Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 13)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
September 4, 2025 5 Mins Read
6 Comments

ވަރިހަމައޭ ހިތަށް އަރުވާލައިފައި ހިތްވަރު ދޫނުކުރަން ވެގެން ދެން އަހަރެން ވަންނަން ދިމާކުރީ އެ އަނދިރި ގޯޅިގަނޑަށެވެ.’ޝޯޓު ކަޓަކީ‘ އެއީ ކަމަށްވާތީއެވެ.މިއޮއް ވާރޭގައި ދެން މާ ދުރުން އެހެންތާކަށް ދާހާ އަހަރެން މުރާއްޔެއް ނޫނެވެ.ހިތަށް އެރިއެވެ.އެއީ ދެން އެންމެ ފަސޭހަ އޮޕްޝަންއެވެ.ހަމަ ކުޑަ ކުޑަ ހިތްވަރެކެވެ.އޭރުން މިރޭ ޔަގީނުންވެސް ރާމެން ކާން ލިބޭނެއެވެ.

 

****

 

ފިހާރައިން ނުކުމެގެން އަހަރެން ގެއަށް ދާން ހިނގައިގަތީ ރާމެން ޕެކެޓްތައް ލާފައި އޮތް ކޮތަޅު ކޯޓުގެ ދަށަށް ލައި ނިވާކޮށްލައިގެންނެވެ.އޭރު ކޮންމެވެސް ވަރަކަށް ވާރޭ ތުނިކޮށްލައިފިއެވެ.ޖެހިލުންވެ ހުރެ އަހަރެން ކުރިއަށް ހިނގަމުން ދިޔައިރު އިރު އިރުކޮޅާ ފަހަތް ބަލާލެވެެނީ މާލެއަކީ ރައްކާތެރި ތަނެއް ނޫންކަން އަހަންނަށްވެސް ވިސްނޭތީއެވެ.މަގުމަތިން އަންހެން ކުދިންނާއި ފޮށި ގޯނާކޮށް ހެދުމަކީ މިހާރު  މާލޭގައި އާންމު ކަމެކެވެ.އަދި އަމުދުން އެ އަނދިރި ގޯޅިގަނޑަކީ ޕާޓޭ ސޮރުމެން އަބަދު އަޅާފައި އޮންނަ ތަނެކެވެ.އެހާ ޖެހިލުންވީ އެހެންވެއެވެ.އެކަމަކު މިރޭ އެސޮރުމެންގެ ހިލަމެއް ނުވަނީ ވާރޭ ވެހޭތީ އެސޮރުމެންވެސް އަވަހަށް ނިދަން އެރީ ތޯއްޗެކެވެ.

****

ކުޑަ ތަންކޮޅަކަށް ދެވުނުތަނާ އެ ގޯޅިގަނޑުގެ އެއް ފަރާތުގައި މަޑުކޮށްލައިގެން ކަޅު ވާރޭ ކޯޓެއްގައި ހުރި މީހަކު އަހަރެންގެ ލޮލުގައި އަޅައިގަތެވެ.އެހެނަސް އަނދިރިކަމުން އެއީ އަންހެނެއް ކަމެއް ފިރިހެނެއް ކަމެއް ވަކި ކުރާކަށްވެސް ނޭނގެއެވެ.ބިރުން ހުރެ ދެފަޔަށް ބާރުލާފައި ހިނގުން އަވަސްކޮށްލަމުން އަހަރެން ނޫންކަމަށް ފަހަތް ބަލައިލީ އެމީހާ ކޮބައިތޯ ބަލައިލާށެވެ.އެވަގުތު އެ މީހާ ސީދާ އަހަންނާއި ދިމާލަށް ހިނގައިގަތްތަން ފެނިފައި މޭގަނޑު އަނގަޔަށް ނައީ ހަމަ ކިރިޔާއެވެ.ދެފަޔަށް ހުރި ބާރެއް ލާފައި ހިނގައިގަނެވުނުއިރު ބިރުން ގޮސް އަހަރެންގެ ހިތް ހީވީ ދެންމެ ދެންމެ މޭ ފަޅާލާފައި ނުކުމެދާނެހެންނެވެ.

