Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
Featuredލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ…06

eysh Level 510 Stories100 Comments100 Login500 Comments
January 13, 2020 5 Mins Read
35 Comments

ކުއްލިއަކަށް މުޅި ކާރަށް ލޮޅުން އެރިއެވެ. ކާރުގެ ތެރެއަށް ވަދެގެން އައި ސައިކަލުގެ ފުރޮޅު އައީ ސީދާ އަހަންނާއި ދިމާއަށެވެ. ރަވާން ވަރަށް ހުށިޔާރެވެ. އެ އަތުގެ ހިމާޔަތުގެދަށަށް އަހަރެން ގެންގޮސް، އެ ހަމަލާއިން އަހަރެން ސަލާމަތްކުރިއެވެ. އަހަރެން އޮތީ ރަވާންގެ ދަށުގައެވެ. ސައިކަލުން ޖެހުނީ ރަވާންގެ ބޮލާއި ބުރަކަށީގައެވެ. ހަމަ ޖެހުމާއިއެކުހެން، ބޮލުން ތަންގަނޑެއް ކަފައިގެންގޮސް، ލޭތައް ބުރައިގެން ދިޔަތަން ފެނުނެވެ.

އަހަންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ފޯނު ދުރަށް ހޫރާލާފައި ފުންމައިގެން ތެދުވެވުނުގޮތްވެސް ނޭނގުނެވެ. އަނގަމަތީގައި އަތްއަޅައިގެން އަހަރެން ހުރިއިރު، މުޅި މީހާ ތުރުތުރުއަޅަމުން ދިޔައެވެ. ގިސްލާފައި ރޯންފެށުނީ ރަވާންއަށް އެ ހުރިހާ ކަމެއް ދިމާވީ އަހަރެންގެ ސަބަބުން ކަމުގައި ޤަބޫލުކުރެވުމުންނެވެ. ރަވާން އެވީ ކޮންފަދަ މަތިވެރި ޤުރުބާނީއެއް ހެއްޔެވެ؟ އަހަންނަށްޓަކައި އަމިއްލަ ފުރާނަ ދުއްވާލާކަށްވެސް ފަހެއް ނުޖެހުނެވެ. އަހަރެންގެ ހިތުން އެ މަންޒަރު ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.

********

މުޅި ތަން އެނބުރެމުން ދިޔަހެން ހީވިއެވެ. ނޭވާ ހާސްވަނީއެވެ. ހަތަރު ފަރާތުން އައިސް މުޅި މީހާ ފިއްތާލާފައިވާ ކަހަލައެވެ. އަހަންނަށް ދުވެފައި ނުކުމެވުނީ ބޭރަށެވެ. ނޭވާ ހަމައަކަށް އެޅުނީ އެ އިމާރާތުންވެސް ބޭރަށް ނުކުމެވުމުންނެވެ. އޮފީސް ދޮރުގައި ލެނގިލައިގެން ހުރެ، އެތައް އިރަކު ރޮވުނެވެ. މަންޒަރު ބަލަން ބެލްކަނީގައި ޒެވިން ހުރިކަން އަހަންނަށް ކުޑަކޮށްވެސް ނޭނގެއެވެ.

މީހާ ހަމައަކަށް އެޅުމާއިއެކު އަހަރެން އުޅުނީ އެނބުރި ކޮޓަރިއަށް ދާށެވެ. އަހަންނަށް އެ ވާހަކަ ޚިއްސާ ކުރެވޭނެ މީހަކަށް ހުރީ ހަމައެކަނި ޝާޔަންއެވެ. މަންމަގެ ކައިރީގައި އެފަދަ ވާހަކައެއް ދައްކާނޭ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ އެ ވީޑިޔޯ އަކީ ކޮން މަޤުޞަދެއްގައި ފޮނުވާފައިވާ ވީޑިޔޯއެއް ކަމެއް ނޭނގުނު ނަމަވެސް، އޭގެ ސަބަބުން އަހަރެންގެ މުޅި ތަބީޢަތަށް ބަދަލު އައިސްފިއެވެ. އެމީހެއްގެ ބޭނުމަކީ އަހަރެންގެ ހިތުގެ ހަމަޖެހުން ނަގާލުން ކަމުގައި ވަނީނަމަ، އެކަން އެ މީހަކަށް ވަރަށް ފުރިހަމައަށް ޙާޞިލްވެއްޖެއެވެ.

