މާސްކު (ޕާޓް 9)
އަހަންނަށް ޚާއްސަ ކުރެވިފައިވާ މާސްކު މޫނުގައި އަޅައި ހެޔޮވަރުކޮށްލިހެނެއް ހިޔެއް ނުވެ އާރިން އެއްލި އަތުން އަހަރެންގެ މެދުހަށީގައި ހިފައި އޭނާއާއި ގާތަށް ދަމާލައިފިއެވެ.
****
’ޔޫ ޑްރައިވް މީ ކްރޭޒީ މިހްރާ!‘ އާރިން އަހަރެންގެ ކަންފަތް ބުޑުގައި އެހެން ބުނެލާފައި ދެވަނަ ސިކުންތު އަހަރެން ނަގައި އުރައިލި ގޮތަށް އެނދުމައްޗަށް އެއްލައިލިއެވެ. އަހަންނަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.އާރިން އެފަދަ ކަމެއް ކޮށްފާނެ ކަމަށް އަހަރެން ހިއެއްވެސް ނުކުރަމެވެ.އަހަރެން ހުރީ އެފަދަ ކަމަކަށް ތައްޔާރުވެގެނެއްވެސް ނޫނެވެ.
****
ގޮދަޑިމަތީގައި އަހަރެންގެ ހަށިގަނޑު ޖެހި ހަމަ މަތަވެލި އިރަށް ކަށްޓެއް ޖެހިހެން އަހަންނަށް ތެދުވެވުނެވެ.އެހެނަސް އާރިން އައި ގޮތަށް އައިސް އެ ބާރުގަދަ ދެއަތުގެ ތެރޭގައި ގުޑިވެސް ނުލެވޭވަރަށް އަހަރެން ހައްޔަރުކޮށްލިއެވެ.
****
އާރިންގެ ހަރަކާތްތައް ހުރި ގޮތުން ތަދުވެގެން އެތައް ފަހަރެއްގެ މަތިން އޭނާ ދުރުކޮށްލެވޭތޯވެސް އަހަރެން މަސައްކަތްކުރީމެވެ.އެހެނަސް އޭނާއަށް އެކަން ފާހަގަވީ ހެނެއް ހިޔެއް ނުވެއެވެ.އެއަށްވުރެ އޭނާގެ ސިކުނޑީގައި ވަކި ހިއްޕާލައިފައިވީ ވަހުށީ ޚިޔާލުތަކުގެ ނުފޫޒު މާ ގަދައެވެ.އާރިން އެ އުޅެނީ ކޮން ފޮތަކުން އެދުރު ވެގެންބާއޭ އެވަގުތު އަހަރެންގެ އަހަރެންގެ ހިތަށް އެރިއެވެ.
****
އެ ކަޅު މާސްކުގެ ސަބަބުން އާރިންގެ މުޅި މޫނު އެއްކޮށް ފޮރުވިފައިވީއިރު އަހަންނަށް އޭނާ ސިފަކުރެވުނީވެސް ވަރަށް ބިރުވެރި ގޮތަކަށެވެ.އެވަރަކުން މާސްކެއް އެޅުމުގެ ބޭނުމަކީ ކޮބައިބާއޭވެސް އެތައް ފަހަރަކު އަހަރެންގެ ހިތަށް އެރިއެވެ.އަނެއްކޮޅުން އާރިންގެ އަމަލުތައް ހުރި ގޮތް ހަރުކަށިކަމުން، އެއީވެސް ހަމަ މީހުން ލޯބި ފާޅުކުރާ ގޮތެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ.އަހަންނަށް ގަބޫލު ކުރެވިފައި އޮންނަ ގޮތުން ލޯތްބަކީ އޭގައި އިންތިހާ އޯގާތެރިކަން އެކުލެވޭ އެއްޗެކެވެ.