****

ފަހަތް ބެލުމެއްނެތި އަހަރެން ކުރިއަށް ދަނިކޮށް ސީދާ އަހަރެންގެ ނަމުން އަންހެނަކު ގޮވައިލި އަޑު އިވިފައި އަހަރެންގެ ފިޔަވަޅުތައް ގަނޑުވިއެވެ.ސިހިފައި އެނބުރި ފަހަތް ބަލައިލި އިރު އެއްކަލަ މީހާ ހުރީ ގޯޅިގަނޑު ނިމޭ ހިސާބުގައި މޫނުވެސް ވަކިކުރަން ނޭނގޭހާ އަނދިރީގައި ހުއްޓިލައިގެންނެވެ.އަހަންނަށް ގޮވި މީހަކީ އޭނާކަން އެނގުނީ އޭނާ ލައިގެން ހުރި ވާރޭ ކޯޓުގެ ޖީބަށް އަތް ކޮއްޕާލާފައި ނެގި އެއްޗެއް ސީދާ އަހަންނާއި ދިމާލަށް އެއްލިތަން ފެނުމުންނެވެ.އެވަގުތު އަހަރެންގެ ފައިބުޑަށް ފެންގަނޑު ތެރެއަށް ވެއްޓި ޖެހުނު އެތި ފެނިފައި އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ.

****

’އަހަރެން ބުނިން ދޯ ހެކި ދައްކާނަމޭ ގަބޫލު ނުކޮށްފިއްޔާ…‘ އެ އަންހެންކުއްޖާ އަޑުހަރުކޮށް ބުނެލި އަޑު އިވުނެވެ.އެ އަޑުގައި ނުރުހުމުގެ އަސަރު އެކުލެވުނެވެ.ވަގުތުން އަހަރެންގެ މުޅި ހަށިގަނޑުން ހީބިހި ހިލިގެން ދިޔަ އެވެ. އަހަންނަށް މެސެޖް ކުރި މީހަކީ އެއީ ހެއްޔެވެ؟މިހާ އަވަހަށް އޭނާ އަހަންނަށް ފާރަލަމުން ފަހަތުން ހިނގަންވެސް ފެށީ ހެއްޔެވެ؟ނޭނގޭ ބިރުވެރިކަމަކުން އަހަރެންގެ ހިތް ބާރު ބާރަށް ތެޅިގަތެވެ.

****

’ކަ…ކާކު ތީ…؟‘ބިރުން ހުރިވަރުން އަހަރެންގެ އަޑު ނުކުތީވެސް އާދައިގެ ވަރަށްވުރެ ބާރަށެވެ.

’އަހަރެން އިތުރަށް ކިޔައިދޭކަށް ނުޖެހޭނެ ކަންނޭނގެ…‘އޭނާ ހަރުކަށި ރާގަކަށް ބުނެލިއެވެ.

****

’ކަލޭ އަހަރެންގެ ވާހަކަ ގަބޫލު ނުކުރަންވެގެނެއްނު  ނަންބަރ ބުލޮކު ކޮށްލީ…އެހެންވީމަ އަހަރެން  ބޭނުންވީ ސީދާ ކަލޭގެ ކުރިމައްޗަށް އަރާފައި ހެކި ދައްކަން… ދުވަސްކޮޅެއްވެއްޖެ މިހްރާއާ ދިމާކުރަންވެގެން އަހަރެން އުޅޭތާ…ތިއޮތީ ހެކި ފެންނަން… ތިވަރުން ކަލޭގެ ތި ތެތްކަމެއް ނެތް ސިކުނޑިއަށް އަޅެ އެއްޗެއް ވަދޭތޯ ބަލާބަލަ..‘ އޭނާ ރުންކުރު ރާގަކަށް ބުނެލިއެެވެ.