އަހަރެން އެނބުރި އޮފީހަށް ވަނީ މީހާ ހަމައަކަށް އެޅުމުންނެވެ. ކާރު އެކްސިޑެންޓަށްފަހު، އަހަރެންގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ނޭވާއަށް އުނދަގޫވުމާއި، ކުއްލިކުއްލިއަށް ސިއްސައިގެން ދިޔުމުގެ އިތުރުން ހާސްވާ ވަގުތުތަކުގައި ފަސޭހައިން ރޮވޭގޮތް ވެއެވެ.

ނުވަވަނަ ފަންގިފިލާ އާއި ހަމައިން ލިފްޓް ހުއްޓުނެވެ. ލިފްޓްގެ ދޮރު ހުޅުވުނު ތަނާހެން އެތެރެއަށް ދެމިގަތީ ޒެވިންއެވެ. އަވި އައިނަކުން ދެލޯ ފޮރުވާލައިގެން ހުރިއިރު، ދެކަންފަތަށް ވަނީ ހެޑްސެޓް ޖަހާފައެވެ. ފޯނާއި ކުޅެމުން ޒެވިން އެތެރެއަށް ވަތް ގޮތުން އަހަރެންގެ ހިތުގައި ޝައްކު އުފެދުނެވެ. ޒެވިން އެ އައީ އަހަރެން ލިފްޓްގައި ހުރިކަން އެނގޭތީ ކަމުގައި ހިތް ބުންޏެވެ. އަހަރެން ދެލޯ ހަނިކޮށްލާފައި ހަށަމް ބަނދެލީމެވެ. ޒެވިންއަށް ނުބަލަންވެގެން އަހަރެން ހުރީ ވީހާވެސް ދުރަށް ޖެހިގެންނެވެ.

މަންޒިލާއި ހަމައަށް އާދެވުމުން އަހަރެން ނުކުތީމެވެ. ލިފްޓްގެ ދޮރު ލެއްޕުމުގެ ކުރިން ފަސް އެނބުރި ބަލައިލީމެވެ. ޝައްކުގެ ބެލުމަކުންނެވެ. ލިފްޓް ތެރޭގައި ފޯނާއި ކުޅެން ޒެވިން ހުއްޓެވެ. އަހަރެން އޭނައަށް ނުވެސް ފެންނަ ކަހަލައެވެ.

ކޮޓަރިއަށް ވަދެފައި އަހަރެން އެންމެ ފުރަތަމަވެސް ގުޅީ ޝާޔަން އަށެވެ. ދެތިން ރިންގާއިއެކީ ޝާޔަން ފޯނު ނެގުމުން އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

“ހާޒިރުހޯ…” ފޯނު ނެގިގޮތަށް ޝާޔަން ބުންޏެވެ.

ޝާޔަން ވާހަކަ ދެއްކިލެއް ބާރުކަމުން އަހަންނަށް ފޯނު ދުރުކޮށްލެވުނެވެ. ހިތްހަމަނުޖެހިފައި ފޯނަށް ބަލަހައްޓައިގެން ހުރެ، ފުރަތަމަވެސް ކުރެވުނީ އެ ޝަކުވާއެވެ.

“ލިވީއަށް ކޮންމެސް ކަމެއް ވެއްޖެ… ހަމަ ޔަޤީން… ބުނޭ ބުނޭ…” ޝާޔަން ވާހަކަ ދެއްކި އިރު އެ އަޑުގައިވީ ކަންބޮޑުވުމުގެ ޢަޞަރެވެ.

“އަހަންނަށް ހީވަނީ ރަވާން…” އަހަރެންގެ ވާހަކަ އެ ހިސާބަށް ދިޔަތަނައި ޝާޔަން އެ ވާހަކަ ހުއްޓުވައިފިއެވެ.