****
އާރިންގެ ފަރާތުން އަހަންނަށް މިންޖު ނުވެވިގެން އުޅެނިކޮށް އޭނާ އަހަރެންގެ ދެއަތް ފޮތިކޮޅަކުން އެނދުގެ ބޯލާކޮޅުގައި އެއްސިއެވެ.އަހަންނަށް އުނދަގޫވެގެން އުޅެން ފެށުމުންވެސް އެކަމާ އާރިން އަޅައެއް ނުލިއެވެ.ފެނަށް ކަޅިއަރާފައިވާ މީހަކު ފަދައިން އޭނާ އަހަރެންގެ ހަށިގަނޑުން އުފާ ހާސިލުކުރަމުން ދިޔައީ އެކަމުން އަހަންނަށް ލިބެމުން ދިޔަ ވޭނަކަށް އެއްވެސް ފަރުވާލެއް ނެތިއެވެ.އެއަށްވުރެ އޭނާ ހުރީ އެ މަސްތުކަމުގައި ބަނދެވިފައެވެ.އޭރު އަހަރެންގެ މޫނުމަތީގައި އަޅާފައިވާ މާސްކުގެ ސަބަބުން އޭސީގެ ފިނީގައިވެސް އަހަރެންގެ މޫނުމަތިވަނީ އުދާސްވެ އެކަށް ދާ ހިލިފައެވެ.އެ މާސްކު ނަގައި އެއްލައިލަފާނަމޭވެސް އެތައް ފަހަރަކު ހިތަށް އެރިއެވެ.އެހެނަސް އަހަރެންގެ ހައްޔަރުވެފައިވާ ދެއަތް އެކަމަށް ހުރަސް އެޅީއެވެ.
****
އެހެން ރޭރެއާއި ޚިލާފަށް އާރިންގެ ހަރަކާތްތައް އަވަސްވެފައި ހަރުކަށިކަން އަހަންނަށް ފާހަގަ ކުރެވުނެވެ. ލައްޒަތާއި އަރާމުގެ ބަދަލުގައި އޭނާގެ ފަރާތުން އަހަންނަށް ލިބުނީ އިތުރު ވޭނެކެވެ.އާރިންގެ ބީހުންތަކުގައި އޯގާތެރިކަމުގެ ކުނޑި ފުށެއްވެސް ނެތީއެވެ.އެހެނަސް އާރިންގެ އުފަލަށްޓަކައި އަހަރެން ޝަކުވާއެއް ނުކޮށް އެވޭނަށް ކެތްތެރިވީމެވެ.
****
އާރިންގެ ބީހުންތަކުން އަހަރެން މިންޖުވީއިރު ގައިގެ އެތަން މިތަން ހުރީ ރަތް އަރައިފައެވެ.އެވަރަށް ތަދުވެސް ވެއެވެ.އެހެނަސް އަހަރެން އެކަމާ އާރިންއާއި އެއްވެސް ޝަކުވާއެއް ނުކޮށް ފެންވަރައިގެން އައިސް ނިދަން އޮށޯތީމެވެ.ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން ރަނގަޅަށް އިހުސާސް ކޮށްލެވުނީވެސް ދެނެވެ.އޭރު އާރިން އޮތީ ފުން ނިންޖަކަށް ގެނބިފައެވެ.
****
އަހަންނަށް އާރިންގެ މޫނަށް ވަރަށް ފުންކޮށް ނަޒަރު ހިންގައިލެވުނެވެ.އެ ފިރިހެންވަންތަ މޫނުމަތިން އަހަންނަށް ފެނުނީ ހިތްހަމަ ޖެހިފައި އޮތް ކަމުގެ އަސަރުތަކެވެ.ނިދީގައި ދޭތެރެއަކުން ހިނިތުންވެލާ ގޮތުން މާ ރީތި ހުވަފެނެއް ބަލަނީހެންވެސް ހީވިއެވެ.
