Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

އެ ގޭތެރެއިން – 3

Momogirl Level 1
April 28, 2021 One Min Read
1 Comment

އަލަމާރިން ފިނިފެން ފުޅިއެއް ނަގާ ގެން ޒިޔާންގެ ކޮޓްރިއަށް މިސްރާބު ޖެހި އެވެ. ޔާޝްގެ ނަސީބު ރަނގަޅު ކަމުން ކޮޓަރީގައި ދޮރު ހުރީ ތަޅު ނުލައެވެ. ޔާޝް ބަލާލި އިރު ގައި ޒިޔާން ވަރަށް އާރާމްކޮށް ނިދާފައި އޮތެވެ. ޔާޝް ވަރަށް މަޑުމަޑުން ގޮސް އެނދު ކައިރީ ހުއްޓިފައި އަތުގައި އޮތް ފެން ފުޅީގެ މަތު ނަގައި ޒިޔާން މޫނަށް އަޅާލިއެވެ. އެއާއެކު ޒިޔާން ފޫކޮޅުގައި ކައްޓެއް ޖަހިހެން ކޮއްޅަށް ޖެހުނެވެ.*

 

            ކުރިމަތީގައި ހެވިފަ ހުރި ޔާޝް ފެނުމުން ޒިޔާން ޔާޝް ފަހަތުން ދުއްވައި ގަތީ އެޔެއް މިޔެއް ބަލާފައެއް އެއް ނޫނެވެ. ޔާޝް ގޮސް ކާގޭގައި ހުރި ޒިޔާނާ ފަހަތަށް ވަދެ ފިލިއެވެ. އޭރު ދާއިން ވެސް އައިސް ކާ ގެއަށް ވަންނަނީ އެވެ. ދާއިން އަކަށް ޒިޔާން ހުރި ގޮތް ފެނިފައި ހިނިގަނޑު މަތެއް ނުކުރެވުނެވެ. ޒިޔާނާގެ ހާލަކީ ވެސް އެއީ އެވެ. “ދަރިފުޅު މޫނަށް ކިހިނެއް ވެފައި ތިހުރީ” ދާއިން ހިނިގަނޑު މަތު ކުރަމުން ބުނެލި އެވެ. ދާއިން ފޯނުން ޒިޔާންގެ ފޮޓޯއެއް ނަގާފައި ޒިޔާން އަށް  ދެއްކިއެވެ. “ކާކު އަހަރެންގެ މޫނު ގައި ކުރުހީ” ޒިޔާން އަހާލިއެވެ. ޔާޝްގެ ހިނިގަނޑު ފަޅާއި ގެންދިޔައެވެ. އާއެއެކޭ ޔާޝް ޒިޔާން ކޮޓްރިއަށް ވަތް އިރު ވަނީ ޔާޝް ގެންގުޅޭ ރަތް ކުލައިގެ ލިޕުސްޓިކް އެއް ހިފައިގެންނެވެ. 

 

             ވަދެ ޒިޔާން މޫނުގައި ލިޕުސްޓިކް އިން ކުރަހާފަ މޫނަށް ފެން އެޅީ އެވެ. ޒިޔާން ވަރަށް ނުވާ ކަމަށް ގޮސް ޔާޝްގެ ބޮލަށް އެތާހުރި ފުއް ކޮތަޅު އަޅާލިއެވެ. އެއާއެކު މުޅި ގޭގައި ގުގުމާލީ ޔާޝްގެ ހަޅޭކުގެ އަޑެވެ. ޔާޝް ތުންކޮޅު އޫ ކޮއްލާފައި ޒިޔާންގެ ފަހަތުން ދުއްވައި ގަތެވެ. ޒިޔާން ވެސް އަތުނުވާން ވެގެން ދުއްވައި ގަތެވެ. އެ ވަގު ތަކީ އައިޒިކް ވެސް އެހިސާބަށް އަރާ ހަމަކުރި ވަގުތެވެ. ޔާޝް ޒިޔާން ހުރި ހިސާބަށް އަރާފައި އެތާހުރި ފެން ކޮޅަކަށް އާރާފައި ވެއްޓެން ދިޔައެވެ. ޔާޝް ވެއްޓުނީމަ ވާނެ ތަދު އެނގުމުން ދެލޯ މާރާ ތަގުޅި ކޮއްލަމުން ހަޅޭއް ލަވައި ގަތެވެ. ޒިޔާނާ އަށް ވެސް މަގޭ ދަރިއޭ ކިޔާފައި އެދިމާއަށް ދުއްވައި ގަތެވެ. 

 

              އެކަހަލަ ކަމަކަށް ހުޝިޔާރުވެ ހުރި އައިޒިކް ޔާޝްގެ އުނަގަނޑުގައި އޭނާގެ ދެ އަތް ވަށާ ލިއެވެ. ޔާޝްއަށް ބާރުގަދަ އަތަކުން އޭނާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރި ހެން ހީވުމުން މަޑު މަޑު މަޑުން އެއްލޯ ހުޅުވާ ބަލާލި އެވެ. 

 

          — ނުނިމޭ—

Share Article

Follow Me Written By

Momogirl

Level 1

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ – 25

Next

ތިޔަ ލޯތްބަށް އެދެމޭ – 26

Next
April 29, 2021

ތިޔަ ލޯތްބަށް އެދެމޭ – 26

Previews
April 27, 2021

ތިޔަ ލޯތްބަށް އެދެމޭ – 25

One Comment

  1. Nayaa Nayaa says:
    April 28, 2021 at 2:46 pm

    alhuganduge vaahakaige part thah genesdhinun las vedhaane… ekam thiya faraai 3 dhuvahuge thereyga liyaa episode eh alhugandu enme dhuvahaku liyaa episode akah fudheyne… mi dhannavanii mi story ge part thah kuru vhk… alhugandeh mi vhk eh nukiyan.. ekam alhuganduge story ga egothah alhugandaa dhimaa kohfa huriima mi comment kuranii… mi gothah mihaa kurukoh episode thah genesdheefa dhen thimanna konme dhuvahaku vhk up kuramey kiyaafa ehen miihunnaa dhimaalah malaamai kohfa hurumakii vrh kada kameh… ummeedhu kuran mi vaahakaige author ah ehcheh visneyne kamaha… good luck with the story…

Comments are closed.



All Right Reserved!