މާޒީގެ ހިތިހަދާންތައް …4
އޭނާ ކުރި ކަމެއް އިހުސާސްވުމުން ލަދުވެތިކަމާއެކު އޭނާ ހިނގައިގަތެވެ.ކޮޓަރިން ނުކުތުމުގެ ކުރިން އޭނާ ބުނީ އެ ކިސް އަކީ އެކްސިޑެންޓަލް އެއްޗެއް ކަމަށެވެ.އަދި ރީޝާ ބުނީ އޯކޭ، އެކްސިޑެންޓްތައް ހިނގާކަމަށާއި އޭނާއަކީ އެހެން މީހުން ކަހަލަ މީހެއް ނޫންކަން ރީޝާއަށް އެނގެއެވެ. ދުރަށް ދިއުމުގެ ކުރިން އޭނާ ފުޅާ ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ.
********
އިނާލް އާއި ޒީއާ ކިޔާ ރައްޓެހިންނާއެކު ހިނގާލަން ދާން ރައުޝަން ތައްޔާރުވާން ފެށިއެވެ. ހިގާލަން ދާއިރުލާން އޭނާނިންމީ ގަދަ ފެހި ކުލައިގެ ޝޯލްއަކާ އެކު މެޗާ ގްރީން ޑްރެސްއެއް ލުމަށެވެ.ރީތި ގޮތަކަށް ޝޯލް އަޅާލުމައް ފަހު ހިތް ފުރެންދެން ޓޮމް ފޯޑް ލޮސްޓް ޗެރީ އީއު ޑި ޕާފުމްޖަހާލިއެވެ.ގެއިން ނުކުތުމަށްފަހު އިނާލް އާއި ޒީއާ އަށް މެސެޖުކުރީ އެދެމީހުން އެކުގައި ދިއުމަށްޓަކައި ގެއަށް އައުމަށެވެ.ބައްދަލުވުމަށްފަހު ދެމީހުން އެކުގައި އިރުއޮއްސޭ މަންޒަރު ބަލަން ދިޔައެވެ.އަދި ހަނދާންތަކަށް ޓަކައި ބައެއް ފޮޓޯތައް ވެސް ނެގި އެވެ. އިނާލް ޑޭޓަކަށް ފިރިހެން ކުއްޖަކު ގޮވައިގެން ދާނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.އެހެންއަންދެފައި ޒީއާ ބުނެލިއެވެ.އެހެން ބުނެލި ކަމެއް ނޭންގެ ރައުޝަން ޕަކަޕަކަ ލާފަ ހޭން ފެށިއެވެ.އިނާލް ރައުޝަން އާއި ޒީއާ ދިމާލަށް ލޯއަޅަފައި ދުރުބަލައިލިއެވެ.
********
ރައުޝާން އެހެން މީހުންނާއެކު މަޖާކުރާތަން ރީޝާއަށް ފެނުމުން އޭނާއާއި ރައުޝަން ގޮނޑުދޮށުގައި ހޭދަކުރި ދުވަސްތަކުގެ ފްލޭޝްބެކް ހަނދާންތައް އާވެ، އިރުއޮއްސޭ މަންޒަރު ބަލަން އަދި އެކުގައި ހޭންތިބޭ މަންޒަރުވެސް ސިފަވެ އެވެ. މިހާރު ރީޝާއަށް ރައުޝާންއާ އެކު އެ ހުރިހާ ވަގުތެއް ހަގީގަތުގައި ވެސް ހަނދާންވެއެވެ.ރައުޝާން ފަދަ ގާތް ރަހުމަތްތެރިޔަކު ދޫކޮށްލުމުން ރީޝާއަށް ބައެއް ފަހަރު ހިތާމަވެސް ކުރެވެއެވެ.ރީޝާ ހަގީގަތުގައި ވެސް ހުރިހާ ކަމަކަށް މައާފަށް އެދެން ބޭނުންވި ނަމަވެސް ރައުޝާންއާ ދިމާއަށް ވަރަށް ބާރަށް ހަޅޭއްލަވައިގަތުމުން ރީޝާއަށް އެކަން ކުރަން މާ ދެރަވެއެވެ.އެކަމަކު އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެ.ރައުޝާންއާ ދިމާއަށް ބާރު ބާރަށް ހަޅޭއްލަވައިނުގަތް ކަމަށް ބުނާކަށް ނުކެރޭނެއެވެ.އެހެނީ މިއީ މިހާރުވެސް ހިނގާފައިވާ ކަންތައްތަކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Wow vrh salhiiiii… I love it!
biruveri eh nun