“ލިވީ… ރަވާންގެ ވާހަކަ ނުދައްކަބަލަ ދެން… އަބަދު އެކަމާ ވިސްނައިގެން ދިރިއުޅުން ކުރިޔަށް ގެންދާނީ ކިހިނެތް… މިހާރު ލިވީއަށް ތި އާދެވިފަ ހުރި ހިސާބުން ދެން އިތުރަށް އެ ހަނދާންތައް އާ ނުކޮށްބަލަ…” ޝާޔަން ވާހަކަ ދެއްކީ ވިސްނައިދޭ ކަހަލަ ރާގެއްގައި ނަމަވެސް ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުމުގެ ޢަޞަރުވެސް އެ އަޑުގައިވިއެވެ.

“އެކަމަކު ރަވާން… އަހަންނަށް ހީވަނީ އެ އެކްސިޑެންޓްއަކީ ބަޔަކު ގަސްތުގައި…” އަނެއްކާވެސް އަހަރެން އެއްޗެއް ބުނަން އުޅުނީމެވެ.

“ޕްލީޒް ލިވީ… އަހަންނަށްވެސް އުނދަގޫވޭ އެ ވާހަކަ ދެއްކީމަ… ފަސޭހައެއް ނޫނޭ އެ ހަނދާންތައް އާކުރާކަށް…” ޝާޔަންގެ އަޑު ކުރެހުނެވެ.

“އޯކޭ… ދެން ނުދައްކާނަން…”

ޝާޔަން ކޮންމެވެސް އެއްޗެކޭ ބުނެބުނެ ހުއްޓައި، އަހަރެން ވަގުތުން ފޯނު ކަނޑާލީ ހިތަށް ތަދުވީ ވަރުންނެވެ. ޝާޔަން ފިޔަވައި، އެކަހަލަ ވާހަކައެއް ޚިއްސާކުރެވޭނެ އިތުރު މީހަކު ނެތެވެ. އެކަމަކު ޝާޔަންވެސް އަހަރެންގެ ވާހަކަ އަޑު ނޭހީއެވެ. އަހަރެން ފޯނު ކަނޑާލިފަހުން، ޝާޔަން ދެފަހަރަކު ގުޅިއެވެ. ފޯނު ނަގަން އަހަރެން ބޭނުން ނުވީއެވެ.

އަހަރެންގެ ތަބީއަތު އަނެއްކާވެސް ގޯސްވީއެވެ. މުޅި ހަށިގަނޑުގެ ވަރު ދޫވެގެން ދިޔައެވެ. ވިސްނެމުން ދިޔައީ އެ ވީޑިއޯ އާއި މެދުގައެވެ. ވިސްނާ ވިސްނައިވެސް އެފަދަ ކަމެއް ކުރާނީ ކާކުކަން ކުޑަކޮށްވެސް ސިކުނޑިއަކަށް ނައެވެ. ކާރުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ މަންޒަރުތައް އެ މީހަކަށް ލިބުނީ ކިހިނެތް ހެއްޔެވެ؟ އެ ވީޑިއޯ އެހާ ދުވަސް ފަހުން، މިއަދު އަހަންނަށް ފޮނުވުމުގެ މަޤްޞަދަކީ ކޮބައި ހެއްޔެވެ؟ އަނެއްކާ އެ އެކްސިޑެންޓްއަކީ ބަޔަކު ރާވައިގެން ކުރި ކަމެއް ހެއްޔެވެ؟ އެކަމަކު އެ ވީޑިއޯ އަހަންނަށް ފޮނުވައިގެން އެ މީހަކު ޙާޞިލްކުރަން އެ އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ ކޮންމެ ގޮތަކަށް ކަންތައް ވީނަމަވެސް އެވަރުގެ ކަމެއް ކުރެވޭނީ އަހަންނާއި އަދި ރަވާންގެވެސް ވަރަށް ގާތް މީހަކަށެވެ.

