Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 11)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
August 28, 2025 6 Mins Read
2 Comments

އެ އާއިލާގައި ތިބެނީ އިހާންއާއި ހައިދިން އެކަންޏެވެ.ވަރަށް ކުޑައިރު އެ ދެމީހުންގެ މައިންބަފައިން ވަނީ ނިޔާވެފައެވެ.ބަލާ ބޮޑުކުރީ މައި ފުށުގެ ބޮޑުދައިތައެކެވެ.އެހެނަސް ބޮޑުދައިތަވެސް މިހާރު ވަނީ ނިޔާވެފައެވެ.ދެމީހުންގެ ނަންމަތީގައި މައިންބަފައިންގެ ފަރާތުން ވާރުތަވި ގޯއްޗެއް އޮތްއިރު އެ ގެ ވަނީ ހަމައަށް މީހަކަށް ފަސް ފުލޯގެ މަގުން ބަހައިފައެވެ.ދެބެން ހިއްސާ ވެގެން ހިންގާ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްވެސް އޮވެއެވެ.

****

ހައިދިންގެ ބެލުންތަކުން އަހަންނަށް އެހާ އުނދަގޫވެފައި އިންދާ އާއިލާގެ މެންބަރުން ކިޔައިދެމުން ގޮސް ބައްޕަ އަހަންނާއި ތުއްތަވެސް އެ ދެމީހުންނަށް ތައާރަފް ކޮށްދީފިއެވެ.އަހަންނަކީ މިހްރާއޭ ގޯތި އެންމެ ހަގު މީހާއޭ ބައްޕަ ބުނެލިއިރަށް ހައިދިން އެއް މިޔަކަނުން ހިނިއައިސްފައި އަހަންނާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އަހަރެންގެ ދެކޮލަށް ހޫނުވެގެން ދިޔައެވެ.އަޅެ އޭނާއަށް އެކުން އެވަނީ ކީއްބާވައޭ ހިތަށް އަރާފައި އަހަންނަށް އޭނާއާއި ދިމާލަށް ކަޅިއަޅައިގަނެވުނެވެ.ހައިދިންއަށް އެކަން ފާހަގަވިކަން އަހަންނަށް އެނގުނީ އޭނާ އަހަންނަށް ނިއް އަރުވާލާފައި ލާނެތް ފާޑަކަށް ހީލީމައެވެ.އެންމެ ފަހުން ލަދުގަންނަން ޖެހުނީވެސް އަހަންނަށެވެ.ސަޔަށް އިންސާފު ކުރަމުން ވާހަކައިގައި ޖެހިފައި ތިބި ވަރުން ތުއްތަމެން ކުރެ މީހަކަށް އެކަން ފާހަގަ ނުކުރެވުނީ ހަމަ ނަސީބޭ އަހަރެންގެ ހިތަށް އެރިއެވެ.

****

ސައިބޮއެ ނިމިގެން އެންމެން ސިޓިން ރޫމުގައި ހަމަޖެހިލުމުން އިހާން ކައިވެނީގެ މަޢުޟޫ ނެގިއެވެ.

****

’އަޅުގަނޑު ބޭނުން މަޒޫއާއި ވީހާވެސް އަވަހަކަށް ކައިވެނިކުރަން…‘ އިހާން ދޮންތަގެ މޫނަށް ބަލަން  އިނދެ ހިނި އައިސްފައި ބުނެލިއެވެ.އެ ވަގުތު އިހާންގެ މޫނަށް ބަލައިލާފައި ދޮންތަ އިސްޖަހައިލި ގޮތުން ދޮންތަ ރަކިވީކަން އަހަންނަށް އެނގުނެވެ.

