައިގެ ފުން ދެލޮލުން މާއިޝްއަށް ފެނުނީ މާއިޝްއަށްޓަކައި އެ ހިތުގައިވާ ތެދުވެރި، ޙަޤީޤީ ލޯތްބެވެ. އެވަގުތުވެސް ހަމަ ތެދުވެގެން ގޮސް ރައިޝާ އެ އަތުތެރޭގައި ފޮރުވާލަން މާއިޝް ބޭނުންވިއެވެ. އެ ލޯބިލޯބި މޫނުކޮޅަށް ބޮސް ދިނުމަށް އެދި ހިތް ގޮވަން ފެށިއެވެ. ލޯބިވާ ވަރު އަންގައިދޭން މާއިޝް އެވަގުތުވެސް ބޭނުންވީ ހިތުގެ އެންމެ ފުންމިނަށެވެ. އެހެންނަމަވެސް ދާން ދާން ހިތަށް އަރުވައިގެން އިންދާ ރައިޝާ ކްލާހުން ނުކުމެގެން ދިޔުމުން މާއިޝްއަށް ދެއަތުން އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލެވުނެވެ.

އޭނާ މިހާ ފިނޑި މީހަކަށްވީ ކޮންއިރަކުހެއްޔެވެ؟ އަމިއްލަ އިހުސާސްތަކާއި، ޖަޒުބާތުތައް ވަންހަނާކުރުމަށް ނުކުޅެދުނީ ކީއްވެހެއްޔެވެ؟ އެހެން އެއްވެސް ކުއްޖަކު މިހާތަނަށް ކުޅެލަން ނުކުޅެދިފައިވާ އޭނާގެ ޒުވާން ހިތާ ކުޅެލަން އެނގުނީ ހަމައެކަނި ރައިޝާއަށެވެ. އެ ހިތުގެ ވިންދު އަވަސްކުރުމަށްވެސް ކުޅަދާނައީ ހަމައެކަނި ރައިޝާއެވެ. އެންމެ ފުރަތަމަ ސްކޫލަށް އައި ދުވަހު ދެމީހުން ބައްދަލުކޮށްލި ނަޒަރުން އެކަނިވެސް މާއިޝްގެ ހިތުގައި ލޯތްބޭ މި ކިޔާ ޖަޒްބާތު ޓަކިޖަހާލިއެވެ. ރައިޝާގެ ނަމުގައެވެ. ލޯބި އެއީ ބިލާހެއް ކަމަށް ކުރިން ޤަބޫލު ކުރިނަމަވެސް، މިހާރު އެއީ ތެދުވެރި އިޙްސާސެއްކަން އޭނާއަށް ޔަޤީނެވެ. ރައިޝާ ހުރިހާ ކަމެއް ބަދަލުކޮށްލައިފިއެވެ. އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފިއެވެ. އެއީ ކޮންފަދަ ޖާދޫއަކުންބާވައޭވެސް މާއިޝްގެ ހިތަށް ބައެއްފަހަރު އަރައެވެ. ރައިޝާގެ ޚިޔާލުތަކުގައި އިން މާއިޝްގެ ތުންފަތަށް ވެރިވި ހިނިތުންވުމުންވެސް ހާމަވެގެން ދަނީ ރައިޝާއާ ދޭތެރޭ އޭނާގެ ހިތުގައި އޮތް ޙަޤީޤީ ލޯތްބެވެ.