****

އެއީ ހަމަ އެއްކަލަ ރޭ އާރިން އަހަރެންގެ މޫނުމަތީގައި އެޅުވި ކަހަލަ ހަމަ އެކުލައިގެ މާސްކެކެވެ.ތަފާތެއްވެސް ނެތެވެ.އެ އަންހެން ކުއްޖާ އެބުނާ ހެެއްކަކީ އެއީ ހެއްޔެވެ؟ އަހަރެންގެ މޫނުމަތީގައި ހީވީ މީހަކު ހޫނު ތައްޕަޑެއް އަޅައިލިހެންނެވެ.އެ މާސްކަކީ އެބުނާ ހެކި ކަމުގައިވަންޏާ އޭގެ މާނަައަކީ ކޮބައިހެއްޔެވެ؟

****

އަހަންނާއި އާރިންގެ ދެމެދުގައި އެރޭ އެ ހިނގި ކަންތައްތައް އެ އަންހެންކުއްޖާއަށް އެނގެނީ ހެއްޔެވެ؟ހެއްކޭ ކިޔާފައި ހަމަ އޭގެ މާސްކެއް އޭނާ ގެނައުމުން އެކަމުގެ ފަހަތުގައި އަހަންނަށް ނޭނގޭ އެތައް ސިއްރުތަކެއް ވާކަމަށް އަހަރެންގެ ހިތާއި ސިކުނޑި އަޑުލައިގަތެވެ.ޔަގީނެވެ.އެ އަންހެން ކުއްޖާއަށް ކޮންމެވެސް ކަމެއް އެބަ އެނގެއެވެ.ދެމަފިރިން ދޭތެރޭ ހިނގި ކަމެއްގައި ބޭނުން ކުރެވުނު އެއްޗެއް ނުވެސް ދަންނަ މީހަކު ގެނެސް ފައިބުޑަށް ޖެހުމުން ސުވާލު ނުއުފެދިއެއް ނުހުންނާނެއެވެ.ޔަގީނެވެ.ވަރަށް ބޮޑު ނުބައެއް މިކަމުގައި އެބަ އުޅެއެވެ.އެ ނޫނީ އެ މާސްކުގެ ކަންތައް އެ އަންހެން ކުއްޖާއަކަށް އެނގިފައެއް ނޯންނާނެއެވެ.އަނެއްކާ އެ އަންހެން  ކުއްޖާއާއި އާރިންގެ ގުޅުމެއް އޮތީ ބާވައެވެ؟ނޫނީ އޭނާ އަހަންނާއި އެވަރަކުން ދިމާކުރުމުގެ ބޭނުމަކީ އާރިންއޭ ކިޔައިގެން ހަމަ އަހަރެންގެ ހިތުގައި ޝައްކުގެ އޮށް އިންދުން ހެއްޔެވެ؟ ނޫނީ އެއީ ހަމަ އަސްލުވެސް ކަމުގެ ހަގީގަތް ހެއްޔެވެ؟

****

’މި…މި…‘ އެ މާސްކު ފެނުމުން އަހަރެންގެ ސިކުނޑި ހަމަ ސުމަކަށް ދިޔައެވެ. ވިސްނާފައި ނުވިސްނަންވީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. ތަލިން ކުޅު ހެކި ދުލުން ބަހެއް ބޭރުކޮށްލަންވެސް އަހަންނަށް އެވަގުތު ވީ އުނދަގޫ ކަމަކަށެވެ.

