އައިޝާގެ ދިރިއުޅުމަކީ އުފާވެރިކަމުގެ ކުލަވަރުތަކުން ފުރިފައިވާ ބަގީޗާއެއް ނޫނެވެ. އޭނާގެ މުޅި ދިރިއުޅުން ބިނާވެފައި އޮތީ އާއިލާގެ ބޯދާ އުސޫލުތަކާއި، ބޯހަރު ދޮންބެގެ ހަރުކަށި އަމުރުތަކުގެ މައްޗަށެވެ. ކޮންމެ ދުވަހަކު ދޮންބެގެ ފަރާތުން ލިބެމުންދިޔަ ހިތްދަތި ބަސްތަކާއި، ކުރިމަތިލާންޖެހުނު ތަދުތަކަކީ އައިޝާގެ ހަށިގަނޑާއި ރޫހު ވަރުބަލިކޮށްލި ކަންކަމެވެ. ނަމަވެސް، މި އަނދިރިކަމުގެ ތެރެއިން އޭނާއަށް އުއްމީދުގެ ދޯއްޖެއް ފެނުނެވެ. އެއީ ކައިލްއެވެ. ކައިލްއަކީ އޯގާތެރި، ހިތްހެޔޮ ޒުވާނެކެވެ. އައިޝާގެ ހިތުގެ ޒަހަމްތަކުގައި ބޭސްއަޅައިދީ، އޭނާއަށް ދިރިއުޅުމުގެ އާ […]
ކިޔުންތެރިންގެ ސަމާލުކަމަށް: މިއީ މި ވާހަކައިގެ 3 ވަނަ އެޕިސޯޑުގެ އިސްތިހާރެކެވެ. އިސްތިހާރު ފެށޭނީ މި ލިޔުމުގެ 9 ވަނަ ޖުމުލައިންނެވެ. މި ވާހަކައަކީ ބިރުވެރި ވާހަކައެއްނޫނެވެ. އެހެނަސް މި އިސްތިހާރުގައި ބޭނުންކޮށްފައިވާ ބަސްމަގުގެ ސަބަބުން ކިޔުންތެރިންގެ މެދުގައި އެފަދަ ހިއެއް އުފެދިދާނެތީ މައުލޫމާތަށްޓަކައި ފާހަގަކޮށްލީއެވެ. މި ވާހަކައިގެ ޕޯސްޓަރުން ޖޫލީއާއިއެކު ފެނިގެން އެދަނީ ޒުނާމްއެއް ނޫނެވެ. ފަސީހެއްވެސް ނޫނެވެ. ރާޒިޤެއްވެސް ނޫނެވެ. އެއީ ކާކުކަން ވާހަކައިގެ ކުރިއަށްއޮތް ބައިތަކުގައި އެނގިގެންދާނެއެވެ. މި ވާހަކައިގެ ބަތޮލަކީ އެއީއެވެ. […]
މިޔަދު އަހަރެން ގެ އުއްމީދުތައް ފެނައް ވެގެން އެ ދިޔައީ އެވެ އަންނަ މަހު ގައި އަހަރެންގެ މައިންބަފައިން ކައިވެނި ކުރަން ހަމަ ޖައްސާފިއެވެ . އަހަރެން ގެ ކުށަކީ ކޮބާ ހެއްޔެއެވެ . އަހަރެން ލޯބިވާ މީހަކާ އެކު ދިރިއުޅެން ބަހައްޓާބަލާށެއެވެ . އަހަރެން ގެ އެންމެ ލޯބިވާ އެއްފަރާތާ ކައިވެނި ކުރުމުގެ ފުރުސަތު އަހަންނަށް ދީބަލާށެއެވެ . އެތަކެއް އުއްމީދު ތަކާ އެތަކެއް ހުވަފެން ތަކެއް ބަރުބާދު ތި ކުރަނީ ކީއްވެގެން ހެއްޔެއެވެ . […]
”އާކީ!“ ޝަފްކާގެ ދެތުންފަތް ފޫދުއްވާލާފައި ފުރަތަމަވެސް ނުކުތީ އަހަރެންގެ ނަމެވެ.އެ އަޑުގައިވި ރިހުން އިހުސާސްވެ, އަހަރެންގެ ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހިގެންފިއެވެ. ޝަފްކާގެ ހާލަކީވެސް އެއީއެވެ.ތިބެވުނު ތަނުގެ ގޮތުން ކުރީން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާއަށްވެސް އެ ޖަޒުބާތުތަކެއް ނުހިފެހެއްޓުނެވެ.އިސާހިތަކު އެ ދެ ކޯތާފަތްވެސް ތެމިގެން ދިޔައީ ހޫނު ކަރުނައިންނެވެ.އެހެނަސް މީހުންގެ ސަމާލުކަން ހުއްޓުމުގެ ކުރިން އޭނާ ވަރަށް އަވަހަށް ޓިޝޫ ކޮޅަކުން ދެލޯ ފުހެލާފައި، އަމިއްލަ ނަފްސު ހަމައަކަށް […]