****
އާރިންއަށް ބަދަލުތަކެއް އަންނަމުންދާކަން މިރޭ އަހަންނަށް ގަބޫލުކުރެވިއްޖެއެވެ.ކުރިއަކުން އޭނާގެ ކިބައިން އެފަދަ ހަރުކަށިކަމެއް އަހަރެން ނުދެކެމެވެ.ރުޅިވެސް ގަދައެއް ނޫނެވެ.އަހަރެންގެ ގައިގައި ބީހިލާއިރުވެސް ހީވާނީ އަނިޔާއެއް ވެދާނެތީ ބިރުން އުޅޭހެންނެވެ.އެހެނަސް މިރޭ އާރިންގެ އަމަލުތައް ހުރި ގޮތުން އަހަރެންގެ ހިތުގައި އޭނާއާ ދޭތެރޭ ފާޑެއްގެ ބިރުވެރިކަމެއް އުފެދިއްޖެއެވެ.
****
އާދައިގެމަތިން އަހަންނަށް ހޭލެވުނީ އާރިން ދަންވަރު ތެދުވެގެން އުޅެނިކޮށެވެ.އޭނާ ނިކަން ސިއްރު ސިއްރުން ލެޕްޓޮޕް ހިފައިގެން ބެލްކަންޏަށް ނުކުންނަން ދާތީ ފެނުމުން އިސާހިތަކު އަހަރެންގެ ނިދި ކޮޅުވެސް ފިލައިފިއެވެ.ޑުވޭ ގައިމަތިން އެއްފަރާތް ކޮށްލާފައި އަހަރެން މަޑުމަޑުން އެނދުން ފައިބައިގެން ގޮސް އާރިންގެ ފަހަތުން ބެލްކަންޏަށް ނުކުތީމެވެ.
****
’އާރިން!‘ ކުއްލިއަކަށް އަހަރެން އާރިންގެ ނަމުން ގޮވައިލުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ.އޭނާ އެނބުރި ދެލޯ ބޮޑުކޮށްލާފައި ލެޕްޓޮޕް މެއާލައި ބޮނޑިކޮށްލިތަން ފެނިފައި އަހަރެންގެ މެއަށް ނުބައި ގޮތެއް ވެގެން ދިޔައެވެ.އެވަރަކުން އާރިން އަހަންނަށް ސިއްރުކުރަން އެ މަސައްކަތް ކުރަނީ ކޮން ކަމެއް ހެއްޔެވެ؟އޭނާ އަހަންނާއި ވަގަށް އެހެން ކުއްޖަކާ ގުޅުމެއް ބާއްވަނީ ހެއްޔެވެ؟ އެނޫނީ އޭނާ އެހާ ސިއްރުން އުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެ ނައްސި ޚިޔާލުތަކުން އިސާހިތަކު އަހަރެންގެ ދެލޯ ފެންކަޅިވިއެވެ.
****
’އާރިން..އާރޔޫ ޗީޓިން އޮން މީ؟!‘ އަހަރެންގެ އަޑު ނުކުތީ ވެސް ކުރެހިގެންނެވެ.
****
’ވަޓް…؟! ނޯ!ނޯ!ނޯ! މިހޫ މުޅިން ނުބައިކޮށް ތި ވިސްނީ… ހާދަ އަވަހޭ ދޯ އަހަރެން ޖަޖް ކޮށްލިލެއް…ޑޫ ޔޫ ނޮޓް ޓްރަސްޓް މީ؟!‘ އާރިން ދެރަވެލާފައި ބުނެލިއެވެ.
****
’ކީއްވެ ދެން އެހާ ސިއްރުން ކޮންމެ ރެއަކު މިތަނަށް ތި ނުކުންނަނީ…؟އެންމެ ރެއެއް ދެރެއަކު ނޫނޭ…ކޮންމެ ރެއަކު…އެވެސް އަހަރެން ނިދީމަ… އާރިން ހީކުރީ އަހަންނަށް ހަމަ ނޭނގޭ ކަމަށްތަ؟‘ އަހަރެން ހަށަން ބަނދެލަމުން ބުނެލީމެވެ.އަހަރެންގެ އެ ޖުމްލައާއިއެކު އާރިންގެ ނިތަށް ރޫތައް އަރައިގެން ދިޔައެވެ.