“އަމް.. މާއިޝް..” ސިހިފައި މާއިޝްއަށް ބަލައިލެވުނީ ކުރިމަތިން އަންހެން ކުއްޖެއްގެ ތޫލި އަޑު އިވުމުންނެވެ. އެވަގުތު މޫނުމަތީގައިވި ހިނިތުންވުން މާއިޝް ފޮރުވާލީ ނުހަނު ކުޅަދާނަކަމާ އެކީއެވެ. އެ އަންހެން ކުއްޖާގެ އެއް އަތުގައި އޮތް ފިނިފެންމާ ފެނުމުން މާއިޝްއަށް އެ ކުއްޖާ ކުރަން އެ އުޅެނީ ކީއްކަން ރޭކާލިއެވެ. އެވަގުތު ހިތަށް ވެރިވި ފޫހިކަމުގެ އިޙުސާސުން މާއިޝްއަށް ދެލޯ މަރާ ބާރުކޮށްލެވުނު އިރު ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މާއިޝްގެ މޫނުމަތިން އެކަނިވެސް އޭނާ ފޫހިވެފައިވާ މިންވަރު ހާމަވެއެވެ. “މާއިޝް.. އަމް.. އަމްމް.. އަމް… އައި.. އައި.. އައި ލައިކް ޔޫ.. ނޯ.. އައި ލަވް ޔޫ މާއިޝް.. އަައި ލަވް ޔޫ.. ޕްލީޒް ގިވް މީ އަ ޗާންސް ޓު ޕްރޫވް އިޓް.. ޕްލީޒް..” އެހެން ބުނަމުން އެ އަންހެން ކުއްޖާ ދިއްކޮށްލި މާ ތިރިކޮށްލަން ޖެހުނީ މާއިޝްގެ މޫނުގެ ކުލަވަރު ހުރި ގޮތް ފެނިފައެވެ. އެވަގުތުވެސް މާއިޝް ބުނާނީ ނޫނެކޭކަން އެ ކުއްޖާއަށް އެނގުނެވެ. “ލުކް.. އައިމް ސޮރީ.. އައި ޑޯންޓް އީވެން ނޯ ހޫ ޔޫ އާރ.. އައި ޖަސްޓް ވޯންޓު ސޭ ދެޓް އައިމް އިން ލަވް ވިތް ސަމްވަން އެލްސް.. ސޯ އައި ކާންޓް ބީ ވިތް ޔޫ.. އައިމް ރީލީ ސޮރީ..” ހަމައެކަނި އެހެން ބުނެލުމަށްފަހު މާއިޝް ގޮނޑިން ތެދުވެ، ކޮނޑުގައި ދަބަސް އަޅުވާލިއެވެ. “އިޓްސް އޯކޭ.. އައި ނިއު އައި ވޯޒް ގޮނަ ގެޓް ރިޖެކްޓެޑް އެނީވޭސް.. މާއިޝް އަކަށްވެސް ލޯބި ނުވާއިރު ލޯބިވާ ކަމަށް ހެދިގެނެއް ނޫޅެވޭނެ ދޯ.. އައި ކޭން އަންޑަރސްޓޭންޑް.. އުއްމީދު ކުރަން މާއިޝްއަށް މާއިޝްގެ ލަވް އާ އެއްކޮށް ހެޕީ ލައިފްއެއް ސްޕެންޑް ކުރަން ލިބޭނެ ކަމަށް.. ގުޑް ބައި..” އެ އަންހެން ކުއްޖާ ހިތި ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު ކްލާހުން ބޭރަށް ނުކުންނަން ދިޔުމުން މާއިޝްއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ.

ހުރިހާ އަންހެން ކުދިން އޭނަ ދެކެ ލޯބި ވަނީ ކީއްވެހެއްޔެވެ؟ އޭނާގެ ސަބަބުން އަންހެން ކުދިންތަކެއް ދެރަވެ ކަރުން އަޅާކަން އެނގުމަކީ އޭނާ ބޭރުން ނުދެއްކިޔަސް، އޭނާގެ ހިތަށް ފަސޭހަ ކަމެއް ނޫނެވެ. އޭނާ އަންހެން ކުދިންނަށް އިޙްތިރާމް ކުރެއެވެ. މި ކަންތައްތަކުގައި އޭނާގެ އެއްވެސް ކުށެއް ނެތް ނަމަވެސް އޭނާ އެކަމާ ދެރަވެއެވެ. އެހެންމަވެސް، އޭނާގެ ހިތުން ޖާގަ ލިބޭނެ ހަމައެކަނި ކުއްޖަކީ ރައިޝާއެވެ. އެނޫން ކުއްޖަކަށް އޭނާގެ ދިރިއުޅުމާ ވައި އެޅޭކަށްވެސް އޭނާ ތަނެއް ނުދޭނެއެވެ. ރައިޝާއަކީ އޭނާގެ ހިތުގެ ހިތުގެ ރާނީއެވެ. އެހިތުގެ މަލިކާއެވެ. ވީއިރު، އެނޫން ކުއްޖަކަށް އޭނާގެ ހިތުން ޖާގަ ދޭނީ ކިހިނެއްހެއްޔެވެ؟ ޚިޔާލުތަކުން އެއްފަރާތް ވެލަމުން މާއިޝް ކްލާހުން ބޭރަށް ނުކުންނަން ހިނގައިގަތެވެ.