****

އެންމެންގެ ސަމާލުކަން އިހާންގެ ވާހަކައަށް ހުއްޓުނު ވަގުތު ދަނޑިވަޅު ބަލާފައި އަހަރެން ބަދިގެ ފަރާތަށް ލެފިލީ މޭޒުމަތިން ތަށިތައް ނަގައި ބަދިގެތެރެ ހަމައަކަށް އަޅުވައިލުމުގެ ބަހަނާ ދައްކައިފައެވެ.އެހެނަސް އަހަރެން އެތަނުން މަނާވެގަތުމުގެ ހަގީގީ މަގުސަދަކަށްވީ އަހަންނަަށް އަމާޒުވަމުން ދިޔަ ހައިދިންގެ ތޫނު ނަޒަރުތަކުން ސަލާމަތްވުމެވެ.

****

ފިރިހެނަކު އަހަންނާއި ދިމާލަށް އެވަރަށް ބެލި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.އެހެނަސް ހައިދިންގެ ބެލުމުގައި ހުރި ތާފާތު ގޮތެއްގެ ސަބަބުން އަހަންނަށް ހަމަ އުނދަގޫވީއެވެ.އޭނާ ބަލަައިލި ގޮތުން އަހަރެން ހަމަ އެންމެ ފުރަތަަމަވެސް ހަނދާންވީ އާރިންނެވެ.އަހަރެން ފެންނަ ކޮންމެފަހަރަކު އާރިންގެ ދެލޯ އެ ވިދައިގަންނަ ގޮތުގެ މަތިންނެވެ.ހަމަ އެގޮތަށް ހައިދިންގެ ބަލާލުމުގައިވި ޝައުގުވެރިކަންވެސް އަހަރެންގެ ރާޑަރުން ކަހާލައިގެނެއް ނުދިޔައެވެ.

****

’ހޭއި…‘

އަހަރެން ހެދުމުގެ ދެއަތް އޮޅާލައިގެން ތަށިތައް ދޮންނަން ޒިންކު ކައިރީ ހުއްޓާ ދާދި ގާތުން ހައިދިންގެ އަޑު އިވިފައި ސިހިގެން ދިޔައެވެ.ކަށްޓެއް ޖެހިހެން ފަހަތަށް އެނބުރި ބަލައިލިއިރު އޭނާ ހުރީ އަހަންނާއި ޖެހޭ ނުޖެހޭހާ ގާތުގައި ހުއްޓިލައިގެން ނުލަފާ ހިންޏެއް އައިސްފައެވެ.އޭނާ ހިތުން އެ ކުރެވުނީ މާ މޮޅު ކަމެއް ކަންނޭނގެއެވެ.އަހަރެން މީ މީހެއްގެ އަނތްބެއްކަން އޭނާއަށް އެނގިފައި އޮތް ނަމަ އޭނާ އެހެން އުޅޭނެބާއޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.

****

އެހާ ކައިރިން ހައިދިން ފެނުމުން އަހަރެން ގަތީ ފާޑެއްގެ ބިރެކެވެ.މިހާ އަވަހަށް އޭނާ އަހަރެންގެ ފަސް ފަހަތުން އައިސް އެގޮތަށް ކައިރިވާން މަސައްކަތް ކުރަނީވިއްޔާ އެއީ ވަރަށް ބޮޑު ގޯހެކެވެ.ވަރަށް ވަރަށްވެސް ބޮޑު ގޯހެކެވެ.ބައްޕަވެެސް އެންމެންގެ ތައާރަފް ދިން އިރު އަހަރެން އުޅެނީ މީހަކާ އިނދެގެންނޭ ބުނެލިނަމަ އަސްލު މިހެނެއް ނުވީސް ކަންނޭނގެއެވެ.އެކަމަކު އަދި އޭނާގެ ނިޔަތާއި މެދު އަހަރެން އޭނާ ޖަޖުކޮށް ގޮތެއް ނިންމަން މާ އަވަސް ކަންނޭނގެއެވެ.ފަހަރުގައި ހައިދިންގެ ވިސްނުން ހުންނަ ގޮތުން އޭނާއަށް އެއީ މާ ބޮޑު ކަމަކަށް ނުވަނީ ކަންނޭނގެއެވެ.