****
’އޮހ ކަމޯން މިހޫ…ކީއްވެތަ އަހަރެން މިހޫއަށް އުނދަގޫ ވެދާނެ ގޮތަކަށް އެއްވެސް ކަމެއް ކުރަންވީކީ؟ ވައި ވުޑް އައި ވޯންޓް ޓު ވޭކް ޔޫ އަޕް؟އަމް އަ ޓީޗަރ ރިމެމްބާރ…؟ އައި ހޭވް ވޯރކް ޓު ޑޫ…މިގަޑީގައި އަހަންނަށް ވޯރކް ކުރަން ފަސޭހަވީމަ މިގަޑީ މިކަމާ އުޅެނީ…ޖަސްޓް ބިކަޒް އަހަރެން މިގަޑީ ލެޕް ހިފައިގެން މިތަނަށް ނުކުންނާތީ އޭގެ މާނައެއް ނޫން ކަންނޭނގެ އެއީ އަހަރެން މިހޫއަށް ޗީޓް ކުރަނީއެކޭ….ޕްލަސް އައި ގެޓް ޓު ސްޕެންޑް މޯ ޓައިމް ވިތް ޔޫ މިގަޑީގައި މި ވޯރކްތައް ނިންމާލީމަ…އޭރުން ދުވާލު ގަޑީގައި އަހަންނަށް ފިހާރައިގެ ކަންތައްތައް އެކަނި ބަލާލީމަ ނިމޭނެ‘ ފުން ނޭވާއެއް ދޫކޮށްލައިފައި އާރިން ބުނެލިއެވެ. އޭނާގެ ވާހަކަ އިވިފައި އަހަރެންގެ ދޫ ބަންދުވިއެވެ. ރަނގަޅަށް ވިސްނައިލެވުނީ ދެނެވެ. ތެދެކެވެ.އާރިންއަކީ ޓީޗަރެއް ކަމާއި ޓީޗަރުން ކުރަން ޖެހޭ ބައިވަރު މަސައްކަތް ހުންނާނޭކަން އަހަރެން ހަނދާން ނައްތައިލީ ކޮން އިރަކު ހެއްޔެވެ؟އަހަރެންގެ ވިސްނުން ހަނިކަމާއި މެދު އަމިއްލަ ނަފްސަށް ވެސް މަލާމާތް ކުރެވުނެވެ.ފުރަތަމަވެސް އާރިން އާއި ދޭތެރޭ އެންމެ ނުބައިކޮށް ވިސްނުނީތީ އަހަރެން ލަދުގަނެ ދެރަވިއެވެ.އަޅެ އާރިން ހީކުރާނީ ކީކޭ ހެއްޔެވެ؟
****
’ސޮރީ…‘ ގަތް ލަދުން އާރިން އާއި ހަތަރުކަޅި ހަމަކޮށްލަން ނުކެރިފައި އިނދެ އަހަރެން ބުނެލީމެވެ.އެހެނަސް އަހަރެންގެ ދަތްދޮޅީގައި އިނގިލި ޖައްސާލައި، އާރިން އަހަރެން އޭނައާއި ހަތަރުކަޅި ހަމަ ކުރުވިއެވެ.
****
’އިޓް ރިއަލީ ހާރޓް ޓު ނޯ މިހޫއަށް އަދިވެސް އަހަންނަށް ފުލީ ޓްރަސްޓް ނުކުރެވޭކަން…ބަޓް އިޓްސް އޯކޭ… އިނގޭ ޓްރަސްޓް ބިލްޑް ވާން ވަގުތު ނަގައިފާނެކަން…އަސްލު އަހަރެމެން މެރީކުރީކީ މާ ބޮޑަށް ދެމީހުންގެ ގޮތް އެނގި ދަސްވެގެނެއް ނޫން…ސޯ އައި ޑޯންޓް ބްލޭމް ޔޫ…‘ އާރިން ނިކަން ލޯބިން ބުނެލިއެވެ.އޭނާ އަހަންނަށް ހިތް ބުރަ ނުކުރީތީ އަހަަންނަށް ލިބިގެން ދިޔައީ ބުނެދޭންވެސް ނޭނގޭ ފަދަ ހިތްހަމަ ޖެހުމެކެވެ.