*******

މާއިޝް ސިޑިން ފައިބައިގެން ދިޔުމުން ސިޑިތަކުގެ ދަށުގައި ފިލާ އޮތް ރައިޝާ ތެދުވީ ވަގު ބުޅަލެއް ކާއެއްޗެއް ހޯދާ ފަދައިންނެވެ. އޭނާ ދެންމެ ކްލާހަށް އައީ ޑިކްޝަނަރީ ފޮތް ބާއްވާފައި އާދެވުމުން އެ ބަލާށެވެ. އެހެންނަމަވެސް، ކްލާސް ދޮރު މައްޗަށް އެރި އިރު ފެނުނު މަންޒަރަކުން އޭނާ ހުއްޓުން އެރިއެވެ. މާއިޝްގެ ކުރިމަތީގައި ފިނިފެންމަލެއް ހިފައިގެން ހުރި އަންހެން ކުއްޖާ ފެނުމުން އޭނާގެ ހިތަށް ބުނަން ނޭނގޭ ކަހަލަ އުނދަގޫތަކެއް ވަމުން ދިޔައެވެ. ފުރަތަމަ ދެރަވެގެން ރޯންވެސް ހިތަށް އެރިއެވެ. ދެވަނަ ފަހަރަށް ގޮސް އެ އަންހެން ކުއްޖާ ނޮޅާލަފާނަމޭވެސް ހިތަށް އެރިއެވެ. ހަދަންވީ ނުހަދަންވީ ގޮތެއް ނޭނގިފައި ހުރި ރައިޝާ ނިންމީ އެ ކުޅިވަރު ނިމެންދެެން ބަލަން ހުރުމަށެވެ. އެދެމީހުން ދެއްކި ވާހަކަ މާ ސާފުކޮށް އަޑު ނީވުނު ނަމަވެސް، މާއިޝް ގޮނޑިން ތެދުވެ ދަބަސް ކޮނޑުގައ އެޅުވި އިރު އެ މޫނުމަތީގައި ހުރި ކުލަވަރުތަކުންނާއި، އެ އަންހެން ކުއްޖާ މާއިޝްއަށް ރައްދުކޮށްލި ހިތި ހިނިތުންވުމުން ރައިޝާއަށް މާއިޝް ބުނީ ނޫނެކޭ ކަން ނަގައިގަންނާކަށް މާ ގިނަ އިރެއް ނުނެގިއެވެ. އެއާއެކު ރައިޝާއަށް އުފަލުން ފުންމައިވެސް ގަނެވުނެވެ. އެ އަންހެން ކުއްޖާއަށް ނުފެނުނުނަމަވެސް، އެ ކުއްޖާއާ ދިމާލަށް ދޫނެރެލާފައި ރައިޝާ އަވަހަށް ގޮސް ސިޑިތަކުގެ ދަށަށް ވަދެ ފިލާ އޮތީ މާއިޝް ކްލާހުން ނުކުންނަތަން ފެނުމުންނެވެ. މާއިޝް ދިޔުމާއެކު ސިއްރު ސިއްރުން ރައިޝާ ފިލާ އޮތް ތަނުން ތެދުވެ ޔުނީފޯރމް ރަނގަޅު ކޮށްލިއެވެ. އަދި ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައަކުން ސިޑިން މައްޗަށް އަރާ ކްލާހަށް ވަނީ ޑިކްޝަނަރީ ބަލައެވެ. މިހާރު ނައިރާ ހުންނާނީ ރައިޝާ ނައިސްގެން ލަސްވެފައެވެ. ރައިޝާ ގޮސް ކްލާހަށް ވަތް އިރު އެއްކަލަ އަންހެން ކުއްޖާ ކްލާހުން ނުކުންނަނީއެވެ. އަޅާވެސްނުލާ ރައިޝާ ކްލާހަށް ވަދެ، މޭޒުގެ ވަތްގަނޑުގައި އޮތް ޑިކްޝަނަރީ ހިފައިގެން އަވަހަށް ބޭރަށް ނުކުތީ ނައިރާއަށް ލަސްވާނެތީއެވެ.