*****

’ތި ހީވީ ރަނގަޅަށް…އާރިންއަކީ މިހްރާ ތި ހީކުރާކަހަލަ ޑީސެންޓް މީހެއް ނޫން…އޭނާ ހިންގާފައި ހުރި ޖަރީމާތައް ކަލެއަށް އެނގޭނަމަ ކަލޭވެސް ހަމަ ކޮސްވާނެ…އިޓްސް ނޮޓް ޖަސްޓް ޔޫ މިހްރާ…ދެޓް މާސްކް… ހީ ޔޫޒްޑް ދި ސޭމް ޝިޓް އޮން މީ ޓޫ… އަހަރެން އެކަންޏެއްވެސް ނޫން…އިހަށް ދުވަހު އަހަންނަށްވެސް މިކަންތައްތައް މި އެނގުނީ…ހިޒް ނޮޓް ހޫ ޔޫ ތިންކް ހީ އިޒް މިހްރާ…ހީ ޔޫޒްޑް އޯލް އޮފް އަސް… އަހަންނަށް އަދިވެސް ހަމަ އަންޑަސްޓޭންޑް ނުވާ ތަންކޮޅަކީ އޭނާ އެވަރުން ކަލެއާ އިން ސަބަބެއް….ވައި މެރީ ޔޫ…އިނދެފައިވެސް ހަމަ ކަލެއަށްވެސް އެ ހެދީ އެހެން ވިއްޔާ…އިޓްސް އަ ފަކިން ޕެޓާން.. ބަޓް ޔޫ ހެޑް ނޯ އައިޑިއާ…ވަޓް އަ ޝޭމް…‘ އެ އަންހެން ކުއްޖާ ހިތި ގޮތަކަށް ހީލި އެވެ.އަހަންނަށް ހީވީ އަހަރެންގެ ހިތުގައި މީހަކު ހިފައި ބާރުކޮށްލިހެންނެވެ.

****

އެއީ ހަމަ ތެދު ހަގީގަތް ހެއްޔެވެ؟އާރިންއަކީ ހަމަ އަސްލުވެސް ބައިވަރު އަންހެން ކުދިންނާ ގުޅުން ހިންގަމުން ދުވާ ކޫޑި ފިރިހެނެއް ހެއްޔެވެ؟އާރިން އަހަންނަށްވެސް ހަމަ ހެދީ އެހެންނޭ އޭނާ އެބުނި ބަހުގެ މާނަ އަކީ ކޮބައިހެއްޔެވެ؟އާރިން އުޅެން ބޭނުންވާ ގޮތަކީ އެއީ ކަމުގައި ވަންޏާ އެ އަންހެން ކުއްޖާ އެބުނިހެން ކޮންމެހެން އަހަންނާއި އިނުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟ގައިމު އަހަރެން އޭނާއަކަށް ދެރައެއް ނުދެމެވެ.ދިނިއްޔާ ދިނީ ލޯތްބެވެ.އާރިން އެގޮތަށް އަހަންނާއި ދޭތެރޭ ކަންތައް ކުރަން އަހަންނަށް އޭނާއަށް ދެވުނީ ކޮން ދެރައެއް ހެއްޔެވެ؟ ދިމާލަށް ހެކި ފެންނަން އޮއްވައި ވެސް އާރިން ދެކެ އަހަރެން ވާ ލޯތްބެއްގެ ބޮޑުކަމުން އެވާހަކަތައް ގަބޫލު ގަބޫލުކުރަން އަހަރެންގެ ނަފްސު ފަސް ޖެހެމުން ދިޔައެވެ.އަހަރެން އިތުބާރު ކުރަންވީ ކާކަށް ހެއްޔެވެ؟ އާރިންއަށް އިތުބާރު ނުކޮށް އެ އަންހެން ކުއްޖާއަށް އިތުބާރު ކުރަން ވެދާނެ ހެއްޔެވެ؟

