މާޒީގެ ހިތިހަދާންތައް…..5[ފަހުވަނަބައި]
އެތާނގައި މަދު ސިކުންތުކޮޅެއް ވަންދެން މަޑުކުރުމަށްފަހު އޭނާ އެތަނުންދިޔައެވެ. ރައުޝާން ފަހަތަށް ބަލާލީ ފިޔަވަޅުތަކުގެ އަޑު އިވުމުންނެވެ. ރީޝާ އެމީހުންނާ ދުރަށް ގޮސް ރޮމުން ދިޔަތަން ފެނުމުން ރައުޝަންގެ ހިތް ވަރަށް ބޮޑަށް ދެރަވިއެވެ. ދެން ރައުޝަން އިނާލް އާއި ޒީއާއަށް ބުނީ އޭނާ ގެއަށް ދާން އުޅޭ ކަމަށެވެ.ނަމަވެސް ރީޝާ ރޮމުން ދިޔަ މަގުން އޭނާ ހިނގައިގަތެވެ.އަދި ރީޝާގެ ބުރަކަށިގައި ކޮއްޓާލިއެވެ.އޭނާގެ ފަހަތުން ކޮއްޓާލި ހެންހީވެގެން އޭނާ ފަސްއެނބުރި ބަލާލިއެވެ. ރައުޝަން ފެނުމުން އޭނާ އިތުރަށް ރޮވެން ފެށިއެވެ.ރައުޝަން ވަގުތުން އޭނާގެ ގައިގައި ބައްދާލަމުން ހިތްވަރު ދޭން ފެށިއެވެ.ރީޝާ ރައުޝަން އަށް ބުނީ އޭނާ އަކީ ގޯސް ރަހުމަތްތެރިއެއް ކަމަށެވެ.ރައުޝަންގެ ކިބައިން މައާފަށް އެދިއްޖެ ނަމަ މައާފަށް އެދެނީ ކީއްވެގެން ހެއްޔެވެ؟އެކަމަކު ރީޝޫ ހުއްޓާލާ. އެއީ މާޒީގެ ދުވަސްވަރެވެ. އަހަރެމެން މި ދައްކަނީ މާޒީގެ ވާހަކައެއް ނޫން. ލެޓްސް ގޯ ޓު ދަ ބީޗް. އަދި ރީޝޫގެ މައާފަށް އަހަރެން ވެސް ގަބޫލު ކުރީމެވެ.
*******
އެ ހަނދާންތައް އާކުރުމުގެ ގޮތުން އެ ދެ މީހުން އެކުގައި ފޮޓޯތަކެއް ވެސް ނެގި އެވެ.ދެން އެމީހުން ރޭވީ މިރޭ ބްލަޑް މޫން ރެސްޓޯރެންޓަށް ގޮސް ކެއުމަށެވެ.އެ ދެ މީހުން ވެސް އެމީހުންގެ ގެތަކަށް ގޮސް ރެސްޓޯރެންޓުން ކާންވީ އެއްޗަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދިޔަ އެވެ.ރީޝާ ގުޑްބައި ބުނީ، އަހަރެން ބެސްޓީ ޑޭޓް ނައިޓަށް ތައްޔާރު ވާނަން.ރީޝޫ، އަހަރެން 8:00 ގައި ތި ގެއަށް ދާނަން.
*******
ރީޝާ ރެސްޓޯރެންޓަށް ދާން ތައްޔާރުވަމުން ދިޔައެވެ.އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޑްރެސް އެކެވެ. އެ ޑްރެސްއާ އެކު އޭނާ އެޅީ ކަނޑު ނޫ ކުލައިގެ ޝޯލްއކެވެ.ދެން ހިތް ފުރެންދެން ސެންޓު ޖަހާލިއެވެ.ދެން ރީޝާ ބޭރަށް ނުކުތެވެ.ރައުޝަން އޭނާއާ ދިމާއަށް އަތް ދިއްކޮށްލި މަންޒަރު ފެނުމުން ރީޝާ ދިޔައީ އެވެ.ރައުޝަން ރީޝާގެ ގައިގައި ބައްދާލަމުން ބުންޏެވެ.”ރީޝޫ، ވާއު، ޔޫ އާރ ސޯ ޕްރިޓީ.” ރީޝާ ވެސް ރައުޝަންއަށް ބުނީ ހަމަ އެގޮތަށެވެ.
***ރެސްޓޯރެންޓުގައި***
އެ މީހުން ކްލަބް ސޭންޑްވިޗަކާއި މޮޖިޓޯއަކަށް އޯޑަރު ދިނެވެ.ކާއެއްޗެހި ތައްޔާރު ކުރުމުގެ ކުރިން އެ ދެ މީހުން ތިބީ އަމިއްލަ ދިރިއުޅުމާ ބެހޭ ގޮތުންވާހަކަ ދައްކާށެވެ. ކާތަކެތި އައުމަށް ފަހު އެމީހުން ކައިގެން ބޭރަށް ނުކުތެވެ.އެ މީހުން އެމީހުންގެ ގެތަކަށް ދިޔައީ ވައުދާ ހިލާފު ނުވުމަށް އެކަކު އަނެކަކަށް ވައުދުވެފައެވެ.
ނިމުނީ
One Comment
Comments are closed.


Mashallah vrh salhi
Alheyyy nimunee dhw