*******

ސްކޫލުގެ ގޯތިތެރެއިން ނުކުމެ މާއިޝް މިސްރާބު ޖެހީ އޭނާގެ ގެއާ ދިމާލަށެވެ. ސްކޫލާ ފުދޭވަރަކަށް ދުރުގައި ހުރި ނަމަވެސް ހިނގާލާފައި ގެޔަށް ދިޔުން ބޮޑު ކަމަކަށް ނުވާތީީ މާއިޝް ކޮންމެ ދުވަހަކުވެސް ގެޔަށް ދަނީ ހިނގާލާފައެވެ. ސްކޫލުގައި ދިމާވާ ކަންތައްތަކާއި، ފިލާވަޅުތަކުން ސިިކުނޑި ތާޒާ ކޮށްލުމަށް މާއިޝްއަށް އެންމެ ފަސޭހަ ގޮތަކީ އެއީއެވެ.

ހިނގާލާފައި ގޮސް މާއިޝް ހުއްޓުނީ ވަރަށް ތަނަވަސް ގެއެއްގެ ކުރިމައްޗަށެވެ. އެ ގޭގޭ ބޭރު ފާރުތަކުންނާއި ގޯތިތެރެއިންވެސް ފެންނަނީ ޝާހީކަމާއި ހިތްގައިމު ކަމެވެ. ގޯތިތެރޭގައި ހައްދާފައި ހުރި އެކިވައްތަރުގެ ރީތި މާއަޅާ ފެހިކަން ގަދަ ގަސްތަކުން އެތަނަށް ރީތި ބަގީޗާއެއް ނަން ދެވޭހާ ފުރިހަމައެވެ. ބިންމަތީގައި ހެދިފައިވާ ކާޕރޓް ވިނަގަނޑު ރީތިކޮށް އެއްވަރަށް ކޮށާފައި ވުމުން މުޅި މާހައުލުން ފެންނަނީ ފެހިކަމާއި ޗާލުކަމެވެ. އެ ގަސްތަކަށް އެކަނި ބަލައިލުމުންވެސް އެ ގަސްތައް ހެއްދި މީހަކު ހައްދާފައިވަނީ ނުހަނު ލޯބިން، ފަރުވާތެރިކަމާ އެކުގައިކަން ހާމަވެއެވެ. ބޮޑު ގޭޓުން ވަދެ މެދުގައި ރީތި ތަރުތީބަކުން ގައު ޖަހާ އަތުރާލެވިފައިވާ މަގުން މާއިޝް ހިނގަމުންގޮސް ގެއަށް ވަނެވެ. ގޭތެރެއަށް ވަނުމުން ފެންޑާތެރެއިންނާއި، ބިތްތަކުންނާއި، ފަރުނީޗަރުތަކުންވެސް ފެންނަނީ ޝާހީކަމެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެ ގެއަކީ ރާއްޖޭ ނަން މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު އަމާންގެ ގެއެވެ. ކަޅުކުލައިގެ އެ ބޮޑު ދޮރު ހުޅުވާލުމަށްފަހު މާއިޝް ގެއަށް ވަތް އިރު ސިޓިންރޫމުގައި އޭނާގެ ކޮއްކޮ މާނިޝް ގޭމް ކުޅެން އިނުމުން ކޮއްކޮއަށް ގޮވާލާފައި މާއިޝް މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ.