“އާޙްޙް…”

އަހަރެންގެ އަނގައިން ނުކުތީ ވޭނީ އާޚްއެއްގެ އަޑެވެ. ދެލޯ ފުރިގެން އައި ކަރުނަތައް ފުހެލުމަށްފަހު ތެދުވީމެވެ. އަލަމާރި ހުޅުވައިލާފައި އަހަރެން ނެގީ އަލްބަމެކެވެ. ފަރިތަކަމާއިއެކު އޭގެ ގަނޑުތައް އުކާލާފައި، ވަކި ހިސާބަކުން ހުއްޓައިލީމެވެ. އަހަރެންގެ ދެލޮލަށް ފެންނަމުން ދިޔައީ އަހަންނާއި ރަވާން އެކުގައި ނަގާފައިވާ ތަސްވީރެވެ. ކުދިކުދި ދަތްތައް ފެންނަވަރަށް އަހަރެން ހީލައިގެން ހުރިއިރު، ރަވާން ހުރީ އަހަންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ލޯބިން ފުރިގެންވީ އެ ވަގުތުކޮޅު ހިތަށް ސިފަކޮށްލުމަށް ދެލޯ މަރާލީމެވެ.

********

“މްމްމްމް… އަބަދުވެސް ތިގޮތަށް ހިނިތުންވެލައިގެން ހުންނައްޗޭ…” ރަވާން ހިނިތުންވެލިއެވެ.

“އޯކޭ… އެކަމަކު ޝަރުތެއްގެ މަތިން…” އަހަރެން ރަވާން އާއި ހަތަރުކަޅި ހަމަކުރަމުން ބުނީމެވެ.

“ކޮން ޝަރުތެއް؟…” މޫނަށް ވައްތަރެއް ޖައްސައިލަމުން ރަވާން ބުންޏެވެ.

“އަބަދުވެސް އަހަރެން ކައިރީ ހުރެދޭ މަތިން…” ލުއި ހިނިގަނޑެއް ޖަހާލާފައި އަހަރެން ބުނީމެވެ.

“ލުކް… ފަހަރެއްގަ އަހަރެން އަބަދު ލިވީ ކައިރީ ނުހުރެދާނެ… އެކަމަކުވެސް، ޕްރޮމިސްމީ، އަބަދުވެސް ހެޕީކޮށް ހުންނާނެ ކަމަށް…” ރަވާންގެ މޫނުމަތިން ފެނުނީ ސީރިއަސް ކަމެވެ.

“ހައް… ކޮންތާކަށް ދާން ތިއުޅެނީ… ހީވަނީ އަހަރެން ދޫކޮށްލާފަ ދާން އުޅޭހެން… ނޫޅެން ދެން ވާހަކަ ދައްކާކަށް…” އަހަރެން ތުން އަނބުރާލާފައި އެ ތަނުން ދިޔުމަށް ހިނގައިގަތީމެވެ.

ރަވާން ފަހަތުން އައިސް އަހަރެންގެ ކުރި ބެއްދިއެވެ.

“ހީވޭތަ ލިވީ ދޫކޮށްލާފަ ދާނެހެން؟… އަބަދުވެސް މި ދެލޯ ކުރިމަތީ ހުންނާނަމޭ… އޭރުން ލިވީ ޖެހޭނީ އަހަންނާއި ހެދި އުނދަގޫވެގެން އުޅެން…” ރަވާން ސަމާސާ ކުރަން ފެށުމުން އަހަރެން ދުވެފައި އެތަނުން ދިޔައީއެވެ.

********

“އަހަރެން ރަވާން ދެއްކި ކޮންމެ ވާހަކައެއް ޤަބޫލުކުރިން… އަބަދު މި ދެލޯ ކުރިމަތީ ހުންނާނެކަމަށް ބުނެ ކުރި ވަޢުދު ކޮބާ؟… ހަފްތާއެއްވެސް ނުވޭ އަހަރެން ދޫކޮށްލާފަ ދިޔައިރު… ކީއްވެ؟…” އަހަންނަށް ގިސްލެވެން ފެށިއެވެ. އަތުގައި އޮތް ތަސްވީރުގައި ހިފައި ބާރުކޮށްލެވުނީ ހަށިގަނޑުގެ ވަރު ދޫވާން ފެށުމުންނެވެ.

