ފެހުރިހި ރިސޯޓުގެ ފާލަމަށް ގާތްކޮށްލި ލޯންޗުން ފޭބި ޒުވާނާއަށް އެންމެންގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ކޯޓު ފަޓުލޫނުގައި ހުރިއިރު އޭނާ އެ އައީ ރަސްމީ ކަމަކުކަން ހާމަވެއެެވެ. ހައިޒަލް އަކީ މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. ނަމަވެސް ރައްޓެހިންނާއެކު އުޅޭއިރު އެއީ އެންމެން ދަންނަ މަޝްހޫރު ވިޔަފާރިވެރިޔެކޭ ނުވެސް ބުނާނެއެވެ. އެހައިވެސް ސަކަވެފައި އެންމެނައި ގުޅޭނެއެވެ. އޭނާ އަކީ ފެހުރިހި އައިލެންޑް ރިސޯޓުގެ ސީ.އީ.އޯ އެވެ. ” ސަރ! މީޓިންގް ހޯލް ރެޑީ ކަމަށް އަޅުގަނޑަށް އަންގާފި. މިވަގުތު ހުރިހާ […]
މަންމައަކީ އިންސާނަކަށް މި ދުނިޔޭގައި ލިބޭނެ އެންމެ އަގުބޮޑު އަދި އެންމެ މަތިވެރި ނިޢުމަތެވެ. މަންމަގެ ލޯތްބާއި، އޯގާތެރިކަމަކީ ދުނިޔޭގެ އެއްވެސް މުދަލަކަށް ނުވަތަ އެހެން އެއްވެސް އިންސާނަކަށް ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. ދަރިއަކު މިދުނިޔެއަށް އުފަންވީއްސުރެ، އެ ދަރިފުޅުގެ ހަށިގަނޑުގައި ހިނގާ ކޮންމެ ވިންދަކާއި، ކުރާ ކޮންމެ އުއްމީދެއްގައި މަންމަގެ ހިއްސާ އިންތިހާއަށް ބޮޑެވެ. ލޯތްބާއި އޯގާތެރިކަމުގެ މަރުކަޒު: މަންމައެއްގެ ލޯތްބަކީ އެއްވެސް ޝަރުތަކާ ނުލައި ލިބޭ ލޯތްބެކެވެ. ދަރިފުޅު ކޮންމެ ފަދަ ހާލަތެއްގައި ހުރި […]
ރޭގަނޑުގެ އަރާމު ވަގުތެވެ. އާންމު ގޮތެއްގައި މި ގަޑިޔަކީ ރަށުތެރެ އެހައި އަަމާން ވަގުތެއް ނޫން ނަމަވެސް މިރޭ އެއްވެސް އިންސާނެއްގެ ހިލަމެއްނުވާ ތާނގައި ބުޅަލެއް ކޯޅެލާ އަޑުވެސް ނީވެއެވެ. އެނދުމަތީ ރަޖާ އަޅައި ފޮރުވިގެން އޮތް ޒެހެކްގެ ލޮލުން ފަހަރަކު ކަރުނަތިއްކެއް ވެއްޓެމުންގޮސް ބެޑްޝީޓް ދިޔައީ ފޯކުރަމުންނެވެ. އޭނާގެ ޚިޔާލުތަށް ގުޅިފައިވަނީ ދެލޯނޭދި ދުށުމަށް އެދެމުންދާ ހަމައެކަނި ފަރާތާއެވެ. ކަންފަތަށް ޖަހާފައި އިން އިއަރ ބަޑުން އިވެމުންދާ ލަަވަޔާއި އެއްވަރަށް އެކުގައި ހޭދަ ކުރެވުނު އުފާވެރި […]
”ހިނގާ އަވަހަށް ޕެކް ކޮށްލައިގެން ދަމާދޯ… މިހާރު ލޯންޗު ކައިރިކޮށްފަ ގުޅައިވެސްފި…ގޮސްފަ ދެން ކޮންޓިނިއު ކުރާނީ ދޯ…ކޭންޓް ވެއިޓް…“ ހައިދިން ދުރަށް ޖެހިލައި، އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ބުނެލިއެވެ.އަހަންނަށް އެހާ ބޭނުންވެފައި ހުރެމެ, އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކޮށްލި ގޮތް ފެނި ހިތާ ހިތުން އަހަންނަށް ހައިދިންގެ އެ ކެތްތެރިކަމަށް ތައުރީފްކޮށްލެވުނެވެ. **** ހައިދިންގެވެސް އެހީތެރިކަމާއިއެކު އަހަރެން ބޭނުންވި ސާމާނު އަލުން ފޮށްޓަށް އަޅައި ނިންމައިލުމުން،އޭނާ އެ ފޮށްޓާއި އޭނާ ޕެކް ކޮށްފައި […]