ސިޑިން އަރައިގެން ގޮސް މާއިޝް އޭނާއަށް ޙާއްސަ ކުރެވިފައިވީ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކޮޓަރީގެ ބިތްތަކުގައި ހުދާއި ކަޅުކުލައިން ފަރުމާކުރެވިފައިވީއިރު، ކޮޓަރީގެ މުށިތައްވެސް ހުރީ ކަޅުކުލައިގައެވެ. އެ ތަނަވަސް ކޮޓަރީގެ ކަނާތްފަރާތު ބިތުގައި ކަޅުކުލައިގެ ބޮޑު ކިންގް ސައިޒްގެ އެނދު ބަހައްޓާފައި ހުރި އިރު، ގޮދަޑީގައި އަޅާފައިވާ ބެޑްޝީޓްވެސް ވަނީ ކަޅާއި، ހުދުކުލައިގައެވެ. އެނދާ ދިމާއަށް ވާ ގޮތަށް ހުރި ކޮމްޕިޔުޓަރ މޭޒުމަތީގައި އެއްވެސް ތަރުތީބެއްނެތި ގޭމް ކުޅެން ބޭނުންކުރާ ރިމޯޓާއި، ސީޑީ ޕްލޭޔަރު ފަދަ ތަކެތި ހުއްޓެވެ. އެނދުގެ ވައަތްފަރާތުގައި ބެލްކަންޏަށް ނުކުމެވޭ ގޮތަށް ކަހާލެވޭ ކަހަލަ ދޮރެއް ހުއްޓެވެ. ކޮޓަރީގެ ވައަތްފަރާތުގައި ފާޚާނާއާ ޖެހިގެން ކަނާތް ފަރާތަށް ކޮޓަރިއަށް ވަންނަ ދޮރާ ދިމާލުގައި ހުރި ކަޅުކުލައިގެ ޑްރެސިންގ ޓޭބަލް މަތީގައި ރީތިވާން ބޭނުންކުރާ ސާމާނުތައް ހުރީ އެއްވެސް ތަރުތީބެއްނެތި އުކާލާފައެވެ. ފާޚާނާއާ ދިމާލުން ވައަތްފަރާތުގައި ހުރި ކަޅުކުލައިގެ ތަނަވަސް ކްލޯޒެޓްގެ ތެރެއަށް އެއްފަހަރާ ތިން މީހުންނަށްވެސް ވަދެވޭހާ ބޮޑެވެ. ބެލްކަނީގެ ދޮރާ ޖެހިގެން ހުރި ސްޓަޑީ ޓޭބަލްގެ މަތީގައި ހުރި ފޮތްތައްވެސް އެގޮތް މިގޮތަށް އުކާލެވިފައި ހުރި އިރު، އެނދުމަތީގައިވެސް ފޮތްތައް ހުރީ އުކާލާފައެވެ. އެ ބޮޑު ކޮޓަރި ފަރުމާކޮށްފައިވާލެއް ކިތަންމެ ރީތިވެފައި، ފުރިހަމަވިޔަސް ކޮޓަރި ތެރެއިން އެއްވެސް ކަހަލަ ތަރުތީބެއް ފެންނަން ނެތުމުން ބަލައިލަން އުނދަގޫ ގޮތެއް ހުއްޓެވެ.

ދޮރުން ވަތް މާއިޝްއަށް ކޮޓަރިތެރެ އޮތް ގޮތުން އެއްވެސް އުނދަގުލެއް ވީހެނެއް ހިއެއްނުވެއެވެ. އަބަދު އެގޮތަށް އޮވެއޮވެ އާދަވީ ކަންނޭނގެއެވެ. މީހުން ބުނެއުޅޭނޫންހެއްޔެވެ؟ ފިރިހެނުންނަކީ ކިތަންމެ ގޮނޑުކޮށް އުޅެން ޖެހުނަސް އަސަރެއް ކުރާ ބައެއް ނޫންތާއެވެ. މާއިޝް އަކީވެސް އެކަހަލަ ސޮރެކޭ ބުނެވިދާނެއެވެ. ވަތް ގޮތަށް ދަބަސް އެނދުމައްޗަށް އެއްލައިލާފައި މާއިޝް ޔުނީފޯރމް ބޭލުމަށްފަހު ފާޚާނާއަށް ވަނީ ފެންވަރާ ތާޒާވެލުމަށެވެ. އަވަސްއަވަހަށް ފެންވަރައިގެން ނުކުމެ، ރަތްކުލައިގެ ޓީޝާޓަކާއި، ކަޅުކުލައިގެ ދޫ ޓްރެކްސޫޓެއް ލުމަށްފަހު މާއިޝް މެންދުރު ނަމާދުކޮށްލިއެވެ. ނަމާދުކޮށްލުމަށްފަހު، މާއިޝް ބަދިގެއަށް ދިޔައީ ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ. ސްކޫލް ބްރޭކް ގަޑީގައި އެއްވެސް ނުކާތީ، ކޮންމެ ދުވަހަކު ގެއަށް އަންނަ އިރު މާއިޝް ހުންނާނީ ބަނޑުހައިވެގެންގޮސް ހަލާކުވާވަރު ވެފައެވެ. ކުރާނީ ކީއްހެއްޔެވެ؟ އެހެން ކުދިންނާ ކުރިމަތިލާ، މާ ގިނައިން ވާހަކަ ދައްކަން ބޭނުން ނުވާތީ މާއިޝް އަބަދުވެސް އެގަޑީގައި ކްލާހުގައި އިންނަނީ އެކަނިވެލުމުގެ ގޮތުންނެވެ.