****

’ސޮރީ ސިއްސުވާލެވުނީ ދޯ…އަސްލު އަތް ދޮވެލަން ވެގެން…މިހްރާ ދޯ ކިޔަނީ؟‘ ހައިދިން އަހަންނާއި ވާހަކަ ދައްކަން ބޭނުންވެފައި ހުރިވަރު އޭނާގެ އަޑާއި ރާގުން ދޭހަވެއެވެ.

****

’ހޫމް…‘ އަހަރެން އިތުރަށް އެކައްޗެކޭވެސް ނުބުނެ ޒިންކު ކައިރިން އެއްފަރާތް ވެލީމެވެ.ހައިދިން ކުރިއަށް ޖެހިލައި ޒިންކު ދޮށަށް ކައިރިވެލި ވަގުތު ފިރިހެންވަންތަ ސެންޓެއްގެ ވަސް އަހަރެންގެ ނޭފަތު ކުރީގައި ޖެހިލިއެވެ.ހިއްސުތައް މޮޔަ ކުރުވާ ފަދަ އެ ހިތްގައިމު ލުއި ލުއި ވަހުގެ ސަބަބުން އިޚުތިޔާރަކާއި ނުލައި އަހަންނަަށް ނޭފަތް އެތެރެއަށް ދަމައިލެވުނެވެ.

****

’މިހްރާ…ވަރަށް ރީތި ނަމެއް…އެކަމަކު އަހަރެން ކުރުކޮށް މިހޫ ކިޔަސް އޯކޭ ދޯ…؟އޯކޭ ނޫނިއްޔާ ވެސް ބުނައްޗޭ..ހެހެ‘ އަހަރެން އިތުރަށް އެއްޗެކޭ ނުބުނުމުން އަނެއްކާވެސް ހައިދިން އިސްވެ ވާހަކަ ދެއްކިއެވެ.އޭރު އެ ދެލޮލުން ފާޅުވޭވޭ ހުރި ކުލަވަރުތަކުން ހީވަނީ  ރައްދުގައި އަހަރެން އެއްޗެކޭ ބުނާނެ އިރަކަށް އޭނާ ކެތްމަދުވެފައި ހުރިހެންނެވެ.ހައިދިން މިވީ އަހަރެން ހީކުރި ވަރަށްވުރެ އަނގަގަދަ ކެރޭ ޒުވާނަކަށެވެ.

****

’އޯކޭ.‘ އަހަރެން ގަދަކަމުން ހިނިތުންވެލާފައި ބުނެލީމެވެ.ހައިދިންއާއި މާ ގިނަ ވާހަކަ ދެއްކުމަކީ  އެއްގޮތަކަށްވެސް ރަނގަޅު ކަމަކަށް ނުވާނޭ އަހަރެންގެ ހިތް ބުނެލިއެވެ.އަދި އަހަންނަކީ މިހާރު މީހެއްގެ އަނތްބެއްކަމާއި ފިރިމީހާ ނުރުހުންވެދާނޭދަފަ އެއްވެސް ކަމެއް އެއްގޮތަކަށްވެސް އަހަރެން ކޮށްގެން ނުވާނެކަން އަމިއްލަ ނަފްސަަށް ހަދާންކޮށް ދިނީމެވެ.

****

ނަސީބަކުން ބަދިގެ ފަރާތާއި ކައިރި ވަމުން އައި ފިޔަވަޅެއްގެ އަޑު އިވިފައި ހައިދިން ބަލާކަށް ނުހުރެ އަވަސް އަވަހަށް އަހަންނާއި ދުރަށް ޖެހިލައިފިއެވެ. އޭނާގެ ހަގީގީ އިހުސާސްތައް ފަރުދާކޮށްލައި އެ މޫނުމައްޗަށް ސީރިއަސް ކުލަވަރު ގެނައީ ނިކަން ކުޅަދާނަކަމާއި އެކުގައެވެ.