****

’ކީކޭތަ ތި ކިޔަނީ… ތީ އަޅެ ކާކުތަ؟ ކިހިނެއްތަ އާރިން އެނގެނީ؟ތިކިޔާ އެއްޗެއް ތަންކޮޅެއް ސާފުވާނެހެން ކިޔާބަލަ. އާރިން ކަލެއަށް ކީއްތަ ކުރީ…ވަޓް ޑޫ ޔޫ މީން ހީ ޑިޑް ދި ސޭމް ޓު މީ…؟‘ އަހަރެން ވަރަށް އުނދަގުލުން ބުނެލީމެވެ.އެ އަންހެން ކުއްޖާގެ މޫނު ނުފެންނާތީ ވާހަކަ ދައްކަން އަހަރެން ޖެހިލުންވެސްވިއެވެ.އެވަގުތު އެ މަގުގައި މީހުން ނެތީ ހަމަ ނަސީބެކެވެ.އެހެން ނޫނީ ފެންނަ މީހަކުވެސް ހިކުރާނީ އަހަރެން މީ މޮޔައެއް ކަމަށް ކަންނޭނގެއެވެ.

****

’އަހަންނަށް ކިޔަނީ ކީރާ…އާރިންއަކީ އަހަރެންގެ އެކްސް…އޭނާ އަދިވެސް ހީކުރަނީ ކަންނޭނގެ މީހަކަށް އެވަރު ދެރައެއް ދީފައި އަދިވެސް އެހެން އުޅެވިދާނޭ ބަޓް އަމް ގޮނަ ޓޭކް ހިމް ޑައުން…އޮނެސްޓްލީ މިހްރާ….އައި ފީލް ސިމްޕަތީ ފޮރ ޔޫ…‘ އެ އަންހެން ކުއްޖާގެ އަޑުގައި މިފަހަރު އެކުލެވުނީ މާޔޫސްކަމެވެ.

****

ދެން ފެނުނީ އޭނާ  އެ އަނދިރިގަނޑުން ނުކުމެގެން އައިސް އަހަންނާއި ފަސް ވަރަަކަށް ފޫޓު ދުރުގައި ހުއްޓުނުތަނެވެ.ނަމަވެސް ވާރޭ ކޯޓުގެ ހުޑް ތިރިކޮށްލާފައި ހުރުމުން ފެންނަން ހުރީ އޭނާގެ މޫނުން އެއްބައެވެ.

****

’ތި ކިޔާ އެއްޗެއް އަޅެ ސާފު ބަހުން ކިޔާބަލަ ހެޔޮނުވާނެ… ތިމާއަށް ހެދިހެންނޭ ހަމަ އަހަންނަށް ހެދީ އެހެން ތިބުނީ ކީއްވެ؟ ވަޓް ޑިޑް ހީ ޑޫ ޓު ޔޫ އެގްޒެކްލީ؟‘ އަހަރެން ގާތަށް އައީ ފާޑެއްގެ ރުޅިއެކެވެ.

****

’އޮހ ޔޫ ރިއަލީ ވޮނަ ނޯ؟!‘ ހަމަ ކުއްލިއަކަށް ކީރާގެ ރާގުގަނޑުވެސް ބަދަލުވިއެވެ.އޭނާ އަހަންނާއި އެއަށްވުރެވެސް ގާތަށް ޖެހިލައި ކޯޓުގެ ހުޑް ނަގައި އެއްކޮށް ތިރިކޮށްލިއެވެ.ކީރާގެ މޫނު ރީތިކޮށް ފެނުމުން އޭނާގެ ފުރިހަމަކަން ފެނި ޚުދު އަހަރެންވެސް އަޖައިބުވެ އަންތަރީސްވިއެވެ.ކީރާއަކީ ހާދަ ރީތި ކުއްޖެކެވެ.ހީވަނީ ހަމަ ރީތިކަން ހުސްކޮށްލައިގެން ހުރި ޕަރީއެއްހެންނެވެ.އެހާވެސް ރީއްޗެވެ.ރުއްކުރިކޮޅެއްހާ ކުލަ އަލި ހަންގަނޑަކާއި ހިސާބަކަށް ތެމިފައިވާ ދިހުން ކުލަ އަރާ އިސްތަށިގަނޑެކެވެ. އެބޮޑު ދެލޮލުން އަހަންނަށް ބަލަން ހުރި ބީރައްޓެހި ނަޒަރުން އަހަންނަށް ކުރުވީ އުނދަގޫ އިހުސާސެކެވެ.