ބަދިގެއަށް ވަތް ތަނުން މާއިޝްއަށް އޭނާގެ މަންމަ ކައްކަން ހުރި ވަސް ޖެހުމުން ނޭފަތް ދަމާލެވުނެވެ. ވަގުތުން ގޮސް މަންމަ ގައިގައި ބައްދާލިއެވެ. “މަންމަ ކޯޗެއް ހަދަނީ..؟” މަންމަގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން މާއިޝް އަހާލީ ކުޑަކުއްޖެއް ފަދައިންނެވެ. ބޭރުތެރޭގަޔާ ސްކޫލުގައި ކިތަންމެ ހިތްހަރު މީހަކަށް ވެގެން އުޅުނަސް މާއިޝް ގޭތެރޭގައި އުޅޭނީ ހަމަ ކުޑަކުއްޖެއް އުޅޭ ގޮތަށެވެ. ސަކަރާތް ޖެހުމާއި، ސިޔާސަކަމުން އެއީ ހަމަ އެއްވަނައެވެ. “ހޫމް.. އާދެވިއްޖެ ދޯ.. މަންމަ މިހާރު މި ހަވީރަށް ހެދިކާ ހަދަނީ.. މިހާރު ގަޑިން ތިނެއް ޖަހަނީއޭ.. މާޝްއަށް ހުންނާނެ ޓޮމާޓޯ ބަތާ އޮރެންޖު ޖޫހާ ގިރާފަ.. މޭޒުމަތީގަ ހުންނާނެ ކާން ހަދާފަ.. އަވަހަށް ދޭ ކާން..” މާއިޝްގެ މަންމަ މާހީން ބުނެލީ ނުހަނު ލޯބިންނެވެ. މާހީން ހަމަ އެހެން ބުނުމާއެކު މާއިޝް ކުޑަ ކުއްޖެއްހެން ދުވެފައި ގޮސް ކާގެއަށް ވަނެވެ.

މާއިޝް އުޅުނު ގޮތުން ހީވަނީ ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ގޭތެރޭގައި ދުވެދުވެެފައިި އުޅޭހެންނެވެ. ކިތަންމެ މުއްސަންޖަސް، މާއިޝްގެ ހިތުގައި އެކަމާ މެދު އެއްވެސް ބޮޑާކަމެއް ނުވަތަ ކިބުރުވެރިކަމެއް ނުވާކަން ހަމައެކަނި މާއިޝްގެ ޢަމަލުތަކުންވެސް ދޭހަވެއެވެ. ބޭރުފުށުން ބަލާލާފައި މާއިޝްއަކީ ވަރަށް ފޮނި، ބޮޑާ މީހެކޭ މީހުން ބުންޏަސް މާއިޝްގެ ހިތުގައިވާ ޙަޤީޤަތް ﷲ މޮޅަށް ދެނެވޮޑިގެންވާކަން މާއިޝް އަބަދުވެސް ހަނދާން ބަހައްޓައެވެ. އެހެންމީހުންގެ ރުޅިވެރި ބަސްތަކުންނާއި، ޙަސަދައިން މާއިޝް އަބަދުވެސް ރެކިގަންނަން ބޭނުންކުރާ ހަތިޔާރަކީ އަޅުކަމެވެ. އެއީ އޭނާގެ މަންމަމެން ކުޑައިރުއްސުރެވެސް އޭނާއަށް ދަސްކޮށްދީފައި ގޮތެވެ. މޮޅަށް ކިޔަވާ، ދީނީ ކަންތައްތަކަށް ސަމާލުވާން މަންމައާއި ބައްޕަ އަބަދުވެސް ނަސޭޙަތްތެރި ވެއެވެ. މާއިޝް އަބަދުވެސް އެ ނަސޭޙަތްތައް އަޑުއަހާ އެއްގޮތަށް ޢަމަލު ކުރެވޭތޯ މަސައްކަތް ކުރެއެވެ. ނުކުރެވެނީ ހަމަ އެންމެ ކަމެކެވެ. ކޮޓަރި ސާފުކޮށް ތަރުތީބު ކުރުމެވެ. އެކަން ދުވަހަކުވެސް އިސްލާޙު ކުރެވޭނެކަމާއި މެދު މާއިޝްއަށް ޝައްކެވެ.

