Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާ

ލައިލާ 1

Unknown girls Level 210 Stories
May 8, 2021 3 Mins Read
0 Comments

” ޕޮއް” ކުރިމައްޗަށް ކުއްލިއަކަށް އައިލީން އައުމުން ލައިލާ ދިޔައީ ސިއްސައިގެންނެވެ. ” ދޭން. ލީން ސިއްސައިގެންނޭ ދިޔައީ.” ލައިލާ ތުން ހަދާލަމުން ބުނެލިއެވެ. ” އޭތް އެޔޮއް ގަޑި ޖެހެނީއޭ! އަށެއްގެ ފުރަތަމަ ދުވަހު ވެސް ގަޑި ޖެހިގެން ނޫނީ ނުދެވޭނެ މި މީހުންނަކަށް. ” ޔަނާލްގެ އަޑު އިވުމުން އައިލީން ގަޑި ބަލާލިއެވެ. ގަޑިން ހަތް ގަޑި ފަނަރަ ވެއްޖެއެވެ. ފުރަތަމަ ދުވަހު ގަޑި ޖެހޭކަށް އެކަކު ވެސް ބޭނުމެއް ނުވިއެވެ. ތިން މީހުން ދުވަމުން އައިސް ލެއްޕި ލެއްޕި ހުރި ގޭޓުން ވަނެވެ. ގޭޓު ލައްޕާ މީހާ ގޭޓު ލެއްޕުމަށް ފަހު ދިޔައެވެ. ތިން މީހުން ހޯލަށް ވަނީ އެކުގައެވެ.

ހުސް ގޮނޑިތަކެއް ހޯދައިފައި އެ ގުރޫޕް އިށީނެވެ. ޔަނާލް ކުރިމަތީގައި އިނީ އިމްޝާ އެވެ. އެއީ ފޮނި ކަމުން ހަކުރަށް ވުރެ ފޮނި މީހެކެވެ. އޭނާއަށް ލޯ އަޅާލައިފައި ޔަނާލް ވާހަކަ ދައްކަން ފެށި އެވެ. ގުރުއާނުގެ މޫރިތި އާޔަތް ތަކުން އެސެންބުލީ ފެށިގެން ދިޔައެވެ. އެސެންބުލީ ނިމުނު އިރު އަށެއް ޖަހަނީ އެވެ. ހޯލުން ނިކުންނަ ދޮރުތަކުން ކުދިން ނިކުންނަން ފަށައިފިއެވެ. ލައިލާމެން ވެސް އެމީހުންގެ ކުލާހަށް ދާން ހޯލުން ނިކުތެވެ. ” ޔޫން! ކޮން ކުލާހެއް. މަ އަށެއް އޭ.” ލައިލާ ސިޑިން އަރަން ފެށިއެވެ. ” ޔޭ މަވެސް އޭ މިފަހަރު. ލީން ބީ ދޯ. އަބަދުވެސް ލީން އުޅެނީ ބީ ގައި އަހަރެން ދިޔައިން ވިއްޔާ ސީ އަށް ވެސް ” ޔަނާލްގެ އަނގަ ފެޅިއެވެ. ” ހީކުރީތަ. އެހެންވިއްޔާ އޯކޭ އަހަރެން މިދަނީ ” އައިލީން އެހެން މީހުންނަށް ވުރެ ކުރިން ހިނގައިފައި ގޮސް އަށެއް އޭ ކުލާހަށް ވަނެވެ. އަނެއް ދެމީހުން ބުމަ އަރުވާލައިފައި ކުލާހަށް ވަނެވެ. އޭރު އައިލީން އިނީ ދެވަނަ ބަރީގެ ތިން ވަނަ ގޮނޑީގައި އިށީނދެ ގެންނެވެ. ލައިލާ އައިލީން އާއި ޖެހިގެން ހުރި ގޮނޑީގައި އިށީނދެ ދަބަސް އުނގަށް ލިއެވެ. ޔަނާލް ވެސް ބަލަން ނުހުރެ ލައިލާ ކައިރީގައި އިށީނެވެ.

