އެރެއަށް ފަހު ތާރާ އޭނާގެ އެކުވެރިންނާއިއެކު ވަގުތު ހޭދަކުރެއެވެ. ނަމަވެސް އޭނާ ވަޒީފާއަށް ފަރުވާކުޑަ އެއްވެސް ނުކުރެއެވެ. ހިތަށް ބޮޑު ގާގަނޑެއް ލައިގެން ހުރެ ދިރިއުޅުމާއިގެން ކުރިއަށް ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. މިހާރު އޭނާގެ ހަމައެކަނި 3 އުންމީދަކީ ޔުކްތާ ވިހުމުން އެ ތުއްތު ފުރާނައަށް ރަނގަޅު ދައްތައެއްގެ މަގާމުމުގައި ހުރުމެވެ. ސާރާ އާއި ރައްޔާނަށް އިންސާފު ހޯދައި ދިނުމެވެ. އޭނާގެ އެންމެ ފަހު އުންމީދަކީ އޭނާގެ މަންމަ ނާޒިމާ އާއި ބައްދަލު ކުރުމެވެ. މަންމަގެ […]
ތާރާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭރު ވެސް ވަދެގެން އައި ޒުވާނާ އަކަށް ތާރާއެއް ނުފެނެއެވެ. ތާރާގެ ހިތުގައި އުދާސްތައް އުފެދެމުން ދިޔައެވެ. އެތައް ހާސް ޝަކުވާއެއް އެ ހިތުގައި ވިއެވެ. އެ ދެލޮލަށް އެތައް ސަތޭކަ ކަރުނަތިކި ތަކެއް އެއްވިއެވެ. ނަމަވެސް ހިތްވަރު ކޮށްފައި އެ ކަރުނަތައް ދެލޮލުން ބޭރުވިޔަކަ ނުދިނެވެ. “ދި ޑޮކް އިޒް ގޮނާ ޗެކް ދި ޖެންޑާ.” ޒީނާ ވަރަށް އުފަލުން އެ ޒުވާނާގާތު ބުންޏެވެ. “ރިއަލީ؟ ދެޓްސް ގްރޭޓް! އައި ހޯޕް […]
ހަފްތާއެއް ފަސް……. “ޕްލީޒް ވެލްކަމް އަވާ ނިއު ޑޮކްޓަރ އެން ނާސެސް.” އީމާން އޭނާގެ މުވައްޒަފުންނަށް އޯޝަން ބްރީޒް ހޮސްޕިޓަލަށް ވަން އާ ޑޮކްޓަރާއި 2 ނާހުން ތަޢާރަފު ކޮށްދެމުން ވާހަކަ ދެއްކިއެވެ. އާއެކެވެ. ތާރާ، ވީރާ އަދި ސަނަމެވެ. މިއަދަކީ އޯ.ބީ ހޮސްޕިޓަލުގައި އެމީހުންގެ ފުރަތަމަ ދުވަހެވެ. މީޓިން ނިމުމުން ތާރާ އޭނާގެ ރޫމަށް ފޮނުވާލެވުނެވެ. އަދި ސަނަމާއި ވީރާ އެމީހުންނަށް ހަމަޖެހުން ފަންގިފިލާއަށް ދިޔައެވެ. 3 މީހުނަށް ވެސް މަސައްކަތް ކުރަން ޖެހުނީ ތަފާތު […]
ކެއުމުގެ މެދާ ހަމައަށް ދަންދެން އޮތީ ހުސް އުފާވެރި ވާހަކަތަކެވެ. މައިގަނޑު ވާހަކައަކަށް ދެކެވުނީ ޔާޝްއާއި ރީޝާގެ ގުޅުމުގެ ވާހަކައެވެ. އެކި ވާހަކަ ދައްކަމުން ގޮސް މާހައުލަށް ހޫނުކަމެއް ވެރިވެގެން ދިޔައީ ރިޔާޒް ވަރަށް މުހިންމު ވާހަކައެއް ބުނަންވެފައި އޮތް ވާހަކަ ބުނުމުންނެވެ. އެއާއެކު އެންމެންވެސް ތިބީ ހުރިހާ ސަމާލުކަމެއް ރިޔާޒްއަށް ހުސްކޮށްގެންނެވެ. ރިޔާޒް ނުހާގެ މޫނަށް ބަލައިލުމުން ނުހާ މަޑުމަޑުން ބޯޖަހާލިއިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ވާން ކިއުޅެނީ ކީއްކަން ނޭނގޭ ހާލު ޔާޝްއާއި، […]