ނުނިމޭ…

36

12 Comments

 1. Princess

  May 3, 2021 at 5:19 am

  V v v v reethi mi baives vaguthu vee varakun genesdhehchey mi vhk ge part thah ingey nayooo Kokky 😘😘😘 stay safe nayoo Kokky miss you love you sooooo much nayoo Kokky 💖♥️😘😘😘😘😘😘😘

 2. 🌹Ril🌹

  May 3, 2021 at 10:16 am

  Hello naayuuu❤️❤️❤️
  Wow Masha Allah vrh reethi Mi part vxxx❤️❤️❤️❤️
  Keep it up ingey ❤️❤️❤️❤️
  Hahhahaha naseebakun nairaa nubuney dhw.❤️❤️❤️ Ril kaari Ah vxx Hini aeyyy nairaa ulunu vahtharun. ❤️❤️🤣🤣Hehehheh❤️❤️❤️❤️❤️🤣🤣🤣
  Dhn mihaaru Mi Wait kurany maaish And raishaa guleyne irakah. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
  Awwwwwnnn maaish haadha cute eyyyy home gaa uley iru.❤️❤️❤️❤️❤️ Hahahhaha🤣🤣🤣🤣🤣🤣🤣❤️❤️❤️❤️
  Maaish ge room clean kohdeyn dhw mihaaru dhen dhaan veee hehhehe❤️❤️🤣🤣🤣🤣🤣🤣🤣🤣🤣❤️❤️❤️
  Dhen in part Ah Waiting ❤️❤️❤️
  Love u sooo much ❤️❤️
  Stay safe ❤️❤️and take care ❤️❤️❤️

 3. ReeshA CoronA

  May 3, 2021 at 11:48 am

  Manjey kiyaalaafa cmnt eh kohllaanan ngey… Manje ge surprise e othy…

 4. Nayaa

  May 3, 2021 at 12:24 pm

  hello ril sisoo…
  awwwnn tysssm sisyyyy
  haha yess naira ulhunu vahtharu dhww nayoo gaathah vx hini aissa inii… hehe
  hehe adhi ait kohlaa. edhemiihun vrh avahah gulheyne.. ekm e hissabun adhi nimuniikii noon ingey… edhemiihunge love life ga adhi vrh gina huras thakaa kurimathilaan jeheyne… let’s wait to see dhw
  yess vrh cute dhw
  aan koyaa avahah aadhey ehenoonii raisha fakeereh vc nulibyne e sorakah… raisha akii vrh tharuthiibu kujjekey… kihineh ekahala sorakaa ekii enme dhuvahakah vx e fakiiru ulheynii dhw… i feel sorry for rai…
  keep waiting
  lymmm
  same to u

 5. Nayaa

  May 3, 2021 at 12:25 pm

  hii kudahthaa…
  awwwn tyssssssmmm darl… yess hama genesdheynan vaguthu V varakun ingey
  lymmmmmmmmm nd mymmmmmmmm sisooo

 6. Nayaa

  May 3, 2021 at 12:26 pm

  aaan reesh brww i’ll be waiting for ur ccmnt ingey…
  dhen eoh surise eh dhww… ma hama rangalhahvx haadu vegen gos rathah araifi

  • ReeshA CoronA

   May 3, 2021 at 8:21 pm

   MAAISHHHH 🤣🤣🤣🤣🤣DHOGEH VAA NOON… HAMA FIREHENUN GE VAHTHARU… OHH EHNMA MAAISH IS NOT THAT TYPE DHW… HE’S COOL 👌👌👌😼😼HAADHA MAJALEY GEY THEREY… KLW MA FURATHAMA VX HITHAH EREE RAI EYNA AA INDHEGEN E GEAH DHIYAEEMA RAISHA FAKEERAH E KOTARI THERE FENUNIIMA VAANEE KIHINEH BAA EY😫😫😫🤢🤢E GOYYA ANBURAIGANEGEN VEHTEYNEE THWCHEH… KLW HAADHA DIMAND BODEY DHW MAAISH AH… NAIRA AREY.. KYA BAATH HAI… EOH DRAMA EH DHWW… EY DHN HURIHAA COUPLE EH EH EPISODE AKUN FENNAANEE KON IRAKUN THR KOYAA
   MANJE ROADHA?
   ST NGEY
   BYE BYE TAATAA

