Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
Featuredއެހެނިހެންލޯބި

ދުރުވާނެބާ – 4

A.Shaya Level 1
February 3, 2020 2 Mins Read
3 Comments

“ސޮރީ ސޮރީ” ދަހުލާން ވައިއަޑުން ބުނެލިއެވެ. އެވަގުތު އެ އަންހެން ކުއްޖާ ދަހުލާން އާވީފަރާތަށް އެނބުރުނެވެ. އޭރު އެކުއްޖާ ހުރީ ރުޅިން ރަތް ވެފައެވެ. އެކުއްޖާ ފެނުމާއި އެކު ދަހުލާން އަށް ވައި އަޑުން ” އޯޝިޓް” އޭ ބުނެލެވުނެވެ………….
ހަމަ އެއާއި އެކު އެއީ މިއަދު ކުލާހުން ވެސް އޭނައާ މުޑި އެރި ކުއްޖާކަން ހަނދާން ވުމާއެކު ވަގުތުން އަނެއްފަރާތަށް އެނބުރުނެވެ. އެނބުރުން ވަގުތުވީ އެ އަންހެން ކުއްޖާވެސް ދަހުލާން އާ ދިމާލަށް އެނބުރުން ވަގުތުކަމުން އެވަގުތު ދަހުލާން ގައިގައި ޖެހިފައި އެކުއްޖާ ބިންމައްޗަށް ވެއްޓުނެވެ. ނަމަވެސް މިއަދު ކުލާހުގައި އޭނާ ގައިގައި ޖެހުން ވަގުތު އެކުއްޖާ ފޮނިބޮޑު ވެފައި ހުރިވަރު ހަނދާން ވުމުން ދަހުލާން އެކުއްޖާ އަށް އެހީވުމުގެ ހިޔާލު ދޫކޮށްލުމަށް ފަހު، ފިހާރަ އާ ދިމާލަށް ދާން ނެގި ފިޔަވަޅު ހުއްޓުނީ އެ އަންހެން ކުއްޖާ ރުޅިވެރި އަޑު އިވުމުންނެވެ.
” ހުވާ މަ ގައިގައި ޖެހިގަނެފަ މާފަށް ވެސް ނޭދުނޭ… އަޖައިބެއް ދެން.. މަހިތަށް އަރާ ފިރިހެނުންގެ މޭގަ އޮންނަނީ ގާގަނޑެއް ބާއޭ، އާން ދެން އެހެންޔަ މަ ނަގައިދޭންވެސް އެންމެ ރަނގަޅު ދޯ …. މިވަގުތު މިތާ މިތިބަ ކުޑަކުދިން ނެއްނަމަ ހުރެބަލަ ނިކަން !! ހުއް ވަރަށް ފޫހިވޭ ”
“ސޮރީ” އެހުރި ގޮތަށް ހުރެ ފަހަތަށް ބަލާލުމެއްވެސް ނެތި ދަހުލާން އޭނާގެ ފިރިހެންވަންތަ އަޑުން ބުނެލިއެވެ. އަދި ފިހާރައަށް ދިއުމަށް ހިނގައިގަތެވެ. މާޝާގެ ކަންފަތުގައި އެ އަޑު ޖެހުނު ހިނދު ތަފާތު އިޙުސާސެއް ކުރުވިއެވެ. އެ އަޑުގެ ޖާދޫގައި ޖެހުނީ ކީއްވެ ކަމެއް ނޭނގެވެ. އެ ރީތި ފިރިހެންވަންތަ އަޑުގެ ވެރިޔާގެ މޫނު ބަލައިލަން މާޝާގެ ހިތް އެދި ގޮވަން ފެށީ އޭނާއަށް ނުވެސް އިނގި ހުއްޓައެވެ. ދަހުލާން ގޮސް ގެއްލެންދެން ކަޅިޖަހާނުލާ މާޝާ ބަލަންހުއްޓެވެ. މާޝާ ގެ ޚިޔާލީ ދުނިޔޭން ނިކުމެވުނީ ރިއާގެ ހުނުމުގެ އަޑުންނެވެ.
“ހަހަހަ..” ރިއާ އައިސް މާޝާ ގާތު ހުއްޓެމުން ގުދުވެލުމަށްފަހު ހެމުން ދިޔައެވެ. ދެންމެ މާޝާ އަށް ވީ ގޮތް ހަނދާން ވުމުން އަނެއްކާވެސް އޭނައަށް ހެވެން ފެށުނީއެވެ. މިއޮށް ހާއިރު ހިފަހައްޓައިގެން ހުރި ހިނިގަނޑުވެސް ފަޅައިގެން ދިޔައީއެވެ. މާޝާ އެ އުޅޭ ކުޑަކުދިންގެ ގޮތްގަނޑުގެ ސަބަބުން މީހަކަށް ނުހެވުނިއްޔާވެސް ދެރައެވެ.