****

އެވަގުތު ބަދިގެ ފަރާތަށް އައިސް ވަތްތަން ފެނުނީ ތުއްތައެވެ.ތުއްތައަށް ހައިދިން ފެނުމުން ހައިރާންވެފައި ’މީނާ މިތަނަށް އައީ ކޮން އިރަކުހޭ‘އަހައިލާ ފަދަ ގޮތަކަށް އެއްފަހަރު އަހަންނަށް އަނެއް ފަހަރު ހައިދިންއަށް ބަލައިލިއެވެ.ދެން އޭނާ ވަރަށް ނޫންކަމަށް ހައިދިންގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގައިލި  ގޮތުން ހީވީ ވަގު ވަގަށް ފުލް ބޮޑީ ސްކޭނެއް ކޮށްލީހެންނެވެ.

****

ޕޭޕަރ ޓޮވެލްއަކުން އަތް ފުހެލާފައި ކައިރީގައި ހުރި ޑަސްބިނަށް ލާފައި ހައިދިން ނުކުމެގެން ދަމުން އަހަރެމެން ދެމީހުންނަށް ހިނިތުންވެލިއެވެ.އަހަރެން ވަގުތުން އިސްދަށަށް ޖެހީމެވެ.އެހެނަސް އޭނާ ހަމަ ދިޔަހެނެއް ހިޔެއް ނުވެ ތުއްތަ ދެން ދައްކަން ފެށްޓީ އޭނާގެ ވާހަކައެވެ.

****

’އިހާންގެ ކޮއްކޮ ވެސް އަސްލު ވަރަށް ރީތި ދޯ…އިހާންއަށްވުރެވެސް ހީވޭ ރީތިހެން…އަނގަވެސް ގަދަ ސޮރެކޭ ދޯ އަނެއްކާ‘ ތުއްތަ ތަންކޮޅެއް މަޑު މަޑުން ބުނެލިއެެވެ.

****

އަހަންނަށް ތުއްތަގެ ވާހަކަ އާއި ހިތާ ހިތުން އެއްބަސްވެވުނެވެ.ތެދެކެވެ.އިހާންއާއި އަޅާ ކިޔާ ނަމަ އޭނާއަށް ވުރެ ހައިދިން އެތައް ގޮތަކުން އުޅެނީ ކުރީގައެވެ.އިސްކޮޅުން އޭނާ އިހާންއަށްވުރެ ދިގުވެފައި އަނގަވެސް ގަދައެވެ.އެންމެންނާ ވާހަކަ ދެއްކިއިރުވެސް އެއްވެސް ކަހަލަ ބީރައްޓެހިކަމެއް އޭނާގެ ނެތެވެ.އެހާ ހިތް ހެވެވެ.މީހުން އެނާއާއި ދިމާލަށް ލަންބުވާލާ ފަދަ ދަމާބާރެއް އޭނާގެ ހުރެއެވެ.

****

’ކިޔެއްވީ…؟ އަނެއްކާ ތުއްތަ އޭނާއަށް ހިތްކީތަ؟ދެން އަޝަރު ދޫކޮށްލާފަ ތުއްތަ އެކަމާ އުޅެންވީނުން…‘ އަހަރެން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ވާހަކައިގެ މިސްރާބު ތުއްތައަށް އަމާޒުކޮށްލީމެވެ.ހައިދިންގެ ފަރާތުން އަހަންނަށް ލިބެމުން ދިޔަ ސަމާލުކަން ތުއްތައަށް ފާހަގަވާން އަހަރެން ބޭނުން ނުވީއެވެ.