“އަހަރެން އެކަނި ކިހިނެތް މިތާ އުޅޭނީ… ހުރިހާ ކަމެއް އެކަނި ކުރާނީ ކިހިނެތް؟…”

“ރަވާން… ކީއްވެކަމެއް ނޭނގެ… މިހިތަށް އަރަނީ، ކޮންމެވެސް ގޯހެއް އުޅެއޭ… އަހަރެމެން ދެމީހުން ގަދަކަމުން ދުރުކުރުވީއޭ…”

ރަވާންގެ ތަސްވީރަށް ބަލަން ހުރެ ހިތުގެ ޝަކުވާތައް ބޭރު ކުރަމުން ދިޔައީމެވެ. އަހަރެންގެ އަޑު އަހާލާނެ ދިރިހުރި ފުރާނައެއް މި ފަސްގަނޑުގައި ނެތްހެން ހީވަނީއެވެ. ހިތް ތޮރުފަމުން ދިޔައީ، ރަވާން އާއި އެކީ ހޭދަކުރެވުނު ލޯބިވެތި ވަގުތުތައް ހިތަށް ސިފަވާން ފެށުމުންނެވެ. ކަރުނަތައް ހިފަހައްޓާކަށް މަސައްކަތެއް ނުކުރަމެވެ. އަހަރެން ހަމައަކަށް އެޅުނީ ހިތް ފުރެންދެން ރޮވުނު ފަހުންނެވެ.

“އަހަރެން އެހާ ފަސޭހައިން މިކަމެއް ދުލެއް ނުކުރާނަން… މިކަމުގެ ހަޤީގަތް އަހަރެން ހޯދާނަން… އައި ޕްރޮމިސް ޔޫ…”

ރަވާންގެ ތަސްވީރަށް ބަލަން ހުރެފައި ޑްރެސިންޓޭބަލްގެ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލީމެވެ. ކަރުނަތައް ފޮހެލިއިރު، އަހަރެންގެ ދެލޮލުން ފެންނަމުންދިޔައީ މުޅީން ތަފާތު ޝުޢޫރެކެވެ. ނަފުރަތުން ފުރިގެންވީ އެ ބެލުމުގައިވަނީ ޔަޤީން ކަމެވެ.

ކުއްލިއަކަށް ގެއަށް ވަދެވެން ހުރި ދޮރާއި ދިމާއިން އަޑެއް އިވުނުހެން ހީވިއެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. ޑްރެސިންގް ޓޭބަލްގެ މަތީގައި އަލްބަމް ބާއްވާފައި، މަޑުމަޑުން ކޮޓަރިން ބޭރަށް ނުކުތީމެވެ. ސޯފާގެ ކައިރީގައި އިން ފިހިގަނޑު އަތަށް ހެޔޮވަރު ކޮށްލީމެވެ. އެއަށްފަހު މަޑުމަޑުން ހިނގާފައި ގޮސް ދޮރު ކައިރީގައި ހުއްޓުނީމެވެ. ދޮރު ދަށުން އެތެރެއަށް މީހެއްގެ ހިޔަންޏެއް އެޅިފައި ހުއްޓެވެ. އަހަރެންގެ ނޭވާ އެތެރެހަށީގައި ތާށިވިއެވެ. އަނގަމަތީގައި އަތްއަޅާލެވުނީ އަޑު ބޭރުވެދާނެތީއެވެ.