****

’ހަމަ މިހާރު އަހަންނަށް ހުރިހާ ވާހަކަތަކެއް ކިޔައިދީ.. އަހަރެން ބޭނުން މިރެއިން މިރެއަށް ތި ހުރިހާ ކަމެއް އިނގެން…‘ ކީރާ ނުބުނަން އުޅެނީއޭ ހީވެ އަހަރެން ތަންކޮޅެއް ހަރުކަށި ރާގަކަށް ބުނެލީމެވެ.

’ކިޔައިދެވިދާނެ… މިހްރާ ގަބޫލު ކުރިއްޔާތާާ…ދެން އެކަމަކު މިތާ މި ވާރޭ ގަނޑުގަ މި ވާހަކަ ދައްކަން ތިބޭނެ ކަމެއް ނެތެއްނު…އާދޭ މަގޭ ފަހަތުން…‘ ފުން ނޭވާއެއް ދޫކޮށްލަމުން ކީރާ ބުނެލިއެވެ.އޭނާ އަނެއްކާވެސް ހިނގައިގަތީ އެ ގޯޅިގަނޑުގެ ތެރެއަށެެވެ.

’ކީރާގެ ގެ ހުންނަނީ މި ގޯޅިގަނޑުގައިތަ؟!‘ އަހަރެން ހައިރާންވިއެވެ.

’އާނ…ހީކުރި ވަރަށްވުރެ ކައިރީގައޭ މިއުޅެނީ… ވަރަށް ހައިރާންވެއްޖެ ދޯ… އަލަކަށް ނޫނޭ މިހްރާ ރާމެން ގަންނަން އެ ފިހާރައަށް ދިޔަތަން މި ފެނުނީކީވެސް…‘ ޖެއްސުމުގެ ރާގަކަށް ކީރާ ބުނެލި އެވެ.

****

ކީރާ އަހަރެން ގޮވައިގެން ގޮސް ވަނީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި ތިރި އިމާރާތަކަށެވެ.އެތެރެއަށް ވަދެގެން ދިޔައިރު ސިމެންތި ތަޅުމެއް އަޅާފައި އޮތް ސިޓިން ރޫމުގަައި ހުރީ ސޯފާއަކާއި ކުޑަ މޭޒެއް އެކަންޏެވެ.ޓިވީއެއްހާ ހިސާބުވެސް ނެތެވެ.ބޮލަށް ދެންމެ ދެންމެ ވެއްޓިދާނޭހެން ހީވާ ފަންކާއިން ކިޔަމުން ދިޔަ ތޫލި އަޑުން އަހަރެން ދަތް ހީލި ކަރުވައިގަތެވެ.

****

’އަހަރެން އެވަރަކުން މިހްރާ މިގެއަށް މިގެނައީ އެއްޗެއް ދައްކަންވެގެން…އިޓްސް ދި ބިގެސްޓް ޕްރޫފް އައި ކުޑް ޝޯ ޔޫ… އަސްލު ފަސޭހައެއްވެެސް ނޫން އަހަންނަކަށް މިވާހަކަތައް ދައްކާކަށް…އިޓް ސްޓިލް ހާރޓްސް…އާދޭ އަހަރެން ފަހަތުން…‘ ކީރާ އޭނާ ލައިގެން ހުރި ކޯޓު ބާލައި ފާރުގައި ހަރުކޮށްފައި ހުރި އެއްޗެހި އަޅުވާ ބުޅިގަނޑުގައި އަޅުވައިލުމުން އަހަރެންވެސް ކޯޓު ބަލާފައި އެތަނުގައި އަޅުވައިލީމެވެ.ރާމެން ޕެކެޓްތައް ލީ ކޮތަޅު ސިޓިން ރޫމްގައިހުރި ކުޑަ މޭޒުމަތީގައި ބާއްވާފައި އަހަރެން ކީރާގެ ފަހަތުން ދިޔައީމެވެ.