އަހަރެމެނަށް ދެވުނު އިރު އެވަގުތު އެތާގައި ހާޒިރުވެ ތިބެންޖެހޭ އެންމެން ތިބީ އައިހެވެ.ހައިދިންވެސް އޭނާއަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނދެގެން އިނެވެ.އަހަރެން ފެނުނީއްސުރެ އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަހަންނަަށެވެ.އޭނާއަށް އެ އެންމެންގެ ތެރެއިންވެސް އަހަރެން ނޫނީ ނުފެންނަ ކަހަލައެވެ.ފުޅާ ހިނިތުންވުމަކުން އެ ދެތުންފަތް ދެމިލާފައި ހުރިއިރު އެ ދެލޮލުގައި އާދަޔާޚިލާފު ވިދުމެއް ހުރިހެންވެސް އަހަންނަށް ހީވިއެވެ. **** އަހަރެން އިށީނދެ ހަމަ ޖެހިލުމުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ކައިވެނީގެ މަޖިލިސް ފެށުނެވެ.ހިތް ބިރުގަތްފައި އިން ވަރުން […]
(ފެށުން) “ޅަފަތުގައި އުނގެނެމާ، އުފަލުގައި ކިޔަވަމާ” މިއީ ސްކޫލު ހޯލުތަކުގެ ތެރެއިން ވަރަށް ގިނައިން އިވޭނެ ބައިތެކެވެ. އާއެކެވެ. މި ދައްކަން އުޅެނީ އުނގެނުމުގެ ވާހަކައެވެ. އޭލެވެލް ނިންމާލުމުން ކުރިމަގަށް ލިބިގެންދާނެ ލުއިތަކާއި، އޭލެވެލް ނެހެދިޔަސް ކުރިމަގު ކަސިޔާރުވެގެން ނުދާނެ ވާހަކަމެއެވެ. ހަމައެއާއެކު, މިއަދު މިވަނީ ތައުލީމީ ގޮތުން ކުރިއަށްދާން އެތައް މަގުތަކެއް ފަހިވެފައެވެ. (އޭލެވެލް ނުވަތަ […]
’މާޝާ الله! މަގޭ މިހޫ ލޯބިކަން.ފެއިންޓް ނުވީ ހަމަ ކިރިޔާ.‘ ހައިދިން އެންމެންގެ ތެރެއިން ލާފައި އައިސް ވަރަށް ނޫންކަމަށް އަހަންނާއި ކައިރިއަށް ޖެހިލާފައި މީހަކަށް ފާހަގަ ނުވާނޭހެން އަހަރެންގެ ކަންފަތް ބުޑުގައި މަޑުމަޑުން ބުނެލިއެވެ.ދެވަނަ ސިކުންތު އޭނާ އަހަންނާއި ދުރަށް ޖެހިލައިފިއެވެ.އޭނާގެ އެ ތައުރީފުގެ ބަސްތައް އިވިފައި އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.ޚާއްސަކޮށް ހައިދިން ’އަހަރެންގެ މިހޫ‘ އޭ ބުނެލި ގޮތް އަހަރެންގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. **** ޕާޓީ ތެރޭގައި […]
ތަޢާރަފު: މުދައްރިސުންނަކީ ކޮންމެ ޤައުމެއްގެ ވެސް އެންމެ އަގުހުރި މުދަލެވެ. އެބޭފުޅުންގެ މަސައްކަތަކީ ހަމައެކަނި ފޮތްތަކުން ފިލާވަޅުތައް ކިޔައިދިނުމެއް ނޫނެވެ. އެއަށްވުރެ މާ ފުޅާ، މާ މުހިންމު ދައުރެއް އެބޭފުޅުން އަދާކުރައްވައެވެ. މުދައްރިސުންނަކީ މުސްތަޤުބަލުގެ ޖީލު ބިނާކުރާ އާކިޓެކްޓުންނެވެ. އެބޭފުޅުންގެ އަތްމަތީގައި ޤައުމެއްގެ ކުރިމަގު ބިނާވެފައިވެއެވެ. މި މަޒުމޫނުގައި، މުސްތަޤުބަލު ބިނާކުރުމުގައި މުދައްރިސުންގެ މުހިންމު ދައުރާއި، އެ ދައުރުގެ އެކި އެކި ފާސަތައް ތަފްޞީލުކޮށްލާނަމެވެ. ޢިލްމާއި ހުނަރު ދިނުން: މުދައްރިސުންގެ އެންމެ އަސާސީ ދައުރަކީ ދަރިވަރުންނަށް ޢިލްމާއި […]
އެ ސަކަރާތެއްގައި އުޅެފައި އިރު އޮއްސުމުން މަސައްކަތްތައް މެދުކަނޑާލާފައި އެންމެން ގެއަށް ދިޔުމުން އިސާހިތަކު ގޭތެރެއަށް ވެރިވީ ފަޅުކަމެވެ.އަހަރެންވެސް ކޮޓަރިއަށް ވަދެ ނަމާދުކޮށް ހަދައިގެން އެނދުގައި ޖައްސާލި ތަނާހެން ދެލޮލަށް ނިދި ސަވާރުވެއްްޖެއެެވެ.ދެން ހޭލެވުނީ އަހަރެން ކާން ނުނުކުމެގެން މަންމަ އައިސް ދޮރުގައި ޓަކި ދޭން ފެށި އަޑަށެވެ.އޭރު ނުވައެއް ޖެހުމާ ގާތްކުރަނީއެވެ. **** އަހަރެން ތެދުވެ އިޝާ ނަމާދުކޮށް ހަދައިގެން ކާން ނުކުތްއިރު މަންމައާ ބައްޕަ ސިޓިން ރޫމްގައި ޓީވީ ބަލަން ތިއްބެވެ. **** ’ކޮބާ […]