ކުއްލިއަކަށް ދޮރު ހުޅުވާލީމެވެ. ދޮރުގައި ކަންފަތް ޖަހައިގެން އޮތް ޒެވިން އެވަރު ނުވިސްނާ ހުރުމުން އަހަންނާއި ދިމާއަށް ވެއްޓެން އައެވެ. އަހަރެން ގެނައި ކުއްލި ހަރަކާތާއިއެކު އަތުގައި ހުރި ބާރެއްލާފައި ފިހިގަނޑުން ޒެވިންގެ ބޮލުގައި ޖެހީމެވެ. ޒެވިން ކަން އެނގުނީ ދެފަހަރަކު ހަމަލާ ދިން ފަހުންނެވެ. ވަގުތުން ފިހިގަނޑު އަތުން ދޫވިއެވެ. އޭރު ޒެވިން އޮތީ މުށިތަކުގެ މައްޗަށް ވެއްޓިފައެވެ. ބޮލުގައި އަތުން ހިފަހައްޓައިގެން އޮވެ، ތަދުވާތީ ތެޅިފޮޅެނީއެވެ.

“އޯ މައި ގޯޑް… ނޯ ނޯ…”

ހަދަންވީ ގޮތެއް ނޭނގިފައި އަހަންނަށް ހުރެވުނީ ޒެވިންއަށް ބަލާށެވެ. އަތުގެ ނިޔަފަތިތައް ހަފަން ހުރެފައި އަވަސްއަވަހަށް ޒެވިންގެ ކައިރިއަށް ތިރިވީމެވެ. އޭރު ޒެވިންގެ ހަރަކާތް ހުސްވެއްޖެއެވެ.

“މަރުވީތަ؟…”

ވެއްޓިފައި އޮތް ފިހިގަނޑު ނަގައި ބަންޑުން އޮތް ޒެވިން އަނެއް ފަރާތަށް ޖެހުމަށް މަސައްކަތް ކުރަމުން ދިޔައިރު، އަހަރެން އިނީ ހާސްވެގެން ހަދަންވީ ގޮތެއް ނޭނގިފައެވެ. މީހަކަށް ގުޅަން ހިތަށް އަރާފައިވެސް ގުޅާކަށް ނުކެރުނެވެ. އަހަރެން މަޑުމަޑުން ގުދުވެ ނޭވާލާތޯ ބެލީމެވެ. ހިތަށް ހަމަޖެހުމެއް ލިބުނީ ނޭވާ ލާކަން އެނގުމުންނެވެ. ޒެވިންގެ ދެއަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގޭތެރެއަށް ވެއްދިއިރު، އަހަރެން ހުރީ ވަރުބަލިވެގެން ރަނގަޅަށް ނޭވާވެސް ނުލެވޭވަރުވެފައެވެ.

“ބަރުވެސް މީހެކޭ…”

 

އަހަރެން ކާގެއަށް ގޮސްފައި އައީ ފެން ތައްޓެއް ހިފައިގެންނެވެ. ޒެވިންގެ ކައިރިއަށް ކުޑަކަކޫ މައްޗަށް ތިރިވީމެވެ. ދެތިން ފެންގޮށި އެ މޫނަށް ބުރުވައިލުމާއިއެކުހެން، ފުންމައިގެން ތެދުވެއްޖެއެވެ.

“އާޚްޚްޚް… އައުޗް…”

ޒެވިން ތެދުވިގޮތަށް ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ. ކުރެވުނު ކަންތަކާއި ގަތްލަދުން އަހަރެން އިނީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ.

(ނުނިމޭ)

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ލޯބިވަން ޔާރާއޭ

Next

ރާސްތާ2 އަށާވީސް ވަނަ ބައި

Next
January 14, 2020

ރާސްތާ2 އަށާވީސް ވަނަ ބައި

Previews
January 13, 2020

ލޯބިވަން ޔާރާއޭ

35 Comments!

  1. shaai says:
    January 13, 2020 at 8:06 pm

    hi
    I’m first dhw??

    1. eysh says:
      January 13, 2020 at 8:10 pm

      Yess dear first.. congratulations shaai ?❤ varah avas kohlaafa 8 ge kurin upkuraanamey bunevuneema mi kohlee.. nuves kiyaalaa ? shaai thihury upveytho balan dho. So sweet ??❤

  2. eysh says:
    January 13, 2020 at 8:12 pm

    Salaam All
    Here is the 6th part.. unmeedhukuran mi bai ves kamudhaane kamah.. kiyaalaafa cmnt eh kohlahchey.
    Good nyt all ?❤

  3. shaai says:
    January 13, 2020 at 8:17 pm

    eysh loabi kolha….
    haadha rangalhey up kohlladhinima ???
    haadha haadha rychey mi baives…
    love much eysh dhoonikolha ???