****
’ހިނގާ…ނައު ލެޓް މީ ޓޭކް ޔޫ ޓު ބެޑް…‘ އާރިން ލުއި ފަތެއްހެން އަހަރެން ނަގައި އަތުލަފިކޮށްލިއެވެ.އަހަރެން އޭނާގެ ކަނދުރާގައި އަތް އަޅުވައިލުމުން އާރިން ވަރަށް ލޯބިން އަހަރެންގެ ނިތުގައި ބޮސް ދިނެވެ.އޭނާ އަހަރެން ގެންގޮސް އެނދުމަތީގައި ބާއްވާލައި ގައިމަތީގައި ޑުވޭ އަޅައި ރީތިކޮށްލައިދިނެވެ.އާރިންގެ ވާހަކައިން ހިތަށް ލިބުނު ހަމަޖެހުމުގެ ސަބަބުން އަހަރެންގެ ދެލޮލަށް ނިދި ސަވާރުވާކަށް މާ ގިނައިރުތަކެއް ނުނެގިއެވެ.
****
’އޭތް ލޯބީ…ދެން ހޭލަބަލަ… ބަންގި ގޮވަން އެ އުޅެނީ…‘ އަހަންނަށް ދެލޯ ހުޅުވައިލެވުނީ އާރިން އަހަރެންގެ މޫނު ދެއަތުން ޖޯޑުކޮށްލައި ދެފަރާތަށް ތަޅުވައިލުމުންނެވެ.އޭރު އޭނާ ހުރީ ފެންވަރައި ތާޒާވެލައިގެން ނަމާދަށް ދާން ތައްޔާރުވެގެންނެވެ.
****
ތެދުވާ ހިތް ނުވެގެން ކަންނެތްވެފައި، އަހަންނަށް ކުޑަކުއްޖެއްހެން ކުސްތަޅައިލެވުނެވެ.އެހެނަސް އާރިން އަހަަންނަށް ދޫ ނުދީ، ނަގައިގަނެގެން ގެންގޮސް ފާޚާނާ ދޮރުމަތީގައި ކޮޅަށް ބެހެއްޓިއެވެ. އޭރުވެސް އަދި އަހަންނަށް ރަނގަޅަކަށް ނުހޭލެވެއެވެ.
****
’ދެން ހޭލަބަލަ ލޯބީ…ތިހާ ނިދި ގަދަ ވާކަށް ނުވާނެއޭ…ދޭބަ ފެންވަރާލަން…ފެންވަރާލީމަ ތި ނިދިގަނޑު ފިލައިފާނެ….ނޫނީ އަހަރެން ވަދެ ފެންވަރުވައި ދޭންވީތަ؟ލޯބި އެގޮތް ބޭނުންވަނީތަ؟‘ އަހަރެން އެހާ ނިދި މޫޑުގައި ހުއްޓާ ވެސް އަހަންނާއި ސަމާސާއެއް ކޮށްލެވޭތޯ އާރިން ބެލިއެވެ.އޭނާ ނިކަން ލޯތްބާއިއެކު އަހަރެންގެ މޫނު މައްޗަށް ވެއްޓި ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑު ކަންފަތުގެ ދެފަރާތަށް ލައްވައިލަ ދިނެވެ.އާރިންގެ އެ ލޯބިވެތި އަމަލުތަކުގެ ސަބަބުން ރޭގެ ކަންތައްގަނޑު މަޑު މަޑުން އަހަރެންގެ ހަނދާނުން ފަނޑުވެގެން ދިޔައެވެ.