****

’ތިޔޭ އެއްކަލަ… އޭނާއާއި ނުބެހިލައެއް މި މީހުނަކަށް ނުތިބެވޭނެ…ކިއެއް ކުރާނީ…އަޝަރު އަހަންނަަށް ކޮންމެ ގޮތެއް ހެދިޔަސް…ދި ހާރޓް ވޯންޓްސް ވަޓް އިޓް ވޯންޓްސް…އައި ލަވް ހިމް މިހޫ…ލޯބިވާ މީހަކު ހަމަ މީހަކު ބުނެލާއިރަށް ހިތުން ނެރެ އެއްލައިލުމަކީ އެހާ ފަސޭހަކަމެއް ނޫނޭ…އައި ޖަސްޓް ވިޝް އޭނާ އަވަހަށް އަހަންނާއި މެރީ ކުރަން އަންނާނެ ނަމައޭ…މި ސެމް ނިމުނީމަ ރާއްޖެ އައިސްފައި އެކަމާ އުޅޭނަމޭ އެންމެ ފަހުން ބުނީ…އަޝަރުގެ ފެމިލީވެސް އެ ތިބެނީ އަހަރެން ނޫނަކަސް މި ކައިވެނި ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި… ކައިވެނި ކުރަން ހުރި މީހާއަށް މިއުޅެނީ ގޮތް ނުނިންމިގެން… ބައެއް ފަހަރު ހިތަށް އަރާ އޭނާ އަޅެ އަހަންނާ އިންނާނެ ބާއޭވެސް…‘ކަރުއެލުވާލަމުން ވަރަށް ދެރަވެލާފައި  ތުއްތަ ބުނެލިއެވެ.އެ އަޑުގައިވި ރިހުން އިހުސާސް ކުރެވުނު ހިނދު ބުނެވުނު އެއްޗަކާއިމެދު އަހަރެން ސަހަރޯ ހީވިއެވެ.މަޖަލަކަށް ހަދާފައި ނަމަވެސް  ތުއްތަގެ އިހުސާސްތަަކާއި މެދު ނުވިސްނައި އެފަދަ އެއްޗެއް ބުނެވުނީތީ އަހަރެންް ނިކަން ދެރަވިއެވެ.

****

’ސޮރީ ތުއްތާ…އިޓް ވޯޒް ވެރީ އިންސެންސިޓިވް އޮފް މީ ޓު ސޭ… އިރާދަކުރެއްވިއްޔާ އަޝަރު އަންނާނެ ތުއްތައާ މެރީކުރަން…‘ ތުއްތަ ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން އަހަރެން ބުލީމެވެ.

’ދުޢާއަކީ ތިއީ‘ ފުން ނޭވާއެއް ދޫކޮށްލައިފައި ތުއްތަ ބުނެލިއެވެ.

****

އަހަރެން ތުއްތައާއި އެކުގައި އެނބުރި ސިޓިން ރޫމަށް ދިޔައިރު ހައިދިންވެސް ގޮސް އެމީހުންނާއި ބައިވެރިވެގެން ވާހަކައިގައި ޖެހިފައި އިނެވެ.އަހަރެން ފެނުނުހާއިރަކަށް ދޮންތަ ތެދުވެގެން އައިސް އަހަރެން އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލައިފިއެވެ.

****

’މިހޫ ކޮބާ އާރިން؟ ދޮންތަ ބުނީމެއްނު އޭނާވެސް ގޮވައިގެން އަންނައްޗޭ…‘ ޝަކުވާގެ ރާގެއްގައި ދޮންތަ ބުނެލިއެވެ.

’އޭނަ ޝޮޕްގަ ބިޒީވެގެން…‘ އަހަރެން ފޫހި ރާގަކަށް ބުނެލީމެވެ.