    1. eysh says:
      January 14, 2020 at 12:09 pm

      Awww thank u so much dear ?❤ so happy to know ? much loves frm me too dear ?❤?

  4. Kylie says:
    January 13, 2020 at 9:20 pm

    Maasha allah V reethi mi part vx…… Waiting fr nxt part…. Ly sis….

    1. eysh says:
      January 14, 2020 at 12:10 pm

      Thank u so much kylie ?❤ varah ufaavehje ? keep waiting.. ly2 dear ?❤?

  5. Mehhh says:
    January 13, 2020 at 9:28 pm

    Owwwwn..haadha reehchcheyyyyy….btw when next partttt…… curiously waiting for itttt

    1. eysh says:
      January 15, 2020 at 7:35 am

      Awww ?
      Thank u so much Mehhh.. varah ufaavehje story kamudhiyaeema ?❤ next part In Sha Allaah Thursday or Saturday ga.. keep waiting.. ???

  6. magnumm says:
    January 13, 2020 at 9:54 pm

    actually i’m really happy to c this part ngeyyyyyyyy?…dhigu inthizaarehge foni nimumeh??ahahah..m mi part vx vrh vrh rythi ngeyy❤Curious kan hama ehvarehga hifahataalevey…eysh dhooniii vrh molhu?hehe…btw how r u…n eysh aa contacts kurevidhaane gotheh bunevidhaanetha??

    hugefanofeysh#
    Sweetguy#
    lavya mor#

    – comment kosvedhaane ngey eyshhhhh…don’t mind with tht ngeyyy??

    1. eysh says:
      January 15, 2020 at 7:40 am

      Awww magnumm ?
      Thank u so much dear.. varah ufaavehje cmnt kiyaalaafa.. specially this part “#” ?❤ Im fine Alhamdhulillaahi.. hope u r doing well too.. ? contact kohleveyne through email ([email protected]) or my fb page (Eysh Stories) ?
      nooney hama v sweeet cmnt eh.. like it.. much loves frm me too… ???

  7. Esherr says:
    January 13, 2020 at 10:36 pm

    Alheyy..vrh kiyan hithun indhaa e nimuny…vrhh reethi mi part vex..maa sha allah..????❤

    1. eysh says:
      January 15, 2020 at 7:42 am

      Awww thank u so much Esherr ??❤ means a lot.. varah v ufaavehje cmnt kiyaalaafa.. ??❤

  8. Unbro says:
    January 13, 2020 at 10:51 pm

    Varah obi?????

    1. eysh says:
      January 18, 2020 at 3:29 pm

      Thank u much dear.. varah ufaavehje story kamudhiyaeema ?❤?

  9. Hadhy Ali says:
    January 14, 2020 at 6:06 am

    Fathimath Mohamed

    1. eysh says:
      January 18, 2020 at 3:34 pm

      Thank u ?❤

  10. fan says:
    January 14, 2020 at 10:53 am

    Ma’asha Allaah sis,,, V reethi ingey mibaives

    1. eysh says:
      January 18, 2020 at 3:29 pm

      Thank u much dear.. varah ufaavehje story kamudhiyaeema ?❤?

  11. Mahoo says:
    January 14, 2020 at 11:00 am

    Varah reethi mibaivess…. welldone…waiting for next part when up vaanyy??

    1. eysh says:
      January 18, 2020 at 3:30 pm

      Thank u much dear.. varah ufaavehje story kamudhiyaeema ?❤? next part In Sha Allaah miadhu.. keep waiting ingey ??❤

  12. saazu says:
    January 14, 2020 at 11:01 am

    v salhi parteh mi ves…..next part when….