***

ކީރާ އަހަރެން ގޮވައިގެން ގޮސް ވަނީ އެ ގޭގެ އެންމެ އެތެރޭގައި ހުރި ހަކޮށްޓެއް ވަރުގެ ކުޑަ ކުޑަ ކޮޓަރިއަކަށެވެ.އޭނާ ބޮކި ދިއްލާފައ ގޮސް ކޮޓަރީގެ ވާތް ފަރާތުގައި ހުރި ބަންކު ބެޑުގެ ކައިރިއަށް ހުއްޓިފައި އަހަރެންގެ މޫނަށް ބަލައިލާފައި ތުންފަތުގައި ދައިގަތެވެ.އޭރު އަދި އަހަންނަކަށް މިވަނީ ކިހިނެއް ކަމެއް ނޭނގެއެވެ.އަހަރެން ގޮސް ކީރާގެ ގާތަށް ހުއްޓިފައި އެ އެނދާއި ދިމާލަށް ބަލައިލި ވަގުތު ލިބުނީ ދުވަހަކު ނުލިބޭ ވަރުގެ ޝޮކެކެވެ.ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެގެން ދެލޯ ބޮޑުކޮށްގެން ހުރެ އަހަންނަށް ދެން ބަލައިލެވުނީ ކީރާއާއި ދިމާލަށެވެ.

 

ނުނިމޭ.

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

އަބަދަށް-33

Next

މަޢާފް އެދެމުން 55

Next
September 4, 2025

މަޢާފް އެދެމުން 55

Previews
September 4, 2025

އަބަދަށް-33

6 Comments!

  1. Your fav bab Your fav bab says:
    September 4, 2025 at 8:22 pm

    Hehe.. I thought e msg fonuvee haidhin kamah!! Cuz he want mihoo so bad😁
    So aarin..tf??
    Just one think came into my mind!! Is he recording those moments and uploading it or something?? Ehenyaa Konme Reyaku lap hifaigen keeh e kuranee?
    I dunno then.. But the thing I know is Im trapped in curiosity
    When next?
    Love this story💗💗💗and u too!!

    1. Lamtty Lamtty says:
      September 7, 2025 at 6:57 am

      Hehe let’s see dho alhe 💕
      Glad you love the story 😊

  2. Lily says:
    September 4, 2025 at 9:52 pm

    OMG … Koacheh fenuny?? Anehkha eh nulafaa firihenaa ethaa nidhaafa tha?

    1. Lamtty Lamtty says:
      September 7, 2025 at 6:58 am

      Let’s see alhe 👀

  3. Aysherr says:
    September 6, 2025 at 2:58 pm

    Hii lamtty,
    Hithah araa mi vaahaka ehkkon kiyaalan libeyne nama ey 😭 ehaa ves shaugu veri.. kiyaa nimey iru ves neynge ehbai faharu heevey maa kurey ves ekm dhn kiyuntheringe hitheh nufureyne kithanme dhigu koh gensdhinas ves 😅 butttt i appreciate your hard work ingey.. Allahumma baarik!! Abadhu ves thi gothuga kuriyah dhaathi ingey dear <3 🎀🎀
    Anekka kohcheh baa e fenuni mihaaru 😭 Varah avahah next part kiyaalan libeyne kamah ummeedhu kuran. 😁

    1. Lamtty Lamtty says:
      September 7, 2025 at 7:01 am

      Hii Aysherr ❤️
      Aw I’m happy that you love this story too.
      In Sha Allah I’ll try to make it more interesting.
      Next part already submitted 😊

Comments are closed.

Next Episodeމާސްކު (ޕާޓް 14)←


All Right Reserved!