’އަޅެ ހާދަ ބިޒީ މީހެކޭ ދޯ އާރިންއަކީ…މިގެއަށް ޖައްސައިވެސް ނުލާތާ ކިހާ ދުވަހެއް މިވީ މިހާރު…މަންމަމެން އަބަދު ކިޔާ މިހާރު އާރިން ނާންނަ ވާހަކަ… ދެން އެކަމަކު އަބަދު ބިޒީއެއްވެސް ނުވާނެ ދޯ…މަންމަ އެއޮއް ބަލިވެ އުޅޭ އިރު އޭނާ މިތަނަށް ވަދެ ނުލައި އެ އުޅެނީ…ގައިމު ނާދެވޭހާ ގެވެސް ދުރީކީ ނޫން‘ ދޮންތަ ހިތް ހަމަ ނުޖެހިފައި ޝަކުވާކޮށްލިއެވެ.

’ކިއެއް ކުރާނީ.. އަހަންނަށް ބުނެވޭނީ ދޯ‘ ހިތްހަމަ ނުޖެހުން އެކުލެވިފައިވާ ރާގަކަށް އަހަރެން ބުނެލީމެވެ.

****

ދޮންތަ އެބުނީ ތެދު ވާހާކައެކެވެ. އާރިން ހަމަ އަހަރެންގެ އާއިލާއާއި ގުޅުން ކުޑައީއެވެ.އެކަން ފާހަގަ ކުރެވެނީ ހަމައެކަނި އަހަންނަށް ނޫންކަން މިއަދު މި އެނގުނީއެވެ.އެކަމާ ހެދި އަހަރެން ގަތް ލަދާއި އެއްވަރަށް އާރިން ދެކެ ރުޅިވެސް އާދެވުނެވެ.ދެން އަހަންނަށް އިނދެވުނީވެސް ވަރަށް މޫޑީވެފައި ދެބުމަ ކައިރިކޮށްލައިގެންނެވެ.

****

ތަކުރާރުކޮށް އެޕާޓްމަންޓުގެ ބެލް އަޅަން ފެށި އަޑަށް އެންމެންގެ ސަމާލުކަން އެ ދިމާލަށް ހުއްޓުނެވެ.

****

’ކާކުބާ މިގަޑީގަ؟މިހޫ ދޭބަ އެ ދޮރު ހުޅުވާލަން‘ ދޮންތަ މަޑު މަޑުން ބުނެލިއެެވެ.އަހަރެން ފުން ނޭވާއެއް ދޫކޮށްލައިފައި އެދިމާލަށް ހިނގައިގަތްއިރުވެސް ހައިދިން އިނީ އަހަންނާއި ދިމާލަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެންނެވެ.އަހަރެންގެ ކޮންމެ ހަރަކާތެއް ފަހުންވެސް ކުލަވާވަރަށް އޭނާ އަހަރެންގެ ހަރަކާތްތައް ހިތުދަސް ކުރަނީ ތޯއްޗެކެވެ.

****

’ހޭއި ލަވް…‘ ދޮރުމަތީގައި ހުރި އާރިން ފެނިފައި އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ.އޭނާ އެ އައީ އަހަރެންގެ ގާތުގައި އަންނަ ވާހަކަ ބުނެވެސް ނުލައެވެ.މަސްހުނި އިހުސާސްތަކާއި އެކުގައި އަހަންނަށް އާރިންގެ މޫނަށް ބަލައިލާފައި ތުން އަނބުރައިލެވުނެވެ.އެތަން ފެނިފައި އާރިންގެ ގާތަށް އައީ ހިންޏެވެ.

****

’ސަޕްރައިޒް! ހަމަ ލޯބި ހެޕީކޮށްލަންވެގެންނޭ ނުބުނެ މިއައީ…ދެން ތިހެން މޫޑީވެފައި ނުހުރެބަ..މާދަމާ އަށް މަސައްކަތްތައް ފަސްކޮށްލާފައޭ މިއައީ..‘ އާރިން ވަރަށް ލޯބިން އަހަރެންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

****

’މިހޫ؟ ކާކުތަ؟‘ އާރިން އެތެރެއަށް ނުވަދެ ދޮރުމަތީގައި މަޑުކޮށްލައިގެން ދޮރާއި ނިވާވެފައި ހުރީމައި ކާކުކަން ނޭނގިގެން ދޮންތަ އަހައިލިއެވެ.