ރާޒިޤް އޭނާގެ ރިސޯޓުގެ އިންހައުސް އޮފީހުގައި އޭނަގެ ކެބިނުގައި އަވަދިނެތި މަސައްކަތްކުރަމުން ދަނިކޮށް ޓަކިވެސް ޖަހައިނުލާ ކެބިންއަށް ހެލީނާ ވަދުނު އިރު ހެލީގެ މޫނުމަތިން ފެންނަމުންދިޔައީ ހުސްއެކަނި ހާސްކަމާއި ނުތަނަވަސްކަމެވެ. އޭގެ ލާނިހާޔަތަށެވެ. ހެލީނާއަކީ ރާޒިޤް އޭނާގެ ހަވާނަފްސުގެ އެދުންތައް ފުއްދުމަށްޓަކައި ބޭނުންކުރަމުން އަންނަ ޒުވާން އުމުރުފުރައިގެ ކުއްޖެކެވެ. ރިސޯޓުގައި ހެލީނާއަކީ ރާޒިޤްގެ ޕާސަނަލް އެސިސްޓެންޓުގެ މަޤާމް ފުރަމުން އަންނަ ކުއްޖެކެވެ. “ހެލީ…. ޑޯންޓް ޔޫ ނޯ މިއީ އަހަރެން ވަރަށް ބިޒީ ގަޑިއެއްކަމެއް…. މިއަދު ކިހިނެއްތަ […]
ހިސާބަކަށް ދެވުނު ތަނާ ވަރަށް ގާތުން ކަންފަތުގައި ޖެހިލި ދަންނަ އަޑެއް އަހަރެންގެ ސަމާލުކަން އަތުލިއެވެ.އިސް އުފުލާ ބަލައިލަން މަޖުބޫރުކުރުވިއެވެ.އެވަގުތު އަހަރެންގެ ކައިރިން އަޅާފައި، ރޮމުން ދިޔަ ކުޑަ ކުއްޖަކު މަސަލަސް ކުރަމުން ދިޔަ އަންހެންމީހާގެ މޫނު ފެނިފައި އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއީ ޝަފްކާގެ މަންމަ ނޫން ދެ ވަނަ މީހެއް ނޫނެވެ.އެމީހާ އުރާލައިގެން ހުރި ކުޑަ ފިރިހެން ކުއްޖާގެ މޫނު ރީތިކޮށް ފެނުނު ހިނދު އަހަންނަށް ލައި ލައި ހުރި ނޭވާ ވެސް […]
ނަމަވެސް ޔާނާ އަށް އޭގެއިން އެއްވެސް އަސަރެއް ނުމެ ކުރެއެވެ . ” ޔާނާ .. ދެން ތިހެން ނުހުރެ މީހަކާ އިންނަން ވީނު މަންމަ މެން ވަރަށް މާޔޫސް ވޭ ޔާނާ ތިގޮތަށް ހުންނާތީވެ ” ޔާނާ މަންމަ ( ޒަހުރިއްޔާ ) މަޑުމައިތިރި ކޮށް ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ . ޔާނާ އަކީ ކުރީގައި ވަރަށް ސަކަ މިޒާޖެއްގެ ކުއްޖެކެވެ . އެހެން މީޙުންނާ ގުޅުން ބަދަހި ކުރާ ކުއްޖެކެވެ . ނަމަވެސް ޔާނާ […]
ޝަފްކާގެ ހިމާޔަތުގައި އަހަންނަށް ނުހުރެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އިންތިހާއަށެވެ.އަހަރެންގެ ދެއަތުތެރެއަށް ޝަފްކާ ގެނެސް، މުޅި އުމުރަށްވެސް އަހަރެންގެ ހިމާޔަތުގައި އޭނާ ބަހައްޓަން އަހަރެން ބޭނުމެވެ.އެ ރީތި ސޫރަ ދެކިލާހިތުން އަހަރެންގެ ދެލޯ މިވަނީ ބޭގަރާރުވެފައެވެ.އެ މޫނުގައި ލޯބިން ފިރުމާލާ ހިތުން އަހަރެންގެ ހިތް އެދި ގޮވަނީ ކެތް ނުވާ ވަރަށެވެ.ދެމީހުން އެކުގައި ދިރިއުޅުމެއް ބިނާކުރުމުގެ ހުވަފެން ހަގީގަތަކަށް ހަދަން އަހަރެން ނުލާހިކު ބޭނުމެވެ.ނިކަން ލޯބިން ޝަފްކާގެ ނިތުގައި ބޮސްދީފައި، ހުރިހާ ކަމެއްވެސް ދެން ރަނގަޅުވާނޭ […]
”އަހަރެން ޓްރައިކުރާާނަން…ޕްރޮމިސް…ޝަފް އަހަންނަށް އަދި ވަގުތު ދީ… މިވަގުތު އަހަންނަކަށް ކެތެއް ނުވާނެ… އިޓްސް ކިލިން މީ…އަމް ސޮރީ ލަވް“ ޝަފްކާގެ ކޯތާފަތުގައި ފިރުމާލަމުން އަހަރެން ބުނެލީމެވެ.އެހެނަސް އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ވީ އިތުރެވެ.ހިތަށް އުނދަގޫވި ނަމަވެސް ނޭނގޭ ބާރަކުން އަހަރެންގެ ހަށިގަނޑުގެ އެ އެދުމަށް އިޖާބަދޭން އަހަންނަށް މަޖުބޫރު ކުރަމުން ދިޔަ ކަހަލައެވެ. ޝަފްކާ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.އެހެނަސް އެ އަތް ފޮޅުވާލާފައި އަހަރެން ނުކުމެގެން ދިޔައީ އޭނާގެ އެ ކަރުނަތަކަށް ކަނު ލޮލެއް […]