އަހުޝަމް – (ރީޝާ މެން ގޭ ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވުމުން) “އައްސަލާމު އަލައިކުމް… ވަސިއްތަ… ކޮބާ ކިހިނެއް…” ރީޝާގެ މަންމަ – “އަހާ އަހުޝަމް ދޯ… ރަނގަޅު ހަމަ… ރީޝާ އަދިވެސް ނުހޭލާ… އަންނާނަން ގޮވާލާފަ” ރީޝާގެ މަންމަ – (ރީޝާ އަށް ގޮވާފައި އައިސް) “ވަސިއްތަ ގޮވާ ގޮވާ ވެސް ނުހޭލި… އަޅެ އަހުޝަމް ގޮއްސަ ކޮންމެސް ގޮތަކުން އެ ކުއްޖާ ނަގާބަލަ” އަހުޝަމް – (ރީޝާ ކައިރިއަށް ގޮސް) “ނިދި ކޫޑި […]
މިޝްޔާ ބަލާލިއިރު ކާރުގެ ދޮރުހުޅުވައިލައިގެން ހިނިތުންވެލައިގެން ހުރި އަންހެން މީހާ ފެނި ރައްދުގައި މިޝްޔާ ވެސް ހިނިތުންވުމެއް ދިނެވެ. “މިޝްޔާ އާދެ އަވަހަށް ކާރުން ފައިބަން” އެ މީހާ މިޝްޔާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ އެހެން ބުނެލުމަށްފަހު މިޝްޔާ ފޭބުމަށް ކާރުގެ ދޮރު ބޮޑަށް ހުޅުވާލަދިނެވެ. މިޝްޔާ ކާރުން ފޭބުމާއި އެކު އެ މީހާ ސަލާމަށް އަތް ދިއްކޮށްލިއެވެ. “މީ ޒިޔާނާ ދައްތަ.. މިޝްޔާ އަށް މިގޭގައި ހުރުމަށް އެއްވެސް ދައްޗެއް ނުވާނެ.. ކަމެއް ބޭނުން […]
ކޮންމެ ދުވަހެއް ވެސް އަމާން އޮމާން ކަމާއެކު ދެއެވެ. ނަމަވެސް މިކަން މިގޮތަށް އޮންނާނީ ކޮން ދުވަހަކާއި ހަމައަށް ކަމެއް ނޭނގެއެވެ. ދުނިޔެ އަކީ ވަރަށް ފާޑެއްގެ ތަނެކެވެ. ގަދަޔަށް އަވި ދީފައި ހުރި ދުވަހަކު ވަރަށް ބޯ ކޮށް ވާރޭ ވެހިގަނެއެވެ. ދެން ވާނެ ގޮތެއް ނޭނގޭނެއެވެ. އެއް ރެއެއްގެ ފުރަ މެންދަމުގެ ވަގުތެވެ. ލައިލާ ސިއްސައިގެން ހޭލެވުނީ މީހަކު ކެއްސާ އަޑަށެވެ. ނިތްކުރީގައި ހުރި ދާތިކިތަށް ފުހެލުމަށް ފަހު ހަށިގަނޑު ސީދާ ކޮށްލިއެވެ. ލައިލާ […]
“ނާ، ވިލް ޔޫ ބީ މައި…” އަކުރަމަށް ބުނެވުނީ އެހިސާބަށެވެ. ގޭގެ ބޭރުން އިވުނީ ނޫރާ ފޯނުން މީހަކާއި ވާހަކަ ދައްކާ އަޑު އިވުމުންމެވެ. ގަތް ބިރުންނާއި ލިބުނު ސިހުމުން، ނާޔާ އިން ތަނުން ތެދުވެ އޭނާގެ ކޮޓަރި އާއި ދިމާއަށް ދުއްވައިގަތެވެ. އަދި ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ނާޔާ ދިޔުމުން ވާނުވާ ނޭނގި ހުރެ އަކުރަމް އިން ތަނުން ތެދުވިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. މީގެން ކުރިން ވެސް ނާޔާ […]
“މަ ޖައިލަމަށް ގުޅާފިން ވަރަށް. ފޯނު ނުނަގާތީ މިގެއަށް މިއައީ.” ކިޔާންގެ އަޑުން އެކަނިވެސް އޭނާ ހުރީ ހިތްހަމަނުޖެހިފައިކަން އެނގުނެވެ. އެހެން ބުނެފައި ކިޔާން ނިކުމެގެން ދިޔައީއެވެ. “ޝިޓް. އެބަ އަންނަން.” ޖައިލަމް އާއި އީކަން އެހެން ބުނެފައި ދުވެފައި ކިޔާން ފަހަތުން ނިކުމެގެން ދިޔައިރު ތާރާ އިނީ ގަބުއާރާފައެވެ. ކިޔާން ނިކުމެގެން އެ ދިޔައީ އޭނާ އެތާ ހުރުމުން ރުޅިއައިސްގެންކަން އެނގުމުން އޭނާގެ ކުޑަކުޑަ ހިތުގައި ރިއްސާލިއެވެ. “ކިޔާން! ޔާން! ބުރޯ އޭ ވެއިޓް! […]