****
ނަމާދުކޮށްގެން އަހަންނަށް ނުކުމެވުނުއިރު އާރިން އުޅެނީ އަހަންނަށް އެންމެ ކަމުދާ ބާވަތްތަކުން ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އަވަދިނެތިއެވެ.އަހަރެން ގޮސް އޭނާއަށް އަތް ގާތް ކޮށްދޭން ފެށުމުން އެގޮތެއްވެސް އޭނާއަކަށް ކަމަކު ނުދިޔައެވެ.
****
އެންމެ ފަހުން އަހަންނަށް ޖެހުނީ އާރިން ނާސްތާ ތައްޔާރުކޮށް ނިމެންދެން ކަމެއް ނުކޮށް ދެއަތް އުރާލައިގެން އިންނާށެވެ.ސައި ނުބޮއެ އަހަރެން އިތުރު ކަމެއް ކުރަން އުޅޭކަށްވެސް އާރިން ހިލާ އެއްބަހެއް ނުވިއެވެ.
****
މިފަހަރު އާރިން ތައްޔާރުކޮށްލީ ތަރުކާރީ ބިސްގަނޑަކާއި ފާޑެއްގެ އެގް ސޭންޑްވިޗެކެވެ.އެ ކާހިތުން ކުޅު ދިޔާވި ނަމަވެސް އާރިން އަހަރެންގެ ތަށި ގާނިޝްކޮށް ނިމެންދެން އަހަންނަށް ޖެހުނީ މަޑުކުރާށެވެ.ގާނިޝް ކުރުމަކީ އޭނާ މާ ކުރާހިތްވާ ކަމެކެވެ.
****
އެއް އިރަކުވެސް އަހަންނަކީ ހެނދުނު މާ ގަދަޔަށް ސައި ބޮއެ އުޅުނު މީހެއް ނޫނެވެ.ބިސްގަނޑެއް ނޫނީ ކޮފީ ތަށްޓެއް ބޯލީމައި އެ ހުރީ ވެފައެވެ.އެހެނަސް އާރިންއާއިއެކުގައި އުޅެން ފެށި ފަހުން އޭނާ ތައްޔާރުކޮށް އުޅޭ ފާޑު ފާޑުގެ ޕޭން ކޭކް,ބިސްގަނޑު،ވަފްލް،ފްރްޓް ބޮއުލް އަދި ސޭންޑްވިޗް ފަދަ އެއްޗެއްސަށް އަހަރެން ހުންނަނީ އަބަދު ދަހިވެފައެވެ.އާރިންގެ އަތުން ތައްޔާރު ކުރާ އެއްޗެއް އަރުތެރޭގައި ނުޖެހެންޏާ ދުވަސްވެސް ފުރިހަމަ ވާހެން ހިއެއް ނުވެއެވެ.އަހަންނަށްވެސް ކައްކަން ނޭނގެނީކީ ނޫނެވެ.އެހެނަސް އާރިންއާއި ވާދަ ޖަހާލެވޭ ފަދަ އުފެއްދުންތެރިކަމަކާއި، ހުނަރުވެރިކަމެއް އަހަރެންގެ ނެތީއެވެ.
****
އާރިން އަހަރެންގެ ތަށި ގެނެސް މޭޒުމަތީގައި ބެހެއްޓުމުން، ކޮފީއެއް ހިފައިގެން އައިސް އަހަރެން އަވަހަށް އިށީނދެ ސައިބޯން އަވަސްވެގަތީމެވެ.އޭރު ބަނޑުހައިވެގެން ގޮސް އަހަރެންގެ ބަނޑުން އަޑު ކިޔައެވެ.އާރިންވެސް އޭނާގެ ތަށި ހިފައިގެން އައިސް އަވަހަށް އިށީނދެއްޖެއެވެ.ދެން އޭނާ ބަލަން ފެށި ގޮތުން ހީވީ އަހަރެންގެ މޫނުމަތިން ކަމެއް ދެނަގަންނަން މަސައްކަތް ކުރަން ފެށިހެންނެވެ.
