Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featured

އެ އެކަނިވެރިކަން ކޮންމެ މީހަކާއި ބައްދަލު ކުރާނެޔެވެ!

Love Level 1
March 20, 2020 One Min Read
1 Comment

އިވެމުން ދަނީ ވެނީ ރުއިމުގެ އަޑެވެ.ފެންނަމުން ދަނީ ހިތާމައިން ކެތްނުކުރެވިގެން އުޅޭ މަންޒަރެވެ.އަހަރެންގެ ކުރިމަތީ ހުރިހާ ކަމެއް ވެގެން އެދަނީއެވެ. އަހަރެންނަށް ކުރެވޭނެ ކަމެއް ނެތެވެ. ނުރޯށޭވެސް ބުނެލެވޭނެ ނަމަ ކިހާ ރަގަނޅު ހެއްޔެވެ. ގިނަ އިރުތަކެއް ނުވެ އަހަރެން ހިނެވިއްޖެއެވެ.ލޯމަރާލެވިއްޖެ އެވެ. ހަށަމަށް އަތް ނެގީ އަހަރެންގެ އެއްވެސް ބާރަކައި ނުލައެވެ.ހުދު ފޮތީގެ ކަފުނުގެ ތެރެއަށް ލެވިގެން އެދިޔައީއެވެ.އެތަށް ބަޔަކު މޫނު ދެކެން އައެވެ. ހިތަށް ކިތަންމެ އަސަރެއް ކުރަމުން ދިޔައެވެ. އެއަށްފަހު ސަންދޯކުގެ ތެރެއަށް ލެވި އޭގެ މަތި ޖެހިގެންދިޔާއީއެވެ. އެމީހުންގެ ކޮޑުމަތީ އަހަރެން ލެވިފައިވާ ސަންދޯއް އުފުލަމުން އެދަނީ އަހަންނެކޭ އެއްފަދައިން މަރުވެފައިވާ މީހުން ވަޅުލުމަށް ރަށުގައި ހާއްސަކުރެވިފައި ވާތަނާދިމާލަށެވެ. އާދެގަބުރުސްތާނަށެވެ. އެތަނުގައި ވަނީ އަހަރެންނަށް ޖާގަހެދިފައެވެ. އެދިރިތިބި މީހުން އަހަރެން ވާގަނޑުތަކެއްގެ އެހީގައި އަހަރެން އެޖާގައިގެ ތެރެއަށް ލީ އަހަރެންގެ މައްޗަށް އެމީހުން ނަމާދު ކުރުމަށް ފަހުއެވެ. ވަޅުގަނޑަށް ލުމަށްފަހު އެމީހުން ކޮންމެ މީހަކު ވެލިމުށެއް އަޅާ ވަޅުގަނޑު ފޮރުވާލިއެވެ.އެމީހުންގެ ފިޔަވަޅުތަކުގެ އަޑު މަޑުވަމުން މަޑުވަމުން ގޮސް އެއްކޮށް ކެޑިގެން ގޮއްސިއެވެ.
މަދު ވަގުތުކޮޅެއްތެރޭގައި އެކަނި ވެރި ވީއެވެ. އަހަރެންގެ އެކުވެރިންތައް މިހާރު އަހަރެންގެ ކައިރިއަކު ނެތެވެ. އެއޮށްބޮޑު އާއިލާ ވެސް އެބުރި ދިޔައީއެވެ. އަހަރެން މި ފަސްގަނޑުގެ ދަށުގައި އެކަނި މާއެކަނި ބޭއްވުމައްފަހުއެވެ. އަހަރެން އެއްކުރި އެކަށްޗެއްވެސް ނުގެނެވުނެވެ. މުދަލެއް،ފައިސާއެއް، ގެދޮރެއް، އަދި ކިޔެއްތަ އެ މޮޅެތި ހެދުންތަކާއި އަގުބޮޑު ގަހަނާއާއި ގެންގުޅުނުހާ މޭކަޕްތަކެއް ވެސް މިޔަދު އަހަރެންނަކަށް ގެންނާކަށް ނުލިބުނެވެ. ނުވެސް ގެނެވޭނެއެވެ. ކިތަންމެ ބޭނުމަސް ކުރި އަމަލެއް ފިޔަވައި އިތުރު އެއްޗެށް އަހަރެން ނާ އެކު ނުވެއެވެ.

Share Article

Follow Me Written By

Love

Level 1

Other Articles

Previous

މަޢާފް – ފަނަރަވަނަ ބައި

Next

ސިއްރެއް 4

Next
March 20, 2020

ސިއްރެއް 4

Previews
March 20, 2020

މަޢާފް – ފަނަރަވަނަ ބައި

One Comment

  1. malsamalkkomal says:
    March 20, 2020 at 6:40 am

    wow..varah rythi…MI liyun kolhakee vx varah iburaitheri liyunkolheh..Avas musthagubalhehgai vaahka eh eh kiyaalan libeyne kamah ummeedhukuran

Comments are closed.



All Right Reserved!