“ހުއް.. އަދިވެސް ހޭން ހުންނަނީތަ ރިއާވެސް.. އަހަރެން ތެދުވަން އެހީވެދިބަލަ..” މާޝާ އޭނާގެ އަތް ރިއާ އާއި ދިމާލަށް ދިއްކޮށްލަމުން ބުނެލިއެވެ. ތެދުވެލުމަށްފަހު ގައިން ވެލި ފޮޅާލަމުން އަނެއްކާވެސް މާޝާ އަށް ބޭއިޚްތޔާރުގައި ހިނިތުންވެލެވުނެވެ. އެޔަށްފަހު ލަދުވެތި ހިނިތުންވުމަކާއެކު އިސްދަށަށް ޖަހާލިއެވެ.
“އެހެމް ، އެހެމް މީހަކު މިއޮށް ދީވާނާ ވަނީ މަށަށް ހީވަނީ އެ ސޮރު އެދިޔެއް މިމަންޖެ ހިތް ވެސް ހިފައިގެންހެން… އެއޮށް އިރު އޮއްސެނީ މިތިބީ ކުޑަކުދިންވެސް ގޮވައިގެން ހިނގާ ގެޔަށް ދާން އެހެން ދުހުކުން ރޯމިޔޯ ހޯދަން އަންނާނީ…. ” ރިއާ ހެމުންހެމުން ކުޑަ ދެކުދިންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
“ރޯމިއޯ ދޯ ހަޤީޤަތަށް ވެސް މަގޭ ހިތް ކަންނެ އެގެންދިޔައީ ” މާޝާ ގެ ހިތުގެ ކަނަކުން ގޮވާލިއެވެ. ބޯދެފަރާތަށް ހޫރާލަމުން މާޝާ ރިއާ މެންނާ ހަމަކުރަން ހިނގައި ގަތެވެ. މާޝާގެ ހިތުގައި އާ ވިންދެއް ޖަހާލިހެން ހީވިއެވެ. އެ ފިރިހެން ކުއްޖާ އެދިޔެއް މާޝާ ގެ ހިތުން ޖާގައެއް ކަށަވަރުކޮށްގެންނެވެ.
***************
“ބްރޯ ހާދަ ލަސްވީ މިހާރު އެޔޮށް ހައެއް ޖަހަނީ ތީ ކަންމަތީ ފިހާރައަށް ފެންފުޅި ގަންނަން ދިޔަ މީހައެއްނު.. ކޮށްކޮމިހާރު ކުސްވެސް ތަޅައިފި ގެއަށް ދާން ވެގެން… ” ޖިޔާން ބުނެލިއެވެ.
“މޭން ވަރަށް ދިގު ވާހަކަ އެއް… މިރޭ އޮންވޭ.. ކިޔާދޭނަން. ހިނގާ ދާން ….. ” އެހެންކިޔާ ދަހުލާން އާއި ޖިޔާން އާއި ދާއިން އެކުގައި ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ ……….
(ނުނިމޭ)

Share Article

Follow Me Written By

A.Shaya

Level 1

❤??????❣??????❤ ? A new Writer since 5th oct 2019. Hope for a good future....... Love to see readers comments.........Accepting negetive and Positive comments tooooo Plx Plx Leave a comment after reading my stories LoVe YoU READERZZ ? ❤??????❣??????❤

Other Articles

Previous

ހަށިފާރަވެރިޔާ 1

Next

ތެދުވެރި ލޯބި- 14

Next
February 3, 2020

ތެދުވެރި ލޯބި- 14

Previews
February 3, 2020

ހަށިފާރަވެރިޔާ 1

3 Comments!

  1. Yan♥️ says:
    February 3, 2020 at 11:44 am

    Varah reethi ? konirakun next part thankolheh dhigukohlajey ?

  2. Umny ??? says:
    February 4, 2020 at 10:12 am

    Nice and when is the next part can you share the date u can submit the story

  3. Yanaa says:
    February 4, 2020 at 5:55 pm

    Varah reethi.?maa sha Allah
    waiting for the next part??

Comments are closed.


All Right Reserved!