****

’އައްސަލާމް ޢަލައިކުމް…‘ އާރިން އެތެރެއަށް ވަތް ވަގުތު ސިޓިން ރޫމްގައި ތިބި އިހާންއާއި ހައިދިން ފެނިފައި އެ މޫނުމަތިން ހިސާބެއްގެ ހައިރާންކަމެއް ފެނިގެން ދިޔައެވެ.

****

’އަނހާ ދަރިފުޅު ދޯ…ބައްޕަ ހީކޮށްގެން މިހުރީ ފިހާރައިގައި ބިޒީކަމުން ނާދެވިފައި ކަމަށް…މީ މިހްރާގެ ފިރިމީހާ…އާރިން… ދަރިފުޅާ މިހުރީ މަޒޫ ދޮންތަ ކައިވެނި ކުރަން އުޅޭ ކުއްޖާ…އިހާނު.ދެން މިހުރީ އެނާގެ ކޮއްކޮ ހައިދިން‘ ބައްޕަ އާރިންއަށް އިހާންއާއި ހައިދިން ތައާރަފް ކޮށްދިނެވެ.

****

’މިހްރާ ހަޒްބެންޑޭ؟!‘ ގަބޫލު ނުކުރެވުނު ފަދައަކުން ހައިދިން އަޑަށް ބާރުލާފައި ބުނެލިއެވެ.އަހަންނަށް ވަގުތުން ދެލޯ ބޮޑުކޮށްލާފައި ހައިދިންގެ މޫނަށް ބަލައިލެވުނެވެ.ހައިދިން އަޅެ މޮޔަވީހެއްޔެވެ؟

****

ހައިދިންގެ މޫނު މައްޗަށް އަރައިގެން ދިޔަ ކުލަވަރުން ހީވީ އެއީ އޭނާއަށް ލިބުނު ވަރަށް ނުބައި ޚަބަރެއްހެންނެވެ.

****

’ޔާހ..‘ މާބޮޑު ކަމަކަށް ނުހަދާ ވަރަށް ހެވިލާފައި އާރިން ޖަވާބުދިނެވެ.ހައިދިން އަނގަޔަށް ހަދައިލި ގޮތުން އެކަމާ އޭނާ ގަޔާނުވިވަރު ހާމަވެގެންދިޔައެވެ.

****

އާރިން އިސްވެ އިހާންއާއި ސަލާމްކޮށްލިއިރު ހައިދިން ހުރީ އަނގަ ސަކަރާތްވެފައި އާރިންގެ މޫނަށް ބަލަހައްޓައިގެންނެވެ.އާރިން އޭނާއަށް ސަލާމަށް އަތްދިއްކޮށްލުމުން އެ އަތުގައި އޭނާ ހިފީ ވެސް ހިފަން ނުހިފަން ހުރި ކަހަލަ ގޮތަކަށެވެ.އަހަންނަކީ މީހެއްގެ އަނތްބެއްކަން އެނގުމުން އެކަމާ އޭނާ ކަޑަވީ ކަންނޭނގެއެވެ.

****

’ކޮބާ މަންމަ ކިހިނެއް މިހާރު…؟މިހޫ ބުނި ފަޔަށް ތަދުވެގެން އުޅޭ ވާހަކަ…‘ އާރިން މަންމަގެ އަތުގައި ހިފައި ސަލާމް ކޮށްލާފައި ސޯފާގައި އިށީނދެ ހަމަ ޖެހިލަމުން ބުނެލިއެވެ. އާރިންގެ އަޑުގައި އެކުލެވުނު އޯގާތެރިކަމަކުން އަހަރެން ހިތަށް ފިނިކަން ލިއްބައިދިނެވެ.

****

’އަދިވެސް އެއްކޮށް ރަނގަޅެއް ނުވޭ ހަމަ އެކަހަލަ ގޮތެއް…މާދަމާ އެކްސްރޭ ނަގަން ދާން މިއުޅެނީ ދެން…‘ބަލި އަޑަކުން މަންމަ ބުނެލިއެވެ.