 7. Nayaa

  May 3, 2021 at 8:45 pm

  AMMAAAAAI HAAADHA VARUGADHA CMMNT EKEY DHW MANJE THI KURII… GADHA BURO… HAHA YES HE IS DAMN COOL EY DARL… AAN KLW MA VX HAMA THIHEN HITHAH ERII… RAISHA FAKEERA HEYTHEREY HAMDHARUDHII VEVEY VARUN VX DHW.. PIS PIS PIS… ADHI EKAM E DHEMIIHUN INNAANII MAA FAUNNEY… ADHI KEI KOHLAA… AAN EBUNAAHEN NAIRA JAVAABU DHIIBA REESH DHAITHA AH… LHEYY DARL THI IKURAA GOTHAKAH NOONEY MI VHK KURIYAH DHANIIKII… EYNDHA JAISH FENEYTHR? ADHI E SORU VX GENESSA MASHAH KAMEH VAANII… EKAM UREY… DHONBE GENEVEYTTHW BALAANAN NET EPISODE G… E GOI OK THR LWBIKOLHUUU??
  NOONEY MIVAGUTHAKU ROADH EH NOON KOYAA.. MANJE?
  U TOOOO
  BYE BYE TATA

  • Nayaa

   May 3, 2021 at 9:26 pm

   kalwyney haadha mistakes gina eyy dhw.. avas kurn ulhen hadhaigen…

   AMMAAAAAAI HAAADHA VARUGADHA CMMNT EKEY DHW MANJE THI KURII… GADHA BURO… HAHA YES HE IS DAMN COOL EY DARL… AAN KLW MA VX HAMA HITHAH ERII THIHEN… RAISHA FAKEERAA DHEYTHEREY HAMDHARUDHEE VEVEY VARUNVX DHW… PIS PIS PIS…. ADHI EKAM E DHEMIIHUN INNAANII MAA FAHUNNEY…ADHI KEI KOHLAA RANKOLHAA… AAN EBUNAAHEN NAIRA JAVAABU DHIIBA REESH DHAITHA AH… AHEYYY DARL THI HIIKURAA GOTHAKAH NOONEY MI VHK KURIYAH DHAANIIKII…. HURIHAA COUPLES EH EKKOH DHW… UMMM… COVER GA EYNDHA JAISH FENEYTHR?? ADHI E SORU VX GENESSA MASHAH KAMEH VAANII…. EKAM HUREY…. DHONBE GENEETHW BALAANAN NEXT EPISODE GA INGEY DHOONGNAA… E GOI OK THR LWBIKOLHUUU….
   NOONEY MIVAGUTHU ROADHA EH NOON KOYAA… MANJE YOA???
   U TOOOOO
   BYE BYE TAATAA

  • Nayaa

   May 3, 2021 at 9:27 pm

   mivarunvx mistakes huriyyaa never mind… dhen rangalheh nukureveyne.. magey ingilithah bindhaigen goosieyyyyy

  • ReeshA CoronA

   May 4, 2021 at 11:16 am

   Rangalhu thi varu kuri kan vx… Dhevana cmnt kiima mashah ehcheh vis ney varu v🤣🤣… Aan enme rangalhey e goe… Ehn vanii?? Jaish eii kaaku baa… Aaannnnn mashah feney… Magey dhelo salaamathun eba huhttey… Aaan Magey roadha ey… Kaley roadha thr? (ey ehn dhaane ngey.. Alhaa nulaa Kale kiyas) 😂bye byeee taaataaa.. Comedy land adhi vx upeh nuvey dhwww😫😫😫

  • Nayaa

   May 4, 2021 at 12:19 pm

   jaish fennaanii ahi stry mrdhaa hama ah dhiyaiima koyaa.. hehe aan type kohfa avahah fonuvan ulhen hadhaigen mashah liyevey vahtharu eii… hahaha… ma dhwww… dhen ingeynu manje ah dhw 😉 hehehehehe… aan mashah hurevidhaane alhaanulkaa vx.. eyy ekam ma guguri dheke bireh nugane ingey majeyy… haha… ekam dhen e rain thereyge scene vrh………… ma hama aslahvx inii dhen kiyan nukerifa.. anekkohu mi lliy sis gandu dhimaa kuraa varunvx nethey hama neyvaa levenvx… hurihaa kameh manje liyunu stry akun… huh… vrh foohivey… eyyy CL submit kuriithr dhoongnaa?? aan e aarifu dhen wedding nimuniima mihaaru aharun lavvaa hurihaa bura masakkatheh kuruvaafa aharun mathin handhaanehvx nei viyya… ma eyruvx buniimennu eii aarifu ge vahtharey… koyaa kobaa rihey dhin maavaharu vikkaaliithr mihaaru?
   hoon bye taa taa

Comments are closed.