    1. eysh says:
      January 18, 2020 at 3:30 pm

      Thank u much dear.. varah ufaavehje story kamudhiyaeema ?❤? next part In Sha Allaah miadhu.. keep waiting ingey ??❤

  13. ޝައިފް says:
    January 14, 2020 at 11:33 am

    މާޝާﷲ ވަރަށް ރީތި

    1. eysh says:
      January 18, 2020 at 3:31 pm

      Thank u much dear.. varah ufaavehje story kamudhiyaeema ?❤?

  14. Zaee says:
    January 14, 2020 at 1:48 pm

    “Loabi vevumun” mi story liuny kon’ online nuhakah?? Pls tell me??

    1. Anonymous says:
      January 14, 2020 at 2:09 pm

      Fenvaru.com

    2. eysh says:
      January 18, 2020 at 3:36 pm

      Yess dear.. Fenvaru site in kiyaalan libeyne story ekkoh.. Eysh ge fb page ga ves hunnaane fenvaru site ge links thah.. ?❤

  15. Lamko says:
    January 14, 2020 at 3:13 pm

    Alhey sis kaaku tha livy ah e video kolhu e fonu v…… I heekurii mi part ga eii kaaku kan engeyne kamah….. Ekamu bunelan othii mi part hama vrh vrh reeethi.. ❤️❤️nxt part avahah up kollahchey….. ?curiously waiting for the next part ????

    1. eysh says:
      January 18, 2020 at 3:32 pm

      Awww lamko.. hingaa dho kaakutho balamaa.. adhi ingeyne ingey. Hama kuda inthizaareh kohlan jeheynee.. Thank u much dear.. varah ufaavehje mi part ves kamudhiyaeema ?❤? keep waiting.. next In Sha Allaah today ??

  16. Sheen says:
    January 15, 2020 at 9:51 am

    Ohhhhh.. Vaan miulhenee kihinehbaa. Suvaaluthakun hiy furijje. Shakkuthah hithuga vaki hippaalaifi ??????????❤️❤️❤️❤️❤️❤️❤️??????? Kaakubaa edharaja ah vetteynee. Ekam shaayan ah v ingilidhikkurevey. Sababeh nethieh noon. Emme furathama party thereinves dhoo olhigen kamah hadhaafa ais my prince ey bunumaa. Zevin akee ravaan eh noonka saabithukohdheyn evarah ulhumaa. Ravaan ge accident ge vaahaka dhakkan livy ah furusathu nudhinun ae hama boluga koshaa kanthahthah ????????? ekamves bunan othee mi partves hama varah varah furihamaey. Vvvv reehchey. ??❤️???????❤️??❤️???❤️????❤️???❤️???❤️???❤️???❤️???❤️???❤️???❤️?Sifakoh dhiumuge furihama kamun heevanee e car accident lolah fennuhen. Hama gain dhiyaee heebihi nagaigen. Wowwww. ????????????????????????????????????????????? Paragraph thakuge gulhun ves v hiygaimu. Vvv furihama haadhisaa athuraalaa goiy. ???????????????????????????????????????????????????????????????? Eysh thee hama emme best. Lysm???????????????Waiting for the next part. ???????❤️❤️?❤️❤️?❤️?❤️?❤️❤️❤️??❤️?❤️???????????????????????❤️❤️❤️❤️❤️❤️

    1. eysh says:
      January 18, 2020 at 3:33 pm

      Awww thank u so much Sheen.. so happy to c a colorful sweet cmnt frm u dear.. hingaa dho vaagotheh balamaa.. Thank u much dear.. varah ufaavehje mi part ves kamudhiyaeema ?❤? keep waiting ingey.. next In Sha Allaah today ??

  17. NONNI says:
    January 21, 2020 at 9:15 pm

    Vrh reethi mi part vx?

    1. eysh says:
      January 24, 2020 at 11:21 pm

      Thank u so much nonni ?❤

  18. mives meeheh says:
    February 8, 2020 at 6:56 am

    heekuraa vrh vure vx rythi part thah…nice story

Comments are closed.


All Right Reserved!