އެންމެ ފުރަތަމަ ވެސް ކުލާސް ޓީޗަރު ކަމަށްވާ ޔުމްނާ ތަޢާރަފު ވެލިއެވެ. ” މިސްގެ ނަމަކީ ޢައިޝަތު ޔުމްނާ ޒަރީރު. މިސް އަކީ އަށެއް އޭގެ ކުލާސް ޓީޗަރ. މިސް ކިޔަވައި ދޭން މި އައީ އަލަށް ކަމުން ފަހަރަކު ކުއްޖަކު ތެދުވެ ނަން ބުނެލާ” އެންމެ ފުރަތަމަ ތެދުވީ އިމްޝާ އެވެ. ” މައި ނޭމް އިޒް ފާތިމަތު އިމްޝާ ” އިމްޝާ އޭނާގެ ނަން ތުއި އަޑަކުން ބުނެލީ އިށީނދެގެންނެވެ. ފަހަރަކު ކުއްޖެއް ނަން ބުނުމުން ގޮސް އެންމެ ފަހު ކުއްޖާ އާއި ޖެހުނެވެ. ” ޢަލީ އައިހަމް ނަޒީމް ” އައިހަމް ގޮނޑިން ތެދުވެފައި ބުނެލިއެވެ.

އެދުވަހުގެ ސްކޫލުގެ ކިޔެވުން ނިމުނީ ނުވައެއް ޖަހަނި ކޮށެވެ. ލައިލާ ކުލާހުން ނިކުތީ އެހެން ކުދިންނަށް ވުރެ ކުރިންނެވެ. އައިލީން އާއި ޔަނާލް ވެސް ނިކުމެ ލައިލާ އާއި އެއް ވަރު ކުރިއެވެ. ” ކިހިނެއް ވީ މާ މޫޑު ކަޓާފަ ” އައިލީން ލައިލާ ގައިގައި ކޮއްޓާލިއެވެ. ” އިމްޝާ މި ކުލާސް ވީމަ ދޯ ލައި” ލައިލާ އަކީ އައިލީންމެން ފަދައިން ހަންގަނޑު އަލި ކުއްޖެއް ނޫނެވެ. އެހެން ކަމުން އިމްޝާ އޭނާ އަށް ބަބުރު ބޮލޭ ކިޔާ މަލާމާތް ކުރެއެވެ. ތިން ކުދިންގެ ގޭ ހުންނަނީ އެއް ހިސާބުގަނޑެއްގައި ކަމުން ތިން ކުދިން ދަނީ އެއް ކޮށެވެ. އައިލީންގެ ބައްޕަ އަކީ ކުޅުދުއްފުށީގެ ނަން ހިނގާ ވިޔަފާރި ވެރިއެއް ކަމުން އެމީހުން ވަރަށް މުއްސަނޖެވެ. އޭނާގެ ބޮޑު ތިން ފިހާރަ އެ ރަށުގައި ހުރެއެވެ. ނަމަވެސް އެޔާ ޚިލާފަށް ލައިލާ އާއި ޔަނާލް އަކީ އާދައިގެ އާއިލާ އަކަށް ނިސްބަތްވާ ދެ ކުދިންނެވެ. އެ ދެ މީހުން އަންނަނީ ހިނގައިފައި ކަމުން އައިލީން ވެސް ކާރުގައި ނުދާން ވެގެން އަންނަނީ ހިނގައިފައެވެ.