’އަނހާ…މިހާރު މާ ލަސްވެސް ވެއްޖެއެއްނު އެކްސްރޭ ނަގަން ދާން‘ އާރިން ދަމާލާފައި ބުނެލިއެވެ.މަންމަ އަވަސް އަވަހަށް ސައިބޯން އުޅޭށޭ ކިޔައި މަޢުޟޫ ބަދަލުކޮށްލިއެވެ.

****

އާރިންވެސް ސައިބޮއެެގެން ބައްޕަމެންނާއި ވާހަކަ ދައްކާލަން އިރުކޮޅަކު މަޑުކޮށްލިއެވެ.އިހާންއާއި ދެމީހުން ގުޅާލާކަށްވެސް މާ ގިނައިރެއް ނުނެގިއެވެ.އޭރު އެމީހުންނާއި ބައިވެރި ނުވާން ހައްޕު ކިޔައިގެން އިން މީހަކު ފަދައިން ދެބުމަ ކައިރިކޮށްލަައިގެން ނެގި މަޑުވެފައި ހައިދިން އިނެވެ.

****

އަހަރެމެން ހަތަރު މީހުންނަށް ގެއަށް ދާން ނުކުމެވުނީވެސް އެކު އެކީގައި ކަހަލަ ގޮތަކަށެވެ.އިހާންއާއި ހައިދިން އެކުގައި ގޮސް ގޭ ކައިރީގައި ޕާކް ކޮށްފައި އޮތް ޕްރައިވެޓް ކާރަކަށް އަރައި ނައްޓައިލިތަން ބަލަން އަހަންނަށް ހުރެވުނީ ފާޑަކަށް ގެއްލިފައެވެ.އޭރު އާރިން ވީ ތަންކޮޅެއް ދުރުގައި އޮތް ޕާކިން ޒޯނަކަށް އޭނާގެ ސައިކަލު ނަގާށޭ ކިޔާފައި ގޮހެވެ.

****

އަހަރެން ފޫހިވެފައި ފޯނާއި ކުޅެން ދުވާރުމަތީގައި ހުއްޓިލައިގެން ހުއްޓާ ނުދަންނަ ނަންބަރަކުން މެސެޖެއް ލިބުނެވެ.މާ ބޮޑު ކަމަކަށް ނުހަދާ އެ މެސެޖު ހުޅުވާފައި ކިޔައިލި ވަގުތު އަހަންނަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.

****

’އާރިންއަކީ ކަލޭ ތި ހީކުރާ ކަހަލަ ރަނގަޅު މީހެއް ނޫން…‘ އެ މެސެޖުގައި އޮތެވެ.އަހަރެންގެ ހިތް އޮބި ނޯންނަހާ ބާރަށް ތެޅިގަތެވެ.މިހާރު މި ކޮންކަމެއް ހެއްޔެވެ؟

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

އިޝްޤް 4

Next

ހިތް އެދެ ޔާރާ ތިއޭ – 35

Next
August 28, 2025

ހިތް އެދެ ޔާރާ ތިއޭ – 35

Previews
August 28, 2025

އިޝްޤް 4

2 Comments!

  1. Aysherr says:
    August 28, 2025 at 4:59 pm

    Alhe lamtty nuvaane ehnnu mikahala hisaabakun nimmaakah ves 😭 abadhu visneyni mikamaa thwche dhn vrh shahu veri vaahaka eh mi ves maa sha allah 🎀
    When’s next
    Vrh vrh avahah next part genes dhehchey

    1. Lamtty Lamtty says:
      September 1, 2025 at 7:25 am

      Hehe sorry Aysherr ❤️
      Hope you like the next part too! 😁

Comments are closed.

Next Episodeމާސްކު (ޕާޓް 12)←


All Right Reserved!