****
’ބޭބީ… ރޭގަ…ވާރ ޔޫ… ހާރޓް؟‘އެހެން އިރުކޮޅަކު އިނދެފައި އެންމެ ފަހުން އާރިން އަހައިލިއެެވެ.އާރިންގެ އެ ސުވާލާއި އެކު ބިސްގަނޑު ކުދި ކުރަން ގެންގުޅުނު އުލުން އަހަންނަށް އަތް ދޫކޮށްލެވިއްޖެއެވެ.ނޭނގި ނަމަވެސް އާރިންއަށް އެ ނެގުނީ މުޅިން ނުބައި މައުޟޫއެކެވެ.
****
’ވާރ ޔޫ ޓްރައިން ޓު ހާރޓް މީ ރޭގަ؟ކަޒް އިޓް ރިއަލީ ފެލްޓް ލައިކް ދެޓް‘ ރޭގެ ހަނދާންތައް އާވެގެން ދިޔުމުން އަހަރެންގެ މުޅި މޫޑު ޚަރާބުވެގެން ދިޔައެވެ.ކާހިތްވެސް ކެނޑުނެވެ.އެ ސުވާލު އާރިންއާއި ކޮށްލަން ހިތްވަރު ލިބުނު ގޮތެއްވެސް އަހަންނަކަށް ނޭގުނެވެ.އަހަރެންގެ އެ ޖުމްލައިން އާރިންއަށްވެސް ސިހުން ލިބުނުކަން އޭނާގެ މޫނު މައްޗަށް އަރައިގެން ދިޔަ ކުލަވަރުން ދޭހަވިއެވެ.
****
’ނޯ…އައި ވޮޒަންޓް ޓްރައިންޓު ހާރޓް ޔޫ މިހްރާ…އަހަރެން ހީކުރީ މިހޫވެސް ލައިކް ވީކަމަށް އެގޮތް.‘ އާރިން ހައިރާންކަން އެކުލެވިފައިވާ އަޑަކުން ބުނެލިއެވެ.އަހަންނަށް އަނގަޔަށް ގޮތެއް ހަދައިލެވުނެވެ.ނުބައިކޮށް ވިސްނިގެން މިއުޅެނީ އަހަންނަށް ހެއްޔެވެ؟ އެހެނަސް އެކަމާ އަހަރެންގެ ހިތް ވަގުތުން ދެކޮޅު ހެދިއެވެ.
****
’މިހޫއަށް ރޭގަ އަހަރެންގެ ފަރާތުން އެއްވެސް ކަހަލަ އަނިޔާއެއް ދެވިފައިވާނަމަ އަމް ރިއަލީ ސޮރީ…‘އަހަރެން އެއްޗެކޭ ނުބުނެ ފާޑަކަށް އިންނަން ފެށުމުން އާރިން އަހަރެންގެ އަތުގައި ހިފާލާއި ވަރަށް ދެރަވެލާފައި ބުނެލިއެވެ. އަހަރެން ހަމައެކަނި ބޯ ޖަހާލުމަކުން ފުއްދައިލީއެވެ.
****
އެންމެ ފަހުން އަހަންނަށް އެ ބިސްގަނޑުވެސް ހުސް ކުރެވުނީ ގަދަކަމުންނެވެ. އަހަރެން ކޭލެއް މަދު ކަމުން އާރިން ވަރަށް ޝަކުވާވެސް ކޮށްލިއެވެ.އޭނާއާއި ހެދި ކެއުންވެސް ޚަރާބުވީދޯއޭ ކިޔައި އަމިއްލަ ނަފްސު ކުށްވެރިކޮށް ވާހަކަ ދައްކަން ފެށުމުން އަހަންނަށް އެކަމުން އުނދަގޫވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Mi part vx vrh reethi
When is next?
Thank you Neyngey.
In Sha Allah tomorrow