;

” މަންމާ! ” ގެޔަށް ވަނުމަށް ފަހު ލައިލާ އޭނާގެ މަންމަ ކައިރިއަށް ބަދިގެއަށް ދިޔައެވެ. އޭރު ބަދިގޭގައި ސާލިމާ ކެއްކުމައިގެން އުޅެއެވެ. ” ދޮންނީ ” ކުޑަކުޑަ ލީލާ އައިސް ލައިލާ ގައިގައި އޮޅުލައި ގަތެވެ. ” ހެހެހެ ދޮންނީ މި އަންނަނީ ފެންވަރައިގެން ” ލައިލާ ކޮޓަރިއަށް ދާން ލީލާ ތިރީގައި ބޭންދިއެވެ. އަދި ކޮޓަރިއަށް ވަދެ ފެންވަރައިގެން ގޭތެރޭ ލާ ކަހަލަ ހެދުމެއް ލައިގެން ނިކުތެވެ. އޭނާގެ ނިއްމައްޗަށް އިސްތަށި ކޮޅެއް ދޫކޮށްލައިފައި ވުމުން ވަޔާ އެކު އިސްތަށި ކޮޅު ވިހުރެމުން ދިޔައެވެ. ” ދޮންނީ އާ އެއް ކޮށް ކާނީ” ބަދިގެއަށް ވަން އިރު ލީލާ ނުކައިގެން ސާލިމާ އުޅުނެވެ.

” ދަރިފުޅާ ލައި މި ކުއްޖާ އަށް ކާން ދީބަލަ. ” ސާލިމާ ލައިލާ އަތަށް ރޮށްޓާއި މަސްހުނި އަޅައިފައި ހުރި ތައްޓެއް ދިނެވެ. ލައިލާ ތަށި ހިފައިގެން އައިސް ލީލާއަށް ރޮށި ކޮޅެއް މަސްހުންޏާއި އެއްކޮށް ލަވާލުމުން ވަރަށް ރީއްޗަށް ކާލި އެވެ. ލައިލާ ކާންދޭން ހުއްޓާ ދޮންބެ ސުހޭލް ގެއަށް ވަދެގެން އައެވެ. އޭނާ އަކީ ބޭރުގައި ޑަކުޓަރު ކަން ކިޔަވަން ހުރެފައި ޗުއްޓީ އަށް އައި މީހެކެވެ. ސާލިމާ މޭޒުމައްޗަށް ކާން ހަދާލިއެވެ. މަސްހުންޏާއި ރޮއްޓެވެ. ކަޅުސަޔާއި ޖަނބުރޯލެވެ. ވަރަށް އާދައިގެ ކެއުމެކެވެ. ސުހޭލް ކާން އިށީންނަނި ކޮށް ލިޔާން ވެސް ކާން އައެވެ. ލީލާ ކައި ނިމުމުން ލައިލާ ވެސް އިށީނީ ސައި ބޯށެވެ. ލައިލާ އާއި އެކު ސާލިމާ ވެސް ގޮނޑީގައި އިށީނެވެ. ” މުމްމްމް މި މަސްހުނި ހާދަ މީރޭ ” ލިޔާން އަކަށް ތަޢުރީފު ކޮށް ނުލައެއް ނުހުރެވުނެވެ. އަސްލަށް ވެސް މަސްހުނި މީރެވެ. ކައިގެން ލައިލާ ކޮޓަރިއަށް ވަދެ ސާފު ކުރަން ފެށިއެވެ.

ކޮންމެ ދުވަހެއް ވެސް އަމާން އޮމާން ކަމާއެކު ދެއެވެ. ނަމަވެސް މިކަން މި ގޮތަށް އޮންނާނީ ކޮން ދުވަހަކާއި ހަމައަކަށް ނޭނގެއެވެ. ދުނިޔެ އަކީ ވަރަށް ފާޑެއްގެ ތަނެކެވެ. ގަދަޔަށް އަވި ދީފައި ހުރި ދުވަހަކު ވަރަށް ބޯކޮށް ވާރޭ ވެހިގަނެއެވެ. ދެން ވާނެ ގޮތެއް ނޭނގޭނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Unknown girls

Level 210 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް-58

Next

ހިރާސް 27

Next
May 9, 2021

ހިރާސް 27

Previews
May 8, 2021

ނޭދެމޭ ވަކިވުމެއް-58



All Right Reserved!